ލިވިޔާ ގެ ހަބަރެއް ނުވެގެން ޔޫމީން ބުނެގެން ނުކުން ކައިވަން ހުއްޓުނީ އަލާނިޔަލްގެ އަޑު ކަންފަތުގައި ޖެހުމުންނެވެ. ވަރަށް ޝަރުތު ކޮށްފައި އިތުރު މީހެއްގާތު ނުބުނުވަން އޭނާ ލައްވާ، ޔޫމީން ވައުދުކުރުވާފައި  ޔޫމީންގެ ފަރާތުން އަލާނިޔަލް އާއި ކެރާގެ ވާހަކަ ކައިވަންއަށް އިނގުން ފަހުން އެހިތުގައި އަޅާނިޔަލްއަށް ބޮޑު ފޫހިކަމެއް ވަނީ އުފެދިފައެވެ. ނަމަވެސް ކޮންމެވެސް އަންހެން ކުއްޖެއް ގާތުގައި ހުރެ ވަރަށް ރުޅިގަދަވެފައި އަލާނިޔަލް ދައްކަމުން ދިޔަ ވާހަކަތައް އަޑުއަހަން އެހިތް ކަނަކުން ގޮވާލިއެވެ. ވަރަށް ސިއްރުން ޓެރެސް އަށް ނުކުންނަ ފާރާ ނިވާވެލާފައި ކައިވަން އެ އަޑަށް ކަންފަތް ދިނެވެ. ދެން އިވެން ފެށި ވާހަކަ ތަކުން ކައިވަންގެ ދެލޯ ބޮޑުވާން ފެށިއެވެ.

“ވާޓް…ވަޓް އިޒް ދިސް ..އަހަރެން ހީކުރީ ކެރާ އާއި އެކު އެކީ އަލާނިޔަލް ބައިވެރިވެގެން ވިލަން ބައި ކުޅެނީ ކަމަށް .. ބަޓް ވަޓް އި ދިޒް ނައު .. ނައު އަލާނިޔަލް ، ކެރާގެ ފަރާތުން ބަދަލް ހިފަނީ …އެކަމަކް ކޮންކަމަކަށް.. ކޮން އަންހެން ކުއްޖެއްތަ އެއީ …އެ ކުއްޖާ އެބުނީ އަލާނިޔަލް ހާ ރަނގަޅު މީހަކު ނުދެކޭ ވާހަކަ ..ވަޓްސް ގޮއިން އޮން … ސީރިޔަސްލީ އަ ޑޯންޓް ގެޓް ..ހެލް މޭން..” އިވުނު ވާހަކަތަކުން އޭނުން އޭނާގެ ބޮލުން ތަރިބުރައިގެން ދިޔައެވެ. ކައިވަން ބޮލުގައި އަތްއަޅައިގެން ހުރެފައި

ކުއްލިޔަކަށް އޭނާ ސިހުނީ އަޅާނިޔަލް އާއި އެ އަންހެން ކުއްޖާ އެކު އެކީގައި އައިސް އޭނާގެ ކުރިމަތީގައި ހުއްޓުނީމައެވެ. ކައިވަންގެ ނޭވާ ހީވީ ކަރުތެރޭގައި ތާށި ވިހެންނެވެ.

***

ނިޔަލް އާ ވާހަކަ ދައްކަން އިނދެފައި އިޒާން ސިހުނީ ޔާސިރްގެ އަޑުންނެވެ. ” ވަދެވޭނެ.. ހޭ އަރައިފި … އެކަމަކު … އަނގައިން ނުބުނި އެތައް ވަރުން ވެސް… ” ޔާސިރުގެ މޫނުމަތީގައިވި މާޔޫސް ކަން އެދެމީހުންނަކަށް ސިއްރެއް ނުވިއެވެ. “ނިޔަލް އިހަށް މަޑުކުރަން ވީނު.. މަ އެބަ އަންނަން…” އިޒާން އަހައިލިއެވެ. ވަގުތުން ނިޔަލް ބޯޖަހައިލިއެވެ.

އިޒާން އެދޮރުގައި މަޑުމަޑުން ޓަކި ޖަހައިލުމުން އެތެރެއިން ވަންނާށޭ ބުނެލިއެވެ. އެނދުގައި އޮތް މިލާންއަށް ދެލޯ ބޮޑުކޮށްލެވުނީ އަލާނިޔަލް އާ އެހާ ވައްތަރުމީހެއް ފެނުމުންނެވެ. “ޑިފީ..” މަޑުމަޑު ތުރުތުރަކާއެކު މިލާންގެ ދެތުންފަތް ދޭތެރެއިން ފޫއަޅުވާލައިފާ ނުކުތެވެ. އިޒާން ހީލިއެވެ. “ޑިފީއެއްނޫން.. ޑިފީގެ ބޭބެ މި އީ.. އިޒާން … މިލާން މިތަނައް ގެނައީ އަހަރެން ..” މިލާން ބާއްވައިފާ އޮތް އެނދުގެ ގާތައް އެއްފަރާތެއްގައި ހުރި ގޮނޑިއެއް ދަމާލަމުން އިޒާން އިށީނެވެ. “ކީކުރަން އަހަރެން ގެނައީ.. މަރުވާން ބޭއްވިނަމަ..” މީގެ އިރުގަނޑެއް ކުރީގެ ހަނދާންތައް އާވުމުން އެދެލޯ އަނެއްކާވެސް ފުރާލީ ތާޒާ ކަރުނައިންނެވެ. “މިލާން …ކަމެއް ކޮށްދީފާނަންތަ..” އިޒާން ، މިލާންގެ އަތުގައި ހިފާލީ ޒަހަމްތަކަށް ތަދުނުވާނެހާ މަޑުންނެވެ. މިލާން ކަރުނަވީ ލޮލަކުން ބަލައިލަމުން ބޯޖަހައިލިއެވެ. “ތި އަނިޔާ ލިބެން މެދުވެރިވި ހުރިހާ ކަމެއް އަހަންނަށް ސިއްރުކުރުމެއް ނެތި ކިޔާދީ..އަހަންނަށް އެހީއެއްވެވޭނީ ވެސް އޭރުން… މިލާން އަށް ނީނގުނަސް ވަރަށް ބޮޑުކަމެއް އެބަ އުޅޭ… ” އިޒާން ސީރިޔަސް ކަމާއެކު އަހައިލިއެވެ. މިލާން ދުރުބަލާލިގޮތުން އިޒާން މާޔޫސްވީ މިލާން އެވާހަކަތައް ނުކިޔާ ދީފާނެހެން ހީވުމުންނެވެ. “ކަމޯން ގާލް.. އައި ނޯ މިލާން ޑިފީ ދެކެ ލޯބިވާކަން… އެން މިލާން އާ އެއްކޮން ތިގެޔަށް ޑިފީ ކިޔަވަންދާކަން ވެސް އިނގޭ .. ސޯ ކިޔާދީ ދެން..” އިޒާން ހަށަންބަދެލަމުން އަހައިލިއެވެ.

އެހުރިހާ އިރު ކަރުނަތައް ހިފަހައްޓަން މަސައްކަތްކުރި މިލާންގެ ކެތްތެރިކަން ކޮޅުން ލައިގެން ދިޔައެވެ. ގިސްލެވެމުން ދިޔައިރު އެ ވޭނީ ކަރުނަތަކުގައިވާ ވޭން އިންތިހާއަށް ގަދައެވެ. އިޒާންއަށް ތުންފަތުގައި ދަތްއަޅާއިލެވުނީ އޭނާއަށް އެ މަންޒަރު ބަލަން އުނދަގުވުމުންނެވެ. އިންތަނުން ތެދުވެގެން އައިސް މިލާންގެ ބޮލުގައި އިޒާން ފިރުމާލީ ހުއްޓާލުމަށް ބުނެފައެވެ.   “މިލާން ހުރިހާ ވާހަކައެއް ކިޔައިދީ .. އަހަރެންވެސްއެބަހުރި ކިޔައިދޭންޖެހޭ ބައިވަރު ކަންކަން … ” އިޒާން އާދޭހާއެކު ބުނުމުންއެންމެ ފަހުން މިލާން ކިޔައިދޭންފެށިއެވެ.

