
ފަރުދާގެ ފުރަގަސް
އާއިޝަތު ވަޙީދާ 8 މެއި 2024
ހިތްގައިމު ދުވަހެކެވެ . ހެޔޮވަރު ވަރަކަށް ވައިރޯޅި ވީ ނަމަވެސް، އުދަރެހުން ފެންނަ މަންޒަރު ވަރަށް ޗާލެވެ. ލޯންޗުގެ ސީޓަކަށް، ލެނގިލައިގެން ފަޒާފެތެރެއަށް، ހިތް ބަންޑުން ކޮއްލައި ގެން އަހަރެން އިނީމެވެ. ޗުއްޓީ ހޭދަ ކޮއްލުމަށް، ކައިރީ ގައި އޮތް އައްޑު އަތޮޅަށް ދެވޭތީ އަހަރެން އިނީ ވަރަށް އުފަލުންނެވެ. އާ ތަންތަން ބެލުމާއި އާ ކަންތައް، ތައް ،ތަޖުރިބާ ކޮއްލުމަކީ އަހަރެންގެ ތޮބީޢީ އުފަލެކެވެ. އަހަރެންނަކީ ލިއުންތެރިކަމަށް ޝައުގުވެރިކަން ހުންނަ ކުއްޖަކަށް ވާތީ ތަފާތު މަންޒަރު ތައް ސިފަ ކޮއްލުމަކީ އަހަރެންނަށް ލިބޭ އުފަލެކެވެ. އެއްގަޑި އިރުގެ ދަތުރަކަށް ފަހު އަހަރެމެން ގެ މަންޒިލާ ހަމަޔަށް ވާސިލް ވެވިއްޖެއެވެ. އަހަރެމެން ތިބީ މަންމަ ރައްޓެހިގެއެއްގެ ކޮޓަރިއެއްގައި ނަމަވެސް ދޮންތަމެން ތިބީ ގެސްޓު ހައުސް އެއްގައެވެ. ނިދާތަން ބަދަލު ވުމުގެ ސަބަބުން އަހަރެން ނަކަށް ރަނގަޅަކަށް ނުނިދުނެވެ. ޖެހިގެން އައި ދުވަހު ފެންވަރައި ރީތި ވެލައިގެން އަހަރެން ދޮންތަމެން އުޅޭ ގެސްޓު ހައުސް އަށް ދާން ހިގައިގަތީމެވެ. މީހުން ކައިރީ އެތަން ހުންނަ ހިސާބު އަހާއޮޅުންފިލުވަމުންނެވެ. ތެދެކެވެ. ރާއްޖޭގައި ނެތްވަރުގެ ރީތި ގެސްޓް ގައުސްއެކެވެ. ވަށައިގެން ބޮޑު ފާރެއް ލެވިފައިވާ ހައިބަތު ހުރި ރީތި ތަނެކެވެ. އަހަރެން މަޑުމަޑުން ގޮސް ދޮރާށިން އެތެރެއަށް ވަނީ މެވެ. ގޯތިތެރޭގައި ހުސް ޖާގައޮތް ތަނަވަސް ރީތި ޢިމާރާތެކެވެ. ދޮންތަމެންގެ ހަނީމޫން ދުވަސްކޮޅަށް ވީތީ އެމީހުން ބޭނުންވީ… ވީހާވެސް، އުފާވެރިކޮށް ވަގުތު ހޭދަ ކޮއްލާށެވެ. އަހަރެން ޖީބުގައިވާ ފޯނުނަގާ ދޮންތައަށް ގުޅައިލީމެވެ. ހާލޯ ދޮންތާ މަ މިހިރީ ތިތާ ބޭރުގައި، ވަންނާކަށް ނުކެރޭނެ، އޯކޭމިދަނީ އިރުކޮޅަކުން ދޮންތަނިކުތެވެ. ދޮންތައާ އެކު އަހަރެން ހިގައިގަތީމެވެ. އެތާ އެތެރެ އަށް ވަނދެވުމާއެކު އަހަރެންނަށް ހީވީ އެހެން ދުނިޔެއަކަށް ދެވުނު ހެންނެވެ. ކުލަ ކުލައިގެ މާ ވަށިތަކާ ތަފާތު ތަސްވީރު ތައް އެކުލެވޭ ފުރޭމް ތަކަކުން ފާރު ޒީނަތް ތެރި ކޮއްފައި ވެއެވެ ބިއްލޫރި ތަކެއް ފަދަ މާބުލް ތައް މަތީގައި ހިނގާލާފައި ދިޔައިރު އަހަރެން ހައެރާން ވެގެން އެކިތަންތަނަށް ނަޒަރު ހިންގާލީ މެވެ. ހާދަރީތި ތަނެކޭމީ…. ވާވް !