
ނަފްރަތުން ވެވުނު ލޯބި 11
ވާހަކަ އަޕްލޯޑު ނުކޮއް ގިނަދުވަސް ވުމުން ކިޔުންތެރިންގެ ފަރާތުން ނިހާޔަތަށް މަޢާފަން އެދެން. އިރާދަ ކުރެއްވިއްޔާ ކޮންމެ ދުވަހަކު ވެސް ބައެއް އަޕްލޯޑް ކުރެވޭތޯ މަސައްކަތް ކުރާނަން.
އާ ދުވަހަކަށް އިރު އެރީ މާޝާއަށާއި މިޝަލް އަށް އާ ހަޔާތެއް ފަށަން އެޅުނު ފުރަތަމަ ބިންގަލަށެވެ. 9 ޖެހި އިރު ފައިހާ ނޫން އެންމެން ވެސް ތިބީ ފުރަން އެއާޕޯޓު ތެރޭގައި ޗެކިނާ ކޮއްގެނެވެ. ފައިހާގެ ހަބަރެއް ނުވެގެން އިރު ކޮޅަކު އެހެން ތިއްބާ މާޝާގެ ގައިގާ މީހަކު ޖެހި ވެއްޓުނެވެ. އިޒާން އާއި އަޒާން ހާސް ވެފައި އެދިމާ އަށް ދާން ދުއްވައިގަތެވެ.
*****************************
“ސާބަހޭ އަހަރެން ކަހާލީއޭ ” އަޒާން އާއި އިޒާން ފައިހާ އާއި އަރާ ހަމަ ވާންވާއިރަށް ހަމަ ޖެހިލާފައި ވާހަކަ ދެއްކިއެވެ. އެވަގުތު އަޒާން އަށާއި އިޒާން އަށް ހަމަ ޖެހުމުގެ ނޭވާއެއް ލެވުނެވެ. ” މި ކާކު؟ ” ސުވާލުން ފުރިފައިހުރި އަޒާން މާޝާ އާއި ސުވާލު ކުރިއެވެ. ” އޯ ސޮރީ އަދި އިންޓްރޯ ކޮއް ނުދެވޭދޯ. ދިސް އިޒް މައި ބޯއީ ފްރެންޑް.” މިޝަލްގެ އަތުގައި ހިފާލަމުން މާޝާ ބުންޔެވެ. އަޒާން އަށް ހީވީ އޭނާގެ މެޔައް މީހަކު ހޫނު ފެން އެއްޗެއް އޮއްސާލި ހެންނެވެ. މޫނުމަތިން އުފާވެރިކަން ފެނުނަސް އަޒާންގެ ހިތް ދިޔައީ ކުދި ކުދި ވަމުންނެވެ. މާޝާއަށް އަޒާން ގެ ހިތުގައި އަޅާ ވޭން އިހްސާސް ނުބިޔަސް އަޒާން ދެރަވެފައި ހުރިކަން ފައިހާއަށް އެނގިގެން އެވާހަކަ ދައްކަން ވެސް އުޅުނެވެ. ނަމަވެސް އަޒާން އެކަމާ ދޮކުޅު ހަދާ ހުރިހާ ކަމެއްވެސް ރަނގަޅު ކަމައް ބުންޔެވެ.
ލަންކާއަށް ގޮސް އުޅޭނެ ގެއެއް ހަމަ ޖެއްސީ މިޝަލް އެވެ. އޭ ލެވެލް ނިންމާފައި ކޯސް ހަދަން މިޝަލް ހުރީ މިޝަލް ބައްޕަ ލަންކާ އިން ގަނެފައި ހުރި ގޭގައެވެ. ގެއަށް ވަދެގެން ދިޔައިރުވެސް އަޒާންގެ އަނގައިން ބަހެއް ވެސް ނުބުނެއެވެ. ބޮޑު ގެއެކެވެ. މީހަކައް ކޮޓަރިއެއް ނެތުމުން ފިރިހެން ކުދިންނާއި އަންހެން ކުދިން ތިބީ ދެ ކޮޓަރިއެއްގައެވެ. މިޝަލް ހުރީ މިޝަލް ގެ އަމިއްލަ ކޮޓަރީގައެވެ. ދަތުރު ވަރުބަލި ވެފައި ހުރުމުން އެންމެންވެސް ނިންމީ މިއަދު ގޭގައި މަޑު ކުރުމަށެވެ. މާޝާ ފާހަނަ އަށް ވަދެ ފެންވަރާލައިގެން ނުކުމެ ނަމާދު ކޮއްލިއެވެ. ފައިހާ އެނދުމައްޗަށް އަރާ އޮތީ ނަމާދު ނުކުރެވޭތީ އެވެ. އަޒާން އާއި އިޒާން ވެސް ފެންވަރާލައިގެން ނަމާދު ކޮއްލިއެވެ. ނަމާދު ކޮއް އަވަދި ވެގެން މާޝާ ނުކުތީ ކަރު ހިއްކައި ގަނެގެންނެވެ. ތަނަވަސް ޖާގައެއް އޮތް އެ ބޮޑު ގޭގައި ހިނގަން ނޭނގިގެން ހުއްޓާ މާޝާ ސިހިފައި ފަހަތައް އެނބުރުނީ މީހަކު ކައިރީގައި ހުރިހެން ހީވުމުންނެވެ. ” މިތާ ކީއްވެފަ ސްވީޓް ހާޓް ” މިޝަލް މާޝާ ގެ އުނަގަނޑުގައި އަތް އަޅުވާލަމުން ބުންޔެވެ. ” އައިއެމް ތާސްޓީ” ކުޑަކުއްޖެއްހެން ތަންކޮޅައް ވައްތަރެއް ޖައްސާލަމުން މާޝާ ބުންޔެވެ. “ސާބަސް ހިނގާ” މިޝަލް ހީނގަންނަމުން މާޝާ އަތުގައި ހިފައިގެން ހިނގައިގަތެވެ .
