* ޖިޔާން ދަތް ޕިލާ އަށް ބާރުކޮށްލިތަން އަހަރެންނަސް ފެނުނެވެ. އަދި އަތް މުއްކަވައިލުމަށްފަހު އަހަރެމެން ތިބި ބެންޗާއި ކައިރީގައި ހުރި ގަހެއް ކައިރިއަށް ހިނގައިގަތެވެ. އަހަރެންވެސް އޭނާޔާއި ދިމާލަށް ގޮތަކަށް މޫނު ހަދާލުމަށްފަހު އަދިވެސް މޫނު ނިވައިކޮށްގެން ހުރި ނަވްރީން ގާތުގައި އިށީނީމެވެ.*

******************************************

‘ޔާހް.. ލެޓް މީ ޑާއުން..’ ޔޫލީންދެފައި ތަޅުވަމުން ހަޅޭއްލަައިގަތެވެ. ކައިލާޏް މިފަހަރުވެސް ހިނިގަނޑެއް ޖަހާލުމަށްފަހު އެހެން ދިމާލަކަށް މިސްރާބު ބަދަލު ކޮށްލިއެވެ. އެގޮތަށް އޭނާ ކޮޅުކޮޅަށް ދުވެ ދުވެފައި އޭނާ އެންމެ ފަހުން ޕާކުގެ މެދުގައި ހުރި ބެންޗެއްގައި ޔޫލީން ބޭއްވިއެވެ.

‘ހުމްފް.. ވަރަށް ފޫހި..’ ޔޫލީޏް އިށީންދެ އޭނާގެ ފެނފުޅިން ފެނފޮދެއް ބޯލިއެވެ. ‘ހެހެ.. ދެން ވެސް އެހާ ބާރަށް ނުދުވާތި..’ ކައިލާން ބޮލުގެ ފަހަތުގައި އަތް ކާއްތާލަމުން ޔޫލީން އާއި ދިމާކޮށްލިއެވެ.

‘އުހުންންން..’ ޔޫލީން ތުން އޫ ކޮށްލަމުން ކުޑަކުއްޖަކު ފަދައިން ހަށަން ބަނެވެ. ‘އަދިވެސް ދުވާނަން.. އެއަށްވުރެން ވެސް ބާރަށް ދުވާނަން..’ އޭނާ ތުންފަތް ފިތާލުމާއެކު ކައިލާންގެ ހިތް ތެޅި ގަތެވެ. ނަމަވެސް ދުލުގައި ދަތް އަޅާލުމަށްފަހު އޭނާ ދުރުގައި ހުރި ގަހެއް ދަށުގައި ކުޅެން ހުރި ކުޑަ ދެ ފިރިހެން ކުދިންނަށް ބަލަން ފެށިއެވެ. ކައިލާން ހިތަށް އެރި އެއްޗަކުން އޭނާއަށް ހެވުނެވެ.

**ނަވްރީންގެ ނަޒަރުން**

އަހަރެން ކައިރީގައި މީހަކު އިށިންކަން އަހަރެންނަށް އެނގެއެވެ. އެމީހަކު އެއީ ކާކުކަން ވެސް އަހަރެންނަށް އެނގެއެވެ. ނަމަވެސް އަހަރެންނަށް ނައުފަލް އާއި ދިމާލަށް ބަލާކަށް ކުޅަދާނައެއް ނުވިއެވެ. އެންމެ ފަހުން އަހރެންނަށް ނުހުރެވިގެން މޫނު މަތިން އަތް ނަގާ ނައުފަލް ދެ މުށި ކުލައިގެ ރީތި ދެ ލޮލަށް ބަލާލީމެވެ. އެސްފިޔަތައް ެފންނަލެއް މަދުނަމަވެސް ހިތްގައިމު ދެލޮލެވެ. އަހަރެންނަށް އިރުކޮޅަކު އެދެލޮލަށް ބަލަހައްޓައިގެން ހުރެވުނެވެ. ނަމަވެސް ނައުފަލް އަހަރެންގެ މޫނު މައްޗަށް މާ ބޮނޑި އެއް އެއްލުމުން އެހެން ދިމާލަކަށް ބަލަން މަޖުބޫރު ވިއެވެ.

