Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ފުރަތަމަ ޞަފްހާ
ބިރުވެރިލޯބި

ކަޅު ފިނިފެންމާ… 16 ވަނަ ބައި

Hoody Level 310 Stories100 Comments
June 7, 2015 8 Mins Read
44 Comments

މަންމަގެ އެދުމާ ދެކޮޅުހަދާކަށް ޔައީޝް އަކަށް ނުކެރުނެވެ. ޖަޒްލާއާއި ޔައީޝް ކައިވެނިކުރީ އެހެންވެއެވެ. އަނެއްކޮޅުން ޖަޒްލާ އޭނާ ދެކެ އިންތިހާއަށް ލޯބިވާކަން ޔައީޝް އަށް އެނގެއެވެ. އޭނާ ޔައީޝް ހާސިލް ކުރުމަށް ވީ ބޮޑެތި ޤުރުބާނީތަށް ހަނދާން ނެތޭހާ ދުވަހެއް އަދި ނުވެއެވެ.

ޖަޒްލާއާއި ޔައީޝްގެ ކައިވެނި ކުރެވި ކުލަގަދަ ޕާޓީއެއް ބޭއްވުނެވެ. މި ޕާޓީގެ ތީމް ކުލައަކީ ކަޅު ކުލައެވެ. އެއީ ޖަޒްލާ ކަނޑައެޅި ކުލައެކެވެ. އެ ކުލުގައިގެ ސަބަބުން އޭނަގެ މުސްތަޤުބަލު ބަނަވެ “ކަޅު” ވެގެން ދާކަމެއް އޭނާއަށް އެނގޭނީ ކިހިނަކުންހެއްޔެވެ؟ ޔައީޝްގެ ކޮޓަރީގައި ޖަޒްލާއަށް ދައުވަތު ދީގެން އިތުރު މަޙުލޫގަކު އޮތްކަމެއް އޭނާއަކަށް ނޭނގެއެވެ….

(މާޒީ ނިމުނީ)

************

ޔައީޝް އަށް އިނީ ނިދިފައެވެ. ސީމާގެ ނަޒަރު ހުއްޓިފައި ހުރީ އޭނާގެ އަތުގައި އޮތް ވާހަކަ ފޮތެށެވެ. ޖަޒްލާ ބާއްވާފައި އޮތް ވޯޑްގައި އެވަގުތު ވެރިކަން ކުރަމުންދިޔައީ މަރުގެ ހަމަހިމޭންކަމެވެ. 5 ވަރަކަށް ގަޑިއިރު ވެފައިވާއިރު، އަދިވެސް ޖަޒްލާ ހޭ ނާރައެވެ.

***

“މަންމާ!!!!” ޖަޒްލާ ކުއްލިއަކަށް ފުންމައިގެން ތެދުވުމަށްފަހު ހަޅޭ ލަވައިގަތެވެ. “މަންމާ!! އޭތި އަހަރެން މަރާލާނެ! މަށެއް ދެން އެތާކަށް ނުވަންނާނަން!”

ނިދިފައި އިން ޔައީޝްއަށްވެސް ސިހިފައި ހޭލެވުނެވެ. ސީމާ އަވަސް އަވަހަށް ތެދުވުމަށްފަހު ޖަޒްލާގެ އަތުގައި ހިފެހެއްޓިއެވެ.

“އޭތި އެކޮޓަރިން ނެރޭ! އެހެންނޫނީ މަށެއް ނުދާނަން!”

“ޖަޒްލާ ކޯއްޗެއްތަ؟ ކޮޓަރީގަ ކޯއްޗެއްތަ؟” ޔައީޝް ޖަޒްލާ ހަމަޖެއްސޭތޯ އުޅުނެވެ.

“ކޮޓަރީގަ ބިރުވެރި އެއްޗެއް އެބައުޅޭ! ވަރަށް ފަކުރު ވައްތަރަކަށް އޮތް އެއްޗެއް! ދެލޯވެސް ހުރީ ރަތް ކުލައިގެ ދިއްލިފަ!” ޖަޒްލާ ހިވާނީ ކުޑަކުއްޖެއް ހެންނެވެ. އަތުން ހަރަކާތް ކުރަމުން ދިޔައިރު އޭނާގެ ތުންފަތް ތުރުތުރު އަޅަމުން ދިޔައެވެ.

ސީމާ ދިޔައީ ޑޮކްޓަރަށް ގޮވާށެވެ. ޔައީޝްގެ މޫނުމަތިން ފެނިގެންދިޔައީ ސުވާލު މާކެކެވެ. ޖަޒްލާ އެ ދައްކަނީ ކޮން ‘ބިރުވެރި އެއްޗެއްގެ’ ވާހަކަ ހެއްޔެވެ؟ ޔައީޝް ވިސްނާލިއެވެ. އެވާނީ ޖަޒްލައަށް ބިރުވެރި ހުވަފެނެއް ފެނުނީ ކަމަށެވެ. އިރުކޮޅަކުން ޑޮކްޓަރު އައެވެ. ޑަކްޓަރު ޖަޒްލާއާއި ދެތިން ސުވާލެއް ކުރުމަށްފަހު ބޭސް ކާންދިނެވެ. އޭގެ ފަސްމިނެޓްފަހުން ޖަޒްލާއަށް ނިދިއްޖެއެވެ.

“ހީކުރިގޮތަށް ހަމަ ޝޮކްއެއް ޖެހިފަ ހުރީ! އާންމުކޮށް މިކަހަލަ ގޮތް ދިމާވާނީ ބިރުވެރި ހުވަފެނަކުން ހޭލެވޭ ވަގުތު މާބޮޑަށް ބިރުގަތުމުން. ނުވަތަ ހިތްދަތި ކަމެއް ދިމާވެގެން މާގިނައިން ހިތާމަ ކުރުމުން! ބޮޑަށް ހީވަނީ ނައިޓް މެއަރ އެއްހެން!” ޑޮކްޓަރު ޔައީޝްއާއި ވާހަކަ ދެއްކިއެވެ.

