Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ފުރަތަމަ ޞަފްހާ
ހިތާމަލޯބި

ވާން އެދެމޭ ގާތުގާ (4)

🌹YEOJA🌹 Level 610 Stories100 Login100 Comments
March 8, 2021 5 Mins Read
6 Comments

ގިނައިރު ރޮވުމުގެ ސަބަބުން އައިލީން އަށް ނިދުނެވެ. ނިދާފައި އޮތް އިރު ވެސް މަޑުމަޑު ގިސްލުމެތް އަނގައިން ނިކުމެގެން އާދެއެވެ. އައިލީން އެނދުމަތީގައި ބާއްވާފައި އޭނާ ގައިގައި ރަޖާ އަޅާދީފައި ރައިހާ އެކޮޓަރިން ނިކުމެގެން ދިޔައީ ލޮލުން އައިސް ފައި ހުރި ކަރުނަތައް ފޮހެލަމުންނެވެ. ބޭރަށް ނިކުން އިރު ޖޯލީގައި ތިބި ލިޔާން އަދި ޔާނިޔު ފެނުމުން ރައިހާ ދިޔައީ އެދެމީހުންނާ ދިމާލަށެވެ.

” ކޮބާ ކިހިނެތް ތަ އައިލީން އޭނާ ކޮބާ ؟ ” އަވަސްއަވަހަށް ކެތްނުލަވާގެން ޔާނިޔު އަހާލިއެވެ. ” ރޮއެ ރޮއެ ވަރުބަލިވެގެން ނިދިފާ އޮތީ ، އައިލީ ވަރަށް ދެރަވެފާ ހުރީ އަހަރެންނަށް ވަރަށް އުނދަގޫ އައިލީ އެހެން އުޅޭތަން ބަލަން ، އެން ދެން މީގެ ފަހުން އެ އިވާން ގަނޑުގެ ވާހަކަ އައިލީ ކައިރި ނުދައްކާތި އިނގޭ ، ދެމީހުން ވެސް މިހާރު ވަކި ވެއްޖެ އައިލީ ބުނީ އިވާން އަށް ގުޅާފައި ވަކިވާން ބޭނުމޭ ، އަހަރެން ވަރަށް އުފާވި އައިލީ އެހެން ކަންތައް ކުރީ މާ ،” އެތާ އިން ހުސްޖޯލިއެތްގައި އިށީންނަމުން ރައިހާ ބުނެލިއެވެ. ” ދެން ހިނގާ ދާން ، އައިލީ ކައިރި އަށް އަންނަން ވާނެ އަދި ތިންމީހުން އިނގޭ އައިލީ އެތްގޮތަކަށް ވެސް އެކަނި ވިޔަ ދޭކަށް ނުވާނެ އެހެންނޫނީ އައިލީ ވިސްނާނެ ، ވީހޭވްޓުބީ ވިތް ހާ އެޓް އެނީ ކޯސްޓް ، ” އިރުކޮޅަކު އެހެން ތިބުމަށް ފަހު ޖޯލިން ތެދުވަމުން ރައިހާ ބުނެލިއެވެ. ލިޔާން އަދި ޔާނިޔު ވެސް އެއްބަސް ވުމުގެ ގޮތުން ބޯޖަހާލިއެވެ. ތިންމީހުން ގެއަތް ދާން މިސްރާބުޖެހިއެވެ. ވަކި ހިސާބަކުން ޔާނިޔު އެހެން ގޯޅިއަކަށް އެޅުމުން ރައިހާ އާއި ލިޔާން އެކަނި ވިއެވެ. ރައިހާ ގެ ހިތްދަނީ އޮބި ނޯންނަ ވަރަށް ތެޅެމުންނެވެ. މިހާ ދުވަސް ވީއިރު ވެސް އެ ހިތުގައި ލިޔާން އަށް ދެވިފައި ވާ މަގާމަކަށް ކުޑަވެސް ބަދަލެތް ނާދެއެވެ.

” އަމް ރައީ އައިމް ސޮރީ އަސްލު އެ ގަނޑީ ހަގް ކޮށްލެވުނީ މާ ރައިހާ ގެ ހުއްދަ ނުހޯދާ އަހަރެންނަން އެހެން ރައީ އާއި ގާތް ވެވުނީމާ ” ރައިހާ ގެ ގެއާއި ހިސާބަތް އަރާފައި ރައިހާ ދާން ހެދުމުން ލިޔާން ބުނެލިއެވެ. ލިޔާން ގެ މިއަމަލުންނާ ބަސްތަކުން ރައިހާ ގެ ހިތް އުފާވިއެވެ. ” އިޓްސް އޯކޭ ލިޔާން ، ” ހިނިތުންވެލަމުން ރައިހާ ބުނެލިއެވެ.

