Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ފުރަތަމަ ޞަފްހާ
ހިތާމަބިރުވެރިމަޖާލޯބި

ތީއޭ އުފަލަކީ…11

Maroon Level 110 Stories
February 16, 2021 6 Mins Read
1 Comment

ކުޅެން ތިބި ކުދިން އެކި ދިމަދިމާލަށް ފިލަމުން ދިޔައެވެ. ޒީނާވެސް އެއްތަނުން އަނެއްތަނަށް ފިލަން ދުއްވައިގަނެއެވެ. އެހެން ދުވަނިކޮށް އޭނާ ގޮސް ޖެހުނީ ޒީހާންގެ ގައިގައެވެ. ޒީނާ ހިނިއައެވެ. އޭނާއަށް ލަދުން ދެވަނަފަހަރަށް އިސްއުފުލާލާ ޒީޙާން އާ ދިމާލަށް ބަލާލާކަށް ނުކެރުނެވެ. ޒީހާންވެސް ހުރީ ލަދުންނެވެ. ރީތި ގޮތަކަށް ހެވިލާފައެވެ. އިސްޖަހައިގެން ހުރެ ޒީނާ ޒީހާންއަށް ސޮރީ ބުނުމަށްފަހު ދާން އެނބުރިގަތެވެ. އެވަގުތު ޒީހާން ޒީނާގެ އަތުގައި ހިފާލިއެވެ. ޒީނާ ހުއްޓުނެވެ. ޒީނާގެ އަތުގައި ހިފާނެ ބާރު އޭނާއަށް ލިބުނީ ކިހިނެއް ކަމެއް ކަންވެސް ނޭނގުނެވެ. ޒީހާން އެންމެ ހައިރާންވީ އެކަމާއެވެ. ދެން ބުނާނީވެސް ކީކޭ ހެއްޔެވެ؟ އޭނާގެ ހިތް އަވަސްވެގަތެވެ. ދާ ހިލެން ފެށިއެވެ. ޒީނާ ޒީހާންއާ ދިމާލަށް އެނބުރި ބަލާލިއެވެ. އެވަގުތު ޒީހާން އަތުގެ ނުފުށުން ނިތްކުރީގައި ހެދެމުންދިޔަ ދާ ތިކިތައް ފުހެލިއެވެ. އަދި ގަދަކަމުން ލަދުރަކި ގޮތަކަށް ހީލިއެވެ. ވިދުމުގެ ސަބަބުން އެކަކު އަނެކަކުގެ މޫނު ފަނެއެވެ. އިސްޖަހައިގެން ހުރެ ޒީނާވެސް ލަދުން ކުޑަކޮށް ޒީހާންއަށް ބަލާލިއެވެ. ” ކިހިނެއްވީ؟” ޒީނާ ދެއަތްދެއަތާލާ ހާކަން ފެށިއެވެ. ޒީހާން ވަރަށް ކެރިލާފައި ހިތުގައި އޮތް ވާހަކަ ބުނަން ނިންމިއެވެ. “މްމް .. އެހެހެ. އަ… މް..އަމް..” ޒީހާން އަނގަ އޮޅޭވަރުން ވާހަކަ ނުދައްކައެވެ. އެންމެ ފަހުން އޭނާ ހިންދިރުވާލިއެވެ. ” އައި ތިންކް އައި ލަވް ޔޫ. ” ޒީހާން ކޮށަކޮށައިގެން ކިޔާލިއެވެ. ޒީނާއަށް ހެވުނެވެ. ހިތް އުފަލުން ފޮޅުނު ކަހަލައެވެ. އޭނާ ޖަވާބު ދިނުމެއްނެތި ހީލާފައި ފަސްއެނބުރ ދިޔައީއެވެ. ލަދުން ކަންނޭނގެއެވެ. ޒީހާންއަށްވެސް ބުނަން ނޭނގޭފަދަ ހިތްހަމަ ޖެހުމެއް ލިބުނެވެ. އޭނާ ޒީނާގެ ޖަވާބަކަށް އިންތިޒާރުކުރާނެއެވެ. އެކަމަށް ވަރަށް ބޮޑު އުއްމީދެއްވެސް ކުރެވެއެވެ.

