Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ފުރަތަމަ ޞަފްހާ
ބިރުވެރިލޯބި

ކަޅު ފިނިފެންމާ… 13 ވަނަ ބައި

Hoody Level 310 Stories100 Comments
June 5, 2015 6 Mins Read
72 Comments

ޖަޒްލާ ދެން ނިންމީ އެންމެ ފަހުގެ އެތިފަހަރު ހެދުމަށެވެ. އެއީ އެންމެ ނުރައްކާތެރިގޮތްވެސް މެއެވެ. އޭނާ ފޯނު ނެގިއެވެ. އަދި ޑައިރެކްޓްރީ ހުޅުވާލުމަށްފަހު “ފަންޑިތަ” މިހެން ޖަހާފައިވާ ނަންބަރަކަށް ޑައިލްކޮށްލަމުން ކަންފަތުގައި ފޯނު ޖަހާލިއެވެ. އެއިރު އެ ތުންފަތަށް ވެރިވެފައިވަނީ ޝައިޠާނި ހިނިތުންވުމެކެވެ.

***

ޝައިމާ ހަވީރުގެ ވަގުތު ބޭރަށް ނުކުމެލީ ފިނިކޮށްލުމުގެ ގޮތުންނެވެ. ގޭގެ ދޮރޯށިދޮށުގައި ހުރިއިރު އޭނާގެ ބުރުގާ ޖެހެމުންދިޔަ ވަޔާއެއްވަރަށް ވިހުރެމުންދިޔައެވެ. އެ ކަޅު ބުރުގާތެރެއިން ދޮން ވަށް މޫނު ފެންނަމުންދިޔައީ އަޖައިބެއްހާ ރީތިކޮންނެވެ. އޭނާގެ އެއްއަތް އޮތީ ބަނޑުމަތީ ބައްވާލާފައެވެ.

ހަވީރުގެ ވަގުތަށްވުމުން މަގުތަކަށް މީހުން ނުކުމެ މަގުތަށް ހަލަނބޮލިކުރުވާފައިވެއެވެ. ބަލާލި ކޮންމެ ދިމާއަކުންވެސް ފެންނަނީ ހިނގާލަން ނުކުމެ އުޅޭ މީހުންނެވެ.

ޝައިމާގެ ލޮލުގައި އަޅައިގަތީ ފިޔާތޮށި ކުލައިގެ ލޭޑީ ބާޑް ބައިސްކަލެއްގައި އަންނަ އަންހެން ކުއްޖާއެވެ. އެއީ ޖަޒްލާ ނޫން އެހެން ކާކުހެއްޔެވެ؟ ޖަޒްލާ ބައިސްކަލުގައި ދަމުން ޝައިމާއަށް ތޫނު ނަޒަރަކުން ބަލައިލިއެވެ. ލޮލުގައި ގަދައަށް ކަޅު އަނދުން އަޅާލާފައިވުމުން އެ މޫނުމަތިންފެންނަނީ އިންތިހާއީ ޒީލަ ގަދަކަމެވެ. ލާފައިވާ ކަޅު ޓީޝާޓްއާއި ކަޅު ސްކިނީގެ ސަބަބުން އޭނާގެ ޝަހުސިއްޔަތުގެ ނުބައިކަން ހާމަކުރަމުން ދާކަހަލައެވެ. އެ ފަން އިސްތަށިގަނޑު ވަނީ ވައިގެތެރެއަށް ދޫކޮށްލާފައެވެ.

ޖަޒްލާގެ ތޫނު ނަޒަރުގެ ސަބަބުން ޝައިމާގެ ހިތުގައި ނޭނގޭ ބިރުވެރިކަމެއް އުފެދުނެވެ. ޔައީޝް އޭނާ އަތުންގެއްލިގެން ދާން އުޅޭކަމުގެ އިހުސާސް ކުރެވުނެވެ. ދަތުރު ދިޔަ ދުވަހުވެސް މި ފަދަ އިހުސާސްތަކެއް އޭނާއަށް ވަނީ ކުރެވިފައެވެ.

ޝައިމާ އަވަސް އަވަހަށް ވަނީ ގެއަށެވެ. އޭނާ ހަމަ ރަނގަޅަށްވެސް ޖެހިލުންވެއްޖެއެވެ. ޖަޒްލާ އަނެއްކާ ކީއްކުރާނެބާއެވެ؟

ކުއްލިއަކަށް ޝައިމާގެ ފޯން ވައިބްރެޓް ވާންފެށިއެވެ. ޝައިމާ ބަލައިލިއެވެ. އެއީ ހަމަ ކުރިންރޭ ގުޅި ނަންބަރެވެ. ޝައިމާ ފޯނު އެނދުމައްޗަށް އެއްލާލީ ގަތް ބިރެއްގެ ސަބަބުންނެވެ. ފޯނު ވައިބްރެޓް ވެވެފައި ނިވިއްޖެއެވެ. އިރުކޮޅަކުން އައީ މެސެޖެކެވެ. ޝައިމާ ފޯނުނެގުމަށްފަހު މެސެޖް ހުޅުވާލިއެވެ.

“ކަލޭގެ ބަނޑުގައި ތިވާ ދަރިއަށް ސަމާލުވަތި! J ” ހެޕީ ފޭސް އަކާ އެއްކޮށް މި މެސެޖު ފޮނުވަފައިވަނީ ޖަޒްލާއެވެ. ޝައިމާއަށް ބޭއިޚްތިޔާރުގައި ބަނޑުގައި ފިރުމާލެވުނެވެ. ހިތުގައި ބިރުވެރިކަމުގެ ބާންޏެއް ދުވެލިއެވެ. އޭނާގެ އަތުން މިދަރިފުޅު ދޫވެގެން ގޮސްފިނަމަ އޭނާ މޮޔަވެދާނެއެވެ. މިއީ ހާދަހާ ފޮނި ހުވަންތެކަކެވެ. ދަރިފުޅު ދުނިޔެއަށް އަންނަން ދެން މާގިނަ ދުވަހެއް ނުވެސް ނެތެވެ. ޝައިމާގެ ލޮލުން ކަރުނަ ފާއްދާލީއެވެ. ބަނޑުގައި މިވާ ދަރިފުޅިގެ ރައްކާތެރިކުރައްވާތޯ ދުއާކުރެވުނެވެ.