‘ދެން.. ވަރަށް ފޫހި..’ އަހަރެން ތުންފަތް ފިތާލަމުން އަހަރެން ލައިގެން ހުރި ޖިންސަށް އެޅިފައި ހުރި މާތަށް ފޮޅާލީމެވެ. ލައިގެން ހުރީ ކަޅު ކުައިގެ ރިޕްޑް ޖީންސް އެއް ކަމުން މަލުން އެޅިފައި ހުރި ހިރަފުސް ކޮޅެއް އޭގައި ހޭކިފައި ހުއްޓެވެ. ނައުފަލް ހޭން ފެށުމާއެކު އަހަރެން ހުންފް އަޅުވާލުމަށްފަހު އަހަރެންގެ އިސްތަށިގަނޑު އޭނާގެ މޫނަށް އެއްލީމެވެ. ‘ނަވް.. ވަރަށް ފޫހި..’ މިފަހަރު ތުން ފިތާަން ޖެހުނީ ނައުފަލް އަށެވެ.

އަހަރެން ހައިރާން ވީ ކަމަކީ އެންމެ ތިން ވަރަކަށް ދުވަހުން އަހަރެމެން މިހާ ގާތް ވީ ކަމެވެ. ގޫގުލް.. ޑަހް.. އަހަރެން ލޯ އަޅާލީމެވެ. ގޫގުލްގެ މީހުންވެސް އަމިއްލަ މައުލޫމާތުތައް އާންމު ކުރަން ވެއްޖެތާއެވެ. ނައުފަލް އަހަރެންގެ އަތުގައި ހިފާ ކޮޅަށް ނެގިއެވެ. އެވަގަތު އަހަރެންގެ ލޮލުގައި އަޅައިގަތީ ތަންކޮޅެއް ދުރުގައި ހުއްޓިގެން އަހަރެމެން ދެމީހުންނާއި ދިމާލަށް ބަލަން ހުރި ޖިޔާންއެވެ. ރަތް ކުލައިގެ ހޫޑީ އަކާއި ކަޅު ކުލައިގެ ޖީންސް އަދި ޕޫމާ ސްނީކަރސްގައި އޭނާ ނުހަނު ރީއްޗެވެ. އަދި ރީތި ގޮތަކަށް ސްޓައިލް ކުރެވިފައިވައި އޭނާގެ ކަޅު އިސްތަށިގަނޑު އޭނާގެ ދޮން މޫނާއި ވަރަށް ގުޅެއެވެ. ނަމަވެސް އޭނާގެ މޫނުމަތީގައި ހިތް ހަމަ ނުޖެހުމުގެ އަސަރު ފާޅުވާން ހުއްޓެވެ. އަދި ޖިޔާންގެ ފައި ކައިރީގައި އަހަރެންނަށް އެންމެ ރީތި މާ ކަމުގައިވާ ފިޔާތޮށި ޓިއުލިޕްގެ މާބޮނޑިއެއް ވެއްޓިފައި އޮތެވެ.

އަހަރެން އޭނާއާއި ދިމާލަށް ބަލަން ހުރިކަން ޖިޔާންއަށް އެނގުނުހާ ތަނުން އޭނާ ބޯ ހޫރައިލުމަށްފަހު އަހަރެންނާއި ދިމާލަށް އަނގައިގެ ހުރިހާ ދަތްތަކެއް ފެންނަވަރަށް ހީނލިއެވެ. އަހަރެންވެސް ރައްދު ގައި ހީންލުމަށްފަހު ނައުފަލްގެ އަތް ފޮޅުވައިލުމަށްފަހު ޖިޔާންއާއި ދިމާލަށް ހިނގައިގަތީމެވެ. ‘ހާއި ޖިން..’

