Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ
ބިރުވެރިލޯބި

ކަޅު ފިނިފެންމާ… 15 ވަނަ ބައި

Hoody Level 310 Stories100 Comments
June 7, 2015 6 Mins Read
46 Comments

ޝައިމާ އިދިފުށަށް ދަމައިގަތެވެ. ދެލޯ ބޮޑުވެ ކަޅި މައްޗަށް އަރައިފިއެވެ. ނޭވައި ހާސްވެ ތެޅިފޮޅެން ފަށައިފިއެވެ. ބަނޑަށް ގުޑުން އަރަންފެށިއެވެ. ބަނޑުގެ އެކި ދިމަދިމާއިން ތަންތަންގަނޑު މައްޗަށް އަރައަރާފި ތިރިވަމުންދިޔައެވެ. ބަނޑުގެ ތެރޭގައި އޮތް އެއްޗެއް ނުނިކުމެވިގެން އުޅޭހެން ހީވެއެވެ. ޝައިމާގެ އަނގައާއި ނޭފަތުން ހޯސްލާފައި ލޭގަނޑު ފައިބައި ގަތެވެ. އޭނާގެ ހެދުން ތެރެއިން އައި ލޭގެ ބޮނޑިވަރުން މުޅި ބެޑްޝީޓް ފޯވަމުންދިޔައެވެ. ޝައިމާއަށް ބެޑްޝީޓްގައި ހިފާ އަތް މުއްކަވާލެވުނީ ކެތްތެރިކަން ކޮޅުންލާންފެށުމުންނެވެ. ދަތްޕިލަ ބިންދައިގެން ދަހާ ބާރަށް ފިއްތާލައިގެން އޮވެ ރޮމުން ދިޔައެވެ. ބަނޑު ތިރިއަށް ޖެހެން ފެށީދެނެވެ. ޝައިމާއަކަށް ކެތެއް ނުކުރެވުނެވެ. އަޑުގެ ކޮޅަށް ހަޅޭލަވައިގަނެވުނެވެ. ނަމަވެސް އެ އަޑު އިވޭވަރަށްވުރެ ސީމާ ޖަހަފައިހުރި ލަވައިގެ ފޯރި މާގަދައެވެ.

ޝައިމާގެ އަތްޖެހުނީ އެނދުމަތީ އޮތް ފޯނުގައެވެ. ވަގުތުން ތުރުތުރު އަޅާ އަޅާ އޮތް އަތުން ފޯނުގެ ފިތްތަކަށް ފިތައިގަތުމަށްފަހު ޔައީޝްގެ ނަންބަރަށް ޑައިލް ކޮށްލިއެވެ.

ޝައިމާގެ ހަށިގަނޑުން ނުކުތް ލޭތަކާއެކު ކުއްލިއަކަށް ކޮންމެވެސް އެއްޗެއް “ޗަސް” ކިޔާފައި ޝައިމާގެ ހެދުންތެރެއިން ތަށިމުށިގަނޑުމައްޗަށް ޖެހުނެވެ. ދަވަތަކާއި ލޭގެ ތެރެއިން އޭގެ ސިފަ ވަކި ނުކުރެވުނަސް އޭގައި ދިރުން އެކުލެވޭކަން އެނގެނީ އެއަށް އަންނަ ބަދަލުތަކުގެ ސަބަބުންނެވެ. ކުޑަކުޑަ މައުސޫމް ކުއްޖެއްގެ ހަށިގަނޑުގައި އޮޅާލައިގެން އޮތް އެތި ފަކުރުގަންނަފަދަ އަޑުތަކެއް ލައްވަމުން މަޑުމަޑުން ނިއުޅެން ފެށިއެވެ. ދަވަތައް ފޭކުރަމުން މަޑުމަޑުން އޭގެ ބޯވާ ފައިތަކެއްފަދަ ފައިތައް ނިކުންނަން ފެށިއެވެ. ރަނގަޅަށް އޭގެ ސިފަ ވަކިވިއިރު އޭތީ ހީވަނީ ހަމަ ކުޑަ ބޯވާއެއްހެންނެވެ. ކުޑަކުއްޖާގެ ހަށިގަނޑުން ދޫކޮށްލުމަށްފަހު އޭތި ލަސްލަހުން ދެމެމުން ދެމެމުން ގޮސް އެނދުގެ ދަށަށް ވަދެ ނިވާވިއެވެ. އެއިރު ލޭތަކުގެތެރޭގައި އޮތީ މަރުވެފައިވާ ޝައިމާގެ ކުޑަ ދަރިފުޅެވެ.

***

އޮފީހުގެ ކެނޓީނުގައި ފަޒީލްއާއެކު ކޮފީއެއް ބޯން އިން ޔައީޝްގެ ފޯނު ވައިބްރޭޓް ވާން ފެށިއެވެ. އޭނާ ފޯނަށް ބަލައިލިއިރު ގުޅަނީ ޝައިމާއެވެ. ފޯނު ނަގާ ކަންފަތުގައި ޖައްސާލިއެވެ. އޭނާގެ ގައިން ހިބިހި ނަގައިގަތެވެ. ދެލޯ ތަންމިނަށް ހުޅުވިގެންދިޔައީ ފޯނުން އިވުނު އަޑަކުންނެވެ.

ޝައިމާވޭނަށް ކެތްނުވެގެން ހަޅޭލަވާއަޑު އިވުމާއެކު ޔައީޝް ފޯނު ދޫކޮށްލުމަށްފަހު ދުއްވައިގަތީ ގެއާދިމާއަށް ދާށެވެ. ސައިކަލަށް އެރުނުގޮތަކަށް އަރާ އިސްޓަޓްކޮށްލުމަށްފަހު ދުއްވުނުހާ ބާރަކަށް އޭނާ ދުއްވަމުންއައީ ގެއަށެވެ.

