
ނޭދެން ވަކިވާކައް
އާދައިގެ މަތިން އާތިކާ އަތުގައި އޮތް ފޯނު ހިފައިން އެނދުމަތީ އޮޝޯވެ އޮތީ ލޯބިވެރިޔާ މެސެޖުކުރާނެ ގަޑިއެއްގެ އިންތިޒާރުގައެވެ. ކޮންމެ ދުވަހަކުހެން ލޯބިވެރިޔާ އޭނާ އަށް ހަބަރެއް ވެލާނީ ދުވާލަކު އެއްފަހަރު ކަމުން މިއަދުވެސް އޭނާ އޮތީ ލޯބިވެރިޔާ މެސެޖު ކޮއްލާނެކަމަށް ހިތާއެވެ. އިރު އޮއްސުން އިރުވެސް އޭނާގެ މެސެޖެއް ނައުމުން މާޔޫސްކަންމަތީ ނިދަން އަރާ އޮޝޯތެވެ.
މެންދަމު ބާރަ ޖަހަނިކޮށް އާތިކާ އަށް ހޭލެވުނީ މެސެޖެއްގެ އަޑަށެވެ. ފޯނު ނަގާ އަވަހަށް ބަލާލެވުނީ ލޯބިވެރިޔާގެ މެސެޖެއް ކަމަށް ހީކޮށްފަ އެވެ. އެކަމަކު އެއީ ފިރާޝް ކިޔާ މީހެއްގެ މެސެޖެކެވެ. މި ނުދަންނަ ޒުވާނާ އާތިކާ މެސެޖެ އްކޮށްލީ އޭނާ ކޮށްފާ އިން މެސެޖަށް “ހައި” އެއް ފޮނުވާލުމަކުންނެވެ.
ދުވަސްތައް ފާއިތު ވަމުން ގޮސް ފިރާޝް އާއި އާތިކާގެ ގުޅުން އެންމެ ގާތް ދެ އެކުރިންގެ ގުޅުމަށް ބަދަލު ވެގެން ދިޔަ އެވެ. އާތިކާ ފިރާޝް އަށް އިތުބާރު ކުރެވެން ފެޝުމުން އާތިކާ މިހާރު އުޅެމުން އަންނަ ހާލު ބަޔާންކޮށްދިނެވެ. ފިރާޝްއަށް މިކަންތައް އެނގުމަށްފަހު އޭނާ ބުންޏެވެ.
” އާތީ.. އަހަރެން މި ވާހަކަ ނުބުނެ ވޭތޯ ވަރަށް ބަލަ އިފިން.. އެކަމަކު.. ދެން ނުބުނެ ނެތް ވާކަށް.. އާތީ.. އަހަރެން އާތީ ދެކެ ވަރަށް ލޯބިވޭ.. ހުމަ އިދު އަށް ވުރެ ރަނގަޅަށް އަހަރެން އާތީ ގެންގުޅޭނަން.. އާނ އެކޭ ބުނާާނަންތަ އަހަންނާ ރައްޓެހިވާން އަހައިފިއްޔާ؟” ފާރިޝްގެ ވާހަކަ ނިމުން އިރު އާތިކާ ހުރީ އާނއެކޭ ބުނަން ބޭނުން ވެފަހެން ހީވެއެވެ. އާތިކާގެ ހިތް ބާރު ބާރަށް ތެޅެމުން ދިޔައީ އާދަޔާ ހިލާފަށެވެ. އެކަމަކު މިވަގުތު އޭނާ އެކަމަށް އަޅާނުލީ މާ ބޮޑު ކަމަކަށް އެކަން ނުހަދަން ވެގެންނެވެ. ޖަވާބު ދިނީ އާތިކާގެ އަމިއްލަ ނަފްސު ކޮންރޯލް ކުރެވުމުންނެވެ.”ފާރިޝް.. އަހަންނަކަށް ނެއް ދެމީހަކާ އެކީ ރިލޭޝަން އަކަށް ދެވޭކަށް.. އަހަރެން މީ ރިލޭޝަންގަ އުޅެމުން އެހެން ކުއްޖަކާ ރައްޓެހިވާނެ ކުއްޖެއް ނޫން.. ވަރަށް ބޮޑަށް ސޮރީ..” ފާރިޝްގެ ހިތަށްއެރިއެވެ. އެހާާ ހިއްވަރުކޮށްފާ ލޯބިވާ ވާހަކަ ބުނުމުންވެސް އާތިކާ އެ ލޯބި ގަބޫލް ނުކުރާނީ ހާދަ ވަފާތެރި ބައިވެރި އަކަށްވީމާ ހެއްޔެވެ؟
(ނުނިމޭ)