Skip to content
އެސްފިޔަ

ލޯބިވިއަސް ދޫކޮއްލާނަން

އިރު އޮއްސޭ ވަގުތެވެ. އުޑުމަތީ ރަތް ވިލާ ލާންފެށުމުން މަގުމަތީ ހިގާ މީހުންނާއި ދުއްވާފައި އުޅޭ މީހުންވެސް މަދުވާން ފަށައިފިއެވެ. ކަނޑުގެ ލޮނުގަޑަށް އިރުގެ އޮރެންޖު ކުލަ އެޅިފައި ހުންނައިރު ވަރަށް ފުރިހަމައެވެ.

“ހަމަ އަސްލުވެސް މިބުނީ މަށައް މާއިޝް ދެކެ ލޯބި ވެވިއްޖެ ކަންނޭންގެ..” ބަނދުރުމަތީ އިށީން ދެގެން ތިބެ އާލިޔާ އޭނާގެ އެކުވެރިޔާ ނަވްޔާއާ ވާހަކާ ދެއްކިއެވެ. އޭނާގެ ލޮލުގައިވީ އުންމީދެވެ.

“އެހެންތަ، އެކަމަކު އެއީ އަހަރެމެންގެ ޕްރޮފެސަރ އެއްނު؟ ޔޫ ޑިޒާވް ބެޓާ..” ނަވްޔާ ބުނެލީ އޭނަގެ ހިތުގައިވީ ނަފްރަތު ފޮރުވަމުންނެވެ.

އެތައްއިރަކު ވާހަކަ ދައްކަން ތިބެފައި ދެއަންހެން ކުދިން މިސްރާބިޖެހީ ރަށު ތެރެއަށެވެ. ގެޔައްދިޔަ މަގު މަތީގައި ވެސް އާލިޔާ ދެއްކީ މުޅިންވެސް މާއިޝްގެ ވާހަކައެވެ. ނަވްޔާ ހުރީ ފޫހިވެފައެވެ. މޫނުމަތިން ފެނަނަށް ހުރީ ފޫހި ކަމާއި ރުޅިވެރިކަމެވެ.

ޖެހިގެން އައި ދުވަހު ކޮލެޖްއަށް ގޮސްފައި އާލިޔާގެ ބޮޑު ކަޅު ދެލޯ ހޯދާލީ މާއިޝްގެ ރީތި ސޫރައަށެވެ. އާލިޔާގެ ހިތުގެ ވިންދު އަވަސްވީ ޖެހުނު ވައިރޯޅި އަކާއެކު ދުވި ފިރިހެން ސެންޓުގެ ވަހުންނެވެ. އޭނާއައް އެއި މާއިޝްގެ ސެންޓުކަން ވަގުތުން އެގުނެވެ.

ކަޅުކަން ގަދަ އެ ފަން އިސްތަށިގަޑު ފަހަތަން ފުނާ އަޅާލީ ހިމަ ތޮޅި އިގިލި ތަކުންނެވެ. އަތުގެ ނާރުތަން ގިނަވެފައި އެ އަތަށް އިތުރު ފުރިހަމަ ކަމެން ގެނެސްދެނީ އުޅަންބޮއްޓާ ހަމައައް އޮޅާފައި ހުރި ކަޅުކުލައިގެ ގަމީހުގެ އަތުކުރިއެވެ. ބައިމަތި ފުޅާ އެ ކޮޑުގައި، ލެދާރ ދަބަހެން އަޅުވައިފައި ހުއްޓެވެ. އޭނާގެ ފިރިހެން ވަންތަ  ހިގުމުގައި މާއިޝް ގޮސް ހުންޓުނީ ކުލާސް ކުރިމަތީގައެވެ. އަދި އޭނާގެ މުށިކުލައިގެ ތޫނު ދެލޮލުން މުޅި ކުލާހަން ނަޒަރު ހިނަގާލިއެވެ. އާލިޔާ އަތް އުފުލާލި މާއިޝްގެ ސަމާލުކަން ހޯދުމަންޓަކައެވެ.

“ޔެސް، އާލިޔާ؟” މާއިޝް އޭނާގެ ބަރު އަޓުން އަހާލިއެވެ.

