
ޔުމްނާ ފެނުމުން ތެޅިގަނެފައި ޒިއާން ޒީޝާން ދުރަށް ކޮއްޕާލިއެވެ. ކަރުނަވީ ދެލޮލާ އެކު ޔުމްނާ އެތަނަށް ފައިލްވައްޓާލައިފައި ބާރުހިނގުމެށްގައި އެތަނުން ނިކުންނަށް ހިނގާގަތެވެ. ޒީޝާން އާއި ދިމާލަށް އަލިފާނުގެ ބެލުމަކުން ބަލާލައިފައި ޒިއާން ޔުމްނާ ގެ ފަހަތުން ކަހަލަ ގޮތަކަށް ނިކުންނަން ދިޔައެވެ. ނަމަވެސް އޭނާ ހުއްޓުން އެރީ އޮފީހުގައި އިސް މަޤާމެތްގައި ހުރިމީހަކު އޭނާ އަށް ގޮވުމުންނެވެ. ހިތާދެކޮޅަށް ޒިއާން އެބުރި އޮފީސްތެރެއަށް ވަދެގެން ދިޔައިރު އޭނާ ހުރީ ޔުމްނާއާއި ދޭތެރޭ ކަންބޮޑުވެފައިވާ.
މަޑުމަޑުން ހިނގާފައި ދިޔަ ޔުމްނާ ލޮލުން ހުއްޓުމެށް ނެތި ކަރުނަ އައެވެ. އެހެން ހުރެފައި ފަހަތް ބަލާލީ ޒިއާން އަންނާނެކަމުގެ އުންމީދުގައެވެ. ނަމަވެސް އޭނާ ގެ އުންމީދު ފުޑުފުޑުވީ ފަހަތުން ޒިއާން ގެ ހިލަމެތް ނުވުމުންނެވެ. އިތުރަށް ޔުމްނާ ހިތުގައި ޖެހުނެވެ. ޒިއާން އެހެން އަންހެން ކުއްޖެއް ގެންގުޅެނީ އޭ ހިތަށް އެރުމުން ޔުމްނާ ގެ ހިތް ހީވީ ފިސްފިސް ވިހެންނެވެ. ބާރުހިނގުމެށްގައި ގެއަށް ވަންގޮތަށް ދޮރުވެސް ތަޅުނުލާ އެދިޔަބާރުމިނުގަ ސޯފާ އަށް ވެއްޓި ޔުމްނާ އަށް ރޯންފެށުނެވެ. ގިސްލަގިސްލާ ފައި ޔުމްނާ ރޯންފެށިއެވެ. އެހެން އޮންނައިރު ނޭވާ ހާސްވެގެން ބާރުބާރަށް ޔުމްނާ ނޭވާލީފަހުން ހަމައަކަށް އެޅިލައެވެ.
*****************************
ޒިއާން އަށް ގޮވި އަޙްމަދުގެ ކެބިން އިން ނިކުމެގެން އައިގޮތަށް ، ޒިއާން ޒީޝާން އިންމޭޒާ ދިމާލަށް މިސްރާބުޖެހިއެވެ. ބާރުހިނގުމެށްގައި ގޮސް ޒީޝާން އަތުގައި ހިފާނަގަމުން ދަމަމުން ކަހަލަ ގޮތަކަށް ޒީޝާން ގޮވާގެން ޒިއާން ވީހާވެސް މީހުންމަދު ތަނަކަށް ދިޔައެވެ. ” ކަލޭ ކީކޭ ހިތަށް އަރާގެން ތި އޮޅޭނީ އަހަންނާ ޔުމްނާ އާ ދެމެދަށް ވަންނަންއެ ، ލަދެއް ހަޔާތެށް ވެސްނެތޭ ” ރުޅި ގަނޑު ފަޅާގެން ގޮސް ވާހާލު ޒިއާން ޒީޝާން ހޫރާލަމުން ބުނެލިއެވެ.
