Skip to content
އެސްފިޔަ

ބީވި ލޯބި

Listen to this story Audio · 9:05 Powered by Esfiya Voice
0:00 9:05

ދުވަސްވަރަކީ ހުޅަނގު މޫސުމުގެ ފަހުކޮޅެވެ. އާދައިގެ މަތިން މާލޭގެ މަގުތައް މަތި ވަނީ ހަލަބޮލިވެފަ އެވެ. ނަމަވެސް، ޖަނާ އިނީ އާދައިގެ މަތިން ކެފޭއެއްގެ ކަނެއްގައި ހުރި މޭޒެއްގެ ދޮށުގައި، ހޫނު ކޮފީ ތަށްޓެއް ހިފަހައްޓައިގެން ބޭރު ބަލާށެވެ. ބޭރުން ފެންނަނީ ފުލުފުލުން ދުއްވާ ސައިކަލުތަކާއި، ކުޑަނަގައިގެން ހިނގާ މީހުންނެވެ. އޭނާގެ ހިތް ވަނީ ފޫހިކަމާއި އެކަނިވެރިކަމުން ފުރިފައެވެ.

އެވަގުތު ކެފޭގެ ދޮރު ހުޅުވައިލާފައި އެތެރެއަށް ވަނީ ޒުވާނެކެވެ. އޭނާގެ އިސްތަށިގަނޑުން ފެންތިކިތައް ފައިބަމުންދިޔައެވެ. އެއީ މިރާހް އެވެ. މިރާހް ކެފޭގެ އެކި ދިމަދިމާއަށް ބަލައިލުމަށްފަހު، ހުސްކޮށް ހުރި ހަމައެކަނި މޭޒާ ދިމާއަށް ހިނގައިގަތެވެ. އެއީ ޖަނާ އިށީނދެގެން އިން މޭޒުގެ ކުރިމަތީގައި ހުރި ގޮނޑި އެވެ.

“މިތާ އިށީނަސް އެންމެ ރަނގަޅުތަ؟” މިރާހް ހިނިތުންވުމަކާއެކު އަހައިލިއެވެ.

ޖަނާ ސިހިފައި ބަލައިލިއެވެ. އަދި މަޑުމަޑުން ބޯޖަހައިލިއެވެ.

އެއީ އެ ދެމީހުންގެ ބައްދަލުވުމުގެ ފެށުމެވެ.އެ ދުވަހަށްފަހު، ކޮންމެ ވިއްސާރަ ދުވަހަކު އެ ކެފޭއިން އެ ދެމީހުން ބައްދަލުވާން ފެށިއެވެ. ފުރަތަމަ ދެކެވުނީ އާދައިގެ ވާހަކަތަކެވެ. މޫސުމުގެ ވާހަކައާއި، ވަޒީފާގެ ވާހަކައެވެ. ނަމަވެސް، މަޑުމަޑުން އެ ވާހަކަތައް ފުންވެ، ދިރިއުޅުމުގެ އުންމީދުތަކާއި ހުވަފެންތަކަށް ބަދަލުވިއެވެ. ޖަނާއަށް މިރާހްގެ ހިތްހެޔޮކަމާއި މަޖާ މިޒާޖު ކަމުދިޔައެވެ. މިރާހްއަށް ޖަނާގެ ހިތްތިރިކަމާއި ވިސްނުންތޫނުކަން ކަމުދިޔައެވެ.

އެއްދުވަހަކު، ރޭގަނޑު ދެމީހުން އެކީގައި އާޓިފިޝަލް ބީޗް ސަރަހައްދުގައި ހިނގާލަން ދިޔައެވެ. ބާނިތައް ބިންދަމުންދިޔަ އަޑާއި، ފިނި ރޯޅިތަކުން ހިތަށް އުފާވެރިކަން ގެނެސްދެއެވެ.