***

ދޮރު ހުލުވާލުމަށްފަހު ދުވެފައި ގެއަށް ވަންއިރު ސިމާ ހުރީ ރޮށި ފިހާށެވެ. ކަމެއް ވެގެން އުޅޭކަމެއް އޭނާއަށް ރޭކާވެސް ނުލައެވެ. ލަވައާ އެއްވަރަށް އޭނާ ރާގު އަޅު ވާލާފައި ހުއްޓެވެ. ޔައީޝް ވަނުމުން ސީމާ ބަލައިލިއެވެ. ހަމައެއާއެކު ނުބައެއް އުޅޭކަމަށް އޭނާގެ ސިކުނޑި އިންޒާރުދިނީ ޔައީޝްގެ މޫނުގެ ކުލަވަރުފެނުމުންނެވެ.

ޔައީޝް ގޮސް ކޮޓަރީގެ ދޮރުގެ ތަޅުގައި ހިފާ އަނބުރަލިއެވެ. އެއިރު ސީމާވެސް ދުވެފައި އައިސް ޔައީޝްގެ ފުރަގަހުގައި މަޑުކޮށްލަނީއެވެ. ދޮރުހުޅުވިގެން ދިޔަވަގުތު ސީމާއަށް ހަޅޭލަވައިގަނެވުނި ފެނުނު މަންޒަރުގެ ބިރުވެރިކަމުންނެވެ. ޔައީޝްގެ ދެލޯ ބޮޑުވެ އަނގަ ހުޅުވުނީ ކުރިމަތިން ފެނުނު ހިތްދަތި މަންޒަރު ގަބޫލުކުރަން ދަތިވެގެންނެވެ.

ޝައިމާ އެނދުމަތީ އޮތީ މަރުވެފައެވެ. ދެލޯ ތަންމިނަށް ހުޅުވިފައި އޮތްއިރު އަނގައިންނާއި ނޭފަތުން ލޭގެ ކޯރެއް ދަތުރު ކުރަމުންދިޔައެވެ. މުޅިބެޑްޝީޓާއި ތަށިމުށިތައް ވަނީ ލެއިން ކަޅިވެފައެވެ. އެނދާ ދިމާ ތިރީގައި ލޭއިން ތަތްތެޅިފައިވާ ކުޑަކުޑަކުއްޖެއް އޮތެވެ.

ޔައީޝްގެ އަނގައިން ނިކުތް ވޭނީ ހަޅޭކުގެ އަޑު ޖައްވަށް އަރައިގެން ގޮސް އޮބުނެވެ…..

***

ތުނިތުނިކޮށް ވާރޭވެހެމުންދިޔައެވެ. ސަހަރާއަށް އައި މީހުންވެސް އެތަން ދުކޮށްފައި ދަމުންގޮސް ސަހަރާ ހަމަހިމޭންވިއެވެ. ކުޑަކުޑަ މަހާނައަކާއި ބޮޑު މަހާނައަކަށް ބަލަހައްޓައިގެން ޔައީޝް ހުރީ ގަނޑުވެފައެވެ. ކައިރީގައި ހުރި ނުހާގެ މޫނުންވެސް ފެންނަނީ އެފަދަ އަސަރުތަކެކެވެ. އެ މައުސޫމު ދެލޯ ރޮއެ ރޮއެ ރަތްވެފައިވަނީ އޭނާ ދައްތައެއްފަދައިން ލޯބިވި ކުއްޖާ އަބަދުގެ އަބަދަށް ވަކިވެގެން ދިއުމުންނެވެ. އޭނާ ދެކަކޫ މައްޗަށްތިރިވީ ކެތް ނުވުމުންނެވެ. ވެލިގަނޑުތެރެއަށް އަތް ބޭނުމަށްފަހު ރޯންފެށީ ހިތްހަލާކު ވާފަދަ އަސަރާއެކީގައެވެ.

 ޔައީޝްގެ ދެލޯވެސް ރޮއެރޮއެ ރަތްވެފައިވެއެވެ. މިހާރުވެސް ލޮލަށް ޖަމާވެފައިވާ ކަރުނަތަށް ހީވަނި އޮހޮރިގަތްފާނެހެންނެވެ. އޭނަގެ ހަޔާތުގައި ކޮންމެފަހަރަކު މިފަދަ ހާދިސާއަކުން އޭނާގެ ދަރިފުޅު ވަކިވެގެން ދަނީ ކީއްވެހެއްޔެވެ؟ ނުވިތާކަށް އޭނަ އެންމެ ލޯބިވީ އަނބިމީހާވެސް ދުނިޔެ ދޫކޮށް ދިޔައީއެވެ. ޔައީޝްއަށް ކެތްވާނެހެއްޔެވެ؟ އޭނާ މަޑުމަޑުން ތިރިވިއެވެ. އަދި ޝައިމާގެ މަހާނަ ގަލުގައި އޮޅުލާއިގެންފައި ރޯންފެށީ ބަލާމީހަކުވެސް ރޮއްވާލާހާ ހިތްދަތިކޮށެވެ. އޭނާއަށް ދުވަހަކު ދަރިއެއް ނުލިބުނަސް ހެޔޮކަމުގައި ޝައިމާ އަލުން ދުނިޔެއަށް އަންނާނެނަމަވެ. އޭނާއަށް ލޯބި ދޭން އަލުން އަންނާނެނަމައެވެ…..