“ދެން ކޮންއިރަކުންތޯ ގެއަށް ފޮނުވާލާނީ؟”

“މާދަމާ ބަލާލާފަ ރަންގަޅިއްޔާ ގެއަށް ދިޔަސް އޯކޭ! ޖަޒްލާ ނޯމަލް ވާން އަދި ދުވަސް ކޮޅެއް ނަގާނެ! މި ދުވަސް ކޮޅު ވަރަށް ކެއަރ ކުރަންޖެހޭނެ! ވަރަށް ކުދިކުދި ކަންކަމާވެސް ބިރުން އުޅޭނެފާނެ! އެހެންވީމަ ރަނގަޅުވާނީ އަބަދުވެސް ކޮންމެވެސް މީހަކަ ކައިރީގައި ހުރިއްޔާ! ވީކް އެއްފަހުންވެސް ރަނގަޅު ނުވިއްޔާ ސައިކޮލޮޖިސްޓަކަށް ދެއްކުމަށް ރެކޮމެންޑް ކުރަން! އޯކޭ ގޮސްލިއްޔޭ! މާދަން އަންނާނަން!” ޑޮކްޓަރ ވިޝާލް ސަލާމް ކޮށްލުމަށްފަހު ހިނގައިގަތެވެ.

***

“ޔައީޝް! ހަމަ ސީރިއަސްކޮންނޭ! އަހަރެމެންގެ ރޫމްގަ އެބައުޅޭ ފާޑެއްގެ އެއްޗެއް!” ހެނދުނު ހޭލެވުމާއެކު ޖަޒްލާދައްކަންފެށީ އެ ވާހަކައެވެ. މިހާރު އޭނާގެ ހަރަކާތްތަކަށް އެވަނީ މުޅިން ބަދަލު އައިސްފައެވެ. ސިކުނޑިއަށް ލިބިފައިވާ ބޮޑު ޝޮކް ގެ ސަބަބުން ޖަޒްލާއަށް އެވަނީ ނަފްސާނީ ގޮތުން ވަރަށް ބޮޑަށް ގެއްލުންވެފައެވެ.

“އެއީ ހުވެފެނެކޭ ޖަޒްލާ! ހަމަޖެހިބަލަ! އެއްވެސް ކަމެއް ނުވާނެ!” ޔައީޝް ޖަޒްލާގެ ބޮލުގައި ފިރުމާލީ އޭނާގެ ހިތްހަމަ ޖައްސައިދޭށެވެ.

“ދަރިފުޅާ ޖަޒްލާ، ކޮބާ ކިހިނެއް މިހާރު؟” އިރުކޮޅަކުން ސީމާ ވަދެގެން އަންނަތަން ފެނުނެވެ. އޭނާގެ އަތުގައި ބަތް ޕާރުސަލެއް އޮތެވެ. “ހިނގާ ދަރިފުޅު އެއްޗެއް ކާލަން! ރޭންސުރެ ފެށިގެން ނުވެސް ކައެއްނު ތިއޮތީ!” ޖަޒްލާ ކުޑަކޮށް ތެދުވެލުމަށްފަހު ފާރުގައި ލެނގިލިއެވެ.

“ދަރިފުޅު ޔައީޝްވެސް ދެން ދޭ ގެއަށް ގޮސްލާފަ ނިދާލާ ހަދާލަން. މަންމަ އިންނާނަން މިތާ! ރޭގަ ނުވެސް ނިދަމެއްނު!” ސީމާ ޔައީޝްގާތު ބުންޏެވެ. “ޖަޒްލާ ދޫކޮށްލަންޏާ މަންމަ ގުޅާނަން!”

“ނޫނޭ! އިރުކޮޅަކުން ޑޮކްޓަރު އައިސްދާނެ! ޖަޒްލާ ދޫކޮށްލީމަ ގޮވައިގެން ދާނީ!”

***

އެދުވަހު މެންދުރެއްހާއިރު ޖަޒްލާ ގެއަށް ދޫކޮށްލިއެވެ. ގެއަށް އައުމަށްފަހުގައިވެސް ޖަޒްލާ އެ އެއްޗެއްގެ ވާހަކަ ދެއްކިއެވެ. އަދި ކޮޓަރިއަށް ނުވަންނަން އުޅުނެވެ. އެންމެ ފަހުން ޔައީޝް ކޮޓަރިއަށް ވަދެ ތަންތަން ހޯދިއެވެ. ޖަޒްލާ ކޮޓަރިއަށް ވަނީ އޭގެ ފަހުގައެވެ.

ކޮޓަރިއަށް ވަން ޖަޒްލާގެ ނަޒަރު އެންމެ ފުރަތަމަވެސް ހުއްޓުނީ ހުޅުވިފައި ހުރި ފާހަނައާ ދިމާއަށެވެ.

“ޔައީޝް! މި ދޮރު އަބަދު ހުޅުވިފައި ހުންނަނީ ކީއްވެތަ؟ އަހަރެން ބިރުގަނޭ؟”

ޔައީޝްއަށް ބަލާލެވުނީ ޖަޒްލާގެ މޫނަށެވެ. މަޒީގެ ޞަފްހާއެއް އޭނާގެ ސިކުނޑިއަށް ވެރިވެގަތީއެވެ. ޖަޒްލާ ދެންމެ ބުނި ޖުމްލަ ޝައިމާވެސް ވަނީ ބުނެފައެވެ. އެހެންކަމުން އިރުކޮޅެއްވަންދެން ވިސްނަން އޭނާއަށް ހުރެވުނެވެ.

“އެއީ ހުޅުގެ މައްސަލައެއް! ފަހުން ރަނގަޅުކުރާނީ ދޯ!” ޔައީޝްދިނީ ހަމަ ޝައިމާއަށް ކުރިން ދިން ޖަވާބެވެ. ޖަޒްލާ ލަސް ފިޔަވަޅުތަކެއްގައި އައިސް އެނދުގައި އޮށޯތެވެ. އޭނާގެ ކަޅި އަވަސް އަވަހަށް ކޮޓަރީގެ އެކި ތަންތަނަށް ހިންގަމުންދިޔައެވެ. އޭނާއަށް ހީވަނީ އެ ލޮނދި އެތި ދެންމެ ދެންމެ ކޮންމެވެސް ދިމާއަކުން ނުކުމެގެން އަތުވެދާނެހެންނެވެ.

ޖަޒްލާ ބިރުން ސިހިސިހި އިންތަން ފެނުމުން ޔައީޝް ގެ ހިތް ހަމްދަރުދީއިން ފުރުނެވެ. ޖަޒްލާއަށް މިދިމާވީ ކޮންފަދަ އިމްތިހާނެއް ބާއެވެ؟ ކޮންމެ ގޮތެއް ވިއަސް މިއަދު އެއީ އޭނާގެ އަނބި މީހާއެވެ. އޭނާގެ އަނބިމީހާއަށް ރައްކާތެރިވުމަކީ އޭނާގެ ވާޖިބެކެވެ.