*************************************

މެންދުރުގެ އަވިގަދަ ވަގުތު ބޭރުގައުޅެ ލާފައި ނުސްރާ އަދި ހާރޫން ގެއަތް އައެވެ. ގެއަށް ވަންގޮތަށް ވެސް ފުރަތަމަ ނުސްރާ ދިޔައީ އައިލީން ގެ ކޮޓަރިއަށެވެ. ކޮޓަރި ދޮރުހުޅުވާލައިފައި ނުސްރާބޯދިއްކޮށްލިއެވެ. އެއާއެކު ލައިގެން އޮތް ޔުނީފޯމް ވެސް ބަދަލުނުކޮށް އައިލީން ނިދާފައި އޮތުމުން ނުސްރާ ކަންބޮޑުވިއެވެ. އަވަސް ފިޔަވަޅުތަކެތް ގައި ނުސްރާ އައިލީން އޮތް އެނދާ ހަމައަތް ދިޔައިރު އައިލީން އޮތީ ދާހިތް ލާ ފޯވެފައެވެ. މޫނުމަތިން ވަރުބަލިކަން ފެންނަން ހުރިއިރު ތުންފަތް ވެސް ވަނީ ކުރަކި ވެފައެވެ. ދަރިފުޅު އޮތް ހާލާ މެދު ކަންބޮޑުވާ ހާލު ނުސްރާ އައިލީން ގެ މޫނުގައި އަތް ޖައްސާލީ އައިލީން ގެ މޫނުމަތީގައި ވާ ދާތިކިތައް ފޮހެލަދިނުމުގެ ބޭނުމުގައެވެ. މޫނުގައި އަތްލިހެންނެތް ހީނުވެ ނުސްރާ އަށް އަތްދަމާގަނެވުނީ އައިލީން ގެ ގައި ހޫނުކަމުންނެވެ. މަޑުމަޑުން އައިލީން ގެ ނިތްކުރިމަތީގައި ނުސްރާ އޭނާ ގެ އަތް ނުފުށުން ބާއްވާލިއެވެ. އެއާއެކު އޭނާ އަށް ދެލޯބޮޑުކޮށްލެވުނެވެ. އައިލީން އޮތީ ހުމާގެން ފިހި ފިހި އެވެ. ފާހަނައަތް ވަދެ ފެންތަށްޓަކާ ކުޑަ ތުވާލިކޮޅެތް ހިފައިގެން އައިސް ނުސްރާ އައިލީން ގެ ނިތްކުރިމަތީގައި ތުވާލިކޮޅު ތެއްކޮށްލާފައި ބާއްވާލިއެވެ. އެވަގުތު ވެގެން ދިޔައީ އައިލީން ގެ ކޮޓަރިއާއި ހިސާބައް ރައިހާ އާއި ވަގުތަށެވެ. އައިލީންގެ މޫނުމަތީގައި ފެން އުނގުޅަން އިން ނުސްރާ ފެނި ރައިހާ އަވަސް އަވަހައް އެދިމާލަށް ދެވުނީ ނުސްރާގެ މޫނުމަތިން ކަންބޮޑުކަން ފެނުމުންނެވެ. ” ދައްތާ އައިލީ އަށް ކީއްވީ ،؟” ކަންބޮޑުވެފައި ރައިހާ އަށް އަހާލެވުނެވެ. ” އަހަ ރައީ ، މި އައިލީ އޮތީ ވަރަށް ގަދައަށް ހުން އައިއްސާ ، ރައީ އާދެބަ މިތަނަށް ދައްތަ އެބަ އަންނަން ހޫނު ސޫޕް ތައްޓެއް ހަދާލައިގެން ،” ރައިހާ ކައިރި އަށް ޖެހިލަމުން ނުސްރާ ބުނެލިއެވެ. ޖަވާބުގައި ރައިހާ ބޯޖަހާލައިފައި އައިލިންގެ މޫނުމަތީގައި ފެން އުނގުޅާލިއެވެ. އެހެން އިންދާ އައިލީން ކުޑަކޮށް ލޯހުޅުވާލިއެވެ. ” ރައީ .”  ބަލި އަޑަކުން އައިލީން ބުނެލިއެވެ. އައިލީން ގެ މިހާލު ފެނި ރައިހާ ފެންކަޅިވިއެވެ. އެހެން އިންދާ ނުސްރާ ސޫޕް ތަށި ހިފައިގެން އެތަނަށް އައެވެ. ކާހިތް ނެތަސް ނުސްރާ ކިޔަންފެށުމުން އައިލީން ސޫޕް ކޮޅެށް ބޯލިއެވެ. އެނދުގެ ފަޑީގައި އައިލީން ލެގިލައިގެން އިން އިރު އޭނާ ގެ ހިޔާލުތަކުގައި ވަނީ އިވާން އެވެ. އިވާން އަށްޓަކައި ހިތުގައި އެތައް ހާސް ޝަކުވާވީރު އައިލީން ގެ ހިތުގައި އެތަށް ޝަކުވާއެތް ވެއެވެ. އެކަމަށް އައިލީން ގެ ލޮލުން ފައިބަމުން ދިޔަ ކަރުނަތައް ވެސް ހެކިދެއެވެ.