ޒީޝާން މަޑުމަޑުން ގޮސް އަލަމާރި ދޮރުހުޅުވަން އަތް ދިއްކޮށްލިއެވެ. އެވަގުތު އަލަމާރިތެރޭގައި ހުރި މީހަކު މަންމީއޭ ކިޔާ ހަޅޭއްލަވައިގަނެ ދުއްވައިގަތެވެ. އަލަމާރި ދޮރު ނުނެއްޓީ ހަމަ ކިރިޔާއެވެ. އެމީހަކު އަތުގައި އޮތް ފޯނުވެސް އަލަމާރީގައި ޖެހިފައި ވެއްޓުނީއެވެ. ހަޅެއް ލަވައިގަތް ގޮތުން އެއީ އަންހެން ކުއްޖެއް ކަން ޒީޝާން އަށް އެނގުނެވެ. އޭނާ ގޮސް ޖެހުނީ ޒީޝާންގެ މޭގައެވެ. ޖެހުނުލެއް ބާރުކަމުން އޭނާއަށްވެސް ތަދު ވިއެވެ. ދެމީހުން އަރިއަޅާލައިގެން ނުވެއްޓުނީ ހަމަ ކިރިޔާއެވެ. ޒީޝާންގެ ހަށިގަނޑުގައި ބާރަށް ހިފަހައްޓާލައިގެން އޭނާ ހުރިއިރު ބިރުން ރޯ މަހެއްހެން ތެޅެއެވެ. އަނދިރިކަމުން ާއެކީ ދެލޯ މަރާ ބާރުކުރި ގޮތަށް އަދިވެސް ލޯ ހުޅުވާކަށް ނޭނގުނެވެ. އެއީ ލީއާއެވެ. ފިލަން ވަދެއެވެ. އަލަމާރިތެރެ މާ ބޮޑަށް އަނދިރި ކަމުން އޭނާ އައީ ފޯނުވެސް ހިފައިގެންނެވެ. ދޭތެރެދޭތެރެއަކުން ފޯނުން އަލިކޮށްލަނީ ހިތަށް ބިރުވެރިކަން ވަންނާތީއެވެ. އަދި އެހާ އަނދިރީގައި ނޭވާ ހާސްވާތީއެވެ. އެހެން އަލިކުރަނިކޮށް އޭނާއަށް ފެނުނީ އަލަމާރިތެރޭ ފިރިހެނަކު ހުއްޓައެވެ. ހަމަގައިމުވެސް އޭނާ އެތަނަށް ވަތް އިރު އެތެރޭގައި މީހަކު ނެތެވެ. ބިރުގަތްވަރުން އޭނާއަށް ނުކުމެގެން ގޮސް ބައްދައިގަނެވުނީ ކޯއްޗެއްގައި ކަމެއްކަންވެސް ނޭނގުނީއެވެ. ” ޕްލީޒް ޕްލީޒް. މަ އެކަނި ބަހައްޓާފައި ނުދައްޗޭ. ބިރުގަނޭ.” ޒީޝާންއަށް އިވުނީ ލީއާގެ އަޑެވެ. އޭނާ އެ އުޅެނީ ހާދަ ބިރަކުން ބާވައެވެ. އަނެއްކާ ފޭކް ޖައްސަނީބާއޭ ޒީޝާން ހިތަށް އެރިއެވެ. އެހެން ނަމަވެސް އެހާ ބިރުގަނެފައި ހުއްޓާ ފޭކަކަށް ނުވާނެކަން ޔަގީނެވެ. ބުނާނެ އެއްޗެއް ނޭނގިފައި ޒީޝާން ހުރީ ހައިރާންވެފައެވެ. އެ ކުއްޖާ ގައިގާ ހިފަހައްޓާލަން ނެގި އަތްވެސް ލީއާކަން އެނގުނު ހިސާބުން އެ ވިސްނުން ދޫކޮށްލާ އަތް ތިރި ކޮށްލިއެވެ. އަދި ފޫހި ގޮތަކަށް ޖީބަށް އަތް ޖަހާލައިގެން އިރުކޮޅަކު އެހެން ހުރެފައި ކަރުކެހިލިއެވެ. ދެފަހަރަކު ކަރުކެހިލުމުން ލީއާއަށް ކުއްލިއަކަށް ދެލޯ ބޮޑު ކޮށްލެވުނެވެ. މީހެއް ގައިގަ ހިފައިގަނެގެން ހުރެވުނުކަންވެސް އިހްސާސްވީ ދެނެވެ. ” އެކްސްކިޔޫޒް މީ. ދެން ދޫކޮށްލަން ވެއްޖެއެއްނު. ” އަޅާލުން ކުޑަ ގޮތަކަށް ލީއާއަށް އިވުނީ ޒީޝާންގެ އަޑެވެ. އަވަހަށް އޭނާ ގައިން ދޫކޮށްލާ ދުރަށް ޖެހުނެވެ. ހިތް ތެޅިގަތީ ވަރަށް ބާރަށެވެ. ލީއާ އަނެއް ފަޅިއަށް އެނބުރުނެވެ. އަދި ލަދުން ހުރެ ސޮރީއޭ ބުނެލިއެވެ. ” ހެހެ. ވަރަށް މޮޅު. ފިރިހެން ކުދިން މަޅީގައި ޖައްސަން. ބުނަން ރަނގަޅު ވާހަކައެއް. މަށެއް ދުވަހަކުވެސް ތިމަޅީގައި ނުޖެހޭނެ. ބިރުގަނޭ ކިޔާފަ ރަނގަޅު ބަހަނާއެއް ދޯ ތި ދައްކާލީ.” ޒީޝާން ފަތިވަރު އަޅާލިއިރު ލީއާއަށް ރޮވިއްޖެއެވެ. އަނދިރިކަމުގެ ސަބަބުން އެތަނެއް ޒީޝާންއަކަށް ނުފެންނާނެއެވެ. ދެން ޒީޝާން ކޮޓަރިން ނުކުންނަން މިސްރާބު ޖެހިއެވެ. އެވަގުތު ޖަހާލި ބާރު ގުގުރިއަކާއެކު ސިއްސައިގެން ދިޔަ ލީއާ ދުވެފައި ކަހަލަގޮތަކަށް ގޮސް ޒީޝާންގެ އަތުގައި ހިފައިގަތެވެ. ޒީޝާން ނުވެސް ހުއްޓުނެވެ. ލީއާވެސް ދުވަމުން ކަހަލަ ގޮތަކަށް ޒީޝާންގެ އަތުގައި ހިފަހައްޓާއިގެން ބޭރަށް ނުކުތެވެ. ޒީޝާން އަތް ފޮޅުވާލުމަށްފަހު މާ ބާރަށް ހިނގަންފެށިއެވެ. ލީއާވެސް ދެރަވިއެއްކަމަކު ބިރުންހުރިވަރުން ޒީޝާންގެ ފަހަތުން ހިނގާލާފައި ދިޔައެވެ. އެހެން ނޫންނަމަ ޒީޝާން ފަހަތުންދާކަށް އޭނާއަށް ލާހިކު ކުޅަދާނައެއް ނޫނެވެ. ޒީޝާން ހުރީ ވަރަށް ހިތްހަމަ ނުޖެހިފައެވެ. ލީޢާ އޭނާ ގައިގަ އަތްލީމައެވެ.