“ދަރިފުޅާ ޔައީޝް! އާދޭ ޖަޒްލާ ގޮވައިގެން ކާން!!” ސީމާ ބުނި އަޑު އިވުނެވެ. ޔައީޝް ޖަޒްލާގެ އަތުގައި ހިފައިގެން ކާގެއަށް ދިޔައެވެ.

ގޮނޑީގައި ޖަޒްލާ ބޭނދުމަށްފަހު ޔައީޝް ވެސް ޖަޒްލާ ކައިރީ އިށީނެވެ. ޖަޒްލާ އިސްދަށަށް ޖަހައިގެން އިންއިރު އޭނާގެ ހަށިގަނޑުގައި މަޑުމަޑު ތުރުތުރު ލުމެއް ވެއެވެ. ބޮލުގެ އިސްތަށިގަނޑުވެސް ވަނީ އެގޮތް މިގޮތަށް ހޭވިފައެވެ.

ޔައީޝް ޖަޒްލާގެ ތައްޓަށް ނޫޑުލިސް އަޅައިދިނުމަށްފަހު އަތަށް އުލެއް ލައިދިނެވެ. ޖަޒްލާ އެއަށް އިރުކޮޅަކު ބަލަހައްޓައިގެން އިނުމަށްފަހު ތަށިން ކުޑަ އެތިކޮޅެން ނަގާ އަނގައަށް ލައިގެން ހަފަން ފެށިއެވެ. ޔައީޝްވެސް ތައްޓަށް ނޫޑުލިސް އެޅުމަށްފަހު ކާން ފެށިއެވެ. ސީމާ އިނީ ޖަޒްލާގެ ހަރަކާތްތަކަށް ބަލަހައްޓައިގެންނެވެ. މުޅި މާހައުލަށް ވެރިވެގެން ދިޔައީ އަބުއި ހިމޭންކަމެކެވެ.

“އާތް!!” ކުއްލިއަކަށް ޖަޒްލާ ކާން އިންތަށި އަތުކޮޅަށް ހޫރާލަމުން ކޮޅަށް ތެދުވެއްޖެއެވެ. ކާން އިން ޔައީޝްއަށްވެސް ސިހިފައި ކޮޅަށް ތެދުވެވުނެވެ. ސީމާ އިނީ ވާނުވާ ނޭނގިފައެވެ.

“ބޯވާ ފައެއް!!… އެތަށީގަ އެބޮތް ބޯވާ ފައެއް!! އޭތި އެބަ ދިރޭ!!” ޖަޒްލާ ރޮއެ ގަތެވެ. އޭނާގެ ނަޒަރު ހުއްޓިފައި ހުރީ ތަށިމުށިތަށް މައްޗަށް ވެރިފައި ހުރި ނޫޑުލިސް ތަކު ތެރެއަށެވެ.

ޔައީޝް ހުރީ ހައިރާންވެފައެވެ. އޭނާވެސް ވެރިފައި ހުރި ނޫޑުލިސް ތަކަށް ބަލައިލިއެވެ.

“ބޯވާ ފައެކޭ؟ އެތާކު ނެތޭ ބޯވާ ފައެއް!” ޔައީޝް ޖަޒްލާ ހަމައަކަށް އަޅުވަން މަސައްކަތް ކުރަމުންދިޔައެވެ.

“ނުނެކޭ! އަހަރެން ދުށީމޭ! ހަމަ ހުވާ!!”

ޔައީޝް އަށް ބަލައިލެވުނީ ސީމާ ގެ މޫނަށެވެ. ސީމާވެސް އިނީ ހަދާނެ ގޮތް ހުސްވެފައެވެ. ޔައީޝް ޖަޒްލާ ގޮވައިގެން ނުކުތީ ސިޓިން ރޫމަށެވެ. އެއިރު ޖަޒްލާ ގިސްލަ ގިސްލާފައި ރޮމުން ދިޔައެވެ.

އެދުވަސް އެކޮށް ދިޔައީ އެކަހަލަ ގޮތަކަށެވެ. ޖަޒްލާ ކޮޓަރިއަކަށްވެސް ނުވަތެވެ. ކުރިހާވެސް ކަމަކީ ސިޓިން ރޫމް ސޯފާގައި އިނދެގެން ގިސްލަ ގިސްލާފައި ރުއިމެވެ.

***

ރޭގަނޑުވެ ދުނިޔެ މައްޗަށް އަނދިރިވެގެން ދިޔައެވެ. އަލިކަން ފެތުރިފައިވާ އުޑުމައްޗަށްވެސް ވެރިވެގެން ދިޔައީ ފުން ކަޅުކަމެކެވެ. ރެއަކީ ކަޅު ފޮއެ ރޭ ތަކުގެ ތެރެއިން ރެއެއްކަމުން ހަނދުގެ އެއްވެސް ނިޝާނެއް ފެންނާކަށް ނެތެވެ.

ޔައީޝް މަސައްކަތް ކުރަމުން ދިޔައީ ޖަޒްލާ ކޮޓަރިއަށް ވެއްދުމަށެވެ. ނަމަވެސް ޖަޒްލާ ދިޔައީ ބޮޑައި ހާކަމުންނެވެ.

“އޭތި ކޮޓަރީގަ އޮންނާނެ! މަށަކަށް ނުކެރޭނެ ވަންނާކަށް!”

“ނެތޭ ކޮޓަރިއަކު އެކައްޗެއްވެސް! ދެންމެ މިއައީ ބަލާފައެއްނު!” ޔައީޝް މަޑުމަޑުން ޖަޒްލާގެ އުނަގަނޑުގައި އަތް އަޅުވާލައިގެން ހުރެ ކޮޓަރިއަށް ވެއްދިއެވެ. ޖަޒްލާ ދެލޯ ބޮޑުކޮށްގެން ކޮޓަރީގެ އެކި ދިމަ ދިމާއަށް ނަޒަރު އުކަމުން ދިޔައެވެ. ހިތުގެ ތެޅުން ބާރުވެފައިވަނީ އިންތިހާއަށެވެ.

އެވަގުތު ޖަޒްލާގެ ލޮލުގައި އަޅައިގަތީ ހުޅުވިފައި ހުރި ފާހާނައިގެ ދޮރެވެ.