ރޭނގަޑުގެ ހިތް ގައިމު ވަގުތު އެކަމުގެ އުފާހޯދުމަށް އައިލީން ގޭގެ ބަގީޗާ ގައި ހުރި އުނދޯލީގައި އިށީނދެލައިގެން އިނެވެ. ހުން ގަނޑު ކޮންމެސް ވަރަކަށް ރަނގަޅުވެފައި ވުމުން އައިލީން ގެ ގައިގައި ވަނީ ކުޑަކޮށް ބާރުޖެހިފައެވެ. ގޭގެ ދޮރާށީގެ ދޮރު ހުޅުވުނު އަޑަށް އައިލީން އެދިމާލަށް ބަލައިލިއެވެ. އެއާއި އެކު އެތެރެ އަށް ވަދެގެން އައި ރައިހާ ، ލިޔާން އަދި ޔާނިޔު އޭނާ އަށް ފެނުނެވެ. އުނދޯލީގައި އިނދެ އެމީހުންނާ ދިމާލަށް ބަލަހައްޓައިގެން އިން އައިލީން ޔާނިޔުގެ ލޮލުގައި އަޅައިގަތެވެ. މޫނުމަތީގައި އެތް ވެސް އުފަލެތް ފެންނަން ނެތެވެ. ތިންމީހުން އެތްކޮށް އައިލީން އިން ޖޯލިއާ ހަމަކޮށް އެތަނުން ޖޯލިއެތްގައި ފަހަރަކު މީހަކު އިނެވެ. އެކި އެކި މަޖާ ވާހަކަ ދައްކައިގެން އައިލީން ގެ މޫޑް ރަނގަޅުކުރުމުގައި ލިޔާން އާއި ރައިހާ އުޅުނު އިރު ޔާނިޔު އަށް އިނދެވުނީ ހޭށެވެ. އެދެމީހުންގެ ހިތްވަރުން އައިލީން ގެ މޫޑް ކޮންމެސް ވަރަކަށް ރަނގަޅުވިއެވެ. ” އޭއި ހިނގާ އެއްޗެއް ކާލަން ، އަހަރެން އަންނާނަން އެހެރަތާގައި ހުރި ފިހާރައިން ލުއި ކާނާ ކޮޅެށް ގަނެލައިގެން ” ޖޯލިން ތެދުވެލަމުން ރައިހާ ބުނެލިއެވެ. އެއާއެކު އެންމެން ބޯޖަހާލިއެވެ. ” މަޑު ރައިހާ އެކަނި ދާކަށް ނުވާނެ އަހަރެން ދާނަން ރައިހާ އާއި އެކު ” ލިޔާން ޖޯލިން ތެދުވެލަމުން ބުނެލިއެވެ.  އެދެމީހުން ވެސް ފިހާރައަށް ދިޔުމުން މުޅި އެތަން ހަމަހިމޭން ވިއެވެ. ޖެހިލާ ވައިރޯޅިތަކުން ގަސްތަށް ހެލޭ އަޑާ ކުދި ކުދި ސޫފިއެއްޗެހި ގޮވާއަޑުނޫން އެހެން އަޑެއް އެތަނަކުން ނީވެއެވެ. ދައްކާނެ ވާހަކަ އެތް ނޭނގިފައި ޔާނިޔު އަދި އައިލީން އިނެވެ.  ” އައިލީން މިހާރު ކިހިނެތް ؟ ” ދެމީހުން ގެ ދެމެދުގައި ވާ ހަމަހިމޭން ކަން  ކަނޑުވާލަމުން ޔާނިޔު ބުނެލިއެވެ. ” މިހާރު ދެން ރަނގަޅު ” އައިލީން ބުނެލިއެވެ. ” އައިލީން، އަހަރެން ވާހަކަ އެތް ބުނަނަން ތަ ދެރަނުވާއްޗޭ ، އައިލީ ދެރަކުރާކަށް ނޫން އަހަރެން މިވާހަކަ މިދައްކަނީ ކީއެތް ” ދެއަތް ދެއަތާ މޮޑެލަމުން ޔާނިޔު ބުނެލިއެވެ. ” ހޫމްމް ، ކޮންވާހަކައެތް ” ޔާނިޔު އާއި ދިމާލަށް ބަލަހައްޓައިގެން އިނދެ އައިލީން ބުނެލިއެވެ. ” އަސްލު އިވާން އައިލީ އާއި ދުރުވީ އޭނާ ކުރިން ރައްޓެހިވި ކުއްޖެށް ގެ ސަބަބުން ، އައިލީ އާއި ރައްޓެހިވެގެން އުޅުނު އިރު ވެސް އިވާން އެ އަންހެން ކުއްޖާ އާއި ވާހަކަ ނުދައްކާ ހުރެހުރެފާ ދެއްކީ  ، ދެންނޭނގެ އެކުއްޖާ ކީކޭކަމެތް ކީކީއެތް ، އަހަރެން ނަށް ވެސް އިނގުނީ ވަރަށް ފަހުން އިވާން އެހެން ކުއްޖަކާ ރައްޓެހިވެފީމޭ ބުނިފަހުން ، އެން އައިލީ ބޭވަފާތެރިންނަކަށް ކަރުނަ އޮށްސާނެކަމެއް ނެތް ، ހީ ޑޯންޓް ޑިޒާވް ޔޫ ، ފަހުން އިވާން ހިތަށް އަރާނެ އަތުން މިދޫވީ ކިހާ ބޮޑު ޖަވާހިރެތް ކަން ، އެހެންމާ ދެން ނުރޮއްޗޭ ، އަހަންނަން އިނގޭ މިކަންތަށް ގަނޑާ ހަދައިގެން ކަން އައިލީ ހުން އައީ އެހެންމާ ދެން ކަންކަމާ ނުވިސްނާތި ކިޔެވުމަށް ސަމާލުކަން ދީ އިނގޭ ، ރައިހާ ވެސް ހުންނަނީ  ވަރަށް ދެރަވެފާ އައިލީ އަށް ތިހެން ވީމާ ، އެހެންމާ ދެން ނޯ ކްރައިން އިނގޭ ” ވިސްނާދޭ ރާގެށް ގައި ޔާނިޔު ބުނެލިއެވެ. ޔާނިޔުގެ ވާހަކަ ތައް އަޑުއަހާފައި އައިލީން އަށް އާ ހިތްވަރެށް ލިބުނު ފަދައެވެ. ލޮލުނަ ފައިބަން ރެޑީވެފައި އިން ކަރުނަ ތިކި ފޮހެލަމުން ޔާނިޔު އަށް ހިނިތުންވެލާފައި ބޯޖަހާލިއެވެ. އޭނާ ގެ އިޙްސާސްތަކަށް އިޙްތިރާމް ނުކުރި މީހަކަށްޓަކައި ކަރުނަ އޮހުރުވުމުގެ ބޭނުމެތް ކޮބާބާވައޭ ވެސް އެގަނޑީގައި ހިތަށް އެރިއެވެ.

