އިންތިޒާރު 1
ހަވީރުގެ އެންމެ ހިތްފަސޭހަ ވަގުތެވެ. އާދައިގެ ވަރަކަށް ވައިޖެހެއެވެ. ގޮނޑުދޮށަށް ޖަހަމުންދާ ރާޅުން ތަނުގައި މަޑުމަޑު މިޔުޒިކެއްގެ އަޑު އުފައްދާލާފައި ވެއެވެ. މޫދާ ދިމާލަށް ތިރިވެލައިފައި އޮތް ރުކެއްގެ މަތީ އިށީނދެލައިގެން ދީނާ ފުން ޚިޔާލެއްގެ ތެރެއަށް ގެއްލިފައި އިނެވެ. ދީނާ ވިސްނަމުން ދިޔައީ ދީނާގެ މާޒީއާއި ދޭތެރޭގައެވެ. ދީނާގެ މޫނުމައްޗައް ވެރިވެފައިވަނީ މާޔޫސްކަމެވެ. ދީނާ އޭނާގެ މާޒީގެ ތެރެއަށް ގެއްލިފައި އިންދާ އޭނާއަށް ކުއްލި ސިހުމެއްލިބުނީ އޭނާގެ އެންމެ ގާތް އެކުވެރިޔާ ލަމްޙާ އަހިސް ދިނާގެ މޫނުމަތީގައި އަތްއެޅުމުންނެވެ.
ސާބަސް! ކޮންޚިޔާލެއްގެ ތެރެއަށް ގެއްލިފައިތަ ތިއިނީ؟ ލަމްޙާ ލާނެތް ހިނިތުންވުމަކާއި އެކު ބުންޏެވެ. އެއްވެސްކަމަކާއި ނުވިސްނަން ދީނާ ބުންޏެވެ. ކަމަކާއި ނުވިސްނާ ނަމަ ލޮލުން ތިފާބަނީ ކޮންކަރުނައެއް؟ ލަމްޙާ ސުވާލު ކުރިއެވެ. ވާހަކަ އިތުރަށް ދައްކަން ބޭނުންނުވާތީ ދީނާ ވާހަކަ ބަދަލު ކޮށްލުމުގެ ގޮތުން ގެޔަށް ދާން ހިނގާށޭ ބުނަމުން ތެދުވިއެވެ. އަދި ލޮލުން ފައިބަމުން ދިޔަ ކަރުނަތައް ފުހެލަމުން ހިނގާގަތެވެ. ލަމްޙާވެސް އިތުރު އެއްޗެއްނުބުނެ ދީނާ އާއި އެކު ގެޔަށްދާން މިސްރާބު ޖެހިއެވެ.
އިރު އެއާއި ހަވާލު ކުރެވިފައިވާ މަސައްކަތް ނިންމާލުމަށްފަހު ދިޔުމުން އަނދިރިކަން ވެރިވެއްޖެއެވެ. ދީނާ އާއި ލަމްޙާ އައިމަގުމަތީގައި އެއްވެސް ވާހަކައެއް ނުދައްކައެވެ. ލަމްޙާގެ ގެޔާއި ހަމަވުމުން، އަހަރެން ދަނީއޭ ބުނުމަށްފަހު ލަމްޙާ ގެއަށް ލަމްޙާ ވަނެވެ. އާނ، މިހާރު މަންމަވެސް ހޯދައިނެ، މިހެން ބުނުމަށްފަހު ދީނާވެސް ދީނާގެ ގެއާއި ދިމާއަށް ހިނގައިގަތެވެ.
ހަފީޒާ ބަދިގެތެރޭގައި ހުރި މަސައްކަތްތައް ނިންމާލުމަށްފަހު ސިޓިންގރޫމް ގައިހުރި ސޯފާގައި އިށީނދެލިއެވެ. ހަފީޒާގެ ފިރިމީހާ ހަސަން މަނިކުގެ އިންތިޒާރުގައި ސޯފާގައި އިންދާ ހަސަން މަނިކު އަހިސް ގެޔަށް ވަނެވެ. މި ދެމަފިރިންގެ ހަމަ އެކަނި ހުރި ދަރިޔަކީ ދީމާއެވެ. މިދެމަފިރިންގެ ހުރިހާ އުއްމީދުތަކެއް ގުޅިފައިވަނީ ދީނާ އާއިއެވެ. މިހެންވުމުން ދީނާ އަށް ރަނގަޅު ތަޢުލީމަކާއި ތަރުބިއްޔަތެއް ދިނުމަށްޓަކައި މިދެމަފިރިން ކެނޑިނޭޅި މަސައްކަތް ކުރިއެވެ. ކޮބާ ދީނާ އަދިވެސް ނާދޭތަ؟ މިހާރު ގަޑިން އެހަރަ ހަގަޑި ބައިވީ. މެހެން ބުނެލުމަށްފަހު ހަސަންމަނިކު ވެސް ސޯފާގައި އިށީނެވެ. ހަމަ އެވަގުތު ދީނާވެސް އަހިސް ގެއަށްވަނެވެ.
