Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ
ހިތާމަލޯބި

ފޭދޭ ކުލަތައް-3

Shaba
Shaba Level 110 Stories
July 19, 2026 3 Mins Read
13 Comments

އެރޭ ކޮފީ ނިންމާލާފައި ގެއަށް ދިޔަ މަގުމަތީގައި، ޒައިދާން އީލާއާ މާ ގިނަ ވާހަކައެއް ނުދައްކައެވެ. އީލާ ދައްކަމުން ދިޔަ ކައިވެނީގެ ވާހަކަތަކަށް އޭނާއަށް ދެވުނީ ފަރުވާކުޑަ ޖަވާބުތަކެކެވެ. ޒައިދާންގެ މުޅި ސިކުނޑީގައި އެނބުރެމުންދިޔައީ ރެސްޓޯރެންޓް ތެރޭގައި ޝައުރާއާއި ދާއިން އެކަކު އަނެކަކަށް ބަލާލި ލޯބިވެތި ނަޒަރެވެ. އަމިއްލައަށް އެހެން ކުއްޖަކާ އިންނަން ތައްޔާރުވަމުންދާއިރުވެސް، ޝައުރާ އެހެން ފިރިހެނެއްގެ ހައްގަކަށް ވާން އުޅޭކަމުގެ ޚިޔާލުން ޒައިދާންގެ ހިތް މިހާ ބޮޑަށް ނުތަނަވަސްވަނީ ކީއްވެ ހެއްޔެވެ؟ އެއީ ހަމައެކަނި އެކުވެރިކަމުގެ ހަސަދައެއް ހެއްޔެވެ؟ ނުވަތަ އޭނާއަށްވެސް ނޭނގި ޝައުރާދެކެ ލޯބިވެވިފައި އޮތީ ހެއްޔެވެ؟

3 ވަނަ ބައި…

ޖެހިގެން އައި ދުވަހުގެ ހެނދުނެވެ. ޝައުރާ އޮފީހަށް އައިސް އޭނާގެ މޭޒުކައިރީގައި އިށީނދެ ހަމަޖެހިލިތަނާހެން، އޭނާގެ ފޯނު ވައިބްރޭޓްވާން ފެށިއެވެ. ސްކްރީނަށް އަރާފައި އިން ނަން ފެނުމުން ޝައުރާގެ ހިތް މޭތެރޭގައި ތެޅެލިއެވެ. އެއީ ޒައިދާންއެވެ. އާދައިގެ މަތިން ހެނދުނު ގުޅާ ގަޑިއަށްވުރެ މާ އަވަހަށް އޭނާ އެ ގުޅީ ކީއްވެގެންކަން ޝައުރާއަށް ވަގުތުން ވިސްނުނެވެ. އިއްޔެގެ ކޮފީއަށްފަހު ޒައިދާން ހުރީ ހަމަޖެހިގެން ނޫންކަން ޝައުރާއަށް އޮތީ އިހުސާސް ކުރެވިފައެވެ.

“ހެލޯ، ޒައި…” ޝައުރާ ފޯނު ނަގަމުން މަޑުމަޑުން ބުންޏެވެ.

“ޝައު، ކޮންތާކު؟ އޮފީހުގަތަ؟” ޒައިދާންގެ އަޑުގައި ހުރީ އާދަޔާ ޚިލާފު އަވަސްކަމާއި ހާސްކަމެކެވެ. “އަހަރެން މިހުރީ ޝައުމެން އޮފީސް އިމާރާތުގެ ތިރީގައި ހުރި ކެފޭގަ. ވަރަށް މުހިންމު ވާހަކައެއް އެބައޮތް ދައްކަންވެފަ. ކުޑަ އިރުކޮޅަކަށް ތިރިއަށް ފައިބާލަދީފާނަންތަ؟”

ޝައުރާ އިރުކޮޅަކު ލަސްކޮށްލިއެވެ. އޭނާގެ ހިތް ބުނަމުންދިޔައީ އެތަނަށް ގޮސްފިނަމަ ކުރިމަތިލާންޖެހޭނީ އުނދަގޫ ސުވާލުތަކަކާ ކަމަށެވެ. ނަމަވެސް އިންކާރު ކުރާނެ ބަހަނާއެއް ނެތުމުން އެއްބަސްވިއެވެ. “އެންމެ ރަނގަޅު، މިދަނީ،” ޝައުރާ ފޯނު ބޭއްވުމަށްފަހު، ތިރިއަށް ދިއުމަށް ހިނގައިގަތެވެ.

