Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ފުރަތަމަ ޞަފްހާ
ހިތާމަލޯބި

ޢުމުރަށް އެކުގާ (3)

🌹YEOJA🌹 Level 610 Stories100 Login100 Comments
January 12, 2021 4 Mins Read
1 Comment

” ޒިއާން އަހަންނަށް އިނގޭ އަހަރެންނަށް އުޅެވުނީ އެންމެ ރަނގަޅަކަށް ނޫން ކަން ، މިހާރު އަހަންނަށް ވިސްނިއްޗެ އަހަރެން ނަށް އުޅެވުނީ ރަނގަޅަކަށް ނޫން ކަން ، އައިއެމް ސޮރީ ޒިއާން ،”

މޫނުމަށްޗަށް ދެރަވާކަމުގެ ކުލަވަރު ގެންނަމުން ޒީޝާން ބުނެލިއެވެ.

” އަހަރެން ވަރަށް އުފާވޭ ޒީޝާން އަށް ވިސްނުނީމާ ދެން އަހަރެން ފަހަތުން އެފާޑަށް ނޫޅޭނެކަމަށް އަހަރެން މި އުންމީދުކުރަނީ ، އެން އައި ފޮގިވްޔޫ” ހިނިތުންވެ އިނދެ ޒިއާން ބުނެލިއެވެ.

” ޒިއާން އެކަމަކު ކޭން ވީބީ ފްރެންޑްސް ” ޖެހިލުންވެ އިނދެ ޒީޝާން އަހާލިއެވެ. ހިނިތުންވެ އިނދެ ޒިއާން ބޯޖަހާލިއެވެ. ހަމަ ރަނަގަޅަށް ވެސް ޒީޝާން އަށް ވިސްނުނީ ކަމަށް ހީކޮށް ޒިއާން އިނީ ނުލާހިކު އުފާވެފައެވެ. ހުސްއޭނާ އެކަންޏެށް ނޫނެވެ، އޮފީހުގެ އެތަށް ފިރިހެނަކަށް ޒީޝާން ހުންނަނީ މޮޔަވެފައެވެ. ރީތި ފިރިހެން ކުއްޖެއް ފެނިއްޖެށް މުޅިން ވެސް އެމީހަކަށް ފަރިދެއްކުމުގަޔާ ތުއިދެއްކުމުގައި ޒީޝާން އުޅޭއެވެ.

އޮފީސް ނިންމި ގޮތަށް ޒިއާން ދިޔައީ ޔުމްނާ މެންގެއަށެވެ. ޔުމްނާ ދޮރު ހުޅުވާލުމާއެކު ޒިއާން އެތެރެއަށް ވަންގޮތަށް އޭނާ ގެސާމާނު ކުޑަ މޭޒުމަތީގައި ބަހަށްޓާފައި ސޯފާ އަށް ވެއްޓިގަތެވެ. ” މިއަދު މާ ވަރުބަލި ދުވަހަކީ ތަ އާން ” ސޯފާ ގައި އޮތް ޒިއާން އާއި ދިމާލަށް ބަލަމުން ޔުމްނާ ބުނެލިއެވެ. ” އާން ވަރަށް ޔުމް ފެންތަށްޓެއް ” ޒިއާން މިހެން ބުނުމާއެކު ޔުމްނާ ޒިއާން އަށް ފެންތަށްޓެއް ގެނެސްދިނެވެ. ” މިއަދު ހަވީރު ކީއްކުރާނީ ” ސޯފާއިން ތެދުވެ އިށީންނަމުން ޒިއާން ބުނިއެވެ. ” އަހަރެން ބޭނުމީ ފިލްމެށް ބަލަން އެކަމކު އާން އޯކޭ އީ އާ ” ބުނަންނުބުނަން ހުރެފައި ޔުމްނާ ބުނެލިއެވެ. ” ދެން އަހަރެން އޯކޭ އޭ ޔުމް ބޭނުން ކޮންމެކަމެތް ކުރަން ވެސް” ޔުމްނާ އަތުގައި ހިފާ ސޯފާގައި ބައިންދަމުން ޒިއާން ބުނެލިއެވެ. ހަވީރުގެ ހިތްގައިމު ވަގުތުގައި ދެ ލޯބިވެރިން ފިލްމުގައި ޖެހިފައި ތިއްބެވެ. އަޅުވާގެން އިން ފިލްމުބަލާފައި ދޭތެރެ ދޭތެރެ އިން ޔުމްނާ ނޭފަތް ދަމާލައެވެ. ލޮލުން ކަރުނަ އާދެއެވެ. މިކަމާ ހުރެ ޒިއާން ޔުމްނާ އަށް ވަރަށް ދިމާކޮށްލައެވެ. އެހެން ތިއްބާ މަޢްރިބް ނަމާދަށް ގޮވުމުން ޒިއާން މިސްކިތަށް ދިޔައީ މިރޭ އަންނާނަން ކަމަށް ބުނެފައެވެ. ޔުމްނާ ވެސް ނަމާދު ކޮށްލައިގެން އިނީ ޤުރުއާން ކިޔަވާލާށެވެ.