ޖަނާ،” މިރާހް ހުއްޓިލަމުން ޖަނާގެ އަތުގައި ހިފާލިއެވެ. “މިހާރަކަށް އައިސް އަހަރެންގެ ހުރިހާ ހުވަފެނެއްގައި ވަނީ ޖަނާ. އަހަރެންގެ ދިރިއުޅުން ޖަނާއާ ނުލައި ފުރިހަމައެއް ނުވާނެ. އަހަރެން ދެކެ ލޯބިވޭތަ؟”

ޖަނާގެ ލޮލުން އުފާވެރިކަމުގެ ކަރުނަ ހިލުނެވެ. އޭނާގެ ހިތް ބާރަށް ތަޅެން ފެށިއެވެ. އޭނާވެސް މިރާހްދެކެ އިންތިހާއަށް ލޯބިވެއެވެ. ނަމަވެސް އެ ބަސްތައް ދުލުން ބޭރުކުރަން ނުކެރިފައި ހުރީއެވެ.

“އާނ، މިރާހް. އަހަރެންވެސް މިރާހްދެކެ ވަރަށް ލޯބިވޭ،” ޖަނާ އިސްދަށަށް ޖަހާލަމުން ބުންޏެވެ.
މިރާހް ޖަނާގެ އަތަށް ބާރުކޮށްލިއެވެ. އެ ދެމީހުންގެ ހިތްވަނީ އެކަކު އަނެކަކާ ގުޅިފައެވެ.

ނަމަވެސް، މި އުފާވެރިކަމުގެ ތެރެއަށް ކުއްލިއަކަށް ހިޔަނި އެޅުނީ ދެން ތިބި މީހުންގެ ސަބަބުންނެވެ. ޖަނާގެ އެންމެ ގާތް އެކުވެރިޔާ ނީޝާ އާއި، މިރާހްގެ ކޮއްކޯ ޝާއީ އަކީ މި ގުޅުމަށް ވަރަށް ބޮޑަށް ހުރަސްއަޅާ ދެމީހުންނެވެ. އެމީހުން ދެކޭގޮތުގައި މިރާހްއަށް އެންމެ އެކަށީގެންވަނީ ޖަނާގެ ބަދަލުގައި އިފާ އެވެ. އަދި ޖަނާގެ އާއިލާއިން ބޭނުންވަނީ މުއްސަނދި ވިޔަފާރިވެރިއެއް ކަމަށްވާ އަލޫފް އާ ޖަނާ ދެވުމަށެވެ.

އާޓިފިޝަލް ބީޗުގެ ފިނި ރޯޅިތަކާއި އުފާވެރި މާހައުލަކީ ކޮޅުންނެތް ހިތާމަތަކެއްގެ ފެށުން ކަމެއް އޭރަކު ޖަނާއަކަށް ވެސް އަދި މިރާހްއަކަށް ވެސް ނޭނގެއެވެ. ދެމީހުންގެ ހިތް އެކަކު އަނެކަކަށް ހަދިޔާކޮށް، ދިރިއުޅުމުގެ ފޮނި ހުވަފެންތައް ދެކެމުން ދަނިކޮށް، ދިރިއުޅުމުގެ ހަގީގަތް އެމީހުންގެ ކުރިމައްޗަށް ހުރަސްވިއެވެ.

ޖަނާ ގެއަށް ދިޔަ ރެއަކީ އޭނާގެ ހަޔާތަށް ބޮޑު ތޫފާނެއް އައި ރެއެކެވެ. ސިޓިންގްރޫމަށް ވަދެވުނުއިރު، އޭނާގެ މައިންބަފައިން ތިބީ ސީރިއަސް ވެފައެވެ. ސޯފާގައި އިނީ މާލޭގެ ނޫސްތަކުގެ ފަލަ ސުރުޚީތަކުން ފެންނަ، މަޝްހޫރު މުއްސަނދި ވިޔަފާރިވެރިޔާ އަލޫފް އެވެ.