“ދޮރު ލައްޕާ!!” ޖަޒްލާ ކުޑަކުއްޖެއް ފަދައިން އަމުރު ކޮށްލިއެވެ. ޔައީޝް ގޮސް ފާހާނަ ދޮރު ލެއްޕިއެވެ. ޖަޒްލާ އައިސް އެނދަށް އަރައި ދެފައި ވަށްކޮށްލައިގެން އިށީނެވެ. ދެފައި ބާލައިގެން އެނދުގައި އިންނަން އޭނާ ބިރުގަނެއެވެ. އެނދުގެ ދަށުންވެސް އޭތި ދެންމެ ދެންމެވެސް ނުކުމެދާނެހެން އޭނާއަށް ހީވެއެވެ.

***

ގަޑިން ރޭގަނޑު 12 ޖަހަނީއެވެ. ޔައީޝް ފުން ނިންޖަކުން ނިދާފައިވާއިރުވެސް ޖަޒްލާ އޮތީ ދެލޯ ބޮޑުކޮށްގެންނެވެ. އޭނާއަކަށް ނިދާކަށް ނުކެރުނެވެ. ހަމަ ދެލޯ މަރާލާއިރަށް ސިފަ ވެގެން ދަނީ އެއްކަލަ މަހުލޫގެވެ. އެތަށް އިރަކު ދެލޯ ހުޅުވައިގެން އޮތުމަށްފަހު ޖަޒްލާ މަޑުމަޑުން ދެލޯ މަރާލީ ދެލޮލަށް މާ ބޮޑަށް ބަރުވުމުގެ ސަބަބުންނެވެ. ކުއްލިއަކަށް އޭނާއަށް ފެނުނީ އަނދިރި ގަނޑުގެ ތެރެއިން އެ މަހުލޫގު އޭނާގެ މޫނަ ދިމާއަށް ފުންމައިގެން މަންޒަރެވެ. ޖަޒްލާ އަނެއްކާވެސް ދެލޯ ތަންމިނަށް ހުޅުވާލިއެވެ. އެއިރު އޭނާގެ ހިތުގެ ތެޅުން އެތަށް ގުނައަކަށް އިތުރުވެފައި ވެއެވެ. މުޅި މީހާ ދާހިއްލާ ފޯ ވެއްޖެއެވެ. އޭނާއަކަށް ދެން ލޯ މަރާލާކަށްވެސް ނުކެރުނެވެ. އެހެން ކަމުން އޭނާ ތެދުވެ އެނދުގެ ފަޑީގައި ލެނގިލަމުން ބާލީހުގައި ބައްދާލިއެވެ.

މިވަރުން އުޅޭނީ ކިހިނެއް ހެއްޔެވެ؟ ޖަޒްލާ އަށް އޭނަގެ ކަންފަތް ދޮށުގައި އަބަދުވެސް އިންޒާރެއްގެ އަޑު ގުގުމާފައި ހުންނަ ކަހަލައެވެ.

“ޖަޒްލާއެވެ! ކަލޭ ނިދައިގެން ނުވާނެއެވެ! އަހަރެން މި އިންތިޒާރު ކުރަނީ ކަލޭ ނިދާނެ ވަގުތަކަށެވެ. ނަމަ ނަމަ ކަލޭ ނުނިދައްޗެވެ.!”

 ޖަޒްލާއަށް އަނެއްކާވެސް ނިދުނެވެ. ދެން އޭނާއަށް ހޭލެވުނީ ބާރު އަޑު ފައްގަނޑެއް އިވިގެން ދިޔުމުންނެވެ. ހީވީ ފުރާޅުމައްޗަށް ވަރުގަދަ ހިލަގަނޑެއް ވައްޓާލިހެންނެވެ. ޖަޒްލާ ދިޔައީ އެއްލިގެންނެވެ. ނަމަވެސް ޔައީޝް އެއް ނުހޭލިއެވެ. ޖަޒްލާ ދެލޯ ބޮޑުކޮށްގެން ކޮޓަރީގެ އެކި ދިމަދިމާއަށް ބަލަމުން ދިޔައެވެ. ކުލިއަކަށް މުޅި ކޮޓަރިތެރޭ ގުގުމައިގެން ދިޔައީ އަންހެން ކުއްޖެއްގެ ވޭނީ ރުއިމުގެ އަޑެވެ. އެ އަޑު އަންނަނީ ފާރުތަކުގެ ތެރެއިން އެކޯ ވެގެން އަންނަ ފަދަ ގޮތަކަށެވެ.

ޖަޒްލާ އޭނާގެ ކަންފަތްމަތީ އަތްއެޅިއެވެ. ނަމަވެސް އެ އަޑު މަޑުވާގޮތެއް ނުވިއެވެ. އައީ ހައްތަހާ ބާރުވަމުންނެވެ. އެ އަޑު ބާރުވަމުންގޮސް ޖަޒްލާގެ ކަންފަތް ފަޅައިގެން ދާވަރަށް ބާރުވިއެވެ. އެންމެ ފަހުން ކެތް ނުވެގެން ޖަޒްލާ ކޮޓަރިން ބޭރަށް ދުއްވައިގަތެވެ. އޭނާއަށް ހީވީ އެ އަޑު އޭނާގެ ފަހަތުން އަންނަ ހެންނެވެ. އެހެން ކަމުން މަޑުކޮށްނުލާ ގެއިންވެސް ބޭރަށް އޭނަ ނުކުމެއްޖެވެ. ފަޔަށް ލެވުނުހާ ބާރެއް ލާފައި އޭނާ ދުވަމުން ދިޔައީ ވަކި މިސްރާބެއް އޮވެގެންނެއް ނޫނެވެ. ނަތީޖާއަކަށް ވީ މަގުއޮޅިގެންގޮސް ޖަންގަލި ތެރެއަށް ވަދެވުމެވެ.

ވާނުވާ އެނގުނު އިރު އޭނާއަށް ހުރެވުނީ ބޯކޮށްހެދިފައިހުރި ކަށިކެޔޮ ގަސްތަކެއްގެ މެދުގައެވެ. ޖަޒްލާ ހީވަނީ ބިރުން ވިރިގެން ގޮސްދާނެހެންނެވެ. ފުންކޮށް ނޭވައި ލަމުން ވަށައިގެން ފެންނަމުންދިޔަ އަނދިރި މަންޒަރު ތަކަށް ބަލަން ޖަޒްލާ ހުއްޓެވެ. އެއިރު ރުއިމުގެ އަޑު ވަނީ ކެނޑިފައެވެ.

