މީހުން އަހަރެންނާ އި މުޚާތަބު ކުރަމުން ދިޔައީ ‘ރާނީ’ ގެ ނަމުންނެވެ. “އެއީ ކީއްވެބާ.” އަހަރެންގެ ނިކަމެތި ހިތާ ސުވާލު ކުރެވެމުން ދިޔައެވެ.

******

އަހަރެން ހުރީ މަގު މެދުގައި ތަން ތަން ދެކިލުމަށް ލޯ ދީގެންނެވެ. ހުއްޓާ އަހަރެން ގެ ކުރިމަތިން ސަވާރީއެއް އައިސް އެރުމަށް އިޝާރާތް ކުރިއެވެ. ‘ ރުވަޑުނގަ ތްހިވާޖަ’. އެ ސަވާރީގެ ނަމަކަށް އިނީ އެހެންނެވެ. ފުރަތަމަ އެއީ ކޮން ނަމެއް ކަމެއް ނޭންގުނެވެ. ދެވަނަ ފަހަރަށް އެރުމަށް އިޝާރާތް ކުރުމުން އަހަރެން އެރީމެވެ. ޖަހާފައިން އެތި އިދިކޮޅަށް ކީއިރު ކިޔުނީ ‘ ޖަވާހިތް ގަނޑުވަރު’ އެވެ. އިރުކޮޅެއްނުވެ،ގަނޑުވަރުގެ ދޮރުމައްޗަށް ސަވާރީހުއްޓުނެވެ. ލަސްތަކެއް ނުވެ ގަނޑުވަރަށް ވެއްދުނެވެ. އެ ގަނޑުވަރުގައި އުޅުނީ ހަމައެކަނި އެހީތެރިންނެވެ. އަހަރެންނަށް އެނގެން އޮތީ އެގަނޑުވަރުގެ ރަސްކަމެއް ނެތް ކަމެވެ.

ހަވީރުގެ ފިނިކަމާއެކު އަހަރެން ހިތް ހަމަޖައްސާލަން ގަނޑުވަރުގެތެރެ ބަލައިލަން ދިޔައީމެވެ. ގަނޑުވަރު ވަނީ ވަށް ބުރެއް ވަށައިގެން ކަހަލަ ގޮތަކަށް ހަ އިމާރާތް ނެގިފައެވެ. ރަންކުލައިގެ ހަތަރު އިމާރާތާއި، ރިހިކުލައިގެ ދެ އިމާރާތެވެ. ރިހީގެ ދެ އިމާރާތް ހުރީ ގަނޑުވަރަށް ވަދެވޭތާގައެވެ. ރަން އިމާރާތައް ހުރީ ރިހި އިމާރާތް ތަކާއި ގުޅުވާލާފައެވެ. ހުރިހާ ފުރާޅެއް ވަނީ ފަނޑު ރަންކުލައިގައެވެ. ހީވަނީ ގަނޑުވަރުގެ ރަން ކުލަ ދަނީ ފޭދެމުންހެނެވެ. ރިހި އިމާރާތުގައި ދިރިއުޅެނީ އެހީތެހެރިންނެވެ. ރަން އިމާރާތް ތަކުގެ ބޭރުފަރާތަށް އިން ދެ ރަން އިމާރާތަކީ ކޮޓަރި ތަށް ހުރި ތަނެވެ. މެދަށް ހުރި ދެއިމާރާތުގެ ތެރެއިން ފުރަތަމައަކީ ތަޚުތު ހުރި ކޮޓަރިއެވެ. ތަޚުތު ހުރި އިމާރާތް ހުރީ ކަނާތް ފަރާތުގައެވެ. ދެވަނަ އަކީ ބަދިގެއެވެ. މި ދެއިމާރާތް ވަނީ ވީރާނާވެފައެވެ. މުޅި ގަނޑުވަރު ތެރެ ވެސް ވަނީ ގަސްތަކާއި، ފާޑުފާޑުގެ މާތަކާއި، ވިނަތަކުން ޖަރީވެފައެވެ. ހިނގާ މަގު ތަކުގައި ހުރީ ސަންގު މަރު މަރު ހިލައިން ފަވާލެވިފައިއެވެ. މަގުތަކުގެ އަރި ތަކުގައި އަލި ތަކެއް ދުވެ ދުވެ އުޅެވެ. ހީވަނީ މުޅި އެތާގައި ކުނަމެހި ބުރާހެންނެވެ. ރަށަށް އެރި އިރު ދުވި ފިނިފެން މަލުގެ ވަސް އައީ އިމާރާތްތަކުގެ ވަށްބުރުގެ މެދު ގައިވާ ބޮޑު އެކި ކުލައިގެ ފިޔަތަކެއް ހުންނަ ފިނިފެން މަލަކުންނެވެ.

