“ހޭއި ލިވީ.. އަހަރެން ބުނީމެންނު ވީ ވިލް މީޓް ސޫން އޭ..” އެމީހާ ހުޑް ތިރި ކޮށްލިއެވެ. އެއާއެކު ފެނިގެންދިޔައީ އޭނާގެ ކަނާއަތު ލޯފިޔަވައި މުޅި މޫނު ވަނީ ކަޅުކުލައިގެ ރަބަރު މާސްކަކުން ނިވާކޮށްފައިވާތަނެވެ. ކަޅުކުލައިގެ ކަޅިން ފެނިގެންދަނީ ނުރައްކާތެރިކަމެވެ. އެއީ ހަމަ އޭނާއެވެ. “ބްލޫ އައި” ހޮސްޕިޓަލްގެ ފާހާނާބަރި ކައިރިން އޭނާއާއި ދިމާކޮށްލި މީހާއެވެ.  އެމީހާ މިސްރާބްޖެހީ ޒީވާއާއި ގާތަށެވެ. ޒީވާގެ އަރުތެރެން ބެދެންފެށިއެވެ. ބިރުން ގޮސް ގައިގާވާހާ ލޯއްޔެއް ކޮޅައްޖެހުނެވެ. އޭނާގެ މޫނު ވަނީ ހުދުވެފައެވެ. ޒީވާގެ އަނގައިން ބަހެއް ބޭރު ނުކުރެވެނީސް އަވަސް ހަރަކާތަކާއި އެކު އޭނާގެ ޖީބުން ނެގި ރުމާލެއް އަޅައިލީ ޒީވާގެ އަނގަޔާއި ނޭފަތް ފަރުދާކޮށްލަމުންނެވެ. ޒީވާ  ގަދަ ހަދަން މަސައްކަތްކުރި ނަމަވެސް އެރުމާލުން އެރިވަހަކުން އޭނާގެ ބޮލަށް އެނބުރުން އަރާ އެނާގެ ހޭވެރިކަން ފިލާ އެމީހާގެ އަތްމައްޗަށް ޒީވާ ދެމުނެވެ.

****

“ދައްތީ.. ކޮބާ ދޮންތި .. އަދިވެސް ނާދޭ ..” ނީކިޔާ ފަރާތް ބަލައިލީ ޒީވާގެ ހިލަމެއް ނުވާތީއެވެ. ” ދޮންތި ދިޔައީ ޗިޕްސް ހުރި ދިމާލަށް .. ލެޓްސް ގޯ ..” ނީކިޔާގެ އަތުގާ ހިފާލައިގެން ހުރެ ޔޫމީން ދިޔައީ ޒިވާ ދިޔަ ދިމާލަށެވެ. އެދިމާލަށް ގޮސް ތަންކޮޅަކަށް ދެވުނު ތަނާހެން ޒީވާގެ ބާސްކެޓް ފެނުނެވެ. ނަމަވެސް ޒީވާ ފެންނާކަށް ނެތެވެ. ޒީވާ ކޮބާތޯ ބާލާލަން އެކި ދިމާލަށް ނަޒަރު ހިންގާލި ޔޫމީންގެ ދެލޮލުގައި އަޅައިގަތީ އޭނާއާއި ދިހަފޫޓެއްހާ ދުރުގައި އޮތް ޒީޥާގެ  ކޯޓާއި މޯބައިލްފޯނެވެ. އެ ކޯޓަކީ ޒީވާ އެތަނައް އައި އިރު ލާފައި ހުރި ކޯޓެވެ. ފަހުން އެނާއުޅުނީ ކޯޓު ޓްރޮލީގައި އަޅުވާލައިގެންނެވެ. ޔޫމީންއަށް އަވަސް އަވަހަށް އެދިމާލަށް ދެވުނެވެ. އޭރު ޔޫމީން މޭ ނެގި ނެގިފައި ޖެހެއެވެ. ޒީވާއަށް ކަމެއް ވެއްޖެކަމަށް އެހިތް ބުނަމުންދިޔަވަރުން އެހިތް ތެޅެން ފެށީ އޮބިނޯންނަ ވަރަށެވެ. އޭނާ އަށް ދިޔައީ ހާސްވެގެން ގޮސް ރޮވެމުންނެވެ. އެބޮޑު މޯލް ކޮންމެ ތަންކޮޅެއް އެނާ ބެލީ ވަކިވަކިންނެވެ. ނަމަވެސް ޒީވާގެ ހިލަމެއް ނުވިއެވެ.

ޔޫމީން އެންމެ ފަހުން ޔަޒަކްއަށް އަށް ގުޅާއިލިއެވެ. އޭރު ޔޫމީންއަށް ރޮވޭވަރުން ރަނގަޅަށް ވާހަކަ ނުދެއްކެއެވެ. ޔަޒަކް ހަމަ މިހާރު މިދަނީ އޭ ބުނެ ފޯނު ކަނޑާލިއެވެ. އެއަށްފަހު ޔޫމީން ކައިވަން އަށް ގުޅިއެވެ. އޭނާ ނަސީބަކުން ހުރީއެތަނާއި ގާތުގައި ކަމުން ފަސްމިނެޓް ތެރޭގައި އައެވެ.