….އަހަރެން ނަށް، ބުނެލެވުނެވެ. އާނ ކޮއްކޯ ވަރަށް އަރާމުމި މިތަން ދޮންތަބޭ’ ރައްޓެއްސެއް މިތަން ހިންގަނީ އެހެންވެ، އެހާފަސޭހައިން ރޫމެއް ވެސް އެ ލިބުނީ މިތާ އެއްމެ މަތީގަ ސުވިމިންޕޫލެއްވެސް އޮވޭ އެކަމަކު އެތަނަށް ދާންވެސް ޚާއްސަ ހުއްދައެއް ނަގަން ޖެހޭ އެހެންތަ އަޅެ ދޮންތާ…އަހަރެން ވަރަށް ބޭނުން މިތަން ބަލާލަން ހުރޭ ދޮންތަ ބޭ އާ ވަހަކަ ދައްކައިގެން ތިކަން ވޭތޯ ބަލާނަން މިހާ ހިސާބަށް ވާހަކަދިޔަ އިރު ދޮންތަ މެން ތިބޭ ކޮޓަރިއަށް ދެވިއްޖެއެވެ. ދޮންތަބޭ… އަހަރެން ދޮންތަ ބެއަށް ގޮވައިލީމެވެ. “މަލަކާ ބޭނުންވަނީއޯ މިތަން ބަލާލަން .. ދޮންތަބެ އާދިމާލަށް ބަލައިލަމުން،،، ދޮންތަ ބުނެލިއެވެ… ހުރޭ ޝާޑު ކައިރީ އަހާލާނަން، ދޮންތަބޭ ފޯނުހިފައިގެން ބޭރަށް ނިކުތެވެ. އިރުކޮޅަކުން އެތެރެއަށް ވަދެ ހުއްދަ ލިބުނު ވާހަކަ ބުނުމުން އަހަރެންގެ ހިތް އުފަލުން ނަށައި ގަތެވެ. އެކަމަކު ބައެއް ތަންތަން މިވަގުތު ނުބެލޭނެޔޯ… ޝާޑު ބުނީ …. އަހަރެމެން މުޅި އެތަނުގަ ދެވެން އޮތްހާ ތަނެއް ބެލީ މެވެ. ސަކަރާތާއި މަޖަލުގައެވެ. އެދުވަހު މެންދުރު ކެއީވެސް އެތަނުގެ ރެސްޓޯރެންްޓުއް ނެވެ. ދޮންތަމެންނާއެކު ވަރަށްގިނަ ވަގުތު ހޭދަކުރުމަށް ފަހު، އަހަރެން ގެއަށް ދިޔައީ ..އިރު އޮއްސުމުން ނެވެ. އެއިގެ ދެތިންދުވަސް ފަހެވެ. ހަވީރުގެ ވަގުތެވެ. އަހަރެން ފެންވަރައި ރީތި ވެލުމަށް ފަހު އެއްކަލަ ގެސްޓު ހައުސް އާ ދިމާލަށް ހިނގައިގަތީ މެވެ. އަހަރެން އެއްވެސް ފިކުރެއް ޚިޔާލެއް ނެތި ހާސް ކަނޑާފައި، ގެސްޓުހައުސްގެ ގޭޓުން ވަނދެގެން ތަންކޮޅަކަށްހިގައިގަތް ތަނާ އަންހެން ކުއްޖެއްގެ ގަޅޭކުގެއަޑު އިވުނުހެން ހީވެގެން އަހަރެން ނަށް ހުރިފިޔަވަޅު މަތީގައި ހުއްޓެވުނެވެ. ! ވަށައިގެން ހޯދާ ލެވުނެވެ. ނަމަވެސް މީހަކު ފެއްނާކަށް ނެތެވެ. އަހަރެން މަޑުމަޑުން ގެސްޑުހައުސްގެ ބިއްދޮށައްދާން ހިގައިގަތީމެވެ. އަނެއްކާވެސް އަހަރެން ނަށް އެއަޑު އިވުނެވެ .