Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ
އުފެއްދުންތެރި ލިޔުންއެހެނިހެންލޯބި

ލޯބި….އެގާރަވަނަބައި

Princess Level 210 Stories100 Comments
May 21, 2021 2 Mins Read
3 Comments

އަހަރެންވެސް އަހަރެންގެ އަންހެނުން ގޮވައިގެން އަހަރެންގެ ކޮޓަރިއަށް ވަނީމެވެ. ކޮޓަރިއަށް ވަނުމަށްފަހު އަވަހަށް ފާޚާނާއަށް ވަދެ ފެންވަރާއި ހަދާލީމެވެ. ފާޚަނާއިން ނުކުން އިރު އަންހެނުން ފާޚަނާ އަށް ވަންނަން ރެޑީވެގެން ހުއްޓެވެ. ދެން އަހަރެން އަވަސްވެގަތީ އަޞުރު ނަމާދު ކިރާށެވެ. ނަމާދު ކޮށް ނިމުން އިރު އަންހެނުންވެސް ނަމާދު ކުރުމަށް ތައްޔާރު ވަނީއެވެ. ވެފައި ހުރި ވަރުބައްޔެއްގެ ސަބަބުން އަހަރެން ލައިގެން ހުރީ ޓީޝާޓް ބޭލުމަށްފަހު އެނދުގައި ޖައްސާލީމެވެ. އަންހެނުންވެސް ނަމާދުކޮށް ނިމިގެން އައިސް އަހަރެން ކައިރީގައި ޖައްސާލިއެވެ. އަދި އަހަރެން ގާތު ނިދަނިހޭ ސުވާލުކުރުން ޖަވާބުގައި ވަރަށް ނިދި އައިއްސި ކަމަށް ބުނެ އަހަރެން ލޯ މަރާލީ މެވެ. އަންހެނުންވެސް ވަރަށް ނިދި އައިއްސިކަމަށް ބުނެ ލޯ މަރާލި އެވެ. އަހަރެންނަށް ވަރަށް ފަސޭހައިން ނިދުނެވެ.

އަހަރެމެން ދެމީހުންނަށް ހޭލެވުނީ މަޣްރިބު ނަމާދު ބަންގި ގޮވަނިކޮށެވެ. އަހަރެން ދެމީހުން އަވަސްވެގަތީ ވަގުތު ފާއިތުވުމުގެ ކުރިން ނަމާދު ކުރަމެވެ. އެހެންކަމުން ފާޚާނާއަށް ވަދެ ވުޟޫ ކޮށްލައިގެން އައިސް ނަމާދަށް އެރީމެވެ. އަންހެނުންވެސް އަހަރެންނާއެކު ނަމާދަށް އެރިއެވެ. ނަމާދުކޮށް ނިމިގެން އަންހެނުންނާއެކު ބޭރަށް ނުކުތްއިރު އެންމެން ސިޓިންގް ރޫމްގައި ތިއްބެވެ. ހީވާ ގޮތުން ވެއްޖިއްޔާ  ކޮންމެސް ކަމަކާ ރާވަނީއެވެ. އަހަރެންވެސް އަންހެނުންނާ އެކު ގޮސް ސޯފައިގައި ޖައްސާލީމެވެ. އަދި މަންމަ ގާތު މަޝްވަރާކުރަނީ ކޮންކަމަކާތޯ އަހާލީމެވެ. ޖަވާބުގައި އަނެއްކާވެސް ދަތުރެއް ދާން އުޅޭ ކަމަށް މަންމަ ބުނުމުން އަހަރެން ވަރަށް އުފާވިއެވެ. އަހަރެން ކޮންތާކަށްތޯޔާ، ކޮން ދުވަހަކުތޯ ވެސް މަންމަ ކުރެ އެހީމެވެ. ޖަވާބުގައި މިދެކުދިން ބޭނުން ދުވަހަކު ބީޗަށް ކަމަށް މަންމަ ބުންޏެވެ. ކޮންމެ ދުވަހަކަށް ރަނގަޅު ވާނެ ކަމަށް އަހަރެން ބުނުމުން އަންނަ ހަފްތާ ހޮނިހިރު ދުވަހު ދާން ހަދަން ވީ ނޫންހޭ ބުންޏެވެ. ވަގުތުން އަހަރެން އޯކޭ އޭ ބުނީމެވެ. ދަތުރު ދާން މަޝްވަރާކޮށް ނިމުނުއިރު ގަޑިން ހުރީ 8 ޖަހާފައެވެ. އަހަރެމެން ދެމީހުން ދިޔައީ އިޝާ ނަމާދު ކުރާށެވެ. ދެން ތިބި އެންމެންވެސް ދިޔައީ ނަމާދު ކުރުމަށްޓަކައި އެމީހެއްގެ ކޮޓަރި އަށެވެ. އަހަރެން ކޮޓަރިއަށް ވަދެ އަންހެނުންނާއެކު ނަމާދު ކޮށްގެން ނުކުންއިރު އެހެންމީހުން އަދި ނަމާދު ކޮށް ނުނިމެއެވެ. އެހެންކަމުން އަހަރެން ސޯފައިގައި ޖައްސާލީމެވެ. އަންހެނުން އޭރު ކާން ހަދަން އުޅެއެވެ. އަހަރެން ސޯފައިގައި އިންދައި އަހުމަދުބެ ނުކުތެވެ. އަދި އަހަރެން ގާތު ކާން އައުމަށް ބުންޏެވެ. ކާން ހުރީ ކުކުޅު ބިރިޔާނީއެވެ. ކުކުޅު ބިރިޔާނީ އަކީ އަހަރެންނަށް ވަރަށް މީރު އެއްޗެކއްކަމުން އެ ހެދި މީހެއް އަހުމަދުބެ ކުރެ އަހަރެން އެހީމެވެ. ޖަވާބުގައި އަހުމަދުބެގެ އަންހެނުން ކަމުގައި އަހުމަދުބެ ބުންޏެވެ. އަދި އަހަރެން ވަރަށް މީރޭ ބުނީމެވެ. އަހަރެން އެހެން ބުނި ވަގުތަކީ އެންނެމެންވެސް ނަމާދު ކޮށް ނިމިގެން ކާ ގެ އަށް ވަތް ވަގުތެވެ. އަހުމަދުބެގެ އަންހެނުން އަހަރެން ގާތު މީރީ ކޯއްޗެއްތޯ އެހުމުން ކުކުޅު ބިރިޔާނީ ކަމަށް އަހަރެން ބުނީމެވެ. ވަގުތުން އެންމެންގެ ހިނިގަނޑު ދިޔައީ ފަޅައިގެން އެވެ. އަހުމަދުބެގެ އަންހެނުން ކުކުޅު ބިރިޔާނީ ކަށްކަށް ވަރަށް މޮޅު ވާނެ ކަމަށް އަހުމަދުބެ ބުނުމުން އަހަރެން ހީލީމެވެ.