********************************

ބޭނުން ވާވަރަށް އެއްޗެހި ގަނެވުމުން ރައިހާ އާއި ލިޔާން ގެއާއި ދިމާލަށް ދާން މިސްރާބުޖެހިއެވެ. ދެމީހުންގެ ދެމެދުގައު ރަސްކަން ކުރަމުން ދިޔަ ހަމަހިމޭން ކަން ކަނޑުވާލީ ރައިހާ ގެ މަޑު ހަޅޭކުންނެވެ. ފައިކައިރިން ލައިފައި ދިޔަ ކަޅުބުޅާފެނުމާއެކު ރައިހާ އަށް ކައިރީ ހުރި ލިޔާން ގައިގައި ހަޅޭލަވާލަމުން ބައްދާލިއެވެ. އެގޯޅިއަކީ ފުދޭވަރަކަށް އަނދިރި ގޯޅިއަކަށް ވެފައި ބުޅަލެތް ފެނުމުން ރައިހާ ބިރުން ހަލާކުނުވީ ކިރިޔާއެވެ. ލިޔާން އަށް ވެސްލިބުނީ ކުއްލި ސިހުމެކެވެ. ” ރައީ އަހަރެން ގައިގައި ތިހެން ބައްދާލައިގެން ތަ ދެން ހުންނަނީ ، ” އިރުގަނޑެށް ފަހުން ވެސް ރައިހާ ދުރަށް ނުދިޔުމުން ލާނެތް ހިނިތުން ވުމަކާއެކު ލިޔާން ބުނެލިއެވެ. އެއާއެކު ތެޅިގަނެފއި ރައިހާ އަށް ލިޔާން ގެ މެދުހަށިން ދޫކޮށްލެވުނެވެ. ” ސޮ..ސޮރީ ” އަޅާއިގަންނަމުން ކަހަލަ ގޮތަކަށް ރައިހާ ބުނެލިއެވެ. އަނދިރިކަމުގެ ސަބަބުން ރައިހާ ގެ މޫނުމަށްޗައްއަރައިފައިބަމުން ދިޔަ ކުލަވަރުތައް ވަނީ ލިޔާން އަށް ވަންހަނާވެފައެވެ.