ބާރަ ޖަހަން ވަރަށް ކައިރި ވެއްޖެއެވެ. ކުޅެ ނިންމާލާފައ ހުރިހާ ކުދިން ކޮޓަރިތަކަށް ވަންނަން ފެށިއެވެ. މާ ބޯކޮށް ވިއްސާރަ ވެހޭތީ ޒީޝާންއާ ޒީހާންވެސް މިރޭ އެގޭގައި މަޑުކުރަން ނިންމިއެވެ. ކުޑައެއް ހިފައިގެން މިވަގުތު ބޭރަށް ނުކުތަސް އޭގެން އެއްވެސް ފައިދާއެއް ނުލިބޭނެއެވެ. އެންމެން ފެންވަރާ ފްރެޝް ވެލައިގެން ތިއްބެވެ. ޒީހާން ފިރިހެން ކުދިންތަކާއެކު ކޮޓަރީގައި އޮންނަން ބޭނުންވިއެވެ. ޒީޝާން އޮންނާނީ ސިޓިންގ ރޫމްގައި ސޯފާގައޭ ބުނުމުން އެހެން ކުދިންވެސް މާ ބޮޑު ކަމަކަށް ނަހަދާ ސުވާލުކުރުމެއްނެތި ކޮޓަރިއަށް ވަދެ ނިދަން ޖައްސާލިއެވެ. ކައިރާވެސް ޒީޝާންދެކެ ކުޑަކޮށް ހިތްހަމަ ނުޖެހިފައި ހުރުމުން އަޅާވެސް ނުލިއެވެ. ނިދަން އަރާ އޮތް ޒީނާއަށް ވިސްނެމުން ދިޔައީ ޒީހާން ބުނި އެއްޗަކާ މެދުއެވެ. ޒީނާވެސް ޒީހާންދެކެ ލޯބިވެއެވެ. ފޮނިފޮނި ހިޔާލުތައް ކުރަމުންދިޔަ ޒީނާ ލަދުން އޭނާގެ އެއްފަޅީގައި ފުން ނިންޖަކުން ނިދާލާފައި އޮތް ލީއާ ގައިގައި ބައްދާލިއެވެ. އަނެއްކޮޅުން ޒައިނީ އޮތީ އީތަންގެ ފޮނި ހިޔާލުގައެވެ. އޭނާ އެހާއަވަހަށް ހަނީމޫން ޕްލޭނިންގ ވެސް އިމޭޖިން ކޮށްލައިފިއެވެ. ފޮނިވި ވަރުން އޭނާ ޒީނާގެ ގައިގައި ފަހަތުން ބައްދާލިއެވެ. ހީވީ އީތަން ގައިގަ ބައްދާލެވުނު ހެނެވެ. މާ ގިނަ އިރުތަކެއް ނުވެ އެ ދެކުދިންނަށްވެސް ނިދިއްޖެއެވެ.

