Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ
ހިތާމަލޯބި

ކަލާޔާ ނުލާ 2

Ashly Level 210 Stories100 Comments100 Login
January 22, 2019 4 Mins Read
23 Comments

“އަޔާން … އަޔާން …” މުންބައިގެ ބޮޑު ފައިވްސްޓާ ހޮޓެލް އެއްގައި އެއްވެފައިވާ މީހުން އެއްއަޑަކުން ގޮވަމުން ދިޔައެވެ. ރީތިކޮން ފޮތި ދަމާފައިވާ ބޮޑު އިސްޓޭޖް މަތީ ހުރި ޒުވާނާގެ ކަރުގައި ނޫކުލައިގެ މޮޅު ގިޓައެއް އަޅުވައިލާފައި  އޮތެވެ. އެތަން ފަރުމާކުރެވިފައި ވަނީ ނޫކުލައާއި ހުދުކުލައިގެ ލައިޓް ތަކާއި ބޮޑެތި ލޭސް ފޮތިތަކުން ނެވެ. އެ ލައިޓްތަން އެ ޒުވާނާގެ މޫނައް އެޅިފައި ވާއިރު ވަރަށް ހިތްގައިމެވެ. ހުދުކުލައިގެ އަލި އެޒުވާނާގެ ނޫކުލައިގެ ކަޅިއަށް އެޅިފައިވުމުން  އެ ލޮލުން ވިދުން އިތުރު ވެފައި ވެއެވެ.

އެޒުވާނާގެ ކޮޑާއިހަމައަށް ދިގުކޮފައިވާ ފަން ރިހިކުލައިގެ ފަން އިސްތަށިގަނޑު ވަޔާއި ވިހުރެމުން ދިޔައެވެ. އެ ހިތްގައިމު ކަސްރަތީ ހަށިގަނޑުގައި ހިފާލާފައި ހުރި ހުދުކުލައި ތުނި ގަމީހުގެ މޭމަތިން ދެ ގޮށް ނާޅުވާހުރުމުން އެޒުވާނާގެ  އޮމާން ހިތްގައިމު މޭމަތި އޮތީ ފެންނާށެވެ.

ޕިރްތާ ރަހާމޭ ޗަލްތާ ރަހާމޭ ކަހާ              އަދޭރޯމެ ބީތޯ ޑޫޑޭތެ ތޭރޭ ނިޝާން         ޔޭ މޭރަ ދިލްތޯ ޑޫޑޭތެ ތުޖްކޯ ކަހާ          ސޯޔާ ރަހާމޭ ކޯޔާ ރަހާ މޭ ކަހާ         މެ ކޭސޭ ކަހުންގާ މޭ ޖީތާރަހުންގާ         ޔެ ކޭސީހެ މެރީ ސަޒާ ……

ލަވައިގެ ކޮންމެ ކަޑިއެއް އެ ޖާދުވީ އަޑުން ކިޔަމުން ދިޔައިރު އެތަށް ހިތެއް ދިޔައީ އެ ޖާދުވީ އަޑުގެ ޝިކާރައަކަށް ވަމުނެވެ. އަންހެން ކުދިން ފުމެ ފުމެފައި އަޔާންގެ ނަމުން ގޮވަމުން ދިޔައެވެ. ބައެއް ކުދިން  އަޔާން ގެ ފުޓޯނަގަމުން ދިޔައިރު ވީޑިއޯވެސް ކުރަމުން ދިޔައެވެ. ލަވަ ނިމުން އިރު ބައެއް ލޯތައް ކަރުނުން  ތެމިފައިވާއިރު އަތިލަ ބަޑީގެ އަޑު މުޅި ތަނުގައި ގުގުމާލިއެވެ.

ލަވަކިޔައި ނިމުމުން އަޔާން ޝުކުރު އަދާކުރުމަށް ފަހު އިސްޓޭޖުން ފައިބައިގެން އެ ހޮޓެލް  އިން ނިކުންނަށް ހިގައި ގަތެވެ. އިސްޓޭޖް  ކައިރީ ހުރި ފަޔާޒް އަޔާންގެ ފަހަތުން ގޮސް އަޔާން އެރި ކާރުގެ ޑުރައިވިން ސީޓުގައި އިށީދެ ކާރު ދުއްވައިލިއެވެ. ” ބުރާދަރ … ދެޓް ވޯސް ރޮކް ” ފަޔާޒް އަޔާން  އާއި ދިމާލަށް ބަލާލަމުން  ބުނެލިއެވެ. އަޔާން ބަދަލުގައި ހިނިތުން ވެލިއެވެ.

