Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ފުރަތަމަ ޞަފްހާ
ލޯބި

ފަނާ 21

I-RaM Level 110 Stories
June 7, 2015 6 Mins Read
19 Comments

 

ެ”މާހީ” އޭ ކިޔާ ޒައިދު ގޮވާލިއަޑަށް ބަލާލެވުނު،އިރު ޒައިދު އައިސް އަހަރެން އެދެއަތުގެ ތެރޭ ބޮޑި ކޮށްލީ ދެންތިބި އެއްމެންގެ ކުރިމަތީގައެވެ. އައިސްފައި ހުރި ރުޅި ފިނިވެގެން ދިއުމާއި އެކުހެން ލޮލަށް ބޮޑިވެގެން ކަރުނަތަކުން ޒައިދުގެ ގަމީސް ފޯވަމުން ދިއައެވެ. އަހަރެން ސިކުނޑިއަށް ލިބިފައިވާ ބުރަ ލުއި ވަންދެއް ރޯލުމަށް ފަހު ޒައިދު އާއި ދިމާއަށް އިސް އުފުލާ ބަލާލީމެވެ. ” މާހީ ދެން ނުޖެހޭނެ ރޯކަށް، ދުވަހަކުވެސް، މާހީ ގެ ހުރިހާ ހިތާމައެއްް އެއްކޮށް ފުހެލަދޭން އަހަރެން ބޭނުން، މާޒީގެ ކެހިވެރިކަމަށް ޓަކައި އުފާވެރި މުސްތަގްބަލް މަތިން ހައްދާން ނައްތާލާ ރުއީމަ އޭނގެން ހިނިތުން ވުން ލިބެނީ ހަމަ މާހީގެ ދުސްމަނުންނަށް،” ދަތް ކުނޑި ވިކާލަމުން ގަނބުވެފައި އިން ސާއިނާ އާއި ދިމާއަށް ބަލާލަމުން ޒައިދު އެނބުރެލިއެވެ. ދޮރުމަތީ ގައި ހުރި ޔޫނުސްބެ އާއި، އަހަރެންގެ ބައްޕަ ޒުހޭރު އާއި ޝާނިމް އާއި ދިމާއަށް ޒައިދު ބަލަލަމުން، އެއްޗެއް ބުނަށްއުޅުނު ތަނާ ފަހަތުން އިވުނު އަޑަކުން އެންމެ އެއްފަހަރާ އެދިމާއަށް ނަޒަރު ހިންގާލިއެވެ. އޭރު އަހަރެންނާއި ދިމަވި ޕޮލިސް އަންހެން މީހާ އާއި އެކު ހެން ހިނގާލަފައި އައި އަފްޒަލު ފެނި ބިރެއް ފެނުނު ކަހަލަ ގޮތަކަށް ސާއިނާ ތެޅިގަނެވެ، ބަލަބަލާ ހުއްޓާ އަފްޒަލު އައިސް ހުއްްޓުނީ، ސާއިނާ އިށީދެން އިންތާ ކުރިމަތީގައެވެ. ” މީންދަ ނުލަފާ އަންހެނާ މަ ބޮލަށް ވެސް އެރުނީ، މި ސާއިނާ އާއި އޭނަގެ ފިރިކަލުން އަޒާލް އާއި ވެގެން އަހަރެންމެން ހުރިހާ ކަމެއްގަ ބެއްދީ ނުވިތާކަ މިއަދު ޖަލުގެ ތޭރިތަކުގެ ތެރެއަށް ވެސް އަންނަން މި ޖެހުނީ މި ގޮތްކުޑަ އަންހެނާ އަހަރެމެން ނަށް ދިން ލަނޑަކުން، އެގޭތަ މީނަ ގަންނަހާ ގަނޑެއް އަސްލު އަހަރެމެންނަކާއި ނޫން ސުވާލު ކުރަންވީކީ، މީންދަ އަންހެނާ އޭނަގެ ފިރިމީހާ އާއި ވެގެން މާލޭން އަހަރެމެންނަށް ބޯ އެއްޗެހި ގެންސްދެނީ، އަހަރެމެން އޭގެ މަސްތުގަ ޖެހުނީމަ ގެންގޮސް ތިހިރަ ކުށެއް ނެތް މައުސޫމް ކުއްޖާގެ ގަޔަށް އަރަން މަޖުބޫރު ކުރަނީ، އަދި ނުވިތާކަށް އަމިއްލަ ފިރިމީހާވެސް އެ ކުއްޖާއާ ބެހެން ފޮނުވާ، އެތަށް އަނިޔާ އެއްދީ ހެދި، އެގޭތަ މިތާނގަ ތިބި އެންމެން ނަށް މީނާ މިގަނޑެއް ގަންނަތާ ހައަހަރު ވެދާނެ، ފިރިމީހާ ލައްވާ އެ ކުއްޖާ އާއި ބެހޭތާ، އަސްލު މަ ދުވަހަކުވެސް މާހީއަށް ދެރަގޮތެއް ވާކަށް ނޭދެން، އަމުދުން މަގޭ އަތުން، މަ ދެކުނީ ކޮއްކޮއެއް ފަދައިން،” އަފްޒަލް އައިސް އަހަރެން ނާއި ޒައިދުގެ ކުރިމަތީ ހުއްޓުން އިރު އަހަރެންގެ ލޮލުން އަލިފާން ކަނި ބުރަމުން ދިއައެވެ.