ބޭއިހުތިޔާރުގައި އާލިޔާއަތް އޭނަގެ އަތުގައިއޮތް ގަލަމުގައި ބާރަން ހިފާލެވުނެވެ. “އަމްމް..ޔެސްޓަޑޭގެ ލެކްޗަރ ބެހޭ ގޮތުން ސުވާލެއް އޮތީމަ..”

އާލިޔާ ކައިރީގައި ހުރި ނަވްޔާ ފޫހި ގޮތަކަށް ލޯއަބުރާލައިފައި އޭނާ އާއި ޖެހިގެން ހުރި ކުއްޖާއާއި ވާހަކަ ދަށްކަންފެށިއެވެ. މާއިޝްގެ ރުޅިވެރި ނަޒަރު ހުއްޓުނީ ނަވްޔާއަށެވެ. އެނާގެ ހިމަ ތޮޅި އިގިލިތަކުން މޭޒުގައި ބާރަން ހިފާލީ ނަވްޔާ ވާހަކަ ދަންކަން ހުރި ކުއްޖާ ބުނި ވާހަކަ އަކަން ނަވްޔާ ހީލިތަން ފެނިފައެވެ.

“އޮކޭ!! ސެޝަން ނިންމާފައި މަޑުކޮއްލާ..” މިހެން ބުނެފައި މާއިޝް ފެށީ ކިޔަވަދޭށެވެ.

މަހެއް މިގޮތައް ފާއިތު ވެއްޖެއެވެ. އާދައިގެ މަތިން އާލިޔަ މަޑުކުރީ ކުލާހުން ކުދިން މަދުވާން ދެންނެވެ. ދަބަހުން ރަތް ފިނިފެން މަލެން ހިފައިގެން ގޮސް ހުންޓުނި މޭޒުކައިރި ހުރި މާއިޝް ކުރިމަތީގައެވެ. އޭނާ އިސް އުފުލާލާ ބަލައިލީ މާއިޝްގެ މޫނަށެވެ.

“އައި ހޭވް އަ ކޮންފެޝަން ތު މޭކް..” ލަދުން ހުރެ އާލިޔާ ބުންޏެވެ. މާއިޝް ބޯޖަހާލުމުން އާލިޔާ ހުށައެޅީ އޭނާގެ ލޮތްބެވެ.

އާލިޔާ ދިން ފިނިފެން މަލުގައި މާއިޝް ހިފީ އޭނާގެ ހުށައެޅުމަން އެއްބަސް ވުމުގެ ގޮތުންނެވެ. އެ މާ މޭޒުމަތި ބޭއްވުމައަށް ފަހު ހިފީ އާއިޔާގެ އަތުގައެވެ. އަދި ގަޔާކައިރި ކޮއްލިއެވެ.

ފާރުގައި ލެގިލައިގެން ފޯނާ ކުޅެން ހުރި ނަވްޔާ އިސްއުފުލާލީ ކުލާސް ރޫމް ދޮރު ހުޅުވާފައި އާލިޔާ ނުކުތުމުންނެވެ. އޭނާގެ މޫނުމަތި ހުރި ނުތަނަވަސްކަން ފެނި ނަވްޔާގެ ހިތަށް ލިބުނު ހިތްހަމަޖެހުން ފޮރުވާލައިފައި އަހާލިއެވެ.

“ހައު ވޯޒ އިޓް؟”

“ހީއ ސެއިޑް ޔެސް..” އުފަލުން ނަށާލަމުން އާލިޔާ ބުންޏެވެ.

“ހީއ ވަޓް؟؟” ވީ ހައިރާނެއްގެ ބޮޑުކަމުން ނަވްޔާ އަހާލިއެވެ.

“ހަމައެކަނި ވާހަކައޯ ދައްކާނީ އަދި..” ނަވްޔާގެ މޫނަށް އަރާ ފައިބަމުން ދިޔަ ކުލަވަރުތައް ނުފެނުނު އާލިޔާ ތަފްސީލު ކޮއްދިނެވެ.

ދެން އައީ އާލިޔާގެ ދިރިއުޅުމުގެ ބަހާރު މޫސުމެވެ. ފޮނި ހުވެފެން ތަކާއި ދެކެވުނު ވާހަކަތަކެވެ. ކުރި ހުވާތަކާއި ފޮޅުވުނު މާތަކެވެ. އުޑުން ބާލަން ހުވާކުރި ތަރިއާއި ހަދެވެ. ގުޅައިގެންނާއި މެސެޖުން ދެކެވުނު ވާހަކައެވެ. މާއިޝް އޭނާއައް ދެއްކި ކޮންމެ ވާހަކައެން އޭނާ ގަބޫލު ކުރިއެވެ.