ޝައިމާ އަވަސް އަވަހަށް މެސެޖް ޑިލީޓް ކޮށްލިއެވެ. އެ މެސެޖް ޔައީޝްއަށް ފެންނާކަށް އޭނާ ބޭނުމެއް ނޫނެވެ. އޭގެ ސަބަބުން މި ދިރިއުޅުމަށް ހުރަސް އެޅިދާނެތީ އޭނާ ބިރުގަނެއެވެ.

“ދަރިފުޅާ!” ސީމާ ކޮޓަރި ހުޅުވާލުމަށްފަހު ޝައިމާއަށް ގޮވާލިއެވެ. ސީމާ އިރުއިރުކޮޅާ ޝައިމާ ކޮބައިތޯ ބަލާލައެވެ. ޝައިމާ ރަނގަޅު ސިއްޙަތެއްގައި ބެލެހެއްޓުމަކީ އޭނާގެ ޒިންމާއެއްފަދައެވެ.

“ދަރިފުޅު ބޭރަކަށް ނުނިކުންނަންތަ؟” ސީމާ އައިސް ޝައިމާ ކައިރި އެނދުގައި އިށީނެވެ.

“ބޭރުގަ ހުރެލާފަ މި ވަނީ!” ޝައިމާ ހިނިތުންވެވޭތޯ ބެލިއެވެ.

ދެމައިން ވާހަކަދައްކަން ތިއްބާ ޔައީޝް އައިސް ވަނެވެ.

“ދަރިފުޅު އަދިކިރިޔާތަ އޮފީހުން ތިއައީ؟” ސީމާ އެނދުން ތެދުވެގެން ގޮސް ދޮރުފޮތިތަށް ކަހާލިއެވެ. އެއާއެކު އިރުގެ ރަންއަލިން ކޮޓަރިތެރެ ދިއްލިގެން ދިޔައެވެ.

“މިއަދު ވަރަށް މަސައްކަތް އޮތޭ! އެހެންވެ!” ޔައީޝް ބެގީ ނައްޓާލުމަށްފަހު ގަމީސް ބޭލިއެވެ. އަދި ކޮނޑުގައި އަޅުވާލުމަށްފަހު އައިސް އެނދަށް ވެއްޓިގަތެވެ.

“ޝައީ! ރެޑީ ވެލާ! ބޮޑައްތަ ބުނި ސައިބޯން އަންނައްޗޯ މިއަދު!” ޝައިމާގެ ކޮލުގައި ފިރުމާލަމުން ޔައީޝް ބުންޏެވެ. ޝައިމާވެސް ޔައީޝްގެ ނޭފަތަށް ފިތާލުމަށްފަހު ތެދުވެގެން ގޮސް ފާހާނައަށް ވަނެވެ.

“މަންމައަށް އެނގޭތަ! އެއްކަލަ ސައްތާރުގެ އަފްޒަލް މިއަދު މޮޔަވެގެން ހޮސްޕިޓަލަށް ގެންދިޔައެއްނު!” ޔައީޝް ސީމާގެ މޫނަށް ބަލައިލިއެވެ.

“ތިކަހަލަ ވާހަކައެއް މިހިރަ ފައިރޫޒާވެސް ކިޔޭ! އެސޮރު ކިހިނެއްތަ؟” ސީމާވެސް އިތުރަށް އޮޅުން ފިލުވަން ބޭނުންވިއެވެ.

“ނޭނގެ މާބޮޑަކަށް!” ޔައީޝް ތެދުވެގެންގޮސް ޓީޝަޓެއް ވައްޓާލިއެވެ. “ފަޒީލްބުނީ އެސޮރަށް ސިހުރު ޖެހުނިއްޔޯ! ހޮސްޕިޓަލަށް ވެއްދިއިރު އޭނާ މަތަނުވާކަމަށްވެސް ބުނި!”

 ޝައިމާވެސް ފާހާނައިން ނުކުތީ އެވަގުތެވެ. ޔައީޝްއާއި ސީމާ ދެއްކި ވާހަކަތަށް އަޑުއިވިފައިވާތީ ޝައިމާވެސް ސުވާލުކޮށްލިއެވެ.

“މިރަށުގަ ސިހުރު ހަދާމީހުންވެސް ތިބޭތަ؟” ޝައިމާގެ ހިތުގައި ބިރުވެރިކަމުގެ ބާންޏެއް ދަތުރުކޮށްލިއެވެ.

“އާނ! ބޮޑައްތަމެން ގެއާ ޖެހިގެން އެހެރަ ގޭގަ އުޅޭނެ ސިހުރު ހަދާ މީހާގަނޑެއް!” ޔައީޝް ޝައިމާ ގެ އަތުގައި ހިފައިގެން ބޭރަށް ހިނގައިގަތެވެ.

“އެކަމު ޔައީޝް ބުނީމެއްނު ސައިކޯ އަންހެނެކޭ!”

“އެއީ ސިހުރު ހަދާ ދޮންއަހުމަދުގެ އަންހެނުން! އޭނަ ހުންނަނީ މޮޔަވެފަ! މީހުންކިޔާ ދޮންއަހުމަދު އޭނަގެ އަންހެނުންނަށް ސިހުރު ހެދީއޭވެސް!” ޔައީޝް ޝައިމާގެ އުނަގަނޑުގައި އަތް އަޅުވާލައިގެން ހުރެ ހިނގަމުން ދިޔައީ ޒާހިރާމެން ގެއާ ދިމާއަށެވެ. ޔައިޝްގެ ސައިކަލެއް ހުރިކަމުގައި ވިއަސް ޝައިމާއަށް ސައިކަލަށް އަރާކަށް ނުކެރެއެވެ. ދެމަފިރިން ހިނގާފައި އުޅެނީ އެހެންވެއެވެ.