“އަހަރެންނާއި މާހީ އަބަދުވެސް ކޮންމެވެސް ވަރަކަށް ވާހަކަ ދައްކަށް، ދިމާވާ ކޮންމެ ފަހަރަކު މަޖަލަށް އަހަރެން މާހީއަށް ގޯނާއެއް ކޮށްލަން، ދެން ފަހުން މާހީ ސުކޫލުން ވަކިވީ، ސަބަބެއް ނޭގުނަސް ރަށުގަ މާހީ އޭ ކިޔައިގެން ސާއިނާ ފެތުރި ވާހަކައަކީ ހަމަ ހުސް ދޮގުކަން އަހަންނަށް ވަރަށް ރަގަޅަށް އެނގޭ، އެއީ ކޮންމެވެސް މިންވަރަކަށް މަހީ އަހަންނަށް ދަސްވެފައިވާތީ، އެހާ މަޑުމައިތިރި،އަހްލާގު ރަގަޅު ކުއްޖަކާ މެދު ދެކެވެމުންދާ ދޮގުވާހަކަ ތަކުން އަހަރެންނަށް އެގުނު ކޮންމެވެސް ނުބައެއް ހިނގާކަށް، އެހެންވެ، އަހަރެން ފަހުން ފަހުން ވަރަށް ބަލަށް މިގޭކައިރީ ހިނގާ ކަންތައް، އެހެން ހުއްޓާ ފެނުނީ، މާހީ އަތިރީ މަތީ އޮވެގެން ރޯ މަންޒަރެއް ، ދެން ކޮންމެ ދުވަހަކު އެ މަންޒަރު ފެންނަށް ފެށުމުން، ވާ ގޮތެއް އޮޅުން ފިލުވަން، އެއްދުވަހު އަހަރެންނާއި، އަހަރެންގެ ގްރޫޕުގެ ތިން އެކުވެރިން އައިސް މާހީ އާއި ދިމާކޮށްލީ، ސީދާ ސާއިނާގެ ފިރިމީހާ އަޒާލް އަށް ދައްކަން، އެދުވަހު އެގުނު ކަންތައް ގަނޑެއް އެބަހިނގާކަން މާހީ ގެ ދިރިއުޅުމުގަ، ދެން އަހަރެން ނަށް ހަނިވި ފުރުސަތެއްގަ އެގެއަށް ވަނީ، ހަމަ ވަދެވުމާއި އެކު ސައްކު ޔަގީންވީ، އެވަގުތު އަޒާލް މާހީ އާއި ބެހެން ކުރި މަސައްކަތް ފެނިފަ، އެކަމު އޭގެ ކުރިން މާހީ ނިދިން ހޭލުމުން މަންޒަރު އެހެން ގޮތަކަށް އަހަރެން ބަދަލު ކޮށްލީ، އަހަންނަށް އެއްވެސް ކަމެއް،ނޭގެކަމަށް ހަދާ އަޒާލްއަށް ވެސް ވި އަނިޔާ އެއީ ގަސްތުގައި ވީކަމެއް ކަމަށް ނުބުނީ، ފަހުން، އަޒާލް، މަށާ ދިމާކޮށް، ޑީލް، ހަނދަން އެދުނީ އަހަރެންގެ ގްރޫޕާއި، ދެން އޭގެތެރެއަށް އަހަރެމެން ވައްދާ، މަސްތުވާ އެއްޗެހީގެ އަވާގަ ޖެއްސީ، އަދި މީންދަ ސާއިނަ އަހަރެމެން ލައްވާ، އެގޭތެރޭގަ ނާޗަރަނގީ ކުޅުވަން ފެށީ، އޭނަގެ އެކުވެރި އަންހެނުން ގެނެސްގެން، ހުރިހާ ކަމެއް ހުއްޓުނީ، އެގެއަށް އައި ދެމީހުންގެ ސަބަބުން، އެ މީހުން އައީމަ ސައިނާ އަހަރެމެން އެއްފަރާތް ކޮށްލީ، މަދު ފަހަރަކު ދިމާވެސް ވަނީ، އޭގެ ދުވަސްކޮޅެއް ފަހުން އައިސް ބައިވަރު ލާރި ތަކައި މަސްތުވަ އެއްޗެހި، ގެނެސްދީފަ އެދުނީ، މާހީ އާއި ކުޅެން، އެކަން ކލުރުވަން އުޅުނީ، ޔޫނުސް މެންގެ ފަރާތުން މާހީއަށް ލިބިދާނެ، ފާއިދާއެއް ނުނީ، ރައްކާތެރި