ކާރު އައިސް ބޮޑު ގަނޑުވަރެއް ފަދަ ގެެއެއްގެ ގޭޓުކައިރިއަށް މަޑުކޮށްލިއެވެ.  ‘އަޔާނީ މަންޒިލް’ ގޭގެ ގޭޓާއި ކައިރިއަށް ކާރު އައިސް މަޑުކުރުުމުން އޮޓޮއިން ގޭޓު ހުޅުވުނެވެ. ގޭޓާއި ހަމައިން ކާރު ޕާކުުރާތަނާއި ހަމައަށް އޮތީ ގާ އަތުރާފައެވެ. ގެއާއި އިން ވެގެން ހަދާފައި އޮތް ޕާކު ކުރާތަނުގައި އޭރުވެސް ބޮޑު ކާރެއް އޮތެވެ. އެތަން ވަނީ ހިޔާ ކޮއްފައެވެ. އަޔާން މެން ކާރުން ފައިބައިގެން ނިކުމެ އެތަނުގެ ބޭރުގައި އިން ފިތަކަށް އޮބައި ލުމުން އެތަން ބަންދު ވިއެވެ. ގޭގެ ކުރިމަތީގައި ކަނާތްފަރާތުގައި ބޮޑު ސުވިމިން ޕޫލެއް އޮތް އިރު އެތާ ކައިރީ އޮށޯވެ އޮވެވޭ ގޮތަށް ހަދާ ފައި ހުރި ގޮޑިތަކެއް ހުއްޓެވެ. އެ ގޮޑިތަށް ވަނީ ބޮޑެތި ކުޑަތަކަކުން ހިޔާކޮށްފައެވެ. އެނެއް ފަރާތުގައި ބިލޫރިން ހަދާފައިވާ ގެއެއް ހުއްޓެވެ. އެގޭތެރޭގައި އެކި ކަހަަލަ ގަސް ހުއްޓެވެ. އެކި ކުލަ ތަކުގެ މާގަސް ހައްދާފައި ހުއްޓެވެ. އަދި  ބޮޑު މޭޒެއް ވަށާ ހަ ގޮޑި ޖަހަފައި ވާއިރު އެތަނުގައި ތިބެ ސައި ބޯލުމުން ހިތަށް ފިނިކަން ލިބޭނެކަން ގައިމެވެ.

ގޭގެ ބެލް ޖަހާލުމުން ދޮރުހުޅުވިގެން ދިޔައެވެ. ކުރިމަތީ  ހުރި މީހާ ފެނުމުން އަޔާންގެ މޫނުމައްޗަށް ރުޅިވެރިކަން ވެރިވެގެން ދިޔައެވެ. އެއަންހެން މީހާ އިންތިހާއަށް ފަލަ ނަމަވެސް ލާފައި ހުރީ މިހާރުގެ އެންމެ ފެޝަން ހެދުމެވެ. އެ ހެދުން ލާފައި ހުރި އިރު އެ އަންހެން މީހާގެ ގުނަވަންތައް ވަކި ވަކިން އެނގޭ ވަރު ވެއެެވެ. “މަގޭ ދަރިފުޅާ … ދެންމެ ޓީވިން ދަރިފުޅު ދެއްކިޔޭ … ހާދަހާ މޮޅޭ މަގޭ ދަރިފުޅު … އެހެން މީހުންނަށް ނުލިބޭނެ މިކަހަލަ ދަރިއެއް… ” މޯނިޔާ އަޔާން ގެ ގައިގައި އޮޅުލައި ގަންނަމުން  ހިންދީ ބަހުން ބުނެލިއެވެ. އަޔާން ހުރީ މޯނިޔާގެ މި އަމަލުން އުދަގޫވެފައެވެ. ވަރަށް އުދަގުލުން މޯނިޔާގެ އަތް ނައްޓުވާލާފައި ބާރު ބާރަށް ސިޑިން އަރައިގެން އޭނާގެ ކޮޓަރިއަށް ދިޔައެވެ. ފަޔާޒް ވެސް އަޔާންގެ ފަހަތުން ދިޔައެވެ. މޯނިޔާ އެއީ އެހާވަރު ކަމަކަށް ނުހަދާ ގޮސް ސިިޓިން ރޫމްގައި ހުރި ސޯފާގައި ޓީވީ ބަލަން އިށީނެވެ.