“އެހެންތަ!” ޝައިމާގެ ހިތުގައި ބިރުވެރިކަން ހިނގައިގަތްނަމަވެސް އެކަން ފޮރުވަމުން ހިނިތުންވެލިއެވެ.

ޒާހިރާމެންގެ ހުންނަ މަގަށް އެޅީއްސުރެ ޝައިމާގެ ނަޒަރު ހުއްޓިފައި ހުރީ ދޮންއަހުމަދުގެ އެ ވީރާނާ ޖިފުޓިގަނޑަށެވެ. އޭނަގެ ހިތް ތެޅެމުންދިޔައީ ނުހަނު ބާރަށެވެ. ހަމައެއާއެކު ޔައީޝްގެ އަތުގައި ހިފާ ބާރުކޮށްލެވުނެވެ.

“ޑާރލިންގް ކޮންކަމަކާ ބިރުގަންނަނީ؟” ޝައިމާގެ ހަށިގަނޑުގައި ތުރުތުރު އެޅުމެއް ހުރިކަން ޔައީޝްއަށް އިހުސާސްވިއެވެ.

ޝައިމާގެ ނަޒަރު އޭރުވެސް ހުއްޓިފައިހުރީ ދޮންއަހުމަދުގެ ގެއަށެވެ. ވެގެން އުޅޭގޮތް ޔައީޝްއަށް ރޭކާލީ ދެނެވެ. އޭނަގެ ތުންފަތަށް ލާނެއް ހިނިތުންވުމެއް ވެރިވެގެން ދިޔައެވެ.

“މިކަމަދޯ ތި ބިރުގަންނަނީ؟ ހާސްނުވޭ! ދޮންއަހުމަދަކަށް އަހަރެންގެ މި ޝައީއަކަށް އެއްވެސް ގޮތެއް ނުހެދޭނެ! ނޯ ފިއަރ! އައިމް ހިޔަރ!” އަތުގެ ބޮޑީ ދައްކާލަމުން ޔައީޝް ސަމާސާކޮށްލީ ޝައިމާ ހަމަޖައްސާލުމުގެ ގޮތުންނެވެ.

ނަމަވެސް ޝައިމާގެ ހިތް އިތުރަށް ބިރުގަތުން ނޫންކަމެއް ނުވިއެވެ. އެވަގުތު އެއްލިކަޅިއަކުން އޭނާގެ ލޮލުގައި އަޅައިގަތީ ދޮންއަހުމަދުގެ ގޭ ފާރުކައިރީ ހުރި ފިޔާތޮށި ކުލައިގެ ލޭޑީ ބާޑް ބައިސްކަލެކެވެ. އެއީ ދާދި ދެންމެއަކު ޖަޒްލާ އަރައިންގެން ދިޔަކަހަލަ ބައިސްކަލެކެވެ. އެގެއާއި ކައިރިވުމުން އެނގުނީ އެއީ ހަމަ އެ ބައިސްކަލުކަމެވެ. ޝައިމާގެ ހިތް ބިރުގަތީ އެހެނެއް ބަލާފައެއް ނޫނެވެ. ހިތަށް އެކި އެއްޗެހި އަރަމުން ދިޔައެވެ. ޒާހިރާމެން ގެއަށް ވަންއިރުވެސް ޝައިމާގެ ނަޒަރު ހުއްޓިފައިހުރީ ދޮންއަހުމަދުގެ ގެއަށެވެ.

***

“ހަމަ ޔަގީންތަ؟” ޖަޒްލާ ވާހަކަ ދެއްކީ މަޑުންނެވެ.

“އާނއެކޭ! ކިހާވަރަކަށްތަ ޔަގީންކަން ދޭންވީ! އެކަމު މަސައްކަތް ފެށޭނީ ދެބައިކުޅައެއްބައި ލިބިގެން!” ދޮން އަހުމަދުގެ ތުންފަތަށް ވެރިވެގެން ދިޔައީ ނުލަފާ ހިންޏެކެވެ.

ޖަޒްލާ ހޭންޑް ބޭގްއިން ފަސްސަތޭކަ ރުފިޔާގެ ނޫޓުތަކެއް ނެގުމަށްފަހު އެ ފީވެ ހަލާކުވަން ކައިރިވެފައިވާ މޭޒުމައްޗަށް ޖެހިއެވެ. އެވަގުތު މޭޒު ތެޅިގެން ދިޔަގޮތުން ހީވީ ރޫޅި ދާނެހެންނެވެ. ފައިތަކުން އަޑުކިޔައިގެން ދިޔައެވެ.

ދޮންއަހުމަދު ބާރު ހިނިގަނޑެއް ޖަހާލިއެވެ. ދުފާ ފުރާފައިވާ އަނގައިން ހައްޕުނޑުތަށް ބުރައިގެން އައެވެ.

“ޔަކް! ޑިސްގަސްޓިންގ!”

ޖަޒްލާގެ އަނގައަށް ގޮތެއް ހަދާލިއެވެ. ދޮން އަހުމަދު ދަހި މީހެއް ފަދައިން އެ ލަރިތައް ނެގުމަށްފަހު ގުނަންފެށިއެވެ. ދެތިންހަތަރު ފަހަރު ގުނާނިންމާލުމަށްފަހު އޭނަގެ މުންޑުތެރެއަށް ޖަހާލިއެވެ.

އެވަގުތު އަންހެނެއްގެ ހަޅޭކުގެ އަޑުން މުޅިތަން ގުގުމާލިއެވެ. ޖަޒްލާ ސިހިފައި ބަލާލެވުނެވެ. އެއިރު ކުޑަ ކޮޓަރިގަނޑެއްގެ ދޮރުގެ މަތީ ފަރާތުގައި  ހުރި ދަގަނޑު ތޭރިތަކުގެ ތެރެއިން މުސްކުޅި ފުރައިގެ އަންހެނަކު އަތް ނެރެގެން އޮތެވެ. އިސްތަށިގަނޑު ހާވަލައިފާވާއިރު މޫނުމަތީގައި އޮތީ ހުސް ކިލައެވެ. ދެލޯ ވަޅުވަދެ ހަންގަނޑުގައި ރޫޖެހިފައިވާގޮތުން އެ މޫނު ކިތަންމެހާވެސް ބިރުވެރިއެވެ.

