Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ
ބިރުވެރިލޯބި

ކަޅު ފިނިފެންމާ… 14 ވަނަ ބައި

Hoody Level 310 Stories100 Comments
June 6, 2015 4 Mins Read
59 Comments

ޝައިމާ ދެލޯ މަރާލީ ލިބިނު އަރާމަކުންނެވެ. ހަށިގަނޑަށް ފިނިވެ ހާސްކަން ކުޑަވިއެވެ. އިރުކޮޅެއްފަހުން ލޯ ހުޅުވާލުމާއެކު އޭނާ ސިހުނީ ކުރިމަތީހުރި 5 ވަރަކަށް އަހަރުގެ ކުޑަ ފިރިހެން ކުއްޖާ ފެނިފައެވެ.

އާންމުކޮށް ރާއްޖެއިން ނުފެންނަފަދަ ސިފަތަކެއް އޭނާގެ ކިބައިން ޝައިމާއަށް ފެނުނެވެ. ނޫކުލައިގެ ކަޅިއަކާއި ރަންކުލައިގެ ފަން އިސްތަށިކޮޅެކެވެ. ހަންގަނޑުގައިވެސް ވަނީ ޔޫރަޕިއަނުންގެ ހުންނަފަދަ ހުދު ކުލައެކެވެ.

އެ ކުޑަ ފިރިހެން ކުއްޖާ ހުރީ ދެއަތް ފުރަގަހަށް ލައިގެންނެވެ. ޝައިމާގެ މޫނަށް ބަލަހައްޓައިގެން އިރުކޮޅަކު ހުރުމަށްފަހު އޭނާގެ އަތުގައި އޮތް ކަޅު ފިނިފެންމާ ޝައިމާ އަށް ދިއްކޮށްލިއެވެ. ނަމަވެސް އެއްވެސް ހިނިތުންވުމެއް އެ މޫނުމައްޗަކު ނުވެއެވެ. ޝައިމާ ހީކުރީ މިއީ މިރަށަށް އައި ޓޫރިސްޓުންގެ ތެރެއިން މީހެއްގެ ދަރިއެއް ކަމަށެވެ.

ޝައިމާ އެ ފިނިފެންމަލުގައި ހިފާލީ ހައިރާންވެހުރެއެވެ. ކަޅުކުލައިގެ ފިނިފެންމަލެއް އޭނާގެ ހަޔާތުގައި ހަމަލޮލުން ފެނުނު މިއީ ފުރަތަމަފަހަރެވެ. ޝައިމާ އެ ފިނިފެންމާ މޫނާ ކައިރިކޮށްލުމަށްފަހު އޭގެ ތާޒާ ފިޔަތަކުގައި ފިރުމާލިއެވެ. ކުދިކުދި ޝަބްނަމްތިކިތައް އެ މަލުގެ ފިޔަތަކުގައި ވިދަމުންދިޔައެވެ. ތަނޑީގައިވާ ބޮޑެތި ކުލަގަދަ ފަތްތައް ހީވަނީ ޕްލާސްޓިކް ފަތްތަކެއްހެންނެވެ. ތަނޑުގައިވާ ނުފޮޅޭ ކުޑަ މަލުގެ ސަބަބުން އެ ކަޅުފިނިފެންމަލަށް އިތުރު ފުރިހަމަކަމެއް ގެނުވައެވެ. ކޮންފަދަ ތާޒާ ކަމެއްހެއްޔެވެ؟ ހަމަ ދެންމެ ބިނދެލައިގެން ގެނައިފަދައެވެ.

ޝައިމާ ދެން ބަލައިލީ  އެ ކުއްޖާއަށެވެ. ނަމަވެސް މިހާރު އެއްކުއްޖާ ފެންނާކަށްނެތެވެ. އެހާ އަވަހަށް އެވަނީ ކޮންތާކަށްހެއްޔެވެ؟ ޝައިމާ މަގުގެ ދެކޮޅު ބަލައިލިއެވެ. ނަމަވެސް އެ ކުއްޖާގެ އެއްވެސް ހިލަމެއް ނުވިއެވެ.