އެންމެންވެސްވަނީ ފުން ނިންޖަކުން ނިދާލާފައެވެ. އެއޮއް ބާރަށް ވިދާ ގުގުރާލާއިރު އެއިން ކުއްޖަކަށް ކަމެއްވާހެންވެސް ހީނުވެއެވެ. ވާރޭ ވެހޭއިރު މާ އަރާމުކޮށް ނިދޭތީ ކަންނޭގެއެވެ. ދޭތެރެދޭތެރެއަކުން ގުގުރާލާއިރަށް ލީއާއަށް ފުރޮޅިލެވެއެވެ. އޭނާ ބިރުގަނެއްޖެޔާ ނިދާފައި އޮއްވާ ހޭނެތުނަސް މީހަކަށް ނޭނގޭނެއެވެ. ވައި މަޑު މޫސުން ރީތި ދުވަހެކެވެ. ބަގީޗާ މާ ގަސްތަކުގެ ތެރޭގައި ޒީޝާން ދުވަމުން ދިޔައީ ކައިރާ ފަހަތުންނެވެ. ކައިރާ އެއްފަރާތް ކޮށްލާފައި ޝަމާހާވެސް ފެނެއެވެ. ގިނައިން ފެންނަނީ ކައިރާ ފަހަތުން ދުވާތަނެވެ. ދެމީހުން މަޑުކޮށްލާފައި ލޯބިކޮށް ހަދާލައެވެ. ދުރުދުރުން ޖެހިލި މަޑުމަޑު ވައިރޯޅިއަކާއެކު ދުވެލާފައި އެއަންނަނީވެސް ރީތި އަންހެން ކުއްޖެއްކަން ކިތަންމެ މަންޒަރު ފުސްކޮށް ދައްކާލިޔަސް ފާހަގަ ވާނެއެވެ. މަންޒަރު ސާފުވަމުން ދިޔަ ވަރަކަށް އެ އަންހެން ކުއްޖާގެ ސޫރަ އާއި ރީތި ސިފަ ފާހަގަ ވަމުން ދިޔައެވެ. ޝައްކެއްވެސް ނެތެވެ. ޕަރީއެއް ފަދައިން ޒީޝާން ފަހަތުން މިހާރު ދުވަމުން އެދަނީ ލީއާއެވެ. ޒީޝާންވެސް ދޭތެރެއަކުން އައިސް ލީއާ ގައިގަ ބައްދާލާ ނިތްކުރިއަށާއި މޫނަށް ބޮސްދީ ހަދައެވެ. ހަމަ ކުއްލިއަކަށް މޫސުން ބަދަލުވެ މުޅިތަނަށް އަނދިރިކަން ވެރިވިއެވެ. ކަޅޫވިލާތަކުން ދުނިޔެމަތި ބަނަކޮށްލިއެވެ. މައްޗަށް ބަލާލުމުން ވިލާގަނޑުގަވެސް ނުލަފާ ޝައިތާނެއް ވައްތަރު ޖަހައެވެ. އެ ވިލާތައް ބިރުވެރި އެކިސިފަސިފައަށް ބަދަލުވާ މަންޒަރު ލީއާއަށް ފެނި އޭނާ ބިރުގަތެވެ. ކުޑަކުއްޖަކު ރޯއަޑު އިވެންފެށިއެވެ. ބަލާލިއިރު އެއީ ކުޑަދޮރުކައިރިން ފެންނަ އަންހެން ކުއްޖާއެވެ. އޭނާ އިނީ ބިންމަތީ އިށީނދެގެން މޫނު މައްޗަށް އިސްތަށިގަނޑު އެޅިފައެވެ. ދެން ފެނުނީ ކަޅު ދުންގަނޑެއް އައިސް ގާދިރުބޭގެ ދުވަސް ދުއްވާލާ މަންޒަރެވެ. ލީއާ ހައިރާން ވިއެވެ. ގާދިރުބޭ އެތަނަށް ވަންނަން ޖެހުނީ ކީއްވެހެއްޔެވެ. ދެން ބަލާލީ ޒީޝާންއަށެވެ. ޒީޝާންއަށް ބަލާލިއިރު އޭނާގެ ފަހަތުގައި ހަމަ އެ ދުންގަނޑު ފާޅުވާން ހުއްޓެވެ. ދެލޯ ރަތް ކޮށްލާފައި ހުރިއިރު ކޮންމެވެސް ވަރަކަށް އޭގެ ސިފަ ފާޅުވެއެވެ. އެއީ ފިރިހެނެއްކަން ޔަގީނެވެ. ލީޢާއަށް ދެލޯ ބޮޑުކޮށްލެވުނެވެ. ދުންގަނޑު ޒީޝާންގެ ފަހަތުން އޭނާގެ ބޮލަށް ވެރިވެގަތެވެ. އެއާއެކު ޒީޝާން މަރުވެގެން ވެއްޓެއެވެ. ލީއާއަށް ރޮއެގަންނަމުން ބާރު ގުގުރިއަކާއެކު ހަޅެއް ލަވައިގަނެވުނެވެ. އެހެންކުދިންނަށް އެއަޑެއް ނީވުނެވެ. އެނދުމަތީ ކޮޅަށް ޖެހިފައި އިން ލީއާއަށް މި ފެނުނީ ހުވަފެނެއްކަން އެނގުނެވެ. އަދި ހުވަފެނާ ދޭތެރޭ ރަނގަޅަށް ވިސްނަން މަސައްކަތް ކުރިއެވެ. އެކައްޗެއްވެސް އޭނާއަށް ނުވިސްނުނެވެ. ހުވަފެނެއްކަން އެނގުމުން ކުޑަކޮށް ހަމަޖެހިލިއެވެ. ދެން ހަނދާންވީ ޒީޝާން މަތިންނެވެ. އަނެއްކާ ޒީޝާން ސަލާމަތުން އެބައޮތް ބާވައެވެ. ހިތް ބިރުގަތް ވަރުން ގައިމަތިން އޮތް ބެޑްޝީޓް އެއްފަރާކޮށްލަމުން ތެދުވިއެވެ. ފެންފުޅި ހުސްވެފައި ހުރުމުން ފުޅިވެސް ހިފައިގެން އޭނާ ކޮޓަރިން ނުކުތެވެ. ސިޓިންގ ރޫމާއި އަރާ ހަމަވިއިރު ޒީޝާން ރީތިކޮށް ނިދާލާފާ އޮތްތަން ފެނުމުން ހިތަށް ބޮޑު ލުޔެއް ލިބުނެވެ. ދެން ކާގެއަށްގޮސް ފުޅިއަށް ފެންއަޅައިގެން ކޮޓަރިއަށް ދާންދިޔައެވެ. އެވަގުތު ޒީޝާން ނިދާން އޮތް ލޯބިގޮތް ފެނިފައި އިރުކޮޅަކުހުރެވުނެވެ. އެސްފިޔަ ޖަހާނުލާ ކިތަންމެ އިރެއްވަންދެން އެހެންހުއްޓެވެ. ދުރުން ފެނުނަސް ހާދަ ހިތްގައިމެވެ. އޭނާގެ ހިތަށް އިތުރަށް ހިތްހަމަޖެހުމެއް ލިބިގެން ދިޔައެވެ. ޒީޝާން ކުރުގެޅިލައިގެން އޮތްތަން ފެނުމުން ހީކަރުވާފައިކަން ލީއާއަށް އެނގުނެވެ. އަވަސްއަވަހަށް ފެންފުޅި ކުޑަ މޭޒުގައި ބޭންދުމަށްފަހު ފާރުކައިރީ ޖައްސާފައި ހުރި ކަބަޑުން ބެޑްޝީޓެއް ނެގިއެވެ. އޭނާ އެހާލުގައި ބާއްވާއިގެން ފިންޏަށް ތެޅޭ މަންޒަރު ބަލަން ލީއާގެ ހިތަށް ކެތްނުވީއެވެ. ކުޅުމުގެ ތެރޭގައި ހިނގިކަންތައް އޭނާ ހަނދާންވެސް