***

ދުރުގައި މި މަންޒަރު ބަލަންހުރި ސީމާގެ ލޮލުންވެސް ކަރުނައިގެ އަސަރު ނުހިކެއެވެ. މިއީ އޭނަގެ ކުށް ހެއްޔެވެ؟ ޝައިމާ ކިތަންމެ ވަރަކަށްވެސް ހަޅޭލަވާފައިވާނޭ ސީމާއަށް ކަށަވަރުވެއެވެ. ނަމަވެސް އެ އަޑު އޭނާއަށް ނީވުނީ އޭނާ ސުންޕާކަމުންނެވެ. ދިރިއުޅުމުގައި މިފަދަ މޮޔަކަމެއް މީގެކުރިން އޭނާ ކޮށްފައެއް ނުވެއެވެ. ދެން ކުރާނެ ކަމެއް ނެތެވެ. އޭނާ ދަރިއެއް ފަދައިން ލޯބިވި ދަރިފުޅު އަބަދުގެ އަބަދަށް ނެތިގެން ދިޔައީއެވެ. ދެމަފިރިއަކު ނުލާހިކު މަސައްކަތުން ތަރުބިއްޔަތުކުރި ރަނގަޅު އަންހެން ކުއްޖަކު މި ދުނިޔޭ ދޫކޮށްދިޔައީއެވެ.

***

ޖަޒްލާއަށް މި ޚަބަރު އިވުނީ އޭނާ ސޯފަގައި ވާހަކަފޮތެއް ކިޔަން އިންދައެވެ. އޭނާގެ ހިތުގައި ހިނގައިގަތީ އުފާވެރިކަމެވެ. ތުންފަތަށް ހިނިތުންވުމެއް ވެރިވާން އުޅެފައިވެސް ވަގުތުން ދެރަވިކަމަށް ހެދުނެވެ.

“އެ ޔައީޝްގެ އަންހެނުންނަކީ ވަރަށް މުރާލި ރަނގަޅު ކުއްޖެކޭ މީހުން ބުނާތީ އަހަން!” އާސިފާ އިނީ އަންނައުނުތަކެއް ފަތްޖަހާށެވެ. “އެހާ ރަނގަޅު ކުއްޖެއް ލިބުނީމަ ހަސަދަ ލާނެ މީހުންވެސް ތިބޭނެ! އެފަކީރަށް މީހެއްގެ ނުބައި އެސްފިނާ ޖެހުނީތޯއްޗެ!”

ޖަޒްލާ އެއްވެސް އެއްޗެކޭ ނުބުނެއެވެ. މިހާރުމިވަނީ އޭނަގެ ވަގުތު ޖެހިފައެވެ. އޭނާގެ ކުޅިވަރުތައް ދެން ފަށަންވީއެވެ. ޔައީޝް މިހާރު އެވަނީ ހުސްހަށިބައިވެފައެވެ. އެންމެ ފުރަތަމަ ދުވަހުވެސް ޖަޒްލާއަށް ޔައީޝް ފެނުނުއިރު ހުރި ފަދައިންނެވެ.

ޖަޒްލާ އޭނާގެ ކޮޓަރިއަށް ވަދެވުމާއެކު އުފަލުން ފުންމަންފެށިއެވެ. ވަގުތުން ލޯބީގެ ލަވައެއް ޖަހާލައި ކޮޓަރިތެރެ “އިޝްގީ” ކޮށްލައިފިއެވެ. ޓެޑީ ތަކާއި ބަލީސްތަކުގައި ބައްދަބައްދާފައި ކޮޓަރިތެރޭ އެނބުރެމުންދިޔައިރު ހީވަނީ ޝައިމާ މަރުވުމުން އެކަމުގެ އުފާ ފާޅުކުރަނީހެންނެވެ.

***

އެ ދުވަހަށްފަހު ޔައީޝް ހުންނަނީ ނެގިމަޑުވެފައެވެ. އޮފީހަށްވެސް ނުގޮސް ހަފަތާއެއްވަންދެން ގޭގައި ހުއްޓެވެ. އަބަދު ހިތާމަކުރުން ފިޔަވާ އެހެންކަމެއް ނުކުރެއެވެ. ރަނގަޅަށް ނުކެވުމުގެ ސަބަބުން ހަށިގަނޑުންވެސް ކުރަމުންދިޔަ ހިތާމަ ފާޅުވާންފެށިއެވެ. ދެލޯ ވަޅުވަދެ މޫނުމަތި މިލިއެވެ.

ސީމާ ކިތަންމެ ވަރަކަށްވެސް ޔައީޝްއަށް ނަސޭހަތްދިނެވެ. އޭނާ އަކީ އަދި ޒުވާނެއް ކަމަށާއި ހަޔާތް އަދި ކުރިއަށް އޮތީ ކަމުގައި ބުނެ ހިތްވަރު ދެމުންދިޔައެވެ. ކޮންމެ މީހަކުވެސް ކޮންމެވެސް ދުވަހަކުން މަރުވެގެން ދާނެ ކަމަށްވެސް ބުނެ ޔައީޝްގެ ހިތާމަ އޭނާއާ ދުރުކުރެވޭތޯ މަސައްކަތްކުރަމުންދިޔައެވެ.

