އެވަގުތު މަންމަ ދޮރުގައި ޓަކި ޖަހާލިއެވެ. އެއީ އަހަރެންގެ ނަސީބުކަމެއް ބަދުނަސީބުކަމެއް ނޭނގެއެވެ. ރޯ މަހެއްހެން އަޔާން ތެޅިގަތެވެ. އަހަރެން ގޮސް ދޮރު ހުޅުވީމެވެ. “ހާދަ އިރެއް ތިނެގީ ދޮރު ހުޅުވަން.. އަހަ.. އަޔާންވެސް އެބައުޅެން ދޯ..” ޝައްކުގެ ނަޒަރަކުން ކަހަލަ ގޮތަކަށް މަންމަ އަޔާންއާ ދިމާއަށް ބަލައިލިއެވެ. އަހަރެންވެސް އެއްމިޔަނަކުން ހީލުމަށްފަހު އަޔާން ކައިރީ އިށީނީމެވެ. “އަހަރެން ދެން ދަނީ” މަންމަ އައުމުން އަޔާން އަވަސްވެގަތީ ދާށެވެ. އަހަރެންވެސް އޭނާ ހުއްޓުވާކަށް ނުހަދަމެވެ. އެއީ މިހާރު […]
“ވާއު… ޔޫ ލުކިންގް ސުޕަރ ކިޔުޓް ނީ” ޓަކި ޖަހާ އަޑަށް ދޮރު ހުޅުވާލުމާއެކު އަޔާން އަހަރެންނަށް ތައުރީފު ކުރިއެވެ. އަހަރެންނަށް ލަދުން އިސްޖަހާލެވުނެވެ. އޭރު ހިތް ގޮވަމުންދިޔައެވެ. އަޔާންއެވެ. އަހަރެން ގަޔާލާ ބޮނޑިކޮށްލާށެވެ. “ހާދަ ލަދެއް ތިގަތީ.. ނީ ލަދުވެސް ގަނޭތަ.. ތައްޔާރު ވެވުނިއްޔާ ދަމާ ބަހީ..” އަހަރެން އެއްޗެކޭ ނުބުނުމުން އަޔާން ބުންޏެވެ. ލުއި ހިނިތުންވުމެއް ދިނުމަށް ފަހު އަހަރެން އަޔާން ފަހަތުން ހިނގައިގަތީމެވެ. “ކޮންތާކަށް ދާނީ” އަހަރެން ހީކުރީ އަޔާން އަންނާނީ ދާނެ […]
“ދޮރުމަތީ މިހުރީ. ހުޅުވާލަބަލަ ދެން” އަހަރެން ބިރުގަތެވެ. އެމީހަކު އެންމެ ފަހުން ގެއަށްވެސް އައީއެވެ. ހިތްވަރު ކޮށްލާފައި ގޮސް ދޮރު ހުޅުވީމެވެ. “އަޔާ؟” އަޔާން ފެނުމާއެކު އަހަރެންނަށް ހުރެވުނު ތަންވެސް ނޭނގުނެވެ. “ވަޓް އަ ސަޕްރައިޒް”. އަޔާނަކީ އަހަރެންގެ ކުރީގެ ރަހުމަތްތެރިއެކެވެ. މަތީ ސާނަވީ ކިޔެވުމަށް ލަންކާއަށް ބަދަލްވީ މީގެ ދެއަހަރު ކުރިންނެވެ. “ކޮން އިރަކު އައީ؟ އެންޑް ރޭއްސުރެ ކޮންހާ ޖެއްސުމެއް ތިކުރީ؟” އަހަރެން އަޔާނާ ސުވާލު ކުރަން ފެށީމެވެ. “މަންޖެ ހެދޭ ވަރެއް ބަލާލީ […]
ބޯކޮށް ވާރޭ ވެހެމުންދެއެވެ. ވިދާ ގުގުރަނީއެވެ. ބޭރަށް ފައިލައިގެން ކުޑަދޮރުމަތީ އަހަރެން އިށިނީމެވެ. ހިތަށް ވެރިވެފައިވާ ނުތަނަވަސްކަން ކުޑަކޮން ނަމަވެސް ބޭރުކޮށްލެވޭތޯއެވެ. ހަތަރުވަނަ ފަންގިފިލާ ކަމުން މަގުމަތީގައި ހޭލަމޭލަވަމުން އުޅޭ މީހުން ސާފުކޮށް ފެންނަމުންދެއެވެ. ދުރުނޫން ހިސާބަކުން އަހަރެންގެ ލޮލުގައި އަޅައިގަތީ އަތުގުޅާލައިގެން ދުވަމުން ދިޔަ ޒުވާން ޖޯޑެކެވެ. ބަލާލި ކޮންމެ މީހަކަށްވެސް އެއީ ދެލޯބިވެރިންކަން އެނގޭނެއެވެ. އަހަރެންގެ ލޮލުން ކަރުނަ ހިލުނެވެ. މާޒީގެ ދުވަސްތައް އާލާވާންފެށުމުންނެވެ. ދެލޯ ފުހެލުމަށްފަހު، ދަބަހުން ސިނގިރޭޓެއް ނަގާ ރޯކޮށްލީމެވެ. އެހަނދާންތަކާ […]