ގަނޑުވަރުގެ ކައިރީގައިވާ މި ހިތްހަމަޖެހޭ މާހައުލުތައް ބަލާލުމައްފަހު އަހަރެންނަށް ހަމަޖެހިފައިވާ ކޮޓަރިއަށް ދާންވެގެން ގަނޑުވަރަށް ވަނީމެވެ. ގަޑިއަށް ބަލާލި އިރު ހަވީރު ތިން ގަޑި ބައި ވަނީ އެވެ. ނަމަވެސް ތަފާތު ވައްތަރުގެ ޑިޒައިންތައް ފެންނަމުން ދިޔައިރު، އެހާރީތި ފާރުތަކަކާއި ދޮރުތައް ހުރުމުން އަންތަރީސްވެ ދާހެން ހީވެއެވެ.  ދުވަހުގެ ވަރުބަލި ކަމާއެކު އަހަރެން ދިޔައީ ކޮޓަރިއަށެވެ. ފެންވަރާލައިގެން އެނދުގައި އޮއްތާލުމަށްފަހު ފަސް މިނެޓު ނުވަނީސް އަހަރެންނަށް ނިދިއްޖެއެވެ.

“މިނާލް، މިނާލް.” އަންހެން މީހަކު ގޮވާލި އަޑަށް އަހަރެން އެދިމާބަލާލީމެވެ. އަހަރެން ގެ ކުރިމަތީ ހުރީ ފަން އިސްތަށި ގަނޑަކާއި،ހިކި ހަށިގަނޑެއް ލިބިފައިވާ މީހެކެވެ. އެ މީހާގެ މޫނު ހުރީ ކަޅުކުލައިގައެވެ. “ތީ ކާކު”. އަހަރެން ސުވާލު ކުރީމެވެ. އެހެން ބުނުމާއިއެކު އެ މީހާ ހަޅޭއް ލަވައިގަތެވެ. އިސާހިތަކު އެމީހާ ގެއްލުނެވެ. އަހަންނަށް ހޭލެވުނީ މީހަކު ދޮރުގައި ޓަކި ޖަހާ އަޑަށެވެ. މުޅިގައިން ދާހިއްލާފައި ވުމުން ތުވާލިން މޫނު ފޮހެލުމަށް ފަހު ދޮރު ހުޅުވާލީމެވެ. ދޮރު ކުރިމަތީ ހުރީއެހީތެރިއެކެވެ. އެހީތެރިޔާ ބުންޏެވެ.”ންކާ ދޭއާ”. އެހެން ބުނުމުން އަހަންނަށް އިނގުނީ އެއައީ ކާން ބަލައިކަމެވެ. އަހަރެން ފެން ވަރާލައިގެން ދިޔައީ ކާށެވެ. އޭރު ގަޑިން ހަތަރު ގަޑި ފަންސާސް ދެޔެކެވެ.