އަށެއް ޖަހަން ކައިރިވެފައި ހުށްޓާ  ޒިއާން އެގެއަށް އައުމުން ޔުމްނާ ކާން ހަދާފައި ދެމީހުން ކާން އެރިއެވެ. ” އާން މާދަމާ އަހަރެން ސުކޫލަށް ދާން ޖެހެނީ މެންދުރު އިނގޭ ” ކެއުމުގެ ތެރެއިން ޔުމްނާ ބުނެލިއެވެ. ” އޯކޭ” ކުރުޖަވާބަކުން ފުށްދާލަމުން ޒިއާން އަބުރާ ކެއުމަށް މަސްޢޫލު ވިއެވެ. ދެމީހުން އެކުގައި ވަގުތުކޮޅެށް ހޭދަކޮށްލުމަށް ފަހު ވަކިވެގެން ދިޔައީ ދިހައެތް ވެސް ޖެހުމުންނެވެ.

***************************

ގެއަށް ވަން ޒިއާން އަށް ހައިރާންކަމެތް ލިބުނީ ސިޓިން ރޫމްގައި އޭނާ ގެ މަންމަ އާއި ބައްޕަ އިނުމުން ނެވެ. ” މަންމާ ބައްޕާ ނުނިދަނީ ތަ މިރޭ ” އެމީހުން ކައިރި ސޯފާ އެތް ގައި އިށީން ނަމުން ޒިއާން އަހާލިއެވެ. ” ނޫނޭ ، ދަރިފުޅުގެ އިންތިޒާރުގާ މީނީ މަންމަ އާއި ބައްޕަ އެބައޮތް ދަރިފުޅު ކައިރި ވާހަކަ އެތް ބުނަން ވެފާ ” ޒިއާން ގެ މަންމަ ނަސީމާ ބުނެލީ ކައިރީއިން ވަހީދުއަށް ބަލާލަމުންނެވެ. ” ކޮން ވާހަކަ އެތް މަންމާ” ހައިރާންވެފައި އިނދެ ޒިއާން ބުނެލިއެވެ. ” ދަރިފުޅޫ މަންމަ ބުނީ ދެން ކައިވެނ ކުރަން ވީނޫން ހޭ އެހާ ގިނަ ދުވަހު ވެސް ރަށްޓެހިވެގެން އުޅޭކަށް ނުވާނެ ، މަންމަ މިއަދު ތިކަމާ ބެހޭގޮތުން ވާހަކަ ދައްކާލަން ވެގެން ޔުމްނާ ގެ މަންމަ ފަޒީނާ އަށް ވެސް ގުޅާފިން އެމީހުން ވެސް މިކަމަށް ވަރަށް ތާއީދު” ނަސީމާ މިހުރިހާ އެއްޗެއް ކިޔާނިންމާލިއިރު ޒިއާން ގެ ތުންފަތުގައި ހިނިތުންވިމެށް ވެއެވެ. ” އާން މަންމާ އަހަރެމެން ދެމީހުން ވެސް ވަރަށް ތިކަމަށް ވާހަކަ ދައްކަން މިރޭ މަންމަ މެން ކައިރި ބުނަން ނިންމާގެން ހުރީ ދެން މަންމަ މެން ތިބުނީ ވީއްޔަ ، ދެން މިކަމަށް ވާހަކަ ދައްކާލަން އަހަރެން ޔުމްނާ ގެންނާނަން މިގެއަށް ” ޒިއާން މިހެން ބުނުމުން ނަސީމާ އަށް ހީވީ ދެޢީދު އެށްފަހަރާ އައިސްގެން އުޅުނުހެން ނެވެ. އޭނާ އިނީ އެހާވެސް އުފާވެފައެވެ. ” މަންމާ ބައްޕާ އަހަރެން ދެން ދަނީ އިނގޭ ނިދަން،” މި އުފާވެރި ހަބަރު ޔުމްނާ އަށް ދޭން އަވަހަށް ދާންވެގެން ޒިއާން މިހެން ބުނެ ކޮޓަރިއާދިމަލަސް ދެވުނީ ވެސް ހަލުވި ފިޔަވަޅުތަކެށް ގައެވެ.