“އަހަންނާ ޑިފީ  ދިމާވީ އަހަރެމެންގެ ގެއިން.. އަހަރެންގެ ބައްޕައަކީ ޑިފީ ދާ ޔުނިވާސިޓީގަ ޑިފީއަށް ކިޔަވައިދޭ ލެކްޗަރާއެއް.. ކުލާހުގެ އެހެންކުދިންނަށް ވުރެން އޭނާ ދައްކޮން އުޅޭތީ އެންމެން ވެސް ބްލީކޮށް މަލާމަތް ކުރޭ..ޓީޗަރުން ވެސް ކުދިން ވެސް ހަދަނީ ހަދާނެ ގޮތެއް އޭނާއަށް..އެކަމަކު އަހަރެންގެ ބައްޕަ ފިޔަވައި… ބައްޕަ އޭނާގާތު ބުނީ އަހަރުމެންގެ ގެޔަށް އަންނަން އިތުރު ގަޑިތަކަށް ..ބައްޕަ ޔުނިވާސިޓީއަށް ގޮސް އައިސް ލިބޭ ފްރީ ޓައިމްސް ޓިއުޝަން ނަގާދޭނެ ކްލާސްތަކަށް ބަހާލައިގެން ކުދިންނަށް ..އެކަމަކު ޑިފީ އަށް ވަކިން ބައްޕަ ނައިޓް ޓައިމްގަ އަންނަން ބުނީ… ދެން އަހަރެންވެސް ބޭނުންވީ ޑިފީ އާ އެއްކޮން ކިޔަވަން … ދެން ޑިފީގެ ކުލާހަށް ޖޮއިން ވީ އަހަރެން ބައްޕަ ގާތު އާދޭސް ކޮށްގެން.. ދެމީހުން އެއްކްލާސް އެއްގައި އުޅުނަސް ޑިފީއަށް މާގިނަ ހޯމްވޯކްސްތައް ހުރެފިއްޔާ ޑޭޑް އަހަރުމެން ވަކި ކުރާނެ..ޑިފީއަށް ފޯކަސް ކުޜާނީ.. އޭނާ ދިޔާމަ ދެން އަހަންނަށް ކިޔަވާދޭނީ އެކަހަލަ ޑޭސް ތަކުގަ… ޑިފީއަށް އުނދަގުވާނެއޭ ކިޔާފަ އެހެން ހަދަނީ… ޑޭޑް ބުނާނެ ޑޭޑް ގެ ފޭވަރިޓް ސްޓޫޑެންޓްއޭ ޑިފީ އަކީ… މިބުނިގޮތައް އަހަރެންނާ ދިމާ ވީ އަހަރެންގެ ގެޔަށް ގޮސް އުޅެނިކޮން.. ދެމީހުން ވަރަށް ކްލޯޒް ވި.. އައި ލަވް ހިމް އެންމެ ފަހުން..ބަޓް ޑިފީ ނުއެއް ބުނޭ.. ބަޓް ޑިފީ އަހަންނަށް އެބަހައްޓާ ކެއަރިންގްސް އާއި އަހަންނާ ދިމާ ބަލާގޮތުން އަހަރެންގެ ހިތެއް ނުބުނޭ އޭނާ އަހަރެންދެކެ ލޯބި ނުވެ ހުންނާނެ އެކޭ.. ދެން ..” އެކި ދުވަސް ތަކުގެ ކަންކަން ތަފްސީލާއެކު ކިޔަމުންގޮސް ރޮވިފައި އިނދެ މިއަދުގެ ހާދިސާ ކިޔަދިނެވެ. އެންމެ ފަހުންމިލާން އަށް އަނެއްކާ ވެސް ގިސްލެވެން ފެށުނީއެވެ. އިޒާންއަށް ދެލޯ މަރާއިގެން އިނދެ އޭނާގެ އިސްތަށިގަނޑުގައި އަތުން ހިފާލެވުނީ ވިސްނަންވީ ކޮންގޮތަކަށްކަން އޭނާއަށް އޮޅުމުންނެވެ. އެތައް އިރަކު އެހެން އިނުމަށް ފަހުން އޭނާ އިސް އުފުލާލީ މިލާން ގޮވުމުންނެވެ. ” ކާކު އަހަރެންގެ ނަން ބުނެދިނީ..ކޮބާ އަހަންނަށް ކިޔާދޭން ބުނި ވާހަކަތައް ..” މިލާން އަހައިލިއެވެ. އިޒާން، ނިޔަލް ވާހަކަ ބުނުމުން މިލާން އެދުނީ އޭނާއަށް ގޮވުމަށެވެ.

“..އެ ވާހަކަ ތައް ކިޔާ ދޭނަން އެން ނިޔަލްއަށް ވެސް ގޮވާނަން ..އޭގެ ކުރިން.. އެމީހުންގެ ފަރާތުން ނުރައްކަލެއް މިލާންއަށް ނާންނާނެ އެކޭ އަހަރެން ނުބުނާނަން…އަހަންނާ އެކު އަހަރެންގެ ގެޔަށް ބަދަލްވާން ހިނގާ .. އަހަންނަށް މިލާންގެ ސޭފްޓީ އާ ދޭތެރޭ އެހާ ޔަގީން ކަމެއް ނެތް މިލާން އެކަނި އުޅެން ދޫކޮށްލައިފިއްޔާ… ޕްލީޒް ޓްރަސްޓް މީ..” އިޒާން އާދޭހާއެކު ބުނެލިވާހަކަތައް އަހާފަ މިލާން އަށް ފުން ނޭވާއެއް ދޫކޮށްލެވުނީ ހަދާނެ ގޮތެއް ނޭގުމުންނެވެ.

“އަހަރެންނާ ދެންމެއެންނު ދިމާވީ..” މިލާން އަށް ބުނެވުނެވެ. “އައި ނޯ… ބަޓް .. އަހަރެން ކިޔާދޭން ޖެހޭ ވާހަކަތައް އެބަހުރި ބައިވަރު.. އެކަންތައްތައް ކިޔައިދެވޭނީ އަހަންނަށް އެއްބާރުލުން ދީގެން.. އިހަށް ފުރަތަމަ ސްޓެޕް ނަނގަން ހިނގާ އަހަންނާއެކު  .. ‘ އިޒާން ބުނެލީ ޔަގީން ކަމާއެކުއެވެ. ކުއްލިޔަކަށް ހުޅުވާލި ދޮރާއެކު އެތަނައް ވަނީ ޔާސިރްއެވެ.

“މިހާރު ކިހިނެތް ނިމުނީ..” މިލާން އަށް ހިނިތުންވުމެއް ރައްދުކޮށްލަމުން އިޒާން އާއި ދިމާލަށް އެނބުރި ޔާސިރް އަހައިލިއެވެ. މިލާން ސުވާލްގެ ނަޒަރަކުން ޔާސިރަށް ބަލައިލިއެވެ. އެކަން އިނގުނު ނަމަވެސް އިޒާން ހެދީ ނޭގޭ ކަމަށެވެ. ޔާސިރްގެ ސުވާލްއަނެއްކާވެސް އަމާޒްވިއެވެ. “މިލާން ވަކި އެއްޗެއް ނުބުނެ..  މިލާން ސޭ ސަމްތިން” އިޒާން މިލާން އަތުގައި މަޑުމަޑުން ހިފާލިއެވެ. “އަހަރެންނަށް މި ވާނުވާ ކުޑަކޮން ކިޔާދީބަލަ..” ޔާސިރް އާދިމާލަށް ބަލާލަމުން މިލާން އަހައިލިއެވެ. އޭނާ އަށް އޮޕެރޭޝަން ކޮންދިން ޑޮކްޓަރުގެ އަމަލްތައް މިހުރިގޮތުން މިލާންގެ ހިތުގައި އިތުރު ސުވާލްތައް އުފެދިއްޖެއެވެ.

“އެހެންވެއޭ މިކިޔަނީ އަހަރެމެންގެ ގެޔަށް ހިނގާށޭ.. މިތާގަ މިކަހަލަ ގޮތަކަށް  ކިޔާދެވޭ ކަހަލަ ވާހަކަ ތަކެއް ނޫން އެހުންނަނީ… އެގޭގަ އުޅޭނެ އަންހެންކުދިން ވެސް…. އަހަރެމެން ކަމެއް ކުރާކަށް ނޫން .. މިލާންގެ ސޭފްޓީ މިހާރު އަހަރުމެންނަށް އެންމެ މުހިއްމީ.. އަހަރެމެން ބޭނުމެއް ނޫން އަހަރެމެންގެ އާއިލާގެ އެއްވެސް މީހަކާހެދި އިތުރު ގެއްލުމެއް އެން އަނިޔާއެއް މިލާން އަށް ލިބޭކަށް” އިޒާން އާދޭސްކުރާ ފަދައަކުން ބުނެލިއެވެ.