**ނައުފަލްގެ ނަޒަރުން**

ނަވްރީން އަހަރެންގެ އަތް ފޮޅުވައިލައިފައި ޖިޔާންގެ ގާތަށް ދިޔުމުް އަހަރެން ވަރަށް ހިތް ހަމަ ނުޖެހުނެވެ. އަހަރެން ކައިރީ ޔޫމިން ބުނެފައިވާ ވާޙަކަތައް އަނެއްކާވެސް ހަނދާނަށް އައެވެ.

**ފްލޭޝްބެކް**

‘ކައިލާން އަވަސް ކުރަ..’ އަހަރެން ކައިލާން އާއިދިމާލަށް ގޮވާލީ ތުނބުން ފުމެމުންނެވެ. އޭރު އޭނާ ހުރީ އޭނާގެ ގޫޗީ ޓީޝާޓު ލުމަށްފަހު އެއާއި ގުޅޭ ފަޓުލޫނެއް ލާށެވެ. ‘އެކަމް ނައުފަލްލްލްލް…’ ކައިލާން ތިރި ލުމަށްފަހު އޭނާގެ ކަބަޑުން ކަޅު ހޫޑީއެއް ނެގިއެވެ. ‘ޕިސް ޕިސް.. މީ ކޮރެއާއެއް ނޫނޭ ދެލޯ ކޮޅާ.. މިގައުމަކީ އެހާ ހޫނު ގަދަ، ހަނަފަސް..’ އަހަރެން އެއް ނޭވާ އިން ބުނަމުް ދިޔަ ޖުމުލަ ހުއްޓާލަން މަޖުބޫރު ވީ ކައިލާން ހަޅޭއްލެވުމުންނެވެ. އެވަގުތު ވީ އަހަރެމެން ކޮޓަރިއަށް ޔޫމިން އައިސް ވަން ވަގުތަށެވެ.

‘މިތަން މީ ޖަންގައްޔެއްތަ އަޅެފަހެ..’ އޭނާ ކަންފަތުގައި އަތް އަޅަމުން ކައިލާންގެ އަޑަށްވުރެންވެސް ބާރަށް ޔޫމިން ހަޅޭއްލެވިއެވެ. އަހަރެންނަށް ހިން ދިރުވާލެވުނެވެ. ޔޫމިން ރުޅި އައިސްފި ނަމަ އަހަރެމެންގެ ދުވަސް ދިޔައީ އެވެ. ކައިލާންވެސް ތުންފަތުގައި ދަތް އަޅަމުން އޭނާގެ އެއްކަލަ ހޫޑީ ގަޔަށް މަހަމުން ކޮޓަރިން އޭނާ ނުކުތެވެ.

ކައިލާން ދިޔުމުން ޔޫމިން އަހަރެން ކައިރީގައި އެނދުގައި އިށީނެވެ. އަދި އަހަރެންގެ ވާތް ކޮނޑުމަތީ އޭނާގެ އެއް އަތް ބާއްވަލަމުން އަހަރެންނާއި ހަތަރު ކަޅި ހަމަ ކޮށްލިއެވެ.

‘އަހަރެންނަށް އެނގޭ ނައުފަލް ނަވްރީންދެކެ ލޯބިވާ ކަން..’ ޔޫމިން އޭނާގެ ކޮލުގެ ތެރެ ހަފާލިއެވެ. އަހަރެން ހައިރާން ވެފައި ހުރެ އޭނާއަށް ބަލަން ހުރީމެވެ. ޔޫމީން ކުރިޔަށް ގެނދިޔައެވެ. ‘އައި ވިލް ގޯ ސްޓްރެއިޓް ޓޫ ދަ ޕޮއިންޓް.. ނައުފަލް އަށް އެނގޭނެ ޖިޔާންއަކީ ނުލާހިކު މަޖާ މިޒާޖެއްގެ މީހެއްކަނ.. ދެން ކުޑަކޮށް ޑޭޑް ޖޯކްސް ތަކުން އަހަރެމެން ބޮލަށް އުނދަގޫ ކުރިޔަސް. އެކަމް ނައުފަލް އަށް ނޭނގުނު ކަމަކީ ޖިޔާން ބޭނުން ވާ އެއްޗެއް ކޮންމެ ގޮތަކުންވެސް އޭނާ ހޯދަން އުޅެފާނެކަން.. ދެން އަހަރެންނަށްވެސް ތެދަށް ބުނާކަށް ނޭނގެ..’