މަޑުމަޑުން ވަށައިގެން ފެންނަމުންދިޔަ މަންޒަރު ފުސް ވާން ފެށިއެވެ. އައި ނައި ދިމާއެއް ނޭނގި އޮލަ ދުންތަކެއް މުޅި ސަރަހައްދަށް ފެތުރިގަތެވެ. ޖަޒްލާ އަޑުގެ ކޮޅަށް ހަޅޭލަވަމުން ދިޔައެވެ. ނަމަވެސް އެ އަޑު އިވޭނީ ކާކަށް ހެއްޔެވެ؟

ޖަޒްލާގެ ވަށައިގެން ވަނީ އޮލަ ދުންތަކެވެ. ކުރިއަށް އެންމެ ފިޔަވަޅެއްވެސް އަޅަން ނުކެރިފައި ޖަޒްލާ ހުރީ ދެން ވާނެ ގޮތް ނޭނގޭތީއެވެ.

އެ މާހައުލު ހަމަހިމޭންކޮށް އޮތީ ކުޑަ އިރުކޮޅަކަށެވެ. އަނެއްކާވެސް ގިސްލުމުގެ އަޑު އިވެން ފެށިއެވެ. މި ފަހަރު އެ އަޑު އައީ ޖަޒްލާގެ ފުރަގަހުންނެވެ. ޖަޒްލާ ސިހިފައި ފަހަތަށް އެނބުރިލިއެވެ. އޮލަ ދުންތަކުގެ ތެރެއިން ކޮންމެވެސް މީހެއްގެ ހިޔަނި ފެންނަން ހުއްޓެވެ. ޖަޒްލާ ތަންކޮޅެއް ރަނގަޅަށް ދެލޯ ކުޑަކޮށްލަމުން ބަލައިލިއެވެ. އެވަގުތު ވަށައިގެންވީ އޮލަ ދުންތަށް މަޑުމަޑުން ތިރި ވާން ފެށިއެވެ. މަންޒަރު ސާފުވާން ފެށިއެވެ.

މަންޒަރު ސާފު ވެގެން ދިޔުމާއެކު ޖަޒްލާގެ ދެލޯ ދިޔައީ ތަންމިނަށް ހުޅުވިގެންނެވެ. އޭނަގެ ކުރިމަތީ ހުރީ ދެވަނަ އެހެން މީހެއް ނޫނެވެ. އެއީ ޝައިމާއެވެ. މުޅި މޫނާއި ގައިގާ ވަނީ ހުސް ލެއެވެ. އޭނަގެ އަތުގައި އޮތީ މަރުވެފައި އޮތް ފޫޅުވެސް ނުކަނޑާ ކުޑަ ކުއްޖެކެވެ. އެކުއްޖާވެސް އޮތީ ލެއިން ކަޅި ވެފައެވެ. މަޑު ގިސްލުމުގެ އަޑު އިވެމުންދިޔައީ ޝައިމާގެ އަނގައިންނެވެ. އަތުގައި މަރުވެފައި އޮތް ދަރިފުޅަށް ބަލަހައްޓައިގެން ހުރި ޝައިމާގެ ލޮލުން ހޯސްލާފައި ކަރުނަ އޮހޮރިގަތެވެ. ނޫނެކެވެ. އެއީ ކަރުނައެއް ނޫނެވެ. ޝައިމާގެ ލޮލުން ރޮނގަކަށް ފައިބަމުން ދިޔައީ ލެއެވެ.

އެހެން ހުރުމަށްފަހު ކުއްލިއަކަށް ޝައިމާ ބަލައިލީ ޖަޒްލާ އާ ދިމާއަށެވެ. މިހާރު އެ މޫނުމަތިން ފެންނަނީ ރުޅިވެރިކަމުގެ އިންތިހާއެވެ. ދެލޮލުން އަލިފާން ކަނި ބުރާ ކަހަލައެވެ.

“މިއޮތީ!! ބަލާބަލަ މިއޮތީ މަގޭ ދަރިފުޅު!” އަތުގައި އޮތް ކުއްޖާ އަށް އިޝާރާތްކުރަމުން ޝައިމާ ވާހަކަ ދެއްކިއެވެ. އޭނާގެ އަޑު އަންނަނީ އެކޯ ވަމުންނެވެ. “އަހަރެން ހާދަ އުއްމީދުތަކެއް ކުރީމޭ މި ދަރިފުޅަށް ޓަކައި!! އެކަމަކު ކަލޭ!… ކަލޭ މަގޭ ދަރިފުޅު މަރާލީ! ކީއްވޭ… ކީއްވެ ކަލޭ އެހެން ހެދީ!! އޭނ…؟”

ޝައިމާގެ އަޑު އައީ ހިނދެއް ހިނދަކަށް ގަދަވަމުންނެވެ. ހަމައެއާއެކު އޭނާގެ ރުޅިވެރިކަންވެސް ދިޔައީ ބޮޑުވަމުންނެވެ.

ޖަޒްލާ ހުރީ ގުޑިލަންވެސް ނުކެރިފައެވެ. މުޅި ގައި ވަނީ އައްސިވެފައެވެ. މޫނުމަތި ހީވަނީ ހުދު ކަފުނެއް ހެންނެވެ.

ކުއްލިއަކަށް ޝައިމާގެ ހަށިގަނޑަށް ބަދަލެއް އަންނަން ފަށައިފިއެވެ. ބަލަބަލާ ހުއްޓާ އޭނާގެ ހަށިގަނޑު ދިޔައީ ދިގުވަމުންނެވެ. 15 ވަރަކަށް ފޫޓަށް ދިގުވުމަށްފަހު ދެން ދިގުވާން ފެށީ ޝައިމާގެ ދެއަތެވެ. އެއިރު އޭނާގެ ހަމުގެ ކުލަވެސް ދިޔައީ ގަދަ ކަޅު ކުލައަށް ބަދަލުވެ ލޮނދިވަމުންނެވެ. އިރުކޮޅަކުން ޝައިމާގެ ދެ އަރިކައްޓާ ދިމާއިންނާއި ބުރަކަށިންވެސް އަތް ތަކެއް ނުކުންނަން ފަށައިފިއެވެ. ނޫނެކެވެ. އެއީ އަތް ތަކެއް ނޫނެވެ. ބޯވާ ފައިތަކެކެވެ. އެ ފައިތަށް ދިގުވެ ސޫރަ މުޅިން ބަދަލުވިއިރު ޖަޒްލާގެ ކުރިމަތީ އޮތީ ބޮޑު ބޯވާއެކެވެ. އުސްމިންވެސް ޖަޒްލާގެ 3 އިސްކޮޅަށްވުރެ ބޮޑެވެ. ރަތްކުލައިގެ ރުޅިވެރި ދެލޯ އަމާޒުވެފައި ހުރީ ޖަޒްލާ އާއި ދިމާއަށެވެ.