މިލާން އިނީ ހަދާނެ ގޮތެއް ބުނާނެ އެއްޗެއް ނޭނގިފައެވެ. އެންމެފަހުން އެގެޔަށް ދާން އެއްބަސްވީ އަލާނިޔަލް ފެންނާނެކަން ހިތައް އެރުމުންނެވެ. މިލާން ބޯޖަހާލި މަންޒަރު ފެނި ޔާސިރްއާއި އިޒާން އަށް ފުން ނޭވާއެއް ދޫކޮށްލެވުނެވެ. “މިލާންގެ ހުރިހާ އެއްޗެއް ގެންދާނެ އިރުކޮޅަކުން އަހަރެމެންގެޔަށް …. މިތަނުން ދޫކޮށްލާނެ ތިން ދުވަސް ފަހުން … އޭގެ ފަހުން ދެން އިތުރު ފަރުވާ މިލާންއަށް ދޭނީ އަހަރެމެންގޭގަ.. މި ތިން ދުވަހު އަހަރެމެން ތިބޭނަން މިލާންގެ ގާތު ..” އިޒާން ބުނެލިއެވެ. އެތާގައި އިޒާން މެން ތިބޭނެ ވާހަކަ  ބުނުމުން މިލާން ވަގުތުން ދެކޮޅުހެދިއެވެ. “އައި ކެން މެނޭޖް ..ޑޯންޓް ވޮރީ..” މިލާން ވަގުތުން ބުނެލިއެވެ. ” ޔޫ ކެން މެނޭޖް؟…ދެން މިއަދު ވެސް އެމީހުން ފައިޓް ކުރަން އައީމަ އެމީހުންނާ ވަރުގަދަ ފައިޓް ބެކްސްތައް ނުދިނީ ކީއްވެ..” އިޒާން ބުނެލި ވާހަކަ އަހާފައި ޔާސިރް ގާތައް ހިނިއައެވެ. މިލާންއަށް ވެސް ހެވުނެވެ.

“އޯކޭ މިހާރު މިކަން ވެސް މިނިމުނީ.. ނިޔަލް ކާރީގަ ބުނަން އެބަ އަންނާށޭ..އަހަރެމެން މިތިބީ ބޭރުގަ” އިޒާން ނުކުންނަން ދިޔައީ މިލާން ބޯ ޖަހާލީމައެވެ. އިޒާން ،ލިވިޔާ މަތިން ހަނދާންވީ ދޮރުން ނުކުމެ ނުކުމެ ހުއްޓައެވެ. މިއަދު އުޅެންޖެހުނު ގޮތުން އިޒާން އަށް ލިވިޔާއަށް މެސެޖެއް ވެސް ކޮށްނުލެވުނެވެ. އޭނާ އަވަސްވެގަތީ ކުޑަވަގުތުކޮޅަކަށް ނަމަވެސް ގެޔަށް ދިޔުމަށެވެ. އެހެންކަމުން އޭނާ އަންނަންދެން ނިޔަލް ގާތު މިލާން އާއި ދުރަށް ނުދިޔުމަށް ބުނެ އޭނާ ގެޔަށް މިސްރާބް ޖެހިއެވެ.

***

“މިންމީ ވަޓް ހެޕެންޑް..” ނިޔަލް ވައިރޯޅިއެއްހާ ހަލުވިކޮން އައިސް ހުއްޓިލީ މިލާންގާތުގައެވެ. ނިޔަލް ފެނުމުން މިލާންއަށް އަނެއްކާވެސް ރޮވުނެވެ. މިލާންގެ ވާހަކަތައް އަޑުއަހާ ނިޔަލް މިލާން އަށް ހިތްވަރުދިނެވެ. މިލާންގެ މައިންބަފައިން ހޯދުމަށްޓަކައި އެހީވާނެ ކަމަށް ނިޔަލް ވައުދުވިއެވެ. ނިއަލް އެތައް ވާހަކައެއް ދެއްކިފަހުން މިލާން ހަމަޔަކަށް އެޅިލިއެވެ.

**

ގެޔަށް ދިޔުމުގެ ކުރިން އިޒާން މާވިއްކާ ފިހާރައަކަށް ވަނެވެ. ހަތަރު ޕާޕަލް ޝޭޑްސް އެއްގެ ޕެރެނިއަލް މާތަކުން ބުކޭ އެއް ހަދައިގެން ގެއެއްދިޔައެވެ. އޭރު ގަޑިން ހަވީރު ފަސްގަޑި ބައިވަނީއެވެ.  އެކަކުވެސް ފެންނަން ނެތުމުން ލިވިޔާމެންގެ އެޕާޓްމަންޓައް ދާން ނެގި ފުރަތަމަ ފިޔަވަޅާއެކު ހުއްޓެން ޖެހުނީ އަލާނިޔަލް އާއި އެކު ނުކުމެގެން ދިޔަ ކައިވަން ފެނިއެވެ. ކައިވަން ހުރީ ދަބަހެއް ކޮނޑުގައި އަޅުވާލައިގެންނެވެ. އެދެމީހުން އެހާ އެކުގައި ފެނުނު ފުރަތަމަ ފަހަރު ކަމުން އިޒާން ހައިރާންވިއެވެ. އެހެން ހުއްޓާ ކުލްސޫމާ ނުކުތެވެ. “ދައްތާ އެމީހުން ކޮންތާކަށް އެދަނީ..”އިޒާން އަހައިލިއެވެ. “އާނ އެދަނީ ކައިގެ ކްލާސް ކުދިންނާއެކު ގްރޫޕް ސްޓަޑީޒް ހަދަން ގެޔަކަށް ލައިދޭން ވެގެން … ޒުހޫރުބެއެއް ވެސް އިޒާންގެ ބައްޕަ އެއްވެސް ނުއެއް އުޅޭ ގެޔަކު.. އެހެންވެ އޭނާ ގެންގޮސްދޭނަމޭ ބުނެގެން އެދަނީ .. ވަރަށް ދުރުގަ ހުރި ގެޔެކޭ ބުނީ… ހީވަނީ މިރޭ ޓެން ހާއިރް ކަންނޭގެ އެކުދިންނަށް އާދެވޭނީ..” ކުލްސޫމާ ކިޔައިދިނެވެ. އިޒާން މަޑުމަޑުން އޯހް އޭ ލައްވާލިއެވެ.

އިޒާން ލިވިޔާމެންގެ އެޕާޓްމެންޓަށް އެރިތަނާހެން އަޑުއިވުނީ ސިޓިންރޫމުގައި ޔޫމީންއާއި ލިވިޔާއާ ދެމީހުން ކާޓުން ބަލާ އަޑެވެ. އިޒާން ގާތައް ހިނިއައީ ބޮޑެތި ވާއިރުވެސް ކުޑަކުދިންކުރާ ކަންތައް ކުރާތީއެވެ.

“ހެލޯ ބޭބީސް… ކީއްކޮށްލަނީ..” އިޒާން އައި ގޮތައް އައިސް ޖައްސާލީ ލިވިޔާއިން ސޯފާގައި އޭނާއާއި ޖެހިފިތިގެންނެވެ. ޔޫމީން ހެވިފައި ހުރެ އިޒާންގެ ގައިގާ އޭނާ ހިފައިގެން ހުރި ކުޝަން އިން ޖަހާލިއެވެ. އޭރު  ލިވިޔާ އިނީ ރުޅިއައިސްފައެވެ. ހެނދުނު ދިޔަ މީހާ ވިއްޔާއެވެ. ގެޔަށް ވަންނަން އިނގުނީ އިރު އޮއްސޭއިރުހެއްޔެވެ. މެސެޖެއްހާ ހިސާބު ވެސް ކޮށްނުލިއެވެ. ދެން އައިސް ވާހަކަ ދައްކާނެ ކަމެއް ނެތެއް ނޫން ހޭ ހިތައް އެރިއެވެ.   އިޒާންއަތުގައި އިން ކަރުދާސް ކޮތަޅު ސޯފާގެ ކުރިމަތީގައި ބިއްލޫރި މޭޒުގައި  ބާއްވައިލިއެވެ. އިތުރަށް ލިވިޔާއާއި ގާތް ވެލިއެވެ. ހަމައެހިނދު އަރާފަ ހުރި ރުޅިގަނޑު ކޮންޓްރޯލުން ނައްޓަފާނެތީ ލިވިޔާ ފުންމައިގެން ތެދުވެ ގޮސްވަނީ އޭނާގެ ކޮޓާރިއަށެވެ. ބާރުބާރަށް ހިނގާލައިފާ ދިޔަގޮތުން އެދެމީހުންގާތައް ހިނިއެވެ.