“ދިސް އިޒިންޓް ވޯކިނގް އައުޓް.. އައި ކާންޓް ޑޫ ދިސް އެނީމޯ..”

އާ ދައިގެ ދުވަހެއްގެ މެންދުރު މާއިޝް މެސެޖްކުރީ އާލިޔާއަށެވެ. އެމެސެޖު ފެނުމާއި އެކު ހުއްޓުމެން ނެތި އާލިޔާގެ ލޮލުން ކަރުނަ ފައިބަން ފެށިއެވެ. ސިކުންތެއްގެ ތެރޭގައި އޭނާގެ ސިކުނޑި އެތަން މޭލަކަށް ދަތުރު ކޮއްގެން ވެސް މާއިޝް ކުއްލިރަކަށް މިހެން ބުނަންވީ ސަބަބެން އޭނާއަކަން ނުވިސްނުނެވެ.

“ވަޓް؟؟” “އައި އައް ކަމެން ކުރެވުނީތަ؟؟” އާލިޔާ އަހާލީ ބޭއިޙްތިޔާރުގައެވެ.

“އާލިޔާ ނުކުރެ އެއްވެސް ކަމެން.. އިޓްސް ޖަސްޓް.. އާލިޔާ ޔޫ ޑިޒާވް ބެޓާ..” މިހެން ބުނެފައި އޭނާ އާލިޔާ ބްލޮކް ކޮއްލިއެވެ.

އާލިޔާ އެތަކެއް މެސެޖެއް ކޮއްފައި ގުޅާވެސް ހެދިއެވެ. ނަމަވެސް އޭގެ އެއްވެސް ފައިދާއެއް ނުކުރިއެވެ.

ޖެގިން އައިހަފުތާ އާލިޔާ ކޮލެޖް އައް ގޮސްފައި އިންނަނީ ވަރަށް މަޑުންނެވެ. ކުދިންނާ ގުޅޭ، ސަކަމިޒާޖުގެ އާލިޔާ ވަނީ މުޅިން ބަދަލުވެފައެވެ. އޭނާއަށް ބަދަލުގެ ފަހަތުގައިވީ ސަބަބު އެގޭ ހަމަ އެކަނި މީހަކީ ނަވްޔާއެވެ.

މާއިޝްގެ އުޅުމަންވެސް ބަދަލުތަކެއް އައްނަން ފަށައިފިއެވެ. އަލަށް އައިސްގެން އުޅޭ ޕްރޯފެސަރ ޒާރާ، އާއި އެކު މާއިޝް އިނުންވީ އާމު ކަމަކަށެވެ. ނަވްޔާގެ ނަފުރަތުން ފުރިގެންވީ ނަޒަރު އަމާޒުވެފައި ހުނަނަނީ ޒާރާއަށެވެ. އާލިޔާއައް ހީވަނީ އޭނާގެ މެއަން ފިނިފެން އެއްޗެއް އޮންސާލާހެންނެވެ.

ފަސްއަހަރު ފަހެވެ. ނަވްޔާ އެކޭ އެފަދައިން އާލިޔާވެސް ދިރިއުޅުމެއް ބިނާކުރުމުގެ މަސެއްކަތް ކުރަމު ދިޔައެވެ. ދެމީހުން މަސެއްކަތް ކުރަނީ މާލޭ އައިޖީއެމްއެޗް ހޮސްޕިޓަލުގައެވެ. ނަވްޔާ މީހަކާ އިންނައް އުޅޭކަން އާލިޔާ އައް އެގުމުން ވަރަން އުފާވިއެވެ. އަދި ހުރިހާ ތައްޔާރި އެއްގައިވެސް އޭނާ އެހީ ވިއެވެ.

ބޮޑު ހުދު ހެދުމެއްގައި، ފަހަތައް މިނިވަން ކަމާއެކު ދޫކޮއްފައިވީ ރާޅުބާނީ އިސްތަށިގަޑުގައި ކުދިކުދި ނޫކުލައިގެ މާތެކެން ހަރު ކޮއްފައި ހުރިއިރު ނަވްޔާ ފެންނަލެއް ފުރިހަމައެވެ.

