
އެކި އެކި ވާހަކައިގައި ތިބެގެން ޔުމްނާ އާއި ޒިއާން ކައި ނިންމާލި އިރު ދެމީހުން ވެސް ތިބީ ހޭދަކޮށްލެވުނު ވަގުތާމެދު ހިތްހަމަ ޖެހިފައިކަން ދެމީހުން ގެ މޫނުމަތިން ވެސް ފާހަގަ ވާން ހުށްޓެވެ. އެއިރު ވެސް ދެމީހުންނާ ދިމާލަށް ވިހަ ހިނިތުންވުމަކާ އެކު ޒީޝާން ބަލަން ހުއްޓެވެ. ” ޒިއާން އަހަރެން އެބައަންނަން ފާހަނަ އަށް ގޮސްލާފާ” ކާން އިން އައިސްކްރީމް ތަށި އެށްފަރާތަކަށް ޖައްސާލަމުން ޔުމްނާ ބުނެލިއެވެ. ޖަވާބުގައި ޒިއާން ހިނިތުންވެ ހުރެ ބޯޖަހާލިއެވެ. ގޮނޑިން ތެދުވި ޔުމްނާ ފެނިފައި ޒީޝާން ވެސް ތެދުވެގެން ޔުމްނާ ގެ ފަސްފަހަތުން ދިޔައެވެ. ޔުމްނާ ފާހަނައަށް ވަން ގަނޑީ އެކަކު ވެސް އެތާނެތުމުން ނުވާކަމަކަށް ހަދާފައި އޭނާ ފާހަނަ ބަރިން ފާހަނަ އަކަށް ވަނެވެ. ޒީޝާން އަށް ޔުމްނާ ވަންތަށް ނުލާހިކު ރީއްޗަށް ވެސް ފެނުނެވެ. ސިކުނޑީ އަށް މޮޅު ހިޔާލެތް އެވަގުތު އައެވެ. ހިތަށް އެރި އެތްޗަކުން ނުލަފާ ހިނިތުންވުމެށްތުންފަތަށް ވެރިކުރަމުން ޒީޝާން ޔުމްނާ ވަން ފާހަނަ ބޭރުން ތަޅުލުމަށް ފަހު މަޑު ދުވުމެތް ގައި އެތަނުން ނުކުތެވެ. މީހަކަށް ހިލަމެތް ނުވާނެ ފަދައިން ޒީޝާން އެ ރެސްޓޯރެންޓް އިން ނިކުމެގެން ދިޔައީކުރެވުނުކަންތަކާ ހިތްހަމަ ޖެހިފައި ހުރެއެވެ.
ފާހަނަ އިން ނިކުންނަން ވެގެން ތަޅު އަބުރާލި ޔުމްނާ މާޔޫސް ވީ ދޮރު ނުހުޅުވުމުންނެވެ. ދޮރު އެތްގޮތަކަށް ވެސް ނުހުޅުވުމުން ޔުމްނާ ހާސް ވެ ރޮވޭގޮތް ވިއެވެ. އެތަނަކީ އެތްކޮށް ބަންދުކޮށްފައި ވާތަނެތް ކަމުން ޔުމްނާ ނޭވާ ހާސްވާން ފެށްޓިއެވެ. އޭނާ އަކީ އަދިވަކިން ނޭވާހިތްލާކުއްޖަކަށް ވުމުން މާ ބޮޑަށް އުނދަގޫވާން ފެށިއެވެ. މޫނުމަތިގައި ދާތިކިތަށް ބަބުޅަމުން ދިޔައިރު ޔުމްނާ ހުރީ ދާހިތް ލާ ފޯވެފައެވެ. ނަމަވެސް ނެތްހިތްވަރެށް ލައިގެން ޔުމްނާ ރޮއެގެންފައި ދޮރުގައި ތަޅަން ފެށިއެވެ. ތަޅާ ތަޅާ ދެއަތް ރަތް ވިއިރުވެސް މީހަކު ހަބަރެތް ނުވުމުން ޔުމްނާ އަތް ބާރަށް ރޮއެގަނެވުނެވެ. ނޭވާހިތްލަން ފެށުމުން އެތާ ތިރީގައި ޓައިލްތަށް މަތީގައި އިށީންނެވެ. އަނެތްކާ ވެސް ތަޅަން ފެށިއެވެ. މިފަހަރު ޒިއާން ގެ ނަން އެތަތް ބުރަކު ކިޔުނެވެ.
