ޝައުރާގެ މުޅި ދުނިޔެ އެ ފިނި ކެބިން ތެރޭގައި އެނބުރިގަތް ކަހަލައެވެ. އެއްފަރާތުން އޭނާގެ ފަސް އަހަރުވީ ލޯބި ޒައިދާން، ޝައުރާގެ އާ ގުޅުމުގެ ސަބަބުން ހަސަދަވެރިވެ، ދެރަވަމުން ދަނީއެވެ. އަނެއްފަރާތުން، އޭނާގެ ހިތްހަލާކުވެފައިވާ ވަގުތު، އޭނާއަށް ހިމާޔަތްދީ ހިތްވަރުދިން ދާއިން، އޭނާދެކެ ހަގީގީ ލޯބިވާކަން މި ހާމަކުރީއެވެ. ޝައުރާ އިނީ ދެކަފި މަގެއްގެ މެދުގައި ބާކީވެފައެވެ.
4 ވަނަ ބައި…
ދާއިންގެ ކެބިން ތެރެއަށް ވެރިވެފައި އޮތީ ބަރު ހިމޭންކަމެކެވެ. ޝައުރާ އިނީ އޭނާގެ ދެއަތުގައި ހިފަހައްޓައިގެން ހުރި ދާއިންގެ މޫނަށް ބަލަހައްޓައިގެން ކުޑަ ސިހުމެއްގެ ތެރޭގައެވެ. ދާއިންގެ ދެލޮލުން ފެންނަމުންދިޔަ ސާފު، ތެދުވެރި ކުލަވަރުން އޭނާ އެ ދެއްކީ މަޖާ ވާހަކައެއް ނޫންކަން ޝައުރާގެ ހިތް ސާބިތުކޮށްދިނެވެ.
“ދާއިން… އަހަރެން…” ޝައުރާއަށް ވާހަކަ ދައްކަން އުނދަގޫވިއެވެ. “އަހަރެންގެ ހިތް މިވަގުތު އޮތް ހާލަތު ދާއިންއަށް އެނގޭނެ. އަހަރެން ބޭނުމެއް ނޫން ދާއިންގެ ތިއޮތް ސާފު ލޯބީގައި ކުލަކަނޑާލާކަށް. އަހަރެންގެ ހިތުން ޒައިދާންގެ ނަން ފޮހެލުމަކީ އެއްދުވަހުން ވާނެ ކަމެއް ނޫން.”
ދާއިން މަޑުމަޑުން ޝައުރާގެ އަތުން ދޫކޮށްލަމުން ފަހަތަށް ޖެހިލިއެވެ. “އަހަރެން ޝައުރާގެ ކިބައިން ކުއްލި ނިންމުމަކަށް ނޭދެން. އަހަރެން ބޭނުންވީ ހަމައެކަނި އަހަރެންގެ ހިތުގެ ހަގީގަތް ޝައުރާއަށް އެނގުން. ޝައުރާގެ ހިތް ޒައިދާންގެ ހަނދާންތަކުން ސާފުވެ، އާ ފެށުމަކަށް ތައްޔާރުވަންދެން އަހަރެން އިންތިޒާރު ކުރާނަން. އޭގެ ކުރިން، މި ފޭކް ރިލޭޝަންޝިޕް އަހަރެމެން ކުރިއަށް ގެންދާނީ ހަމަ ކުރިންވެސް ނިންމި ގޮތަށް.”
ދާއިންގެ އެ ކެތްތެރިކަމާއި އޯގާތެރިކަމުގެ ސަބަބުން ޝައުރާގެ ހިތުގައި ދާއިންއަށްޓަކައި އާ ގަދަރަކާއި އިހުސާސެއް އުފެދެން ފެށިއެވެ.
ދުވަސްތައް ފާއިތުވަމުން ދިޔައެވެ. ޒައިދާންއާއި އީލާގެ ކައިވެންޏަށް ބާކީ އޮތީ އެންމެ ދެ ހަފްތާއެވެ. އޮފީސް ތެރޭގައި އީލާ އުޅެނީ ކައިވެނީގެ އެކި ތައްޔާރީތަކުގައެވެ. ނަމަވެސް، ޒައިދާންގެ އުޅުމަށް އަންނަމުންދިޔަ ބަދަލުތައް އީލާއަށް ފާހަގަކުރެވުނެވެ. ޒައިދާން ފޯނުން ވާހަކަދައްކާއިރު ކުރިން ހުންނަ ފޯރިއެއް މިހާރަކު ނުހުރެއެވެ. އަދި ގިނަ ވަގުތު އިންނަނީ ކޮންމެވެސް ފުން ޚިޔާލަކަށް ގެއްލިފައެވެ.