ޔައީޝް އެނދުގައި އޮށީވެލައިގެން އޮތްއިރު އޭނާގެ ރީތި ދެލޮލުން ކަރުނައިގެ އަސަރު ފެންނަން ހުއްޓެވެ. އެހެން ދުވަސް ދުވަހާ ހިލާފަށް މިއަދު ޝައިމާ މަތިން މާބޮޑަށް އޭނާ އެބަ ހަނދާންވެއެވެ. ކޮޓަރީގެ ކޮންމެ ދިމާއަކުން އެ ރީތި ހުނުމުގެ އަޑު އިވޭ ފަދައެވެ. ޝޯލްގެ ތެރެއިން އެ ވަށް މޫނު ފެންނަން ހުންނަލެއް ލޯބިކަމާއި ހިނިތުންވެލާއިރު އެ ރީތި ކުދި ދަތްތަށް ފާޅުވާގޮތް ޔައީޝްގެ ލޯ ކުރިމައްޗަށް ސިފަވަމުންދިޔައެވެ. ޔައީޝްއަށް ލޯ މަރާލެވުނީ އޭނާގެ ހިތުގައިވާ ހުސްކަން އިހްސާސްވިލެއް ބޮޑުކަމުންނެވެ. އެއާއެކު ލޮލަށް ޖަމާވެފައިހުރި ހޫނު ކަރުނަތައް ކޯތާފަތްމައްޗަށް އޮހޮރިގަތެވެ.

***

ޖަޒްލާ ކެތްތެރިކަމެއް ނެތި އިންތިޒާރު ކުރަމުންދިޔައީ ޔައީޝް އޮފީހަށް ނުކުންނާނެ ދުވަހަކަށެވެ. ކޮންމެ ދުވަހަކުވެސް އޮފީހަށް ޔައީޝް އާދޭތޯ ބަލަން ކެބިންގެ ދޮރަށް ބަލަހައްޓައިގެން އެތައްއިރަކު އޭނާ އިނދެއެވެ. ނަމަވެސް ކޮންމެ ދުވަހަކުވެސް އޭނަ ކުރިމަތިލާންޖެހެނީ ފަޒީލްއާ އެކަންޏެވެ.

***

ހަފްތާއެއްހާ ދުވަސް ހިތާމައިގާ ހޭދަކުރުމަށްފަހު މިއަދު ޔައީޝް ތައްޔާރުވަމުންދިޔައީ އޮފީހަށް ނުކުންނާށެވެ. މަޑު ފެހިކުލައިގެ ގަމީސް ދަށަށް ޖަހާލުމަށްފަހު ކަޅުކުލައިގެ ހިމަ ޓައީއެއް އަޅާލިއެވެ. ލޯގަނޑުދޮށަށް ހުއްޓުމަށްފަހު އަތުން އެ ފަން އިސްތަށިކޮޅު ހަމަޖައްސާލިއެވެ. ލޯގަނޑުން އޭނަފެންނަމުންދިޔައީ ނުހަނު ތަފާތުކޮންނެވެ. ކުރިން އެ ދެލޮލުން އުތުރިއަރަމުން އައި ޒުވާންކަމުގެ ޖޯޝް ވަނީ ފަނޑުވެފައެވެ. ތުންފަތުގައިވި ލާނެއް ހިނިތުންވުން ވަނީ ނެތިގެން ގޮސްފައެވެ.

***

ޖަޒްލާ މިއަދުވެސް އިނީ ޔައީޝް އަންނާނެކަމުގެ އިންތިޒާރުގައެވެ. އެހެން އިންދާ ކެބިންއަށް ޔައީޝް ވަދެގެން އަންނަމަންޒަރުފެނުމުން އެ ދެ ލޮލުގެ ވިދުން ގަދަވެގެން ދިޔައެވެ. އިސްތަށިގަނޑު އަތުން ރީތިކޮށްލިއެވެ. ހެދުމަށް ދަމާލައި ހަމަޖައްސާލެވުނެވެ.

ޔައީޝް ވަދެގެން އައިސް އިށީނެވެ. އެއްވެސް މީހަކާ ވާހަކަދައްކާނެ މޫޑެއް އޭނާގެ ނެތެވެ. ފަޒީލްއަށްވެސް ބަލަހައްޓައިގެން އިނދެވުނީ ޔައީޝް ތަފާތުކަމުންނެވެ. އެމޫނުގައިވި ތާޒާކަން ފަނޑުވެފައިވާތިއެވެ.

ޔައީޝް ބަލައިވެސް ނުލުމުން ޖަޒްލާގެ ހިތަށް ތަދުވިއެވެ. އޭނާ މަޑުމަޑުން ޔައިޝްއަށް ބަލައިލިއެވެ. އެއިރު ޔައީޝް އިނީ ކޮންޕިއުޓަރަށް ނަޒަރު ހުއްޓާލައިގެންނެވެ. އެ ދެލޮލަށް ގިނަވަމުންދިޔަ ކަރުނަތައް ފެނުމުން ޖަޒްލާގެ ހިތަށް އުނދަގޫވިއެވެ. އަޖައިބެކެވެ! ޔައީޝް ފަދަ ރީތި ޒުވާނަކު ހައްޤު ވަނީ ޖަޒްލާ ފަދަ ޒަމާނީ ކުއްޖަކާ ނޫންހެއްޔެވެ؟ ޝައިމާ ފަދަ ނާތަހުޒީބީ ‘ސަންތިބަރިޔަނބު’ ގަނޑަކާ ނޫނެވެ. ދެން އެހެންވީރު ޝައިމާ މަރުވެގެން ޔައީޝް ހިތާމަ ކުރަންވީ ކީއްކުރަން ހެއްޔެވެ؟… ޖަޒްލާވެސް މި ހުރީ ނޫންހެއްޔެވެ؟