ޝައިމާ މަޑުމަޑުން އެ ފިނިފެންމާ ނޭފަތާކައިރިކޮށްލިއެވެ. ނޭވާ އެތެރެއަށް ދަމާލީ ވަސް ބަލާލުމައްޓަކައެވެ. ނަމަވެސް އޭނަގެ ބޮލަށް އެނބުރުން އަރަންފެށިއެވެ. ބަނޑުގައި ތޫނު ތަދެއް ފެތުރެންފެށިއެވެ. ޝައިމާ އެތެރެއަށް ދަމާލި ނޭވާ ބޭރަށް ދޫކޮށްލަންވެސް ނުކެރި ގަނޑުވެފައި ހުރީއެވެ. ކުއްލިއަކަށް ބަޑުގައިވާ ދަރިފުޅު ތެޅިލިއެވެ. އެ އިހުސާސް މުޅި ހަށިގަނޑަށް ކުރުވިއެވެ.

މި ހުރިހާ ކަމެއް ހަމައަކަށް އެޅުނީ އިރުކޮޅެއް ފަހުންނެވެ. އޭނާ ހީކުރީ މީ މުޅިން އަދައިގެ ކަމެއް ކަމަށެވެ. އެހެންކަމުން ވިސްނާލުމެއްވެސް ނެތި އޭނާ ހިނގައިގަތީ ގޭތެރެއަށް ވަންނާށެވެ.

އެވަގުތު އެތާހުރި ދިއްގާގަހުގެ ނިވަލުން އެއްކަލަ ކުޑަކުއްޖާ ނުކުތެވެ. އެއިރު އޭނާގެ ތުންފަތަށް ވެރި ވެފައިވަނީ ވިހަ ހިނތުންވުމެކެވެ. އިރުކޮޅަކުން އެހެން ހުރުމައްފަހު ލުއި ދުންކޮޅަކަށްވެގެން ޖައްވުގެ ތެރެއަށް ފޭދިގެންގޮސް އެ ކުއްޖާ ގެއްލުނެވެ.

***

ޝައިމާ އެތެރެއަށް ވަން އިރު ޔައީޝް އިނީ ސޯފަގައި ޓީވީ ބަލާށެވެ. ސީމާ އޭނާގެ ކޮޓަރީގައި މޮޕް ލާން ހުއްޓެވެ.

“ދަރިފުޅު ބޭރުގަ ހުރެލާފަ ދޯ ތިއައީ!” ސީމާއަށް އެވަގުތު ޝައިމާގެ އަތުގައި އޮތް ފިނިފެންމާ ފެނުނެވެ. “މީ ކާކު ދިން އެއްޗެއް؟”

“ދެންމެ މަގުމަތީ ހުއްޓާ ކުޑަކުއްޖަކު ދިން އެއްޗެއް!” ޝައިމާ އެމަލުގެ ފިޔަތަކުގައި އިނގިލި ޖައްސާލިއެވެ. “ބޭރު ކުއްޖެއް!” ޔައީޝްވެސް ބަލައިލީ ޝައިމާގެ އަތުގައި އޮތް މަލަށެވެ.

ޝައިމާ ކޮޓަރިއަށް ގޮސް އެ މާ، ވާސް އެގެ ތެރެއަށް ޖަހާލިއެވެ. އެ ކޮޓަރީގައި ވަނީ މުޅިންވެސް މަސްނޫއީ މާތަކެވެ. ޕްލާސްޓިކް މާތަކުގެ ތެރެއިން އެ ކަޅު ފިނިފެންމާ ފެންނަލެއް ނުހަނު ތަފާތެވެ.

***

ރޭގަނޑު 8 ޖެހިއިރު ޔައީޝް އާއި ޝައިމާ ތިބީ މަގުމަތީގައެވެ. ދެ މީހުންގެ މިސްރާބު ހުރީ ހޮސްޕިޓަލާ ދިމާއަށެވެ. ޔައީޝްގެ ކަނާއަތް ވަނީ ޝައިމާގެ އުނަގަނޑުގައި އަޅުވާލެވިފައެވެ.

ޝައިމާއަށް ވަރަށް ތަފާތު އިހުސާސްތަކެއް ކުރެވެމުންދިޔައެވެ. ބަނޑަށް އުނދަގޫވަނީއެވެ. އިރުއިރު ކޮޅުން ދަރިފުޅު ތެޅިލައެވެ. ތޫނު ތަދެއް ފެތުރިގަނެއެވެ. ނަމަވެސް މިއީ ވިހާ ދުވަސް ކައިރި ވެފައިވާތީ ވާ ގޮތް ގޮތް ކަމަށް ޝައިމާ ހީކުރިއެވެ. އޭނާ ނިންމީ މިއީ އާދައިގެ ކަމެއް ކަމަށެވެ.