އަހަރެން ވަށައިގެން ހޯދާލީމެވެ.ނަމަވެސް އެއްވެސްމީހަކު ފެއްނާކަށް ނެތެވެ. އިރުކޮޅަކުން އަހަރެން ނަށް، ދޮންތަ ބުނިއެއްޗެއް ހަނދާންވިއެވެ. މިތަނުގައި އަންހެނުންގެ ޚާއްސަ ކުލިނިކެއް ހުންނަ ވާހަކައެވެ. ކުޑަކޮށް ހަމަޔަކަށް އެޅިލަމުން އަނެއްކާ ވެސް އަހަރެން ލަސް ފިޔަވަޅު ތަކެއްގައި ކުރިއަށް ހިގައިގަތީ މެވެ. ނޫން… ނޫން….! ވޭނީ…. ރުއިމެއެއްގެ އަޑާއެކު އަންހެން ކުއްޖެއްގެ އާދޭހުގެ އަޑު އަހަރެންނަށް އިވުނެވެ
އަހަރެން މަތީ ފަންގިފިލައާއި ދިމާލަށް ބަލައިލީމެވެ. އެވަގުތު ކުޑަދޮރު ގެ ފަރުދާގެ ތެރެއިން ހިޔައްޏެއް ވިތަން ދުށީމެވެ. އަހަރެން ބަލާކަށް ނުހުރެ މަޑު މަޑުން ހިނގާފައި ގޮސް އެތާހުރި ދޮރަކުން އެތެރެ އަށް ވަނީމެވެ. ވަރަށް ސިރު ސިއްރުންނެވެ. އަހަރެން ބޭނުންވީ މީހަކަށް ހިލަމެއް ނުވެ މިވާގޮތެއް ބަލައި ލުމަށެވެ. ލިފްޓަކުން އަރާޚިޔާލެއް އަހަރެން ނުކުރީމެވެ. އަދި ފާވާން ނަގައި އަތަށްމަހާލަމުން މަޑު މަޑުން ސިޑިން މައްޗަށް އެރީމެވެ. ފުރަތަމަފަންގިފިލާޔަށް އަރާ ވަށައިގެން ހޯދާލީމެވެ.،،، ވަރަށް އަޖާބު ގޮތަކަށް އޮތް ތަނެކެވެ. ތިރި އެހާރީއްޗަށް ހަދާފައި ވާއިރު ދެވަނަ ފަންގިފިލާ އެހާރީއްޗެއް ނޫނެވެ. ފަޅުތަނެއްހެން ސިފަވާކަހަލައެވެ. ކުއްލިއަކަށް ސިއްސައިގެން ދިޔައީ އަހަރެންގެ ފުރަގަހުން އިވުނު އަޑަކުން ނެވެ. އަހަރެން ބިރުން ހުރެ މަޑު މަޑުން ފަހަތް ބަލައިލީ މެވެ. …. އެއްވެސް މީހަކު ފެއްނާކަށް ނެތެވެ. ނަމަވެސް އެދިމާލުން ދޮރެއްފެންނަން ހުއްޓެވެ. އަހަރެން މަޑު މަޑުން އެދޮރާ ދިމާލަށް ހިނގައި ގަތީ މެވެ. އެ ކޮޓަރިތެރޭގައި މީހުން އުޅޭހެން ހީވެއެވެ. އަދި ސިއްރު ސިއްރުން ވާހަކަ ދައްކާ އަޑުވެސް އިވެއެވެ. އަހަރެން ދޮރުފަތުގައި ކަންފަތް ޖައްސައިލީމެވެ. ކިޔާ އެއްޗެއް އޮޅުން ފިލާތޯއެވެ. އެވަގުތު އިވެމުން ދިޔަ އަޑުތަކާމެދު އަހަރެން ހައިރާންވެ ! ބިރުން، ރޫ،،،، ރޫ،،، އަޅަން ފެށިއެވެ. ގަތްބިރުން މޭގަނޑު އަނގަޔަށް އައި ކަހަލައެވެ. މީ ކޮންފަދަ ނުބައި، ބައެއް ހެއްޔެވެ . އަންހެން ކުދިގެ އިއްފަތް ނިގުޅާ އަންހެން ކުދިން މަރަމުންދާ ބައެކެވެ .