ނެތްފަދައެވެ. ޒީޝާންގެ ކޮނޑުން ފެށިގެން ފައި ނިވާވަންދެން ބެޑްޝީޓް އޭނަގެ ގައިގައި ފަތުރާލަދިނެވެ. ގުދުވެގެން އޮތް ލީއާއަށް ޒީޝާންގެ މޫނަށް ބެލުނީ ކިތައް ފަހަރުކަމެއް ނޭނގުނެވެ. އޭނާގެ އިސްތަށިގަނޑު ޒީޝާންގެ މޫނުގައި ކޭތްތެއެވެ. ނިދީގައިއޮވެ ކުއްލިއަކަށް ޒީޝާން ހިފާލީ ލީއާގެ އަތުގައެވެ. ލީއާއަށް ދެލޯބޮޑުކޮށްލެވުނެވެ. ހިތްތެޅެންފެށިއެވެ. ޒީޝާން ލީއާގެ އަތުގައި ހިފާ ދަމައިގަނެ އޭނާގެ މެއާލާ ބޮނޑިކޮށްލިއެވެ. ލީއާގެ މޫނު ޒީޝާންގެ މޫނުގައި ނުޖެހި ހުރީ ހަމަ ކިރިޔާއެވެ. އޭނާއަށް ނޭވާ ހިފަހައްޓާލެވުނެވެ. އެ ރީތި ލޮލަށާއި ނޭފަތަށް ލީއާއަށް ލޯހިންގާލެވުނީ ބޭއިޙްތިޔާރުގައެވެ. ނިތް ކުރި މައްޗަށް ފަން އިސްތަށި ކޮޅު އެޅިފައި ހުރުމުން އަދި މާ ފުރިހަމަ ވިއެވެ.ފިރިހެންވަންތަ ތުންފަތް ފެނުމުން ނޭނގޭފަދަ އިހްސާސެއް ލީއާއަށް ކުރުވިއެވެ. ހީކެރުވުމުގެ ސަބަބުން އެތުންފަތުގެ ހަރަކާތްތައް މަޑުމަޑުން ވިއެވެ. ލީއާ އެހެންއިނުމަށްފަހު އަތް މަޑުމަޑުން ޒީޝާންގެ އަތްދަށުން ނެރެންފެށިއެވެ. އަވަހަށް ސަލާމަތްވުމުން ފެންފުޅި ހިފައިގެން ކޮޓަރިއަށް ދިޔައެވެ. ދޮރު ލައްޕާލުމަށްފަހު އެދޮރުގައި ލައްވެލިއެވެ. އެކިއެއްޗެހި ހިތަށް އަރާ ރޮވެން ފެށުނެވެ. ޒީޝާން އޭނަދެކެ ރުޅި އަންނަންވީ ކީއްވެ ހެއްޔެވެ. އޭނާގެ ކުށަކީ ކޮބާހެއްޔެވެ. އޭނަދެކެ އެހާ ރުޅިއަންނަ މީހަކަށް އޭނަގެ ހިތައް ދެވެންވީ ކީއްވެހެއްޔެވެ. ގައިމު ޒީޝާން ކަންތައްކުރާ ގޮތުން މިހާރު އޭނަދެކެ ނަފްރަތުވެސް ކުރެވެންވީނޫންހެއްޔެވެ. ހައްތަހާ ބޮޑަށް ލޯބިވެވެނީއެވެ. ލީއާ ދެން ހަނދާންވީ ފެނުނު ހުވަފެން މަތިންނެވެ. ހިތާހިތުން އޭނައަށް ދުއާ ކޮށްލެވުނެވެ. އެހެން ނުވުމަށެވެ. އޭނާ ލޯބިވާ މީސްމީހުން ރައްކާތެރި ކުރުމަށެވެ. އަނެއްކާވެސް ވިސްނެންފެށުނެވެ. އެހެން މީހެއްގެ ހައްގެ ޖަހައި ނުގަންނާނަމެވެ. ޒީޝާން އަކީ ކައިރާގެވެސް ހައްގެކެވެ. ދެން އެކަމާ ނުވިސްނާނަމޭ ހިތާ ދުއާކުރިއެވެ.