*****************

ފެންވަރާގެން އައިގޮތަށް ޔުމްނާ އޭނާ ގެ ފަން ދިގު އިސްތަށިގަނޑުގައި ފުނާއަޅަން އިނދެފައި ތެދުވީ އޭނާ ގެ ފޯނު ރިންގްވާއަޑަށެވެ. ތެދުވެގެން ގޮސް ބަލާލިއިރު އަރާފައި އިން ޒިއާން ގެ ނަން ފެނި ހިނިތުންވެހުރެ ފޮނުނެގިއެވެ. ” ހަލޯ ، ޔުމް ” ޔުމްނާ ފޯނުނެގުމުން ޒިއާން ގުޅާލިއެވެ. ” އާން ކިހިނެތް ވީ އާން ” އެކޮޅުން ޔުމްނާ މިހެން ބުނި އަޑު އިވުމުން ޒިއާން ޔުމްނާ އަތް މަންމަ ދެއްކި ވާހަކަ ކިޔާދިނެވެ. ” އަޅޭ އާން ހަމަ އަސްލުވެސްތަ، އެކަމަކު މަންމަ ދެންމެ ހާކަށްހާއިރު ގުޅާ ފައިވެސް ތިކަހަލަ އެތް ވެސް ވާހަކަ އެތް އަހަރެން ކައިރިއަކު ނުބުނޭ ” ހައިރާން ވެ ހުރެ ޔުމްނާ ބުނެލިއެވެ.

” އާން ހަމަ އަސްލޭ ޔުމް. ދެންނޭނގެ ވެދާނެ މަންމަ ބުނީކަމަށް ފަޒީނާ ދައްތަ ކައިރި ޔުމް ކައިރި ނުބުނާށޭ، އެ އާން ޔުމް މަންމަ ބުނީ ކައިވެނީގެ ކަންކަން ރާވަން ޔުމްވާނެ އޯ އަހަރެންގެ ގެއަށް އަންނަން ކޮންދުވަހަކު ފްރިވާނީ” އެށްޗެއް ހަނދާންވި ފަދައަކުން ޒިއާން ބުނެލިއެވެ. ” އަމްމް ބަންދު ދުވަހެށް އޯކޭވާނެ އެންނު ދޯ، އާން ވެސް ފްރީވާނެ އެތްނުބަންދު ދުވަހެތްގައި ” ޔުމްނާ ބުނެލިއެވެ.

” އާން އަހަންނަށް އޯކޭ އެހެންމާ މިހަފްތާ ހޮނިހިރު ހަދަންވީދޯ ، ދެން ޔުމް ނިދާލާ އިނގޭ ގުޑްނައިޓް އެން ވަރަށް ލޯބިވޭ” ފޯނުކޯލު ކުރުކޮއްލަމުން ޒިއާން ބުނެލިއެވެ. ” އާން އޯކޭ ، ޔާ އާން ވެސް ނިދަން އުޅޭ އިނގޭ ، ގުޑްނައިޓް ވަރަށް ބޮޑަށް ލޯބިވޭ ” ޔުމްނާ ވެސް ބުނެލިއެވެ.

އަނެތް ދުވަހު ހެނދުނު ފަތިސްނަމާދުގެ މުނާޖާ އާއެކީގައި ޔުމްނާ ތެދުވެށްޖެއެވެ. ގޭތެރޭގެ މަސަތްކަށް ކޮށް ހިންދެމިލި އިރު އަށެށް ވެސް ޖަހާބޮޑުވެފައި ހުށްޓެވެ. މަސަތްކަށް ނިންމިގޮތަށް ސޯފާ ގައި ފޯނާ ކުޅެން އޮތެވެ.