އެ މަހުލޫގު އެހެން އޮތީ އިރުކޮޅެއް ވަންދެންނެވެ. ފާޑަކަށް ހޭރިގަތުމަށްފަހު ޖަޒްލާއާ ދިމާއަށް ފުންމައިގަނެއްޖެއެވެ……

“މަންމާތް!!” ޖަޒްލާ ކަރުބުޑުން ހަޅޭ ލަވައިގަތެވެ. ހަމަ އެއެއާއެކު ލޯ ހުޅުވާލެވުނެވެ. ނަމަވެސް އޭނަގެ ހަޅޭކަކަށް ވަކި ބަދަލެއްވެސް ނާދެއެވެ. ޔައީޝްއަށްވެސް ސިއްސައިގެން ގޮސްފައި ހޭލެވުނެވެ. އެއިރު ޖަޒްލާ އޮތީ ރޯށެވެ. މުޅި ހަށިގަނޑު ތުރުތުރު އަޅަމުން ދިޔައެވެ.

ޔައީޝް އަވަސް އަވަހަށް ބޮކީގެ އަލި ގަދަ ކޮށްލިއެވެ. އަދި ޖަޒްލާ ނަގާ އޭނާގެ މޭއާލާ ބޮނޑިކޮށްލިއެވެ. އެއިރު ޖަޒްލާ ދިޔައީ ގިސްލަ ގިސްލާފައި ރޮމުންނެވެ. ހަށިގަނޑަށް އަންނަމުން ދިޔަ ލޮޅުން ޔައީޝްއަށްވެސް އިހުސާސް ކުރެވެމުންދިޔައެވެ. އޭނާ މަޑުމަޑުން ޖަޒްލާގެ ބޮލުގައި ފިރުމާލިއެވެ. ޖަޒްލާ ޔައީޝްގެ ޓީޝާޓުގައި މޫނު އަޅައިގެން އޮވެ ރޮމުން ދިޔައެވެ.

“ކިހިނެއްވީ؟” ޔައީޝް، ޖަޒްލާ ގަޔާ ދުރުކޮށްލަމުން ކަރުނަ ފޮހެދިނެވެ.

“ހުވަފެނެއް!! ވަރަށް ވަރަށް ބިރުވެރި ހުވަފެނެއް!!” ތުރުތުރު އަޅާ އަޑަކުން ޖަޒްލާ ބުންޏެވެ. ޔައީޝް އަނެއްކާވެސް ޖަޒްލާ އޭނާގެ ގަޔާލާ ބޮނޑި ކޮށްލިއެވެ. އޭނާގެ ހިތް، މި ނިކަމެތި ކުއްޖާއާ ދޭތެރޭ ހަމްދަރުދީއިން ފުރުނެވެ.

އެރޭ ދެމީހުންކުރެ އެކަކަށްވެސް ދެން ނުނިދުނެވެ. ފަތިސް ނަމާދު ބަންގޮ ގޮވީވެސް އެ ދެމީހުން ހޭލާ ތިއްބައެވެ….

***

ހެނދުނުވެގެން އައިރު ޖަޒްލާ ކުޑަކޮށް ހަމަޖެހުނެވެ. ރުއިން ހުއްޓާލިއެވެ. ނަމަވެސް އެ މޫނުމަތިން އަދިވެސް ފެންނަނީ ސިހުމެވެ. ބިރުވެރިކަމެވެ.

“ޔައީޝް ދަރިފުޅާ! ދޭބަލަ ފިހާރައަށް ގޮސް މިރުސް ކޮޅެއް ގަނެދޭން!!” ސީމާ ބުންޏެވެ.

“މަންމާ!” ޔައީޝް ނުކުމެގެން ދަމުން ބަދިގޭގައި ހުރި ސީމާއަށް ގޮވާލިއެވެ. “ޖަޒްލާ އެބައިން ރޫމްގަ! ބަލައްޗޭ!”

“އާނ! މިދަނީ ކިރުތަށި ހިފައިގެން!….”

***

ޖަޒްލާ ދެފައި ގެނެސް މޭގައި ޖައްސާލަމުން އެންދުގެ ފަޑީގައި ލެނގިލިއެވެ. އޭނާގެ ލޮލުން ކަރުނަ އޮހޮރެމުން ދިޔައެވެ. ހިތް ބާރަށް ތެޅެމުންދިޔައެވެ. ޔައީޝް ހާސިލުކުރުމަށްޓަކައި މާޒީގައި ޖަޒްލާވަނީ އެތަށް ގުރުބާނީތަކެއްވެފައެވެ. އެތަށް އޮއެގަދަ ކަނޑުތަކެއްގައި ފަތާފައެވެ. އެތަށް ކަރުނައެއް އޮހޮރާފައެވެ. މިއަދު އޭނާއާ ކުރިމަތިލަމުން އެދަނީ އަމިއްލަ އެދުމުން ފޯވެހުރެ އޭނާ ކުރި ނޭދެވޭ އަމަލުގެ ނަތީޖާއެވެ. ޖަޒްލާ ގިސްލަ ގިސްލާފައި ރޯންފެށިއެވެ. އޭނާގެ ކުށް އޭނައަށް ވިސްނިއްޖެއެވެ. މިކަމުން ސަލާމަތްވަނީ ދެން ކޮންގޮތަކުންބާއެވެ؟ ޔައީޝްގެ ގާތުން މާފަށް އެދޭނެހާ ހިތްވަރެއް ޖަޒްލާގެ ނެތެވެ. އިތުރު މީހަކަށް މި ސިއްރު ކިޔައިދޭނެހާ ހިތްވަރެއްވެސް ނެތެވެ. ޔައީޝް އޭނާ ނެރެ އެއްލާލާނެކަން ކަށަވަރެވެ. ޖަޒްލާގެ ސިއްރު އެނގޭ ކޮންމެމީހަކުވެސް ބުނާނީ ޖަޒްލާއަކީ އަމިއްލައެދުން ބޮޑު މީހެއް ކަމަށެވެ. ޖަޒްލާ ޖެހިލުންވާ ސަބަބަކީ އެއީއެވެ. އޭނަގެ އަގު ވެއްޔާ މޮޑެވިގެން ދާނެތީއެވެ.