ކެފޭގެ އެންމެ އެތެރޭގައި، މީހުންނަށް ނުފެންނާނެހެން ހުރި މޭޒެއްގެ ދޮށުގައި ޒައިދާން އިނީ މޫނުމަތިން ނުތަނަވަސްކަން ފާޅުވާ ހާލުގައެވެ. ކުރިމަތީގައި ހުރި ކޮފީތަށީގައި އޭނާ އަތްވެސް ނުލައެވެ. ޝައުރާ ގޮސް ކުރިމަތީގައި އިން ގޮނޑީގައި އިށީނުމާއެކު، ޒައިދާން ސީދާ ޝައުރާގެ ދެލޮލަށް ބަލާލިއެވެ. އޭނާގެ ލޮލުން ފެންނަމުންދިޔައީ ނުރުހުމާއި ހައިރާންކަމެވެ.

ޒައި… ކިހިނެއްވީ؟ ޝައުރާ އާދައިގެ ގޮތަކަށް އަހާލަން މަސައްކަތް ކުރިއެވެ.

“ޝައު! އަހަރެން ބޭނުމީ ތެދަށް ބުނަން. ދާއިންއާއި ޝައުރާއާ ދެމެދު ތިއޮތީ ކޮން ކަހަލަ ގުޅުމެއް؟” ޒައިދާންގެ އަޑުން ފާޅުކަން ބޮޑު ގޮތެއްގައި ރުޅިވެރިކަމާއި ހަސަދަވެރިކަން ފާޅުވިއެވެ. “އަހަރެންނަށް އެނގޭ ދާއިންއަކީ ޝައުމެންގެ ސީނިއަރ މެނޭޖަރުކަން. އެކަމަކު އިއްޔެ އޭނާ ޝައުރާއާ އެހާ ގާތްކޮށް އުޅޭތަން ފެނުމުން އަހަރެންނަށް ކެތެއް ނުވޭ. ޝައުރާ އޭނާދެކެ ހަމަ އަސްލަށްވެސް ލޯބިވޭތަ؟ ނޫނީ އެއީ ކުއްލިއަކަށް ދެއްކުންތެރިކަމެއްތަ؟”

“ޒައިދާން!” ޝައުރާގެ އަޑަށް ހަރުކަން އައެވެ. އޭނާގެ ހިތުގައި ރިއްސަމުންދިޔަ ނަމަވެސް، އޭނާގެ ދިފާއުގައި ތެދުވިއެވެ. “މިއީ އަހަރެންގެ އަމިއްލަ ދިރިއުޅުން. އަހަރެން ކާކާކަން ޑޭޓްކުރާނީ، ކާކުދެކެކަން ލޯބިވާނީ އެއީ އަހަރެން ނިންމާނެ ކަމެއް. ޒައިދާން އަމިއްލައަށް އީލާއާ އިނދެގެން އާ ދިރިއުޅުމެއް ފަށަން އުޅޭއިރު، އަހަރެންގެ ހަޔާތަށް މީހަކު އައުމުން ތިވަރަށް ރުޅިއަންނަންވީ ކީއްވެ؟ އަހަރެން ޒައިދާންއަށް ހުރިހާ ކަމެއް ކިޔައިދޭންޖެހޭތަ؟”

“އެއީ… އެއީ…” ޒައިދާންއަށް ބުނާނެ އެއްޗެއް ނޭނގުނެވެ. އޭނާގެ ހިތް ތެޅެމުންދިޔައީ ބާރަށެވެ. “އެއީ ޝައުރާއަކީ އަހަރެންގެ އެންމެ ގާތް އެކުވެރިޔާވީމާ. އަހަރެން ބޭނުމެއް ނޫން ޝައުރާއަށް ދެރައެއް ލިބޭކަށް. ދާއިންއަކީ ޝައުރާއަށް އެންމެ އެކަށީގެންވާ މީހާހެން އަހަރެންނަކަށް ހިއެއް ނުވޭ! އޭނާ އުޅޭ ގޮތް މަށަކަށް ކަމަކުނުދޭ.”

