
ކާވެނި
ކާވެނި… ކާވެނި ކުރަނީ ކީއްކުރަން ހެއް! ކާވެންޏަށް ތައްޔާރުވާއިރު އަޅެ ހިތައް ނާޅާ ހެވެ. އަހަރެން ކައިވެނި ކުރަން އަދި ތައްޔާރު ހެއްޔެވެ. އަހަންނަށް އަނބިމީހާގެ ވާޖިބުތައް ފުއްދޭނެހެވެ. ފިރިމީހާގެ ވާޖިބުތައް ފުއްދޭނެހެވެ. ހަމަގައިމުވެސް ކައިވެންޏަކީ ކުޅޭ ކުޅިވަރެއް ނޫނެވެ. ދެމީހުން މައްސަލަ ޖެހުނީމާ ވަރިވާނެވެ. ކުދި ކުދި ކަންތައްތަކަށް ޒުވާބުކޮށް ނުހަދާށެވެ. ދެމަފިރިންނަށް މައްސަލަ ޖެހިއްޖެއްޔާ ދެމީހުން ހައްލު ކުރަން އުޅޭށެވެ. ކައިވެންޏަކީ ދެމީހުންނަށް ދިރިއުޅުމުގެ އާ ސޮފްހާއަކަށް އެއްލާލެވޭ މަންޒިލެވެ. އެ މަންޒިލަށް ދެމަފިރިންގެ ދިރިއުޅުން ބިނާކުރުމަށް ކުރިޔަށް ދުރާލާ ދާނީއެވެ. އަދި ދެމަފިރިންގެ ތެރެއިން އެކަކު އަނެކަކަށް ޝައްކު ނުކުރާށެވެ. ދެމީހުންނަށް އިތުބާރު ކުރަންވާނެވެ. ފިރިމީޙާ އަނބިމީހާ ދަށްކޮށް ނުވަތަ އަނބިމީހާ ފިރިމީހާ ދަށްކޮށް ނުހަދާށެވެ. ދެމީހުން އެކީގާ ހަމަހަމައިން ކުރިއަށް އެކީގާ ދާށެއެވެ. ކާވެނި ކުރުމުގެ ކުރިންނާއި ކާވެނި ކުރުމަށްފަހު ދެމީހުން ހޭދަ ކޮށްލަން ލިބޭ ވަގުތު ކުޑަ ވެދާނެއެވެ. އެކަމް ވިސްނަ ބަލާށެވެ. ދެމީހުންވެސް ތިދަނީ ވަޒީފާއަށެވެ. ވަޒީއަށް ދަނީ ކީއްކުރަންކަން އިނގެން ޖެހޭނެއެވެ. އަދި ލަސްވަނީ ކީއްވެކަން އިނގެން ޖެހޭނެއެވެ. ބައެއްފަަހަރު އެކަކަށް އަނެއް މީހާކައިރި ގެއަށް އަންނަން ލަސްވާނެކަމަށް އަންގަން ހަނދާން ނެތިދާނެއެވެ. އެކަމަކު އެކަމަށް މިދުނިޔޭގައި ގިނަ ކައިވެނިކޮށްގެން އުޅޭ ދެމަފިރިން މައްސަލަ ޖެހެއެވެ. އަހަރެން ހިތަށް އަޅަމެވެ. އަޅެ އެމީހާ ބޮޑު ނުވޭ ބާއޭ! ނުވިސްނެނީ ހެއްޔެވެ؟
2 Comments!
Comments are closed.
Mi nimuneetha mi vaahaka by the way thanks mikahala vaahaka kolhakah takaa because mi vaahakaige sababun alhugandu be boy friend varah visnaa eba kaivenyaa medhu so thank you angelic maako.
ur welcome