ސުބުޙާނަﷲ އަހަރެއްނަށް މިވަނދެވުނީ ކޮންފަދަ ބިރުވެރި ނަރަކަ އަކަށް ހެއްޔެވެ. އަހަރެންގެ މުޅި ހަށިގަޑު ރޫ،،،،ރޫ،،،، ލަމުން ގޮސް އަތަށް ނަގައިގެން ހުރި ފައިވާން އަތުން ދޫވެގެން ވެއްޓުނެވެ. އެއަޑަށް ކުއްލިއަކަށް ދޮރު ހުޅުވޭހެން ހީވެގެން ފައިވާން ނަގައިގެން އަހަރެން ބަލާކަށް ނުހުރެ ސިޑި އާ ދިމާލަށް ދުއްވައި ގަތީ މެވެ. އަހަރެން ފަހަތް ބަލައިލި އިރު،، ޝާޑު،،، އަހަރެންގެ ފަހަތުން އާދެއެވެ. އަހަރެން ފަޔަށް ލެވުނުހާ ބާރެއްލާފައި ދުވީމެވެ. ރޮމުން ހަޅޭލަވަމުން ބޭރަށް ނިކުމެވެން ހުރި ދޮރު ހުޅުވާލި ވަގުތު ޝާޑު ފަހަތުންއައިސް އަހަރެންގެ އަތުގައި ހިފިއެވެ. އަހަރެން ގަޔަށް ލެވުނު ބާރެއްލާފައި އޭނާގެ އަތް ފޮޅުވާލަން މަސައްކަތް ކުރަނިކޮށް އެތަނަށް ދޮންތަމެން އަންނަ ތަން އަހަރެންނަށް ފެނުމުން އަހަރެން ބާރަށް ހަޅޭލަވައި ގަތީ މެވެ. އެވަގުތު، ޝާޑު އަހަރެންގެ އަތުން ދޫކޮއްލާފިއެވެ. އަހަރެން …. ބިރުން ތުރު….ތުރު…. އަޅާ ޙާލު ދޮންތަ ގައިގަ ބައްދައި ގެންފައި ރޯން ފެށީމެވެ. އަހަރެން ފަހަތަށް އެނބުރި ބަލާވެސް ނުލާ ފަހަތަށް ޢިޝާރާތް ކޮއްފައި އެވާ ހަކަ ދޮންތައަށް ކިޔައި ދިނީ މެވެ. އަދި ޝާޑު އަކީ ވަރަށް ގޯސް މީހެއް ކަމަށް ބުނީ މެވެ. ދޮންތަ، އަހަރެން ހަމަޔަކަށް އެޅުވޭ ތޯ ވަރަށް މަސައްކަތް ކުރިއެވެ. އަދި އަހަރެންގެ. ފަހަތުން
އެއްވެސްމީހަކު ނައަންނަ ކަމަށް ބުއްޏެވެ. ނޫން….. ދޮންތާ… ހަމައަސްލުވެސް އަހަރެންގެ ފަހަތުން އޭނަ އައޭ އަހަރެން ދެއްކިއެއްވެސް ވާހަކަ އެއް ދޮންތަ މެން ގަބޫލެއް ނުކުރިއެވެ. އަހަރެން މާޔޫސް ވެެގެން ވާހަކަދެއްކުން ހުއްޓާލީމެވެ. ވާނީވެސް އެންތާއެވެ. ދޮންތަމެންނަށް އެތަނަށް ނާދެވެނީސް އޭނަ ފިލާ ރައްކާ ވެއްޖެވިއްޔާއެވެ. އެވާހަކަ ދޮންތަމެންނަށް ކިޔައި ދީގެން ވާނެ ފައިދާ އެއްނެތްކަން އަހަރެއްނަށް ވިސްނުނެވެ. އަހަރެން އެމީހުން ދެކެވަރަށް ހިތް ހަމަ ނުޖެހިފާއި ދާން ހިގައި ގަތީމެވެ. ދޮންތަ އަހަންނަށް ގޮވަންވެސް ގޮވިއެވެ.