***

ބަނޑުގައި ޖެލް ހާކާލުމަށްފަހު ޝައިމާގެ ބަނޑު ސްކޭން ކުރަންފެށިއެވެ. ސްކްރީނުން ކުޑަ ދަރިފުޅު ފެނުނުވަގުތު ޝައިމާގެ ހިތަށް ފިނިކަން އިހުސާސްކުރެވުނެވެ. ދަރިފުޅުގެ ސިއްޙަތު ރަނގަޅުކަން އެނގުމުން އޭނަގެ ހުރިހާ ހާސްކަމެއް ފިލައިގެން ދިޔައެވެ. ދެލޮލުން އުފާވެރިކަމުގެ ކަރުނަ އައެވެ. ޔައީޝްވެސް އިނީ އޭނާގެ ދަރިފުޅު ފެނުމުގެ ސަބަބުން އުފާވެ، ބަސް ހުއްޓިފައެވެ. އެ ރީތި ތުންފަތަށް ވެރިވެފައިވަނި ހިތްގައިމު ހިނިތުންވުމެކެވެ.

***

“ކޮބާ އެއްވެސް މައްސަލައެއް ފެނުނުތަ؟” ގެއަށް އައުމާއެކު ސީމާ ސުވާލުކުރަންފެށިއެވެ.

“ނޫން! ހުރިހާކަމެއްވެސް ބަރާބަރުކަމަށް ޑޮކްޓަރ ބުނީ! ދެން ހަފްތައެއްހާ ދުވަހުގެ ތެރޭގައި ވިހާފާނެޔޯ!” ޔައީޝް ޝައިމާ ސޯފާގައި ބޭނދިއެވެ.

“އެންމެ ފަހުން މަންމަގެ ހުފަންފެންވެސް ހަގީގަތަކަށް ވަނީ!” ސީމާ ޝައިމާ ކައިރި ސޯފާ ގައި އިށީންއިރު އެ ދެލޮލުން އުފާވެރިކަމުގެ ކަރުނަ ހިލިފައި ވެއެވެ. ޝައިމާވެސް މައިދައިތަގެ މި އުފަލުގެ ސަބަބުން ހިނިތުންވެވުނެވެ. އެ ރީތިމޫނަށް އިތުރު ފުރިހަމަކަމެއް ވެރިވެގެންދިޔައެވެ.

ވަރުބަލިވެ ލޮޑުވެފައިވުމުން ޝައިމާ ދިޔައީ ކޮޓަރިއަށެވެ. ޔައީޝްވެސް ޝައިމާގެ ފަހަތުން ކޮޓަރިއަށްވަދެ ދޮރު ލެއްޕިއެވެ. ހެދުން ބަދަލުކޮށްލުމަށްފަހު އެނދުގައި އޮށޯވެލިއެވެ.

“މާދަން އޮފީހަށްގޮސް ޗުއްޓީއެއް ނަގާނަން! ޝައީ ވިހާ ދުވަސް ކައިރިވާއިރު ޖެހޭނެއެއްނު އަހަރެންވެސް ޝައިމާ ގާތު ހުންނަން!” ޔައީޝް ލެޕްޓޮޕް ހުޅުވާލަމުން އެނދުގައި އިށީނދެލިއެވެ. ޝައިމާއަށް ޖަވާބެއް ނުދެވިއުޅެނިކޮށް ދެލޮލަށް ބަރުވެގެންގޮސް ދެލޯ މެރުނެވެ. ފުން ނިންޖެއްގެ ތެރެއަށް ދަމައިގަތެވެ.

***

މެންދަމުން އަލިވެ 2 ޖަހަނީއެވެ. ޝައިމާއާއި ޔައީޝް ތިބީ ފުން ނިންޖަކުން ނިދާފައެވެ. އެ ކޮޓަރިތެރެއަށް ވެރިވެފައިވަނީ ނިދާބޮކީގެ ފަނޑު ފެހި އަތްޔެވެ. އޭސީގެ ފިނީގެ ސަބަބުން މުޅި ކޮޓަރިތެރޭގައި ވަނީ ތެތްފިނިކަމެކެވެ.