” އަހަރެން ޒިއާން ދެކެ ލޯބިވާތީ ” ޖެހިލުން ނުވާހާލު ޒީޝާން ދެއަތް އުރާލައިގެން ހުރެ ބުނެލިއެވެ. ޒީޝާން ގެ މިޖަވާބުން ޒިއާން އިތުރަށް ރުޅިގަދަވިއެވެ. ” އަހަރެން ލޯބިވަނީ ޔުމްނާ ދެކެކަން ވެސް ޒީޝާން އަށް އިނގޭނެ ، ދެންކީއްކުރަން އެހެން ހެދީ” ދެއަތް މުށްކަވާލަމުން ޒިއާން އެހިއެވެ. ” އަހަރެން ބޭނުމީ ޒިއާން އާ އެ ޔުމްނާ ގަނޑާ ދުރުކުރަން ، އެހެންވެ، ހަމަ ރަނގަޅުވީސް ޔުމްނާ އެދުވަހު ރެސްޓޯރެންޓްގައި ފާހަނާ ގައި ބަންދުވެގެން މަރުވިނަމަ ” ވާހަކަ ދައްކަމުން ދައްކަމުން ގޮސް އެންމެ ފަހުން ޒީޝާން އަށް އޭނާ ކުރި ކަންތަކުގެ ވާހަކަ ޒިއާން ކައިރި ބުނިއެވެ. މިބުނެވުނީ ކޯންޗެއްކަން އިނގުމުން ޒީޝާން ކަންބޮޑުވެފައި ހުރެ އަނގަމަތީގައި އަތް އަޅާލިއެވެ. ” ޔުމް އަށް އެހެން ހެދީ ޒީޝާން ދޯ ،” ރުޅިއައިސްހުރެ ޒިއާން އަހަލިއެވެ. ނަމަވެސް ޒީޝާން ގެ ފަރާތުން ޖަވާބު ނައުމުން ދެވަނަ ފަހަރަށް އެހުމުން ޒީޝާން ކުށަށް އިޢުތިރާފް ވެއްޖެއެ އެވެ. ނަމަވެސް އޭނާ ގެ ވާހަކަ ތަކުން ކުރެވުނުކަމަކާ ދެރަވެފައި ހުރިހެނެށް ހިއެތް ނުވެއެވެ. ” ދެން މީގެ ފަހުން އަހަރެން ފެންނަ ހިސާބަށް އަޔަސް އަހަރެން ގެ ހުރި ނުބާކަން ދައްކާލާނަން ، އަދި އަހަންނާ ޔުމްނާ އާ ދޭތެރެ އަށް ވަންނަން ހިތުވެސް ނުލާތި ” ޝަހާދަށް އިނގިލި ޒީޝާން އާއި ދިމާލަށް ދިއްކޮށްލަމުން ޒިއާން މިހެން ބުނެފައި އަވަސް ހިނގުމެށްގައި އޮފީހުން ނިކުމެގެން ދިޔައީ ޔުމްނާ ގެ ހާލުބަލާލާށެވެ.
ޔުމްނާ އުޅޭ އެޕާރްޓް މެންޓާ ހަމައަށް ދެވުމުން ސައިކަލު ޕާރްކް ކޮއްލާފައި ޒިއާން އެތެރެއަށްވަންނަން ހިނގާގަތަވެ. ދޮރާ ހިސާބަށް ގޮސް ބެލް އަޅަން އަށް ހިށްލާލިތަނާ ޒިއާން އަށް ދޮރު ހުޅުވާފައި ހުރިތަން ފެނިގެން އަވަހަށް އެތެރެއަށް ދެމިލިއެވެ. އެތެރެއަށް ވަންއިރު ޓައިލްސްތަށް މަށްޗައް ތިރިވެ ސޯފާގައި ލައްގަނެލައިގެން ޔުމްނާ އިނެވެ. މުޅި ސިޓިންރޫމްގައި ވެސް ހަރުލާފައިވަނީ ޔުމްނާ ގެ މަޑު ގިސްލުމުގެ އަޑެވެ. ޒިއާން އަށް މިމަންޒަރު ފެނުމުން ހިތަށް ތަދުވިއެވެ. މަޑުހިގުމެތްގައި ޔުމްނާ އާއި ދިމާލަށް ޒިއާން ގޮސް ޔުމްނާ ކައިރި އިށިންދެލާފައި އޭނާ ގެ ކޮނޑުގައި އަތްޖައްސާލިއެވެ. ޒިއާން ގެ މިއަމަލުން ސޯފާގައި ބޯއަޅާލައިގެން އިން ޔުމްނާ ބޯހިތްލާލައިފައި ފަހަތްބަލާލިއެވެ. ” ޒިއާން” ޔުމްނާ ގެ ތުންފަތް ހަރަކާތް ކޮށްލާފައި ޒިއާން ގެން ނަން މަޑު މަޑުން އެ އަނަގައިން ނިކުތެވެ. ” ޔުމް އަހަރެންދައްކާ ވާހަކަ އަޑު އަހާބަ، ” ޔުމްނާ ގެ މޫނަށް ނަޒަރުހިންގާލަމުން ޒިއާން ބުނެލިއެވެ. ” އަހަރެމެން ދެމީހުން ދޭތެރޭ އިތުރަތް ދެކެވެން އޮތް ވާހަކަ އެތް ނެތް ، އެހެންމާ ރަނގަޅުވާނީ ޒިއާން މިތަނުން ދިޔައީ އާ ” ދުރަށް ބަލަހަށްޓައިގެން ހުރެ ކުރަކިވެފައިވާ އަޑަކުން ޔުމްނާ ބުނެލިއެވެ. ” ޔުމް ޕްލީސް ، ޔުމް އަށް ތިފެނުނީ ޒީޝާން ރާވައިގެން ހުރެ ކުރިކަމެތް ” ޒިއާން ބުނެލިއެވެ. ” ކީކޭ ޒިއާން ބުނަން ތިއޮޅެނީ އަހަރެންނަށް ފެނުނު އެކުއްޖާ ގައިގައި ޒިއާން އަތްލައިގެން ހުރިތަން ” މިފަހަރު ވެސް ޔުމްނާ ދުރުބަލަމުން ބުނެލީ ޒިއާން ގެ މޫނަށް ބަލަން ހިތްވަރުނެތުމުން ނެވެ. ” ޔުމް އަހަންނަން އިތުބާރެތް ނުކުރަން ތަ ” ކުރަކިވެފައިވާ އަޑަކުން ޒިއާން އަށް ބުނެވުނެވެ. ” އަހަރެން ކުރިން ޒިއާން އަށް އިތުބާރު އަމިއްލަ ނަފްސަށްވުރެވެސް ލޯބިވީން އަދި މިހާރުވެސް ވޭ ، އެކަމަކު ޒިއާން އެތްނު މިއަދު އަހަރެން ގެ އިތުބާރުތިގެއްލަވާލީ ،” ޒިއާން ގެ މޫނަށް ބަލާލަމުން މިފަހަރު ޔުމްނާ ބުނެލިއެވެ. ” އަހަރެން ޔުމް ގެ އިތުބާރު ގެއްލޭ ފަދަ ކަމެތް ނުކުރަން އަދި ނުވެސް ކުރާނަން އަހަރެން ޔުމް ދެކެ ވީ ހަޤީޤީ ލޯބި ޕްލީސް އެލޮއިއްބަށްޓަކާ އަހަރެން ދައްކާ ވާހަކަ ޔުމް އަޑުއަހާފާނަން ތަ ” ޔުމްނާ ގެ އަތުގައި ހިފާލަމުން ޒިއާން ބުނެލިއެވެ. ޔުމްނާ ޒިއާން އެހެން ބުނުމުން ޒިއާން އާދިމާލަށް ބަލާފައި އެހެން ދިމާލަކަށް ބަލާލިއެވެ. ޒިއާން އޭނާ ގެ ވާހަކަ ފެށްޓީ ޔުމްނާ އިނީ އަޑުއަހަން ކަން އިނގިގެންނެވެ. ފެށެން ދެން ނިމެންދެން ޒީޝާން ކުރި ހުރިހާ ކަމެތް ޒިއާން ޔުމްނާ އަށް ކިޔާދިން އިރު އޭނާ ގެ ލޮލުންވެސް ކަރުނަ އާދެއެވެ. ޔުމްނާ ފާހަނާގައި ބަންދުކުރީވެސް ޒީޝާން ކަމަށް ޒިއާން ބުނިއެވެ. މިހުރިހާ ވާހަކަ އެތް އަޑުއަހަން އިން ޔުމްނާ އިނީ ހުއްޓުން އަރާފައެވެ. ޒިއާން އޭނާ ދެކެ ވާލޮއިއްބަތް ޝައްކުކުރެވުމުން އަމިއްލަ ނަފްސަށް މަލާމަތް ކުރެވުނެވެ.