“އޭހް! ކަލޭ މިތަނުން ނުކުމޭ! ނުކުމެގެން ދޭ!” އެ އަންހެން މީހާ ކަރުބުޑުން ހަޅޭލަވަމުންދިޔައެވެ. “ކަލޭ ތިއުޅެނީ މަރުވާނެ ގޮތެއް ނުފެނިގެންތަ؟”

“ހައްވާފުޅާ! މައިތިރިވޭ!” ދޮން އަހުމަދުގެ އަޑު މާގަދައެވެ. އެއާއެކު އެ އަންހެންމީހަ މައިތިރި ވިއެވެ.

ޖަޒްލާ އިނީ ޖެހިލުންވެ ދެ ލޯ ބޮޑުވާ ގޮތްވެފައެވެ.

“ހޫނ! ކީކޭތަ ކެލޭ ކިއީ!؟” ދޮން އަހުމަދު ކަމެއް ހަނދާން ކުރާކަހަލަގޮތަކަށް އެ ތަލަ ބޮލުގައި އަތް ކާއްތާލިއެވެ. “ބަނޑުބޮޑު އަންހެނެއްގެ ބަނޑުގައި އޮތް ދަރިފުޅު ދުއްވާލަންވީ؟”

“އާނއެކޭ!!” ޖަޒްލަ އިނީ ކެތްތެރިކަން ކުޑަވެފައެވެ. “މީގަ މުހިންމީ އެ އަންހެންމީހާ ދުއްވާލުން”

“އެ އަންހެންމީހަގެ މައުލޫމާތު ބޭނުންވާނެ!”

ޖަޒްލާ އަތްދަބަހުން ކަރުދާސްގަނޑެއް ނެގުމަށްފަހު ދޮން އަހުމަދަށް ދިނެވެ. ދޮން އަހުމަދު އެ ގަނޑުގައި ވާ އެއްޗެހި ކިޔަންފެށިއެވެ. އޭނާގެ ތުންފަތަށް ވެރިވެގެން ދިޔައީ ސިއްރުން ފުރިގެން ވީ ހިނިތުންވުމެކެވެ.

ކުއްލިއަކަށް ދޮރުގެ ތޭރިތަކުން ބަލަހައްޓައިގެން ހުރި ހައްވާފުޅު، ކޮޓަރިތެރެއަށް ދަމައިގަތެވެ. ހީވީ ކޮންމެވެސް މީހަކު އޭނާގެ ފައިގާ ހިފަ ދަމައިގަތްހެންނެވެ. ދެން އެ ކުޑަ ކޮޓަރިތެރެއިން އިވެންފެށީ ބިރުން ހިތް ހަލާކު ވާފަދަ އަޑު ތަކެކެވެ.

ހައްވާފުޅުގެ ރުއިމާއި ހަޅޭކުގެ އަޑާއެކު އިވެމުންދިޔައީ ކޮންމެވެސް މަހުލޫގެއްގެ ހޭރުމުގެ އަޑެވެ. ހައްވާފުޅު ކޮންމެވެސް އަނިޔާއަކަށް ކެތްކުރަމުންދިޔަހެން ވެސް އޭނާގެ އަޑު އައިގޮތުން ހީވިއެވެ.

ޖަޒްލާ އިނީ އެ ކޮޓަރިތެރޭ ވަމުންދިޔަ ކަންތައް ބަލާލަހިތުން ކެތް މަދުވެފައެވެ. މި ސިއްރުވެރި ގޭތެރޭގައި އުޅޭ މީހަކު ބިރުން ފިތްކެނޑޭނެއެވެ.

“އަބްރާސް!!!” ދޮން އަހުމަދު ހަޅޭ ލަވައިގަތެވެ.

އެވަރުންވެސް އެކޮޓަރިތެރެއިން އިވެމުންދިޔަ އަޑުތަށް މައިތިރިއެއް ނުވިއެވެ. ދޮން އަހުމަދު ދެބުމަ ގޮށްޖަހާލަމުން ތެދުވެގެން ގޮސް ދޮރު ކައިރިއަށް ހުއްޓުނެވެ. އަދި މުންޑު ތެރެއިން ތަޅުދަނޑި ފައްޗެއް ނެގުމަށްފަހު ދަބަރުޖަހާފައިވާ ބޮޑު ތަޅު ހުޅުވާލިއެވެ. ދޮރު ހުޅުވާލުމާއެކު އިވިގެން ދިޔަ މުރަނަ އަޑުފައްގަނޑުގެ ސަބަބުން އެ ދޮރު ނުހުޅުވާތާ ދުވަސްތަކެއް ވެފައި ވާކަން އެނގެއެވެ. އެއާއެކު ކޮޓަރިން އިވެމުންދިޔަ އަޑުތައްވެސް ކެނޑިގެންދިޔައެވެ.

ޖަޒްލާ ބޯ އަރިކޮށްލުމަށްފަހު އެ ކޮޓަރިތެރެ ފެނޭތޯ މަސައްކަތްކުރިއެވެ. ދޮން އަހުމަދު ދޮރު ހުޅުވާލިވަގުތު ބިންމައްޗަށް ވެއްޓިފައި އޮތް ހައްވާފުޅު ފެނުނެވެ. އޭނާގެ ހަށިގަނޑަކު އެއްވެސް ފޭރާމެއް ނެތެވެ. އަންގައިން ހޯސް ލާފައި ލޭ އަންނަމުންދިޔައެވެ. ދެލޯވަނީ މެރިފައެވެ. މޫނުމަތީގެ ތަންގަނޑެއް ނޫފައިގެންފައި ހުއްޓެވެ.

 ހައްވާފުޅު ތަހަންމަލު ކުރަމުން އެދަނީ ކޮންފަދަ އަނިޔާވެރިކަމެއް ހެއްޔެވެ؟ އޭނާއަކީ ދޮން އަހުމަދުގެ އަންހެނުންނެވެ. ނަމަވެސް އޭނާ ވެފައިވަނީ ދޮންއަހުމަދު ގެންގުޅޭ “އަބްރާސް” ގެ މިލްކަކަށެވެ. އޭތި ބޭނުންވަގުތަކު ބޭނުންގޮތެއް އެ ނިކަމެތި ހައްވާފުޅަށް ހަދާލައެވެ.