***

ޔައީޝް ބަލަހައްޓައިގެން އިނީ ކޮންޕިއުޓަރުގެ ޑެސްޓޮޕްގައި އިން ފޮޓޯގަނޑަށެވެ. އެއީ ޝައިމާގެ ވަރަށް ރީތި ފޮޓޯއެކެވެ. އިރުއަރައިގެން އައި ވަގުތު، ދިގު ހުއި ގަސްތަކުގެތެ ތެރެއިން ނަގާފައިވާ ފޮޓޯއެކެވެ. ވަށައިގެންވީ ފެހިކަންގަދަ ގަސްތަކާ އެއްކުލައިގެ ޝޯލްއެއް އަޅާލާފައިވުމުން ހީވަނީ ގަސްތަކުގެ ރާނީހެންނެވެ. ހިނިތުންވެލައިގެން ހުރިއިރު އެ ކުދި ދަތްތަށް ދިއްލިފައިވަނީ ސާފު ހުދު ބޮތްކެއް ފަދައިންނެވެ. އިރުގެ ރަން އަލިން އެ މޫނުގެ އޮމާން ހަންގަނޑަށް ވެރިވެފައިވަނި އަޖައިބުވާހާ ރީތިކުލައެކެވެ.

ޔައީޝް އަވަސް އަވަހަށް ކަރުނަ ފުހެލިއެވެ. އަދި ޑެސްޓޮޕްގެ ފޮޓޯ ބަދަލުކޮށްލިއެވެ. އޭނާ ބޭނުންވަނީ ޝައިމާ ހަނދާން ނައްތާލުމަށްފަހު ހަޔާތް ކުރިއަށް ގެންދާށެވެ. ނަމަވެސް އިތުރު ކައިވެންޏެއް ކުރާހިތެއް އޭނާގެ ނެތެވެ.

***

ދުވަސް ނިމިގެން ދިޔައިރުވެސް ޔައީޝް އެއްވެސް މީހަކާ އަންގައަކުން ނުބުނެއެވެ. ފަޒީލްވެސް އިނީ ހައިރާންވެފައެވެ. ޔައީޝް އޭނާގެ މަސައްކަތް ނިންމާލުމަށްފަހު ތެދުވެގެން ދާން ހިނގައިގަތެވެ. އެ މޫނުމަތިން އެއިރުވެސް ފެންނަނީ ފުން ވިސްނުމަކަށް ގެއްލިފައި ހުރިކަމުގެ އަސަރުތަކެވެ. އެއިރު އޭނާ ގެ މޯބައިލް ފޯނު އޮތީ ކެބިންގެ މޭޒުމަތީގައެވެ. ޔައީޝް އޭނާގެ ފޯނު މަތިން ހަނދާން ހުންނަވަރަށްވުރެ ކުރަމުންދިޔަ ހިތާމަ މާ ބޮޑު ހެން ހީވެއެވެ.

ޖަޒްލާ ވަގުތުން ފުރުސަތުގެ ބޭނުން ހިފިއެވެ. ޔައީޝްގެ ފޯނު ހިފައިގެން އޭނާ އައީ ޔައީޝްގެ ގެއަށެވެ.

***

ސީމާ ސޯފާގައި އިނީ ޔައީޝްގެ ދިރިއުޅުމާމެދު ވިސްނާށެވެ. ޔައީޝް އިތުރު ކައިވެންޏެއް ކުރުވަން އެބަޖެއެހެއެވެ. ޔައީޝް އޭނަގެ އަޔާތް އެކަނިވެރިކަމާއެކު ވޭތުކުރަން ކިތަންމެ ބޭނުންވިއަސް ސީމާ އެކަން ވިއަކަ ނުދޭނެއެވެ.

“އައްސަލާމް އަލައިކުމް!” އަންހެން ކުއްޖެއް ސަލާމް ގޮވާލިއަޑު އިވިގެން ސިމާ ބަލައިލިއެވެ.

“ވާލައިކުމް ސަލާމް!” އެއިރު ދޮރުމަތީ ހުއްޓިގެން ހުރި ޒަމާނީ އަންހެން ކުއްޖާ ފެނިފައި ސީމާގެ ހިތުގައި ސުވާލު އުފެދުނެވެ. “ކޮން ކުއްޖެއް!؟”

“އަޅުގަނޑު މިއައީ ޔައީޝްގެ ފޯނު ހިފައިގެން!” އަތުގައި އޮތް ފޯނު ދައްކާލަމުން ޖަޒްލާ ބުންޏެވެ. “ހަނދާންނެތިގެން އޮފީހުގައި ބާއްވަފައި އައީމަ!”

“ތީ ޔައީޝް އޮފީސް ކުއްޖެއް ދޯ!” ސީމާ ޖަޒްލާ ގެނެސް ސޯފާގައި ބޭނދިއެވެ.

“ލައްބަ!”

“ޔައީޝް! ދަރިފުޅާ ޔައީޝް!” ސީމާ ގޮވަން ފެށިއެވެ.

ޔައީޝް އޭނަގެ ކޮޓަރިން ނުކުމެގެން އައީ މަންމަ ގޮވާ އަޑަށެވެ. ސިޓިން ރޫމަށް ނުކުމެވުމާއެކު އޭނަގެ ކަޅި ގޮސް ހުއްޓުނީ ޖަޒްލާއަށެވެ.