” ޔުމް އެއްޗެކޭ ނުބުނާނަން ތަ ” ޒިއާން ގެ ވާހަކަ ނިމި އިރުކޮޅެށް ވުމުން ވެސް ޔުމްނާ އެއްޗެށް ނުބުނުމުން މާޔޫސް ވެ ހުރެ ޒިއާން އެންމެ ފަހުން ބުނެލިއެވެ. އެވަރުންވެސް ޔުމްނާ އެއްޗެއް ނުބުނުމުން ޒިއާން ދަނީކަމަށް ބުނެ ކަރުނަވީލޮލާ އެކު ކޮޅަށްތެދުވެ އެބުރިދާން ހިނގާގަތެވެ. ޒިއާން ގެ މިއަމަލުން ޔުމްނާ އަށް ކުއްލި ސިހުމެތް ލިބި އިންތަނުން ތެދުވެގެން ގޮސް ފަހަތުން ޒިއާން ގެ ގައިގައި ބައްދާލިއެވެ. ޔުމްނާ މިހެން ހެދުމުން ޒިއާން އަތް ދެލޯމަރާލެވުނެވެ. އަދި މޭމަތީގައި ބާއްވައިފައިވާ ޔުމްނާ ގެ އަތްމަތީގައި އޭނާ ގެ އަތް ވެސް ބާއްވާލިއެވެ. ” ޒިއާން ، އައިއެމް ސޮރީ ، އަހަރެން .. އަހަރެން ޒިއާން އަށް ޝައްކުކުރެވުނީ މައި ވަރަށް ދެރަވެއްޖެ.” މިހެން ބުނެފައި އިތުރަށްޒިއާން ގެ ގައިގައި މޫނު ބޮނޑިކޮށްލަމުން ރޯންފެށްޓިއެވެ. ޔުމްނާ ގެ ހޫނު ކަރުނައިން ޒިއާން ލައިގެން ހުރި ގަމީހުގެ ފަހަތް ތެއްމަމުން ދިޔައިރު ޒިއާން އަށް ހުރެވުނީ ލޯމަރާގެންނެވެ. އެހެން ހުރެފައި ޔުމްނާ ނޭވާ ކޮޅަށް ދާން ހެދުމުން ބާރުބާރަށް ނޭވާލާން ފެއްޓިއެވެ. މަޑު ގިސްލުމެތް ވެސް ޔުމްނާ ގެއަނގައިން ނިކުތެވެ. ޔުމްނާ ބާރުބާރަތް ނޭވާލާން ހެދުމުން ޒިއާން ޔުމްނާ ގެ އަތް ނަށްޓާލަމުން ޔުމްނާ އާއި ވީފަޅިއަށް އެބުރުނެވެ. އެ މޫނުމަތިގައި ކަންބޮޑުވުން ހާމަވެއެވެ. ” ޔުމް ދެން ނުރޮއެ ޕްލީސް ،” ޔުމްނާ ގެ ދެ ކޮނޑުގައި ހިފާލަމުން ބުނެލިއެވެ. ”އަދިވެސް ނޭވާ ހިތްލާތަ ” ޔުމްނާ ގެ މޫނުމަތީގައި ދެއަތުން ހިފާލަމުން ޒިއާން އަހާލީ ޔުމްނާ މިހާރު ތަންކޮޅެތް މަޑު މަޑުން ނޭވާލާތިއެވެ. ޔުމްނާ ބޯޖަހާލިއެވެ. ” ދެން ނުރޯތި ޔުމް މިހާރު ހުރިހާ ކަމެތް ވެސް އޯކޭ ވީ އެންމު ދެން ސްމައިލް ” ޔުމްނާ ގައިގައި ބައްދާލަމުން ޒިއާން ބުނެލިއެވެ. ދެމީހުން އެގޮތަށް ތިބެލާފައި އެކި އެކި ވާހަކަ ދަކްކަމުން ގޮސް އެންމެ ފަހުން ވަކިވީ ޔުމްނާ ސުކޫލަށް ދާ ގަނޑި ކާރިވަމުން ދާތީއެވެ. ޔުމްނާ ނިކުންނަން ދެން ބޭރުގައި މަޑުކޮށްގެން އިން