ސިހުރުގެ ހަޤީގަތަކީ މިއީއެވެ. ޝައިޠާނަކާއި ގުޅިގެން އެ ސިހުރުވެރިއަކު ކުރަން ބޭނުންކަންތަތައް ކުރުވައެވެ. ނަމަވެސް ބަދަލުގައި އެ ޝައިޠާނާ ބޭނުން ކޮންމެ އެއްޗެއް ދޭން ސިހުރުވެރިޔާ ހުންނަން ޖެހެނީ ތައްޔާރަށެވެ. މިގޮތުން ދޮންއަހުމަދުގެ މި މަޅީގައި ޖެހިފައިވަނީ ކުށެއްނެތް އޭނާގެ އަންހެނުން ހައްވާފުޅެވެ.

ދެން އިވެން ފެށީ ދޮން އަހުމަދު ކޮންމެވެސް މިހަކާ ވާހަކަ ދައްކާއަޑެވެ. ހަމަގައިމުވެސް އޭނާ އެވާހަކަ ދައްކަނީ ދިވެހި ބަހަކުންނޫނެވެ. ޖަޒްލާ އިނީ މިގޭތެރެއިން މިފެންނަ ބިރުވެރި ކަންތައްތަކުގެ ސަބަބުން ބިރުގަނެ ޖެހިލުންވެފައެވެ.

އިރުކޮޅަކުން ދޮންއަހުމަދު ކޮޓަރިތެރެއިން ނުކުމެ ދޮރުޖަހާ ތަޅުވެސް ލައިފިއެވެ. އޭނަގެ ތުންފަތުގައި ވަނީ ހިނިތުންވުމެކެވެ. ކޮޓަރިން ނުކުމެގެން އައިސް އޭނާ މޭޒުމަތީ ބޭއްވީ ކަޅު ކުލައިގެ ފިނިފެންމަލެކެވެ. ޖަޒްލާ އެއަށް ނަޒަރު ހިންގާލިއެވެ. އެއީ ހަމަ ގުދުރަތީ އަސްލު މަލެކެވެ. ތާޒާކަމުން ހީވަނީ ދާދި ދެންމެއަކު ބިނދެލައިގެން އައިހެންނެވެ. ދިގު ތަނޑިއަކާއެކު ބޮޑެތި ފެހިކަންގަދަ ފަތްތަށް ހުރުމުން އެމަލަށް އިތިރު ސިހުރުވެރިގޮތެއް ގެނުވައެވެ. ފޮޅިފައިވާ މަލާއެކު ކުޑަ ނުފޮޅޭ މަލެއްވެސް އެ ތަނޑުގައި އިނެވެ.

“ކާލޭގެ އެދުން ފުރިހަމަ ކުރުމަށް އަހަރެން ބޭނުންކުރާނެ ތޫނު ހަތިޔާރަކީ މިއީ!” ދޮން އަހުމަދު އެ ކަޅު ފިނިފެންމާ އަތަށްނެގުމަށްފަހު އޭގެ ފިޔަތަކުގައި މަޑުމަޑުން ފިރުމާލިއެވެ. އެ ކުޑަ ދެލޮލުން ފެންނަމުންދިޔައީ ޝައިޠާނީ ވިދުވަރެކެވެ.

“ދެން ހެޔޮ ކަލޭ ދިޔަޔަސް! ބާކީ ބައި އަހަރެން ޖައްސަފާނަން! އެކަމު ބާކީ ލާރި ހިފައިގެން އަންނަން ޖެހޭނެ އިނގޭ!” މޭޒުމަތީ ދެއަތް އަޅަމުން ޖަޒްލާގެ ދެލޮލަށް ދޮންއަހުމަދު ބަލައިލީ ދަހިވެތި ސިންގާއެއްފަދައިންނެވެ. “އެހެން ނޫނީ………. ޓިކް!!” އިނގިލިން ކަރުދޮށުގައި ފުށްޓަތްކެއް ޖަހާލަމުން ދޮންއަހުމަދު ހޭންފެށިގޮތަށް ހުއްޓާލީ އެތަށް އިރެއް ވީފަހުންނެވެ.

***

ޖަޒްލާއަށް އެތަނުން ނުކުމެވުމާއެކު ފުން ނޭވާއެއް ބޭރުކޮށްލެވުނެވެ. ހޫނުކަމުން ހައްދުފަހަނަ އަޅާފައިވާ ޖަލަކުން ސަލާމަތްވެގެން ނުކުމެވުނުފަދައެވެ. ނިތްކުރިމަތިން ހިއްލާފައިވާ ދާތިކިތަށް އަތުންފުހެލަމުން އޭނާ މަގުގެ ދެކޮޅު ބަލައިލީ މީހަކު ފެންނަން ހުރިތޯއެވެ. އާންމުކޮށް ހަމަހިމޭންކޮށް އޮންނަ މި މަގުން މިފަހަރުވެސް ފެންނަނީ މަރުގެ ހަމަހިމޭންކަމެވެ.

ބައިސްކަލަށް އަރައިގެން އޭނާ ދުއްވާލިއިރު އޭނަގެ ތުންފަތަށް ވެރިވެފައިވަނި ކަމިޔާބީގެ ހިނިތުންވުމެކެވެ. ހީވަނީ އޭނާ އެތަށް ބުރަ މަސައްކަތަކުން ހާސިލް ކުރަން ބޭނުންވި އެއްޗެއް ކާމިޔަބު ކުރެވުނުހެންނެވެ.