‘އެހެންވީމަ ތިބުނަނީ ޖިޔާން އޯލްސޯ ވޯންޓްސް ނަވްރީން އޭތަ..؟’ އަހަރެން ނޭފަތުގެ ދެކޮޅުގައި ހިފަމުން ޔޫމީން އާއި ސުވާލު ކުރީމެވެ. އޭނާ ބޯ ޖަހާލުމުން އަހަރެންނަށް ލޯ މަރާލެވުނެވެ. ‘އަހަރެން ކައިރީ މިއަދު އޭނާ ހަމާކުރި އޭނާގެ ހިތުގެގޮތް.. އެކަމް.. އޭނާ ބުނި ނައުފަލްގެ ވެސް ވާހަކަ.. އައި ސޯ ފްރޮމް މައި ވެރީ އޯން އައިޒް.. ހީ އިޒް ޕްރޮލީ.. އަހް އަހަންނަށް ނޭނގެ… މިބުނަނީ އޭނާ ކޮންމެ ފަދަ ގޮތެއްވެސް ހަދާފާނޭ..’ (އަމްމްމްމް.. އިޓްސް ނޮޓް ޓްރޫ.. ޑަހްހްހް.. އޯ މައި.. ޖިން.. ވީ އާރ ޖަސްތް ބޮރޮވިންގ ޔުއަރ ކެރެކްޓަރ..)

**ފްލޭޝް ބެކް އެނޑް**

އަހަރެން ނަވްރީން އާއި ދިމާލަށް ބަލާލީމެވެ. ނަމަވެސް އޭނާ އިނީ އެއްކަލަ ގަސް ދަށުގައި ޖިޔާން އާއެކު ވާހަކައިގައެވެ. އަހަރެން ފުންކޮށް ނޭވާއެއް ލުމަށް ފަހު އެދިމާލަށް ދިޔައީމެވެ. އަތް މުއްކަވައިގެންނެވެ..

‘އޯހް ހާއި ނައުފަލް..’ ނަވްރީންއަށް އަހަރެން ފެނުމުން އިން ތަނުން ތެދުވެ އަހަރެން ކައިރިއަށް އައިސް ހުއްޓުނެވެ. އަހަރެން ޖީބުން ވޮލެޓު ނެގުމަށްފަހު ނަވްރީންގެ އަތު ތެރެއަށް އެ ލީމެވެ. ‘މިޔޯ..؟’ އޭނާ ވޮލެޓުގައި ދެ އަތުން ހިފާލަމުން އަހަރެންނާއި ސުވާލުކުރިއެވެ. އަހަރެން އެވަގުތު ހުރީ ޖިޔާން އާއި ދިމާލަށް ރުޅިވެރި ނަޒަރަކުން ބަލާށެވެ. އަހަރެންނެކޭ އެއްފަދައިން ޖިޠާންވެސް އަހަރެންނާއި ހަމަ އެފަދައިން ބަލަމުްނ ދިޔައެވެ. އަހަރެންނަށް ނަވްރީން އަނގަ މަތީ އަތް އަޅާތަން ފެނުނެވެ. ‘ޔޫ ބޯތް.. އަމްމް..’ އަހަރެމެން ދެ މީހުން ނަވްރީން އާއި ދިމާލަށް ބަލާލީމެވެ. އޭރު އޭނާ ދެލޯ ބޮޑު ކޮށްގެން ހުރި ގޮތުން ވަމުން ދާ ގޮތް އޭނާއަށް ސާފު ވީ ކަން އަހަރެންނަށް އެނގުނެވެ.