ކާން ދިޔައިރު ކާން ހަދާފައި ހުރީއާދައިގެ ގޮތަކަށް ނޫނެވެ. ތަރުކާރީ ތެލުލައިފައި، ކައްކާފައި، ހަނާކޮއްފާ ހުއްޓެވެ. އަހަރެން ކައި ނިމިގެން ގަނޑުވަރު ތެރެ އަދިވެސް ބަލައިލަން ދިޔައީމެވެ. ގަނޑުވަރުގެ ހަލާކު ވެފައިވާ ފަރާތަށެވެ. ތަޚުތު ހުރި އިމާރާތުގެ ތެރެއަށް ވަނީމެވެ. އެތަން ވަނީ ކިލައިގެ ސާލެއް ދަމާލެވިފައެވެ. އެތާއިން ފިހިގަނޑު ނެގި ބޮނޑީގައި ފިހިގަނޑުގެ ދަނޑި ބިންދައިގެން ދިޔައެވެ. އަހަންނަށް ޖެހުނީ ބުރިނުވާ ހިސާބުން އެތަން ފޮޅާށެވެ. ފޮޅަމުން ފޮޅަމުން ދަނިކޮށް ފޮޓޯ ފުރޭމެއްގައި ފިހިގަނޑު ޖެހުނެވެ. ފޮޓޯ ސާފު ކޮށްލީމެވެ. ފޮޓޯގައި އިނީ އަހަރެންގެ ބައްޕަ ގެ ފޮޓޯއެވެ. އަހަރެން ދިޔައީ ސިއްސައިގެންނެވެ. އެވަގުތު ހުރެވުނު ތަނެއް ނޭނގުނެވެ.

އޭރު އަހަރެންގެ ޖީބު ތެރެއިން ކުއްލިއަކަށް އެއްޗެއް ނުކުމެ ގޮސް ފުރޭމުގައި ތަތްލިއެވެ. އެއީ އަހަރެންގެ އަތުގައި އޮތް ބައްޕަގެ ފޮޓޮއެވެ. އިރުކޮޅެއްނުވެ އެ ފޮޓޯ ވެއްޓުނެވެ. ވެއްޓުނު ފޮޓޯ ގައި އިން ނިޝާނެއް ނެތެވެ. އެ ނިޝާން ވަނީ ފުރޭމުގައި ތަތް ލައިފައެވެ. އޭރު އެ ނިޝާން ވިދަން ފަށައިފިއެވެ. އެ ފުރޭމު ވާހަކަ ދެއްކިއެވެ. “މިނާލް، މިތާގެ އެތެރޭގައި ވާނެ ވަރަށް ބޮޑު ފޮތެއް. އެ ފޮތް ކިޔާލުމުން އެނގޭނެ މި ގަނޑުވަރުގެ ޙަޤީޤަތް.”އެ ފުރޭމު ބަރު އަޑަކުން ވާހަކަ ދެއްކިއެވެ. އެ ފޮތް ހޯދަން ތަން ތަން ފޮޅަމުން ގޮސް ވަރަށް ބޮޑު ލޯގަނޑެއް ދިމާވިއެވެ. ލޯގަނޑުން އަހަރެންގެ ސޫރަ ފެންނާކަށް ނެތެވެ. އެ ލޯގަނޑު ފޮޅަންވެގެން ފިހިގަނޑު ކާއްތާލި ވަގުތު، ފިހިގަނޑާއި އެކީ އަހަރެން ވެސް ވަނީ އެ ލޯގަނޑުގެ ތެރެއަށެވެ.

އަހަންނަށް ލޯހުޅުވާލެވުނީ ލައިބުރަރީއެއް ކަހަލަ ތަނަކަށެވެ. އެ ލޯގަނޑު ތެރެ އެހާ ހަޑިއެއް ނޫނެވެ. އެ ވަގުތު ބިރުން ހުރެ އެތަނުން ނިކުތީއެވެ. ނިކުތް އިރު އިރު އޮއްސެނީއެވެ. އަވަހަށް އަހަރެން ދިޔައީ ކޮޓަރި އަށެވެ. ކޮޓަރިއަށް ވަދެ ފެންވަރާ އެނދުގައި އޮށޯތީމެވެ. އެހެން އޮއްވާ އަހަރެން ގާތަށް ނިދި އައެވެ. އަނެއްކާވެސް އެއްކަލަ ހުވަފެން ފެންނަން ފެށިއެވެ. ނަމަވެސް މިފަހަރު އެ ހުވަފެނުގައި އަހަރެންގެ ބައްޕަ އެ އަންހެން މީހާ ގާތުގައި ހުއްޓެވެ. އަދިވެސް އެމީހާގެ މޫނު ފެންނަ ގޮތެއްނުވިއެވެ. ފަހަތުން އައި މީހަކު އަހަރެން ގައިގައި ޖެހިތަނުން ކުއްލިއަކަށް ހޭލެވިއްޖެއެވެ.