ސޮޕިން މޯލްގެ މީހުން ކައިރިގައި ބުނުމުން އެމީހުން ވެސް ދިޔައީ ޒީވާ ހޯދުމުގެ މަސައްކަތް ކުރަމުންނެވެ. ކަންދިމާކުރި ގޮތުން ޒީވާ ހުރި ދިމާލަކީ ސީސީ ކެމެރާ ހަރުކޮށްފައި ނުވާ ދިމާލެކެވެ.  އެ މޯލްގެ ދެތިން މީހަކާއި ކައިވަން އާއި ޔޫމީން އަދި ވިޝާން  ފޫޓޭޖްތައް ބަލަމުން ދަނިކޮން ޔަޒަކްއާއި އިޒާން ވެސް ދުވަމުން ދުވަމުން އައިސް ވަނެވެ. ފެންނަމުންދިޔަ ސްކްރީނަށް ބަލަހައްޓައިގެން ތިބި އެންމެންނަށް ހުއްޓުން އެރީ ނުކުންނަސް އިންނަ ދޮރު ކައިރީގައިވި ސީސީ ކެމެރާއިން ފެނުނު މަންޒަރަކުންނެވެ. އިޒާން ކައިރިވެލުމަށްފަހު ޕޯސް ކޮށް، ޒޫމްކޮށްލީ އިތުރަށް ޔަގީންކުރަން ބޭނުންވެގެންނެވެ. ކަލުކުލައިގެ ހޫޑި އެއްލާގެން ހުރި މީހަކު ޒީވާ ބަލިމީހުން ލާކަހަލަ ގޮނޑިޔަކަށް ލާގެން ދިޔައިރު ޒީވާގެ މޫނު ފޮރުވުމަށްޓަކައި ވަނީ ތޮއްޕެއް އަޅުވާފައެވެ. އެ މަންޒަރު ފެނުންތަނާ ޓަސްލާފައި އެއީ ޒީވާކަން ޔޫމީނަށް އެނގުނީ މިއަދު މޯލަށް އައި އިރު ޒީޥާ ހުރީ އެ ހެދުން ލައިގެން ކަމަށްވީތީއެވެ.

އެ މަންޒަރު ބަލަން އިން އިޒާން އަށް އަތް މުއްކަވާލެވުނީ އެއީ ކާކުކަން އޭނާއަށް ޔަގީންވުމުންނެވެ. އެހެން މީހަކަށް އެއީ ކާކު ކަން އޮޅުނަސް އެ ސޫރަ އިޒާންއަކަށް ނޯޅުނެވެ. “ޑޭމިޓް .. ހައު ޑެއާ ހީ..” އިޒާން ދަތްކުނޑި ވިކާލަމުން ޑެސްކްޓޮޕް ބައިންދާފައި އިން ބިއްލޫޜި މޭޒުގައި ޖަހާލިލެއް ބާރުކަމުން އޭގެ މެދުން ރެނދުލިއެވެ. އޭރު އެހެން އެންމެން ދެލޯ ބޮޑުކޮށްލައިގެން ތިއްބެވެ. ކައިވަން، އިޒާންގެ ފަޜާތުން އެމީހުންގެ ކިބައިން މާފަށް އެދި ވިޝާންގެ ސުވާލެއް އައިސްފާނެތީ ޔޫމީން އާއި ނީކިޔާ ގޮވައިގެން ގެޔަށްދިޔުމަށް ކައިވަން ބުނެލިއެވެ. ހައިރާންވެފައި ހުރި ނަމަވެސް ކަމުގެ ސީރިޔަސްކަން ވިސްނި، ވިޝާން ވެސް ޔޫމީން އާއި ނީކިޔާ ގޮވައިގެން ގެޔަށް ދާން މިސްރާބް ޖެހިއެވެ. ޔޫމީން ނުދާންވެގެން އުޅެންފެށުމުން ޔަޒަކް އޭނާއަށް ވިސްނާދީ ހަމަޔަކަށް އަޅުވާލީ އިޒާން އާއި ކައިވަން އާއި އެކު ޒީވާ ހޯދަން ދަނީކަމަށް ބެނެފައެވެ.

ޔޫމީން މެން ދިޔުމުން އެހުރިހާ އިރު އިސްޖަހާއިގެން އިން އިޒާން ގައިގާ ހުރި ބާރެއް ލާފައި ތެދުވަތެވެ. ޔަޒަކް އާއި ކައިވަން ވެސް ދިޔައީ ސިއްސާއިގެންނެވެ. އިޒާން ގޮސް ކާރު ދުއްވާލި އިރު އިރު ކައިވަން އާއި ޔަޒަކް ، ފަހަތު ސީޓްގައި ޖައްސާލިއެވެ. އެމީހުން ކައިވަންގެ އެދުމުގެ މަތިން ދިޔައީ ކައިވަންގެ ކާރުގައެވެ.

އިޒާން ކަނދުރާ އާއި ހަމަޔަށް އަރާ މަޑު ރާޅުބާނީ ކަމެއް ހުރި އެހެނަސް ފަން އިސްތަށިގަނޑުގެ ތެރެއަށް އަތް މަހާލައިގެން އިން އިރު ވިސްނަމުންދިޔައީ ކޯއްޗެއް ކަމެއް ނީނގެއެވެ. އޭނާ ކާރު ދުއްވަމުން ދިޔަ އިރު  ހީވަނީ އެ ދާން ވީ މިސްރާބް މާކުރިން ވެސް އިނގޭ ހެންނެވެ.  ކާރުތެރެއަށް ވެރިވެފައިވަނީ ފުން ހަމަހިމޭން ކަމެވެ. ޔަޒަކް ވެސް ވަނީ ފުން ވިސްނުމެއްގެ ތެރެއަށް ގެއްލިފައެވެ. ކައިވަން އަށް ވެސް އެއްޗެއްބުނަން ނުކެރިފައި އިނެވެ. އޭނާ ޔޫމީންއަށް މެސެޖް ކޮށްލީ ގެޔަށް ދެވިއްޖެ ތޯ އެވެ. ޖަވާބު ސިކުންތުކޮޅެއްގެ ތެރޭގައި އައިސްފިއެވެ. ގެޔަށް އާދެވިއްޖެ ކަމަށާއި ޒީވާ ފެނުމުން ވީހާވެސް އަވަހަކަށް އެންގުމަށް ބުނެ ޖަވާބު ދިނެވެ. ޖަވާބު ގައި ކައިވަން ވެސް އާއެކޭ ބުނެފޯނު ލޮކްކޮށްލިއެވެ.

“ޔޫމީ އަށް ދެވިއްޖެ؟..” އިޒާން އާއި ޔަޒަކް އަށް ސުވާލް ކޮށްލެވުނީ އެކުއެކީގައެވެ. ކައިވަން ބޯޖަހައިލީ ކުޑަކޮން ހެވި ހުރެއެވެ. ” ތިމީހުންނަށް އިނގޭތަ އެ ކާކު ކަން ..  ކޮންތާކަށް މިދަނީ..” ކައިވަން އަހައިލިއެވެ. “އެއީ ޑިފީ .. އައި މީން އަލާނިޔަލް..” ޔަޒަކްގެ ޖަވާބުން ކައިވަންއަށްއަތް މުއްކަވާލެވުނެވެ.