ފާހަނައަށް ދިޔަ ޔުމްނާ އައުން ލަސްވެގެން ޒިއާން އިނީ ކަންބޮޑުވެފައެވެ. މިހާރު އަންނަހާ އިރުވެށްޖެއޭ ވެސް ހިތަށް އެރިއެވެ. މިހާރު ޔުމްނާ ދިޔަތާ ބާގަނޑި އިރު ވާން ގާތް ވާއިރު ޒިއާން އިނީ ކަންބޮޑުވެފައެވެ.
ޔުމްނާ ރޮއެވަރުބަލިވެފައި ވީނަމަވެސް ހިތްވަރު އެލުވާނުލާ ދޮރުގައި ތަޅަން ފެށިއެވެ. ނަމަވެސް ދެންވީނުވީއެތް ނޭނގެ އޭނާ ހަބަރުހުސްވެގެން މުށިތަށް މަށްޗަށް ދެމުނެވެ.
ދެން އިތުރަށް ކެތްނުވެގެން އެންމެ ފަހުން ޒިއާން ފާހަނަތަށް ހުރިދިމާއަށް މިސްރާބުޖެހިއެވެ އަންހެން ފާހަނަ އާއި ފިރިހެން ފާހަނަ ގާތްގާތުގައި ހުރުމުން ޒިއާން އަތް ތަންކޮޅެށް ފަސޭހަވިއެވެ. އެތަނުން ދިޔަ އަންހެން ވެއިޓްރެސް އެތް ގެ އެހީއާއެކު އެގަނޑީ އިތުރުމީހެތް ފާހަނައިގައި ނެތުމުން ޒިއާން އަތް އެ އަންހެން ކުއްޖާ ފަހަތުން ވަނުމަށް ފުރުސަތު ލިބުނެވެ. އެތާހުރި ފާހަނަބަރިން ފަހަރަކު ތަނެތް ބަލަމުން ދިޔަ ޒިއާން ގެ ހަރަކާތް ތަށް ހުށްޓުނީ ބޭރުން ތަޅުލާ ފައި ހުރި ފާހަނަ ފެނުމުންނެވެ. އެވަގުތު ޒިއާން ގެ ސިކުނޑީގައި ކޮށްޓާލީ ޔުމްނާ ގެ ހިޔާލެވެ. ލަސްތަކެތް ނުކޮތް އެދޮރު ހުޅުވިއިރު މުށިތަށް މަށްޗަށް ދެމިފައި އޮތް ޔުމްނާ ފެނުމުން ޒިއާން ގެ ހަރަކާތް ތަށް މަޑުޖެހުނެވެ. ނަމަވެސް ދެން ފެނުނީ ޔުމްނާ ކައިރި ތިރިވެ ޒިއާން އޭނާ އަށް ގޮވަމުން ދިޔަތަނެވެ. އެތާހުރި ވެއިޓަރެސް ކައިރި އެންބިޔުލާންސް އަށް ގުޅުމަށް ބުނެފައި ޒިއާން އެތާހުރި ފެންމާގަނޑުން ފެންފޮދެތް އަތަސް އަޅާފައި ޔުމްނާ ގެ މޫނުގައި އުނގުޅާލަން އުޅުވަގުތު ޔުމްނާ ގެ މޫނުގައި ނުހިކި ހުރި ކަރުނަތަށް ފެނުމުން ޒިއާން ގެލޮލުން ވެސް އިޙްތިޔާރުން ބޭރުގައި ކަރުނަ ތަށް ބޮޑީވިއެވެ. ދެވަނަ ސިކުންތުގައި ޔުމްނާ މޫނުގައި ފެންފޮދު އުނގުޅާލުމުން ވެސް އޭނާ ހެއެތް ނޭރިއެވެ. އެންބިޔުލާންސް އައިކަން އިނގުމުން ވަގުތުން ޒިއާން ޔުމްނާ އަތް ދަނޑިމަށްޗަށް އުފުލާލަމުން ގޮސް އެންބިޔުލާންސް އަށް އަރަން ދިޔައެވެ.
