އިވާން ކައިޒެން އަށް ހުރިހާ ވާހަކެއް ކިޔައިދިނެވެ. އެލްވިން ފޮނުވި ސްކްރީން ޝޮޓްވެސް އޭނާ ދެއްކިއެެވެ. ކައިޒެން ވެސް ގަބޫލު ކުރި ކޮންމެވެސް މީހަކު އެލްވިން ގެންދިޔައީ ކަމުގައެވެ. ދެމީހުންވެސް ތިބީ ހިތް އަވަސް ވެފައެވެ. އެލްވިން ހެޔޮ ހާލުގައި ހުންނާނެ ކަމެއްވެސް ނެއިންގެއެވެ. *ޕާރްޓް-14* އެލްވިން އަށް ހަމަހޭވެރިކަންވީރު އޭނާ އޮތީ ބިންމަތީގައެވެ. ތެދުވަން އުޅުމުން އެނބުރުން އަރައި ލޯމަށްޗަށް އަދިރިވިއެވެ. އެކަމަކުވެސް އެލްވިން ހިތްވަރު ކޮށްލާފައި އިށިނެވެ. އޭނާގެ ހަދާނަށް މަޑުމަޑުން އަންނަންފެށީ ކުރިން […]
ފޯނު ކަޑާލުމަށްފަހު އެލްވިން އެސްރީން ޝޮޓް އިވާން އަށް ފޮނުވާލިއެވެ. މަގުކުރުކޮށްލަން މިފަހަރު އޭނާ އަޅާލީ ތަންކޮޅެއް ހިމަ ގޯޅިގަނދަކެށެވެ. ހިގަމުން ދަނިކޮށް ފަހަތުން އައިސް މީހަކު ކުއްލިއަކަށް އޭނާ އަނގަމަތީ ފޮތިކޮޅެއް އެޅިއެވެ. ސިއްސައިގެން ދިޔަވަރުންނާއި ގަތްބިރެއްގެ ސަބަބުން އެލްވިން އަށް ތެޅިގަނެވުނެވެ. ނަމަވެސް ހަމައެވަގުތު ލޯމައްޗަށް މަންޒަރު ފުސްވެ އޭނާ އެމީހާގެ އަތް މައްޗަށް ދެމުނެވެ. *ޕާރްޓް* އެލްވިން އަށް ލޯހުޅުވާލެވުނީރު ފެންނުނީ ފުސްކޮށެވެ. އަނެއްކާވެސް އެސްފިޔަތަށް ޖަހާލައިފައި އޭނާ ބަލާލިއެވެ. ވަށައިގެން ފެންނަން […]
އެލްވިން ނިދާހެދުމުގައި އިނީ ޓީވީ ބަލާށެވެ. އެލްވިން އަތުގައި އިން ޕޮޕްކޯން ތަށިން އޭނާ ދިޔައީ އަނގަ ހުސްވާވަރަކަށް އަތް ފުރައި ނަގާ ކަމުންނެވެ. ގޭތެރޭގައި ހޫނުވާތީ އެލްވިން އިނީ ސޯފާ ފަހަތުގައި އިން ކުޑަދޮރު ހުޅުވައިގެންނެވެ. ޓީވީން ދައްކަމުން ދިޔަ އެއްޗަކަށް މާބޮޑަށް ގެއްލިފައި އިނުމުން އެގެޔަށް މީހަކު ވައިން ކަމެއްވެސް އޭނާ އަކަށް ނެިއންގުނެވެ. އެމީހަކު ވަރަށް ސިއްރުސިއްރުން ގޮސް ބަދިގެޔަށް ވަނެވެ. އެމީހަކު އެކުރާކަމެއް ކޮށްފައި ދިޔައިރުވެސް އެލްވިން ހުރީއެވެ. އެއްވެސް ކަމެއް […]
“ބީ ސޭފް..” އެލްވިން ބޯޖަހާލިއެވެ. ކައިޒެން ދިއުމުން އޭނާ ވަނެވެ. ކައިޒެން އާއި ވާހަކަދައްކައި ލެވުނީމާ އެލްވިން ހުރީ ނިކަން އުފަލުންނެވެ. ކޮންމެ ދުވަހަކުވެސް މިގޮތަށް ކައިޒެން އާއި ވާހަކަ ދައްކައި ލެވޭނެ ނަމައެވެ. އެކަހަލަ ފޮނި ހިޔާލުތަަށް ކުރަމުން އެލްވިން ގެޔަށް ވަނެވެ. *ޕާރްޓް-11* ހިރާ މަސަށްކަތް ކުރަމުން ދިޔައިރު އިވާން ހުރީ އޭނާގެ މޭޒުކައިރީ ފައިލްތަކެއް ހިފައިގެން އެބަލާށެވެ. އިރުކޮޅެއް ނުވެ ހިރާ “ނިމުނީއޭ” ގޮވާލިއެވެ. އިވާން ސިއްސައިގެން ދިޔަވަރުން ގޮޑިން ނުވެއްޓުނީ ކިރިއާއެެވެ. މިމަންޒަރު […]
މިކަހަލަ ސަކަރާތެއްގައި ހުރެމެ އެލްވިން އަށް ނުކުމެވުނީ ގެޔެށް ކައިރިއަށެވެ. އޭނާ ހިތަށް އެރީ އެގެޔަށް ވަނުމަށެވެ. އޭރުން ފަހަރެއްގައި އެމީހާ ގޮސްފާނެއޭ ހިތައެވެ. އޭނާ ހިގަމުން އަންނަނިކޮށް އެގެ ދޮރު ހުޅުވާލި ތަން ދެކުނެެވެ. އެލްވިން ކުޑަކޮށް މަޑުޖެހިލިއެވެ. އެގެއިން އެނުކުތީ ކައިޒެން އެވެ. އޭނާ މިގެޔަށް އެއައީ ކީއްވެހެއްޔެވެ. އަނެއްކާ މިއީ އޭނާގެ ގެ ނޫންބާއެވެ. ކޮންމެ ގޮތެއްވިއަސް މިގަޑީ ކައިޒެން ފެނުމީ ނަސީބޭ ހިތާ އެލްވިން ކައިޒެން އަށް ގޮވާލިއެވެ. *ޕާރްޓް-10* ކައިޒެން […]
