ދުވަސްތައް ހަލުވިކަމާ އެކު ފާއިތުވަމުން ގޮސް ކިޔެވުމުގެ މެދާ ހަމައަށް އައިސްފިއެވެ. އިވާން ގެ ހަނދާން ތަކުން އެތްކޮށް ދުރުނުވިއެތް ކަމަކު އައިލީން އަށް މިކަމުން ވަނީ ވަރަށް ބޮޑަށް ދުރުވެވިފައެވެ. ރައިހާ މެން އެތް އިރެތްގައި ވެސް އައިލީން އެތް އެކަންޏެށް ނުކޮށްލައެވެ. އަބަދުވެސް އޭނާ އާއި އެކު ވަގުތު ހޭދަކުރެއެވެ. ދުވަސްތަށް ދަމުން ދިޔައިރު ޔާނިޔު އާއި އައިލީންވެސް ވަނީ ވަރަށް ބޮޑަށް ގާތްވެފައެވެ. ޔާނިޔު ގެ މަޖާ މިޒާޖުގެ ސަބަބުން އައިލީން ހޭން ޖެހޭ ފަހަރު ފަހަރު ގިނައެވެ. ހަމަ އެހެންމެ ލިޔާން އާއި ރައިހާ ވެސް ވަނީ ކުރިއާއި ބަލާފައި ވަރަށް ބޮޑަށް ގާތް ވެވިފައެވެ. ރައިހާ ގެ ހިތުގައު ލިޔާން އަށްޓަކައި ދުވަހެތް ދުވަހަކަށް ދަނީ ލޯބި އިތުރުވަމުންނެވެ. ހަމައެހެންމެ ލިޔާން އަށް ވެސް ރައިހާ އާއި މެދު ތަފާތު ނަޒަރަކުން ދެކެވެން ފެށީ އޭނާއަށް ނޭނގިހުރެއެވެ.
***********************************
ކިޔެވުމަށް ރައިހާ ސަމާލުކަން ދިނެތްކަމަކު އޭނާ ގެ ނަޒަރުހުއްޓިފައި ވަނީ ލިޔާން ކައިރި ޖެހިފިތިގެން އިން އަންހެން ކުއްޖާއަށެވެ. ސުމާ ލިޔާން އަށް ބަލާގޮތް ރައިހާ އަކަށް ކަމަކު ނުދެއެވެ. ސުމާ އަކީ ސުކޫލުގައި ފިރިހެން ކުއްޖެށް ކިޔާފީއާ މޮޔަވާ އަންހެން ކުއްޖެކެވެ. އެތަށް ފިރިހެން ކުދިންނަކާ ގުޅިފައި ވީއިރު އެއީ އެތްވެސް އުޅުމެތް ހުރި އަންހެން ކުއްޖެއް ނޫނެވެ. މިހާރަކަށް އައިސް އޭނާ އަބަދުވެސް ހުންނަނީ ލިޔާން ފަހަތުގައު ވިއްދާފައެވެ. މިކަމާ ލިޔާން އަޅާ ނުލާތީ ރައިހާ ދެރަވެއެވެ. އޭނާ ކިތަންމެ ވަރަކަށް ލިޔާން އަށް އިންތިޒާރުކުރިޔަސް އެ އިންތިޒާރުގެ ނިމުން ފޮނިވާނެ ކަމާމެދު ޝައްކުކުރެވެއެވެ. ސުމާ އޭ ކިޔާގެން ރައިހާ އަބަދުވެސް ހުންނަނީ އައިލީން ކައިރި ކުދި ކިޔާލަ ކިޔާލައެވެ. އައިލީން ވެސް ހުންނަނީ އެކުވެރިޔާ އަށްޓަކައި ކަންބޮޑުވެފައެވެ.
އޭގެ ދެހަފްތާ ފަހެވެ. ސުކޫލަށް ދާން ވެގެން ގެއިން ނިކުން ރައިހާ އަށް ނިކުންތަނުން ފެނުނު މަންޒަރުން ހިތްފަޅާގެން ދިޔަކަހަލަ އެވެ. އެކަކު އަނެކަކު ގެ އަތުގައި ހިފައިލައިގެން ލިޔާން އާއި ސުމާ ތިބިއިރު ދެމީހުންގެ ދެމެދަށް ވާރޯޅިއެތް ހާހިސާބުވެސް ނުވަދޭހާ ގާތް ވެގެން ދެމީހުން ތިއްބެވެ. އެދެމީޙުން ނަށް ބަލަން ހުރި ރައިހާ ފެނުމުން ލިޔާން ސުމާ އާއި ދުރުވެލިއެވެ. ރައިހާ އާއި ދިމާލަށް ބަލަހައްޓާއިގެން ހުރެފައި ލިޔާން ދުރުވެލުމުން އަލިފާނުގެ ބެލުމަކުން ސުމާ ރައިހާ އަށް ބަލާލިއެވެ. ރައިހާ އަށްޓަކައި އެހިތުގައި ނަފްރަތުގެ ރާޅެށް ބިންދާލިއެވެ. ހިތާހިތުން ކުދިކިޔަމުން ސަމާ ލިޔާން ގެ އަތުގައު ހިފާލަމުން ދަމުން ކަހަލަ ގޮތަކަށް ލިޔާން ގެންދިޔައެވެ.
ސުމާއާއި ލިޔާން އަށް ބަލަން ރޮވިފައި ރައިހާ ހުއްޓެވެ. ލިޔާން އަށްޓަކައި އެ ހިތުގައި ވާ އުންމީދުގެ ހުޅުކޮޅު ނިވިއްޖެއެވެ. ރައިހާ ސިއްސާގެން ދިޔައީ އޭނާ ގެ ކޮނޑުގައި މީހަކު އަތްޖައްސާލުމުންނެވެ. އަވަސްއަވަހަށް ލޮލުން ފައިބަން ތައްޔާރުވެފައި އިން ކަރުނަ ތިކި ފޮހެލާފައި ފަހަތް ބަލާލިއެވެ. ފަހަތް ބަލައިލި އިރު އޭނާ އާއި ދިމާލަށް ބަލަހައްޓައިގެން ހުރި އައިލީން ގެ މޫނުމަތީގައި ވާ ކުލަވަރުން އޭނާ އަށް ވެސް ހުރިހާ މަންޒަރެތް ފެނިއްޖެކަން އިނގުނެވެ. ” އައިލީ އެއްޗެކޭ ނުބުނާތި ލިޔާން އާއި ދިމާލަށް ޕްލީސް ، އޭނާ އުފަލުގައި އުޅެނީކަމަށް ވާނަމަ އަހަރެން ވެސް ހުންނާނީ އުފަލުގާ ، ލިޔާން ގެ އުފަލަކީ ސުމާ ކަމަށް ވަނީނަމަ އަހަރެން މިހުރީ އަހަރެންގެ ލޯބި ފަސްލާފައި ފޮރުވަން ވެސް ތައްޔާރަށް ” ލޮލުން ކަރުނަ އަންނަމުން ދިޔަނަމަވެސް ރައިހާ އޭނާ ގެ ޖުމްލަ ފުރިހަމަ ކޮށްލިއެވެ. ” ރައީ އުފަލުގައި ހުރި ނަމަ ތި މޫނުމަތީގައި ވާނީ ހިނިތުންވުމެތް ، ދެން އެހެން ވީރު މީކޯންޗެއް ، ރައީ އުފަލުގައި ހުންނަނަމަ މި ކަރުނައެތް ތިލޮލަކުންނާންނާނެ ، ” ރައިހާ ގެ ލޮލުން އަންނަމުން ދިޔަ ކަރުނަތަށް ފޮހެލަމުން އައިލީން ބުނެލިއެވެ. ދޭނެ ޖަވާބެތް ނޭނގިފާ ރައިހާ އަށް ހުރެވުނެވެ. ” ދެން ހިނގާ ސުކޫލާ ދިމާލަށް ދާން މިހާރު ގަނޑިޖެހެނީ އެއޮތް ” ރައިހާ ގެ އަތުގައި ހިފާލަމުން އައިލީން ބުނެލިއެވެ. ރައިހާ ވެސް ބޯޖަހާލައިފައި އައިލީން އާއި އެތްކޮށް ހިނގައިގަތެވެ.