އަޔާންގެ ބައްޕަ އަކީ މިހާރު މިލިއަނަރަށް ވިނަމަވެސް އެއްއިރެއްގައި ފަގީރެކޭ ބުނުމަކުން ދޮކަކަށް ނުވާނެއެވެ. އަޔާންގެ މަންމަ އާޔާނީ އާއި އިނުމުން އަޔާންގެ ބައްޕަ ޒިޔާދު ދެކެ ޒިޔާދުގެ މައިންބަފައިން ވަރަށް ރުޅިއައެވެ. އަޔާނީއަކީ ޒިޔާދު މާލެ އައި ފަހަރަކު މަގުމަތީގައި ރޭގަނޑުވަގުތު ބައެއްގެ ޖެއްސުމާއި ކުރިމަތި ލައިގެން އުޅެނި ކޮން ސަލާމަށް ކޮށްދިން ކުއްޖެކެވެ. އަޔާނީއަކީ އަޅާލާނެ މީހަކު ނެތިފައި ހުރި ޔަތީމު ކުއްޖެއްކަން އެގުމުން ޒިޔާދު ހިތުގައި ރަހުމް އުފެދުމުން އޭނާއާއި އިނީއެވެ.

ޒިޔާދު އަކީ  އޮސްޓުރޭލިއާގެ މުސްލިމް އަންހެނަކަށްށާއި އިންޑިޔާގެ މުސްލިމް ފިރިހެންކަށް ލިބިފައި ހުރި ދެވަނަ ފިރިހެން ދަރި އެެެވެ. އެމީހުން ނަކީވެސް މުއްސަދި ބައެކެވެ. ނަމަވެސް ޒިޔާދު ނިކަމެއްޗަކާއި އިނުމުން ޒިޔާދު ގެއިން  ނެރެލީއެވެ. ދެން ޒިޔާދު ދިޔައީ އޭނާގެ ރަހުމައްތެރިއެއްގެ ގެއަށްށެވެ. އެގޭގައި ހުރެގެން ތަނެއް ގައި ވަޒީފާ އަދާކުރަމުން އަމިއްލަ އޮފީހެއް ހުޅުވިއެވެ. އޭގެ ދުވަސް ކޮޅެއްފަހުން އެ ތަން އިންޑިޔާގެ އެކި ހިސާބު ތަކުގައި މަޝްހޫރު ވެގެން ދިޔައެވެ. އަދި އޭގެ ފަހުން ޔާނީގެ ނަންމަތީގައި ހޮޓެލްތަކާ ބޮޑެތި ފިހާރަ ތަށް ޒިޔާދު ހުޅު ވިއެވެ. އަޔާނީ އަށްޓަކައި އަޔާނީ މަންޒިލްގެ ނަމުގައި ބޮޑު ގަނޑުވަރެއް ފަދަ ގެއެއްވެސް ޒިޔާދު ހެދިއެވެ. ނަމަވެސް އަޔާން އަށް ހަތް އަހަރު ގައި ހިގި މަގުމަތީ އެކްސިޑެންޓެއްގައި އަޔާނީ ނިޔާވީއެވެ. ޒިޔާދު އޭގެ އެއްއަހަރު ފަހުން މޯނިޔާއާއި ކައިވެނި ކުރިއްޔެވެ. މޯނިޔާއަށް ދަރިން  ނުލިބޭކަން އިގުމުން ޒިޔާދު ހީކުރީ މޯނިޔާ އަޔާން ދެކެ އިންތިހާއަށް ލޯބިވާނެ ކަމަށް ށެވެ. ނަމަވެސް މޯނިޔާގެ ފަރާތުން  އަޔާނަށް ލިބެމުން ދިޔައީ އަނިޔާއެވެ. މިއިން އެއްވެސް ކަމެއް  ޒިޔާދު އަކަށް ނޭގެ އެވެ.