ޒިއާން ހުއްޓުން އެރީ ނިކުމެގެން އައި ޔުމްނާ ފެނުމުންނެވެ. ކަކުލާ ހިސާބަށް އަރާ އެވަތްތިރި ހެދުމުގެ އަތްފުޅާ ކޮއްލާފައި ވާ ގޮތުން ނުލާހިކު ރީއްޗެވެ. ކަޅުކަން ގަދަ ރީތި އިސްތަށިގަނޑުވަނީ ރީތި ގޮތަކަށް ގަތާލާފައި ކޮނޑުމަތިގައި ގަތާފައިވާ ބާ ބާއްވާލައިފައިވެއެވެ. ” ވާވް ޔުމް ވަރަށް ރީތި މާޝާﷲ ” ޔުމްނާ އަށް ތަޢުރީފް ކޮށްލުމުގެ ގޮތުން ޒިއާން ބުނެލިއެވެ. ޔުމްނާ އަށް ކުރެވުނުކަމަކީ ހަމަ އެކަނި އިސްޖަހާލުމެވެ. އޭނާ ގެ ތުންފަތުގައި ރަކި ހިނިތުންވުމެތް ވާއިރު ދެކޮލަށް ވަނީ މަޑު ޖަންބުކުލައެތް ވެރިވެފައެވެ. ” ދެން ހިނގާ ދާން ” އެންމެ ފަހުން ޔުމްނާ ބުނެލިއެވެ.
ހަފްތާ ބަންދު ގެ ހޮނިހިރު ދުވަހުގެ މެންދުރު ވަގުތު ޒިއާން މެންގެ ގެއަށް ޔުމްނާ ދިޔައީ ކައިވެނީގެ ކަންތަކާ ވާހަކަ ދައްކާށެވެ. ޒިއާން މެންގެ އަށް ވަންތަނުން ޒިއާން ގެ ކޮއްކޮ ޒޫނާ ޔުމްނާ އަށް މަރުހަބާ ކިޔެވެ. ޔުމްނާ އާއި ޒޫނާ އަކީ ވެސް އެކަކު އަނެކަކާ ގުޅޭ ދެމީހުންނެވެ. ” ޔުމްނާ ދައްތަ އަށް ފެންނަނީ އަންނަ ހަފްތާ ޔުމްނާ ގެ މަންމަ އާއި ބައްޕަ ދެން ޔުމްނާ ގެ ކޮއްކޮ ޔައިޝް މިކޮޅަށް ގެންނަން” ނަސީމާ މިހެން ބުނުމާއެލު އިސްޖަހާލައިގެން އިން ޔުމްނާ ވަގުތުން އިސްއުފުލާލައިގައި އުފަލާއެކު ވަގުތުން އެއްބަސްވިއެވެ.
އިރުއޮއްސުނު ވަގުތު ޔުމްނާ އެގެއިން ނިކުމެގެން ދިޔައީ އަންނަ މަހުގެ ހައެއް ހާހިސާބުގައި ކައިވެނީގެ ތާރީޙް ހަމަޖައްސާފައެވެ. މިހާރުމީ މަހުގެ ފަހުކޮޅުކަމުން ކައިވެނީގެ ތައްޔާރީތަކާށް އަވަހަށް ފަށަން ވަނީ ދެޢާއިލާއިން ވެސް އެއްބަސްވެފައެވެ. ޔުމްނާ އާއި ޒިއާން ބޭނުން ގޮތަށް ކައިވެނި ރޭވިފައިވަނީ ވަރަށް ކުޑަގޮތަކަށް ނިންމާލާށެވެ.
(ނުނިމޭ)
One Comment
Comments are closed.
Heiii readers♥️♥️
Hope u like the 4 th part of this stry♥️♥️
Keep waiting for the last part♥️♥️
Dhn iny last part ISA vrh avaha submit kohlaana first digu stry veemaa ehaa digu♥️ nuvaane ♥️♥️
Stay safe readers♥️♥️