*************************

މޭޒުމަތީގެ އެތަން މިތަން ބަލަމުން ދިޔަ ޒިއާން ގެ މޫނުމަތިން ކަންބޮޑުވުމުގެ ކުލަވަރު ފެނެލިއެވެ. އޭނާ އެއްޔެ ނިންމާލި ފައިލް ނުފެނިގެން ޒިއާން މިހާރު ނުހޯދާ ތަނެތް ނެތެވެ. ” ޒިއާން ކިހިނެތްވީ ކޯންޗެއް ތިހޯދަނީ ” މިފަހަރުވެސް ތުއިވެލާފައި ޒީޝާން ބުނެލިއެވެ.

” އެއްޔެ އަހަރެން ނިންމި ފައިލް ޒީ ދެކުނިންތަ ” ކަންބޮޑުވާހާލު ތަންތަން ހޯދަމުން ދިޔަ ޒިއާން ބުނެލިއެވެ. ނަމަވެސް ޒިއާން ދެންހަނދާން ވީ ޔުމްނާ މެންގެއަށް އެއްޔެ ނިންމިގޮތަށް ގޮސް ހަނދާން ނެތިގެން ފައިލް އެގޭގާ ވީކަމެވެ. ” އާން ޔުމް މެން ގޭގާ ވީ ޕިސް އަހަރެން ވެސް ދޯ ” ޒީޝާން އާދިމާލަށް ބަލަންހުރެފައި ޒިއާން މިހެން ބުނެލިއެވެ. ޒިއަން ގެ އަނގައިން ޔުމްނާ ގެ ނަން މިވުމުން ޒީޝާން ގެ މޫޑޫ ސަކަރާތްވިއެވެ. ނަމަވެސް އެކަން މޫނުމަށްޗަކުންނުދައްކައެވެ. ޒިއާން އަވަސްވެގަތީ ޔުމްނާ އަށް ގުޅުމަށެވެ. ވަގުތުގެ ގޮތުން އޭނާ އަސް ނިކުމެގެން ނުދެވޭނޭތީ އެވެ.

***************************

ފޯނާ ކުޅެން އޮތް ޔުމްނާ ސިއްސާގެން ދިޔައީ ފޯނު ރިންގްވުމުންނެވެ. އެހެން ހުރެފައި ކުއްލިއަކަސް ރިންގްވުމުން ޔުމްނާ ވަކިން ބޮޑަށް ސިއްސާގެން ދިޔައެވެ. ނޭވާ ހަމައަކަށް އަޅާ ލަމުން ޔުމްނާ ފޯނުނެގިއެވެ. ” ހަލޯ ޔުމް އަހަރެން ނަށް ގެނެސްދެވިދާނެތަ ތިގޭ ސިޓިން ރޫމްގެ ކުޑަ މޭޒުމަތީގައި އޮތް ނޫކުލައިގެ ފައިލް، ވަގުތުގެ ގޮތުން އަހަންނަން ދެވެންނެތީމާ ޔުމް ކައިރި ބުނެލީ އަނެތްކާ އާދެވޭނެތަ ” ކަންބޮޑުވެފައި ހުރެ ޒިއާން އެތް ނޭވާގެ މަތިން ހުރިހާ އެތްޗެށް ކިޔާލިއެވެ. ޒިއާން މިހެން ބުނުމުން ޔުމްނާ ކުޑަ މޭޒުމަތި ބަލާ ލިއިރު ނޫކުލައިގެ ފައިލް އޮތުމުން ހިނިތުންވެލާފައި ޒިއާން ކައިރި މިދަނީކަމަށްބުނެ ފޯނު ކަނޑާލިއެވެ. ކޮޓަރިއަށް ވަދެފައި ޔުމްނާ ލައިގެން ހުރި އެއްޗެހި ކަކުލާ ހަމައަށް އަންނަ ރީތި ގޮތަކަށް ފަހާފައި އިން ކަޅުކުލައިގެ ހެދުމަކަށް ބަދަލުކޮއްލިއެވެ. އަދި ތިރިން ކަޅުކުލައިގެ ސްކްނީއެތް ލުމަށް ފަހު އޭނާ ގެ ކަޅުކަން ގަދަ ފަން އިސްތަށިގަނޑު އެއްވެސްއެތްޗެއް ނާއްސާ ދޫކޮއްލިއެވެ.