ޖަޒްލާ ކޮޓަރީގެ އެކިތަންތަނަށް ނަޒަރު ހިންގާލިއެވެ. ހަމައެއައެކު އޭނާގެ ލޮލުގައި އަޅައިގަތީ ޑްރެސިންގް ޓޭބަލް މަތީގައި ބަހައްޓަފައި ހުރި ޝައިމާގެ ފޮޓޯއެކެވެ. ޖަޒްލާގެ ދެ ބުމަ ގޮށްޖެހުނެވެ. ތުންފިއްތާ ބާރުކޮށްލިއެވެ. އަދި އެނދުން ތެދުވެގެން ގޮސް ފޮޓޯގަނޑު ނެގިއެވެ. އަދި މޭޒުމަތީއޮތް ކަޓަރު ފޮޓޯގަނޑުގައި ބާރުބާރަތަށް ކާއްތަން ވެށިއެވެ. ޖަޒްލާގެ ހަށިގަނޑު ތުރުތުރު އަޅަމުންދިޔައީ ރުޅި ގަދަވެފައި ހުރިލެއް ބޮޑުކަމުންނެވެ. ދަތްތަށްވެސް ފިއްތާ ބާރުކޮށްފައި ހުރިވަރުން ހީވަނީ ބިންދަ ބިންދައިގެން ގޮސްފާނެހެންނެވެ.

ބިސްގަނޑަކާއި ކިރުތައްޓެއް ހިފައިގެން ސީމާ އައިސް ކޮޓަރިއަށް ވަނީ އެވަގުތެވެ. ޖަޒްލާ ސިހިފައި ސީމައަށް ބަލައިލިއެވެ. އަދި އަތުގައި އޮތް ކަޓަރު އަތުން ދޫވެގެން ވެއްޓުނެވެ.

“ދަރިފުޅާ ޖަޒްލާ!” ސީމާ ހައިރާންވެފައި އެހިއެވެ. “ކީއްތިކުރަނީ؟” ސީމާ ގޮސް ތަށިތަށް ސައިޑް ޓޭބަލްމަތީ ބެހެއްޓުމަށްފަހު ޖަޒްލާ ކައިރިއަށް ދިޔައެވެ. އެއިރު ޖަޒްލާގެ އަތުގައި އޮތް ފޮޓޯ ގަނޑު އޮތީ ކުދިކުދި ވެފައެވެ. ސީމާ ޖަޒްލާގެނެސް އެނދުގައި ބޭނދިއެވެ. އަދި އެކިއެކި ވާހަކަދައްކަމުން ކާނދެވޭތޯ އުޅުނެވެ. ޖަޒްލާގެ ރުޅިގަނޑު މައިތިރިވާން އިރުކޮޅެއް ނެގިއެވެ.

 ޖަޒްލާގެ ސިކުނޑިއަށް ލިބިފައިވާ ޝޮކްގެ ސަބަބުން އޭނާގެ ވިސްނުމަށްވަނީ ބޮޑެތި ބަދަލުތަކެއް އައިސްފައެވެ. މާ އަވަހަށް ރުޅިގަދަ ވަނީއެވެ. މާ ބޮޑަށް ބިރުގަންނަނީއެވެ.

***

ޖަޒްލާއަށް ކާންދީ ނިންމާލުމަށްފަހު ތަށިތަށް ހިފައިގެން ސީމާ ހިގައިގަންނައިރަށް ޖަޒްލާ ސީމާގެ ހެދުމުގައި ހިފެހެއްޓިއެވެ.

“އޭތި އައިސް އަހަރެން ކާލަ ފާނެ! ނުދޭ!” ޖަޒްލާ ކުޑަކުއްޖެއް ފަދައިން ތުންދަމާލިއެވެ. ސީމާ ޖަޒްލާ ކައިރީ އިށީނދެލިއެވެ.

“ކޯއްޗެއްތަ ޖަޒްލާއަށް ފެނުނީ؟!” ސީމާ ޖަޒްލަގެ ބޮލުގައި ފިރުމާލިއެވެ.

“ފާޑެއްގެ ހަޑިހަޑި އެއްޗެއް! ހީވަނީ ބޯވާ އެއްހެން!” ޖަޒްލާ ކުޑަކުއްޖެއްފަދއިން އަތުން ހަރަކާތްކުރަމުންދިޔައެވެ. “މިތާ، ހަމަ މިތާ އޭތި އޮތީވެސް! ލޯވެސް ހުރީ ދިއްލިފަ!”

“މަންމަ އެބައަންނަން މި ތަށިތައް ލާފަ! 1 މިނެޓް!” ސީމަ ތެދުވެ ހިނގައިގަތެވެ. ނަމަވެސް ތަށިމުށިމަތީހުރި ދަވަ ގަނޑަކަށް އޭނާގެ ފައި އެރުމާއެކު އޭނަ ކައްސާލައިގެން ނުވެއްޓުނީ ކިރިޔާއެވެ. ސީމާ، ފާރުގައި އަތް އަޅުވާލަމުން ހަމަޖެހިލިއެވެ. ޓައިލްސް ތަކަށް ބަލައިލިއެވެ. އެވަގުތު ފާހާނާ ދިމާއަށް ގޮސްފައި ހުރި ލޮނދި ފަށަލަ އޭނާގެ ލޮލުގައި އަޅައިގަތެވެ.

ތަށިތައް ބެހެއެއްޓުމަށްފަހު ސީމާ ގޮސް ފާހާނަ ހުޅުވާލީ މަޑުމަޑުންނެވެ. ކުޑަކުޑަކޮށް ހުޅުވާލުމަށްފަހު އެތެރެ ބަލައިލިއެވެ. އެވަގުތު ފެނުނު މަންޒަރަކުން އޭނާގެ ހިތް ނުހުއްޓުނީ ކިރިޔާއެވެ…….