“މިކުއްޖާ އެއައީ ޔައީޝް ފޯނުހިފައިގެން!” ޔައީޝްއަތަށް ފޯނުދެމުން ސީމާ ހިނިތުންވެލިއެވެ. “ޔައިޝް އޮފީސްކުއްޖެކޯ މީ ދޯ!”

“އެއް ކެބިންއެއްގައި މަސައްކަތްކުރަނީވެސް ދޯ!” ޔައީޝް ހިނިތުންވެލަމުން ބުނެލިއެވެ. “ތެންކްސް ޖަޒްލާ!” ޔައީޝް ފޯނު ހިފައިގެން ހިނގައިގަތީ ކޮޓަރިއަށެވެ. ޖަޒްލާ މި މަންޒަރު ބަލަން އިނީ ހިނިތުންވެފައެވެ. ފެހިކުލައިގެ ޓީޝާޓަކާއެކު ކަކުލާ ހަމައަށް އަންނަ ސޯޓެއްގައި ކެށުއަލްކޮށް ފެންނައިރު ޔައީޝް ހާދަ ސްމާޓް ވެފައި ރީއްޗެވެ. އޭނާގެ ދެ ކޯތާފަތް ރަތްވެގެން ދިޔައިރު މި މަންޒަރު ބަލަން ސީމަ އިންކަމެއް އޭނާއަށް ނޭނގޭފަދައެވެ.

“އުހްމްމްމް!!!” ސީމާ ކަރުކެހިލީ ލާނެއް ގޮތަކަށެވެ. ޖަޒްލާއަށް ސިހިފައި ހިޔާލުތަކުން ބޭރުވެވުނީ އެވަގުތެވެ.

“އަޅުގަނޑު ދެން ގޮސްލީއޭ!” ޖަޒްލާ ސީމާއާ ސަލާމް ކޮށްލުމަށްފަހު ތެދުވެގެން ހިނގައިގަތީ ލަދު ގަތްލެއް ބޮޑުކަމުންނެވެ.

“ކަނބުލޮ އަދި އަންނައްޗޭ!”

***

“މަންމަ ބުނީ ދަރިފުޅު ދެން މީހަކަ ނުއިނދެ ތިހެން ހުންނަނީތަ؟!” ސީމާ ޔައީޝްއާ ސުވާލުކުރީ މެންދުރުގެ ކެއުމުގެ ތެރެއިންނެވެ. ޔައީޝް ކުޑަކޮށް ކޮށިއެރިއެވެ. “ތިހެން ހުރެގެން އުމުރުހުސްކޮށްލުމުގެ ބޭނުމެއް ނެތެންނު!”

“މަންމާ!!.. “

“ދަރިފުޅު އިންކާރު ނުކުރާތި! މީ މަންމަގެ ވަރަށްބޮޑު އެދުމެއް! ދަރިފުޅު އެކަނިމާއެކަނި ހަޔާތް ވޭތުކުރާތަން ބަލާކަށް މަންމައަކަށް ނުކެރޭނެ!” ސީމާގެ މޫނުމަތިން ފެންނަމުންދިޔައީ ސީރިއަސް ކަމެވެ.

“އެކަމަކު!” ޔައީޝް އިންކާރު ކުރަން އުޅެފައިވެސް ވިސްނާލިއެވެ. “އެންމެ ރަނގަޅު! އެކަމު މިފަހަރު އިންނާނެ ކުއްޖަކު ހޯދާނީ މަންމަ!”

“މައްސަލައެއް ނޯންނާނެ!” ސީމާގެ މޫނުމަތި އުޖާލަވެގެންދިޔައެވެ. “މަންމަ ވަރަށް އުފާވެއްޖެ!”

***

އޮފީހުގައި ޖަޒްލާ ޔައީޝްއަށް ހާއްސަގޮތެއް ބަހައްޓައެވެ. ކޮންމެ ކަމެއްގައިވެސް އެހީވެދީހަދައެވެ. ޔައީޝް އޮފީހަށް ނާންނަދުވަސްތަކުގެ މަސައްކަތްތަށްވެސް ޖަޒްލާ ނިންމާދެއެވެ. ހަމައެހެންމެ ދޭތެރެ ދޭތެރެއިން ސީމާކައިރިއަށް ވެސް އޭނަ ދެއެވެ.

“ޖަޒްލާ މިހާރު މީހަކާ ރައްޓެހިވީތަ؟” ސީމާގެ މިސުވާލުން ޖަޒްލާ ކުޑަކޮށް ލަދުގަތެވެ.

“ނޫން! އަޅުގަނޑު ނުވަން!”

“ލޯބިވާ މިހަކު ހުރޭތަ؟” ސީމާ އަހާލި ލާނެއް ކަމާއެކުގައެވެ. މި ސުވާލު ކުރިއިރުވެސް ޖަޒްލާގެ ހިތުގައުވާ އެއްޗެއް ސީމާއަށް އެނގެއެވެ. އެންމެ ފުރަތަމަދުވަހުވެސް ޔައީޝްގެ ފޯނު ހިފައިގެން އައުމުން ސީމާއަށް، ވެގެން އުޅޭގޮތް ސާފުވިއެވެ. އެދުވަހު ޔައީޝް ފެނުމުން ޖަޒްލާގެ މޫނަށް ވެރިވި ކުލަވަރު އޭނަ ނުހަނު ގާތުން ދުއްޓެވެ.

ޖަޒްލާ އެއްވެސް ޖަވާބެއް ނުދިނެވެ. އޭނާ އިސްޖަހާލައިގެން އިނީއެވެ. ސީމާއަށް ސާފުކޮށް ޖަވާބު ލިބުނެވެ.