އެއްދުވަހެއްގެ ހަވީރު، އީލާ އޮފީސް ނިންމާފައި ނިކުތް ވަގުތު އޭނާއަށް ފެނުނީ އޮފީސް ދޮރުމަތީގައި ޝައުރާ ބަލާ ދާއިން ސައިކަލުގައި އައިސް މަޑުކޮށްލި މަންޒަރެވެ. ދާއިން ޝައުރާއަށް ހެލްމެޓް ދިއްކޮށްލަމުން ހީލި ގޮތާއި، ޝައުރާ ލަދުރަކި ހިނިތުންވުމަކާއެކު ސައިކަލަށް އެރި މަންޒަރު ފެނިފައި އީލާގެ ހިތަށް ދިލަ އަސަރެއް ކުރިއެވެ. އީލާއަށް ދާއިން ކަމުދާތާ ކިތަންމެ ދުވަހެކެވެ. ނަމަވެސް ދާއިންގެ ފަރާތުން އެއްވެސް އިޝާރާތެއް ނުލިބުމުން، އޭނާ ޒައިދާންއާ ގުޅުނީއެވެ. މިއަދު އޭނާގެ ކުރިމަތީގައި ދާއިންއާއި ޝައުރާ އެހާ އުފާވެފައި ތިއްބާ ފެނުމުން އީލާގެ ހިތުގައި ނޭނގޭ ހަސަދަވެރިކަމެއް އުފެދުނެވެ.
އެރޭ ޒައިދާންއާއި އީލާ ބައްދަލުކުރީ ކައިވެނީގެ ރެސްޓޯރެންޓް ބުކް ކުރުމުގެ ވާހަކަ ދައްކާށެވެ.
“ޒައި… މިއަދު އަހަރެން ދުށިން ދާއިންއާއި ޝައުރާ. އެ ދެމީހުން ހާދަ ގުޅެޔޭ ދޯ؟ ދާއިން ޝައުރާދެކެ ވަރަށް ލޯބިވާހެން ހީވޭ،” އީލާ ޒައިދާންގެ މޫނަށް ބަލަހައްޓައިގެން އިނދެ ގަސްތުގައި ބުންޏެވެ.
“ދާއިން” އެ ނަން އިވުމާއެކު ޒައިދާންގެ އަތުގައި އޮތް ފެންތަށި މޭޒުމަތީގައި ބޭއްވުނީ މާ ބާރަށެވެ. އޭނާގެ ކޮލުގެ މަސްތަކަށް ވާންވެގެން ދިޔައެވެ. “އީލާ! އަހަރެމެން މިތަނަށް މިއައީ އަހަރެމެންގެ ކަންތައްތަކާ ވާހަކަދައްކަން. އެހެން މީހުންގެ ވާހަކަ ދައްކާނެ ކަމެއް ނެތް!” ޒައިދާން ރުޅިވެރިކަމާއެކު ބުންޏެވެ.
އީލާ ސިހުނެވެ. ޒައިދާން ޝައުރާގެ ވާހަކަ ދެއްކުމުން އެވަރަށް ރުޅިއައީ ކީއްވެގެންކަން އީލާއަށް ވިސްނޭކަށް މާގިނަ އިރެއް ނުނެގިއެވެ. ޒައިދާންގެ ދެލޮލުންނާއި އުޅުމުން ފެންނަމުންދިޔައީ ހަމައެކަނި އެކުވެރިއަކު ގެއްލިގެން އުޅޭ ކުލަވަރެއް ނޫނެވެ. އެއީ ލޯބިވެރިޔަކު ގެއްލުމުން ވާނެ ފަދަ ހާސްކަމެކެވެ.
“ޒައިދާން ޝައުރާދެކެ ލޯބިވަނީތަ؟” އީލާ ސީދާ ސުވާލުކުރިއެވެ.
ޒައިދާން މޫނު އަނބުރާލިއެވެ. އޭނާއަށް ޖަވާބެއް ނުދެވުނެވެ. އޭނާގެ ހިތް ބުނަމުންދިޔައީ އީލާ އެ ދެއްކީ ހަމަހަގީގަތް ކަމަށެވެ. ޝައުރާ އެހެން މީހެއްގެ ހައްގަކަށް ވާން އުޅޭކަން އެނގުނު ދުވަހުން ފެށިގެން، ޒައިދާންގެ ނިދި ވަނީ ގެއްލިފައެވެ. އޭނާއަށް ޝައުރާދެކެ ލޯބިވެވިއްޖެއެވެ. އެކަމަކު ވަގުތު ފާއިތުވެއްޖެއެވެ.