” އޭނާ ހީކުރި އަހަރެމެންނަށް އެކައްޗެއް ވެސް ނޭނގޭނެ ކަމަށް .. މާ ބޮޑަށް ދޫ ދެވުނީ..ދެން ނުވާނެ އެހެންނެއް ..” އިޒާންގެ އަޑުން އޭނާ ރުޅިއައިސްފައި ހުރިވަރު ހާމަވެއެވެ. ” އަހަރުމެން މިކޮޅަށް އައި އިރު އޭނާ ގައިމު މިތަނަކަށް ނާދޭ ދޯ..” ކައިވަން އަށް އަހައިލެވުނެވެ. ” ނޫން .. ތިމީހުންނާއި އެކު އެއް ފްލައިޓަކުން އޭނާ ވެސް އައީ .. އަހަރެމެންނަށް އިނގޭ އެކަން .. އެކަމް އެހާ އަވަހަށް ނުރައްކަލެއް ވެދާނެ ކަމަށް ގަބޫލެއް ނުކުރަން ..އެން އައި ނޯ ވެއާ އިޒް ހީ ނައު..” އިޒާން ކުރިޔަށްވުރެން ކާރުގެ ސްޕީޑް ބާރުކޮށްލުމަށްފަހު ޖަވާބު ދިނެވެ. އިތުރަށް ލަސްކުރާ ކޮންމެ މިނެޓަކީ ވެސް ޒީވާގެ ފުރާނަޔާއި ކުޅުން ކަހަލަ ކަމެކެވެ.

 

****

ޔޫމީންގެ އެދުމުގެ މަތިން ވިޝާން އައީ ޔޫމީންގެ ގެޔަށެވެ. ވިޝާން، ނީކިޔާގެ އަތުގައި ހިފާލައިގެން އައި އިރު ޔޫމީން ވަންގޮތައް ވަދެ ފުރަތަމަ ވެސް ބައްދާލީ ޔޫމީންގެ އިންތިޒާރުގައި އިން ލަވާލްގެ ގައިގައެވެ. ލަވާލްގެ ހިމާޔަތްތެރިކަން އިޙްސާސްވި ވަގުތު ޔޫމީންގެ ބަޑި ފަޅައިގެންދިޔައެވެ.

“މަންމާ ސޮރީ.. ވަރަށް ބޮޑަށް ސޮރީ.. އަޅުގަނޑަކަށް ނޭނގޭ އެހެންވާނެ ކަމެއް .. އަވަސްކުރަން ވެގެން ދެމީހުން ދެ ދިމާލަށް ދިޔައީ ..ސޮ.. ރީ..” ލަވާލްގެ ގައިގާ ބައްދާލައިގެން އިން އިރު ޔޫމީންއަށް ދިޔައީ ގިސްލެވެމުންނެވެ. ލަވާލްއަށް އަށް ވެސް އޭރު ދިޔައީ ރޮވެމުންނެވެ. އަނެއްކާ ވެސް އޭނާގެ ކުޑަ ދަރިފުޅު އެ އަނިޔާވެރިންގެ އަތްދޮށައް ދިޔައީ އެވެ.. ނަމަވެސް ޔޫމީންގެ ކުށެއް އޭގައިއެއް ނެތެވެ. ” ލުކް ދޫނީ…ޔޫމީ ކުށެއް ނެތޭ.. އެކަން މަންމަ ގަބޫލް ކުރަމޭ .. އެގޮތައް މެދުވެރިވީ އެކަލާނގެ އިރާދަފުޅުން .. ކޮންމެ ކަމެއް ވެސް ވާނީ އެންމެ ރަނގަޅަށް ..އިރާދުކުރެއްވިއްޔާ ކޮއްކޮ އަންނާނެ ،..” ލަވާލް އެ ހިތާމަވެރި ވަގުތުގައިވެސް ހިޔާރުކުރީ ވިސްނުންތެރިކަމެވެ.

“ތެދެއް ދަރިފުޅާ.. ދެން ކަންބޮޑު ނުވޭ ބައްޕަ ވެސް މިހުރީނު ..” ލަވާލްގެ ގައިގާ ބައްދާގަނެގެން ރޯން އިން ޔޫމީން އަށް ސިހުން ލިބުނީ ޔާސިރްގެ އަޑުންނެވެ. އެހިނދު ޔޫމީން ކޮޅަށްޖެހުނެވެ. “ޑޭޑް.. ކޮންއިރަކު އައީ ..” ޔާސިރުގެ ގައިގާ ބައްދާލަމުން ބުނިއިރު އަނެއްކާވެސް ޔޫމީންއަށް ރޮވިއްޖެއެވެ. ” މިއައީ ހަމަ ….ދަރިފުޅުމެން ކައިރިއަށް އެއްކޮން މިއައީ .. ދެން އެކޮޅަށް ނުދާ ގޮތައް .. އިންޝާﷲ..” ޔާސިރް ވާހަކަ ދެއްކިއިރު އޭނާގެ އަތުން ޔޫމީންގެ ގައިގާ ހިފަހައްޓާލައިގެން ހުރެ އަނެއް އަތުން މަޑުމަޑުން  ވަރަށް ލޯބިން ޔޫމީން ގެ ބުރަކަށިގައި ފިރުމަމުން ދިޔައެވެ. ލަވާލް އާއި ޔާސިރު ދެފަރާތުގައި ތިބެގެން ޔޫމީންއަށް އެތައް އިރަކު ވިސްނައިދިން ފަހުން ހަމައަކަށް އެޅިލިއެވެ.

ލަވާލް ، ޔޫމީންގާތު ޒީޥާއާއި ދިމާލަށް ކޮއްކޮއޭ ބުނުމުން ވިޝާންއިނީ ހައިރާންވެފައެވެ. ނަމަވެސް ހާލަތުގެ ނާޒުކު ކަމުން ވިޝާންއަށް އަހައިލާކަށް ވެސް ނުކެރުނެވެ.