“އެއީ ޒައިދާން ނިންމަންޖެހޭ ކަމެއް ނޫން،” ޝައުރާ ކުއްލިއަކަށް ތެދުވިއެވެ. އޭނާގެ ހިތަށް ވަމުންދިޔަ ތަދާއެކުވެސް، އޭނާގެ ސިއްރު ފަޅާއަރައިފާނެތީ އެތަނުން ދާން ބޭނުންވިއެވެ. “އަހަރެންގެ މަސައްކަތް ފަށާ ގަޑި ޖެހެނީ. އަހަރެން ދަނީ.”

ޝައުރާ ހަލުވި ފިޔަވަޅުތަކެއްގައި ކެފޭއިން ނިކުމެގެން އޮފީހަށް ވަނެވެ. އޮފީހުގެ ލިފްޓަށް އެރި ތަނާހެން އޭނާގެ ލޮލުން ކަރުނަ ފާއްދާލިއެވެ. އޮފީހުގެ ކޮރިޑޯއިން ދަނިކޮށް، ކުރިމަތިން އައި ދާއިންއާ ދިމާވިއެވެ. ޝައުރާގެ ރަތްވެފައިވާ ދެލޮލާއި، މޫނުމަތިން ފެނުނު އަސަރުތަކުން ދާއިންއަށް ހުރިހާ ކަމެއް ވިސްނުނެވެ.

“ޝައުރާ… އަހަރެންގެ ކެބިންއަށް އާދެބަލަ،” ދާއިން މަޑުމައިތިރިކަމާއެކު ބުންޏެވެ.

ކެބިންއަށް ވަދެ ދޮރު ލެއްޕުމާއެކު، ޝައުރާއަށް ރޮއެގަނެވުނެވެ. އޭނާ މޫނުގައި ދެއަތް އަޅައިގެން އިނދެ ގިސްލަމުން ދިޔައެވެ. ދާއިން ވަގުތުން ޝައުރާގެ ގާތަށް އައިސް، އޭނާގެ ކޮނޑުގައި ހިފާލަމުން ގޮނޑީގައި އިށީންނަން އެހީވިއެވެ. އަދި މޭޒުމަތީގައި ހުރި ފެންތަށި ދިއްކޮށްލިއެވެ.

“ޒައިދާން ދިމާކުރީތަ؟” ދާއިން ހާސްވެފައި އަހާލިއެވެ.

“އާނ… އޭނާ އައިސް އަހަރެމެންގެ ގުޅުމާ ބެހޭގޮތުން ސުވާލުކުރީ. އޭނާ ހުރީ ވަރަށް ރުޅިއައިސްފަ،” ޝައުރާ ފެންފޮދެއް ބޯލަމުން ބުންޏެވެ. “އަހަރެންނަށް ނޭނގެ ދެން ހަދާނެ ގޮތެއް. އޭނާގެ ކުރިމަތީގައި އިތުރަށް އެކްޓް ކުރާނެ ހިތްވަރެއް ދެން އަހަރެންގެ ނެތް. އަހަރެންގެ ހިތް ކުދިކުދިވަނީ.”

ދާއިން ޝައުރާގެ މޫނަށް ބަލަހައްޓައިގެން އިނެވެ. އޭނާގެ ހިތުގައި ޝައުރާއަށްޓަކައި އޮތް ކެތްތެރިކަން ކޮޅުންލަމުން ދިޔައެވެ. ޝައުރާ އެހެން ފިރިހެނަކަށްޓަކައި މިހާ ދެރަވާތަން ބަލަން ހުރުން ދާއިންއަށްވީ ބޮޑު އިމްތިހާނަކަށެވެ.