ނުނިމޭ

Share Article

Follow Me Written By

Hoody

Level 310 Stories100 Comments

Other Articles

Previous

ފަނާ 21

Next

ކަޅު ފިނިފެންމާ… 17 ވަނަ ބައި (ފަހު ބައި)

Next
June 8, 2015

ކަޅު ފިނިފެންމާ… 17 ވަނަ ބައި (ފަހު ބައި)

Previews
June 7, 2015

ފަނާ 21

44 Comments!

  1. Hoody says:
    June 7, 2015 at 10:12 pm

    Mi bai vex kamudhaane kamah ummeedhu kuran… 🙂

  2. neel says:
    June 7, 2015 at 10:30 pm

    Varah reeeethi mivaahaka

  3. zaa says:
    June 7, 2015 at 10:36 pm

    Ma first vvvvvvv nice konirakun next part hoody

  4. naj says:
    June 7, 2015 at 10:39 pm

    Vara reethi …..maasha Allah..konirakun next part

  5. neem says:
    June 7, 2015 at 10:40 pm

    Maasha allah.. vaahaka v v reethi
    Rangalhu, jaLa ah eyna kuri kushuge adhabu furihama ah dheythi..
    Waiting for the next part

  6. flower says:
    June 7, 2015 at 10:40 pm

    story up veytho balabalaa indha up kohdhiny..Thanks Hoody…. V reethi mi part vess..waiting for de nxt part

  7. iris says:
    June 7, 2015 at 10:47 pm

    V v reethi… In irakun next part… Hoody ur the best

  8. yum says:
    June 7, 2015 at 10:48 pm

    Aaww vrh vrh rythi story eh..

  9. juma says:
    June 7, 2015 at 10:50 pm

    Wow hoody ur the best

  10. nathoo says:
    June 7, 2015 at 10:55 pm

    Vvvvv reethi☺

  11. shiuna says:
    June 7, 2015 at 10:58 pm

    Oh wow oh wow wooow salhi varah hoody

  12. Someone says:
    June 7, 2015 at 11:00 pm

    this is the best story ever

  13. mal says:
    June 7, 2015 at 11:01 pm

    V.reethi..

  14. shiaa says:
    June 7, 2015 at 11:03 pm

    alhe kiyaa hithun indhaa e nimuny. when next part

  15. zaara says:
    June 7, 2015 at 11:10 pm

    Varah reethi vaahaka.

  16. Hoody says:
    June 7, 2015 at 11:12 pm

    Thnkx all…
    next part maadhan In Sha Allah…

  17. yaaya says:
    June 7, 2015 at 11:13 pm

    Reethi

  18. yaaya says:
    June 7, 2015 at 11:13 pm

    Reethi

  19. Hudhu says:
    June 7, 2015 at 11:15 pm

    .Vaahaka varah reethi. Keep it up.

  20. Hoody says:
    June 7, 2015 at 11:22 pm

    Thnkx yaaya and hudhu…

  21. rua says:
    June 7, 2015 at 11:30 pm

    Oh my god!!! Mivaahaka haadha reechhey!!!! I love that it uploads everyday.. Happiness!!! Can’t wait for the next part

  22. Jenny says:
    June 7, 2015 at 11:40 pm

    My part vzz v v v reethi hoody next part vvvv. Avaha update koh dheebr your the best goody.. . .

  23. Jenny says:
    June 7, 2015 at 11:42 pm

    Swry. Hoody

  24. Jenny says:
    June 7, 2015 at 11:43 pm
  25. hudhaa says:
    June 8, 2015 at 12:03 am

    ….. thihen nahadhaje hoody…. kommeh myhakahves life ga mistake hedheyneh as they re human beings… so they also deserve a second chance so give zaxlaa ah second chance eyrun story varah salhivaanehhh… ….

  26. niyasa says:
    June 8, 2015 at 1:38 am

    Varah reeth ekamu varah biruganey ehbamihaar mivaahaka kiyan.. Vvvvv reethi ekamuves

  27. roo says:
    June 8, 2015 at 12:39 pm

    Hoody thi kuraa Kamaku dhn nukereyne faahaanayah ah vannaakah vs.. Hehe.. Story I’d superb

  28. shafu says:
    June 8, 2015 at 12:50 pm

    its a different story but v nice…:);)
    waiting for next part….!

  29. Juma says:
    June 8, 2015 at 1:29 pm

    Wow love the story. Plx upload the next part

  30. Butterfly girl says:
    June 8, 2015 at 1:43 pm

    Hoody ur the best. Love ur stories. Keep it up

  31. nishy says:
    June 8, 2015 at 2:08 pm

    Vvvvvvv reeeeth Mi vaaahaka.. knme dhuvahaku kiyaaalan libeytheee adhi v happy ve.. hoody is the best

  32. Nabhaan says:
    June 8, 2015 at 5:03 pm

    wow…mibai vx vrh salhi thnkw dear

  33. kiaraa says:
    June 12, 2015 at 5:59 pm

    hey Hoodhuuuuuuuuuuuu…. i think i know you… i also have a best friend called Hoodh Ibrahim… any ways your storyx are nice… kia ves miulheny Hoodh kahala liyun theri akah vvvv avahah vaan…. Hoody … your vvvvvv friendly to us…. i have a question. school gatha ulheny?????????????????

  34. noon says:
    June 23, 2015 at 1:02 pm

    koba update nukuranytha?? so sad.. plz update fast

  35. Ram says:
    July 24, 2015 at 9:40 am

    I started reading this story n hama habeys. Ekam so sad I couldn’t find next part?? Hoody mi story adhi update nukuranytha. ?

  36. Maisha says:
    August 21, 2015 at 3:50 pm

    i really wanna read the ending ! when can u upload 🙁

  37. ijaa says:
    December 16, 2015 at 11:45 am

    alhey kobaatha myge aneh episode…ija mivaahaka varah kiyaahithun myny…i just love this story…plx avahah upload kohdhyba..

  38. xoo says:
    June 26, 2016 at 9:16 pm

    16TH mee emme fahu baitha? nimey bai kiyaalan beynun

  39. Sha. Sha says:
    July 18, 2016 at 12:42 pm

    16th yaa jehigen inna part koba???

  40. Enaash says:
    August 3, 2016 at 6:20 pm

    Where is next episode

  41. shaky says:
    August 28, 2016 at 4:32 pm

    Asluves mivaahakaige nimun kobaatha?

  42. Yal says:
    February 2, 2018 at 3:46 pm

    Where is next part

  43. rash says:
    March 7, 2018 at 6:53 am

    alhey mihishaabah aisanimuneetha mivaahakaage ehmereethibai neh

  44. Jasmine says:
    December 21, 2018 at 1:46 am

    Vaahaka ninmabala plx

Comments are closed.


All Right Reserved!