ދަރިފުޅާ ދީނާ. މިތާ އިށީނދެބަލަ. ހަފީޒާ ދީނާ އަށް ގޮވާލުމަށްފަހު ބުންޔެވެ. ކަންނެތް ހިނގުމެއްގައި ދީނާ އަހިސް މަންމަ ގާތު އިށީނެވެ. ދަރިފުޅާ ދީނާ، ދަރިފުޅަށް ރަނގަޅު ޒަވާޖީ ޚަޔާތެއް ހޯދައިދޭން މަންމަ އާއި ބައްޕަ ބޭނުން. އެގޮތުން ވީ އެންމެ އަވަހަކަށް ދަރިފުޅުގެ ކައިވެނި ބައްޕަގެ އެންމެ ގާތް އެކުވެރިޔާގެ ދަރިފުޅު އައިމަން އާއި ކުރަން ބައްޕައާއި މަންމަ ނިންމާފިން. ހަފީޒާ ވަރަށް ލޯތްބާއި އެކު ދިމާ އަށް ބަލަހައްޓައިގެން އިނދެ ބުނެލިއެވެ. ނަމަވެސް ދީނާގެ މޫނުމައްޗަށް ވެރިވީ މާޔޫސް ކަމާއި ބިރުވެރިކަމެވ.ެ ދީނާ އެއްވެސް ޖަވާބެއް ނުދީ ތެދުވެގެން ގޮސް ކޮޓަރިޔަށް ވަނެވެ.
މެންދަމުގެ ހަމަހިމޭން ވަގުތެވެ. ދިނާގެ ލޮލުގައި ނިދީގެ އަސަރެއްވެސް ނެތެވެ. ދީނާގެ ލޮލުން ހިފެހެއްޓުމެއްނެތި ކަރުނަފައިބަމުން ދެއެވެ. ބުނާނެ އެއްޗެއް ހަދާނެ ގޮތެއް ދީނާ އަކަށް ނުވިސްނެއެވެ. ދީނާގެ ކުރިމަތީގައި މިވަނީ ނާމާންކަން ވަށާލާފައެވެ. ދީނާގެ މާޒީއާއި ދޭތެރޭ ވިސްނިފައި ހިތްބިރުގަންނަނީއެވެ. އެހެންނަމަވެސް ދީނާ އަކީ ދުވަހަކުވެސް ދީނާގެ މައިންބަފައިންނާ ދެކޮޅަށް އެއްޗެއް ބުނި ކުއްޖެއް ނޫނެވެ. މައިންބަފައިންގެ ކޮންމެ އެދުމަކަށްވެސް ކިޔަމަންތެރިކަމާއި އެކީ ބޯލަނބާ ކުއްޖެކެވެ. މިކަހަލަ ވިސްނުނަތަކެއްގައި އޮށްވާ ދީނާ އަށް ނިދިއްޖެއެވެ. އޭރު ގަޑިން ދޭއްޖެހީއެވެ.
އިރު އޭގެ ޒިންމާގެ މަތިން ހަނދާން ނައްތައެއް ނުލައެވެ. އާ ދުވަހަކަށް އިރު އަރާ އޭގެ ޒިންމާ އަދާކުރަންފެށިއެވެ. ދީނާ އަށް ހޭލެވުނީ ފޯން ރިންގްވާ އަޑަށެވެ. ކަންނެތްކަމާއި އެކު ފަރުވާ ކުޑަ ގޮތަކަށް ފޯނު ނަގާ ހެލޯ އޭ ބުނެލިއެވެ. “ގުޑްމޯރނިންގ ދީނާ” މިއަދު އޮފީހަށްވެސް ނާންނަނީތަ؟ ލަމްޚާ ސުވާލު ކުރިއެވެ. ދީނާ އޮފީސް މަތިން ހަނދާންވީ ލަމްޚާ އެހެން ބުނީމައެވެ. އަވަސް އަވަހަށް ފާޚާނާއަށް ވަދެ ފެންވެރުމަށްފަހު ތައްޔާރު ވެލައިގެން ދީނާ ގެއިން ނިކުތެވެ.