ކަމެއްވިއަސް ފެތި ކޮށްލަން ވެގެން، ، އަހަރެމެން ލައްވާ އެތަށް ފަހަރަކު މާހީއަށް ގޯނާ ކުރުވާ، މަސްތު ހާލަތުގައިހުރެ އެ ކުއްޖާ ގަޔަށް އަރުވައި ހެދީ، އެކަމުގެ ތެރޭގަ އަހަރެމެންނަށް މި ޖަލުގެ ތޭރިތަކުގެ ތެރެއަށް މި ވަންނަށް ޖެހުނީ، … މާޙީ މަށައް މާފްކުރޭ، މަ ދުވަހަކުވެސް އެފަދަ އަނިޔާއެއް މާހީ އަށް ކުރާކަށް ގަސްތެއް ނުކުރަން، އެކަމު މާޙީގެ ނުލަފާ މަންމަ އާއި، ދޮންބަފާ އަޒާލް މަ ސިކުނޑިއާއި ކުޅެލާގެން އެކަން ކުރީ، ވިސްނުނު އިރު ވަގުތު ފާއިތުވެއްޖެއް އެކަމަކުވެސް މާޙީގެ މާފް ލިބޭނެ ދުވަހަކަށް އިންތިޒާރު ކުރާނަށް”…އަހަރެންނަށް އަފްޒަލްގެ މޫނަށް ބަލާލެވުނު އިރު ކުރެހިފައިވާ އަފްޒަލުގެ އަޑާއި އެކު، ދެލޮލުގައި ވިދަވިދާ ހުރި ކަރުނައިގެ އަސަރު ފެނި ހިތުގާ އުފެދުނު ނަފްރަތު ފުހެވިގެން ދިއަކަހަލައެވެ. އަފްޒަލު ގެ ކުށް ދެންތިބި އެންމެގެ ކުށްތަކާއި ބަލާއިރު ވަރަށް ކުޑައެވެ. އެހެނަސް މާފްކުރާނީ ކޮން ހިތަކުން ހެއްޔެވެ؟ އެއަށް ވުރެ ބޮޑަށް މިއަދު އެހިތް ފާރުވެ ޒަހަމުވެ ކުދިކުދިވެ ހިގައްޖެއެވެ. އަހަރެންގެ ހުރިހާ ކުށް ވެރިން އަހަރެންގެ ވަށައިގެން ތިބި އިރު، ސާޒާ ދޭނީ ކާކަށް ކިހިނެއެް ކަމެއް ނޭގުނެވެ. ވެފައި ހުރި ދެރައާއި ހުސްވަމުންދާ ގައިގެ ބާރުން ކޮޅަށް ހުންނަ ދަތިވިއިރު، އަހަރެންގެ ފަހު ސުވާލު އަމާޒު ކުރީ އަހަރެން އަސްލު ބައްޕައާއި ދިމާއަށެވެ. ” ބައްޕާ ތީ އަހަރެންގެ ބައްޕަ ކަމުގަ ހިތުގެ އަޑިން ގަބޫލް ކުރާނަމަ، މިތިބީ އަހަރެން ގެ ހުރިހާ ކުށްވެރިން އެ ބައެއްގެ އަތުގެ ތެރޭ މި ދަރިފުޅުގެ ހަޔާތް ބަރުބާދު ކޮށް ފިސްފިސްކޮށްލި އެންމެން، މި އެންމެނަށް ހައްގު އަދަބު ދޭން ކެރޭނެތަ، އެކަން ކޮށްދެވޭނެތަ؟ ބަރުބާދުވެފަވާ އަހަރެންގެ ދިރިއުޅުމަށް ލިީ ޒަހަރުގެ ރަހަ ނުފިލިއަސް އެ ޒަހަރުގެ ހިތި ރަހަ މިތިބަ މީހުންގެ ކަރުބުޑުގައި ލެއްވޭނެތަ، މިދަރިފުޅަށް ކުޑަވެސް ކުލުނެއް ވާނަމަ، މިތިބަ އެންމެންނަށް ސަޒާ ދީ… ” އަހަރެންނަށް ހަޅޭލަވައިގަނުވީ ބޭއިހްތިޔާރުގައެވެ. ލޯ ފުސްވަމުން ދިއައިރު، ވާނުވާ ނޭގި ފުސްވި މަންޒަރާއި އެކުހެން އަހަރެންގެ ގައިގަ ހިފާލި ޒައިދު އާއި ބައްޕަގެ ރޮވިފައިވާ މޫނު ފަހުވަގުތު ސިފަވެ، މަންޒަރު އެއްކޮށް ގެއްލި އަދިރިވެގެން ދިއައެވެ….

