ގަޑިން ރޭގަނޑު އަށް ގަޑި ބައިވިއިރު ނިއަލް އިނީ ލާޝާގެ އިންތިޒާރުގައި ސިޓިންރޫމުގައި އިންނަ ބޮޑު ސޯފާގައެވެ. ގިނައިރު ތަކެއް ނުވެ ލާޝާ ރީތި ވެގެން ނިކުތެވެ. އަދި ފަރި ހިނގުމެއްގައި ގޮސް ހުއްޓުނީ ނިއަލްގެ ކުރިމަތީގައެވެ. ލާޝާ ފެނުމުން ނިއަލް އަށް ހުރެވުނީ ކަޅި ޖަހާނުލާ ލާޝާ އާއި ދިމާއަށް ބަލާށެވެ. ވާނީ ވެސް އެހެން ނޫން ހެއްޔެވެ. ކަޅުކުލައިގެ މެކްސީ އެއް ލައިފައިވާއިރު ތުންފަތުގައި ހުރީ މެރޫން ކުލައިގެ ލިޕްސްޓިކެއް ޖައްސާފައެވެ. އަރައިގެން ހުރީ […]
ލާޝާ އާއި ނިއަލް ކައިވެނި ކުރުމަށް މޭޒު ދޮށުގައި ހުރި ގޮނޑި ތަކުގެ ތެރެއިން އެ ދެމީހުން އިޝީނުމަށް ހަމަ ޖެހިފައިވާ ގޮނޑީގައި އިށީނދެގެން ތިއްބެވެ. މާކަ ގިނަ އިރުތަކެއް ނުވަނީސް ގާޒީ ކައިވެނި ޚުތުބާ ކިޔަން ފެށިއެވެ. ކައިވެނި ޚުތުބާ ކިޔަމުން ދިޔައިރު ލާޝާގެ އިތުރުން ނިއަލް ވެސް އިނީ ކަނުލާ އަޑު އަހާށެވެ. “އަނބި ގަބޫލުކޮށްފިން” ނިއަލްގެ ފިރިހެންވަންތަ އަޑުން ބޭރުވި މި ދެ ބަހުން ލާޝާ އަށް ބޭއިޚްތިޔާރުގައި ހިނިތުންވެވުނެވެ. ނިއަލް ލާޝާގެ […]
“ދަރިފުޅާ” ލާޝާގެ މަންމަ ރިހާނާ ލާޝާގެ ކޮޓަރިއަށް ވަންނަމުން އޭނާގެ ލޯބިވާ ދަރިފުޅަށް ގޮވާލިއެވެ. “ލައްބަ މަންމާ” ލޯގަނޑު ކުރިމަތީ ހުއްޓި ހުރި ލާޝާ އޭނާގެ މަންމައަށް ލޯބިން ފުރިގެންވާ ނަޒަރަކުން ބަލާލަމުން ބުންޏެވެ. އޭރު ލާޝާގެ ކޮއްކޮ ލާރާ އާއި އަދި، ލާޝާގެ އެންމެ ގާތް އެކުވެރިޔާ ނައިހާ ވެސް އެތާނގައި ހުއްޓެވެ. “ދަރިފުޅު ހާދަ ރީއްޗޭ މިރޭ.” ރިހާނާ އޭނާގެ ދޮށީ ދަރިފުޅު ލާޝާގެ ބޮލުގައި ފުރުމާލަމުން ބުނެލިއެވެ. އޭރު ރިހާނާގެ ލޮލުން ކަރުނަ […]