މެންދުރުގެ އެންމެ އަވިބާރު ވަގުތެވެ. ދީނާ އާއި ލަމްޚާ އެކުގައި ގެޔަށް ދިއުމަށް ހިނގާގަތެވެ. ދީނާ ކިހިނެއްވެފަތަ ތިހުންނަނީ؟ ދީނާގެ މޫނުމަތިން މާޔޫސްކަންނޫން އެހެންކަމެއް ނުފެނެ. ލަމްޚާ ވަރަށް އޯގައިތެރި ކަމާއި އެކު އަހާލިއެވެ. އަހަރެންގެ ބައްޕަގެ އެންމެ ގާތް އުކުރިޔާގެ ދަރިފުޅު އައިމަން އާ އަހަރެންގެ ކައިވެނި ބައްޕަ ހަމަޖައްސާފި.މިއަންނަ ހަފްތާ ކައިވެނި ކުރަން ވަނީ ނިންމާފަ. މެހެންބުނިތަނާ ދީނާ އަށް ރޮވެން ފެށިއެވެ. ދެރަ ނުވޭ ދީނާ. އިރާދަކުރެއްވިއްޔާ ހުރިހާކަމެއްވެސް ރަނގަޅުވާނެ. ލަމްޚާ ވަރަށް ލޯތްބާއިއެކު ދީނާ އަށް ހިތްވަރު ދިނެވެ.
އިރުކޮޅެއްފަހެވެ. ދީނާ ގެއަށް އައިސްވަނުމުން، ދަރިފުޅާ މިރޭ ބާޒާރުކޮށްލަން ދާން ވާނެ. ކައިވެންޔަށް ދަރިފުޅު ބޭނުންވާ ބައެއް އެއްޗެހި ގަންނަން ވެސްޖެހޭނެއްނު. ހަފީޒާ ވަރަށް ލޯބިން ބުންޔެވެ. ނަމަވެސް މިވާހަކަވީ ދީނާގެ މާޔޫސްކަން އިތުރުކޮށްލި ވާހަކައަކަށެވެ.
އޮފީސް ނިންމާލުމަށްފަހު އައިމަން އައިސް ގެއަށްވަނެވެ. އެއިރު އައިމަންގެ ބައްޕަ އުނދޯލީގައި ހެއްލާލަ ހެއްލާލައި ވަރަށް ހަމަޖެހިލައިގެން ދުފަން އިނެވެ. ދަރިފުޅުގެ މޫނުމަތިން ބައްޕައަށް މިހާރު ފެންނަނީ ހަމަޖެހުމުގެ ކުލަވަރު. އެކަމާ ބައްޕަ ވަރަށް އުފަލުން މިހުންނަނީ. ލައްބަ ބައްޕާ ކުރެވެން މިއުޅޭ ކައިވެންޔާ ދޭތެރޭ ވިސްނިފައި އުފާވަނީ. ހިނިތުން ވެލަމުން އައިމަން ބައްޕައަށް ޖަވާބު ދިނެވެ.
ޖެހިގެން އައި ހޯމަވިލޭރެއެވެެ. ރަށު ސުކޫލްވަނީ އެކި ކުލައިގެ ބޮކިތަކުން ދިއްލާ ޒީނަތްތެރި ކޮށްފައެވެ. މުޅި މާޙައުލަށްވަނީ އުފާވެރިކަން ވެރިވެފައެވެ. ހަފީޒާގެ ދެފަރިންނާއި ވަހީދުގެ މޫނުމަތިން ފެންނަނީ އުފާވެރިކަމެވެ. އައިމަން ވެސް ހުރީ ވަރަށް އުފަލުންނެވެ. އައިމަން ދެކެމުން އައި ހުވަފެން ހަޤީގަތަކަށް ވާތީއެވެ. ދީމާ ގެ މޫނުމަތިން ހިނިތުންވުމެއް ފެންނަން ހުރިކަމުގައި ވިޔަސް ދީމާގެ ހިތުތެރޭގައިވާ މާޔޫސް ކަމާއި ބިރުވެރިކަން އެކަކަށްވެސް އިޙުސާސް އެއްނުކުރެވެއެވެ.
*******
ދެވަނަބަޔަށް އިންތިޒާރުކޮށްލައްވާ!
2 Comments!
Comments are closed.


V reethi vhk eh konirakun aneh part ? And stay safe ☺️
shukuriyya v bodah. insha allah konme hoama (Monday) dhuvahaku.