**************************************

ޔޫމިން އަށް ނައިލީ ކޮނޑުމަތީ ބޯ އަޅާލިތާ އިރުކޮޅެއް ނުވަނީސް އޭނާއަށް ނިދުމުން ކުޅިބަލަން ތަންކޮޅެއް ދުރުގައި ހުއްޓިގެން ހުރި ޒައިނީ އާއި ޖިމްޔާނަށް މަޑު މަޑުން ހެވުނެވެ. ‘ބަލާބަ.. ނައިލީ އެހުރީ ލަދުން ހަލާޚުވެފައި..’ ޒައިނީ އޭނާގެ ފޯނު ނަގާ މަންޒަރު އޭނާގެ ފޯނަށް ރައްކާކޮށްލަމުން ބުންޏެވެ. ޖިމްޔާން ބޯޖަހާލުމުން އަނެއްކާވެސް އެދެމީހުންނަށް ހެވުނެވެ.

އިރުކޮޅަކު ނައިލީ އަށާއި ޔޫމިން އަށް ދިމާކުރަން ހުރުމަށްފަހު އެހެން ދިމާލަކަށް އެދެމީހުން ހިނގައިގަތެވެ. ޖިމްޔާން ޒައިނީގެ އަތުގައި ހިފައިގެން ޔޫނުސްގެ މަރސީޑްސް ކައިރިއަށް ދިޔައެވެ. އޭރު އެތަނުގައި ޒަކުވާން، ނިޒްކާ، ލަވްޒާ، އަދި އީނާލް ކޮންމެވެސް ވާހަކެއްގައި އެތަނުގައި ތިއްބެވެ. ‘ހާއި ގާއިޒް..’ ޒައިނީ އަޑުގެ ނެތްތަނަށް ހަޅޭއްލެވުމުން ކައިރީގައި ހުރި ޖިމްޔާންއަށް މަޖުބޫރުވީ އޭނަގެ ކުޑަދެ ކަންފަތުގައި އޭނާގެ ކުޑަދެ އަތުން އަތް އަޅާށެވެ. ‘ޒައިތޫނި ޓްރީ..’ ނިޒްކާވެސް ހަމަ އެބާރުމިނުގައި ގޮވާޅިއެވެ. މިފަހަރު ކަންފަތުގައި އަތް އަޅާން ޖެހުނީ ޒކުވާންއަށާއި އީނާލްއަށެވެ. ‘ޕިސް ޕިސް މި ދެމީހުންގެ އަޑެއްވެސް އޮވޭދޯ..’ ޒަކުވާން ޝަކުވާކޮށްލިއެވެ. ‘އާނއެކޭ..’ ޖިމްޔާޏް އޭގާގެ ކަންފަތް ކަހާލާމުން ޒަކުވާޏއާއި އެއްބަސް ވިއެވެ. ނިޒްކާ ލޯ އަޅާލުމަށްފަހު ޒައިނީގެ ކުރިމައްޗަށް އެރުމަށްފަހު އޭނާގެ ދެ އަތުަގއި ހިފައި ތަޅުވައިގަތެވެ. ‘ޒައި ގެސް ވަޓް..’ އޭނާ ފަށައިގަތްތަނުން ޒަކުވާން ނިޒްކާގެ އަނގަ މަތީ އަތް އަޅާގަތެވެ. ‘އުހުން އަދި ނުވޭ.’