ސާއިނާ އާއި އަޒާލް އާ އަފްޒަލުމެންގެ މައްޗަށް މަސްތުވާ ތަކެތީގެ އިތުރުން ކުޑަ ކުއްޖަކާއި މެދު ވީ އަނިޔާ އާއި އިހުމާލާއި، އަދި ދިން ޖިންސީ ގޯނާ ތަކުގެ ކުށުގެ މައްސަލަ ވަގުތު ބެލިމުގެ މަސައްކަތް ކުރުމަށް ސާނިމް އެންމެން ނަށް އެންގީ ލަހެއް ފަހެއް ނެތި އެވެ. އެ އެންމެންގެ ހަތަރު އުދަރެސް ފެނު ޖެހުނު ކަހަލައެވެ. ސަލާމަތް ވާނެ ގޮތެއް ނޭގި ދެކޮޅު ދެކޮޅަށް ތެޅެމުން ދަނިކޮށް ޖެންޑާ މިނިސްޓްރީގެ ޗައިލްޑް އެބިއުސިންގެ މައްސަލަތައް ބައްލަވާ ބޭފުޅުންގެ ޓީމެއް ޖަލަށް އައިސް އެކަމުގެ މައިލޫމަތިތަށް ހޯދަން ފެށިއިރު، އިސާހިތަކު ރާއްޖޭގެ.ޗެނަލްތަކުގައާއި، މަސްހޫރު ވެބްސައިޓް ތަކުގެ ފަލަ ސުރުހީއަށްް އެހަބަރު ވެގެން ދިއައިރު، މާހީ އާއި ބެހޭ ހުރިހާ މައުލޫމާތެއް ސިއްރު ކުރެވިފައިވިއެވެ، އަދި ހުރިހާ ކުށްވެރިންގެ ނަށް ތަފްސީލު ކޮށް އެގޭގޮތަށް ހެދުމަށް ސާނިމް އެދުމުން އެކަންތައް ކުރި ކުންވެރިތައް އެންމެންނަށް ފާޅުވެގެން ދިއަ ދިއުންވީ، އެފަދަ އެތަށް އަނިޔާ ތަކެއް ތަހަމަލު ކުރަމުން ދިއަ އަނގަ ބަންދު ވެފައި ތިބި އެތަށް ކުދިންނަށް ލިބުނު ހިތްވަރަކަށެވެ. އަދި އެކަމުގައި އަމިއްލަ ގޮތުން އެހީވުމަށް ސާނިމްގެ އަމިއްލަ މޯބައިލަށްގުލާގެން ް ބެލޭނެ ގޮތެއް ހަދައިދެއްވީ، ޕޮލިހަށް އެމައްސަލަތައް ހުށަހަޅަން ބޭނުންވިއަސް ނުކެރި ތިބެދާނެ ކުދިންނަށް އެހީވުމުގެ ގޮތުން ނެވެ. އެކަންތަކާއި އެކު، ދަރިފުޅަށް އިންްސާފު ހޯދަދޭން ހިތުގަ އަޒުމް ކަނޑަ އެޅީ ދެން ސާނިމްގެ ދިރިއުޅުމަށް އެޅިދާނެ އިތުރު އަދިރިކަމަކަށް ބެލުމެއެްނެތި އެވެ. އެއީ އޭނަ މީގެ އެތަށް އަހަރެއް ކުރިން ކުރި ކުށުގެ ކައްފާރާ ކަމުގައި ހިތުގެ އަޑިން ގަބޫލް ކުރި އެވެ.