 

***

ލަސްލަހުން ހުޅުވާލި ދެލޯ އަނެއްކާ ވެސް މަރައިލެވުނީ ޒީވާގެ މޫނަށް އެޅުނު އޮރެންޖްކުލައިގެ ގަދަ އައްޔަކުންނެވެ. އިރުކޮޅެއްފަހުން އެއަށްޔަށް ހޭނިލުމުން ޒީޥާ މަޑުމަޑުން ތެދުވެލިއިރު ބޮލުގައި އަތްޖައްސާލެވުނީ ބޮލަށް ބަރުވެފައި ވުމުންނެވެ. ޒީވާ ތެދުވެ އެނދުގައި ހަމަޖެހިލި އިރު ކުރިމަތީގައި އިން މީހަ ފެނި ދިޔައީ ސިއްސައިގެންނެވެ. ކަލުކުލައިގެ ހޫޑިގައި އިންމީހާ ގެ މޫނެއް ނުފެނެއެވެ. ވަށައިގެން ޒީޥައަށް ނަޒަރެއް ދެވުނީ މި ކޮންތަނެއްބާއޭ ހިތައް އެރުމުންނެވެ.  އެއާއެކު އޭނާއަށް މީގެ އިރުކޮޅެއް ކުރީގެ ހަނދާން އާވިއެވެ. ހަމަ އެ ސިކުންތުގައި، ބިރު އެހިތް ފަތަހަ ކޮށްފިއެވެ. ޒީވާ ބާއްވާއިލާފައިވި އެނދާއި ތިންފޫޓެއްހާ ދުރުގައި ހުރި ގޮނޑިއެއްގައި އެފައި މައްޗައް އަނެއްފައިލާގެން އެއިން މީހާ އިންގޮތައް އިނެވެ. އޭރު ޒީވާގެ މޭގަނޑު ނެގި ނެގިފައި ޖެހެއެވެ.

ކުއްލިޔަކަށް ގޮނޑީގައިއިން މީހާ ޒިވާ އާ ދިމާލަން އަންނަން ފެށިއެވެ. ޒީވާ ބިރުގަނެފައިން ވަރު ފެނި އޭނާގެ އަނގައިން މަލާމާތުގެ ހިނގަނޑެއް ބޭރުކޮށްލިއެވެ. “ފައިނަލީ ލިވީ….ހައްހައް….އަހަރެންނަށް ފޮރުވާގެން ހިތުން ޒުހޫރު އެގެންގުޅުނީ މިއޮތް ހުރިހާ ދުވަހަކު … ހައްހަހާ” އޭނާގެ އަނގައިން މަލާމާތުގެ ހިނިގަނޑެއް ބޭރުކޮށްލިއެވެ. ޒީވާ އިނީ ބިރުންގޮސް ރޮވެން ކައިރިވެފައެވެ.. ” ތީ ކާ..ކު..ކާކު.. ކީއްވެ އަހަރެން މިތަނަށް ތިގެނައީ .. ކީއްވެ ތަ އަހަރެން ފަހަތުން ނެއްޓެން ނޭނގިގެން ތިއުޅެނީ …މާލޭގަ ވެސް މިތާގަ ވެސް އަހަންނަށް ހަމަޖެހިނުލެވޭ ” ޒީވާގެ ވާހަކަ އިވި އަނެއްކާ ވެސް އޭނާ ހިނިގަނޑެއް ޖަހައިލިއެވެ. ކައިވަން އާއި ޔޫމީން އަދި ނީކިޔާގެ މަތިން ހަނދާންވެ އިސާހިތަކު ޒީވާއަށްރޮވިއްޖެއެވެ. “އަހަރެންމީ ކާކުކަން މިއަދު ބުނެދޭނަމޭ ލިވީ ނުބުންޔަސް.. އަހަރެން ދުވަހަކު ވެސް ލިވީ ފަހަތަކުން ނުދާނެ.. އަހަރެން މީ ލިވީގެ ހިޔަނި… ހެހެހެ” އެމީހާ، އޭނާގެ ކަޅުކުލައިގެ ރަބަރު އަނގިލާފައި އޮތް ވައަތުން ޒީވާގެ މޫނުގައި ފިރުމާލީ ހަރުކަށިކަމާއެކުއެވެ. ޒީޥާއަށް ބިރެއް ފެނުނުހެން ފަހަތަށް ޖެހިލެވުނެވެ. އަވަސް އަވަހަށް ކޯތާފަތުގައި އަތުންފުހެލި އިރު  ހީޥީ ނަޖިހެއް ފިލުވާލިހެންނެވެ. އެވަގުތު އަނެއްކާވެސް އެމީހާ ޒީޥާގެ މޫނާއި ދިމާލަށް ގުދު ވެލާ އޭނަގެ އަތުން ޒީވާގެ އަތުގައި ހިފައިލިއެވެ. އެހިނދު ޒީވާއަށް ގަދަ ހަދަން ފެށުނެވެ. ކޮންމެ ފަހަރަކު ފިރިހެނުންގެ މިފަދަ ކަންތަކާއި އޭނާއަށް ކޮންމެތާކަށް ދިޔަސް ކުރިމަތި ލާން އެބަޖެހެއެވެ. ޒީޥާގެ ހިތުގައި ވަނީ ސަކުވާއެވެ. ޒީޥާ އަށް ރޮވެމުން ދިޔައިރު އޭނާ އިނީ ކޮންމެވެސް މީހަކު އޭނާ ސަލާމަތްކުރަން އާދޭތޯ ދުއާކޮށްލަ ކޮށްލައެވެ.

