ހެނދުނުގެ ވަގުތު ސައި ހެދުމުގައި ދާނިޔާ އަވަދިނެތި އުޅެމުން ދިޔައެވެ. އަށެއް ޖަހަން ވާއިރަށް ޖަނާޙް ޑިއުޓީއަށް ދިއުމުގެ ސައި ތައްޔާރު ކުރުމަކީ ދާނިޔާގެ ކޮންމެ ދުވަހެއްގެ ވެސް އާދައެވެ. ނަމަވެސް ރޭގައި ލަހުން ނިދުމުގެ ސަބަބުން ލަހުން ހޭލެވުމުން ސައިހެދުން މިއަދު ލަސްވީއެވެ. އުނދުން ކައިރީގައި ރޮށި ފިހަން ހުރި ދާނިޔާ ސިހުނީ ސިޓިންރޫމާއި ޖެހިގެން ހުރި ގުދަން ކޮޓަރިން އިވުނު ބާރު އަޑު ފައްގަނޑަކުންނެވެ. ދެލޯ ބޮޑުކޮށް އެދިމާއަށް ބަލާލި ވަގުތު ޖަނާޙް ހިރަފުސްތައް […]
އުޑުމަތި ބަނަ ދުވަހެއްގެ ހަވީރުގެ ވަގުތުކަމުގައި ވިޔަސް މަގުތައްވަނީ ހަލަބޮލިވެފައެވެ. އެކި ކަހަލަ ވެހިކަލްތައް ދުއްވާ މީހުންނާ ހިނގާ މީހުންނެވެ. އާއިލާއާއި ރައްޓެހިންނާއެކު މަޖާ ކުރަމުން ދިޔަ މީހުންނަކަށް ދެންމެ ކަމެއް ދިމާވިހެންވެސް ހީނުވެއެވެ. ބާރަށް ދުއްވަމުން ދިޔަ ދެއެންބިއުލާންސްގެ މިސްރާބު ހުރީ ހުޅުމާލޭ ޓުރީ ޓޮޕް ހޮސްޕިޓަލަށެވެ. ދެއެންބިއުލާންސްގެ ފަހަތުން ޕޮލިސް ބަސްތައް އަންނަމުން ދިޔައިރު މަގުމަތީގައި ތިބި މީހުން އެދިމާއަށް ބަލަމުން ދިޔައެވެ. ދާދި ދެންމެއަކު ދިމާވި އެކްސިޑެންޓުގައި އަނިޔާވި ޒުވާން ފިރިހެންކުއްޖާއާއި އަންހެންކުއްޖާއަކީ […]
އިރުއޮއްސެމުން ދިޔަ ވަގުތު ހޮސްޕިޓަލުގެ ބަލިމީހުން ބަލާ ކޮޓަރިއަކުން ނިކުތް ޖަނާޙް ލައިގެން ހުރި އާދައިގެ އެއްޗެހިން ފެންނަ މީހަކަށް އޭނަގެ ޑިއުޓީ ނިމި ގެޔަށް ދަނީކަން އެނގޭނެއެވެ. ނޭވީ ކުލައިގެ އަތްދިގު ގަމީސް ކަޅު ފަޓުލޫނުގެ ދަށުން ބެގީކޮއްލެެވިފައިވެއެވެ. ކުރުކޮށް ކޮށާފައިވާ އެފަން ކަޅު އިސްތަށިގަނޑު ވަނީ މައްޗަށް ނަގާފައެވެ. އެ ހިތްގައިމު ދޮން އޮމާން މޫނާ ނުހަނު ގުޅޭހެން ކުރުކޮށް ކޮށާފައިވާ ތުނބުޅިން އެހިތްގައިމުކަން އިންތިހާއެވެ. އެއް އަތުގައި އޮފީސް ދަބަސް އޮތް އިރު […]