“ޖަނާ، މިއީ އަލޫފް،” ޖަނާގެ ބައްޕަ ކަރުކެހިލަމުން ބުންޏެވެ. “އަލޫފް ބޭނުންވަނީ ޖަނާއާ ކައިވެނިކުރަން. އަހަރެމެން މިހާރު މިތިބީ މި ކައިވެންޏަށް އެއްބަސްވެ، ހުރިހާ ކަމެއް ނިންމައިގެން.”

ޖަނާގެ ފައިދަށުން ބިންގަނޑު ކަނޑައިގެން ދިޔަ ކަހަލަ އިހުސާސެއް ކުރެވުނެވެ. އޭނާގެ ދުލުން ބަހެއް ބޭރެއް ނުވިއެވެ. ހިތަށް ސިފަވަމުންދިޔައީ ކެފޭގެ ތެރެއިންނާއި އަތިރިމަތިން ބައްދަލުވި މިރާހްގެ ހިނިތުންވުމެވެ. ނަމަވެސް، ބައްޕަގެ ހަރުކަށި ބަލައިލުމުން، އެއްޗެކޭ ބުނާނެ ހިތްވަރެއް ޖަނާއަކަށް ނުލިބުނެވެ. އޭނާ ރޮމުން ކޮޓަރިއަށް ވަދެ ދޮރު ލެއްޕިއެވެ.

އަނެއްކޮޅުން، މިރާހްގެ ދިރިއުޅުމަށް ނުފޫޒު ފޯރުވަމުންދިޔައީ އޭނާގެ ކޮއްކޮ ޝާއީ އެވެ. ޝާއީއަކީ ޖަނާގެ އެންމެ ގާތް އެކުވެރިޔާ ނީޝާގެ ވެސް ގާތް ރަހުމަތްތެރިއެކެވެ. ނީޝާ ބޭނުންވަނީ އޭނާގެ ތިމާގެ ކުއްޖެއް ކަމަށްވާ އިފާއާ މިރާހް ގުޅުވުމަށެވެ. އެހެންކަމުން، ނީޝާ އާއި ޝާއީ ރޭވުމެއް ރާވައިލިއެވެ.

ޖެހިގެން އައި ދުވަހު، ނީޝާ ގަސްތުގައި މިރާހްއާ ބައްދަލުކުރިއެވެ. އަދި ވަރަށް ދެރަވެފައި ހުރިކަމަށް ހަދާފައި ބުންޏެވެ. “މިރާހް، އަހަރެން މިއައީ ވަރަށް ދެރަވެގެން. ޖަނާ އަލޫފް އާ ކައިވެނިކުރަން އެއްބަސްވެއްޖެ. އޭނާ ބުނީ މިރާހްއާއެކު އުޅުނީ ހަމައެކަނި ފޫހިފިލުވަންށޭ. އަލޫފް ކަހަލަ މުއްސަންޖަކު ލިބުނީމާ ޖަނާ ހުރީ ވަރަށް އުފަލުން.”

މިރާހްގެ ހިތް ކުދިކުދިވިއެވެ. އޭނާ ޖަނާއަށް ކުރި އިތުބާރު ލޮޅުން އަރައިގެން ދިޔައެވެ. އެވަގުތު އޭނާގެ ފޯނަށް މެސެޖެއް އައެވެ. އެއީ ޖަނާގެ ނަންބަރުން އައި މެސެޖެކެވެ. އޭގައި އޮތީ: “މިރާހް، ދެން އަހަންނަށް ނުގުޅާތި. އަހަރެން މިއުޅެނީ އަލޫފްއާ ކައިވެނިކުރަން.”ނަމަވެސް މިރާހްއަށް ނޭނގުނު ކަމަކީ، އެއީ ޖަނާ ފާޚާނާއަށް ވަން ވަގުތު ބަލާފައި، ނީޝާ ސިއްރުން ފޮނުވި މެސެޖެއް ކަމެވެ.