“ތީކާކު ތަ އަޅެ ..އަހަރެންގެ ގަޔަށް އަތްލަނީ ކީއްވެތަ .. ކޮންކަމެއްތަ އަހަރެންގެ ފަރާތުން ބޭނުންވަނީ “ޒީޥާގެ އަޑަށް ސަމާލްކަން ދިނުމެއްނެތި ޒީޥާގެ ދެއަތް އޭނާ ބަދެލިއެވެ. އޭރުވެސް ޒީވާ ދިޔައީ އޭނާއަށް ގަދަ ހެދުނު ވަރަކަށް ގަދަހަދަމުންނެވެ. ޒީވާގެ ދެއަތް ބަދެވުމުން އެމީހާގެ ކޮނޑުމައްޗަށް ޒީޥާ ލައިގެން ގެނެސްފައި ކުރިން އެމީހާ އިން ގޮނޑީގައި ޒީވާ ބޭންދިއެވެ. އޭރުވެސް ޒީވާ ދިޔައީ ގަދަހަދާ ހަޅޭއްލަވައި ރޮމުންނެވެ. އެމީހާ ޒީވާގެ ބަނޑާދިމާލުން ގޮނޑިޔާއި އެއްކޮން އައްސާލީ ޒީޥާގެ އަނގަޔަށް ބޮޑު ފޮތިގަނޑެއް ލައްވައި އަނގަމަތީގައި ރަނގަޅަށް ޓޭޕް ގަނޑެއް އެޅުމަށްފަހުއެވެ.  އޭނާގެ އަމަލްތަކުގައި އެއްވެސް ރަހުމެއްނުވެއެވެ. ޒީވާގެ އަތުގައި އަތްލި އިރުވެސް ހީވަނީ ކަށިތައް މުގުރާލަން އުޅުނު ހެންނެވެވެ. މިހާރު ޒީޥާގެ ރޯއަޑު ނީވުނު ނަމަވެސް ލޮލުން ދިޔައީ ފެންތައް ފައިބަމުންނެވެ.

“ކާމް ޑައުން މައި ލިވީ ބޭބް …އަހަރެން ނެތީމޭ ކަމެއް ކުރާކަށް.. ދިސް އޯލް އިޒް ޖަސްޓް ފޯ އަ ވަން ޕިކް..” އެހެން ބުނެ ޒީޥާ އިންގޮތައް އިނދެ ފޮޓޯއެއް ނަގާލާ ކޮންމެވެސް މީހަކަށް ފޮނުވާލިއެވެ. އަދި އޭނާ ބޭނުން ވާ ގޮތް ލިޔެ އެމީހަކަށް މެސެޖްކޮށްލިއެވެ.

****

ބާރު ސްޕީޑްގައި ކާރު ދުއްވަމުން ދިޔަ އިޒާންއަށް އަދި ޔަޒަކްގެ ކައިރީގައި ފަހަތު ސީޓުގައި މަގުމައްޗަށް ނަޒަރު ހުއްޓައިލާގެން އިން ކައިވަން ސިހުނީ ޔަޒަކްގެ ބާރު ހަޅެއްލަވައިގަތުމުންނެވެ. އިޒާން މަގުގެ އެއްކައިރިޔަށް ކާރު ހުއްޓާލުމަށްފަހު ފަހަތައް އެނބުރުނު އިރު ޔަޒަކް ފޯނާއި ދިމާލަށް ބަލަހައްޓާއިގެން އިން އިރު ތުރުތުރު އަޅަމުންދިޔައީ އައިސްފައި ހުރި ރުޅިންނެވެ. “ވަޓް ދަ ފ** ހީ ހޭޒް ޑަން…އައި ވިލް ކިލް ޔޫ ..” އަޑުގެ ނެތްތަނަށް ހަޅެއްވައިގަންއިރު ޔަޒަކް ހަމަބުއްދި ހުރި ހެނެއް ހިޔެއް ނުވެއެވެ. އެހާވެސް އޭނާ ހުރީ ރުޅިގަދަވެފައެވެ. އޭނާ ރުޅިގަދަވެފައި ހުރެ އުޅުނީ މީހަކަށް ގުޅުމަށެވެ. އިޒާން އަވަސްވެގަތީ ޔަޒަކްގެ ފޯނު އަތުލުމަށެވެ. މިވަގުތު އެހާލުގައި ހުރެ ޔަޒަކް އަށް ފަހުން ދެރަވާން ޖެހޭ ވަރުގެ ކަމެއް ކުރެވިދާނެ ކަން އިޒާން އަށް ވިސްނުނެވެ. ނަމަވެސް އިޒާންއަށް ވުރެން ކުރިން ހުށީޔާރުކަމާއެކު ޔަޒަކްގެ ފޯނު ކައިވަން އަތުލިއެވެ. ” ކާމް ޑައުން.. ކާމް ޑައުން.. ރުޅިގަދަވެގެން އަހަރުމެން ކަމެއް ކޮށްފިއްޔާ  ޒީވާ އަށް ކޮންމެފަދަ ގޮތެއްވެސް އޭނާ ހަދާނެ.. ރިލޭކްސް..އަހަރުމެންނާ ޝެއާރ ކުރީމަ އީޒީ ވާނެ.” ކައިވަން ވިސްނުންތޫނު ކަމާއެކު ބުނެލިއެވެ. އިޒާން ވެސް އެކަމަށް ތާއީދުކުރިއެވެ. ” ކިހިނެތް ކާމްޑައުން ވާނީ.. ބަލާބަލަ އަހަރެންގެ ކޮއްކޮއަށް ޖައްސާފަ އޮތް ހާލު .. އަހަރެންނަކަށް ކެތެއްނުވާނެ ނުވާނެ ދެން..  ” ޔަޒަކް ރުޅިވެރިކަމާއިއެކު ވާހަކަ ދެއްކަން ފެށިނަމަވެސް ނިމުންއިރު އަޑު ކުރެހިއްޖެއެވެ. “ޔަޒަކުގެ ފޯނުން ކައިވަން އާއި އިޒާން އެ ފްޓޯ ބެލި އިރު ޒީޥާ ހުރި ހާލު ފެނުމުންދެމީހުންގެ  ރުޅިގަނޑު ފަޅައިގެންދާވަރު ވެއްޖެއެވެ. ޒީޥާގެ ލޮލުން ފައިބާފައިވި ކޮންމެ ކަރުނަތިއްކެއްގެ ބަދަލް ހިފަނަމޭ އިޒާން ބުނެލިއިރު އެ މޫނުމަތީގައިވަނީ ސާބިތުކަމެވެ. އެ ފޮޓޯގެ ދަށުން އިން މެސެޖް ފެނި އިޒާންގެ ދެލޯ މަރައިލެވުނެވެ. އޭގައި ވަނީ ޒީޥާ ސަލާމަތް ކުރަން ބޭނުން ނަމަ ޒެންޓްރަސް މެޑިކަލް ޔުނިވާސިޓީން ޖޮބް ދޭށޭ ބުނެފައެވެ. ނުދީފިނަމަ ދެން ވާނެ ގޮތް ހިތައް ވެސް ނުގެނޭނެ ކަމަށް ބުނެފައި އޮތުމުން އެތިން މީހުންގެ ހިތައް ވެސް ފިނިވެލީ ކުރިން ކަންތައް ވެފައި އޮތްގޮތުންނެވެ. ޒީޥާ އެހުރީ އޭނާގެ ބެލުމުގެ ދަށުގައެވެ. އޭނާ ބޭނުން ނޫން ގޮތަކަށް ކަންތައް ވެއްޖެނަމަ ޒީވާ އަށް ހަދާލާނެ ގޮތެއް ވެސް ނޭނގެއެވެ. އިންތަށިގަނޑުގެ ތެރެއަށް ދެއަތް މަހާލެވުނީ އިޒާންއަށް ހަނދާނެ ގޮތެއް ނުވިސްނުމުންނެވެ.