ހޮސްޕިޓަލަށް ގެންދެވުނުތާ ބައިގަނޑިއިރު ފަހުން ޔުމްނާ ހޭއެރިއެވެ. އެތްވެސް ކަމެތް ސީރިއަސް އެތް ނޫނޭ ޑޮކްޓަރުބުނުމުން ޒިއާން ﷲ އަށް ހަމްދުކުރާ ހާލު ދެލޯމަރާލިއެވެ. މަޑުމަޑުން ޔުމްނާ އޭނާ ގެ ދެލޯހުޅުވާލިއިރު އޭނާ ގެ އަތުގައި ހިފަހަށްޓައިގެން އިން ޒިއާން ފެނުމުން ރޮވުނެވެ. ނަމަވެސް ޒިއާން ނުރޮއުމަށް ބުނެފައި ލޯބިން ޔުމްނާ ގެ ކަރުނަތަށް ފޮހެދިނެވެ.
ޔުމްނާ ގެއަތް ދޫކޮށްލިއިރު ބާރަޖަހާ ބޮޑުވެފައި ހުރުމުން ޒިއާން އާއެކު އޭނާ ގެ ސައިކަލު އޭރުދިޔަ ރެސްޓޯރެންޓް ކައިރިން ނަގައިގެން ދެމީހުން ދިޔައީ ޔުމްނާ ގެ ގެއަށެވެ. ޔުމްނާ ކޮޓަރީ ބެއްވުމަށް ފަހު ފައިދޮށުގައި އޮތް ބްލޭންކެޓް ޔުމްނާ ގެ ގައިގައި އަޅާ ލުމަށް ފަހު އޭނާ ކައިރި ޒިއާން އިށީންދެލިއެވެ. ” ޔުމް އަހަރެން މިރޭ މިގޭގައި މަޑުކުރާނަން އިނގޭ ، އަނެތް ކާ ޔުމް އަށް ކަމެތްވެތްޖެށްޔާ އަހަރެން ނަކަށް ކެތެށްނުވާނެ. ” ޔުމްނާ ގެ އަތުގައި ހިފާލަމުން ޒިއާން މިހެން ބުނެލިއިރު އަދިވެސް އޭނާ އަށް ސިފަވަމުން ދިޔައީ ޔުމްނާ ޓައިލްސް ތަށް މަތީ އޮތްގޮތެވެ. ” އޯކޭ ، އެކަމަކު މާދަން ޒިއާން އޮފީހަށް ވެސް ދާން ޖެހޭނެ އެތްނު،” ހިނިތުންވެލަމުން ޔުމްނާ މިހެން ބުނެލިއެވެ. ” އެހެންވިޔަސް ހަޔޮލޭ ދެން އަހަރެން އޮފީސް ގަނޑި ޖެހެން ވާއިރަށް ދިޔާމާ ނިމުނީނު، އެން ޔުމް މާދަމާ ރެސްޓް ނަގާނީ ސުކޫލަށް ދާނެކަމެތްނެތް އިނގޭ، ” ޒިއާން ބުނެލިއެވެ.
” އޯކޭ” ކުރު ކުރު ޖަވާބަކުން ޔުމްނާ ފުއްދާލިއެވެ. ” ދެން ނިދާލާ އަހަރެން މިއޮތީ މިތާ ސިޓިން ރޫމްގައި އިން ސޯފާގައި ކަމެތް ބޭނުންވަންޏާ ގޮވާލާތި އިނގޭ ، ގުޑް ނައިޓް ،ލަވްޔޫ ޔުމް ” އެނދުމަތިން ދެވަމުން ޒިއާން ބުނެލިއެވެ. ” ގުޑްނައިޓް ލަވްޔޫ މޯ އެން މޯ އާން ” ހިނިތުންވެލަމުން ޔުމްނާ ބުނެލިއެވެ. ދާންވެގެން އެބުރިފައި ވެސް ޒިއާން ޔުމްނާ އާދިމާލަށް ގުދުވެލާފައި އޭނާ ގެ ނިތްކުރިއަތް ބޮސް ދިނެވެ. އެވަގުތު ކުރެވުނު ފޮނި އިޙްސާސުން ޔުމްނާ އަށް ވެސް ދެލޯ މަރާލެވުނެވެ.
