އެ މަޚުލޫގު
އެ މަޚްލޫގު {1} { އާއިޝަތު ވަޙީދާ}
މިއަނދަކީވެސް އާދައިގެ މަތިން އިމްރާން އޭނަގެ ރައްޓެހިންނާ އެކު ޖަންގައްޔަށް ޝިކާރަ ކުރަން ދިޔަ ދުވަހެކެވެ. ސަކަރާތްޖަހަމުން ހީ ސަމާސަ ކުރަމުން އެއިގެ ހަތަރުކުދިން ޖަންގައްޔަށް ވަނދެގެން ވަރަށް ދުރަށް ދަތުރު ކުރީ އެމީހުންގެ މޮޓޯސައިކަލް ތަކުންނެވެ. ކުއްލިއަކަށް އުޑުމަތީގައި ވިލާ ބޯވެ މާހައުލުގެ ކުލަވެސް ބަދަލުވިހެން ހީވިއެވެ. އޭ އިއްމަ” މިވަނީ ކިހިނެތް ! ޝައްމޫނު ކަންބޮޑުވެފައި ވާރާގަކަށް ބުނެލިއެވެ. އެއްކަލަ ޝައްމޫނު މިއުޅެނީ.. މީނަ މިގަންނަ ބިރަކުން ވެސް ނެތެއްނު ކަމެއްވާކައް… ހެހެހެ …އޯކޭ އެއްމެ ރަނގަޅޭ އަހަރެމެން މިއޮތް ހުރިހާ ދުވަހު މިތަނަން އައި އިރުވެސް މިކަހަލަ މާހައުލެއް ނުދެކެން ވިއްޔާ. އެކަމަކު ހީވަނީ ޝިކާރަ ވަރަށް ރަނގަޅުވާނެހެން ހޫމް ދޯ ހުރިހާ ކުދިންވެސް އެކަމާ އެއްބަސް ވިއެވެ. އެކަމަކު ޝައްމޫނުއަށް ބަލާލި ކޮއްމެ ދިމާލަކުން އިހުސާސްވަނީ ނާމާން ކަމެވެ. ޖަންގައްޔަށް ވަނދެގެން ދިޔަ އިރުވެސް އޭނަހުރީ އެއްމެ ފަހަތުގައެވެ. ކުއްލިއަކަށް މިނިކާވަގެއްގެ އަޑުފަދަ ބާރު އަޑެއް އިވުނެވެ. ހަމަ އެއާ އެކު އެމީހުން އެދިމާލަށް މިސްރާބު ޖެހިއެވެ. ނަމަވެސް ހޯދަ ހޯދާ މިއަނދަކު ޝިކާރައެއް ނުފެނުނެވެ. ޖަނގަލި ބޯކަމުން އިރުގެ އަލިކަން ލިބެނީ ވަރަށް ކުޑަކޮށެވެ. އެހެންކަމުން ބިންމަތީގައި ދެމެމުން ދުވާ ސޫފިތައް ވެސް ނުފެނެއެވެ. އެއިގެ އެއްވެސް ކުއްޖަކު އެކަމަކާ ޚިޔާލެއްވެސް ނެތެވެ. ކުއްލިިއަކަށް އެއްޗެއްގަ އަޅާގެންފަ އިސްހާގު ވެއްޓުނެވެ. އޭނަ ހަޅޭލަވާގަތް އަޑަށް ދެން ތިބި ކުދިން ބަލާލިއިރު ބޮޑު ސިންގާ ނާގަހަރުފައެއް އިސްހާގު ގެ ގައިގާ އޮޅާލައިގެން އޭނަ ދިރުވާލަން އުޅެނީއެވެ. އިމްރާނު ބަލާކައް ނުހުރެ ބަޑި ނަގާ އެއާ ދިމާލަށް އަމާޒު ކުރިއެވެވެ. ހަރުފަ މަރުވި ނަމަވެސް އިސްހާގު ސަލާމަތެއް ނުކުރެވުނެ. ތިން ކުދިންނަށް ލިބުނު ފުން ހިތާމަޔާ އެކު ޖަންގަލީން ނިކުމެވޭތޯ ހިގައިގަތެވެ. ނަތީޖާއަކަށްވީ އެކުދިންނަށް މަގު އޮޅުމެވެ. އެވަގުތަކީ އިރު ދުނިއެއާ އަލްވަދާއު ކިޔަމުން ދިޔަވަގުތު ކަމުން ކުރިއަށް ވުރެންވެސް ބޮޑަށް އަނދިރިކަން އެތަނަށް ވެރިވެފައިވެއެވެ. ހަފަރާތުން ޖަންގަލި ބެދިފަވާ ކަހަލައެވެ…. ދާނެ ނުދާނެ ދިމާލެއް ނޭންގި ޖަންގަލީ ގައި އެނބުރެމުން ގޮސް
އެމީހުން ވަރުބަލި ވެއްޖެއެވެ. އިރު އޮއްސި އަނދިރި ވެއްޖެއެވެ. ޝިކާރަ އެއް ނުވި ތާނގައި އެ މީހުން ގެ އެކުވެރިޔާ ވެސް ގެއްލުނީއެވެ.
ނުނިމޭ……..