” ކަލޭނޭ މި ލިޔާން އާއި ރައިހާ ކޮބާތެ ، މިހާޜު ހާދަގިނައިރު ވެއްޖެއޭ ” އައިލީން ބުނެލިއެވެ. ޔާނިޔުގެ ވާހަކަ ތަކުން އައިލީން ގެ ހިޔާލުތަކުން އިވާން ވަނީ ވަރަށް ބޮޑަށް ދުރުވެފައެވެ. އައިލީން މިހެން ބުނެލިތަނުން ގެއަށް ވަދެގެން އައި ލިޔާން އަދި ރައިހާ ފެނުނެވެ.

” ސާބަސް ދެމީހުންނަށް ތިޔައީ ކީއްކޮށްފާ ހާދަ ލަސްވީ ” ދިމާކުރާ ކަހަލަ ރާގަކަށް ޔާނިޔު ބުނެލިއެވެ. ” އެއީ ދެން އަހަރުމެން ދެމީހުން ދެމެދުގައި އޮތް ކަމެތް ކަލޭމެން ނުޖެހޭނެ އެކަމެތް ބަލާކަށް ދޯ ރައިހާ” ރައިހާ އަށް އެތްލޯ މަރާލަމުން ލިޔާން ލާނެތް ރާގެތްގައި ބުނެލިއެވެ. ލިޔާން އޭނާ އަށް އެތްލޯމަރަލުމުން ރައިހާ ގެ މޫނުވަގުތުން ރަތް ވިއެވެ. ހަތަރު މީހުން އެތަށް ވާހަކަ ދައްކަން ތިބެފައި ނުވައެތް ޖެހުމާއެކު ރައިހާ މެން ގެއާއި ދިމާލަށް ދާން ދިޔުމުން އައިލީން ވެސް ގޭތެރެ އަށް ވަތީ އަވަހަށް ނިދާލުމުގެ ބޭނުމުގައެވެ.

(ނުނިމޭ)

 

Share Article

Follow Me Written By

🌹YEOJA🌹

Level 610 Stories100 Login100 Comments

Other Articles

Previous

ތީއޭ އުފަލަކީ…14

Next

ނިކަން ލޯބިން-04

Next
March 9, 2021

ނިކަން ލޯބިން-04

Previews
March 8, 2021

ތީއޭ އުފަލަކީ…14

6 Comments!

  1. YEOJA says:
    March 8, 2021 at 12:10 pm

    Hello readers♥️♥️
    Unmeedu kuran mibai vxx hurihaa readers ah kamudhaane kama ♥️♥️
    And don’t forget to cmnt and tell me how the stry was .♥️♥️
    Next part Tomorrow or tonight ISA ♥️♥️
    Stay safe readers♥️♥️♥️

  2. redlailacrose says:
    March 9, 2021 at 8:30 am

    Stry vrh reethi ?? waiting for next part ??? stay safe ?? stay home

  3. YEOJA says:
    March 9, 2021 at 1:08 pm

    Thank u soo much redlailacross♥️♥️
    So happy to know that u like this part , ♥️♥️
    Next part mihaaru vaany submit kohlaafaa♥️♥️
    Stay safe and take care♥️♥️♥️

    1. redlailacrose says:
      March 9, 2021 at 7:16 pm

      Ur welcome ??? u too ?? stay safe and take care??

    2. Nashwa says:
      March 10, 2021 at 12:22 am

      Aneh part nufeney ei keeh ve? ?
      Your this story is the best.. Masha allah… You are a great story writer… May allah keep you blessed♥️?

  4. YEOJA says:
    March 10, 2021 at 8:54 am

    Swry guyss vaahaka las vaathy ♥️♥️
    Ehyegaa yeoja inaane stry submit kohfaa adhi publish eh nuvey♥️♥️
    Keep waiting readers ♥️♥️

Comments are closed.


All Right Reserved!