“މިއަދު ހެނދުން ފެށިގެން އުއުޅެނީ އެކަހަލަ ގޮތަކަށް..ޒާންބެ ދެކެ އައިސް ހުރި ރުޅިގަނޑުގައި ހުއްޓާ ދޮންބެ އޭނަ ގެންގުޅޭ ފޮތްތައް ހިފައިގެން ނައްޓާލީ.. އެކަކާވެސް ވާހަކަ ނުދައްކާ ހުރެހުރެފަ ދެންމެ މަށާވެސް ވާހަކަ ދެއްކީ” ހީހީފައި ޔޫމީން ކިޔައިދިނީ އިޒާންގެ ހަބަރެއް ނުވެގެން ލިވިޔާ އުޅުނު ގޮތެވެ. އަދި ޔަޒަކް ލިވިޔާގެ ވާހަކަ ފޮތްތައް ހިފައިގެން ދިޔަ ވާހަކަ ބުނުމުން އިޒާން ގާތައް އައީ ނުލަފާ ހިންނެވެ. ” އަންނާނަން އޭނާ ރުއްސާފަ.. އަހަންނަށް ހީވަނީ މުޅި ހަފްތާގަ މިކަމުގެ ހަސްކާ ބާލާނެހެން މަށައް… މަންމަމެން އެބައުޅޭތަ..”އިޒާން  ބޯކަހާލަމުން އަހައިލިއެވެ. ” ނޫން.. ނެތް .. މަންމަ ދިއައީ ފިހާރައަކަށް .. ދެން މައި ދައިތަ އާ ބަފައިބެ ކައިރީ  ތިހާ ލަދުން އުޅެގެން ކަމެއް ވާނެތަ..” ޔޫމީން ހީގަނެފައި އިޒާން އާއި ދިމާކޮށްލިއެވެ. ” ނޯޓީ..” މީހަކު އަންނަންޔާ އަންނާތި އިނގޭ ރޫމަށް …” އެއްލޯ މަރައިލަމުން މޭޒުމަތީ އިން ކޮތަޅު ހިފައިގެން އިޒާން ލިވިޔާގެ ކޮޓާރިއަށް ވަނެވެ.

ކޮޓަރީގެ ލައިޓްސް ތައް ވެސް ޖެއްސުމެއްނެތި ލިވިޔާ އައިސް ވެއްޓިގަތީ ކޮޓަރީގެ އެއްފަރާތުގައި ހުރި ސޯފާއަށެވެ. ކުޑަ ދޮރުގައިވި ކާޓޭންސްތައް ކަހާލައިފާ ވުމުން ކޮޓަރީގައި ފަނޑު އަލިކަމެއް ވެއެވެ. ބޭރަށް ވެހެމުންދިޔަ ސްނޯވް ތައް އެއްވެސް ހުރަހެއްނެތި ސޯފާގައި އޮންނައިރު ފެނެއެވެ. އެ މަންޒަރު ފޫހިކަމެއްނެތި ބަލަން ލިވިޔާ އޮތެވެ. އެހެން އޮއްވާ އޭނާ ސިހުނީ ކޮޓަރީގެ ދޮރު ހުޅުވުނު އަޑަށެވެ. އެތެރެއަށް ވަން އިޒާން ފެނި އޭނާ ސޯފާގައި އިށީންދެލިއެވެ. އޭރުވެސް އޭނާގެ މޫނުމަތި ބަނަވެފައިވީވަރުން އެހުރީ އަދިވެސް ރުޅިއައިސްފައިކަން އިޒާން އަށް އިނގުނެވެ.

ކަޅުކުލައިގެ ކަރުދާސްކޮތަޅުން ނެގި ބުކޭ ހިފައިގެން އައިސް ލިވިޔާގެ ކުރިމަތީގައި ކުޑަކަކޫ ޖަހައިގެން އިޒާން އިށީނދެލިއެވެ. އިޒާންގެ އަތުގައި އޮތް ބުކޭ ފެނުމުން ލިވިޔާގެ ލޯ ދިޔައީ ބޮޑުވެގެންނެވެ. އެއީ އޭނައަށް އެންމެ ރީތި މަލެވެ. ނަމަވެސް ގޮތުގައި ހިފަހައްޓާއިގެން އިނދެ ދުރުބަލައިލިއެވެ. “އަމް ރިއަލީ ސޮރީ… ދެން ނުހަދާނަން އެހެންނެއް… ސޮރީ ..ސޮރީ..ސޮރީ..ވިލް ޔޫ ފޮގިވް މީ؟” އިޒާން ވަރަށް ލޯތްބާއެކު ލިވިޔާގެ އަތުގައި ހިފާލަމުން ބުނެލިއެވެ. އިޒާން ދެތިން ފަހަރަކު މާފަށް އެދުމުން އެންމެ ފަހުން ބްކޭގައި ހިފަމުން ލިވިޔާ އިނދެފައި ހޫމް ލައްވާލިއެވެ. އިޒާން ލިވިޔާގެ ގާތުގައި ސޯފާގައި އިށީނދެ އެ ނާޒުކް ހަށިގަނޑުގައި ވަރަށް ލޯބިން ބައްދާލިއެވެ. ” އައި މިސްޑް ޔޫ… ސޯމަޗް ..” ލިވިޔާގެ ކޮނޑުގައި ބޯ އަޅާއިގެން އޮވެ އިޒާން ބުނެލިއެވެ. ލިވިޔާ ވަގުތުން އަނގަހަދާލިއެވެ. “ލާޔަރ” އިޒާން ، ލިވިޔާގެ ކޮނޑުމަތިން ބޯ ނަގާ އެ މޫނަށް ބަލައިލިއެވެ.

“ތިހާ މިސްވި ނަމަ އެންމެ ފަހަރަކު ވެސް އަހަންނަށް ނުގުޅިޔަސް  މެސެޖެއް ވިޔަސް ކޮށްލެވޭނެ އެންނު .. މެސެޖެއް ކޮށްލުން އެއީ ބިގް ޑީލްއެއްވެސް ނޫނެއްނު .. ނޭނގޭތަ އަހަރެން މިސްވި ވަރެއް …ހަމަ އުޅޭނެ ތާކު އުޅެފަ އައިސް މިސް ވެޔޯ..” ލިވިޔާގެ ދެލޯ ފެންކަޅިވިއެވެ. “އަހަރެން ގަސްދުގަ އެއްނޫނޭ ލިވީ.. މިއަދު  ދިޔައީ ފްރެންޑަކާ އެއްކޮން މީޓް ވެލާށޭ ކިޔާފަ އެންނު ދޯ …އެކަމުން ނިމިގެން ނުކުންނަނިކޮން ގެޔެއްގެ ބެލްކޮނިން ކުއްޖެއް ވެއްޓުނީ އަހަރެންގެ ކާރަށް… ދެން އެކުއްޖާ ގޮވާގެން ހޮސްޕިޓަލްގަ އުޅުނީ ..އޭނާ ހެޔެއްވެސް ނެތް.. ވަރަށް އަނިޔާވެފަ އޮތީ .. ދެތިން ސާޖަރީ އެއްވެސް ހަދަން ޖެހުން  ހޮސްޕިޓަލްއަށް ގެންދިޔަ ފަހުން … ދެން އެތާގަ އަތަކަށް ފަޔަކަށް ގުޑާލަން ނުކެރިފަ ހުރީ އެކުއްޖާ ސްޓޭބަލްވަންދެން… ސޮރީ..” ލިވިޔާގެ މޫނުގައި ދެއަތުން ހިފައިގެން ހުރެ އިޒާން މަޑުމަޑުން ބުނެލިއެވެ. ވީގޮތް ފަހްމުވުމުން ލިވިޔާގެ ރުޅިވަގުތުން ފިނިވިއެވެ.

“އޯހް ..އައިމް ސޮރީ ފޯ އޯވާ ރީއެކްޓިންގް..  ސޮރީ ..ސޮރީ.. ކޮބާ އެކުއްޖާ މިހާރު .. ” ލިވިޔާ އިޒާން އަތުގައި ދެއަތުން ހިފާލިއެވެ. އިޒާން ކުރުގޮތަކަށް އެވާހަކަ ކިޔާދިންނަމަވެސް މިލާން އަށް އެހެން ދިމާވާން ޖެހުން ސަބަބެއް ނުބުނެއެވެ. އެގެޔަށް މިލާން ގެންނަން އުޅޭ ވާހަކަ ބުނުމުން ލިވިޔާ ހައިރާންވިކަން އެ މޫނުން ހާމަވިއެވެ. ” ވައި.. އެކުއްޖާ ފެމެލީ ކޮބާ” ލިވިޔާ އަހައިލިއެވެ. “އެމީހުން ނެތް.. ޝީ އިޒް އޯލް އެލޯން .. ލިވީއަށް ވުރެން  އަހަރެއް ބޮޑު އޭނަ… ޓޯކް ކުރާތި … އެކަމް އިތުރު މީހަކަށް އޭނާ އަންނަން އުޅޭ ވާހަކަ އިނގިގެން ނުވާނެ… ބޮޑުބެ އާއި މަށާ ނޫން އިތުރު މީހަކަށް ނޭނގޭނެ އޭނަ މިގޭގަ ބަހައްޓާ ކަމެއް .. ލިވީ ގާތު ދެން މިބުނީ … ޕްލީޒް އޭނާ އާ ޓޯކްކުރަން ދާއިރުވެސް އެކަކަށްވެސް ނޭނގި ދާނީ.. ޑިފީ އަށް އިނގޭކަށް ބޭނުމެއްނުވޭ” އިޒާން ދައްކަމުން ދިޔަ ކޮންމެ ވާހަކައަކަށް ލިވިޔާ ބޯޖަހަމުން ދިޔައެވެ.