ވާސްގައި އިން ކަޅު ފިނިފެންމަލަށް ގުޑުމެއް އެރިއެވެ. ކަޅުކުލައިގެ ފިޔަތަކުގެ ތެރެއިން ލުއި ދުންތަކެއް އަރަންފެށިއެވެ. އިސާހިތަކު މި ދުންތައް އޮލަވެ ކޮންމެވެސް މަހުލޫގެއްގެ ސިފަ ޖެހެން ފަށައިފިއެވެ. މި ދުންކޮޅެއްފަދަ މަޙުލޫޤުގެ މިސްރާބު ހުރީ ނިދާފައި އޮތް ޝައިމާއާ ދިމާއަށެވެ. ވައިގެ ތެރޭ ދުވެލާފައި އައި ދުންކޮޅު ޝައިމާގެ ހަށިގަނޑުގެތެރެއަށް ވަނީ ނުހަނު ފަސޭހަ ކަމާއެކު އެވެ. ހީވީ ސްޕޮންޖެއްގެ ތެރެއަށް ފެން ފޮދެއް ދަމައިގެން ހެންނެވެ.

***

ހެނދުނު އިރުއެރިއިރުވެސް ޝައިމާ އޮތީ ނިދާފައެވެ. ޔައީޝް ތެދުވެގެން ގޮސް ފާހާނައަށް ވަނެވެ. އޮފީހަށްދާން ތައްޔާރުވެލުމަށްފަހު ޝައިމާގެ ކޮލަށް ދޮނެއް ދިނެވެ. ޝައިމާ އެސްފިޔަތަށް ތަޅުވާލަމުން މަޑުމަޑުން ލޯ ހުޅުވާލިއެވެ. އޭނާގެ މޫނުމަތިން އަދިވެސް ފެންނަނީ ނިދީޑިގެ އަސަރުތަކެވެ.

“ޓޭކް ކެއަރ އިނގޭ! ބީ ކެއަރ ފުލް!!” ޔައީޝް ޝައިމާގެ ބޮޑުވެފައިވާ ބަނޑުގައި ފިރުމާލަމަށްފަހު ކޮޓަރިން ނުކުތެވެ.

“ޝައިމާ ނުހޭލަނީތަ؟” ސީމާ ހުރީ ޔައީޝްއަށް ކޮފީ ގިރައިދޭށެވެ.

“މިދުވަސްކޮޅު ވަރަށް ވަރުބަލިވާތީ އުޅެނީ!! އެހެންވެ ކަންނޭނގެ އެހާ ގިނައިން ނިދެނީ!” ސީމާ ކޮފީތަށި ޔައީޝް ކައިރި ބެހެއްޓުމުން ޔައީޝް އޭގެން ކޯވަރެއް ބޯލިއެވެ. “އަހަރެން އޮފީހަށް ދިޔައިމަ މަންމަ ބަލާލައްޗޭ! އެއްޗަކަށް ބޭނުންވެފަ އޮވެދާނެ ނުބުނެވެސް!!”

***

ޖަޒްލާގެ މޫނުމަތިން އަނެއްކަވެސް ކުރިން ފެނުނު ފަދަ އުފާވެރިކަން ފެންނަން ފަށައިފިއެވެ. މީގެ ދުވަސްތަކެއް ކުރިން އޭނާ އުޅުނު ގޮތް ހަނދާން ހުރި ހެންނެއްވެސް ހިޔެއް ނުވެއެވެ. ވާނީވެސް އެހެންނެއް ނޫންހެއްޔެވެ؟ ޔައީޝް އޭނާގެ ހައްޤަކަށް ވާން ދެން މާ ގިނަ ދުވަހެއް ނުވެސް ނެތެވެ.

މިހާރު ޖަޒްލާގެ ހާއްސަ ކުލައަކީ ކަޅުކުލައެވެ. އަޅާ ހެދުމާއި މޭކަޕްއަށް ދަންދެން ބޭނުންކުރަނީ ކަޅުކުލައެވެ. އޭނާ ދެކޭ ގޮތުގައި އޭނާގެ ކާމިޔާބީގެ ކުލައަކީ އެއީއެވެ.

***

އޮފީހަށް ވަދެގެން އައިސް ކެބިންއަށް ވަންއިރު އެހެން ދުވަސްދުވަހެކޭ އެއްގޮތަށް މިއަދުވެސް ޖަޒްލާ އިނީ ހުސް ކަޅުކުލަ ބޭނުންކޮށްފައިވާ ހެދުންމެއް ލައިގެންނެވެ. މޭކަޕްވެސް ކޮށްފައިވަނީ ކަޅުކުލައިންނެވެ. މިހާރަކަށް އައިސް ޖަޒްލާ ކަޅުކުލައަށް ލޯބިކުރާކަން ޔައީޝްއަށް ފާހަގަކުރެވުނެވެ.

މިދުވަސްކޮޅު ޖަޒްލާގެ އެއްވެސް އުނދަގުލެއް ޔައީޝްއަކަށް ނުފޯރައެވެ. ކުރިން އުޅުނުހެން ޔައީޝްއަށް ގޮވަގޮވާފައެއްވެސް ނޫޅެއެވެ. އެހެންކަމުން ޔައީޝްއަށް މިހާރު އޮފީސްތެރޭގައި ތަންކޮޅެއް ހިތްހަމަޖެހިގެން އުޅެވެއެވެ.

ޖަޒްލާގެ ނުބައި ރޭވުން ބަލާމީހުންނަށް ފެންނާނެހެއްޔެވެ؟ އެ ޒީލަގަދަ ހިތުގައި ރޭވެމުންދާ ކަންތައްތައް އެނގޭނަމަ ޔައިޝް މިހާރު ޖަޒްލާ ނޮޅާލީހެވެ. ނަމަވެސް ޖަޒްލާގެ މޫނުމައްޗަކުން އެފަދަ އެއްވެސް ސިފައެއް ޔައީޝްގެ ކުރިމަތީގައި ފާޅެއް ނުކުރެއެވެ. ހަމައެހެންމެ މިހާރު އޭނާ ޔައީޝްއާ ގާތް ވާކަށްވެސް މަސައްކަތެއް ނުކުރެއެވެ. ޔައީޝް އޭނާގެ މީހަކަށް ވާނެކަން އޭނާއަށް ޔަޤީނެވެ.

***

ޝައިމާ ތެދުވަން މަސައްކަތްކުރިނަމަވެސް ބޯ އަނބުރާވަރުން ތެދުވާއިރަށް ގައިން ވަރު ހުސްވެއެވެ. ބަނޑަށް އުނދަގޫވާވަރުން މޯޅިޔަކަށް ދެމިލަންވެސް ޝައިމާއަކަށް ނުކެރުނެވެ. ދަރިފުޅު އިރުއިރުކޮޅާ ތެޅިގަނެއެވެ. ހީވަނީ ބަނޑުތެރޭގައި ހަނގުރާމައެއް ކުރަނީހެންނެވެ. ބައި ގަޑިއެއްހާއިރު އޮތުމަށްފަހު އޭނާ ކެތްކޮށްފައި އެނދުން ފައިބައިފިއެވެ. އެވަގުތު ބަނޑަށް ބަރުވެގެންދިޔައެވެ. ބޭއިޚްތިޔާރުގައި ބަނޑުގައި އަތް އަޅާލެވުނެވެ. ދެލޯ ފިއްތާ ބާރުކޮށްލެވުނެވެ.

***

ސީމާ ހުރީ ރޮށި ފިހާށެވެ. ކަންފަތަށް ހުރީ ހެޑްސެޓް ޖަހާފައެވެ. އިވެމުންދިޔަ ލަވާއާއެއްވަރަށް މަޑުމަޑުން ބޯ ތަޅުވަމުންދިޔައެވެ. އިރުއިރުކޮޅާ ލަވައިގެ ތަންކޮޅެއް ކިޔާލައެވެ.

***

ޝައިމާ ހިނގާލާފައި ގޮސް ވަނީ ފާހާނައަށެވެ. ލޯގަނޑުން އަމިއްލަ މޫނު ބަލާލިއެވެ. އެ ބޮޑު ދެލޯ ހުރީ ރަތްވެފައެވެ. ދެލޯ ވަށައިގެން ވާ ބައި އިހުނަށްވުރެ ކަޅުވެފައިވާހެން ހީވެއެވެ. މޫނުގެ ހަންގަނޑުގައި ކުދި ބިހި ނެގުމުގެ ސަބަބުން އޮމާންކަން ގެއްލިފައިވެއެވެ. ދަތް އުނގުޅަން ބުރުހިގައި ހިފާނެ ހާ ވަރުވެސް އެ ނާޒުކުއަތުގައި ނެތެވެ. ކުޑަގޮތަކަށް ތައްޔަރުވެލައިގެން ފާހަނައިން ނުކުމެ ތުވާލިން މުނު ފުހެލިވަގުތު ލޮލުގައި އަޅައިގަތީ މޭޒުމަތީ ހުރި ވާސްގައި އިން ކަޅު ފިނިފެންމަލެވެ. އެމަލުގެ ފިޔަތަކެއް ނެތެވެ. އިނީ ހުސް ތަނޑެވެ. ބިނމަތިންވެސް އެމަލުގެ ފިޔައެއް ފެންނާކަށް ނެތެވެ.