ްމަޑުމަޑުން ހުޅުވެމުން ދިއަ އެސްފިޔަތަކުގެ ތެރޭ އަހަރެން ދުނިޔެއާއި ދިމާއަށް އަލުން އެނބުރި ބަލާލީ އަހަރެންގެ ދިރިއުޅުމަށް އެތަކެއް ބަދަލުތަކެއް ގެނެވާ އެ ދިރިއުޅުމުގަ އިތުރު ކުރިމަގެއް ފެންނާނެ ކަމުގެ ގަސްތާއި ޔަގީން ކަމާއި އެކު އެވެ. ވަށައިގެން ތިބި މީހުންގެ މޫނުތައް ފުސްވެފައިވީ އިރު އިރުކޮޅަކުން އެންމެން އެގޭވަރު ވެގެން ހިގައްޖެއެވެ. އޮވެވުނީ، މަރުކަޒެއްގައި ކަން އިނގުނީ އަތަށް ގުޅާފަވާ ކަށިތައް ފެނުމުން ނެވެ. ލޮލެގެ ދެކައިރިފަށުން ފޭދެމުން ދިއަ ކަރުނަތައް ފޮހެލަމުން ވަށައިގެން ނަޒަރު ހިންގާލި އިރު، އެންމެ ކައިރީގައި އިށީދެ ލައިގެން ޒައިދު އިނެވެ. އަދި މާދުރުނޫން ހިސާބެއްގައި ހުރި ދޮރު ކައިރީ، ނަރުސް ކުއްޖާ އާއި، އަހަރެންގެ ދެބައްޕަ ހުއްޓެވެ. އެވަގުތު ހިނިތުން ވެ ލެވުނީ، ބޮލުން ފިލައިފައިވާ ބަރެއްގެ ސަބަބުން ލިބުނު ލުއިކަން އިހްސާސް ވެގެން ދިއުމުންނެވެ. ހަ ގަޑި އިރަށް ފަހުމަރުކަޒުން ދޫކޮށްލުމުން އެނބުރި އަހަރެންނަށް ދާން ޖެހުނީ، މަރުކަޒާއި ދިމާ ކުރިމަތީ ގައި ހުރި ސާނިމް ބައްޕަގެ ގެއަށެވެ. ހިތާ ދެކޮޅަށް އެގޭގައި ފައިޖައްސާލީ، އިތުރު އަދިރި ގަނޑެއް އަހަރެންގެ ބޯމަތީގައި އެނބުރެމުން ދާކަށް ނޭގޭ ހަލުގައެވެ. ވަދެގެން ދިއަ އިރު ކައިރީގައި ބައްޕަގެ އިތުރުން ދެން ހުރީ ޔޫނުސްބެއެވެ. ގޭތެރެއަށް އަޅާލިފުރަތަމަ ފިޔަވަޅާއި އެކު ނަޒަރު ގޮސް ހުއްޓުނީ، ކުރިމަތިން، އިވުނު އަޑަށެވެ. އޭރު އަހަރެންގެ ބައްޕަގެ މަންމަ އިނީ ކެތްމަދުވެފައިހެން ހީވިކަހަލައަށް ވަގުތުން އަހަރެންނާއި ދިމާއަށް އިސާރާތް ކޮށްލަމުން އައިމަށް އެދުނެވެ. މާމަ ކައިރިއަށް ގޮސްފައި އަހަރެން ތިރިވެލީ މާމަގެ ގައިގާ ބައްދާލާ ހިތްވެފައި ހުރުމުންނެވެ. މާމަ އަހަރެން ގައިގާ ފިރުމަމުން ދިއައިރު އެ ލޮލުން އޮހުނު ކަރުނަތައް އަހަރެންގެ ކޮނޑު ތެތްމަމުން ދިއައެވެ. އެހެނަސް އުފާވެރިކަމުގެ ކަރުނަކަން އެނގި އެކަރުނަތައް ހުއްޓުވަން އިތުރު މަސައްކަތެއް ނުކޮށް އަހަރެން ތިރީގައި ކުޑަ ކަކޫ ޖަހާލަމުން މާމަގެ އުގުގައި ބޯ އަޅާލީ ހަޔާތުގައި ފުރަތަމަ ފަހަރަށް ލިބުނު އެ އޯގާތެރި އަތުގެ ފިރިމުމުން ހަށިގަނޑުގެ ވޭންތަކަށް ސިފާލިބުމަށް އެދެވުމުންނެވެ. އަހަރެން އެހެން އިންނަތާ އިރުކޮޅެއް ވީފަހުން ބައްޕައައިސް ކޮޑުގައި އަތް ޖައްސާލަމުން ގޮވާލިއެވެ. އަދި އަހަރެން ކައިރި އައުމަށް ބުންނެވެ. އިތުރު އެއްޗެއް ނުބުނެ ހުރެ އަހަރެން ބައްޕަ ފަހަތުން ހިގައި ގަތީމެވެ. ބައްޕަގޮސް ވަނީ ކޮޓަރިއަކަށެވެ. އެންމެ ޒަމީނީ ފެންވަރަށް ހަދާފައިވާ އެކޮޓަރި، ވަނީ އަންހެން ކުއްޖަކަށް އެންމެ އެކަށޭނަ ކުލަތަކުން ޒީނަތްތެރި ކޮށްފައެވެ. އެވަގުތު އަހަރެންގެ ހިތް ތެޅިލީ ލަމްހާގެ ކޮޓަރިއަށް ނުވެ ނުދާނޭ ހިތަށް އެރުމުންނެވެ. ބައްޕަ އެބަ އަންނަމޭ ބުނެ ނުކުތުމުން އަހަރެން ވަށައިގެން އެތަށް މިތަނަށް ލޯ އަމާޒުކުރަން ފެށީ ބޭނުންވާ އެއްޗެއް ހޯދުމުގެ ގޮތުންނެވެ. އެވަގުތު ކުއްލިއަކަށް ލޮލުގައި އަޅައިގަތީ، އެދުގެ ބާލީސް ދަށުން ފެންނަ އޮތް ގަނޑެކެވެ. ކިތަންމެ ބަލަން ބޭނުންވިއަސް އިންތަނުން ނުތެދުވެވި އުޅެނިކޮށް ކޮޓަރި ދޮރުން ވަން ބައްޕަފެނި އެދިމާެއަށް ބަލާލީމެވެ.