މިރާހް ރުޅިއާއި ދެރަވުމުން ފުރިގެންވީ ހާލެއްގައި ޖަނާގެ ނަންބަރު ބްލޮކްކޮށްލިއެވެ. އަދި އޭނާގެ ކޮއްކޮ ޝާއީގެ ބަހަށް ހެއްލި، އިފާއާ ވާހަކަދައްކަން ފެށިއެވެ. ޖަނާ އެތައް ފަހަރަކު މިރާހްއަށް ގުޅަން މަސައްކަތްކުރިއެވެ. އާއިލާގެ މަޖުބޫރުކަމުގެ ވާހަކަ ބުނަން ބޭނުންވިއެވެ. ނަމަވެސް މިރާހްގެ ފޯނު އޮތީ ނިވާލާފައެވެ.

ދުވަސްތައް ފާއިތުވަމުންދިޔައެވެ. ޖަނާ އާއި އަލޫފްގެ ކައިވެނީގެ ތާރީޚު ކައިރިވަމުންދިޔައެވެ. ޖަނާ އިނީ ރޮއިރޮއި ދެލޯ ދުޅަވެފައެވެ. އޭނާގެ އެންމެ ގާތް އެކުވެރިޔާ ނީޝާ ބޭވަފާތެރިވީއިރުވެސް އޭނާއަކަށް ނޭނގެއެވެ.

ކައިވެނި ކުރަން ދެދުވަހަށް ވެފައި ވަނިކޮށް، މިރާހްއަށް ކެފޭއަކުން އަލޫފް އާއި ނީޝާ ބައްދަލުކޮށްގެން ތިއްބާ ފެނުނެވެ. އެމީހުން ދެއްކި ވާހަކަ އަޑުއަހަން މިރާހް ކައިރިވެލިއެވެ.

ނީޝާ، ތިކުރި މަސައްކަތަށް ވަރަށް ބޮޑަށް ޝުކުރިއްޔާ،” އަލޫފް ހީލަމުން ބުންޏެވެ. “ޖަނާގެ ފޯނުން މިރާހްއަށް އެ މެސެޖު ނުފޮނުވިނަމަ، އަދި މިރާހްގެ ހިތް ޖަނާއަށް ނުބައި ނުކުރިނަމަ، ޖަނާ ދުވަހަކުވެސް މަގޭ ކައިވެންޏަކަށް އެއްބަހެއް ނުވީސް. މިހާރު އެހެރީ މަގްސަދު ހާސިލްވެފައި.”

މިރާހްގެ މުޅި ހަށިގަނޑު ރޫޅިގެންދިޔަ ކަހަލައެވެ. އޭނާއަށް ކުރެވުނު ކުށް ވިސްނުނެވެ. ޖަނާ އޭނާދެކެ އެވީ ތެދުވެރި ލޯތްބެވެ. ބޭވަފާތެރިވީ ޖަނާއެއް ނޫނެވެ. އޭނާގެ އަމިއްލަ އެކުވެރިންނެވެ.

އަލޫފް އާއި ނީޝާގެ ރޭވުން އެނގުމާއެކު، މިރާހްގެ ސިކުނޑި ސުންނާފަތިވިއެވެ. ހިތަށް ވެރިވި ކުށްވެރިކަމުގެ އިހުސާސާއެކު އޭނާ ކެފޭއިން ނިކުމެ ދުއްވައިގަތީ ޖަނާގެ ގެއާ ދިމާއަށެވެ. މާލޭގެ ހަލަބޮލި މަގުތަކުން ސައިކަލު ދުއްވަމުންދިޔައިރު، އޭނާގެ ދެލޮލުން ހިފެހެއްޓުމެއްނެތް ކަރުނަ ފައިބަމުންދިޔައެވެ. “ޖަނާ! އަހަންނަށް މާފުކުރޭ… އަހަރެންނަށް އިތުބާރު ނުކުރެވުނީ،” މިރާހްގެ ހިތް ހަޅޭއްލަވަމުންދިޔައެވެ.