ނަމަވެސް….. އަހަރެން އެނބުރި ފަހަތް ބަލައެއް ނުލީމެވެ. އަހަރެންނަށް ރޮވުނެވެ. ގިސްލެވުނެވެ . އެމީހުން އަހަރެންގެވާހަކަ އަޑުނޭހީތީ ރުޅިވެސް އާދެވުނެވެ. އެތަނުން ނިކުމެގެން އަހަރެން ނަށް ދެވުނީ ވެސް ގެ ހުންނަ ކޮޅު ނޫން އަނެތް ކޮޅަށެވެ. ބިރުން ހުރިވަރުން ނެވެ. ދުވަމުން ގޮސް އަހަރެން ނަށް ވަނދެވުނީ ނުވެސް ދަންނަ ގެއަކަށެވެ. އޭރު އިރު އޮއްސީ އަނދިރި ވެސް ވެއްޖެ އެވެ. އެތަނުން ދިމާވި މުސްކުޅި ފިރިހެނަކާއި އަހަރެން ސުވާލުކުރީމެވެ. އެމީހާ ބުނި ގޮތުގައި އެއީ މީހުން އާއްމުކޮށް އައިސް ނޫޅޭ ފަޅު ހިސާބު ގަނޑެކެވެ. އަހަރެން، ގަތީ އަމަށަކު ބިރެއް ނޫނެވެ. އަހަރެން އިތުރަށް ސުވާލު ނުކޮށް ގޮސް އެގޭ ބިއްދޮށު ފަރާތުން ނިކުމެ ބިތައްލެނގިލީ މެވެ. ހަދާނެ ގޮތް ހުސް ވެގެންނެވެ. މަލަކާ….. ކުއްލިއަކަށް މީހަކު ގޮވައިލުމުން… އަހަރެން ދިޔައީ ސިއްސައި ގެންނެވެ. އަހަރެން އިސްއުފުލާ ބަލައިލި އިރު އެއީ ރަށު ކުއްޖެކެވެ. ކޮއްމެވެސް ވަރަކަށް ދަންނަ ރައްޓެއްސެކެވެ. ހުސޭން….. ރޮވިފައިވާ އަޑަކުން އަހަރެން ހުސޭން އަށް ގޮވައިލީމެވެ. މިތާ ކީތް ތިކުރަނީ… ހުސޭން ހައިރާންވެފައިވާ ރާގަކަށް ސުވާލުކުރިއެވެ. އަހަރެން ގެއަށް ގެންގޮސްދީބަލަ، ހުސޭންގެ ސުވާލަށް ޖަވާބު ދިނުމުގެ ބަދަލިގައި އަހަރެން ބުނީ މެވެ. ކިހިނެތްތަވީ ! އަނެއްކާވެސް ހުސޭން އަހައިލިއެވެ. ހިނގާބަލަ ކިޔާދޭނަމޭ އަހަރެން ހުސޭން އާއި އެކު ހިނގައި ގަންނަމުން ބުނީމެވެ. އަދި އަހަރެން ހުސޭންއަށް ހުރިހާ ވާހަކަ އެއް ކިޔައި ދިނީމެވެ. އަހަރެން ގެއަށް ގެންގޮސްދޭނެ ކަމަށް ހުސޭން ބުންޏެވެ. ތަންކޮޅަކަށް ހިގައިގެންފައި ކޮއްމެވެސް ތަނަކަށް ވަދެފަ ދާންށޭ ކިޔާފައި ޖެހިގެން އޮތް ގޯޅިން އަޅައިފިއެވެ. އަހަރެން ހުރީ ގެއަށް ދެވޭ ގޮތް ލަސްވެފައި ކަމުން ތަކުރާރުކޮށް