އެލްވިންގެ ޝިފްޓް ނިމުނީރު 11 ޖަހާ ބޮޑުވެއްޖެއެވެ. އިވާން ބިޒީކޮށް އުޅޭތީ ބަލާ ނުދެވޭނެ ވާހަކަ ބުނެފައިވުމުން އެލްވިން އަށް މަޖުބޫރުވީ އެކަނި ގެޔަށްދާށެވެ. މިހާ ލަސްވެފައިވުމުން ޓެކްސީއެއްގައި ދާކަށްވެސް އޭނައަކަށް ނުކުރޭނެއެވެ. އެހެންކަމުން އެލްވިން ނިންމީ ހިގައިފައި ގެޔަށްދިއުމަށެވެ. އޭނާ މަގުގެ ދެފަރާތަށް ބަލައިލައިފައި ހިގައިގަތެވެ. *ޕާރްޓް-9* ހިގަމުން ދިޔައިރު އެލްވިންގެ ހިޔާލުތަށް ގުޅިފައިވަނީ އޭނާގެ މައިންބަފައިންގެ މަރާއެވެ. މައިންބަފައިންނާއި ކުއްލިގޮތަކަށް ވަކިވާން ޖެހުމަކީ އެއްވެސް ދަރިޔަކަށް ތަހައްމަލު ކުރަން ފަސޭހަ ކަމެއް ނޫނެވެ. އޭނާގެ […]
ދަންވަރުގެ ވަގުތެވެ. ސޯފާގައި ނިދިފައި އޮތް ލައިޝާއަށް ހޭލެވުނީ އިވުނު ބާރު އަޑުފަށްގަނޑެއްގެ ސަބަބުންނެވެ. ބޭއިޙްތިޔާރުގައި ފުންމައިގެން ތެދުވެވުމާއި މައި އެކު ބޭރުން އިވެނީ ގެ ބޮޑު ދޮރުގައި ހުއްޓުމެއްނެތި ޓަކި ޖަހަމުން ދާއަޑެެވެ. ޖެހިލުންވެ ބިރުންހުރެ ލައިޝާ ގޮސް ދޮރު ހުޅުވާލުމާއި އެކު އެތެރެއަށް ދެމިގަތީ ޒުވާން އަންހެން ކުއްޖެކެވެ. އެކުއްޖާ ހުރި ހާލަތު ފެނިފައި ލައިޝާއަށް ހައިރާން ކަމެއް ލިބުނެވެ. އޭރު ވެސް އެކުއްޖާއަށް ދިޔައީ ގިސާލެވެމުންނެވެ. އެކުއްޖާ ލައިގެން ހުރި ފޭރާމުގެ އެކިތަންތަން […]
އެހެންބުނީރު އޭނާގެ މޫނުމަތިން ކިތައްމެހާވެސް ނުރުހުމުގެ އަސަރު ފެންނަން ހުއްޓެވެ. ހިރާ އަނެއްކާވެސް ސޮރީއޭ ބުނެފައި އަވަހަށް އަރައިގެން ދިޔައެވެ. *ޕާރްޓް-8* ލަސް ހިގުމެއްގައި އައި ހިރާ މަޑުކޮށްލީ ދޮރު ކުރިމަތީ އެވެ. އޭނާ ނަމަށް ބަލާލިއެވެ. “އިވާން..” އޭޖަހައިފައި އިނުމުން ހިރާ ބުމަ އަރުވާލައިފައި މަޑުމަޑުން ދޮރުގައި ޓަކިޖަހާލިއެވެ. އެތެރެއިން ހަބަރެއް ނުވުމުން ހިރާ މަޑުމަޑުން ދޮރު ހުޅުވާލިއެވެ. އެކަކުވެސް ފެންނާކަށް ނެތެވެ. ހިރާ އެތެރެއަށް ވަނެވެ. ހުރިހާއެއްޗެއްވެސް ވަރަށް ފުރިހަމައަށް ބަހައްޓާފައި ހުއްޓެވެ. އޭނާ […]
ކަޅު ކުލައިގެ ކާރު އައިސް މަޑުކޮށްލީ ޕޮލިސް ޗްޓޭޝަން ކުރިމަށްޗަށެވެ. އޭގެން ފެއިބީ ޒުވާން އަންހެން ކުއްޖެކެވެ. އެކުއްޖާ އަޅައިގެން ހުރި އަވި އައިނު ނަގައި ބިލްޑިންގް މައްޗަށް ބަލާލިއެވެ. އަދި ބޮޑު އަކުރުން ޖަހއިފައިއިން އެތި ކިޔާލިއެވެ. “ސްޕެޝިއަލް ޓެކްޓިކްސް އެންޑް ރިކޯނައިސޭންސް..” އާދައިގެ ހިގުމެއްގައި ގޮސް އެކުއްޖާ ވަނީ އެތެރެއަށެވެ. އެތާ އިން މީހަކު އެކުއްޖާ އަށް ގޮވާލިއެވެ. “ކޮންކުއްޖެއް..؟” އެމީހާ އަހާލުމުން އެކުއްޖާ ހީލިއެވެ. އަންނާރު އޮތްތަކެއް ފަދަ ކުދި ދަތްތަކެކެވެ. “އައިޝަތް […]