
ފަނާ 18
“ހޭއި ޒައިދޫ…މަގޭ ބެސްޓީ މިތާގަ.. އޯ މައި ގޯޑް “ފަހަތަށް އެނބުރި ބަލާާލިއިރު ކުރިމަތީ ހުރި އަންހެން ކުއްޖާގެ އެ ލަފްޒުތައް ވަކިވަކިން އަހަރެންގެ ކަންފަތަށް އިވެމުން ދިއަައިރު، ހެވިފައިހުރެ ޒައިދުގެ ގައިގާ އައިސް ބައްދާލި އެ ކުއްޖާ ފެނި ފަހަތަށް ޖެހެވުނު އިރު،ދެއަތް މުއްކަވާ ބާރުކޮށް ލެވުނެވެ. ނޭގި ހުއްޓާ ލޯ ފުރި ބާރުވިއިރު އެ ކަރުނަތައް ހިންދާލުމަށް ދެތުންފަތަށް ލެވުނުހާ ބާރެއް ލެވެމުން ދިއައިރު، އަހަރެންގެ ހިތް އޮބިނޯނަ ވަރަށް ތެޅިގަތީ އެއަންހެންކުއްޖާ ވައިއަޑުން ޒައިދު ކައިރީ ބުނެލި ވިހަ ޖުމްލައިންނެވެ.” ޒައިދު ތި އުޅެނީ ރަށު އެންމެންގެ ބޮޑު ތުންފުހިގޮވައިގެން ކީއްކުރަންތަ؟ ތިނޫން ގާރލްއެއް ނުފެނުނީތަ މިރަށުން އަސްލު މަ ހިއެއްނުކުރަން ޒައިދު މާހީ ފަދަ ޗީޕް ގާރލް އަކާއި ވައި ވެސް އެޅޭނެ ކަމަށް ދުވަހަކުވެސް، ބުނަން އެ ގާރލް އަކީ ވަރަށް ގިނަ ފިރިހެނުން ގެންގުޅޭ ނުކިޔަވާ ޭ ތާކުން ތާކު ނުޖެހޭ މީހެއް، ގްރޭޑް ފޯރ އިން ކިޔެވުން ހުއްޓާލީވެސް އުޅޭގޮތުން ރަށު މީހުން ދައްކަންފެށި ވާހަކައިންނޯ. ޒައިދު މަގޭ އެކުވެރި އަކަށް ވަންޏާ އަވަހަށް ސަލާމަތުން އޭނަ އާ ދުރަށް ދޭ.އެހެންނޫނީ ޒައިދު ކަހަލަ އިނޮސެންޓް މީހެއްގެ ދިރިއުޅުމާވެސް ކުޅެލަފާނެ ވިއްޔަ .” ޒައިދު ހައިރާންވެފައި އެ އަންހެން ކުއްޖާ އާއި ދިމާއަށް ލޯ ބޮޑުކޮށްގެން ހުރިއިރު،އައިސް ފައިވާ ރުޅިން ހަމަޖެހެން މަސައްކަތް ކުރަމުންދިއައެވެ. ” ސްޓޮޕް އިޓް ލަމް… ލަމްހާ އަށް ނޭގެ ވާހަކަތައް ނުދައްކަ ފާނަންތަ، އިރެއްގަ ތީ އަހަރެންގެ ބެސްޓް ފްރެންޑް ބަޓް ލަމް އަހަރެންގެ ޓްރަސްޓް ގެއެްލުވާލިފަހުން އެ ގުޅުން ކެނޑުނީ، އަދި މިއުޅެނީ ދިމާާވެފަ ފަސްމިނެޓް ނުވެ، ތިއުޅެނީ އަހަރެންމެންގެ އޮތް ހަމައެކަނި އެކުވެރިކަން ވެސް ގެއްލުވާާލަން ތައް، މާހީ އަކީ ލަމް ތިހީކުރާހާ ދަށް ފެންވަރެއްގެ ކުއްޖެނޫން އިނގޭ، ހަނދަން ކުރާތި، އެކުވެރިކަން ބޭނުމިއްޔާ، އަހަރެންގެ އެކުވެރިންނަށް ވެސް ގަދަރު ކުރޭ ކިތަންމެ ނިކަމެތި ވިއަސް، ގޮޓް އިޓް…..” ޒައިދުެގެ ބަަސްތަކުން ލަމްހާގެ މޫނު ރަތްވަމުން ދިއައިރު، ހަލަނި ދުލުގައިވެސް ތަޅެއް ލެވުނު ކަހަލަ އެވެ.ރުޅިވެރި ނަޒަރު އަހަންނާއި އަމަޒުވެފަހުރި އިރު، އަހަރެންނާއި ދިމާލަށް އެނބުރި ހުރި ޒައިދުގެ އަތުގާހިފާލީ ހިތްހަލާކުވެފަވާ ވަރަށް މޫނުގެ ކުލަވަރު ދައްކަމުންނެވެ.ލޮލުން ފެންތަށް ބާލަމުން ލަމްހާ އަހަރެންނާއި ދިމާލަށް ބަލާލަމުން ސޮރި އޭ ބުނެލުމުން އަހަރެން ގަދަކަމުން ހިނިތުންވެލީމެވެ. އަހަރެންގެ މޫނަށް ނަޒަރު ހުއްޓާލައިގެން ހުރި ޒައިދުވެސް އުފާވެ ހުރެ ހިނިތުން ވުމަކާއި އެކު އައިސް އަހަރެން ގާތުގައި ހުއްޓި ފްޮރެންޑްސް އޭ ކިޔާ ލަމްހަގެ އަތާއި އަހަރެންގެ އަތް ގުޅުވާލިއެވެ. އަހަރެން މުޅިއަކުން ހަމައަކަށް ނޭޅުނަސް ޒައިދުއަށް ޓަަކައި ހަމަ ޖެހިލައިގެން މަޑުން ހުރީމެވެ. ލަމްހާގެ މޫނުމަތިން ފުނުނީ ރުޅީވެރިކަން އަހަރެންނަ ނަގާ ގަނެވުނު އިރުވެސް، ޒައިދަޜް ރެއަކާ ނުލައެވެ.އެހެންކަމުން އިތުރަށް އެއްޗެއް ނުބުނެ އަހަރެން އެ މައްސަލައެއް ނޫނޭ ލަމްހާ އަށްަ ނޭގިވީކަމެއެް ނޫންހޭ ކިޔާ އެވާހަކަ ދެން ހުއްޓާލުމަށް ބުނެލަމުން ވާހަކަތައް އޮއްބާލީމެވެ.