ކުލާސްތެރޭގައި އެތް އަޑަކަށް ވަނީ ސުމާ އާއި ލިޔާން ގެ ވާހަކަ އެވެ. ދެމީހުން ވެސް ރައްޓެހިވެގެން އުޅޭކަމެވެ. ކުލާސްތެރޭގައި މިޙަބަރުތައް ފެތުރީ ހުދު ސުމާއެވެ. ރައިހާ ދެރަކުރުމަށެވެ. އެކަން ނުލާހިކު ރަނގަޅަށް ކާމިޔާބުވެސް ވިއެވެ. ރައިހާ ކުލާހުގައި އިނެތްކަމަކު އޭނާ ގެ ހިޔާލުތަށް ވަނީ ލިޔާން އާއި ގުޅިފައެވެ. ލޮއިއްބަކީ މިހާ ހިތި އިޙްސާސް އަކަށް ވެދާނެކަމަކަށް އޭނާ އެތް ދުވަހަކު ވެސް ހިއެތް ނުކުރެއެވެ. ރައިހާ ގެ ހާލަތް ހަމްދަރުދީވެ ދެރަވެފައި އައިލީން އިން އިރު ލިޔާން ދެކެ އިނީ އިންތިހާއަތް ރުޅިއައިސްފައެވެ. ލިޔާން އާއި ވާހަކަ ދައްކަން ނިންމަމުން އައިލީން ކިޔެވުމަށް ސަމާލުކަން ދެވޭތޯ ބެލިއެވެ. ސުމާ އަކީ ހުދު އޭނާ ވެސް ނުލާހިކު ފޫހިވާ ކުއްޖެކެވެ.
އިންޓަވަލް ގަނޑި ޖެހުމާއެކު ކުދިންތަށް ކުލާހުން ނިކުމެގެން ގޮސް ސުކޫލުގެ ފަހަތުގައި ހުރި ކެންޓީނަށް ވަނެވެ. ރައިހާ އައިލީން ވެސް ކެންޓީނަށް ދިޔައިރު ވަކިން މޭޒެށްގައި ލިޔާން އާއި ސުމާ އިން އިރު ދެމީހުން ވެސް ތިބީ ހީހީފައި ވާހަކައެތް ދައްކާށެވެ. މިތަން ފެނި ކިތަންމެ ދެރައެތް ވިޔެތް ކަމަކު ރައިހާ ކެތްކޮށްލާގެން އައިލީން އާއި އެކު ދިޔައެވެ. ” އައިލީ ، އަހަރެން އެބައަންނަން ފާހަނަ އަށް ގޮސްލާފާ ވަރަށް އަވަހަށް ،” ބޭނުން ވާ ކާއެއްޗެހިނަގާފައި އައިލީން އާއި ހަވާލުކުރަމުން ރައިހާ ބުނެލިއެވެ. އައިލީން ވެސް ބޯޖަހާލައިފައި ރައިހާ ދިޔުމުން ދިޔައީ އެތަ ވަކިން އިން މޭޒެށްގެ ދޮށުގައި ކާން އިން ޔާނިޔު ކައިރިއަށެވެ. ” އަހަ އައިލީ ” ޔާނިޔު ކައިރީ އިން އައިލީން ފެނުމުން ބުނެލިއެވެ. ” ހޫމް ، ޔާނިޔު މިއޮތް ލިޔާން ކިހިނެތްވެގެން އެއޮޅެނީ ، ރައްޓެހިވާން ވެސް އިނގެނީ އަދި ސުމާ އާއި ދޯ އަހަރެން ވަރަށް ރުޅިއައިސްފާ މިހުރީ އެ ލިޔާން ދެކެ ރައިހާ ކުރިމަތީގައި އަދި ވަކިން ދެމީހުންހީވޭ ފޮނިބޮޑުކޮށްލާގެން އުޅޭހެން އަހަރެން މިހުންނަނީ ލިޔާން އާއި ވަރަށް ވާހަކަ ދައްކަން ބޭނުންވެފާ ، ” ރުޅިއައިސްފައި ހުރެ އައިލީން ބުނެލިއެވެ. ” އަހަންނަކަށް ވެސް ނޭނގެ އަހަރެން ކައިރި ވެސް ބުނީ ރައްޓެހިވެފާ ، އަހަރެން ބުނީމޭ ރައިހާ ކުރިމަތީގައި އެވައްތަރަށް ނޫޅޭށޭ ދެން އިނގެއެތް ނު ސުމާ ގެ ގޮތް ދޯ ،ނަންކިޔާފައި ފިރިހެނެތް ނުހުންނާނެ އޭނާ ރައްޓެހި ނުވާ ، އަހަރެން ވެސް މިހުރީ ލިޔާން އާއި ވާހަކަ ދައްކާލަން ބޭނުންވެފާ ، އެހެން މާ ދެމީހުން އޭނާ އާއި ދިމާކުރަމާ ،” ޔާނިޔުބުނެލިއެވެ. ”ހޫމް އަހަރެން ނަށް ވެސް ފެންނަމީ އޭނާ އާއި ދިމާކުރަން ކޮންމެސް ގަނޑިއެތްގައި ރައިހާ އެހެން އުޅޭތަން ބަލަން ކެތެސް ނުވާނެ އަހަންނަކަށް ، އިވާން ކަންތަކުގައި ރައިހާ އަހަންނަށް ވަރަށް އެހީވި އެހެންމާ މީ އަހަރެން ގެ ބުރު މިފަހަރު .” ދެރަވެފައި އިނދެ އައިލީން ބުނެލިއެވެ. ޔާނިޔު ހަމަ އެކަނި ބޯޖަހާލިއެވެ.