ހޭލިއިރު ގަޑިން ދަންވަރު ބާރަ ޖަހަނީއެވެ. އަހަރެން ތެދުވެ ހިނގައިގަތީ ފެންވަރާށެވެ. ފެންވަރާ ނިމިގެން ދިޔައީ ބޭރުގައި މީހަކު ހުރިތޯ ބަލާލާށެވެ. ބޭރަކު އެއްވެސް މީހެއްގެ ހިލަމެއް  ނުވެއެވެ. ފެންނަން އޮތީ މުޅި ރަށެވެ. ހަމަހިމޭންކަމެވެ. އެނދުގައި އޮއްތާލާފައި ނިދޭތޯބެލީމެވެ. ނަމަވެސް ނުނިދުނެވެ. އެހެން އޮވެ، ފަރާތް ފަރާތަށް އެނބުރި އޮއްވާ ނިދުނެވެ. އެއްކަލަ ހުވަފެން ފެންނަންފަށަފިއެވެ. މިފަހަރު އެ އަންހެން މީހާ ބުންޏެވެ. ” ދަރިފުޅާ މިނާލް އާދެބަލަ”. އެ އަންހެން މީހާ މިފަހަރު އިންސާނެއްގެ އަޑުން ވާހަކަ ދެއްކިއެވެ. އަނެއްކާވެސް އެއްކަލަ މީހާ އައިސް އަހަރެންގެ ބޮލުގައި ޖެހިތަނާ ކުއްލި އަކަށް ފުންމައިގަތް ތެދުވެވުނެވެ. “ކާކުތަ ކޮންމެ ފަހަރަކު ފަހަތުން އައިސް ޖަހަނީ؟ ކާކުތަ އެއީ؟ ދެން އަހަރެންނާ ވާހަކަ ދައްކަނީ ކާކުތަ؟ އަހަންނަށް ވާވަރަށް ކެތް ކުރެވިއްޖޭ، ދެން ނިކަން ފާޅު ވެބަލަ؟ އަހަރެން ކައިރިއަށް ވަރަށް ރުޅިއައެވެ.

އޭރު އެނދު ކައިރީ ގޮވަންވެގެން އައިސް ހުރި އެހީތެރިޔާވެސް ބިރުން ދުވެފައި ގޮސް އަހަރެންގެ ކޮޓަރިން ނުކުތެވެ. އަހަރެން ތެދުވެ ފެންވަރާލައިގެން ދިޔައީ ކުރިން ދުވަހު ދިޔަ ތަނުގައި އިން ފުރޭމު ކައިރިއަށެވެ. އެފުރޭމު ބުނަނީ ހަމަ އެކައްޗެކެވެ. އެ ލޯގަނޑު ތެރެއަށް ވަނީމެވެ. އެ ތަނުގައި އޮތް އެންމެ ބޮޑު ފޮތް އޮތީ އެތަނުގެ އެންމެ ފަހު ހަރުގަނޑުގައިއެވެ. އެފޮތް އުފުއްލަން އުޅެ ނުވިއެވެ. އެއްވެސް ކަމެއް ނުވެގެން ފޮތް ދަމާފައި ހަރުގަނޑުން ނެރެ ވަރުބަލިވުމުން އެތަނުންފާރެއްގައި ލެނގިލައިގެން އިރުކޮޅެއް ވަންދެން ހުރީމެވެ. ދެން އެ ފޮތް ކޮއްޕަމުން ލޯގަނޑުން ބޭރުކޮއްލީމެވެ. ދަމަމުން ދަމަމުން އަހަރެންގެ ކޮޓަރިއަށް ވެއްދީމެވެ. ކިލާތައް ފޮޅާލާ ރަނގަޅަށް އެ ފޮތައް ބަލާލީމެވެ. އެ ފޮތް ހުޅުވަން އުޅުންގަޑީ ފެނުނީ ތަޅުދަނޑި ލޯވަޅެކެވެ. އަނެއްފަހަރު އަނބުރާފައި އެ ފުރޭމު ކައިރިއަށް ދިޔައެވެ.