އިޒާން  އެތަކެއް ފަހަރު ވިސްނުމަށްފަހު އޭނާ އަށް ގުޅާލިއެވެ. ރިންގްވިކަމެއް ނޭނގި ފޯނު ނެގިއެވެ. ހަމަ ހީވީ އެ ކޯލް އަންނާނޭ ކަން މާކުރިންވެސް އިނގިފައި ހުރި ހެންނެވެ. އިޒާން ވަގުތުން ސްޕީކަރަށް ލީ ޔަޒަކްގެ އެދުމުގެ މަތިންނެވެ.  “އިޒާން ކޮބާ މަށައް ޖޮބް ދިނީތަ.. ” މާސްކް ނައްޓާލަމުން އިޒާން އާއި އޭނާ ސުވާލްކޮށްލިއެވެ. އޭރު އޭނާގެ މޫނުހުރީ ޒީވާއަށް ފުރަގަސްވާހެން ކަމަށްވުމުން ޒީވާއަކަށް އޭގެ މޫނެއް ނުފެނެއެވެ.

“އޭނާ އަށް އެއްވެސް ކަމެއް ނުކުރާތި .. އަހަރެން ކަލޭއަށް އެތަނުން ޖޮބް ދޭނަން .. ” އިޒާން ލޯމަރައިލަމުން ބުނެލި ބަސްތަކުން ޔަޒަކްއަށް ބަލައިލެވުނީ ގަބޫލްނުކުރެވިފައެވެ.

“އޯކޭ ޑަން .. ހަނދާންކުރާތި .. މީނަ ސަލާމަތްވީމަ އަހަރެންގެ މަތިން ހަނދާން ނައްތާލައިފިއްޔާ ވާނެގޮތް މާ ރަނގަޅެއް ނުޥާނެ ..އަހަރެންނަކީ ކާކު ކަން ކަލޭމެންނަށް އިނގޭނެ…” އޭނާގެ އަޑުގައިވަނީ މަލާމާތެވެ. އެމީހުން ދައްކާ ވާހަކަ ޒީވާއަށް އަޑުއިވިދާނެތީ އޭނާ ވާހަކަ ދެއްކީ މަޑުންނެވެ.

އިޒާން އެއްބަސްވުމުން ފޯނުކަނޑާލިއިރު  އެމޫނުމަތީގައިވަނީ ވިހަ ހިނިތުންވުމެކެވެ. އޭނާ އެހުރިގޮތައް ޒީޥާއާއި ދިމާލަށް މޫނު އަބުރާލި އިރު ޒީޥާއަށް ހީޥީ ފައިދޮށުން ދަމައިގަން ހެންނެވެ. ދުވަހަކު ވެސްއެހާބޮޑަކަށް އޭނާ އަދި ނުސިހެއެވެ. މާސްކުގެ ނިވަލުގައި ފޮރުވިގެން ހުރިއިރު އެއީ މީގެ ދުވަސްކޮޅެއް ކުރިން އޭނާގެ ކައިވެންޏަށް އެދުނު އެލަން ކަމެއް އޭނާއަށް އިނގޭނި ކިހިނެތް ހެއްޔެވެ. ޒީވާގެ ބޮލަށް އެނބުރުން އަރާހެން ވެސް ހީވިއެވެ. މިކޮން ކަންތައް ގަނޑެއްހެއްޔެވެ؟ މި އެލަން އަށް އޭނާގެ “ޕާސްޓް” އެނގެނީ ކިހިނެތްބާއޭ އޭނާގެ ހިތައް އެރިއެވެ. މީގެ ބާރަ އަހަރު ކުރިން އޭނާގެ ހަނދާންތައް ނެތިދިޔަކަން ވެސް މީނައަށް އެބައިނގެއެވެ. އަދި އޭނާއަށް ލިވީ ގެ ނަމުން އެބަ މުހާތަބުކުރެއެވެ. މިވަނީ ކިހިނެތްބާއެވެ. ޒީވާ ބޯ ހާސްވާން ފަށައިފިއެވެ. އޭރު އެލަން ފެނުނީ މަޑުމައިތިރި މީހެއްހެން ނަމަވެސް މިހާރު މި ފެންނަނީ އަނިޔާވެރިކަމުން ހައްދުފަހަނައަޅާފައިވި މީހެއްހެންނެވެ.

“އެލަން.. ކިހިނެތް .. ކީއްވެ..މިކޮން ކަންތައްގަނޑެއް.. އަހަރެންގެ ޕާސްޓް އެލަންއަށް އެނގެނީ ކީއްވެ…ކީއްވެ އަހަރެންގެ ފަހަތުން ތިއުޅެނީ ނެއްޓެން ނޭނގިގެން..” އެލަން ދެކެ ޖެހިލުންވި ނަމަވެސް ޒީވާގެ އަޑުގައި ވަނީ ހަރުކަށިކަމެވެ. ރުޅިވެރިކަމާއި ނަފްރަތެވެ.

