“ދެން އެނގޭނު.. ދޮންތަގެ ވަރަށް ގާތް ފްރެންދް އެއް އުޅޭނެ ހޮސްޕިޓަލުގަ އެހެންވެ..” ވިލްދާ ބުނެލިއެވެ. އިރުކޮޅަކު ހުރުމަށްފަހު ވިލްދާމެން ދިޔައެެވެ. އެމީހުން ނުކުތުމާއި އެކު އެލްވިން އަށް ފުންނޭވާއެއް ދޫކޮށްލެވުނެވެ. އެފިރިހެން ކުއްޖާ ނަލާވަރުން އެލްވިން އަށް އިންނަން ޖެހުނީ ގުޑިވެސް ނުލައެވެ. އިތުރަށް ބޭރުގައި ނީންދެ އޭނާ ވަނީ ކޮޓަރިއަށެވެ، *ޕާރްޓް-6* މިހާރު ހަަފްތާ އެއް ފާއިތުވެ ގޮށްސިއެވެ. އެލްވިން މިހާރު ވަނީ މުޅިން ރަގަނޅުވެފަ އެވެ. އޭނާ މިއަދު ހޮސްޕިޓަލަށް ނުކުތެވެ. އެއްހަފްތާ […]
“އޭ ދެން މަދަނީ.. ކަމެއް ބޭނުންވެއްޖެއްޔާ ގުޅާލާ..” ކައިޒެން ގޮޑިން ތެދުވަމުން ބުނެލިއެވެ. “ހޫމް.. އޯކޭ ދެން ދިޔަސް..” އިވާން ބުނެލިއެވެ. *ޕާރްޓް-5* އެއީ ދޮންބެ ފްރެންޑް އެއްތަ..؟” ކައިޒެން ނިކުމެގެން ދިޔުމުން އެލްވިން އަހާލިއެވެ. “ޔާހް.. ބެސްޓް ފްރެންޑް.. ކިހިނެއްވީ..؟” އިވާން އަހާލިއެވެ. “ކަމެއް ނުވޭ ހަމަ އަހާލީ..” އެލްވިން ބުނެލިއެވެ. “އާން އެޔެއްނޫނޭ.. އަސްލު ކިހިނެއްވީ ހޮސްޕިޓަލްތެރޭ..؟” އިވާން ސީރިއަސް ވެލިއެވެ. “އޮފީހުގަ އިންދައި ބޭރުން މާއަޑުގަދަވާތީ ގޮސް ބަލާލީރު އެތާ ރުޅިއަރައިގެން އުޅުނީ […]
“އޭޔް ޒެން.. މަ މިއަންނަނީ އެލް ހޭލަންވާރަށް ކާނެ އެއްޗެއް ހިފައިގެން، އެލް ކައިރީ މަޑު ކޮށްލައްޗޭ..” އިވާން އެހެން ބުނެ ބޭރަށް ނިކުންނަން ހިގައިގަތެވެ. “ހޫމް..” ކައިޒެން ރަކި ގޮތަކަށް ބުނެލިއެވެ. *ޕާރްޓް-4* އެލްވިން މަޑުމަޑުން ދެލޯ ހުޅުވާލިއެވެ. އޭނާގެ ގަޔަކު އެއްވެސް ވަރެއް ނެތް ކަހަލަ އިހްސާސް ވަމުން ދިޔައެވެ. ބެންޑޭޖް ކޮށްފައި އޮތްތަނުގައި އޭރުވެސް ވޭންއަޅަމުން ދިޔައެވެ. އޭނާ ވަށައިގެން ވީމާހައުލަށް ނަޒަރެއް ހިންގާލިއެވެ. އޭނާގެ ލޮލުގައި އަޅައިގަތީ އޭނާގެ މަގަތުގައި ބޯޖަހައިލައިގެން […]
“ނޯވޮރީސް.. އިށިންދޭ..” އިލްހާންގެ ޖަވާބު އަހައިފައި އިވާން އަށް ހަމަޖެހުމުގެ ނޭވާއެއް ދޫކޮށް ލެވުނެވެ. *ޕާރްޓް-3* “ކޮފިއެއް ބޯނަންތަ..؟” މީޓިން ނިމުމާއި އެކު ކއިޒެން އަހާލިއެވެ. އާއެކޭ ބުނެ އިވާން އޮފީހުގެ ކެފެޓީރިއާ އާއިި ދިމާއަށް ހިގައިގަތެވެ. “ކޮބާ އިންވެސްޓިގޭޝަން ކުރިޔަށް ދޭތަ..؟” ކައިޒެން ވެސް ކޮފީއެއް ހިފައިގެން އައިސް އިވާން ކުރިމަތީ އިށީނެވެ. “އެހާ އެއްނޫން..” އިވާން ފުންނޭވާއެއް ދޫކޮށްލިއެވެ. “ހިތްވަރު ކުރަންވާނެ، ބައެއްފަހަރު ބޭނުންހާ ގޮތަކަށް ކަންކަމެއް ކުރިޔަކަށް ނުދާނެ.. އެކަމަކު އިވާން މަންމަމެންނަށް […]
ވިލްދާ ފަހަތުން އެފިރިހެނުން ދިޔުމުން އެލްވިން ދެކޮޅު ބަލާލައިފައި އޮފީހުން ނުކުތުމަށް ހިނގައިގަތެވެ. ދޮރުމަތީ ޖީބަށް އަތް ޖަހައިލައިގެން ހުރި އިވާން ފެނުމުން އެލްވިން ދުވެފައި ކަހަލަ ގޮތަކަށްގޮސް އިވާން ކުރިމަތީ ހުއްޓުނެވެ. “ދޮންބެ، ދޮންތަ ދެއްކިވާހަކަ އަޑުއެހިންތަ..؟” އެލްވިން އެހިއެވެ. “އާން.. ރިކޯޑް ވެސް ކުރިން..” އިވާން އަތުގައި އޮތް ކުޑަ ޑިވައިސް ދައްކާލަމުން ބުނެލިއެވެ. “ޔެސް.. ދެޓްސް މޯ އެވިޑެންސް..” އެލްވިންގެ ހިތުގައިވީ އުންމީދުގެ ހުޅުކޮޅު ބޮޑުވިއެވެ. *ޕާރްޓްـ2* “ހިގާ ގެޔަށް ދެން.. ވަރަށް […]
ކަނު އަނދިރިތެރޭގައި މަގުމަތިން ހިޔަނިތަކެއް ފަދައިން ދުވެފައި ދިޔަ ދެ ޒުވާނުން ގޮސް ހުއްޓުނީ ‘މިޑްނައިޓް މޫވާރްސް’ އޮފީސް އިމާރާތް ކުރިމަތީގައެވެ. އެތާ ހުރި އަންހެން ކުއްޖާ ބާރު ހިނގުމެއްގައި ގޮސް ވަނީ އޮފީސް ހޯލު ތެރެއަށެވެ. އޭނާގެ ދެލޯ ހޯދަމުން ދިޔައީ ‘ރޫމް ނުމްބަރް 102’ ށެވެ. ދޮރު ކުރިމަތީ ހުއްޓުމާއެކު ހަމަޖެހުމުގެ ފުން ނޭވާއެއް ދޫކޮއްލިއެވެ. ތުރުތުރު އަޅަމުންދިޔަ އަތް އުފުލާލައިފައި އޭނާ ތަޅުގައި ހިފާލިއެވެ. އޭނާގެ މޫނުމައްޗައް ހާސްކަން ވެރިވީ ދޮރު ނުހުޅުވުމުންނެވެ. […]