ފުރޭމުގައި ވަނީ ވަކި އަޅާފައެވެ. މިނާލްގެ ބައްޕަގެ އެއް ލޯ ވަނީ ވަކިއަޅާ ނަގާފައެވެ. މޭގައި ވަކި އަޅާފަ ވާވަރުން ހުއްޓުމަކައި ނުލާ ލޭ އައިސް ހުއްޓެވެ. އަހަންނަށް ޖެހެވުނީ ފަހަތަށެވެ. ނަމަވެސް އެފުރޭމު ވަރަށް ބަލި ރާގެއްގައި ވާހަކަ ދެއްކިއެވެ. “މިނާލް މި ވަކިތައް އަޅާފައިވަނީ… މިނާލް ގެ ދައްތަ ރިޒުއާނާ. ބައްޕަމެންނަކަށް ސަލާމަތެއް ނުވެވޭނެ. މިތާ ފާރުގައި އިންނާނެ… ހިއްޕާފައި… ތަޅުދަނޑި ލިބޭނޭ ގޮތް”. ހިތަށް ކުރާ އަސަރުން ހޫނު ކަރުނަ ލޮލަށް ޖަމާވާން ފެށިއެވެ. އެހެން އިންދާ ބައްޕަގެ އެސްފިޔަ މަޑު މަޑުން ލެއްޕުނެވެ. ވީ ދެރައިން ރޯންފެށުނެވެ. އިރުކޮޅަކުން ވީގޮތެއް ނޭނގި ހޭނެތިގެން ވެއްޓުނެވެ.

ހޭލެވުނުއިރު އޮތީ އަހަރެން ގެ އެނދުގައެވެ. ކައިރީގައި ހުރީ އެހީތެރިއެކެވެ. އްނެހިކި ވީ؟ ސުވާލުވެރި މޫނަކާއި އެކު ބަލާލަމުން އެހީތެރިޔާ ބުނެލިއެވެ. ” ކަމެއް ނުވޭ.” އަހަރެން ބުނެލީމެވެ. ” ނީރާ ންނުބޭ އްމެކަ ވާއްލަނެބު )ރާނީ ބޭނުން ކަމެއް ބުނެލައްވާ)”. “އަހަރެން ބޭނުން ވަނީ މުޅި މި ގަނޑުވަރު ސާފުކޮށް ބާއްވަން! ހުރިހާ ތަނެއްވެސް.” ނީރާ ނިބުތި ންކަ ތޯވޭރެކު ންނަލާބަ .”(ރާނީ ތިބުނި ކަން ކުރެވޭތޯ ބަލާނަން) އެހީތެރިޔާ ޖޯޝުގައި ހުރެ ބުނެލިއެވެ. އެހީތެރިޔާ އެހެން އެހީތެރިން ކައިރީ ބުނަން ދިޔައެވެ. އެކި ތަން ތަނަށް އެހީތެރިން ބަހައިގެން ދިޔައީ ސާފު ކުރަން ފަށާށެވެ. އެ މީހުން ދިޔަ ވަގުތު އަހަރެން އަވަސްވެ ގަތީ އެއްކަލަ ގަނޑުކޮޅުގެ ހަނދާން ތައް އާކުރާށެވެ. ވިސްނަން އިނދެފައި ހަނދާންވީ އެ ދުހު ބައްޕަ ފާރެއްގެ ވާހަކަ ދެއްކި ހަނދާނެވެ. ނަމަވެސް އެތަނުން އެހީތެރިން ދިއުމުން ނޫނީ ނުދާން ހުންނަން މަޖުބޫރުވިއެވެ. އެއީ އެ ކަންތައްތައް ސިއްރު ކުރުމަށް ޓަކައެވެ.