އޭނާ ހިނގައިގަތީ ކޮޓަރިން ބޭރަށް ނުކުންނާށެވެ. ފުރަތަމަފިޔަވަޅުއެޅުމާއެކު އޭނާ އަށް ހީވީ ބަނޑުގައި އެއްޗަކުން ޖެހިހެންނެވެ. ބަނޑު ތެޅިގަތްގޮތުން ޝައިމާވެސް ދިޔައީ އެއްލިގެންނެވެ. ތޫނުތަދެއް ބަނޑަށް ފެތުރެމުންދިޔައެވެ. ޝައިމާއަށް ދެލޯ މަރާ ފިއްތާލެވުނެވެ. ނަމަވެސް އެ ތަދުގަނޑު ފެތުރެމުންގޮސް މުޅި އުނަގަނޑަށްވެސް އަރައިފިއެވެ. އޭނާގެ ގައިން ވަރު ހުސްވެ އަރިއަޅާލިގޮތަށް  ވެއްޓުނީ އެނދު މައްޗަށެވެ. އެއީވެސް އޭނާގެ ނަސީބެވެ.

ޝައިމާ އިދިފުށަށް ދަމައިގަތެވެ. ދެލޯ ބޮޑުވެ ކަޅި މައްޗަށް އަރައިފިއެވެ. ނޭވައި ހާސްވެ ތެޅިފޮޅެން ފަށައިފިއެވެ. ބަނޑަށް ގުޑުން އަރަންފެށިއެވެ. ބަނޑުގެ އެކި ދިމަދިމާއިން ތަންތަންގަނޑު މައްޗަށް އަރައަރާފި ތިރިވަމުންދިޔައެވެ….

ނުނިމޭ

މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.

Share Article

Follow Me Written By

Hoody

Level 310 Stories100 Comments

Other Articles

Previous

ކަޅު ފިނިފެންމާ… 13 ވަނަ ބައި

Next

އެ ހަނދާން – 1

Next
June 7, 2015

އެ ހަނދާން – 1

Previews
June 5, 2015

ކަޅު ފިނިފެންމާ… 13 ވަނަ ބައި

59 Comments!

  1. Hoody says:
    June 6, 2015 at 7:02 pm

    Huh!!! 🙂 alhamdhu lillah…. varah masakkathun mi part mi up kurevunee… hope you all’ll like it!!! 🙂

  2. naj says:
    June 6, 2015 at 7:09 pm

    Vara reethi maasha Allah..ion irakun next part…n me first

  3. Hau Thu says:
    June 6, 2015 at 7:09 pm

    Mäï Shä

  4. Hammaadh says:
    June 6, 2015 at 7:12 pm

    Very nice… Avahah up kuraatheeve vrh kiyaa hihvey… Thnx hoody

  5. Hoody says:
    June 6, 2015 at 7:13 pm

    next part dhn maadhan dhw… mirey mulhin tired vejje mi part up kuran ulheulhe…. dhn nuliyeveyne mireaku…. so maadhan In Sha Allah… thnkx naj and hammaadh… 🙂

  6. rishu says:
    June 6, 2015 at 7:15 pm

    Salhi

  7. Mäï Shä says:
    June 6, 2015 at 7:15 pm

    Mi kiyannoo

  8. Hoody says:
    June 6, 2015 at 7:16 pm

    thnkx rishu 🙂

  9. hudhuna says:
    June 6, 2015 at 7:20 pm

    V salhi mi part ves . I love this story

  10. jenny says:
    June 6, 2015 at 7:27 pm

    V v v nice and please. update. Soon ..keep it up

  11. Hoody says:
    June 6, 2015 at 7:27 pm

    thnkx hudhuna and jenny… 🙂

  12. nihaa says:
    June 6, 2015 at 7:32 pm

    V reethi…

  13. Hoody says:
    June 6, 2015 at 7:36 pm

    thnkx nihaa 🙂

  14. rose says:
    June 6, 2015 at 7:43 pm

    Varah reethi. Ekamu e Jazla rangalhu filaavalheh dheynvaane. Eyrun dhen hih hama heheyni. Thanx

  15. samma says:
    June 6, 2015 at 7:47 pm

    Varah salhi wow… …nice story. . Dhn udhagooo dhw ehaaa avahah vaahaka upload kuran dhw… kiyavaa kujjeh vyma… varah bxy dhw… ekamuves avah next part up kohla
    . All the best… mash a Allah