***************************

”ޒިއާން ހިނގާބަ މިހިރަ ތަނުގައި އިށީންދެލަން.” ބޭރުބެލޭނެ ގޮތަކަށް ހަދާފައި ހުރި ތަނެތްގެ ކައިރީ ބަހަށްޓާފައި ހުރި ސޯފާތަކަށް އިޝާރާތް ކުރަމުން ޒީޝާން މިހެން ބުނެލީ އެހެން ހުންނަތާ އިރުކޮޅެށް ފަހުންނެވެ. ޒިއާން ވެސް ބޯޖަހާލާފައި އެދިމާއަށް ހިނގާ ގަތެވެ. ޒިއާން ފަހަތުން ހިނގަމުން ދިޔަ ޒީޝާން އަށް ފަހަތުން އަންނަމުން ދިޔަ ޔުމްނާ ފެނުމުން ރަނގަޅު ހިޔާލެތް އައެވެ. ޒީޝާން ތަންކޮޅެށް ބާރަށް ގޮސް ޒިއާން އާއެތްވަރުކޮށްފައި އޭނާ ގައިގައި ބައްދާލިއެވެ. އެހެން ކުއްލިއަކަށް އައިސް ޒީޝާން ބައްދާލުމުން ޒިއާން އަށް ކުއްލި ސިހުމެތް ލިބި އޭނާ އަށް ޒީޝާން ގެ ބުރަކަށީ އަތްލެވުނެވެ. ފެންނަ މީހަކަށް ފެންނައިރު ހީވަނީ ހަމަ ދެމީހުން ވެސް އެކަމަށް އެދިގެން އެކަކު އަނެކަކުގައި ގައި ބައްދާލައިގެން ތިބިހެންނެވެ. އެއިރު މިހުރިހާ މަންޒަރެބަލަން ހުއްޓިފައި ޔުމްނާ ހުއްޓެވެ. ލޮލަށް ފެންނަމުން އެދާ މަންޒަރު ގަބޫލުކުރަން ކިތަންމެ ބޭނުން ނުވިޔަސް އޭނާ އަށް އެފެންނަނީ ގަބޫލުކުރެވޭގޮތަކަށެވެ. ” އައި ލަވް ޔޫ ޒިއާ ” އެހެން ހުރެފައި ޒިއާން ގެ  އަތުތެރެއަށް އިތުރަށް ބޮޑިވެގަންނަމުން ޒީޝާން މިހެން ބުނެލިއެވެ. ޒިއާން ހުރީ ހުއްޓުން އަރާފައެވެ. އަދި އެވަރަށް ރުޅިވެސް އައެވެ. ޒީޝާން އާ ދިމާލަށް އެއްޗެއް ބުނަން އަނަގަހުޅުވާލަން ވެގެން އުޅުނު ޒިއާން އަށް މާދުރުނޫން ހިސާބެތް ގައި މަންޒަރުބަލަން ހުރި ޔުމްނާ ފެނި ބުނަންއުޅުނު ބަސް ވެސް އަނގައިގައިތާށިވިއެވެ. އަވަސް އަރުވާލައިފައި ޒިއާން ޒީޝާން އާ ދުރަށް ޖެހިލިއެވެ. އެއިރު ނުލަފާ ހިނިތުންވުމެތް ޒީޝާން ތުންފަތުގައި ވިއެވެ.

(ނުނިމޭ)

Share Article

Follow Me Written By

🌹YEOJA🌹

Level 610 Stories100 Login100 Comments

Other Articles

Previous

ބަދު ނަސީބުގެ ހިޔަނި އެޅުމުން (2)

Next

ބީޓީއެސް އެންޑް ބަންގޓަން ގަރލްސް (14)

Next
January 12, 2021

ބީޓީއެސް އެންޑް ބަންގޓަން ގަރލްސް (14)

Previews
January 12, 2021

ބަދު ނަސީބުގެ ހިޔަނި އެޅުމުން (2)

One Comment

  1. YEOJA says:
    January 12, 2021 at 9:24 pm

    Hope u all like the 3rd part too♥️♥️
    Next part ISA soon♥️♥️
    Stay safe ♥️♥️

Comments are closed.


All Right Reserved!