“ސީމާއްތަ ގެ ވަރަށް ބޮޑު އެދުމެއް އެބޮތް!”  ސީމާ ޖަޒްލާގެ އަތުގައި ހިފާލިއެވެ. “ޔައީޝްއާ ކައިވެނި ކުރަން ކެރިދާނެތަ؟”

ޖަޒްލާގެ ހިތް ތެޅިގަތީ އެހެނެއް ބަލާފައެއް ނޫނެވެ. ހިތް އުފަލުން ނަށަން ފެށިއެވެ. އަތްފައި އައްސިވިއެވެ. ސިމާގެ މޫނަށް ބަލައިލެވުނީ ދެ ލޯ ބޮޑުކޮށްލަމުންނެވެ.

“މަންމައަށް އެނގޭ ޖަޒްލާ ޔައީޝްއާ ދޭތެރޭ ދެކޭގޮތް!” ސީމާ ‘މަންމަ’ މިލަފްޒު ބޭނުންކުރުމުން ޖަޒްލާއަށް ކުރެވުނީ ވަރަށް އެހެންކަހަލަ އިހުސާސެކެވެ. “އެހެން ވީމަ ކައިވެންޏަށް އެއްބަސް ދޯ؟”

ޖަޒްލާއަށް ޖަވާބުގައި ބޯ ޖަހާލެވުނެވެ. އެ ދޮން މޫނަށް ޖަންބު ކުލަ ވެރިވެގެންދިޔައެވެ. އެންމެ ފަހުން އޭނަގެ ހުވަފެން ހަގީގަތަކަށްވީއެވެ. ނަމަވެސް ކުރިމަތީ އޮތީ ކިހާ ބިރުވެރި ދުވަސްތަކެއްކަމެއް އޭނާއަކަށް ނޭނގެއެވެ…..

މަންމަގެ އެދުމާ ދެކޮޅުހަދާކަށް ޔައީޝް އަކަށް ނުކެރުނެވެ. ޖަޒްލާއާއި ޔައީޝް ކައިވެނިކުރީ އެހެންވެއެވެ. އަނެއްކޮޅުން ޖަޒްލާ އޭނާ ދެކެ އިންތިހާއަށް ލޯބިވާކަން ޔައީޝް އަށް އެނގެއެވެ. އޭނާ ޔައީޝް ހާސިލް ކުރުމަށް ވީ ބޮޑެތި ޤުރުބާނީތަށް ހަނދާން ނެތޭހާ ދުވަހެއް އަދި ނުވެއެވެ.

ޖަޒްލާއާއި ޔައީޝްގެ ކައިވެނި ކުރެވި ކުލަގަދަ ޕާޓީއެއް ބޭއްވުނެވެ. މި ޕާޓީގެ ތީމް ކުލައަކީ ކަޅު ކުލައެވެ. އެއީ ޖަޒްލާ ކަނޑައެޅި ކުލައެކެވެ. އެ ކުލުގައިގެ ސަބަބުން އޭނަގެ މުސްތަޤުބަލު ބަނަވެ “ކަޅު” ވެގެން ދާކަމެއް އޭނާއަށް އެނގޭނީ ކިހިނަކުންހެއްޔެވެ؟ ޔައީޝްގެ ކޮޓަރީގައި ޖަޒްލާއަށް ދައުވަތު ދީގެން އިތުރު މަޙުލޫގަކު އޮތްކަމެއް އޭނާއަކަށް ނޭނގެއެވެ….

ނުނިމޭ

މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.

Share Article

Follow Me Written By

Hoody

Level 310 Stories100 Comments

Other Articles

Previous

އެ ހަނދާން – 1

Next

ފަނާ 21

Next
June 7, 2015

ފަނާ 21

Previews
June 7, 2015

އެ ހަނދާން – 1

46 Comments!

  1. Hoody says:
    June 7, 2015 at 2:34 pm

    sorry kudakoh las veema… mi part vex reethi vaane kamah ummeedhu kuran…. 🙂 ….

  2. zaa says:
    June 7, 2015 at 2:39 pm

    Hoodee hama best furatham aharen

  3. zaa says:
    June 7, 2015 at 2:40 pm

    Up veytho babalaa indha mi up vee

  4. Hoody says:
    June 7, 2015 at 2:45 pm

    Thnkx zaa!!!

  5. niyasa says:
    June 7, 2015 at 2:50 pm

    Dhen oi part up kuraani konirakun thi??

  6. neem says:
    June 7, 2015 at 2:50 pm

    Wowww
    Maasha allah
    Vv v vreethi vaahaka
    V dhera vefa mi hunnany up nukuraane kamah heekoh
    Thmx hoody

  7. nihaa says:
    June 7, 2015 at 2:51 pm

    Wow…vrh hihgaimu… Kon irakun next part up vaanyy…waitingggg

  8. shahu says:
    June 7, 2015 at 2:52 pm

    Ur best writer i hav seen in my life.
    Ehn liyunteringe nuhunna haassa hunareh libigenvey ei kiyun teringe itubaaraa lbi hoadan engun.
    Thnx hoody avahah up khdeythy

  9. Hoody says:
    June 7, 2015 at 2:58 pm

    thnkx all…. next part tonight In Sha Allah….

  10. Hoody says:
    June 7, 2015 at 2:59 pm

    thnkx all…. next part tonight In Sha Allah….