ފަތިސްނަމާދަށް ތެދުވުނު ޔުމްނާ ނަމާދުކޮށްލައިގެން ސިޓިން ރޫމަށް ނިކުތީ ތާޒާ ވެ ފެންވަރާގެން ނެވެ. ނިކުން އިރު ޒިއާން ގޭގެ ދޮރު ހުޅުވާލާފައި އެތެރެއަށް ވަންނަނީ އެވެ. ” ޒިއާން ނަމާދުން ދޯ ” ޒިއާން ހުރި ހިސާބާ އަރާ ހަމަކުރަމުން ޔުމްނާ ބުނެލިއެވެ. ޖަވާބުގައި ހިނިތުންވެހުރެ ޒިއާން ބޯޖަހާލިއެވެ. ” މިހާރު ރަނގަޅުތަ ” ޔުމްނާ ގެ މޫނުގައި އަތް ޖައްސާލަމުން ޒިއާން އެހިއެވެ. ޔުމްނާ ބޯ ޖަހާލަމުން ފުށްދާލިއެވެ. އެހެން ހުރެފައި ޒިއާން ޔުމްނާ ގެގައިގައި ބައްދާލިއެވެ. ޔުމްނާ ވެސް އޭނާ ގެ ދެއަތް ޒިއާން ގެ ބުރަކަށީގައި ވަށާލިއެވެ.
” ހިނގާ ކޮފީއެތް ބޯން ،” ޒިއާން އާ ދުރަށް ޖެހިލަމުން ޔުމްނާ ބުނެލިއެވެ. ޒިއާން އެތްބަސްވުމަށް ބޯޖަހާލިއެވެ.
އާވިއަރާ އަރާ ހުރި ދެކޮފީ ހިފައިގެން ޔުމްނާ ސިޓިންރޫމްގައި އިން ޒިއާން ކައިރިއަށް ދިޔައެވެ. ” ވަރަށް މީރު ޔުމް ހަދާ ކޮފީ ، ވާވް” ކޮފީއަށް ތައުރީފުކޮށްލަމުން ޒިއާން ބުނެލިއެވެ. ޖަވާބުގައި ޔުމްނާ އިސްޖަހާލައިގައި ހިނިތުންވެލިއެވެ. ” ޔުމް ކޮންދުވަހަކުން އަހަންނާ އިންނާނީ ،” ވާހަކައިގެ ތެރެއިން ޒިއާން ޔުމްނާ އަށް ސުވާލުކޮށްލިއެވެ. ” ޒިއާން ބޭނުން އިރަކުން ، އަހަރެން ވަރަށް ބޭނުން ޒިއާން އާ އިންނަން، އެވެސް ވަރަށް އަވަހަށް ” ޒިއާން އާ ދިމާލަށް ބަލަމުން ޔުމްނާ ބުނެލިއެވެ. ” އަހަރެން ވެސް ވަރަށް ބޭނުން ޔުމް އާ ދުރުގައި ހުންނާކަށް އެންމެ ސިކުންތަކަށް ވެސް ބޭނުމެށް ނޫން،” ޒިއާން ބުނެލިއެވެ. ” އަހަރެން ވެސް ” އިސްޖަހާލަމުން ޔުމްނާ ބުނެލިއެވެ. ” އަހަރެން މަންމަ މެން ކައިރި މިވާހަކަ ދައްކާލާނަން އިނގޭ މިރޭ ” ޔުމްނާ އަށް ބަލާލަމުން ޒިއާން ބުނެލިއެވެ. ޔުމްނާ ބޯޖަހާލިއެވެ.
” ދެން އަހަރެން ދަނީ އިނގޭ ، ކަމެތް ވެށްޖެށްޔާ އަހަންނަށް ގުޅާތި އިނގޭ ، އަންނާނަން އިނގޭ އޮފީސް ނިންމާފާ މިއަދު ހަވީރު އަހަރެން ބޭނުމީ ޔުމްއާއެކު ވަގުތުކޮޅެށް ހޭދަކޮށްލަން” ކޮޅަށް ތެދުވަމުން ޒިއާން ބުނެލިއެވެ. ” ހޫމް..” ހިނިތުންވެލަމުން ޔުމްނާ ބުނެލިއެވެ.