ނަމަވެސް، ވަގުތަކީ އެއްވެސް މީހަކަށްޓަކައި މަޑުކުރާ އެއްޗެއް ނޫނެވެ. މިރާހްއަށް ޖަނާގެ ގޭގެ ދޮރުމައްޗަށް ދެވުނުއިރު، ގޭގެ ކުރިމަތި ވަނީ ކައިވެނީގެ ކުލަބޮކިތަކުން ދިއްލާލާފައެވެ. އެތެރެއިން އިވެމުންދިޔައީ މީހުންގެ ހިނިތުންވުމާއި އުފާވެރި ވާހަކަތަކުގެ އަޑެވެ.

މިރާހް ދޮރުން އެތެރެއަށް ވަދެ، ސިޓިންގްރޫމާ ދިމާއަށް ބަލައިލިއެވެ. އެވަގުތު އޭނާގެ ފައި ބިމާ ތަތްވި ކަހަލައެވެ. މުޅި ދުނިޔެ އެނބުރިގަތް ކަހަލަ އިހުސާސެއް ކުރެވުނެވެ. ގާޒީ އިނީ ކައިވެނީގެ ފޮތް ލައްޕާލާށެވެ. އަލޫފް އިނީ ކައިވެނީގެ ސޮއިކޮށް ނިމި، މޫނުމަތިން ފަޚުރުވެރި ހިނިތުންވުމަކާއެކުގައެވެ.

އޭގެ ކައިރީގައި، ރަތްކުލައިގެ ފޭރާމެއްގައި އިން ޖަނާގެ މޫނުމަތިން އެއްވެސް ދިރުމެއް ނެތެވެ. އޭނާގެ ދެލޯ ވަނީ ރޮއިރޮއި ދުޅަވެފައެވެ. އެއީ މަޖުބޫރުކަމާއި ހިތާމައިގެ ސާފު ސޫރައެކެވެ. ކައިވެނި އެވަނީ ކުރެވިފައެވެ. ޖަނާއަކީ މިހާރު އަލޫފްގެ އަނބިމީހާއެވެ.

މިރާހް އެތަނުގައި ހުއްޓިގެން ހުއްޓާ، ޖަނާ އިސްއުފުލާ ބަލައިލިއެވެ. ދެމީހުންގެ ހަތަރުކަޅި ބައްދަލުވިއެވެ. ޖަނާގެ ލޮލުން ކަރުނައިގެ އައު ކަނޑެއް ބަންޑުންވިއެވެ. އެ ލޮލުން ފެންނަމުންދިޔައީ “ކީއްވެ؟” އެއްސެވި ފަދަ ސުވާލެކެވެ. “އަހަރެން އެހާވަރަށް ގުޅިއިރުވެސް ކީއްވެ ފޯނު ނުނެގީ؟ ކީއްވެ އަހަރެން އެކަނިކޮށްލީ؟” އެއީ އެ މާހައުލުގައި ދެކެވުނު އެންމެ އަސަރުގަދަ، ހިމޭން ވާހަކައެވެ.

މިރާހްއަށް އެތަނުގައި ހުންނާނެ ހިތްވަރެއް ނުލިބުނެވެ. އޭނާއަށް ހަގީގަތް އެނގުނުއިރު މާ ލަސްވެއްޖެއެވެ. އަމިއްލަ ނަފްސަށް ކުރެވުނު ނުބައި އިތުބާރެއްގެ ސަބަބުން، ހަގީގީ ލޯބި އެވަނީ އޭނާގެ އަތުން ބީވެގެން ގޮސްފައެވެ.