“އަދިވެސް ނުނިމޭތަ؟” ދޮރު ހުޅުވާލައިފައި ނަވްޔާގެ މަންމަ އަހާލި ކެއްމަދުވެފައެވެ. “ޤާޒި އެބަހުރި ދުރުވެ..”

ނޫކުލައާއި ހުދު ކުލައިގެ އޯޯކިޑް މަލުން ޒީނަތްތެރި ކޮށްފައިވާ ހޯލުގެ މެދުގައި ހުރި މޭޒު ދޮށުގައި ދެއާއިލާގެ މެންބަރުން ތިބީ ނަވްޔާގެ އިންތިޒާރުގައެވެ.

ނަވްޔާ ގޮވައިގެނަ މޭޒު ކައިރިއަށް ދިޔައީ އާލިޔާއެވެ. ނަވްޔައައް ހާއްސަ ކޮށްފައި ހުރި ގޮޑީގައި އޭނާ ބައިންދައިފައި އާލިޔާ ބަލާލީ ނަވްޔާގެ ވާން އުޅޭ ފިރިމީހާއަށެވެ. އާލިޔާއައް ހީވީ އޭނާގެ ފައި ދަށުން ބިންގަޑު ދަމައިގަންހެއްނެވެ. ދުނިޔެ ހުއްތުނު ހެންނެވެ. ފެނުނު މަންޒަރު ސިކުޑި ގަބޫލުކުރައް ބޭނުމެން ނުވިއެވެ. ބޭއިހުތިޔާރުގައި އާލިޔާއަށް އޭނާގެ ތުންފަތުގައި ދައިން އަޅާ ލެވުނެވެ. ހުދުކުލައިގެ ގަމީހަކާއި ކަޅުކުލައިގެ ސޫޓް އެއްގައި އެހުރީ ދެވަނަ ފަރާތެއް ނޫނެވެ. ހަމަ އެ މާއިޝްއެވެ. ނަވްޔާ ފޫހިވާކަމައް ބުނެ އާލިޔާ ކައިރި ވާހަކަ ދެއްކި މާއިޝް އެވެ. އާލިޔާގެ ހިތް ހަލާކު ކުރި އެމީހުންގެ ޕްރޯފެސާ މާއިޝްއެވެ.

އާލިޔާގެ ހިތުގައި ރުޅިވެރިކަމުގެ ހުޅުކޮޅެއް ރޮއިވިއެވެ. ނަމަވެސް އެ އުފާވެރި މާހައުލު ފެނި އެވެސް ކަމެން ކުރާކަށް އޭނާގެ ޒަމީރު އެބަހެއް ނުވިއެވެ. އޭނާގެ އެންމެ ގާތް އެކުވެރިޔާ ނަވްޔާ އޭނާއަން ދިން ކެހީގެ ބަދަލު ހިފާކަށްވެސް އޭނާގެ ހިތެއް އެއްބަހެއް ނުވިއެވެ.

ކައިވެނި ހަފުލާ ކުރިއަން ދިޔައިރު އާލިޔާ އެތަނުން ދިޔައީ އަލަތު ކައިވެނި ކުރި ނަވްޔާ އަށާއި މާއިޝްއަށް އުފާވެރި ދިރިއުޅުމަކަށް އެދެމުންނެވެ. އަދި އޭނާގެ ހިތުގައި މާއިޝްއައް އޮތް ލޯބި އެވަގުތު ކަފުން ކުރިއެވެ. އަދި ދުވަހަކުވެސް ނަވްޔާއައް އިތުބާރު ނުކުރާނެ ކަމަން އަޒުމު ކަޑައެޅިއެވެ. ފަސްއެބުރި ބަލައިލާނެ ހިތްވަރު ނެތިގެން އޭނާ ދިޔައީ މާއިޝްއާއި ނަވްޔާގެ ދިރިއުޅުމުން އުމުރަން ބޭރަށެވެ.

Comments (3)

  1. Zozo!

    Wow mi part ves v reethi!
    Keep up your good work! 💪
    Hope I see your stories!

  2. Ellie

    Reethi vaahaka eh!
    Keep it up!

  3. Kiki!

    Hi _devil_09! I love your story! Keep it up!

Comments are closed.