***

ޝައިމާއާއި ނުހާ ސައިބޮއެ ނިންމާލުމަށްފަހު މަގުމައްޗަށް ނުކުމެލީ ހަމައެވަގުތެވެ. ޖަޒްލާ އެއިރު ގޮސް ޖެހިގެން އޮތް ގޯޅިއަށް ލަނބާލަނީއެވެ. ޝައިމާގެ ހިތް އަނެއްކާވެސް ވަހުމުން ފުރުނެވެ. ނުހާއާއެކީ އުފާވެރި ވަގުތުތަކެއް ހޭދަކުރަމުންދަނިކޮށް އަނެއްކާވެސް އޭނަގެ މޫޑު ޚަރާބުވިއެވެ. ވިސްނެން ފެށިއެވެ. ޖަޒްލާ އަނެއްކާ ކީއްކުރާނެބާއެވެ؟ ޔައީޝްއާއި ކައިވެނި ކުރެވުމުގެ ސަބަބުން އޭނާގެ މުޅި ދިރިއުޅުން މިވަނީ ނުރައްކަލުގެތެރެއަށް ވެއްޓިފައެވެ. ޔައީޝް ދެކެ ދީވާނާ ލޯތްބެއް ވާ ކުއްޖަކު އޭނާ ހާސިލް ކުރަން ކޮންމެފަދަ ކަމެއްވެސް ކޮށްފާނެއެވެ.

ޔައީޝް ކުޑަކޮށް ދުފާލުމަށްފަހު ބޭރަށް ނުކުންއިރު ޝައިމާ ހުރީ ފުން ވިސްނުމެއްގެ ތެރެއަށް ގެއްލިފައެވެ. އެއިރު ނުހާ ހުރީ ގަހެއްގައި އަޅާފައިވާ ކުދި މާތަކަކާ ކުޅޭށެވެ.

“ދަނީ ނަންނީ!” ޝައިމާ ނުހާގެ ކޮލުގައި ހިފާލަމުން ހިނިތުންވެލިއެވެ. ނުހާ ޝައިމާގެ ކޮލުގައި ދޮނެއް ދިނެވެ.

“ދޮންބޭ! އަދިވެސް ޝައީ ފަހަރި ގެނެސްދޭތި އިނގޭ!” ނުހާ ޔައީޝްގެ ގައިގާވެސް ކުޑަކޮށް ބައްދާލިއެވެ. ބޮޑުވެފައިވާ އަންހެންކުއްޖަކަސް އޭނާގެ މިފަދަ ކުޑަކުދިންގެ އަމަލުތަކުގެސަބަބުން ޔައީޝް ގާތަށް ހިނިއައެވެ. އޭނާ ނުހާގެ ނޭފަތުގައި ހިފާ މަޑުމަޑުން ފިއްތާލިއެވެ. އެއާއެކު އެ ކުޑަ ނޭފަތް ޗެރީއެއްފަދައިން ރަތްވެގެންދިޔައެވެ.

ޝައިމާއާއި ޔައީޝް ގެއާ ދިމާއަށް މިސްރާބު ޖެހިއެވެ. އެއިރު އިރުއޮއްސި އަނދިރިވާން ފަށައިފިއެވެ. އުޑުމަތީ ރަތްވިލާތަށް އެކިގޮތްގޮތަށް ފެތުރެން ފަށައިފިއެވެ.

މިފަހަރުވެސް ޝައިމާގެ ހިތުގައި ދޮންއަހުމަދުގެ ގެއާދޭތެރޭ ޝައްކު އުފެދުނެވެ. ހިތް ބިރުގަތެވެ. އެކިއެކި ވަސްވާސް ތަކުން ހިތް ފުރުނެވެ.

“މިރޭ ހޮސްޕިޓަލަށް ދާންޖެހޭނެ އިނގޭ! މިމަހު ސްކޭން ހައްދަން ޑޮކްޓަރ ބުންޏެއްނު!” ހަމަހިމޭންކަން ކަނޑުވާލުމަށްޓަކައި ޔައީޝް ވާހަކަ ދެއްކިއެވެ. ނަމަވެސް ޖަވާބުގައި ޝައިމާއަށް ކުރެވުނުހާވެސް ކަމަކި ބޯ ތަޅުވާލުމެވެ.

ގެއާ ހަމައަށް ދެވުނުއިރު ޝައިމާހުރީ ލޮޑުވެފައެވެ. ނިތްކުރިމަތީ ދާ ތިކިތައް ވިދަމުން ދިޔައެވެ. މޫނުމަތިން ވަރުބަލިކަމުގެ އަސަރު ފެންނަމުންދިޔައެވެ. އޭނާ ބޭނުންވީ ގެއަށް ނުވަދެ އެހަށް ބޭރުގައި މަޑުކޮށްލާށެވެ. ޝައިމާ ފާރުގައި ލެނގިލުމަށްފަހު ފުންނޭވައެއް ދޫކޮށްލިއެވެ. ޔައީޝް ވަނީ އެތެރެއަށެވެ. ފިނިރޯޅިތަށް އޭނާގެ މޫނުގައި ފިރުމަން ފެށުމާއެކު އޭނާގެ މޫނުމަތީ ހުރި ދަލުގެ އަސަރު ކުޑަވިއެވެ. މޫނުމަތިން ތާޒާކަން ފެންނަން ފެށިއެވެ.

ޝައިމާ ދެލޯ މަރާލީ ލިބިނު އަރާމަކުންނެވެ. ހަށިގަނޑަށް ފިނިވެ ހާސްކަން ކުޑަވިއެވެ. އިރުކޮޅެއްފަހުން ލޯ ހުޅުވާލުމާއެކު އޭނާ ސިހުނީ ކުރިމަތީހުރި 5 ވަރަކަށް އަހަރުގެ ކުޑަ ފިރިހެން ކުއްޖާ ފެނިފައެވެ……

ނުނިމޭ

Share Article

Follow Me Written By

Hoody

Level 310 Stories100 Comments

Other Articles

Previous

އިންތިޒާރު 32

Next

ކަޅު ފިނިފެންމާ… 14 ވަނަ ބައި

Next
June 6, 2015

ކަޅު ފިނިފެންމާ… 14 ވަނަ ބައި

Previews
June 5, 2015

އިންތިޒާރު 32

72 Comments!

  1. Hoody says:
    June 5, 2015 at 11:51 pm

    mi part vex avahah up kurevijje… Ummeedhu kuran kamudhaane kamah… 🙂

  2. shy says:
    June 6, 2015 at 12:17 am

    Wow. Wo . Wo . V reethi…

  3. shy says:
    June 6, 2015 at 12:19 am

    ….N me first

  4. naj says:
    June 6, 2015 at 12:42 am

    Reethi me first

  5. nathoo says:
    June 6, 2015 at 1:24 am

    Varah reethi mi part ves.