ލީއާ ދެލޯފުހެލުމަށްފަހު މިސްރާބުޖެހީ ނިދަންދާށެވެ. ކުޑަދޮރުތައް ހުޅުވިފައި ހުރި މަންޒަރު ފެނުމުން އަވަހަށް ލައްޕާލަން ދިޔައެވެ. ދޮރުލައްޕާލުމަށްފަހު ކޮޓަރިއަށް އެނބުރެލި ވަގުތު ކުރިމަތީ ހުވަފެނުން ފެނުނު ކުޑަކުއްޖާ ހުއްޓެވެ. ލީއާ ދިޔައީ ސިހިގެންނެވެ. ޒީނާއާ ޒައިނީ ނިދާފަތިބިއިރު އެއިން ކަމެއް ނޭނގެއެވެ. އެ ރީތި ފަން އިސްތަށިގަނޑު ދެފަރާތަށް ޖައްސާލަމުން އެކުއްޖާ އިސްއުފުލާލިއެވެ. އެކުއްޖާގެ ސިފަ ހުރި ވައްތަރު ފެނިފައި ލީއާ ބިރުން ގޮސް ބޮލަށް އެނބުރުންއަރައިގަތެވެ. ދެލޯ ކައިރި ވަށައިގެން ކަޅުވެފައިވާއިރު ލޮލުގައި އޮތީ ހުދު ކުލައެވެ. ހަމައެކަނި ކަޅުކުލައަށް ފެންނަން އިނީ ކުޑަ ކަޅި އެކަންޏެވެ. މޫނުގެ ތަންތަނުން ރެނދު ލާފައިވާއިރު އަތުގެ ނިޔަފަތިތަކާއި ފައިގެ ނިޔަފަތިތައް ވަނީ ދިގު ވެފައެވެ. ލީއާ ފަހަތަށް ޖެހެމުންގޮސް ކުޑަދޮރުގައި ލައްވިއެވެ. އެކުއްޖާ ރޮމުން ކަހަލަ ގޮތަކަށް ލީއާއާ ކައިރިވިއެވެ. ލީއާ ހަމަޖެހެން މަސައްކަތްކުރިއެވެ. އެ ކުއްޖާ ރޯތީ ލީއާ ހިތްދަތިވިއެވެ. ” ދައްތާ އަޑުއަހާބަލަ. ” ލީއާ ބިރުން އުޅެން ފެށުމުން އެކުއްޖާ މަޑުކޮށްލިއެވެ. އޭނާ މައިތިރިވިއެވެ. ކޮންމެ ސިފައެއްގައި ފެންނަން ހުއްޓަސް މިރޭ އެވަނީ ކީއްކަން ލީއާ ހޯދަން ބޭނުންވިއެވެ. ” ދައްތާ. ދައްތަގެ މަންމަ ބައްޕަ… މަރުވީ ގާ.ެ…” އެ ކުއްޖާއަށް ކިޔުނީ އެހިސާބަށެވެ. ލީއާ އަށް އޭނާ ކީއެއްޗެއް ސާފު ނުވިއެވެ. ދެން އަވަސް އަރުވާލިއެވެ. އެކުއްޖާ ކަޅު ދުންގަނޑަކަށް ވާންފެށިއެވެ. ” ބޭބެ އެބަ އާދެ ދަނީ. މަގޭ ބޭބެ އުޅެނީ ދައްތައާ ހެދި.. ދައްތަ ނުލިބިގެން. ދަނީ. މަ އައި ވާހަކަ ނުބުނާތި އެކަކު ކައިރީވެސް. އަދި އެއް ވާހަކަ. މަށަށް ކިޔަނީ އައިރިން”. އެކުއްޖާ ދުންކޮޅަކަށްވެ ގެއްލުނެވެ. ލީއާ ހުރީ ވާނުވާ ނޭނގިފައެވެ. ހިތަށް އެރި ނޭރި އެއްޗެއް ވިސްނުނު ނުވިސްނުނު އެއްޗެއް އޭނާއަކަށް ނޭނގުނެވެ. މޫނުމައްޗަށް އަނދިރިވެ ފުސްވަމުން ގޮސް އޭނަ އެ ހުރިތަނަށް ހަބަރު ހުސްވެގެން ވެއްޓުނެވެ.

Share Article

Follow Me Written By

Maroon

Level 110 Stories

Other Articles

Previous

ބަދު ނަސީބުގެ ހިޔަނި އެޅުމުން (9)

Next

ރީމާ – 2

Next
February 16, 2021

ރީމާ – 2

Previews
February 16, 2021

ބަދު ނަސީބުގެ ހިޔަނި އެޅުމުން (9)

One Comment

  1. redlailacrose says:
    February 16, 2021 at 8:07 pm

    Hey maroon . could u please comment on my poems.it means a lot to me.anyways the stry is really beautiful.and interesting. Waiting for next part stay safe bye ???

Comments are closed.


All Right Reserved!