ފަޔާޒް އަކީވެސް ޒިޔާދު ބެލި ކުއްޖެކެވެ. ފަޔާޒް އަކީ ޔަތީމް ކުއްޖަކަށް ވާތީ އަޔާނީގެ ހަދާން ތައް ޒިޔާދަށް ފަޔާޒް ފެންނަ ކޮންމެ ފަހަރަކު ވެއެވެ. ޒިޔާދު ފަޔާޒް ދެކެ އަމިއްލަ ދަރިއެއް ފަދައިން ލޯބިވާއިރު  އަޔާން އާއި ފަޔާޒް އާ އެވެސް ތަފާތު ކުރުމެއް ނުބަހައްޓައެވެ. އަޔާން ވެސް ފަޔާޒް ދެކެ އަމިއްލަ  ކޮއްކޮއެއް ފަދަ އިން ލޯބި ވެއެވެ.

ފަޔާޒް  އަޔާން ގެ ކޮޓަރިއަށް އައް އައިސް ވަން އިރު ކިންގު ސައިޒްގެ ހުުދު ކުލައާއި ގަދަ ނޫކުލައިގެ ޑިޒައިނަކުން ފަރުމާކުރެވިފައިވާ އެދުގައި އަޔާން މޫނުމަތީ ދެއަތް އަޅައިގެން އިނެވެ. އަޔާން އަށް ފަޔާޒް އައިސިކަން އިގުމުން މަޑުމަޑުން މޫނުމަތިން އަތް ނެގިއެވެ. ” އަހަރެން ބޭނުން ކުޑަ ދުވަސް ކޮޅަކަށް ވަރަށް ހިގައިމު ތަނަކަށް ..  މި ހުރިހާ ކަމަކާ ވަރަށް ދުރަށް ދާން ”  އަޔާން ވާހަކަ ދެއްކީ ހިންދީ ބަހުންނެވެ. ” ހޫމް ތިން މަސް ފަހުން ޢީދުގައި ވަރަށް ހިތްގައިމު ތާކަށް އަހަރެން މިހާރު ދާން ހަމަޖައްސައިފިން …” ފަޔާޒް ވަރަށް ރަނގަޅަށް އަޔާން ގެ މޫނަށް ބަލަމުން ބުނެލިއެވެ.  ” ޑޯންޓު ސޭ ދެޓް.. އައި ހޭވް އަނަދަރ ޝޯ ދެއަރ ”  އަޔާން ޖަވާބަކަށް ބޭނުން ވާފަދައިން ފަޔާޒު އަށް ބަލައި ލިއެވެ.  އަޔާން މާކުރިން ވެސް މި ސުވާލު ކުރާނެ ކަން ފަޔާޒް އިގޭކަހަލަ އެވެ.” އެކުޗުލީ ޔޫ ހޭވް …. ބަޓް ޔޫ ވިލް ލަވް ވެއަރް ވީއާ ގޮއިން … އެހެން ނޫނަސް މާލޭގައި އޮތް އެއްވެސް ޝޯ އަކަށް މި ފަހަރު އެއްބަހެއް ނުވަން ” ފަޔާޒް ބުނެލިއެވެ. އަޔާން އެވަގުތު އެތާކައިރީ އޮތް ބާލީހެއް ނަގައި ފަޔާޒް އާއި ދިމާލައް އެއްލިއެވެ. ފަޔާޒް ވެސް އަޔާން އާއި ދިމާލަށް ބާލީހެއް އެެއްލިއެވެ. ދެމީހުން ދެމީހުން ގަޔާއި ދިމާލަށް ބާލިސް  އުކަމުން  މުޅި ކޮޓަރި ތެރޭ ދުވަމުން ދިޔަ އެވެ. އަޔާން އާއި ފަޔާޒް ގެ އުމުރުން 20 އަހަރު ވާން ގާތްވެފައި ވާއިރު ވެސް އުޅެނީ ކުޑަ ކުދިން ތަކެއް ހެންނެވެ.

– ނުނިމޭ –

މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.