“ހޫމް.. މިހާރު އަހަރެންގެ އަސްލުވެސް އިގިއްޖެ ކަމަށް މިބަލަނީ.. ހަހާ..  އަހަރެން ފުރަތަމަ ދުވަހު ފެނުން އިރުވެސް ދަންނަ ގޮތެއް ހުރިހެނެއް ހީނުވޭތަ… އިޙްސާސް ވެސް ނުވޭތަ…ޢަހް.. މެމޮރީސްތައް ލޫޒްވެފައޭ ދޯ…ހޫމް މައިތިރި ވެގެން އިނދޭ ކަލޭގެ އިޒާން އެބާދޭ ކަލޭ ބަލާ ..” ޒީވާ ކުރި ހުރިހާ ސުވާލްތަކެއްގެ ޖަވާބު ދިނުމަކީ މުހިއްމުކަމުގައި އެލަން ނުދެކެއެވެ. ނަމަވެސް އެލަން ، އިޒާންގެ ނަން ބުނުމުން ޒީވާއަށް ހުއްޓުން އެރިއެވެ. ” އިޒާން .. ޒާން .. މި އެކަކު” ޒީވާއަށް މަޑުމަޑުންބުނެވުނެވެ. ” ހޫމް އެކަކު.. އަހަރެންގެ ބޭބެ ކަލޭގެ ކަޒިން އަދި ކަލޭގެ ކުރީގެ ލޯބިވެރިޔާ.. ” ނުލަފާ ވައްތަރަކަށް ހެވިފައި އިނދެ އެލަން ބުނެލިއެވެ.

އެއާއެކު ދެލޯބޮޑުކޮށްލަމުން ޒީވާ ބަލައިލިއެވެ. މުޅި ކުއްޖާ އިނީ ހުއްޓުން އަރާފައެވެ. އެތަކެއް އިރެއް ވަންދެން އެހެން ޒީވާ ހުއްޓުން އަރާފައި އިނެވެ. “ކި..ކި.ކީ..ކޭ..ލޯ.ލޯބިވެރިޔާއޭ..” ޒީޥާއަށް ވާހަކަދައްކަން ވެސް ދިޔައީ އުނދަގުވަމުންނެވެ. ” ހޫމް.. ކަލޭގެ ބީ އެފް .. ކަލޭމެން ކިޔާހެން ނަމަ އެކްސް.. ހަހަހަހާ..މި ބަލާ އަހަރެން މިދަނީ ދާން ..ކަލޭ ބަލާ އަންނާނޭ މިހާރު އެމީހުން .. އެން އެގެއިން ވީ ވިލް މީޓް ސޯ ސޯ އޫމް ސޯ ސޫން .. ހަހާ..” ހުއްޓުން އަރާފައި އިން ޒީވާގެ ގައިގާ އައްސާފައި ހުރި ވާތައް މޮހެލަމުން ޒީވާގެ އުގަށް އެލަން އަޅާލީ ފޮޓޯ ތަކެކެވެ. އެއަށްފަހު އޭނާ ނުކުމެގެން ދިޔައީ ޒީވާ އިތުރު ހައިރާން ކަމެއްގެ ތެރެއަށް ދޫކޮށްލާފައެވެ.

އެލަން ނުކުމެގެން ދިޔަ ދޮރާއި ދިމާލަން ބަލަން އިނދެ ލަސްލަހުން އަތުގައިވާ  ފަސްފޮޓޯ ގަނޑަށް ބަލާލިއިރު އެ ހިތް ދިޔައީ ގުޑައިގެންނެވެ. އެންމެ ފުރަތަމަ ފޮޓޯ ގަނޑުގައި ވަނީއެގާރަވަރަކަށް އަހަރުގެ ދެ އަންހެން ކުދިންނެވެ. އުފަންދުވަސް ފާހަގަ ކުރަން ބާއްވާފައިވާ ޕާޓީއެއްގެ ތެރެއިންނެވެ. އެތަނުން އެކަކީ އޭނާ ކަން އިނގުނެވެ. ދެކުދިން އަތު ގުޅުވާލައިގެން ތިބިއިރު ވައްތަރު ގޮތެއް ހުއްޓެވެ.  އެކަމަކު ސިފަ ވައްތަރުވެގެން އޮޅޭހާއެއް ވެސް ނޫނެވެ.  އެ ދެ އަންހެން ކުދިން ހުއްޓިލައިގެން ހުރި ފާރުގައި “ހެޕީ އިލެވެންތް ބާތް ޑޭ ލިވީ އެން ޔޫމީ..” ބޮޑު އަކުރުން ޖަހާފައި އިންތަންކޮޅު ޒީވާ ކިޔައިލިއެވެ. އެއާއެކު އޭނާގެ ލޯ އިހުނަށްވުރެން ބޮޑުވިއެވެ. އަވަސް އަވަހަށް ޖެހިގެން އިން ފޮޓޯ ގަނޑު ބަލައިލި އިރު އޭނާގެ ދެލޮލުން ހޯސްލާފައި ކަރުނަތައް ފައިބައެވެ. އެ ފޮޓޯ ގަނޑުގައިވަނީ ހަމަ އެދެ އަންހެން ކުދިންނެވެ. ސޯފާއެއްގައި އިށީނދެފައި އިނދެ ނަގާފައިވާ ފޮޓޯއެކެއެވެ.  އެވަގުތު ޒީވާގެ ބޮލަށް ދިޔައީ ބަރުބޮޑުވަމުންނެވެ. ގޮތް ނޭނގޭ ގެއްލިފައިވި  ހަނދާން ތަކެއް އާވާން އުޅޭކަހަލަ ގޮތްތަކެއް ގޮތްތަކެއް އޭނާއަށް ދިޔައީ ވަމުންނެވެ. އެތައް ކަމެއް އޭނާގެ ސިކުނޑި ދިޔައީ އޭނާއަށް ހަނދާންކޮށްދެމުންނެވެ. ތުރުތުރު އަޅަމުންދިޔަ އަތަކުން ޖެހިގެން އިން ފޮޓޯގަނޑު ބަލައިލިއިރު ފެނުނީ އެދެ އަންހެންކުދިންނާއި  ޒުވާން ފިރިހެން ކުއްޖަކާއި މެދުއުމުރުގެ އަންހެނަކާއި ފިރިހެނެކެވެ.