އަވަސް ކުރުމަށް ހުސޭން ކައިރީ ބުނީމެވެ. އެ ގެއަށް ނުވަނދެ އަހަރެން ހުރީ ބޭރުގައެއވެ. އިރުކޮޅަކުން ހުސޭން ލަސްވާތީ އަހަރެންވެސް އެ ދޮރު ހުޅުވާފައި ވަނީމެވެ. ހަމަވަނުމާއެކު އެއީ އެއްކަލަ ބިރުވެރި ނަރަކަ ކަންއެނގިއްޖެއެވެ. ތަންކޮޅެއް ދުރުގައި ހުސޭން އާއި ދެތިން މީހަކު ވާހަކަ ދައްކަން ތިއްބެވެ. އަހަރެން ޖެހިލުން ވެހުރެ ވަށައިގެންވާ މާހައިލައްށް ނަޒަރު ހިންގައިލީމެވެ. އެހިނދު އަހަރެންގެ ހިތް ހުއްޓުނު ކަހަލައެވެ. އާއެކެވެ އެއީ ހަމަ އެބިރުވެރި ނަރަކައެވެ. ! އަހަރެން ހުސޭން އަކަށްވެސް އިތުބާރު ކުރާކަށް ބޭނުމެއް ނުވިއެވެ. އަހަރެން ބަލާކަށް ނުހުރެ އެތަނުން ނިކުއްނަން ހިގައިގަތީމެވެ. ތަންކޮޅަކަށް ދެވުނުތަނާ އެއްކަލަ ޝާޑު ވައްތަރަކަށް ހެމުން އަހަރެންނާދިމާލަށް އަންނަތަން ފެނިއްޖެއެވެ. އޭނަކައިރީގައި އިތުރު އެހެން މީ ހަކުވެސް ހުއްޓެވެ. ޒުވާން ރީތި މީހެކެވެ. މޫނުމަތީގައި އަމާން ވައްތަރު ޖަހައެވެ. އެމީހާ އަތުގައި އިންޖެކުޝަނެއް އޮތެވެ. ހަމަ ޖަހާލަން ރެޑީކޮއްފައެވެ. އަހަރެންނާ ދާދި ކައިރިއަށް އާދެވުމުން އެ އިނޖެކްޝަން ޖަހަން އެމީހާ އަށް ޝާޑު އެންގިއެވެ. އޭނައަކަށް ސަލާމަތެއް ނުވެވޭނެ، އޭނައަށް އަހަރެމެންގެ ހަގީގަތް އެންގިއްޖެ، އޭނަދިޔަ ދީގެން ނުވާނެ. މިކަހަލަ ގޮވެލިތަކެއް، އެ ޑޮކު ކައިރީ ޝާޑު ގޮވަމުން ދެއެވެ. ނަމަވެސް އެޑޮކްޓަރު ސާފު ބަހުންން އަހަރެން ގަޔަށް އިންޖެކްޝަން ނުޖަހާނެކަމަށް ބުނަމުން ދިޔައެވެ. އެއްވެސް ކުޝެއްނެއް މައުސޫމަކަށް ގެއްލުމެއް ދޭން ނުކެރޭނެކަމަށް، ތަކުރާރުކޮށް ބުނަމުން ދިޔައެވެ. އެވަގުތު އަހަރެން ހިމާޔަތަށްއެދި، އެ ، ޑޮކު އާއި ގާތަށް ޖެހިލީމެވެ. ޑޮކުޓަރު އަހަރެންނަށް ހިމާޔަތް ދިނެވެ އަދި. ޝާޑު އާއި ދުރަށް ގެންދިއުމަން އަހަރެންގެ އަތުގައި