ބައްޕަ ސައިބޮން ދާން ބުނުމުން ބަސްއަހާކުއްޖެއް ފަދައިން އަހަރެން ބައްޕަ ފަހަތުން ދިއައީ ގައިން ދޫވެފަވާ ހަކަތަ ލިބޭނީ ކެއުމުން ކަން ވިސްނިގެންނެވެ. ކާމެޒު މަތީ މީން ދުވަހަަކު އަހަރެން ނުދެކޭހާ ގިނަ އެއްޗެހި ހުއްޓެވެ،އަމުދުން އަހަރެންނަކީ އާދަވެގެން ގޭގައި ކެއްކުމުގެ މަސައްކަތް ކުރާމިހަކަށް ވެފައި އަހަރެންނަށް އެތަކެތި ތައްޔާރު ކުރަންނެގޭ އެތަށް އެއްޗެއް ހުއްޓެވެ. އަހަރެން ކާހިތް ނުވެފައި އިންދާ އައިސް އެތަނަށް ހުައްޓުނު އަންހެން މީހާ ބައްޕަޢާއި ވާހަކަތަކެއް ދައްކާލުމަށް ފަހު އައިސް އަހަރެން ކައިރީ ހުއްޓިލަމުން ކާން އަޅައިދެން ފެށިއެވެ.ކާހިތްނުވެފައި އިންދައި ބައްޕަ ރަގަޅަށް ކައިގެން އައުމަށް ބުނެ ނުކުމެގެން ދިއައެވެ. ކައިރިގައި ހުރި އަންހެން މީހާ އަހަރެންނާއި ވާހަކަ ދައްކަން ފެށިއެވެ. ބޭރު މީހެއްކަމުން އެ މީހާ ދައްކަމުން ދިއަ ވާހަކަ އަހަންނަށް އޮޅުމެއް ނުފިލުމުން ވިސްނުމެއްގަ އިންދައި އޭނާ ނުކުމެގެން ދިއައެވެ. ް ކުޑަގޮތަކަސް ކާންނިއްމާލައިގެން އަހަރެން ގޮސް އަތްދޮވެލައިގެން އައިސް ފެންތަށި ނަގައި ތުންފަތުގައި ޖައްސާލި އިރަށް މީހަކު އައިސް ޖެހުނު ގޮތުން ސިހިފައި ތަށި ދޫވެ ތަޅައިގެން ދިއަ އަޑު ތަނުގައި ގުގުމާލި އިރު، މޫނަށް އަރައިގެން ދިއަ ދިލައާއި އެކު ވީ ތަދުން ލޯމަތިން ތަރި ބުރައިގެން ދިއައެވެ. އޭރު ކުރިމަތީ ގައި ރުޅިއައިސް ރަތްވެފައި ހުރި ލަމްހާ ފެނި ބިރުން ސިހުނުވަރުން ފަހަތަށް ޖެހެލެވުނެވެ. ލޮލުން ފައިބަމުން ދިއަކަރުނަތަކުން ލޯފުސްވަމުން ދިއައިރު، ލަމްހާ ހަޅޭލަވައިގަންނަމުން ބުނި ޖުމްލައިން ހީވީ އަހަރެންގެ ވަށައިގެންވި ހުރިހާ ެއެއްޗެއް ވެސް އަހަންނާއި ދެކޮޅު ވިހެންނެވެ.” ކަލޭ ގެ ލަދު ކުޑަކަން ބަލާބަލަ ، އުޅޭނެ ގޮތެއް ނޭގިގެން ތި އުޅެނީ މިހާރު އަހަރެންގެ ހުރިހާ އެއްޗެއް ފޭރިގަންނަށް އައިސްގެން ދޯ؟………………..ނުނިމ