އޭނާ އެގެއިން ނިކުމެގެން ދުވެފައި ދިޔައީ އެ ދެމީހުން ފުރަތަމަ ބައްދަލުވި ކެފޭއަށެވެ. އޭރުވެސް ބޭރުން ބޯކޮށް ވާރޭ އޮހެމުންދިޔައެވެ. ކެފޭގެ ކަނެއްގައި ހުރި އެ މޭޒުދޮށުގައި އިށީނދެ، މިރާހް ދެއަތުން މޫނު ނިވާކޮށް ރޮމުންދިޔައެވެ. ޖަނާގެ ހޫނު ކޮފީ ތަށްޓާއި، އެ ފޮނި ހިނިތުންވުން ދެން ދުވަހަކުވެސް އެ މޭޒުމަތިންނެއް ނުފެންނާނެއެވެ. ހުޅަނގު މޫސުމުގެ ވިއްސާރަ ކެނޑިގެން ހިނގައިދާނެއެވެ. ނަމަވެސް މިރާހްގެ ހިތަށް ވެރިވި ހިތާމައިގެ ތޫފާނަކަށް ދުވަހަކުވެސް ނިމުމެއް ނެތެވެ.

ނިމުނީ….
މިވާހަކަ ވެސް ކިޔުންތެރިންނަށް ކަމުދާނެ ކަމަށް އުންމީދުކުރަން 😀 💗

Comments (14)

  1. Shifaann_22

    Wow wow wow so good MA 🤩
    Keep shining darling 💓
    u are so talented my dear 💗
    By the way mee first dhwww 💞🤭
    Lysm and Tc my lwbi Author 💕🤭

    1. Raya.aaaaa
      Shifaann_22

      Awwn thank youuuuuuu sooo much shifaan 🥹🫶🏻
      Yeaa darling u first… Congrats ✨🥰
      Lym and u also tc my lwbi reader 🫶🏻🫀

  2. Ikaan_22

    Ooh hoo MA vrh rythi hama perfect 💯😍
    U GE long story eh GE inthizaaru GA kithah dhuhu madu kohlan v ?
    Lysm my young author 💛💚🖤

    1. Raya.aaaaa
      Ikaan_22

      Thank youuuuuuu sooo much ikaan 🫶🏻☺️….
      I ge long story vrh avahah kiyaalan libeyne IA ☺️…
      Inthizaaru kohla!
      Lym 🫶🏻🫀

  3. Nuha.aaaaa

    Mi story vess vrh rythi MA 💕✨
    Bbg keep it up…. U can do it IA 👆🏻🖤
    U ARE SO TALENTED MA 💖
    WHN EHN STORY EH????????
    LYSM AND TGC 💗🤗

    1. Raya.aaaaa
      Nuha.aaaaa

      Alhey thank youuuuuuu sooo much nuha ☺️🫶🏻….
      I really appreciate your support 🥹….
      IA i ge ehn story eh vess vrh avahah kiyaalan libeyne 😀…
      Lym and u also tgc 🫶🏻🫀

  4. Black

    This Story is optimistic ☺️🥀
    Keep up the hardwork shinning day- by day..
    I bet , You can do it!!!
    Don’t stop until you’re proud 🦚🥲
    When’s other tales?
    Lysm ❤️ & TC 💖😊

    1. Raya.aaaaa
      Black

      Awwn Thank youuuuuuu black…🫶🏻☺️….
      I really appreciate your support darling 🥹…
      IA vrh avahah kiyaalan libeyne 😀…
      Lym and u also tc darll 🫶🏻🫀

  5. Shaba_17

    Mi story vx vrh Reethi MA 💗
    Curiously waiting for the story When’s next?
    Lysm and Tc 🖤🥀

    1. Raya.aaaaa
      Shaba_17

      Thank youuuuuuu sooo much shaba ☺️🫶🏻….
      IA vrh avahah kiyaalan libeyne ehn story eh vess…. inthizaaru kohla!
      Lym and u also tc 🫀🫶🏻

  6. Anonymous

    Vv nice 👍🙂

    1. Raya.aaaaa
      Anonymous

      Thank youuuuuuu 🥹🫶🏻

  7. Anonymous

    I love us stories gurrrl

    1. Raya.aaaaa
      Anonymous

      Awwn Thank youuuuuuu sooo much 🫶🏻☺️

Comments are closed.