ހިފާލިއެވެ. އަހަރެން އެވަގުތު ހުރީ އެފަދަ ހިމާޔަތަކަށް ނުހަނު ބޭނުން ވެފައި ކަމުން އަހަރެން ޑޮކުޓަރާ ވަރަށް ގާތަށްޖެހިލީމެވެ. އެވަގުތު އެއްލިކަޅިން އަހަރެން ނަށް ފެނުނީ އޭނަ އަތުގައި އޮތް އިންޖެކުޝަން އަހަރެންގެ ގަޔަށް ހަރާލަން ރެޑީ ވިތަނެވެ. އަހަރެން ބަލާކަށް ނުހުރެ ވަރަށް ބާރަށް އޭނަގެ އަތުގައި ޖަހައި ފީ މެވެ . އެވަގު އިންޖެކްޝަން އޭ ނަގެ އަތުން ދޫ ވެގެން ވެއްޓުނީ އަހަރެންގެ ނަސީބު ކަންވެސްނޭންގެއެވެ. އޭނަ އެ ނަގަން ގުދުވުމާއެކު އަހަރެން ދުއްވައިގަތީމެވެ. އެވަގުތު ޝާޑު ހުޝިޔާރުވެހުރެ އަހަރެންގެ އަތުގައި ހިފިއެވެ. އަދި ދެމީހުންވެގެން އިންޖެކުޝަން އަހަރެން ގެ ގަޔަށް ޖެހޭތޯ ބެލިއެވެ. އަހަރެން ރޮއެ ހަޅޭ ލެވިއިރުވެސް އެހީވާނެ މީހަކު ނުވިއެވެ…. ހުސޭންމެން ވެސް ދިޔަތަނަކަށް ގޮސް ނިމިއްޖެއެވެ. އަހަރެން ތެޅި ފޮޅެމުންގޮސް ސަލާމަތްވި އަތުން ގަޔަށް ލެވުނުހާ ބާރެއް ލާފައި ޝާޑުގެ ކަން ފަތްމަތީ ގައި ޖެހީމެވެ އަދީ ދެންހުރި މީ ހާގެ ދައްބަނޑުގައި ކޮޅުފައިން ޖެހުމަށް ފަހު ދުއްވައިގަތީމެވެ. އެވަގުތު އަހަރެންގެ ހަށިގަނޑަށް އިތުރު ބާރެއްލިބުނުކަހަލައެވެ. ދުވެފައިގޮސް އެތާ ހުރި ދޮރާއްޓަކުން ނިކުތީމެވެ . އަދި ދުވަމުންގޮސް ވަނދެވުނީ މިސްކިތެއްގެ ފާރުތެރެއަށެވެ. އަހަރެން ހުރީ ބިރުން ތުރު ،ތުރުލާހާލު މާނޭވާލެވި ބުބުހިލިފައެވެ. އަހަރެން ގިސްލާ އަޑަށް މިސްކިތު….ތެރެއިން މުސްކުޅި ފުރައިގެ ފިރިހެނަކު، ނިކުމެ ސުވާލު ކުރިއެވެ. އަހަރެން ރޮމުން ހުރިހާ ވާހަކައެއް ކިޔައިދީ ނިމުނު އިރު އެތަނަށް ތިން ހަތަރު މީހުން ޖަމާވެފައި ތިއްބެވެ. އެތަނުން އެކަކު ޕޮލިހައް ގުޅިއެވެ….. އިސާހިތަކު މުޅި ރަށަށް އެޚަބަރު ފެތުރި ޕޮލިސް އައިސް ޝާޑު އާއި އޭނާގެ ބައިވެރިން ގެން ގޮއްސި އެވެ …… …
…ނިމުނީ…. {އާއިޝަތު ވަޙީދާ}