“އަމް ސޮރީ..އަސްލަށް ވެސް..ފޮގިވް މީ ” ލިވިޔާ ތުން އޫކޮށްލަމުން ބުނެލިއެވެ. އިޒާންގެ މޫނަށް ވެރިވީ ލާނެތް ހިނިތުންވުމެކެވެ. “ކިސް އަކުން އަކުން ވާނީ ތިކަން” އިޒާން އޭނާގެ އަމިއްލަ ތުންފަތުގައި އައްޖައްސާލަމުން ބުނެލިއެވެ. ލިވިޔާގެ މޫނު ވަގުތުން ރަތްވިއެވެ. ލިވިޔާ، އިޒާން އާއި ގާތައް ޖެހިލުމަށްފަހު އެމޫނާ ދިމާލަށް ގުދުވަންތަނާހެން ކޮޓާރީގެ ދޮރު ހުޅުވުނެވެ. ދެމީހުން ދެދިމާލަށް އެއްލިގަންދިޔަ އިރު އެތެރެއަށް ވަންނަން އައި ޔޫމީން އަވަސްއަހަށް ފަހަތައް އެނބުރުނެވެ. “މަށަކަށް ނުފެނޭ ..އެކައްޗެއްވެސް ނުފެނޭ…” ހިނިގަނޑެއް ޖަހާލަމުން ޔޫމީން ނުކުމެގެން ދިޔައެވެ. ޔޫމީން ނުކުންތައް ފެނި އިޒާން ލާނެއް ހިނިތުންވުމަކާއެކު ލިވިޔާގެ އަތައް ދަމާލިއެވެ. އޭރު ލިވިޔާގެ މޫނު ރަތް ވެއްޖެއެވެ.

އެހެންތިބި ދެމީހުން އަނެއްކާވެސް ސިހުނީ ޔޫމީން ދޮރު ހުޅުވާލިއަޑަށެވެ. “ހިހިހި.. މަންމަމެން އަންނާނެ އިރުކޮޅަކުން..ދެންމެ އައިސް އެދިޔައީ ބައްޕަ އާއެއްކޮން  އެބަ އަންނަމޭ ކިޔާފަ .. ޔޫ ގައިޒް ކޭން ކިސް އޭޒް މަޗް އޭޒް ޔޫ ވޯންޓް އަންޓިލް ދެން .. އައި ތިން ފިފްޓީން މިނެޓްސް … ދެން ކޮންޓިނު އޫއޫ..” ޔޫމީންގެ އަނގައިން ނުކުނަމުންދިޔަ ބަސްތައް ހުއްޓުވުމަށްޓަކައި ލިވިޔާ ސޯފާމަތިން ދެތިން ކުޝަން ނަގައިގެން ޔޫމީންގެ ގައިގާ ތަޅައިގަންނަން އުޅެންހެދުމުން ޔޫމީން ހިނިގަނޑެއް ބޭރުކޮށްލަމުން  ދޮރުޖަހާފައި ދުއްވައިގަތެވެ.

ޔޫމީން ދޮރު ޖަހާފާއި ދިޔުމުން އިޒާން ހެމުންހެމުން އައިސް ލިވިޔާގެ ގައިގާ ފަހަތުން ބައްދާލިއެވެ. “ލެޓްސް ކޮންޓިނިއު” ލަދުންގޮސް ލިވިޔާގެ ރަތްވެފައިވި މޫނައް ބަލައިލަމުން އެ އަތުގައި ހިފާ ލުއްކެއް ޖަހާލުމަށްފަހު އިޒާންއާއި ދިމާލަށް އަނބުރަލައި އޭނާ ، ލިވިޔާގެ މޫނާއި ދިމާލަށް ގުދުވެލިއެވެ.  ދެތިން މިނެޓްގެ ވަގުތު ކޮޅަކަށްފަހު އެމީހުން ދުރުވެލިއިރު ދެމީހުން ތުންފަތުގެ ކުލަ އިހުނައްވުރެން ވަނީ ގަދަވެފައެވެ.

“އަހަރެން ބުނީމެންނު ވާހަކަ އެއް ބުނަންވެފަ އެބަ އޮތޭ ކުރި ދުވަހު .. ހިނގާބަ އެ ވާހަކަ ދައްކަން” ލިވިޔާ އިޒާންގެ މޫނަށް ބަލާލަމުން ބުނެލިއެވެ. އިޒާން ބޯ ޖަހާލުމުން  ލިވިޔާ ބޭނުންވީ އޭނާ ފޮތް ކިޔަން އިންނަ އުދޯއްޔަށް ދިޔުމަށެވެ.

 

“ބަގީޗާގެ ތެރޭގައިވާ އުނދޯލީގައި ދެމީހުން ހަމަޖެހިލިއެވެ. ފިނި މޫސުމުގެ ދުވަސްތައް ކަމުގައިވާތީ ހޫނުމުސުމުގައި ހެދޭ ޒާތުގެ ގަސްތައް ވެސް ވަނީ ހަލާކު ވާން ފަށައިފައެވެ.  ” ކޮބާ .. މިއާދެވުނީއޭ.. ލިވީ ބުނަން އުޅުނު ވާހަކަ ބުނޭ..”  އުނދޯލީގައި އިށީނދެގެން އިން އިޒާން ލިވިޔާގެ އަތުގައި ހިފާލަމުން އަހާލިއެވެ. އެވަގުތު ލިވިޔާގެ މޫނުމަތިން ފެނިލީ ބިރުވެރިކަމެކެވެ. “ޒާން .. ޑިފީ ބަލަނީ އެހެން ގޮތަކަށް .. މަންމަ ކައިރީގައި ނުކެރޭނެ ބުނާކަށް..އެހާ އަވަހަށް ތެޅެން ފަށާނެ މަންމަމެން..ޑިފީ ހީވަނީ އަހަރެން ގައިގަ އަތްލަން އުޅޭހެން…ދެން ނޭނގެ ވަރަށް ފާޑަކަށް އޭނައުޅެނީ..އެއްފަހަރު ފައިގަ ޖަހާލަފާނެ އަނެއްފަހަރު އަތުގަ ހިފާލަފާނެ.. އިސްތަށިގަނޑަށް ވެސް ދަމާލަފާނެ… ދެން ޒާން އަށް ވެސް އިނގެއެންނު އެއީ  ކުރިން އަހަންނާ އެހާ ވާހަކަ ދެއްކި މީހެއް ނޫން ކަން   ” ލިވިޔާ ، އިޒާންގެ އަތުގައި ކުރިއަށްވުރެން ބާރަށް ހިފާލިއެވެ.

އެވަގުތު އިޒާންއަށް ލިވިޔާއާއި ދިމާލަށް ބަލައިލެވުނީ ކަންބޮޑުވެފައިވި ނަޒަރެއްދެމުންނެވެ. “ކީއްވެ .. ކީއްވެ ތި ވަހަކަ ނުބުނީ ކުރިން ..މީގެ މަންތް އެއް ހާ ކުރިން އަހަރެމެން ރިލޭޝަންޝިޕެއް ސްޓާޓް ކުރި ރޭ ވީ ޕްރޮމިސްޑް އީޗް އަދާ ނޮޓް ޓް ކީޕް އެނީތިން ސީކްރެޓް.. އެންމެ ދުވަހަކު އެހެން ހެދިޔަސް ބުނަން ޖެހޭނެ… އަހަރެންނަށް އެހީވެވޭނީ ވެސް ބުނީމައެންނު …” އިޒާން، ލިވިޔާގެގެ މޫނުގެ ދެފަރާތުން ހިފަހައްޓާލައިގެން އިނދެ ބުނެލިއެވެ.  އޭރު އޭނާގެ މޫނު މަތީގައިވަނީ ނުތަނަވަސްކަމެވެ. ” އޯކޭ ލިވީ .. އަހަރެން ބުނާހެން ވާނީ ދެން އުޅެން.. ކުޑަ މަންމަ ކައިރީގައި އަހަރެން ނުބުނާނަން.. ލިވީ އަށް ނޭނގޭ ކަންތައްތަކެއް އެބަހުރި.. އަހަރެން ފްރީ ވެލާފަ ކިޔައިދޭނަން.. އިންޝާ ﷲ.. ބަޓް އަހަރެން ބުނާގޮތައް ހަދާތި..” އިޒާން ، ލިވިޔާގެ ބޮލުގައި ފިރުމާލަމުން ބުނެލިއެވެ.  “..ޔެސް ޒާން ބުނާހެން ހަދާނީ .. ސޮރީ އިނގޭ .. ދެން އެހެނެއް ނުވާނެ ..” ލިވިޔާ މަޑުމަޑުން ބުނެލާފައި އިންތަނުން ތެދުވިއެވެ. އިޒާން އޭރު ލިވިޔާ އާއި ދިމާލަށް ބަލަހައްޓާއިގެން އިނެވެ. ލިވިޔާ މަޑުމަޑުން ކޮރާލައިފާ އިޒާންގެ ތުންފަތުގައި ބޮސްދިނެވެ.