އިރުކޮޅަކުން އެހީތެރިޔަކު އައިސް ބުންޏެވެ. “ނީރާ ވާންނުބޭ ހިޗެއްއެ ންގަނަ ތޯނެދާވިދެއާ؟ ( ރާނީ ބޭނުންވާ އެއްޗެހި ނަގަން އާދެވިދާނެތޯ؟)”. އެހީތެރިޔަކު އައިސް ބުންޏެވެ. އަހަރެން ހާސްކަމުގެ ރާގަކާއި އެކީ ބުނީމެވެ. “އާނ!” އަހަރެން ހާސް ވަމުން ދިޔަ ސަބަބަކީ ބައްޕަގެ ފޮޓޯ ފުރޭމާއި އެއްކަލަ ފާރުގައި ހިއްޕާފައި އިން ގަނޑުކޮޅު އެއްލާލަފާނެ ކަމުގެ ބިރެވެ. އަހަރެން މަޑުން ހިނގާފަ ދަނިކޮށް އެހީތެރިޔަކު އައިސް ގަނޑުކޮޅެއް ދައްކާލިއެވެ. އެ ގަނޑު ކޮޅުގައި ޖަހާފައި އިނީ؛

“އިށީންނަން ހަދާފަހުރި އެއްޗެއް، ރަސްކަމުގައި ރާނީ އައި ރަސްގެފާނު އިށީންނަން ހަދާފަ ހުންނައެއްޗެއް، އަހަންނަކީ ކޯއްޗެއް؟”

ވަގުތުން އަހަރެންގެ ވިސްނުމަށް އައީ ތަޚުތު ހުރި އިމާރާތެވެ. އަވަހަށް ދިޔައީ އެގަނޑު ކޮޅުގައި އިންގޮތަށް ތަޚުތު ކާރިޔަށެވެ. ތަޚުތުގެ ވަށައިގެން ފާސް ކުރީމެވެ. ނަމަވެސް ފެނުނީ ތިރިއަށް ދާން އޮތް ސިޑި ބަރިއެކެވެ. ތިރިއަށް ހިގަމުން ދަނިކޮށް ފެންނަނީ ޖަވާހިރު ތަކެކެވެ. އޭގައި އަތްލަން މަސައްކަތް ކުރީމެވެ. ނަމަވެސް އަތެއް ނުލެވުނެވެ. އެއަށްފަހު ފެނުނީ އެ ތަޅުދަނޑިއެވެ. ރަނުން ދަޅަ އެޅި އިން އެ ތަޅުދިނޑި އަލިފަނޑުވަމުން އައިސް އަހަރެންގެ މުށުތެރެއައް ވަނެވެ. ސިޑިން  އަރަމުން ދިޔައީ ވަރަށް ބާރަށެވެ. އެ ފޮތް ހުޅުވަން ދިޔައީ ދެ ޚިޔާލަކަށް ގެއްލެމުންނެވެ. ހުޅުވޭނެ ބާއޭ، ނުހުޅުވޭނެ ބާއޭ ހިތަށް އަރަމުން ދިޔައެވެ. ކޮޓަރި ތެރެއަށް ވަދެ ކޮޓަރި ތަޅުލާ އެ ފޮތް ހުޅުވީމެވެ.

******

ނުނިމޭ

މި ޕާޓް ލަސްވިކަމަށްޓަކައި ކިޔުންތެރިންނަށް މަޢާފަށް އެދެން! މި ޕާޓް ރީތި ވާނެ ކަމަށް އުންމީދު ކުރަން!

9

1 Comment

  1. leaf

    May 21, 2021 at 7:12 pm

    މި ވާހަކަ ލަސް ވީމަ ތަންކޮޅެއް ދިގު ކޮއްލާފަ މީނީ ވާހަކަ ރީތި ކަމަށް އުންމީދުކުރަން

Leave a Reply

ކޮމެންޓެއް ހުށަހެޅުއްވުމަށް އެސްފިޔައަށް ލޮގިން ކުރައްވާ!