  6. aaku says:
    June 6, 2015 at 2:24 am

    Nice story just wow hama v haabeys

  7. reesh says:
    June 6, 2015 at 8:04 am

    vvvvv nice… love to read…. jazlaaa haadha goahey hoody…. shaimaa ah ehen hadhaa kah nuvàne ennu… hoody waiting for nxt part… when z uploading …. love ure story

  8. Subway surfer says:
    June 6, 2015 at 9:26 am

    I love ur stries.. They r awsme

  9. nishy says:
    June 6, 2015 at 9:32 am

    V reeeethi… ekam zaxlaaa haadha gohey… zaxlaaa ehen kanthah kohfa ufaluga ulhevenyaaa v fooohi

  10. Walnut says:
    June 6, 2015 at 9:32 am

    Vvv.nice… Kon irakun nxt prt …. ☺

  11. saadhy says:
    June 6, 2015 at 9:33 am

    Shaima beyrah nukunnani koh jaxlaa fenunee… Birun shaima ethereyah vaneee.. Geyah ai yaeesh bunegen jaxlaa bodu dhaatha geyah sai baon dhiya e… Hama e dhuvahu e lady bird bicycle fenunee fanditha hadhaa meehaage gein… Ekam Vaahaka gai mi othee ehen gothakah… Kuree dhuvahu jaxlaa dhuvvi bicycle eh kamah mi othee… E than kolhu ragalhu kohllaa 🙂

  12. shiaa says:
    June 6, 2015 at 10:04 am

    v reethi mi part ves . alhe hooooooody!!!!!!!!!! kithah faharu tha bunan vy e jaxla ah hithun nufilaa kahala bodu bondi eh dhey shey . i hate jaxlaaaaa so much . BTW this story is awesome. when next part

  13. jee says:
    June 6, 2015 at 10:20 am

    …….V.reethi mi baaves

  14. shiaa says:
    June 6, 2015 at 10:22 am

    e kuda kujjaa athah black finifemmaa dhyfa fonuvany . dhen shaimaa e malu hifany . hifaigen gengos vase ah jahany . dhen night vyma e black rose in jinni aragen ais shaimaa maraalany . dhen wedding night ga jaxla ah e fennany hikifa e maa indhaa fennany

  15. shiaa says:
    June 6, 2015 at 10:28 am

    e kuda kujjaa athah black finifemmaa dhyfa fonuvany . dhen shaimaa e malu ga hifany . hifaigen gengos vase ah jahany . dhen night vyma e black rose in jinni araigen ais shaimaa maraalany . dhen wedding nigth ga jaxla gandah hikifain indhaa emaa fen nany. dhoh hoody

  16. Hoody says:
    June 6, 2015 at 10:36 am

    Thnkx all…
    Your right shaadhy..thnkx ingey… eiy liyumuge kusheh…. varah bodah thnkx bunedhineethee…dhn huri ..baithakuga ithurah balaananmifadha kuh thah madhu kureveythoa….

  17. jaxlaan says:
    June 6, 2015 at 10:45 am

    vv hadi mi part. yack , disgusting

  18. shiaa says:
    June 6, 2015 at 10:50 am

    eyy dhogeh hoody varah reethi mi part ves 🙂 🙂 🙂

  19. shiaa says:
    June 6, 2015 at 10:57 am

    abraas eyy shaimaa mara laa dhavagandeh fadha rai kulaige bodu dheloh libigen vaa dhon ahumadhu ge jinni dhoh

  20. sana says:
    June 6, 2015 at 11:08 am

    Hoody there was a mistake. Jazla birugathyey…….shaimaaeh noontha ethanuga innaany

  21. Hoody says:
    June 6, 2015 at 11:18 am

    thnkx all… yeah sana.. ethan now innaanee rangalhu koffa… thnkx bunedhuineema….
    to shiaa…. wait ingey… kuirah huri baithakun engeyne hurihaa kamehvex…. hope you’ll wait… 🙂

  22. haleemath says:
    June 6, 2015 at 11:42 am

    Hoody wen s aa next part?

  23. shiaa says:
    June 6, 2015 at 11:42 am

    🙂

  24. neem says:
    June 6, 2015 at 11:43 am

    ..Mi myhun haadha kei madhey, have some patiece
    ..Vaahaka v v v reethi
    Dhn up vaany kn irakutha
    ..Waitingg

  25. shiaa says:
    June 6, 2015 at 11:46 am

    🙂 ??????? yeah i will wait till the story finishes . hoody thee raa atoll ge kon rasheh ge kujjehtha

  26. Hoody says:
    June 6, 2015 at 11:51 am

    thnkx all….
    shiaa, alhugandu mee raa atoll maakurathu… 🙂

  27. zalaf says:
    June 6, 2015 at 11:55 am

    ???????? kon irakun aneh bai

  28. shiaa says:
    June 6, 2015 at 11:58 am

    ehen tha . kurin neyge maakurathu kiyaa rasheh onna kameh

  29. hoodh mohamedh says:
    June 6, 2015 at 12:03 pm

    mirey up koh dhey chey anai bai. up koh dhevenyaa

  30. Hoody says:
    June 6, 2015 at 12:15 pm

    Thnkx All…
    miadhu mendhuru fahu 2 ge kurin upkohdheynan In Sha Allah 🙂 …..