 

 

***

އިޒާން ލިވިޔާއާއެކު ވަގުތު ކޮޅެއް ހޭދަކޮށްލުމަށްފަހު އޭނާ ދިރިއުޅޭ އެޕާޓްމަންޓަށްވަނީ ހޮސްޕިޓަލަށް ދިޔުމަށްޓަކައި ތައްޔާރުވެލުމަށެވެ. އެހުރިހާ އިރަކު އިޒާންގެ ސިކުނޑީގައި އެނބުރެމުންދިޔަ ލިޔާ ވާހަކަތަކެވެ. މިހުރިހާ ކަމެއް ވާ ދުވަސްކޮޅު ޔަޒަކް އެނާއަށް އެހީވާން ނެތުމުން އިޒާން ކުޑަކޮން ހިތައް ތަދުވިއެވެ.

އިޒާން ތައްޔާރުވެގެން ނުކުންއިރު ކައިވަން އާއި އަލާނިޔަލް އެކުއެކީގައި އައިސްވަނީ ވަރަށް މަޑުމަޑުން ކޮންމެވެސް ވާހަކައެއްދައްކަމުންނެވެ. އިޒާންއަށް ފާޑަކަށް ބަލައިލެވުނީ އެދެމީހުން މިއަދު މާ އެއްކޮން އުޅޭހެން ހީވުމުންނެވެ. އިޒާން ފެނުމާއެކުހެން ދެމީހުން ވާހަކަ ހުއްޓާލިއެވެ. ކައިވަން ހިނިތުންވުމެއް ރައްދުކޮށްލިއެވެ. އަލާނިޔަލް، އިޒާން އަށް ތަފާތު ގޮތަކަށް ބަލައިލިއެވެ.  އަލާނިޔަލް ބަލަހައްޓާގެން ހުރިގޮތުން އިޒާން އަށް ވެސް ބަލަހައްޓައިގެން ހުރެވުނީއެވެ. ވަރަށް ތަފާތު ބަލާލުމެވެ. ކޮންމެވެސް ވާހަކައެއް ބުނެދޭން އުޅޭ ކަހަލަ ނަޒަރެކެވެ. ނަމަވެސް އިސާހިތަކު މޫނު އަނެއްފަރާތައް ލަމުން އަލާނިޔަލް ދުރަށް ހިނގައިގަތެވެ. އިޒާން ހުރި އަލާނިޔަލްގެ އާދައިން ހިނގައިގަންނަން ނޭނގިފައެވެ.

“ބްރޯ.. ހޯދަންށޭ މިއައީ..ބިޒީތަ މިގަޑި..” ކައިވަން އަހައިލިއެވެ. އިޒާން ބުމަ ހިއްލާލީ ކިހިނެތްވީ ހޭ އަހާ ފަދައަކުންނެވެ. ” ހޯމް ވޯކްއެއް ހަދަން ނޭނގިގެން ..ދޮންބެ ބުނި މިކަމަށް އެންމެ މޮޅުވާނީ ބްރޯ ޔޯ.. “ކައިވަން ބުނެލިއެވެ. “ލަސްވާނެ ތަ މިރޭ އައިސް ހަދާލަ ދިނަސް .. މިއުޅޭނީ ހޮސްޕިޓަލް އަށް ދާންވެގެން..” އިޒާން އަތުކުރީގައި އަޅާފައިވާ ގަޑިއަށް ބަލާލަމުން އަހާލިއެވެ. ކައިވަން އެގޮތް ރަނގަޅުވާނެ ކަމަށް ބުނެލިއެވެ. “އޯކޭ ..ހަދާލާނަން އިންޝާ ﷲ… ޓީވީ ރެކް މަތީ ބާއްވާލަ…” އިޒާން ހިނގައިގަތީ މާ ލަސްވެދާނެހެން ހީވުމުންނެވެ.

***

“ކަލޭއަށް ކިޔައިދެވިއްޖެ ދޯ މިހާރު ކުރަން ވީ ކަންތައް…ފުރަތަމަ މަ ބުނިހެން އޭނައާ ކުރިޔަށްވުރެންވެސް ގާތްމީހަކަށްވެ  އެކުވެރިވޭ.. ދެންއެގެޔަށް ދާންފަށާ.. އޭރުން މިކަން ނިމޭނެ..  އިތުރު ދިހަ އިންޖެކްޝަން ކަލޭއަށް ލިބޭނެ ފުރަތަމަ ސްޓެޕް ނިމުނީމަ..މިޔާ ވިދިގެން ދެން އިންނަ ސްޓެޕް ނިމުނީމަ އަނެއްކާ ލިބޭނެ އިތުރު ދިހަ އިންޖެކްޝަން .. ކަލޭ ތި ނުލިބިގެން އުޅޭ ބާރުތައް ލިބޭނެ އޭރުން” ބޮޑު ހޮހަޅައެއްކަހަލަ ތަނެއްގެ މެދުގައި ކަޅުކުލައިގެ ފަސް ކަނެއް ލާފައި އެތެރެއަށް ފުޅާކޮން އިން ގޮނޑިއެއްގައި  އިން ކެރާ ދިޔައީ އޭނާގެ ކުރިމަތީގަ ހުރި ޒުވާން ފިރިހެން މީހާއަށް ކުރަންވީ ކަންތައް ކިޔާ ދެމުންނެވެ. ކަޅު ކުލައިގެ ޓީޝާޓެއްގެ މަތިން މަޑު އަޅިކުލައިގެ ލެދާރ ޖެކެޓެއް ލައިގެން ހުރިއިރު އޭގެ ހުޑުބައިވަނީ ބޮލަށް މަހާލާފައެވެ.

ކެރާ ކިޔާނެ އެއްޗެއް ކިޔާނިމުމުން އޭނާ މިސްރާބް ޖެހީ އެތަނުން ނުކުންނާށެވެ. އޭރު ކެރާ ނުބައި ވައްތަރަކަށް ހިނިއައިސްފާއިނެވެ. “އަހަރެންގެ މަގްސަދަށް ހުރަސް އެޅީތީ ދެން ބަލާ ވާގޮތް ..އަލާނިޔަލް ..އިޒާން .. ލިވިޔާ .. ބޫމްމް” އަތުގައި އޮތް  ބިޑި އަނގަޔަށް ލާ ދުންގަނޑެއް ބޭރުކޮށްލަމުން ދެން އޮތް އަތުން އިށީންދެގެން ހުރި ގޮނޑީގައި ގައިހުރި ބާރެއްލާފައި ޖަހާލިއެވެ. އެހިނދު ބިންގަނޑުވެސް ދިޔައީ ގުޑައިގެންނެވެ.

***

މިލާން ހޮސްޕިޓަލްގައި އޮންނަތާ ތިންދުވަސް ވުމުން ޔާސިރް، އައްޒާމް އާއި މަޝްވަރާ ކުރުމަށްފަހު މިލާން ގެޔަށް ބަދަލް ކުރަން ނިންމިއެވެ. އިތުރު ފަރުވާތައް ކުރުމަށް ނިންމީ ގޭގައެވެ.

އެދުވަހުގެ ހަވީރު ފަހެއް ޖަހަނިކޮން މިލާންގެޔަށް ގެންދިޔައީ އިޒާންގެ ކާރުގައެވެ. އެމްބިއުލޭންސްގައި އައުމުން ގޭގެ އެންމެނަށް އިނގިދާނެތީ ޔާސިރް އާއި އިޒާން ނިންމީ އެގޮތައް ހެދުމަށެވެ.  އިޒާންމެންގެ ގޭގެ ނުވަ ވަނަ ފަންގިފިލާ މިލާންއަށްވަނީ  ހާއްސަކުރެވިފައެވެ.

“ކިހިނެތް އަހަރެންގެ ހުރިހާ އެއްޗެއް ގެނައީ .. ” މިލާންއަށް ހާއްސަކޮށްފައިވާ ކޮޓާރީގައި އޭނާގެ ގޭގައި ހުރި  އޭނާގެ ހުރިހާ އެއްޗެއް ގެނެސް އެ އެއްޗެއް ހުންނަން ވީ ތަންތާގައި ވަރަށް ތަރުތީބުން ބަހައްޓާފައި ހުއްޓެވެ. “ނިއަލް އާ އަހަރެން… ދެން އަހަރެން ޖީއެފް ތިހުރީ ތި އެއްޗިސް ތަންތަނަށް ލާފަ.. އާންން.. ހަނދާން ނެތިފައޭ.. މިއޮތީ ތިގޭގެ ނިއު ކީ… އަހަރެން ހުންނާނެ ތިގޭ ހުރިހާ ތާކުހުރި ދޮރުތަކާ ތަޅުތައް ބަދަލް ކޮށްފަ.. ޓެރެސް ވެސް ބެލްކޮނި ވެސް ބަންދުކޮށްފަ އިންނާނީ.. ޑޯންޓް ވޮރީ ވަގަކަށްވެސް ނުވަދެވޭނެ.. ” އެއްލޯ މަރާލަމުން އެއް ނޭވާ އިން ހުރިހާ އެއްޗެއް އިޒާން ކިޔާލުމުން މިލާން ގާތައް ހިނިއައެވެ. ” ތޭންކިއު ސޯ މަޗް ” މިލާން ޝުކުރު އަދާކުރުމުން އިޒާން ވެސް ހީލިއެވެ. އެހިނދު ބެލް ޖަހާލި އަޑުއިވުނެވެ. “އައި ގެސް ޝީ އިޒް ހިޔާ” ހިނި އައިސްފަ ހުރެ އިޒާން ދޮރު ހުޅުވާލި އިރު   ހޫޑީ އަޅައިގެން ހުރި އަންހެން ކުއްޖެއް ވައި ރޯޅިއެއްހާ ބާރުމިނުގައި އެތެރެއަށް ވަނެވެ. މިލާން އަށް ހަޅޭއްލަވައިގަނެވުނީ އެ އަންހެންކުއްޖާ ވަންލެއް ބާރުކަމުންނެވެ.