Share Article

Follow Me Written By

I-RaM

Level 110 Stories

nyyra.esfiya

Other Articles

Previous

ކަޅު ފިނިފެންމާ… 15 ވަނަ ބައި

Next

ކަޅު ފިނިފެންމާ… 16 ވަނަ ބައި

Next
June 7, 2015

ކަޅު ފިނިފެންމާ… 16 ވަނަ ބައި

Previews
June 7, 2015

ކަޅު ފިނިފެންމާ… 15 ވަނަ ބައި

19 Comments!

  1. firoo says:
    June 7, 2015 at 3:14 pm

    yeyy.. first comment.! 😉
    like it. avahah aneybai up kollathii.. :*
    miadhuves mibai up nukohgen check kurevunu adhadhey neynge… 😉

  2. nihaa says:
    June 7, 2015 at 3:14 pm

    Nice

  3. niyasa says:
    June 7, 2015 at 3:24 pm

    Varah reethi mi baives enkamu dhen ahneikaa ekujjaafakeerah anei hithaama en nudheythi please

  4. neem says:
    June 7, 2015 at 3:55 pm

    Woww!! V vv vreethi vaahakeh mee
    Thn maahee ah vaany kihinehtha, abadhu maahy ah roan nujahssachey
    Knme thanakun vx maahy fakeerah aniya
    V foohive

  5. july says:
    June 7, 2015 at 7:32 pm

    lamhaa haada fuhppa ey dhw….v foohivey eyna deke….anyway vaahaka v nice

  6. flower says:
    June 7, 2015 at 7:46 pm

    Alhe eh kamakun salamaiy vaa irah anehkaa aneh kameh…. pis v foohi… dhen hama maahy ah ufaleh nethytha… lamhaa men vess thankolheh foaraathi hih onnany araa aasumaanuga dhw.. ekam plz plz maahy ah dhen dhera goyeh nuhadhaba.. haadha varakun neyy mi part vess kiyuny

  7. shiuna says:
    June 7, 2015 at 10:27 pm

    Mi dhn modu hassaarugadeh… varah hadi abhadhu ehhothe vefa hunanyy

    . Hmm ehn ey dhw vany . Mi vaahaka ah kiyanyves fanaa viyaaa so ehn vyma mahrr ge dhiriulhu fanaavany dhw .. mulhi hayaa bana vejjeh ey adhu mahee ge dhuru ulhun fanaa vumun

  8. Amm says:
    June 8, 2015 at 12:07 am

    Wow very nice….. Waiting 4next part……

  9. Jenny says:
    June 8, 2015 at 12:05 pm

    Vvv avahah aneh part genes dhyba..any ways mi part vzz vvvvvvv salhi…

  10. shiaa says:
    June 8, 2015 at 5:53 pm

    🙁 🙁 alhe plx plx maahy ah happy life eh hoadhai dhy bala…. i want to help her

  11. faathuma says:
    June 8, 2015 at 5:59 pm

    thy anhenehtha noony firihenehtha

  12. shiaa says:
    June 8, 2015 at 6:03 pm

    I-RaM aky girl eh dho

  13. I-RaM says:
    June 8, 2015 at 9:12 pm

    Girl eh mee.:)

  14. thahoo says:
    June 9, 2015 at 10:12 am

    Vaahaka v v v reethi..koba next part? avahah up kohdhehchey igey…. kiyaa hithun mihaarru kehmadhu vefa…

  15. Me says:
    June 11, 2015 at 7:52 pm

    Iram love….! ❤ . dhn avahah up kohba plx

  16. sama says:
    June 13, 2015 at 6:48 am

    Haadha lahey vaahaka up vaaleh
    ?..dhen anehbai up kurany kon irakun tha iram

  17. someone says:
    June 13, 2015 at 2:09 pm

    haadha lahey up vaale.. :/

  18. Oh says:
    June 15, 2015 at 2:44 pm

    Up nukurevenya vaahaka nugenesdhinun edhen… Evaguthuga genesdhey salaa he alaniya kiya vaahakaeh evaahaka up kuraa going balaabala… Week aku 3 times… Bxi bias boduvaruthy… Salary best ey hama….

  19. Oh says:
    June 15, 2015 at 2:47 pm

    Up nukurevenya vaahaka nugenesdhinun edhen… Evaguthuga genesdhey salaa he” alaniya” kiya vaahakaeh evaahaka up kuraa goi balaabala… Week aku 3 times… Bxi vias boduvaruthy… Sala best ey hama….

Comments are closed.


All Right Reserved!