Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ
ހިތާމަލޯބި

މާފު ހައްޤުވާނެބާ? – 2

Aarsh Level 110 Stories
July 26, 2021 2 Mins Read
0 Comments

ހެނދުނުގެ ވަގުތު ސައި ހެދުމުގައި ދާނިޔާ އަވަދިނެތި އުޅެމުން ދިޔައެވެ. އަށެއް ޖަހަން ވާއިރަށް ޖަނާޙް ޑިއުޓީއަށް ދިއުމުގެ ސައި ތައްޔާރު ކުރުމަކީ ދާނިޔާގެ ކޮންމެ ދުވަހެއްގެ ވެސް އާދައެވެ. ނަމަވެސް ރޭގައި ލަހުން ނިދުމުގެ ސަބަބުން ލަހުން ހޭލެވުމުން ސައިހެދުން މިއަދު ލަސްވީއެވެ.

އުނދުން ކައިރީގައި ރޮށި ފިހަން ހުރި ދާނިޔާ ސިހުނީ ސިޓިންރޫމާއި ޖެހިގެން ހުރި ގުދަން ކޮޓަރިން އިވުނު ބާރު އަޑު ފައްގަނޑަކުންނެވެ. ދެލޯ ބޮޑުކޮށް އެދިމާއަށް ބަލާލި ވަގުތު ޖަނާޙް ހިރަފުސްތައް ފޮޅަމުން އެތަނުން ނުކުންނަނީއެވެ.

” ޑިއުޓީއަށް ދާން ރެޑީނުވެ ކީއްކުރަނީ? ކޮން އަޑެއް އެއިވުނީ ވެސް? ” ކަންބޮޑުވެފައި ދާނިޔާ ގޮސް ޖަނާޙްގެ ގައިން ހިރަފުސް ފޮޅާދެމުން ދިޔައެވެ.

” ވަޓް? މިއަދު މިއީ ހުކުރު ދުވަހެއްނު. ދާނިޔާ ހަނދާންނެތީތަ?” ޖަނާޙް ހައިރާންވެފައި ސުވާލުކުރުމާއެކު ދާނިޔާއަށް ސިހިފައި ޖަނާޙްގެ ދެލޮލަށް ބަލާލެވުނެވެ.

” އެހެންނުވާނެ. މިއަދު މިއީ ބުރާސްފަތި ދުވަސް.. ” ދެބުމަ ގޮށް ޖަހާލަމުން ދާނިޔާ ޖަވާބުދިނެވެ.

” ދާނިޔާ އަނެއްކަ ހުން އައިސްތަ ތިހިރީ? ނޫނީ ބޭބީ އުނދަގޫ ކުރާތި ވަރުބަލިވާތީތަ ތިއުޅެނީ? ” ޖަނާޙް ދާނިޔާގެ ގައިގައި ހިފަހައްޓާލަމުން ސުވާލުކުރިއެވެ.

” ނޫނެކޭ ޖަނާޙް… މިއަދު ޔަޤީން މިއީ ބުރާސްފަތި ދުވަސްކަން..” ދާނިޔާ ދުވެފައި ގޮސް ކެބިނެޓް މަތީގައި އޮތް ފޯނު ނަގައި ހުޅުވާލަމުން ތާރީޙް ބަލާލިއެވެ. ޖަނާޙް ބުނި ފަދައިން މިއަދަކީ ހުކުރު ދުވަހެވެ.

” ސޮރީ ޖަނާޙް. އަހަރެންނަށް އޮޅުނީ.. ނޭނގެ މިހާރަކަށް އައިސް ދެފަހަރުން އެއްފަހަރު ކަންކަން އޮޅޭ ގޮތްވެފަ ހުންނަނީ.. ” ދާނިޔާގެ ދެލޯވަނީ ފެންކަޅިވެފައެވެ.

” އިޓްސް އޯކޭ ލަވް. ތިވާނީ ބޭބީ އުނދަގޫ ކުރާތި ދާނިޔާ ވަރުބަލިވާތީކަމަށް. ދަރިފުޅު މަންމިއަށް އުނދަގޫ ނުކުރައްޗޭ.. ” ޖަނާޙް ތިރިވެ ދާނިޔާގެ ބަނޑުގައި ތުންފަތް ޖައްސާލަމުން ލޯތްބާއެކު ވާހަކަދެއްކިއެވެ. ދާނިޔާ ވެސް ހިނިތުންވެލިއެވެ. ނަމަވެސް ހިތެއް ހަމައެއް ނުޖެހުނެވެ. އޭނައަށް ކުރިން މިއީ ބުރާސްފަތި ދުވަސްކަން ޔަޤީނެވެ. ފަހުން މިވީ ކިހިނެތް ހެއްޔެވެ? އަނެއްކާ ޖަނާޙް ބުނި ފަދައިން ބަނޑުބޮޑުވީމައި ވާގޮތެއް ބާވައެވެ?

” މިއަދު މަގޭ ބަޑީ އާތިކްގެ ކުލިނިކަށް ބޭބީ ސުކޭން ކުރަން ދާންޖެހޭކަން ހަނދާން އެބަ ހުރި ދޯ? ” ޖަނާޙް ތެދުވެ ދާނިޔާގެ އަތުގައި ހިފާލަމުން ސުވާލުކުރިއެވެ.

” ހޫމް ހަވީރުގަ ފޯރގަ އެއްނު ” ދާނިޔާ ވަގުތުން އުފަލުން ފުންކޮށް ހިނިތުންވެލިއެވެ. ބަނޑުގައިވާ ދަރިފުޅު އަލަށް ދެކިލުމަށް އޭނާވަނީ ކެތްމަދުވެފައެވެ.

—

” ޖަން އަހަރެން ސަލާމަތް ނުކޮށް ދިނަސް ބޭބީ ސަލާމަތްކޮއްދީ… ” ނަވާރްގެ ކަރުނައިން ފުރިފައިވި ދެލޮލަށް ޖަނާޙްއަށް ބަލާލެވުނެވެ. ވޭނީ އަޑުން އާދޭސްކުރަމުން ދިޔަ ނަވާރްގެ ބިންމަތީގައި އިށީނދެގެން އިން އިރު ބަނޑުން ލޭފައިބަމުން ދިޔައެވެ. އަތްފައިގައި ކަސްތޮޅު އެޅުވިފައިވާ ފަދައިން  ހަރަކާތް  ހުއްޓިފައިވި ޖަނާޙްއަށް  ހަމަ ނަވާރްއަށް ބަލަ ހައްޓައިގެން ހުރެވުނީއެވެ. އޭރު އޭނަގެ ދެއަތުގައިވި ލޭތައް އިނގިލިތަކުގެ ދޭތެރެއިން ފޭދިގެން ބިންމައްޗަށް ތިކިތައް ޖެހެމުން ދިޔައެވެ.

ނުނިމޭ

Share Article

Follow Me Written By

Aarsh

Level 110 Stories

I am a girl who loves to write stories alot.. I hope you all readers will love to read my stories just like how i love to write them. ?❤ ~Aarsh~

Other Articles

Previous

އަބަދުވެސް ހިތުގައި (1)

Next

ހާދަހާ ލޯބިވޭ 11

Next
July 26, 2021

ހާދަހާ ލޯބިވޭ 11

Previews
July 25, 2021

އަބަދުވެސް ހިތުގައި (1)



All Right Reserved!