ކައި ނިމިގެން ސޯފައިގައި ސިފާން އަހަރެންނާ އަހުމަދުބެ ތިބީމެވެ. އޭރު ޓީވީން ޚަބަރު ކިޔަނީއެވެ. އަހަރެން އަހުމަދުބެގެ ގާތު އަހުމަދުބެގެ އަންހެނުންނަކީ ކޮން ރަށެއްގެ މީހެއްތޯ ސުވާލު ކުރީމެވެ. އަހަރެން އެހެން އެހުމުން އަހުމަދުބެ ކޮށި އެރިއެވެ. އަހަރެން އަހުމަދުބެ ގާތު ރަނގަޅުހޭ ބުނެ އަހުމަދުބެގެ ބުރަކަށީގައި ފިރުމާލިއެވެ. އަދި ކެއްސަމުން ރަނގަޅޭ ބުންޏެވެ. އަހަރެން އަނެއްކާވެސް އެ ސުވާލު ކޮށްލީމެވެ. ޖަވާބުގައި ބުނި އެއްޗަކުން އަހަރެން ދިޔައީ ސިއްސައިގެންނެވެ.

ނުނިމޭ…

 

މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.

Share Article

Follow Me Written By

Princess

Level 210 Stories100 Comments

Other Articles

Previous

ޖަވާހިރުގެ ބާރު 2

Next

އަންނަންދެން ހުންނާނަން ލޯބިން 39

Next
May 22, 2021

އަންނަންދެން ހުންނާނަން ލޯބިން 39

Previews
May 21, 2021

ޖަވާހިރުގެ ބާރު 2

3 Comments!

  1. Princess says:
    May 21, 2021 at 10:06 pm

    Salaam readers mee mi vhk ge 11 vana Bai mi baives reethi vaane kamah ummeedhu vaguthu vee varakun vhk ge part genesdheveytho balaanan Insha Allah stay safe all readers and miss u soooooo much all readers♥️♥️♥️???❤️❤️?? and love you sooooooooo much readers♥️♥️♥️♥️??????

  2. Princess says:
    May 21, 2021 at 10:06 pm

    Salaam readers mee mi vhk ge 11 vana Bai mi baives reethi vaane kamah ummeedhu vaguthu vee varakun vhk ge part thah genesdheveytho balaanan Insha Allah stay safe all readers and miss u soooooo much all readers♥️♥️♥️???❤️❤️?? and love you sooooooooo much readers♥️♥️♥️♥️??????

  3. Princess says:
    May 21, 2021 at 10:07 pm

    Salaam readers mee mi vhk ge 11 vana Bai mi baives reethi vaane kamah ummeedhu kuran vaguthu vee varakun vhk ge part thah genesdheveytho balaanan Insha Allah stay safe all readers and miss u soooooo much all readers♥️♥️♥️???❤️❤️?? and love you sooooooooo much readers♥️♥️♥️♥️??????

Comments are closed.

Next Episodeލޯބި….ތޭރަވަނަބއި←


All Right Reserved!