  31. shiaa says:
    June 6, 2015 at 12:21 pm

    esfiya site ga genes dhey vaahaka thakuge therein mihaathanah kiyunu emme reethi vaaha thaka ky kalhu finifenmaa , fanaa and hithakun nufilaaney . eige therain ves emme reethi kalhu finifenmaaa

  32. Aafa says:
    June 6, 2015 at 12:50 pm

    Varah reethi story eh…varah kiyaalaahithun mi kiyani….:-)

  33. nihaa says:
    June 6, 2015 at 12:54 pm

    Vrh habeys…

  34. haleemath says:
    June 6, 2015 at 12:55 pm

    ?Hoody hama asuves that 2 ge kurintha

  35. shiaa says:
    June 6, 2015 at 1:14 pm

    !!!!!!!!!! waiting … waiting 🙂 🙂

  36. Hoody says:
    June 6, 2015 at 1:17 pm

    Thnkx all…. nw miulhenee up kuran… wait…. 🙂

  37. neem says:
    June 6, 2015 at 1:34 pm

    Waiting

  38. Hoody says:
    June 6, 2015 at 1:43 pm

    varah undhagoo up kuran now…. varh varah varah slow….. faharehga las vun ekasheegen vey… sorry….

  39. shiaa says:
    June 6, 2015 at 1:46 pm

    🙁 🙁 🙁

  40. Hoody says:
    June 6, 2015 at 1:53 pm

    Aslu vex shiaa… ehgothakah load eh nuvi… 🙁 esfiya site varah slow vejje mihaaru… hama gaimu vex connection ge massala eh noon….. ehen ste thakah nulaahiku avahah vadhevey… hamaekani esfiya site…… 🙁

  41. neem says:
    June 6, 2015 at 1:54 pm

    Hehe
    ..Irukolhukolha mi balany
    Ok waiting

  42. shiaa says:
    June 6, 2015 at 1:57 pm

    gaimu shiaa ah esfiya site varah fast. haadha dhera gothekei mivy . iraadha kureh vyyaa v varah avahah problem slove vaane 🙁

  43. shiaa says:
    June 6, 2015 at 2:00 pm

    shiaa baiy tha shi ves hifa gen ais myndhy story up way tho

  44. shiaa says:
    June 6, 2015 at 2:07 pm

    🙂 🙂 dont be sad hoody . i ll wait

  45. july says:
    June 6, 2015 at 2:11 pm

    v reethi….mipart ves…..waiting for next part

  46. shiaa says:
    June 6, 2015 at 2:19 pm

    keey vetha pic ga dont go to sleep jahaafa einy

  47. malak says:
    June 6, 2015 at 2:20 pm

    awesome dear 🙂

  48. shiaa says:
    June 6, 2015 at 2:22 pm

    varah biru ganey nidhan mi haaru . ehen inyma

  49. shiaa says:
    June 6, 2015 at 2:32 pm

    :- ) waiting!!!!!!!!!!!!!

  50. alaaniya says:
    June 6, 2015 at 2:43 pm

    hoody avas koh bala

  51. jenny says:
    June 6, 2015 at 2:50 pm

    Hoody hurry up honey…

  52. shiaa says:
    June 6, 2015 at 3:06 pm

    :-() :-() :-() hhhhhhhoooooooddddddddyyyy !!!!!!!!!! ugr ugr……. shiaa ah mihaa ru mi oh roveny

  53. naani says:
    June 6, 2015 at 3:08 pm

    Masha Allah….. Warah furihama hub story eh.. Mì part wes just awesome… :* 🙂

  54. saanuuuu says:
    June 6, 2015 at 3:09 pm

    heheheehehee…this story is nice vvvv nice… but hoody zaxla ge life ves yaish ah igunyma waste vany ehnvyma hadi eh nu…and yes nimey iru ehn nahadhaathi… and yes take good care of u as well study well I think u re doing a level so u need to concentrate on u re studying as well…. kurimaguga Dhivehi vaahaka liyun theriyakah vaaneh kamuge u meedh kuran…all the best .

  55. shiaa says:
    June 6, 2015 at 3:23 pm

    waiting

  56. jenny says:
    June 6, 2015 at 3:56 pm

    Hoody im waiting..

  57. shiaa says:
    June 6, 2015 at 3:59 pm

    still waiting 🙂 ……!!!!!

  58. haleemath says:
    June 6, 2015 at 4:04 pm

    Shiaa patience have no hard feelings

  59. rafdha says:
    June 6, 2015 at 4:07 pm

    vvv hadi story gandeh

  60. shiaa says:
    June 6, 2015 at 4:13 pm

    i dont have hard feelings. ekamaku kiyaa hithun kemmadhu vefa indhaa hoody ah up nukure way goi vy . ma dhera vegen rovuny . and alhugandu balaanan key kure way tho . thanks haleemath

  61. zalvin says:
    June 6, 2015 at 4:22 pm

    v reethi mipart wex

  62. jenny says:
    June 6, 2015 at 5:16 pm

    Plzz plzz stwry avahah up kohdhyba..vvv dhera vey eba

  63. haleemath says:
    June 6, 2015 at 5:17 pm

    I meant to say that I didn’t have hard feelings shiàa,anyway kobàtha hoody gadu aharen miohgen maruvaniyyey

  64. shiaa says:
    June 6, 2015 at 5:33 pm

    oh sorry haleemath

  65. shiaa says:
    June 6, 2015 at 5:36 pm

    the dheh kobaa tha hoody

  66. zaa says:
    June 6, 2015 at 6:03 pm

    Hoodee filaifi

  67. shiaa says:
    June 6, 2015 at 6:19 pm

    Mirey dhoh next part

  68. shiaa says:
    June 6, 2015 at 6:21 pm

    maa shaa allah . mi vaahaka vareh neiy

  69. shiaa says:
    June 6, 2015 at 8:12 pm

    hoody nufilan dhoh

  70. shiaa says:
    June 6, 2015 at 8:47 pm

    :p 🙂 🙁

  71. yoo2u says:
    June 7, 2015 at 12:15 am

    !!Huh!!! mashah heevany mi shiaa ey kiyaaha c8mmnt kura kujja hunnany hoody a alha ganefa hen,
    Its realy funny the way u react
    BTW story s awesome

  72. sha says:
    June 7, 2015 at 11:47 am

    keevetha aneh part open nuvany. error msg eh annanyy …:(

Comments are closed.


All Right Reserved!