“ޝައުރާ… ޒައިދާން އެހާ ބޮޑަށް ހާސްވެ، ރުޅިއަންނަނީ ކީއްވެގެންކަން އެނގޭތަ؟ އޭނާއަށް ޝައުރާ ގެއްލެން އުޅޭކަމުގެ އިހުސާސްވީމާ. އެކަމަކު…” ދާއިން ކުޑަކޮށް މަޑުކޮށްލުމަށްފަހު، ޝައުރާގެ ދެއަތުގައި ވަރަށް ބާރަށް ހިފާލިއެވެ. “އެކަމަކު ޝައުރާގެ ކަރުނަތައް ފޮހެދީ، ޝައުރާ އުފަލުގައި ބަހައްޓަން ބޭނުންވެފައި ހުރި އެހެން މީހަކު މިތާ، ޝައުރާގެ ހަމަ ކުރިމަތީގައި އެބަހުރިކަން ޝައުރާއަށް އިހުސާސް ނުވަނީ ކީއްވެ؟”

ޝައުރާ ގިސްލުން ހުއްޓާލަމުން، ސިހިފައި ދާއިންގެ މޫނަށް ބަލާލިއެވެ. ދާއިންގެ ދެލޮލުން ފެންނަމުންދިޔައީ ހަމައެކަނި އެހީތެރިކަމެއް ނޫނެވެ. އެއީ ފުން، ތެދުވެރި އަދި ސާފު ލޯތްބެކެވެ.

“ދާއިން… ތިއީ… ތިއީ ކޮން ވާހަކައެއް؟” ޝައުރާގެ އަޑު ބެދުނެވެ.

“އަހަރެން ޝައުރާދެކެ ލޯބިވޭ. މި ފޭކް ރިލޭޝަންޝިޕް ފެށުމުގެ މާ ކުރިންވެސް އަހަރެން ޝައުރާދެކެ ލޯބިވޭ. އޮފީހަށް ޝައުރާ އަންނަ ފުރަތަމަ ދުވަހުން ފެށިގެން އަހަރެންގެ ހިތް ވަނީ ޝައުރާއަށް ދެވިފައި. އަހަރެން ބޭނުމީ ޝައުރާގެ ހަގީގީ ބައިވެރިޔާއަށް ވާން. ޝައުރާގެ ހިތް ހަލާކުވިޔަނުދީ ހިމާޔަތްކުރަން،” ދާއިން އޭނާގެ ހިތުގެ ސިއްރު އެންމެ ފަހުން ހާމަކުރިއެވެ.

ޝައުރާގެ މުޅި ދުނިޔެ އެ ފިނި ކެބިން ތެރޭގައި އެނބުރިގަތް ކަހަލައެވެ. އެއްފަރާތުން އޭނާގ ފަސް އަހަރުވީ ލޯބި ޒައިދާން، ޝައުރާގެ އާ ގުޅުމުގެ ސަބަބުން ހަސަދަވެރިވެ، ދެރަވަމުން ދަނީއެވެ. އަނެއްފަރާތުން، އޭނާގެ ހިތްހަލާކުވެފައިވާ ވަގުތު، އޭނާއަށް ހިމާޔަތްދީ ހިތްވަރުދިން ދާއިން، އޭނާދެކެ ހަގީގީ ލޯބިވާކަން މި ހާމަކުރީއެވެ. ޝައުރާ އިނީ ދެކަފި މަގެއްގެ މެދުގައި ބާކީވެފައެވެ.

ނުނިމޭ!

މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.

Share Article

Shaba
Follow Me Written By

Shaba

Level 110 Stories

Just a girl who loves to write, read, and get lost in the world of stories. Writing has always been more than a hobby for me—it's a place where my imagination comes alive and my thoughts find a voice. Every story I create is written with passion, emotion, and the hope that it will inspire, comfort, or entertain someone. I'm still growing as an author, and every story I write is part of my journey. I truly appreciate every reader who takes the time to support my work. I welcome both positive and negative feedback because every comment helps me learn, improve, and become a better writer. Thank you for being part of this journey with me. I hope my stories leave a little piece of themselves in your heart. — Author Shaba ✍️📚

Other Articles

Previous

ބީވި ލޯބި

Next

އިންތިހާ ލޯބި ވެވޭތީ – ތިންވަނަ ބައި (3)