އަޒާން އިޒާން ފައިހާ ތިން ކުދިން ބަނޑުހައިވެފެން ކައިރި ގޮތަކައް ދާން ނުކުތް ވަގުތު މިޝަލް އާއި މާޝާ ބަދިގެ ތެރޭގައި ސަކަރާތް ޖަހާ އަޑު އިވެއެވެ. ތިން ކުދިން ބަދިގެއާއި ދިމާއަށް ހިނގައިގަތެވެ. އަޒާން ދިޔައީ ފައިހާ އޭނަގެ އަތުގައި ހިފައި ގެންދިޔައީމައެވެ. ބަދިގެ ތެރޭގައި މާޝާ ހުރީ ބަތް ކައްކަން ހަނޑޫ ދޮންނަންށެވެ. މާޝާގެ ފަހަތުގައި މިޝަލް ހުރީ މާޝާގެ ފުރަގަހުން މާޝާގެ އުނަގަނޑުމަތީ އަތް އަޅުވާލައިގެން ކޮނޑުމަތީގައި ދަތްދޮޅި ވައްދާލައިގެންނެވެ. ފައިހާމެން ވަދެގެން އައި ކަމެއް މާޝާ އާއި މިޝަލް އަކައް ނޭނގެއެވެ. ” ދެން މިޝަލް މީހަކަށް ފެނިދާނެއޭ ” މާޝާއަށް މިޝަލް މާ ގައި ގޯޅިވާތީ އުނދަގުވެގެން ބުންޔެވެ. ” އަހަރެން ބޭނުމީ ވެސް ތިއީ އަހަރެންގެ މީހެއް ކަން އަންގަންށޭ” މާޝާގެ ލޮލައް ދޮނެއް ދީފައި މިޝަލް އެހެން ބުނެފައި ދިޔައީ މޭޒުމަތީގައި ހުރި މަސްކޮޅު ކޮށާލަންށެވެ.
“މާޝް. ފައި މެން މިދަނީ ބޭރުން ކާލައިގެން އަންނަން ބޭސް ކާ ގަޑި ޖެހެން ވާއިރަށް އައި ޝުޑް އީޓް ސަމްތިން” ފައިހާ ނާޝާ ކައިރިއަށް ގޮސް އެހެން ބުނެފައި ބޭރައް ދާން ހިނގައިގަތެވެ. މާޝާ ކުކަރައް ބަތް ކައްކަން ލައިފައި އަޒާންގެ މޫނައް ބަލާލީ މިއަދު އެއްވެސް ގޮތަކައް މާޝާއާއި ވާހަކަ ނުދައްކާ ތީއެވެ. މާޝާ އާއި ހަތަރު ކަޅި ބައްދަލު ވުމުން އަޒާންގެ ނަޒަރު އެހެން ދިމާއަކަށް ބަދަލު ކޮއްލިއެވެ. ” ތަނަކަށް ދާން ނޭނގިއްޖެއްޔާ އަހަރެންނަށް އެހެންނޫނީ މާޝް އަށް ގުޅާލާ” ކޮށާފައި ހުރި މަސް ކޮޅު ގެނެސް މާޝާގެ އަތައް ދެމުން މިޝަލް ވާހަކަ ދެއްކިއެވެ.