‘ކޯންޗެއްތަ..؟’ ޒައިނީ އޭނާގެ އަތް ނައްޓުވަމުން ސުވާލުކުރިއެވެ. ނިޒްކާ ސަލާމަތައް އެދޭ ފަދައިން ލަވްޒާ އާއި ދިމާލަށް ބަލާލިއެވެ. ލަވްޒާ ފުން ނޭވާ އެއް ދޫކޮށްލަމުން ޒައިނީގެ އަތުގައި ހިފައި ތަޅުވަން ފެށިއެވެ. ‘ޒަކުވާން ބުނީ އަހަރެމެން އެމީހުންގެ ޑޯރމްސްގަ އުޅެން އަންނާށޯ.. ކޮރެއާއަށް..!’ ލަވްޒާ މިހެން ބުނުމާއެކު ޒައިނީ ލޯ ބޮޑު ކޮށްލުމަށްފަހު ޒަކުވާންއަށް ބަލަން ފެށިއެވެ. ‘އަސްލުތަ..؟’ ޒަކުވާން ބޯ ޖަހާލުމުން ޒައިނީ އަނގައިން އަޑެއް ލައްވާލުމަށްފަހު ޖިމްޔާން ގައިގައި ބައްދާލުމަށްފަހު އެންބުރެންފެށި އެވެ.

‘ޔެސް ޔެސް ޔެސް.. ޖިމިން އަޅޭ ވަރަށް އުފާވެއްޖެ..’ އޭނާ އުފާ ވެފައި ހުރި ވަރުން އޭނާއަށް ކުރެވޭ ކަމެއް ވެސް ނޭނގެއެވެ. އެންމެފަހުން ޖިމްޔާން ޒައިނީ މަޑުމަޑުްނ ކޮށްޕާލުމަށްފަހު އޭނާ ދެކޮޅު ބަލާލީ މީހަކު ބަލާތޯ އެވެ. ‘ލޮލް ސާބަސް ޒައި..’ އީނާލް ބާރު ބާރަށް ހީނގަތެވެ. ޒަކުވާންގެ އަތް ނައްޓުވަމުން ނިޒްކާ ގޮސް ޒައިނީގެ އަތުގައި ހިފައި އެނބުރެން ފެށިއެވެ. ޒަކުވާން ނިއްކުރީގައި ޖަހާލުމަށްފަހު އޭނާގެ އެކުވެރިޔާގެ ކޮނޑުގައި ޖަހާލިއެވެ. ‘ވަރޔގަދަ ކުދި ބައެއް މީ..’ ‘ދޯ އަސްލުވެސް..’ ޖިމްޔާން އެއްބަސްވިއެވެ. އެވަގުތު ޒައިނީ އާއި ނިޒްކާ އައިސް ލަވްޒާ އާއި އީނާލްގެ ގެ ގައިގައި ބައްދާލަމުން ތޫލި ގޮތަކަށް ހަޅޭއްލަވަން ފެށުމުން ދެ ފިރިހެންކުދިން އެކަކު އަނެކަކަށް ބަލާލުމަށްފަހު އެދެމީހުން އެއްފަހަރާ ހޭންފށިއެވެ.

‘ވޯހް ލުކް..’ އީނާލް އެ ތަނުން ނިކުމެވުނު ތަނާޙެން ފެނުނު މަންޒަރަކުން އޭނާއަށް އެހެން ކުދިންނަށް ގޮވާލިއެވެ. ޒައިނީ އޭނާގެ ޝޯލް ކުޑަކޮށް ރިތި ކޮށްލަމުން އީނާލް އިނގިލި ދިއްކުރަން ހުރި ދިމާލަށް އެނބުރުނެވެ. ‘އޯހް މައި..’ އޭނާއަށް އަނގަ މަތީ އަތް އަޅާލެވުނެވެ. ލަވްޒާ އާއި ނިޒްކާ ވެސް އެމަންޒަރު ފެނުމާއެކު ލޯ ބޮޑުކޮށްލެވުނެވެ. ފެންނަމުން ދިޔައީ ޖިޔާން އާއި ނައުފަލްގެ މެދުގައި ހުރި ނަވްރީންގެ ދެ އަތުން ކުރެ އެއް އަތުގައި އެދެމީހުން ހިފައިގެން ހުރި ތަނެވެ. އެއްފަހަރު އޭނާގެ ކޮޅަށް އެކުއްޖާ އަތުަގއި ހިފާ ދަމާލައިފި ނަމަ، އަނެއް ފަހަރު ޖިޔާނަ އޭނާގެ ކޮޅުން ނަވްރީންގެ އަތަށް ދަމާލައެވެ. އެހުރިހާ އިރަކުވެސް އެދެމީހުންނަކަށް ނަވްރީންގެ މޫނުން ފެންނަމުންދިޔަ ނުތަވަސް ކަމުގެ ހިލަމެއް އެއިން އެކަކަށް ވެސް ނުވެއެވެ. އެވަގުތު ނައުފަލް އާއި ދިމާލަށް ޖިޔާން އެއްޗެކޭ ބުނެލުމާއެކު ނައުފަލް މޫނުމަތީގައި ހުރި ރުޅިވެރިކަން ކުރިޔަށް ވުރެންވެސް ފުންވިއެވެ. ނައުފަލް ޖިޔާން އާއި ދިމާލަށް ބަލާލުމަށްފަހު ރައްދުދިނެވެ. މިފަހަރު ނަވްރީން އޭނާގެ އަތް އެދެމީހުންގެ އަތްތަކުން ނައްޓަން މަސއްކަތް ކުރަން ފެށިއެވެ.