ޖެހިގެން އައި ދުވަހު، ޒައިދާން އޮފީހަށް ނުގޮސް ދިޔައީ ސީދާ ޝައުރާގެ ގެއަށެވެ. އެވަގުތަކީ ޝައުރާ އޮފީހަށް ދާން ތައްޔާރުވެގެން ގޭގެ ދޮރު ހުޅުވާލި ވަގުތެވެ. ކުރިމަތީގައި ހުރި ޒައިދާން ފެނިފައި ޝައުރާ ސިހުނެވެ. ޒައިދާންގެ ދެލޯ ވަނީ ރަތްވެފައެވެ. ހީވަނީ މުޅި ރޭ ނުނިދާ ހުރިހެންނެވެ.
“ޒައި؟ ކިހިނެއްވީ؟ މިގަޑީގަ؟” ޝައުރާ އަހާލިއެވެ.
ޒައިދާން ކުރިއަށް ފިޔަވަޅެއް އަޅަމުން، ޝައުރާގެ ދެކޮނޑުގައި ހިފާލިއެވެ. “ޝައު… އަހަރެންނަށް މިއަދު އެނގިއްޖެ އަހަރެންގެ ހިތުގެ ހާލަތު. އަހަރެންނަށް ކެތެއް ނުކުރެވޭނެ ޝައުރާ އެހެން މީހެއްގެ ބައިވެރިޔަކަށް ވާތަން ބަލާކަށް. އަހަރެން… އަހަރެން އީލާއާ ކުރަން އުޅޭ ކައިވެނި ހުއްޓާލާނަން. ޝައު، އަހަރެން ލޯބިވަނީ ޝައުރާދެކެ!”
ޝައުރާގެ ފިޔަވަޅުތަކުން ބާރު ދޫވި ފަދައެވެ. މިއީ އޭނާ ފަސް އަހަރު ވަންދެން އަޑުއަހަން ބޭނުންވި ބަސްތަކެވެ. އެކަމަކު މިއަދު އެ ބަސްތައް އިވުމުން އޭނާގެ ހިތަށް އުފާވެރިކަމެއް ނުލިބުނެވެ. އޭނާގެ ސިކުނޑިއަށް ސިފަވެގެން ދިޔައީ އޭނާގެ ކަރުނަތައް ފޮހެދިން ދާއިންގެ މޫނެވެ.
ނުނިމޭ!
8 Comments!
Comments are closed.


Hooray me first ya ya ya 🤓
Laai dhn shaura kihineh baa hadhaany mhr hadhaane goiy vx husvefa yageenun vehjehya hunaany so curious ma gola fakeerah mihen hadhan heyo vx nuvaane ehnu 😭🤔
Next part When? maabodah curious vefa mihury
Lysmmm <3 💗✌🏻🙌🏻
OMG…So So Thrilled & Vvv Reethi MA ✨
Shaba Keep going dear ❤️!!
IA You can do it!! FyAmanillah💗 Shau ah Ragalhu gotheh Vaane.. Alheyy,Xaidhern Haadha kadha eyy!✨❤️ lil I gonna chill up you!!
When’s next??
Lysm…✨💗
Tc 💗💕
OMG 😮 Wow Wow Wow…✨💗
Keep it up! 💯💪🏻
You can do it💗MA.. I bet Xaidhan Amihlla ah life ruin kohllanee Thi Dhn Rym aaih wed kuranvveenuu..Shau vx He forgot vaairah pis pis mi meehunge vhk dhakn my heart spread’s.
When’s next?💕✨
Ly 💗💪🏻
Tc My Fav Author;Sha’ba ✨💗
Ooooh salhi Shaba 😍
Alhe shau kihineh baa dhn hadhaany?
MY curiosity level left the earth 🌍
When’s next dear Shaba?
Lysm ❤️
Mi part ves vrh Reethi 😄😍
Shau dhen nudhaathi xai kairiah dhaain maa rangalhu
Curiously waiting for the next part When’s next?
Lysm and Tc 💙
Great progress!
When’s next? Black what the he’ll you?
Ly.. Tc
Huh You slay
vrh Reethi