Share Article

Follow Me Written By

Ashly

Level 210 Stories100 Comments100 Login

am 18 years old girl.. love to read and write stories.. Leave comments.. I will keep improving my writing ?????? my Facebook page .. ashlystories❤️

Other Articles

Previous

“ސްކްރީން ދެވި”

Next

ރޭދުވާ ނިމެނީ ކުރާ މި ޚިޔާލުގާ…………….! (7 ވަނަ ބައި)

Next
January 22, 2019

ރޭދުވާ ނިމެނީ ކުރާ މި ޚިޔާލުގާ…………….! (7 ވަނަ ބައި)

Previews
January 22, 2019

“ސްކްރީން ދެވި”

23 Comments!

  1. Ashly says:
    January 22, 2019 at 12:07 pm

    Here is the second part…. Hurihaa khudhin nah ves kamudhaa ne kamah uhmeedhu kuran…. Plxxx comment ?????

  2. Sharu says:
    January 22, 2019 at 12:47 pm

    Alheyy story varah reethi, varah interesting, Maasha Allah, varah kiyaalaa hiyy vey eba next part. Alhe kon irakun tha next part up kurani?? Can’t wait

    1. Ashly says:
      January 22, 2019 at 12:52 pm

      thanks sharu … ?iraadha kureh vihyaa maadhama … mi adhu ves nimihjeh ya up kohdhey nah …

  3. Sharu says:
    January 22, 2019 at 12:55 pm

    Thanks alhe Ashly dear

    1. Ashly says:
      January 22, 2019 at 12:57 pm

      ??welcome sharu

  4. jiji says:
    January 22, 2019 at 1:32 pm

    Masha allah ..❤❤????????????????..vrh vrh rythi mi prt vx..OMG..vrh interesting stry eh mii????❄❄??????????plx upload nxt prt soon..And one more thing..yesterday mi stry ge first prt ah innaane comment eh kohlaafa..??????????reply eh dhehche comment fenunuyma koyaa ashuuu?????????..LYSM ❤

    1. Ashly says:
      January 23, 2019 at 5:02 pm

      Jiji….. Thank u for ur beautiful comment ❤❤❤??????

  5. royer says:
    January 22, 2019 at 1:37 pm

    Ashly !!!masha Allah mibai ves varaha reethi. Vaahala hutta nula kurah gendhaathi ingey . mi story varaha reethi vaanehen heevey

    1. Ashly says:
      January 22, 2019 at 1:47 pm

      thanks roya …. iraadha kureh vihyaa vaahaka huhtaa nulaa nihmaa levey tho balaanah

  6. anaa says:
    January 22, 2019 at 2:07 pm

    woww.. nice. nxt prt avahaa up kohla dhehchey

    1. Ashly says:
      January 22, 2019 at 3:10 pm

      thanks anaa… hmm v avahah up kohdhey nah

  7. T says:
    January 22, 2019 at 2:31 pm

    masha Allah vvvv reethi.. Cant wait for the next part

    1. Ashly says:
      January 22, 2019 at 3:11 pm

      thanks T ?

  8. T says:
    January 22, 2019 at 3:38 pm

    Welcome dear ash.. Umm will the next part be up today?? If u dnt mind me asking

    1. Ashly says:
      January 22, 2019 at 4:38 pm

      Not today… But tomorrow …

  9. T says:
    January 22, 2019 at 6:39 pm

    Thanx ash dear

  10. LuLoo says:
    January 22, 2019 at 7:29 pm

    vrh rythi mi part vex,, I think I am now u r fan.. vrh avahah up kohla dhehchey aneh prt..

    1. Ashly says:
      January 22, 2019 at 8:50 pm

      Thank you for being my fan …. Yeah avahah up kohdhey nah

  11. Ala Marvel says:
    January 22, 2019 at 8:11 pm

    Hey ashly. Good work. Keep going. Vaahaka nimendhen genesdheyne kamah unmeedhu kuran. Tcly ???????????????❤❤❤

    1. Ashly says:
      January 23, 2019 at 5:03 pm

      Ala Marvel… Thank you… ????❤❤❤???????

  12. Luloo says:
    January 23, 2019 at 10:27 am

    Alhe ashly dear.. kba tha aneh part up vefa eh neii..SO SAD

    1. Ashly says:
      January 23, 2019 at 12:16 pm

      Mi haaru fonu vaifin… Mi adhu kiyaalan libeyne

  13. maaa says:
    January 29, 2019 at 8:48 pm

    maasha allah mi prt vx vrh reethi … keep it up

Comments are closed.

Next Episodeކަލާޔާ ނުލާ 3←


All Right Reserved!