***********************************
މަސަތްކަތުގައި އަވަދިނެތި އުޅެމުން ދިޔަ ޒިއާން އާދިމާލަށް ބަލަން އިން ޒީޝާން އިނީ ހިނިތުންވެލާގެންނެވެ. ރޭގައި ޔުމްނާ އަށް ލަޑެށް ދެވުމުން ޒީޝާން އިނީ އެކަމާ ނުލާހުކު އުފާވެފައެވެ. އެހެންކަމުން މިއަދު އޭނާ އަބަދުވެސް ހިނިތުންވެފައި އިންނަ ދުވަހަކަށްމިއަދު ވިއެވެ. އެހެން އިނދެފައި ޒީޝާން ވިސްނަމުން ދިޔައީ ޒިއާން އާއި ގާތް ވާނެ ގޮތަކާ މެދުއެވެ. އެހެން ވިސްނުމެތް ގައި އިންދާ އޭނާ އަށް ރަނގަޅު ޕްލޭނެތް ބޮލަތެރެއަށް ވަނެވެ. އެ ޕްލޭން އާ އެތްގޮތަށް އަމަލިކުރަން ވިސްނާގެން އިން ޒީޝާން ގެ މޫނުމަތީގައި ވަނީ ބަޔާން ކުރަން ދަތި ކުލަވަރެކެވެ.
ލަންޗް ގަނޑި ކަމުން ކާން ދިޔުމަށް ތެދުވި ޒިއާން ހުއްޓުން އެރީ ފަހަތުން އޭނާ ގެ ނަމުން މީހަކު ގޮވާލުމުންނެވެ. ގޮވީކާކުކަން އިނގޭތީ ފޫހިކަމާއެކު ފަހަތަށް އެބުރެލިއެވެ. ހިނިތުން ވުމެތް ތުންފަތަށް ވެރިކޮށްގެން ހުރި ޒީޝާން ފެނުމުން ޒިއާން ފޫހިވަތްތަރަކަށް އެހެން ދިމާލެތް ބަލާލިއެވެ. ” ޒިއާން އަހަރެން އެބައޮތް ވާހަކަ އެތް ބުނަން ވެފައި ، ޕްލީސް އަހަރެންނަށް ވަގުތުކޮޅެށް ދެވިދާނެތަ ” މޫނުމަތީ ގެ ކުލަވަރު ބަދަލުކޮށްކަމުން ޒީޝާން ބުނެލިއެވެ. ނަމަވެސް ޒިއާން އެއްޗެކޭ ނުބުނެ ހުރުމުން ދެވަނަ ފަހަރަށް ޒީޝާން އާދޭސް ކުރަން ފެށިއެވެ. ޒިއާން ބޮލަށް އުނދަގޫ ވާވަރަށް ޒީޝާން އާދޭސް ކުރަން ހެދުމުން އެންމެ ފަހުން ޒިއާން ހިތާ ދެކޮޅަށް އެއްބަސް ވިއެވެ. ކައިރީގައި ހުރި ރެސްޓޯރެންޓް އަކަށް ދެމީހުން ދިޔައެވެ.
ކާއެތް ޗިއްސަށް އޯޑަރުކުރުމަށް ފަހު ޒިއާން ޒީޝާން އާއި ދިމާލަށް ބަލަލިއެވެ. ” ދެން ތި ދައްކަން އުޅޭ ވާހަކަ އެށް ފަށާބަލަ ” ޒިއާން ބުނެލިއެވެ. ޒީޝާން ރާވާފައި ވާ ގޮތުގެ މަތިން ވާހަކަ ފެށިއެވެ.
(ނުނިމޭ)
3 Comments!
Comments are closed.
Heiii readers♥️♥️
Hope u like the 2nd part also ♥️♥️
Next part ISA vrh avaha♥️♥️♥️
Stay safe all ♥️♥️♥️
?Wowww loab vv reethi 2 parts vx ?
?Srry ingey 1 part ah cmmnt nukurevuneema.. Schl feshuneema bxy kamun nukurevuny?
Alhey zeeshan dheke V foohi vey… Mihaaru e ulheny dhemeehun dhuru kuran dhww???
?Curiously waiting for next part?
?Miss you.?. Lysm?. Stay safe n tc ?
Awwwwwnnn thank uu soo much♥️♥️♥️ luhoo♥️♥️♥️
Aley issoke don’t feel swry♥️♥️♥️ schl feshuny dhw ♥️♥️♥️♥️
Yeoja vxx vrh foohi vey zeeshaa deke hehe????
Balamaa dhw dhn vaagothe♥️♥️
Next part ISA tmrow noony tonight up♥️♥️ ♥️♥️kohleveythoo balaana ingey♥️♥️♥️♥️♥️
Misss uu more ♥️♥️♥️
Love u more♥️♥️♥️
Stay safe and take care u 2♥️♥️♥️