ލިވިޔާ އަޅާއިގެން ހުރި ހުޑު ތިރިކޮށްލަމުން އިޒާންއަށް ކަޅި އަޅާއިގަތެވެ. “ސިއްރުން އަންނަން ބުނީމަ މީހަކަށް ސިއްރުން  އާދެވޭނީ ދެން މިހާ ވަރަށް އިނގޭ..ކިރިޔާ ކައި އަށް ބަސްޓް ނުވީ..އޭމް އައި ޕްލެއިން ހައިޑް އެންޑް ސީކް ” ލިވިޔާއަށް އަނގަޔަށް ވައްތަރެއް ޖައްސާލެވުނެވެ. އިޒާންއަށް ހޭންފެށުނީ ލިވިޔާ އަނގަޔަށް ޖައްސާލި ވައްތަރުންނެވެ.  އޭނާއަށް ވީލްޗެއާރ އެއް ގައި އިން މިލާން ފެނުނީ އެވަގުތުއެވެ.. “ހާއީ.. ވެލްކަމް ގާލް” އުފާވެރިގޮތަކަށް ހީލަމުން މިލާންގެ އަތުގައި މަޑުމަޑުން ލިވިޔާ އަތްޖައްސާލިއެވެ. މިލާން އިން ހާލުން ލިވިޔާއަށް މިލާންގެ ގައިގާ ތަދުވެދާނެކަމުގެ ބިރަށް މާ ބޮޑެއްކޮން އަތްލާކަށް ނުކެރުނެވެ. “ހާއި.. ލިވިޔާ ދޯ.. އަހަރެން ކިޔާނީ ލިވީ.. ޒާންބެ  ކިޔާހެން..” މިލާން ހިތްހެޔޮތަކަށް ހީލިއެވެ. އިސާހިތަކު ދެމީހުން ގާތް މިތުރުންނަށް ވިއެވެ.

އިޒާން އަށް ބޯ ކަހާލެވުނީ އޭނާ އިންކަން އެދެމީހުންނަށް ރެއަކާނުލާހެން ހީވުމުންނެވެ.

**

ދުވަސްތައް ފާއިތުވަމުން ގޮސް މިލާން ގެޔަށް ދޫކޮށްލިފަހުން ދެ މަސްވިއެވެ. އަދިވެސް އައްޒާމް އާއި ޔާސިރް އާއި އިޒާން އަދި ލިވިޔާ ފިޔަވައި އެއްވެސް މީހަކަށް މިލާންގެ ހަބަރެއް ނޭނގެއެވެ. ޔާސިރް ވަނީ އެވާހަކަ އައްޒާމް ގާތު ބުނެފައެވެ. އެމީހުންނަށް ނޭނގުނު ކަމަކީ މިލާންގެ ހުރިހާ ކަމެއް އަލާނިޔަލް ބަލަމުންދިޔަކަމެވެ.

 

އެ ހާދިސާއަށް ދެ މަސްވެގެން ދިޔައިރު މިލާންގެ ހަށިގަނޑުގައި ލެވިފައިވި ޒަހަމްތައް ހީކުރިވަރަށްވުރެން އަވަހަށް ދިޔައީ ފަސޭހަވަމުންނެވެ. ކަނާއަތުގައި އަދި ދެފައިގައި  އަޅާފައި ހުރި ޕްލާސްޓާރ ތައް ނަގާފައި ހުރިއިރު މިހާރު ކުޑަކޮން ހިނގާ އުޅެވެއެވެ. ނަމަވެސް ވައަތުގައި ޕްލާސްޓާ އަޅާފައިވެއެވެ. އޭނާ އަށް އެންމެ ބޮޑަށް ގެއްލުން ވެސް ލިބިފައިވަނީ އެއަތަށެވެ.

މިލާންއަށް އިޒާންއާއި ލިވިޔާގެ ފަރާތުން ލިބޭ ގާތްކަމުގެ ސަބަބުން އޭނާ ހުންނަނީ ނުހަނު އުފާވެފައެވެ. އިޒާންގެ ރަނގަޅު ކަމުން މިލާންއަށް އިޙްސާސް ކުރެވެނީ އަމިއްލަ ބޭބެ އެއްފަދައިންނެވެ. ނަމަވެސް އަމިއްލަ މައިންބަފައިންގެ މަތިން ހަނދާންވެ ނުރޮވޭ ދުވަހެއް ނާދެއެވެ.

އަލާނިޔަލް އާއި އެއްގެ އެއްގައި އުޅެ އަލާނިޔަލްއަށް ނުފެނި އުޅެން ޖެހުމުން އެހިތް ތާ އަބަދު ކަރުނައޮއްސައެވެ.

***

“ވަޓް..” އެނދުގައި އޮތް އިޒާން އަށް ގުޑުވާލަން ވެސް ނޭނގިފައި ހުރީ ނިޔަލް ދިން ހަބަރަކުންނެވެ. “ކިހިނެތް ނިޔަލް އަށް އެނގުނީ ..”އިޒާން އަހައިލީ ފޯނުން ވާހަކަ ދައްކަމުންދިޔަ ނިޔަލް ގާތުގައެވެ. “އަހަރެންގެ ގާތް އެކުވެރިއެއް އޭނާގެ އަތްދަށުގައިވޭ ..ދެން ވެސް ލަސްނުކޮން ދޭބަލަ… އަހަރެންގެ އެ ފްރެންޑް ދެންމެ މަ ކައިރިގަ ބުނީ.. އޭނާ ވެސް އެހުންނަނީ އެމީހުން ގާތުން ސަލާމަތް ނުވެވިފަ..” ނިޔަލް ބުނެލިއެވެ. ހަލުވިކޮން އެނދުން ފައިބަމުން އެންމެ އަވަހަށް އިޒާން އަތުޖެހުނު ޓީޝާޓް ގަޔަށް މަހާލައިގެން ނުކުންނަން ދިޔައެވެ. އޭރު އެ ވަގުތުވީ ޑައިނިން ރޫމުގައި އުޅެފައި އަލާނިޔަލް ނުކުން ވަގުތު ކަމުން އިޒާން ބާރުބާރަށް ނުކުންތަން ފެނުނެވެ. އަލާނިޔަލްއަށް ނިއް އަރުވާލެވުނީ އިޒާން އެހެންޏާ އެހެން ނުދާތީއެވެ. އޭނާ ވެސް އިޒާންއަށް ނޭނގޭނޭ ހެން އިޒާންގެ ފަހަތުން ދިޔައެވެ.

***

އިޒާން އެންމެ ފުރަތަމަވެސް ގޮސް ލިވިޔާ މެންގެ ބަޔަށް އެރިއެވެ. ސިކުންތެއްގެ ތެރޭގައި އެޕާޓްމެންޓްގެ ކޯޑް ޖަޙާލައިގެން ވަންއިރު އެކަކު ވެސް ފެންނަން ނެތީ ކާކުގެ ނަސީބެއް ކަމެއް ނޭނގެއެވެ. ލިވިޔާގެ ކޮޓަރީގައި ޓަކި ޖެހުމެއް ނެތި އެތެރެއަށް ވަންއިރު ލެޕްޓޮޕް ހުޅުވާލައިގެން ފިލާވަޅެއް ނިންމަން ލިވިޔާ  އިނެވެ. ކުއްލިޔަކަށް އިޒާން ފެނުމުން ސިއްސައިގެން ގޮސް އަޑެއްވެސް ލިވިޔާއަށް ލައްވާލެވުނެވެ. އޭނާ އިޒާން ގާތުގައި އައިސް ހުއްޓިލިއެވެ

“ޒާން.” ލިވިޔާއަށް ވަރަށް މަޑުމަޑުން ބުނެލެވުނެވެ. ލިވިޔާ އަށް އިތުރު އެއްޗެއް ބުނެލެވެން ވާއިރަށް އިޒާން ލިވިޔާގެ ގައިގާ ބައްދާލުމަށްފަހު ދުރުވެލިއެވެ. “ލެޓްސް ގޯ .. ނޯ މޯ ކުއެޝަންސް” ލިވިޔާއަށް އިތުރު އެއްޗެއް ބުނެވުމުގެ ކުރިން އިޒާން ލިވިޔާ ގޮވާގެން ބާރު ހިނގުމެއްގައި އެރީ މިލާންގެ އެޕާޓްމަންޓާށެވެ.  ލިވިޔާއަށް މި ވާނުވާ ނޭނގޭތީ ހުރީ ހައިރާން ކަމެއްގެ ތެރޭގައެވެ.