އުމުރުން އެންމެ ފަންސަވީސް އަހަރުގެ ޖަނާޙް އަކީ އާދައިގެ ދިރިއުޅުމެއް އުޅެމުން އަންނަ ޒުވާނެކެވެ. މައިންބަފައިންގެ ފުރިހަމަ ލޯތްބާއެކު ބޮޑުވި ޖަނާޙް ކައިވެންޏާ ހަމަޔަށް ދިޔައިރު ދިރިއުޅުމުގެ ހުރިހާ ކަމެއް އޭރުވަނީ ފުރިހަމަވެފައެވެ. ނަމަވެސް ކައިވެންޏަށްފަހު ޖަނާޙްގެ އަންހެނުން ނަވާރް އަލަތު ދަރިފުޅަށް ބަލިވެ އިންދާ ވީނުވީއެއް ނޭނގި މިދުނިޔެ ދޫކޮށް ދިޔައީއެވެ. އެކަމުގެ ސަބަބުން ޖަނާޙްގެ ދިރިއުޅުން ބަނަވެގެން ދިޔައެވެ. ނަމަވެސް އާއިލާއަށްވެސް ނޭނގި ކުއްލިއަކަށް ޖަނާޙްއާއެކު ކިޔެވި އަންހެންކުއްޖެއް ކަމަށްވާ ދާނިޔާ ޖަނާޙް އިނީ […]
މެންދަމުން އަލިވެ ދެއެއް ޖަހަނީއެވެ. ފަނަރަވިލޭރޭގެ ބުރުހަމަ ރީތި ހަނދުން މުޅި ރަށްވަނީ އަލިކޮއްލާފައެވެ. ގޮނޑުދޮށަށް ބީއްސަމުން ދިޔަ ރާޅުތަކުން މާހައުލުގެ ހަމަހިމޭންކަން ނަގާަލައިފައިވެއެވެ. ތުނޑީގެ މޫދު ފެންނަ ހިސާބުގައި އެލުވާލާފައި އިން ދެމީހުންނަށް އިށީނދެވޭވަރުގެ ކުޑަ އުނދޯންޏެއްގައި އިން ތިބްޔާންގެ ގައިގައި ތާޒާ ފިނި ފިނި ވައިރޯޅިތައް އައިސް ބީހެމުން ދިޔައެވެ. އެހިތްގައިމު މޫނުމަތީގައިވި ހިނިތުންވުން އިތުރަށް ފުންވެގެން ދިޔައީ އަތުކުރީގައި އޮތް ގަޑިން ދަންވަރު ދެއެއް ޖެހިކަން އެނގުމުންނެވެ. މަޑުމަޑުން އުނދޯލި ހެއްލަމުން […]
” އޭ އަރީން! މިފަހަރު ގަމަށް އަންނަން ތި ހަމަޖެއްސީ ކީއްވެތަ؟ ” އިރުއޮއްސެމުން ދިޔަ އެ ވަގުތު ސ.ގަމު އެއާރޕޯޓުން ނިކުތް ގޮތަށް އަޝްވާން ދަބަސް ކޮނޑުގައި އަޅުވާލަމުން ދެން ތިބި ދެ އެކުވެރިންނާއެކު ޓެކްސީއެއް ލިބޭތޯ ޕޭމެންޓު މައްޗާއި ދިމާއަށް ހިނގައިގަތެވެ. އެ ތިންކުދިންނަކީ މެލޭޝިޔާގެ ކޮލެޖުގައި ކައުންސިލިން ކިޔަވަމުން އަންނަ ތިންކުދިންނެވެ. އެތިންކުދިންގެ މިޒާޖުގެ އެއްގޮތްކަމުންނާއި މެލޭޝިޔާގައި ކައުންސިލިން ކިޔަވަމުންދާ ދިވެހިކުދިން މަދުވުމުން ކޯސް ފެށުނީއްސުރެ އެކުދިން އުޅެނީ އަބަދުހެން އެކު އެކީގައެވެ. […]