Next
July 19, 2026

އިންތިހާ ލޯބި ވެވޭތީ – ތިންވަނަ ބައި (3)

Previews
July 18, 2026

ބީވި ލޯބި

13 Comments!

  1. Black says:
    July 19, 2026 at 5:16 am

    Mi part vx Vrh Reethi..MA ✨🫶🏻
    You’re talented!!! Make it up to you!!
    We’ll always stand beside you to Support.💯 My support will be the legend for you…💗💗
    🖤🖤🖤
    When’s next?
    Lysm ❤️ Tc

    1. Shaba Shaba says:
      July 19, 2026 at 4:01 pm

      Happy to know that you enjoyed this part aswell 🥰
      Awwn thank youuuuu so muchhh dear 💖
      I really appreciate Your support 🤌
      Next part tomorrow stay tuned
      Lym u also tc 🫀💌

  2. Gurll_17 says:
    July 19, 2026 at 9:24 am

    Hurihaa parts eh ves kiyaalin vrh Reethi MA 😍
    Kihineh baa shaura dhen hadhaany um so curious 🤔
    Curiously waiting for the next part When’s next?
    Lysm and Tgc 💓

    1. Shaba Shaba says:
      July 19, 2026 at 3:59 pm

      Happy to know that you enjoyed 🥰
      Let’s see dhw kihineh thw shaura hadhaany 🤔
      Next part tomorrow stay tuned!
      Lym u also tgc 🫀💌

  3. Mysha says:
    July 19, 2026 at 9:54 am

    Shabaaa Mi part ves vrh Reethi MA 💗💯
    Keep it up darling you can do it
    Vrh ufaavey Knme dhuhu vx Shaba ge stry eh kiyaalan libeythy I’m waiting for a long story whens next?
    Lysm and Tc darling 😘

    1. Shaba Shaba says:
      July 19, 2026 at 3:58 pm

      Happy to know that 🥰
      Awwn thank you so much
      Next part tomorrow stay tuned!
      Long story eh liye nimunuhaa avahakah up kuran fashaanan IA vrh buxy koh miulheny vx 🥺
      Lym u also tc darll 💌🫀

  4. Aisherr says:
    July 19, 2026 at 10:55 am

    Awesome girl 👧 hama vrh beautiful
    Hurihaa vhk akah cmnt nukurevunas kiyan ingey 😁
    Shaura mulhin bikavi dhw dhekafi magehga Bruh 😂
    Waiting for the next part When’s next?
    Ly and Tc 🤞🏻💗

  5. Aisherr says:
    July 19, 2026 at 10:55 am

    Awesome girl 👧 hama vrh beautiful
    Hurihaa vhk akah cmnt nukurevunas kiyan ingey 😁
    Shaura mulhin bikavi dhw dhekafi magehga Bruh 😂
    Waiting for the next part When’s next?
    Ly and Tc 🤞🏻💗

    1. Shaba Shaba says:
      July 19, 2026 at 3:55 pm

      Happy to know that you enjoyed 🥰
      Yeah shaura mulhin bikavefa eyndhee hehehe 🤣
      Next part tomorrow stay tuned
      Lym u also Tc 🫀💌

  6. Aisherr says:
    July 19, 2026 at 10:56 am

    Srry dhefaharu post v e

    1. Shaba Shaba says:
      July 19, 2026 at 3:56 pm

      It’s okey dear 🥰

  7. Anonymous says:
    July 19, 2026 at 7:49 pm

    Slay girl what a great story love it <3 ❤️❤️❤️
    I literally can't wait to read another story when next?
    Vrah avahah upload kohlaba Shaba! 😊
    Lysm ❤️

    1. Shaba Shaba says:
      July 19, 2026 at 8:28 pm

      Happy to know that you enjoyed 🥰
      New story eh kiyaalan libene mi story nimunyma
      Next part tomorrow stay tuned!
      Submit kohfa vaany tmr kiyaalan libeyene IA
      Lym 🫀💌

Comments are closed.

Next Episodeފޭދޭ ކުލަތައް-4←


All Right Reserved!