ފާހަނަ އިން ނިކުމެގެން އައި ރައިހާ ސިއްސާގެން ދިޔައީ މީހަކު އޭނާ އަތުގައި ހިފާ ފާހަނަ ތަކުގެ ފަހަތައް ގެންދިޔާމައެވެ. ފާހަނަ ތަކުގެ ފަހަތައް ދެވުމާ އެކު ރައިހާ އަށް ދެބުމަ ގޮއްޖަހާލައިފައި އޭނާ ގެ ކުރިމަތީގައި ހުރި ކުއްޖާއަށް ބަލާލިއެވެ. ކުރިމަތީގައި ނުލަފާވައްތަރަކަށް ހެވިފައި ހުރި ސުމާފެނި ރައިހާ ގެ މޫނުމަތީގެ ކުލަވަރު ބަދަލުވިއެވެ. ” ސުމާ..” ރައިހާ އަށް ބުނެލެވުނެވެ. ” އާން އަހަރެން ، ކޮބާ ރައިހާ ގެ އިޙްސާސްތަށް ރައިހާ އެންމެ ލޯބިވާ މީހާ އެހެން އަންހެން ކުއްޖަކާ އެކީ އުޅޭތަން ފެނުނީމާ ” މަލާމާތުގެ ރާގަކަށް ސުމާ ބުނެލިއެވެ. ” ސުމާ ކީއްވެގެން ތި އޮޅެނީ އަހަންނަށް އިނގޭ ސުމާ ލިޔާން އާއި ގުޅުނީކީ ލޯބިވެގެންނެތް ނޫންކަން ދެން ކީއްވެ .. ” ރުޅިއައިސްފައި ހުރި ވަރުން ދެއަތް މުއްކަވާލައިފައި ރައިހާ ބުނެލިއެވެ. ” އެއީ ކީއްވެގެން ހޭ ، އެއީ އަހަރެން ކަލޭ ކިބައިން ބަދަލުހިފަން ، މިހާރު އިނގިއްޖެތަ ” ރައިހާ އާއި ދިމާލަށް ހަޅޭލަވާގަންނަމުން ސުމާ ބުނެލިއެވެ. ” އަހަރެން ފަރާތުން ބަދަލު ހިފާށޭ ، އަހަރެން ސުމާ އަށް ކީއްކުރީ ، ” ރައިހާ ބުނެލިއެވެ. ”ކަލެ އާއި ހަދާގެން އައިޝަމް އަހަންނާ ރައްޓެހިނުވީ ، އަހަރެން އައިޝަމް ދެކެ ވަރަށް ލޯބިވޭ އެކަމަކު އޭނާ ލޯބިވަނީ ކަލޭދެކެ ، އެހެންވެ އޭނާ އަހަންނާ ރައްޓެހިނުވީ އޭނާ އެހުރީ ކަލޭގެ އިންތިޒާރުގާ ، އަހަރެން މިހެން ހަދަން މަޖްބޫރުކުރީ ހަމަ ތި ރައިހާ ، ލޯބިވާ މީހަކު ނުލިބުމުން ކުރާ އަސަރު އަހަރެން ބޭނުންވީ ކަލެއަށް އަންގަން ، ” ރުޅިން ކެކި ކެކި ހުރެ ސުމާ ހުރިހާ ހަޤީޤަތެށް ރައިހާ ކުރިމަތީގައި ހާމަ ކުރިއެވެ. ހުއްޓުން އަރާފައި ރައިހާ ހުރި އިރު ސުމާ ވެސް އެތަނުން ދިޔައީ ރައިޙާ އަށްޓަކައި ހިތުގައި ވީ ނަފްރަތުގެ ހުޅުގަނޑު ބޮޑުކޮށްލަމުންނެވެ.