ނިޒްކާ އަށާއި ޒައިނީ އަށް އެހެން ދިމާލަކަށް ބަލުމުގެ ކުޅަދާނަކަން އެވަގުތު ނުލިބިފައި ވީއިރު އީނާލް އޭނާގެ ލޯ މަތީ އަތް އަޅާލިއެވެ. އޭނާ މިހެން ހެދީ ކީއްވެ ކަމެއް ހުދު އޭނާއަކަށްވެސް ނޭނގުނެވެ. ޖިމްޔާން އާއި ޒަކުވާން އެކަކު އަނެކަކަށް ބަލާލީ ހައިރާންވެފައި ހުރެ އެވެ. އެއީ ޖިޔާން އާއި ނައުފަލް އަކީ އެ ގްރޫޕުންވެސް އެންމެ އެކުވެރި ދެމީހުން ކަމުގައި ވެފައި އެދެމީހުންގެ މެދުގައި އަދި އެއްވެސް ރުޅިވެރިކަމެއް ފެނިފައި ނުވާތީއެވެ. ‘ދިސް އިޒް ބޭޑް..’ ޒަކުވާން ނޭވާ އާއި އެކު ބަސް ތައްވެސް ބޭރު ކޮށްލިއެވެ. ‘އަހަރެންނަށް ހީ އެބަ ކުރެވޭ ވަރަށް ބޮޑު ކަމެއް ވާން އުޅޭހެން..’ ޖިމްޔާން އެއްބަސް ވުމުގެ ގޮތުން ބޯ ޖަހާލިއެވެ. ކައިރީގައި އަޑުއަހަން ތިބި ހަތަރު އަންހެން ކުދިން އެކަކު އަނެކަކަށް ބަލާލަމުން ލޮލުގެ އިށާރާތުން އެކަކު އަނެކަކާއި ސުވާލުކުރިއެވެ. ޒަކުވާންގެ ބަސްތައް ތެދުވާނެ ހެއްޔެވެ؟ ނޫނީ މަޑުމައިތިރި ކަމާއެކު މިކަން ނިމޭނެހެއްޔެވެ؟

*ނުނިމޭ*

10

1 Comment

 1. 🌹Ril🌹

  January 13, 2021 at 6:08 am

  Wow vrh Sali mi part vxxx♥️♥️
  Masha Allah♥️♥️♥️
  Jiyaan aa naufal aa dhw aleyyy♥️♥️♥️
  Vrh majaa mi part vxx hahahah♥️aha♥️😂😂😂😂😂😂
  Waiting for the next part ♥️♥️♥️
  Love uuu alll♥️♥️
  Stay safe ♥️♥️

Leave a Reply

ކޮމެންޓެއް ހުށަހެޅުއްވުމަށް އެސްފިޔައަށް ލޮގިން ކުރައްވާ!