ޒީޥާއަށް ގޮޑީގެ މުއްގަނޑުގައި ހިފައިލާގެން ހުރެ ގަދަކަމުން ކަހަލަ ހޮތަކަށް ތެދުވެވުނެވެ. ހަމަ އެއާކު ހަށިގަނޑުން ވަރު ހުސްވެފައިވި މީހެއްހެން ތިރިވެވުނީ ޖެހިގެން އޮތް ފޮޓޯގަނޑުފެނިއެވެ. އެއީ ހަމަ އެއުދޯއްޔެވެ. އޭނާއަށް ހުވަފެނުން ފެންނަ އުނދޯއްޔެވެ. ޒުވާން ފިރިހެން ކުއްޖެއްގެ އަތުގައި ހިފާލައިގެން އުނދޯލީގައި އިށީންދެގެން އެއިނީ ހަމަ އޭނާ އެވެ. ” ވަ.ވާޓް.. މި. މީ..” ޒީޥާއަށް ބޮލުގައި އަތްއަޅާލެވުނެވެ. ބޮލަށް ވަމުންދާ އުނދަގޫ ތައް ވެސް ދިޔައީ ބޮޑުވަމުންނެވެ. އެންމެފަހުން އިން ފޮޓޯގަނޑުގައި ވެސް ވަނީ އެ ރީތި ފިރިހެންކުއްޖާ އާއި އޭނާއެވެ. ޒީވާގެ އަތުން ފޮޓޯ ތައް ދޫކޮށްލެވުނީ ކެތްނުވާވަރަށް ބޮލަށް ވަމުން ދިޔަ އުނދަގޫ ތަކުގެ ސަބަބުންނެވެ. ޒީވާ އަށް ހީވަނީ އޭނާގެ ކަންފަތްދޮށުގައި އެތައް ބަޔަކު އެއްފަހަރާ ވާހަކަ ދައްކަމުން ދިޔަހެންނެވެ. “މަންމާ..” ބޮލުގައި އަތް އަޅާއިގެން އަޑުގެ ނެތްތަނަށް ހަޅޭއްލަވައިގަތީ ބޮލަށް ވާން ފެށި ތަދުން ކެތްނުވެގެންނެވެ. ފުސް ފުސްކޮން ފެންނަމުންދިޔަ މަންޒަރުތައް އޭނާ ސާފް ކޮން ފެންނަން ފެށިއިރު ޒީވާގެ ހާލަތު ގޯސްވާން ފެށިއެވެ. “މަންމާ….ޔޫމީ” ޒީވާ ވާހަކަ ދައްކަން މަސައްކަތް ކުރިނަމަވެސް ނޭފަތާއި އެކު އަނގައިން ލޭގަނޑު އޮހޮރިގަން އިރު  ހެޔަށް ގޮތްގޮތްވާންފެށި އެވެ. “ޒަ…ޒްޒް..ޒާން.. އި.ޒާ..ން އަ..މް ސޮރީ …” ދެލޯމެރެމެން ދިޔަ ވަގުތު އޭނާއާއި ދިމާލަށް ދުވެފައި  އައި ތިން ފިރިހެނުން ފެނުނެވެ. އޭނާގެ ހޭވެރިކަން ފިލާ ގޮސް އެތަނަށް ދެމުން އިރު އެ ހަށިގަނޑުގައި އެއްވެސް ކަމެއް ނެތެވެ.

****

(ނުނިމޭ)

 

 

 

15

6 Comments

 1. Annora

  April 6, 2021 at 10:17 pm

  salaam ..hellow guys hws u all.. here is the part 21 of hiraas.. i hope you all r in love with this episode n new cover pic of this story..♡ ♥💕❤ if guys like new cover plx give a like.. next part will be on april 9 insha allah..♡ ♥💕❤

  & MAASH N LILAC im sorry guyx 19th part ga kohlaafa huri comments ah reply nudheunyma .. i was v v v v bxy with my job that time . n later i saw comment section are closed ..so i coundn’t reply yours.. im sorry .. truly sorry… u guyx r the best n ilysm .♡ ♥💕❤. v happy vey thikudhin gavaaidhun story kiyaakan faahaga v ma….

  thanks thanks n again thanks..thi 2 kudhin n ehn readers ah vx thidhey support v ufalaai eku balaaganan.. v bodah thanks.. love you all my readers.. stay safe dears…♡ ♥💕❤

 2. Begirl

  April 7, 2021 at 10:55 am

  Woowwwwwwwww the best part is next 😍😍I love ur stories so much 😍 😍 patiently waiting for the next part 🍀 🍀 good luck

  • Annora

   April 7, 2021 at 9:41 pm

   awhhhh thanks a lot dear durlll .. ♡ ♥💕❤ it means a lots.. seriously i feel so happy after read ur comment.. thank you begirl♡ ♥💕❤ysh yshh♡ ♥💕❤next part will be soon insha allah darling♡ ♥💕❤

 3. Maash

  April 7, 2021 at 11:00 am

  Its ok Annora🙂 i understand😁
  Btw varah reethi mi part Maasha Allah 😘😘😘
  Zeeva ah eyna ge past egeney dhw 🙂🙂🙂
  Alhey mi alaaniyal haadha gogoahey😡😡😡
  Cover pic Varah reethi, varah situation aa gulhey ☺️☺️☺️

  • Maash

   April 7, 2021 at 11:01 am

   Waiting curiously for the next part 😘
   Stay safe and take care

  • Annora

   April 7, 2021 at 9:48 pm

   thanks for the understanding dear maash ♡ ♥💕❤ balamaa dw zeeva ah dn vaa goi dww .. hehe yh alaniyal is so bad .. thankyuhh so much♡ ♥💕❤♡ ♥💕❤ .. v happy vehje cover r medhu hiyhama jehunyma ♡ ♥💕❤♡ ♥💕❤♡ ♥💕❤
   next part will be on soon insha allah … plz keep waiting ♡ ♥💕❤ stay safe n tc yu too .. ♡ ♥💕❤

Leave a Reply

ކޮމެންޓެއް ހުށަހެޅުއްވުމަށް އެސްފިޔައަށް ލޮގިން ކުރައްވާ!