އައިޝަމް އަކީ ރައިހާ ގެ އަވަށްޓެރި ކުލާސް ކުއްޖެކެވެ. ދެމީހުން ނަކީ އެކުވެރިން ވެސް މެއެވެ. ނަމަވެސް މި އެކުވެރިކަމަށް ނިމުމެތް އައީ އައިޝަމް ރައިހާ ކައިރި ރައްޓެހިވާން އެހި ފަހުންނެވެ. ރައިހާ އައިޝަމް ގެ މިހުށައެޅުމަށް އިންކާރު ކުރީ އެއިރުވެސް އޭނާ ލިޔާން ދެކެ ވާ ލޯބެއްގެ ބޮޑުކަމުންނެވެ.
އެހެން ހުއްޓުން އަރާފައި ދެތިންމިނެޓް ހުރެފައި ރައިހާ އައިލީން ކައިރި އަށްދާން ހިނގާގަތެވެ. ވިސްނުމެތްގައި ހުރެ ރައިހާ ހިނގަމުން ދިޔައިރު އޭނާ އަށް ގޮވާލި ލިޔާން ގެ އަޑުވެސް އެކަންފަތުގައި ނުޖެހެއެވެ. ރައިޙާ އަށް ގޮވާލުމާއެކު ނުހުއްޓުމުން ލިޔާން މާޔޫސްވިއެވެ. އޭނާ އަށް ކުއްޖަކަށް ދެރައެތް ދެވިއްޖެކަން އެވަގުތު އިޙްސާސްވިއެވެ.
(ނުނިމޭ)
މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.
9 Comments!
Comments are closed.




Hello reader’s ♥️♥️♥️
Hope u like this part ♥️♥️♥️
And swry late veemaa .♥️♥️♥️
And don’t forget cmnt and say how this part is♥️♥️♥️♥️♥️
Stay safe ♥️♥️♥️
Masha Allah V reethi mi vaahaka kuriah gendaa goi??
It’s OK late viyas bestie???
Awwwn bestie vrh reethi ingey mi part vx ???
Awwwn yaaniu haada care kure ey dhw aileen ah, so cute, masha Allah???
I guess yaaniu is in love with aileen
Alhey raiha vefa huri dera vefa huri liyaan govikan vx neygunu dhw, and e suma nujeheyne dhw badalu hifaakan, loaibakee gadabaarun hoadhey ehchen noon dhw
Naseebehnu dhw liyaan ah visunee kan vx kuhjakan dera eh devihje kan
Konme part akan cmnt nukuriyas kiyan ingey hama, sorry bestie you know that I was too buxy in these days , but bestie I told dhw konme part akan feedback??
Love u sooooo so much my bestie❤️❤️❤️❤️❤️❤️❤️❤️❤️❤️????????
Keep it up bestie❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️
Ceriously waiting for the next part☺️
Awwwwnnn thank uuu soo much bestie❤❤❤❤❤❤ for this long cmnt vrh happy vi u cmnt eh kohly maa❤❤❤
Its ok eyyy I know u busy kan ❤❤
Yh I love the feedbacks from u ❤❤
Love u more❤❤
Thank uuuu ❤❤❤
Keep waiting girl ISA tmorw next part up ❤❤kohladeynan ❤❤❤
Stay safe ❤❤❤
Nice ??
Thank uuu redlailacrose❤❤
Stay safe ❤❤
This is a reply to nashwa’s cmnt which was in the 4 th part unfortunately e part ge cmnt section iny close vefaa so mi part gaa I will reply to her cmnt ???
Thank uu nashwa ❤❤
Vrh happy e part kamudiyaamaa❤❤
Next part eyru adhi publish nukurathy egady ❤nufenuny .❤❤ Maa Gina stry pending gaa hury maa Las vee I guess ❤❤❤❤
Thank u again may Allah keep u blessed too
Stay safe ❤❤❤
wow what a lovely story
mi vaahakaige hurihaa baeh ves kiyan cmnt nukuriyas
love this story
u have all my support keep up the good work?????
Awwwwnnn♥️♥️ thank uu soo much luvza♥️♥️
Happy to know that u read this stry♥️♥️
And glade that u like this stry♥️♥️
Thank u ♥️for supporting me ♥️♥️
Thank u again ♥️♥️
Stay safe ♥️♥️
Hello readers♥️♥️♥️
I have submitted the 6th part ♥️♥️♥️ISA vrh avaha kiyaalan libeyne kama balamaa ♥️♥️