  16. Mishee says:
    June 6, 2015 at 7:48 pm

    VvvV nice.. V kiyaa kiyaa hiy vey Mi story.. .. Bcx Mi story v nice.. And v avahah up kuraathy.. V happy… Thanxx HOODY…

  17. jazla says:
    June 6, 2015 at 8:01 pm

    … Varah salhi vaahaka eh

  18. neem says:
    June 6, 2015 at 8:06 pm

    Oh god.. shaima maraalanytha thi..
    ..Hithah ara hoody kihineh baa ey mi liyany
    ..Ma fakeerakah foi bon’dyga olhulaifa ehn kameh nuve
    ….Anyway, mi vaahaka vareh neh
    ..V v v v reethi.. mashaa allah
    Waoting for the next part

  19. neem says:
    June 6, 2015 at 8:09 pm

    N mi vaahakaage sifakurun aslu v salhi
    Vaahaka kiya iru feel ve
    ☺

  20. Zai says:
    June 6, 2015 at 8:15 pm

    Vara salhi please update soon

  21. mal says:
    June 6, 2015 at 8:25 pm

    V.v.nice… Waiting for next part..

  22. Hoody says:
    June 6, 2015 at 8:47 pm

    Thnkx all!!!… 🙂

  23. shiaa says:
    June 6, 2015 at 9:23 pm

    noon shai ah thi hen nahadhaa . hama rovijje . hoody thikuraa massah kathah assari bahaa saabas. dhen mirey rest koh laafa maadha maa liye laa ingey hoody

  24. shiaa says:
    June 6, 2015 at 9:27 pm

    🙂 🙂 🙂 🙂

  25. haleemath says:
    June 6, 2015 at 9:29 pm

    Hoody akee hama best writer next part maadjhan kon irakun?

  26. zaa says:
    June 6, 2015 at 9:34 pm

    Hoody v best ingey ehen writers ves hoody hen avahah up kuraanama.. vvvv nice story.. hoody v molhu

  27. smilebuddy says:
    June 6, 2015 at 9:38 pm

    vvvvvvv nyc wow vv interesting waiting 4 next part

  28. shiaa says:
    June 6, 2015 at 9:39 pm

    hoody is my favourite

  29. shiaa says:
    June 6, 2015 at 9:45 pm

    kyve tha cover pic ga dont go to sleep jahaafa ey ny hoody

  30. Hoody says:
    June 6, 2015 at 9:50 pm

    Thnkx all…
    Shiaa, eyge sirru engeyne fahu bai thah kieema… its a surprise… so hope ypu’ll wait… 😉

  31. Nabhaan says:
    June 6, 2015 at 9:52 pm

    I lyk ths one….aneh part kiya hithun nuvx nidheyne hn hyvny…thnk u dear

  32. liu says:
    June 6, 2015 at 9:55 pm

    Hoody haadha rangalhey mihaa kiyaa hivaa vaahakaeh las nukoh up kohdheyyhy..kuriah huri bai thah ves thigothuga upkohdheyne kamah umeedhu kuran..story v v v v v v reethi…hoody ah abadhuves kaamiyaabah edhn…v salaam

  33. Hoody says:
    June 6, 2015 at 10:00 pm

    Thnkx nabhaan and liu….. 🙂

  34. eyechaa says:
    June 6, 2015 at 10:08 pm

    Best story ever……hoody u r da best…. waiting 4 da next part…n thnx for updating daily.wish u all da best hoooood yyy

  35. Tigrious says:
    June 6, 2015 at 10:17 pm

    This Story Is Amazing … Waiting For Next Part … Please Update Soon …

  36. dhonthi says:
    June 6, 2015 at 10:25 pm

    wow…varah reethi mi part vrx…cnt wait for next part….kyp it up hoody 🙂

  37. sim says:
    June 6, 2015 at 10:31 pm

    V salhi hoody ge vaahaka tha …kiyyaa hhithunnn hureweneekeewess nun

  38. Raa e says:
    June 6, 2015 at 10:33 pm

    Wow wow wow raa e v vey biruveri storys kiyaa hiy..Thanks hoodh engey ..Bst of luck dear waiting for the next part..

  39. july says:
    June 6, 2015 at 10:51 pm

    maasha allah vaahaka hama vvvvvvvvvv reethi….waiting for next part….

