Skip to content
އެސްފިޔަ

ޔާރު އެދެންޏާ

އާއިޝަތު ވަޙީދާ / ފެހިވިލާގެ ޏ ފުވައްމުލައް

އޭ ލޯބިމަގޭ މިލްކުކުރަން ޔާރުއެދެންޏާ

ވާލޯބި ކަލާ ހާމަކުރޭ އެދިރުހިވަންޏާ

ގެންދާށެ އަމޭ ހިތްމިއޮތީ ދީފައެކީގާ

ވިންދާއި ހިތާ މޭގެގުޅުން އަބަދު އެދެންޏާ

ޔާރާއެ ހިމޭން މަންޒިލަކަށް ދާނަމެއެކުގާ

މީރާގެއަސަރު އަރުގެތެރޭ ދައުރު ވެލަންޏާ

އިޝްގެއްގެ ތަރާނާ އިއްވާދޭށެ އަސަރުގާ

މަސްތީވި އަރާމާ ލައްޒަތު ހިތުގަ ދިރެންޏާ

ގުޅިލާށެ އެކީ ރީތި ޒަވާޖެއްގެ ޣަރާމާ

މުޅިއުމުރު އެކީ އެކުއުޅުމަށް އަގުދުކުރަންޏާ

އަތްދޭށެ އަތާ އަތްޖެހުމަށް ލޭފަގޮތެއްގާ

ހިތްދޭށެ ހިތާ ހިތްގުޅުމަށް ވަޢުދުވެލަންޏާ