އިޒާން ހިނިތުން ވެލަމުން ނުކުމެގެން ދިޔައީ އަޒާންގެ މަޑު ރަނގަޅު ނޫންކަން އިނފޭތީއެވެ. “އަޒޫ ހާދަ ފިނޑި އޭ ދޯ” ހޮޓަލަށް ވަދެ އެކަކުވެސް ވާހަކަ ނުދައްކާ ހުރުމުން އިޒާން އަށް އުނދަގޫ ވެގެން އިޒާން ވާހަކަ ފެށިއެވެ. “އަޒޫ މާޝާ ދެކެ ލޯބިވާ އިރު ވެސް ލޮއެއްބެއް ނުވެޔޯ” އަޒާން އެއްޗެކޭ ނުބުނުމުން ދެންވެސް ވާހަކަ ދެއްކީ އިޒާން އެވެ. “އަހަރެން ގޮނޑިއެއް ނޫން. މާޝާގެ އުފަލެއް ޓަކައި އަހަރެންގެ ލޯބި ގުރުބާން ކުރަންވެސް އަހަރެން މިހުރީ ތައްޔާރައް. އަހަރެންގެ ނައްސަލައެއް ނެތް މާޝާ އަހަރެން ދެކެ ދުވަހަކު ލޯބި ނުވިޔަސް” ލޮލުން އޮހޮރުނު ކަރުނަތައް ފުހެލަމުން އަޒާން ވާހަކަ ދެއްކީ ސީދާ އިޒާންގެ މޫނައް ބަލަން އިނދެއެވެ. “މަގޭ ކޮއްކޮ ބޮޑުވެއްޖެއޭ ދޯ” އަޒާންގެ ބޮލުގައި އިޒާން ލޯބިން ފިރުމާލިއެވެ.
ތިން ބެއިން ކަން ތިއްބާ މާޝާ ފައިހާ އަށް ގުޅަންފެށިއެވެ. ނަމަވެސް ފައިހާގެ ފޯނު ސައިލެންޓައް ލައިފައި އޮތުމުން ފައިހާއަށް އެކަމެއް ނޭނގެއެވެ. އަޒާންގެ ފޯނަށް ވެސް މާޝާ ވިއްސަކަށް ފަހަރު ގުޅިއެވެ. އަޒާން ފޯނު ނުނެގީ މާޝާ އާއި ވާހަކަ ދައްކާނެހާ ހިތްވަރެ އޭނަގެ ގައިގައި ނެތުމުންނެވެ. އިޒާން ޖީބުގައި އޮތް ފޯނުނަގައި އެއްފަހަރު ފޯނައް އަނެއް ފަހަރު އަޒާންއަށް ބަލާލިއެވެ. ފޯނުނަގައި އިޒާން ވާހަކަ ދެއްކިއެވެ. ” އައްސަލާމް ޢަލައިކުމް” އިޒާން އިރުކޮޅެއްވަންދެން އެއްޗެކޭ ނުބުނެ އިނުމުން އަޒާން އިޒާންގެ ފޯނު އަތުލައި ވާހަކަ ދައްކަން ފެށިއެވެ. ” ކާކު” އަޒާން އަވަހަށް ގޮނޑިން ތެދުވެގެން ބޭރަށް ދާން ދުއްވައިގަތެވެ. ” ކުޑަ ދޮން ކޮންތާކަށް” ފައިހާއަށް ވާނުވާއެއް ނޭނގުނެވެ. ފޯނުނަގައި ބަލާލިއެވެ. މާޝާގެ ފަންސާސް މިސްކޯލު އިނެވެ. “ދޮންބޭ ހިނގާ ޕޭ ކޮއްލާފަ ގެއަށް. ފައިއްކޮ އަށް ހަމަ ޔަގީން ކަމެއް ގޯސް ވެއްހެކަން” ހާސް ވެފައިހުރެ އިޒާން ގާތު ފައިހާ ބުންޔެވެ.
ރުފިޔާ ދައްކާފައި ފައިހާއާއި އިޒާން ދިޔައީ ގެއާ ދިމާއަށެވެ. ވިއްސަކަށް މިނެޓުފަހުން ގެއަށް ގޮސް ވަދެވުނެވެ. ގޭތެރެއިން މާޝާ ރޯ އަޑު އިވެއެވެ. ދޮރުމަތީގައި މަރުވެފައި ހުރި މައްޔިތެއް ހެން ހުއްޓުން އަރާފައި އަޒާން ހުއްޓެވެ. ” ކިހިނެއްތަ ވެގެން މިއުޅެނީ” އިޒާން ނުރުހުން ވެފައި ގޮސް އެތެރެއަށް ވަނެވެ. ފަހަތުން ފައިހާ ވެސް ވަނެވެ. ދެމީހުންނަށް ވެސް ވީ ހަމަ އަޒާން އަށް ވީ ވަރެވެ. ހުއްޓުން އަރާފައި ގަބެއްހެން ހުރެވުނީއެވެ.
– ނުނިމޭ –