  40. dhethandimaa says:
    June 6, 2015 at 11:03 pm

    Varah reethi mi vahaka.. great work . …….hood u r amazing…

  41. same says:
    June 6, 2015 at 11:07 pm

    hooody kykey dhn bunany dhw, bunane ehcheh vx neygifa mihury…. gud luck n may allah gud bless u …. nxt part v awahah up khlchey ngey…. thankyou sooo much

  42. Ellie says:
    June 6, 2015 at 11:11 pm

    Wow wow haadha salhiye mi vaahaka.. i lov it.. ♡♡♡

  43. aikko says:
    June 6, 2015 at 11:17 pm

    Story is amazing. Hoody u r one of the best writer in maldives. I appreciate ur hard word. Best wishes to u always.

  44. roo says:
    June 6, 2015 at 11:23 pm

    Laaee Hoody.. Mee konkahala vaahaka eh.. E jazlaa ah Kihine vefaaatha ehunnany.. Hama rangalhah vs moral vefa every.. Roo ah eyna fenijjeyyaa boluge isthashikolhu various kollaanan huvaa… Shaima kiriya kameh yaeesh kihaa dheravaane.. Roo vs dheravaane… BTW story is awesome

  45. saadhy says:
    June 6, 2015 at 11:25 pm

    Hoody maadhamaa kihaa iraku tha update vaanee?? Waiting ga ey… Avahah up kohdhey thi ingay… 🙂

  46. yoo2u says:
    June 7, 2015 at 12:18 am

    Seriously
    Shiaa ey kiyaafa e comment kura kujja hunnany hoody a alhaigenfa.. so funn the way u react.. hahah
    Btw sry is vv v nice,, perfect!!

  47. shiyamaa says:
    June 7, 2015 at 1:01 am

    hoody bunaane kiyaadhiny mulhin ragalhakah noooney bt it seems same just I said.. hehe no any change black rose beynun kohgen fanditha hama hedhy dhn shaimaa nd her bby ves die vaany mee vane gothaky dhn e black rose ge sababun jazlaa ah yaeesh libeny ves fahun e kanthah jazlaa ah jeheyny sihuru ge kanthah so at last jazlaa will be busted nd the truth expose to yaeesh nd his mom dhn jazlaa wil get a gud lesson from wat her did……hehehehe pakaaaaaas.. so no need to continue this story anymore just nw the readers knw wat will happened next…..paraparapaaaapaaaa

  48. Zuu says:
    June 7, 2015 at 1:03 am

    Varah rythi… ☺

  49. Ma says:
    June 7, 2015 at 3:03 am

    Shiyaamaa thibunee hama rangalhah… mivaahakaaaga kuriah vaane goyy varah saafu … mivaahakaa

  50. xu says:
    June 7, 2015 at 11:47 am

    ITS JUX AWSUMMMMMMMMMMMMMMMMMMMMMMMMMMMM BT MAA KURU ! waiting for next part

  51. neem says:
    June 7, 2015 at 11:53 am

    …Hooodyyy
    Kobatha 15 vana part.. shiyaama ehn bunyma dhn continue nukuraantha thi hunnany
    Ekm hoody plxxx ehn nahadhachey
    Plxxx nxt part avahah upkhdhehchey

  52. juma says:
    June 7, 2015 at 12:10 pm

    When is the next part

  53. naaz says:
    June 7, 2015 at 1:03 pm

    V.reethi

  54. naaz says:
    June 7, 2015 at 1:03 pm

    V.reethi

  55. handi says:
    June 7, 2015 at 1:14 pm

    fake story e mee.

  56. neem says:
    June 7, 2015 at 2:13 pm

    Hoodyyyy
    Adhi vx up nuvey
    Eii keehvetha..

  57. aishaa says:
    June 7, 2015 at 2:25 pm

    Hoody alhe shiyaamaa ehn bunyma tha up nukurany faadu kiyumaky kuri erumekey hoody dhera nuveba plx up kohdhy next part

  58. shiyaama says:
    June 7, 2015 at 2:29 pm

    Am so sry hoody for wat ever I said..actually I dnt wanna to hurt u ..sry.plx upload the next part as soon as u possible.

  59. shiaa says:
    June 8, 2015 at 5:06 pm

    yoo2u alhugandu ge bolu ga thikahala ilxaameh alhuvan heyo nuvaane

Comments are closed.

Next Episodeކަޅު ފިނިފެންމާ… 15 ވަނަ ބައި←


All Right Reserved!