  11. shahidha says:
    June 7, 2015 at 2:59 pm

    Vvvv nice

  12. flower says:
    June 7, 2015 at 3:00 pm

    Nice mi part vess…waiting for next part

  13. jazla says:
    June 7, 2015 at 3:01 pm

    Mi part ves varah reethi…. waiting for next part. Avaha up koh dhehchey hoody

  14. sif says:
    June 7, 2015 at 3:08 pm

    vvvvvv. nyc.

  15. Nabhaan says:
    June 7, 2015 at 3:26 pm

    Wow nice….avas nxt part up kohdhy…

  16. nathoo says:
    June 7, 2015 at 3:28 pm

    Varah salhi mi Bai ves. Keep it up hoody

  17. juma says:
    June 7, 2015 at 3:51 pm

    Hoody ur the best

  18. nathoo says:
    June 7, 2015 at 3:58 pm

    Meeves awsme prt eh…. OK 🙂

  19. someone says:
    June 7, 2015 at 4:06 pm

    I love this story hoody you are the best writer

  20. dhonthi says:
    June 7, 2015 at 4:18 pm

    alhe varah salhi mi part vex…hoody haadha molhey…ma sha allah 🙂 esfiya.com ge emme heevaagi writer akee hoody 🙂 kyp it up hoody

  21. smilebuddy says:
    June 7, 2015 at 4:52 pm

    wwau habeys story eh vv salhi hood haada molhey keep it up

  22. smilebuddy says:
    June 7, 2015 at 5:13 pm

    v asaruganda parteh mi

  23. shaph says:
    June 7, 2015 at 5:35 pm

    vvvvv reeth :> :> :>
    …….keep it up

  24. rish says:
    June 7, 2015 at 6:02 pm

    V salhi

  25. july says:
    June 7, 2015 at 6:12 pm

    v nice mi part ves..eaiting for next part

  26. Hoody says:
    June 7, 2015 at 6:52 pm

    Thnkx all…. 🙂

  27. juma says:
    June 7, 2015 at 8:31 pm

    Hama habeys vaahaka eh

  28. shiaa says:
    June 7, 2015 at 8:36 pm

    , kemmadhu vefaa mivany , vaahagaige inthizaarugaa……, vvvvvv reethi mi part vez thanks hoody mihaa reethi story eh genes dhey thy. u r my favourite. i love ur stories than my sister

  29. shiaa says:
    June 7, 2015 at 8:57 pm

    :=) 🙂 :]

  30. nishy says:
    June 7, 2015 at 8:59 pm

    Vvvvvvv reeethi…. hoody is the best

  31. Jenny says:
    June 7, 2015 at 9:52 pm

    Varah reethi mi part vzz..please. up soon..I love it goody your the best n best start writer ever..

  32. Jenny says:
    June 7, 2015 at 9:53 pm

    Goody

  33. Jenny says:
    June 7, 2015 at 9:54 pm

    Hoody

  34. Hoody says:
    June 7, 2015 at 10:07 pm

    Thnkx all…

  35. shiuna says:
    June 7, 2015 at 10:14 pm

    Vvvvvvv salhi…. ekamuves varah dhera gothe mivany..
    Hama eh dhantha kiyaa dhin gothah….. hoody.. varah salhi I love and u re story hoody

  36. inn says:
    June 7, 2015 at 10:16 pm

    haadha reechey

  37. jazla says:
    June 7, 2015 at 10:25 pm

    Shaima maruvitha 40 nuve ulheniko ehaaavaha seema yaish ge dhevana kaivenye kuruv tha hajame nuvey. Ehaa loabivi lheedhari e viyya. Hoody u dont know how write a story. This story is the most bagvaas story I have ever read

  38. Story reader says:
    June 7, 2015 at 10:43 pm

    saabahey jazla ge name ha comment kuraa kujjaa,,,, e bunanee nuntha seemaa beynumeh nuveyey yasih marry nukoh hunnaakah…. yaish ekani veri veemaey avahah merry e kuruvee….

  39. Kiaraa says:
    June 8, 2015 at 4:52 pm

    Jazlaa… thihen bunaakah nuvaane! hoody ge vaahaka reathi… Jzlaa ah reathi nooniyya dhen comment nukuraathi…..

  40. Kauraa says:
    June 8, 2015 at 4:59 pm

    sorry about my sister kia’s thingy Jazlaa…. but don’t comment like that… Hoody nice story

  41. jazla says:
    June 8, 2015 at 5:01 pm

    non of your bisness twins tow girls….

  42. Janna says:
    June 12, 2015 at 6:05 pm

    kiaraa aai kaura haadha varakah HOODY ge kolhah thi hifanee…. hehehee

  43. kiaraa says:
    June 12, 2015 at 6:09 pm

    Jinni gandaa… masheh noolhemey hoody akaa alhaa ganegenneh…. Hoody ves kiyavanee…. kia ves kiyavanee ey… dhen naahaath kiaa kon gradeh hey.. kia grade 12 in CHSE

  44. Janna says:
    June 12, 2015 at 6:12 pm

    hee vanee alhaagen ulhey hen…. hoody kolhah viyya thi dhanee…. i think you like hoody… am i wrong?

  45. kiaraa says:
    June 12, 2015 at 6:17 pm

    dhen…. Hoody Janna ah support kuraa kamah vaana ma YES. if he is supporting to me that mean is NO.. plxxxxxx hoody comment kurachey… plx … plx

  46. Janna says:
    June 12, 2015 at 6:19 pm

    kobaa. heavey kameh hen…. kiaa coment nokoh gina iru veema ma heakuree kiaa ma dheke rulhi a kamah …

Comments are closed.

Next Episodeކަޅު ފިނިފެންމާ… 16 ވަނަ ބައި←


All Right Reserved!