****

ވިސްނުމަކަށް ގެއްލިފައި، ކޮޓަރީގެ ކުޑަދޮރު ކައިރީގައި ބޭރަށް ނަޒަރު ހިންގާލަ ހިންގާލާ ހުރި މިލާންއަށް ސިހުމެއް ލިބުނީ ދޮރުގައި ޓަކި ދޭ އަޑަށެވެ. އަތުގައި އޮތް ގަޑިއަށް ބަލާލައިލި އިރު މެންދަމު އަނބުރާ އެކެއް ޖަހަނީއެވެ. ނިއް އަރުވާލެވުނީ މިހާ ލަސްވީމާ އައީ ކާކު ބާއޭ ހިތައް އަރާފައެވެ. އިޒާންއަށް ނޫނީ އެފްލޯގެ ކޯޑް ނޭނގޭނެ ކަން އިނގޭތީ ހަމަޖެހުނެވެ.   “ވަދޭ ..” ދެލޮލުން އައިސްފައި ހުރި ކަރުނަތައް  ފުހެލަމުން މިލާން ގޮވާލިއެވެ. އެހިނދު އެތެރެއަށް ވަނީ އިޒާންއާއި ލިވިޔާ އެވެ. އިޒާން މޫނު ހުރިގޮތުން އެއައީ ކޮންމެވެސް ވާހަކަ އެއް ދައްކަން ހެން ހީވިއެވެ.

“..އިށީންދޭ… ކަމަކުތަ “އެނދާއި ގާތުގައި ހުރި ސޯފާގައި އިށީންދެލަމުން މިލާން ބުނެލިއެވެ. އިޒާން ކޮޓަރިގެ ކޮންމެ ކަނަކަށް ނަޒަރެއް ދެމުން އިށީނެވެ.

” އާނ..ކަމަކު.. މަބުނީމެންނު ވާހަކަ އެއް ބުނާނަނަމޭ ..އެއި” އިޒާންގެ ވާހަކަ ނުނިމެނީސް ދެ އަންހެން ކުދިންނަށް ސިހުމެއް ލިބުނީ މިލާންގެ ކޮޓަރީގެ  ބިއްލޫރި ގަނޑު ތަޅާއިގެންދިޔަ އަޑުންނެވެ. އަޑުން އަޑުނަގާ ދެ އަންހެންކުދިން ހަޅޭއްލަވައިގަތެވެ.

އިޒާންހީވީ އެފަދަ ކަމަކަށް މާ ކުރިން ތައްޔާރުވެފައި ހުރި ހެންނެވެ. ފުންމައިގެން ތެދުވެ މިލާން އާއި ލިވިޔާ އޭނާގެ ފަހަތައް ލިއެވެ. “ސްޓޭންޑް ބެކް …”

އެވަގުތު  ތަޅާއިގެން ދިޔަ ބިއްލޫރި ގަނޑުގެ ތެރެއިން އެ ކޮޓަރި ތެރެއަށް ދެމިގަތީ އެދެމީހުންނެވެ. މިލާން އަކަށް ނޯޅޭނެއެވެ. މިލާންގެ މައިންބަފައިން އޭނާއާއި ވަކިކުރި ދެމީހުންނެވެ. ކަކުލާއި ހަމަޔަށް އަރާ ކަޅުކުލައިގެ ޖެކެޓްތަކުގައިއެވެ. އެ ޖެކެޓް ތަކުގެ ހުޑް ބައިން މޫނު ނިވާ ކޮށްފައި ހުރިއިރު ކަޅުކުލައިގެ މާސްކް ވަނީ އަޅާފައެވެ.  އެތަނުން އެކަކު ކަޅުކުލައިގެ ގަމީހެއް އެތެރެއިން ލާފައި ހުރި އިރު އަނެއްމީހާ ހުރީ ކަޅޫކުލައިގެ ހޫޑީ އެއްލާފައެވެ. މިލާންއަށް ހަމަލާދިންދުވަހު ވެސް އެމީހުން އައިސް ހުރީ ހަމަ އެހެންނެވެ. މިލާންގެ ލޭ ކެކިގެންދިޔައެވެ. އަމިއްލަ މީހާ ހުރި ހާލަތު ހަނދާން ނައްތާލާ އިޒާންގެ އަތްފޮޅުވާލުމަށްފަހު މިލާން ގޮސް އެތަނުން ކަޅު ހޫޑީ ލައިފަ ހުރި މީޙާއާއި ދިމާލަށް ދުއްވައިގަތެވެ. މިލާންގެ އެ އަމަލުން ޝޮކް ޖެހިފައި ތިބި ލިވިޔާ އާއި އިޒާން ހަމަހޭވެރިކަން ވީ މިލާންގެ ހަޅޭކްގެ އަޑުންނެވެ.

އިސާހިތަކު އެތަނައް ބުރައިގެން ދިޔަ  ކަޅު ލޭތަކާއި އެކު ފަހަތުން އައި މީހަކު މިލާންގެ އަތުގައި ހިފައި ދަމައިގަން އިރު އެތަނައް ވެއްޓިގެންދިޔައީ މީހެއްގެ ފުރާނަ ނެތް މަސްގަނޑެވެ.

****

(ނުނިމޭ)

 

 

 

26

11 Comments

 1. cinnamon mania

  May 17, 2021 at 10:28 pm

  Oh my 😥😥😰😰😰 what’s going on… Nial is villain I think .. eyna ah kihineh baa kuhliyakh izaan ah kiyaadheyn eguny 🥺🥺

  Masha Allah soo reethi mi part vx… Soo solo reethi😍😍❤️❤️
  Alheyy I’m so curious..when next 🥺🥺❤️❤️ craving for the next part😭😭😭 avahah up kohlahchey❤️❤️❤️

 2. Annora

  May 17, 2021 at 10:32 pm

  salaam here is the 28th part .. im so sorry mi part las vi kamahtakaa.. dn inna part wednesday ge kurin insha allah kiyaalan libeyne… sauguverikamA eku mi part kiyaane kamah unmeedhu kuran dear all readers… stay safe & stay home all of you

  • Annora

   May 18, 2021 at 3:04 pm

   sorry friday ge kurin **

 3. cinnamon mania

  May 17, 2021 at 10:37 pm

  Woahhh amazing .. foohi nuvey ethah faharaku mi story kiyaa kiyaa vx ..it amazing dear😭😭😭😍❤️❤️❤️

  • Annora

   May 18, 2021 at 3:07 pm

   awllheyyy ❤️❤️ v happy vehje dear ge comment feifa ❤️❤️❤️thankyewww alott dear❤️❤️❤️

 4. Rainberry

  May 18, 2021 at 9:45 am

  Vvvvvv nice. Love it Annora. Keep it up. Just one problem. U upload a little bit late. ❤️❤️❤️😀

  • Annora

   May 18, 2021 at 3:06 pm

   awnnn thank yewww dear ❤️❤️❤️ heheh yes yes kudakon las v dw mifaharu.. next part insha allah soon .. keep waiting dear ❤️❤️❤️

 5. Maash

  May 18, 2021 at 10:07 am

  Varah reethi Maasha Allah Mi part ves😘😘😘. Kaaku baa maruv anehkaa milaan ge mamma aa bappa tha so sad. Mi part las viyas dhigukoh genes dhineyma varah ufaa vejje😁😁😁😁. Wht is goin to heppen next🤔🤔🤔. Waiting for the next part curiously 😘😘😘
  Stay safe🙂
  Tc🙂

  • Annora

   May 18, 2021 at 3:09 pm

   thank youuu soo sooo muchhhh maash ❤️❤️ hehe lets see dw kaaku thw maruvany ❤️❤️next prt insha allah soon ❤️❤️❤️❤️ stay safe dear n stay home❤️❤️❤️

 6. nonamewriter

  May 19, 2021 at 7:40 am

  It was literally so sad 😭😭 I love this story sooo much ❤️❤️🥺🥺😭😭

  • Annora

   May 19, 2021 at 5:44 pm

   awnnn dear 💖 v happy vehje mi cmnt kiyaafa 💖💖💖next part vx kiyaalahchey dear thihaa intrest r ekkn 💖💖💖

Comments are closed.