އެތަށް ވާހަކަތަކެއް ޒައިދު އާްއި ޒައިދުގެ އެކުވެރިޔާ ދައްކަމުން ގޮސް ވަގުތު ހޭދަވީ ގޮތް ނޭގި އިރުއޮއްސޭން ފެށިއެވެ.ރަން ވިލާގައި އޮރެންޖާއި ރަތާއި ނުލުގެ ކުލަތައް ފެވެމުން ދިއައިރު، އަހަރެންގެ ސައުގު ހުެރީ އެކަމަށް ގޮސްހުސްވެފައެވެ. ގޮޑުދޮށުގައި އިށީދެ ތިބި ދެއެކުވެރިން މަޖާނަގަމުން ދިއައިރު، ޒައިދު އަހަންނާއި ދިމައަށް ބުނެލާ ބަސްތަކަށް ވެސް ލަމްހާ ރައްދު ދެމުން ދިއައިރު، ފޫހިގޮތަކަށް އަހަރެނަށް ލަމްހާ އާއި ދިމައަށް ލޯއަޅާލެވުނެވެ. ދެކެވެމުން ދިއަ ވާހަކައިގެ ތެރޭގައި ލަމްހާ ބައްޕަގެ ވާހަކަ ކިޔަންފެެށުމުން ތެޅިގަނެވުނީ، ބައްޕަ އަކީ ސާނިމް އޭ ބުނުމުންނެވެ. އަހަރެން ސައުގުވެރިކަން އެވާހަކަތަކަށް ބެހެއެްޓީމެވެ.ލަމްހާ އަކީ ސާނިމްގެ ހުރި ހަމައެކަނި ދަރި ކަމާއި، އަދި ލަމްހާގެ ބައްޕަ އަކީ މިއަތޮޅުގެ ޕޮލިސް ސްޓޭޝަންތަކާއި ހަވާލުވެ ހުރި މީހަކަމަށް ބުނުމުން ސައްކު ޔަގީންވެވި، އިތުރަށް ލަމްހާ އާއި މެދު ހިތުގައި ސުވާލުތައް އުފެދެން ފެށިއެވެ. އުމުރުން ނަވާރަ ވަރަކަށް އަހަރު ވެފަވާއިރު ވެސް ބޭރު ތެރޭ އެއުޅެނީ ” އޮރިޔާން ” މުންނެވެ. ލާފައި ހުރި ކުރުއެއްޗެހި ދެއަތް ހާމައަށް އޮތްއިރު،ލާފަހުރި ސޯޓް ކޮޅު ކުރުކަމުން ފަލަމަސްގަނޑުވެސް ނުފޮރުވެއެވެ. އަހަރެންގެ ހިޔާލުގެ ވާފައްތަށް ކަނޑައިގެން ދިއައީ ދާންވެއްޖެ ކަމަށް ބުނެ ޒައިދު އަހަރެން ގައިގާ ކޮށްޓާލުމުންނެވެ. ޗޮކެއް ކަނޑާލަމުން ތެދުވެ އަހަރެން ގައިގާ ތަތް ލަވާފަ ހުރި ވެލި ތައް ފޮޅާލަމުން ހިގައިގަންނަމުން ބަލާލިއިރު ލަމްހާ ޒައިދުގެ އަތުގައި ހިފައިގެން ހިގައިގަންތަ ފެނި ހިތުގައި ރިހުމެއެް އުފެދުނެެވެ. ޒައިދު އެނބުރި އަހަންނާއި ދިމާއަށް ބަލާލުމުން އިސްޖަހާލެވުނީ ވެފައި ހުރި ދެރަ ޒައިދުއަށް ފެންނަށް ބޭނުން ނުވުމުން ނެވެ.ޒައިދު މަޑުކޮށްގެން ހުރުމުން އަހަރެން ގޮސް އެމީހުންނާއި އަރާހަމަ ކޮށްލީމެވެ. ޒައިދުގެ އެއްކައިރީގައި އަހަރެން ހުރި އިރު އަނެއް ފަރާތުގައި ލަމްހާ ހުރި އިރު ލަމްހާގެ އަތްވަނީ ޒައިދުގެ ކޮޑުގައި އަޅުވާޅާފައެވެ. ބަލާބެލުމަށް މީހުންނަށް ހީވާނީ ދެ ލޯބިވެރިން ހެންކަން އިހްސާސްކުރެވި އަހަރެންގެ ހިތް ކެފިގެން ދާންފަށައިފިއެވެ. ކެތްކޮށްލައިގެން ނުރޯން ހުރީ ތަގްދީރު އަހަންނާ ކުރަމުންދާ ސަމާސާތަކުން ހަދާނެ ގޮތް ހުސްވަމުންދާ ފަދައިހްސާސް ކުރެވި ފައިވާތީ އެވެ. އަހަރެން ސިހިގެން ދިއައީ ޒައިދު އަހަރެންގެ އަތުގައި ހިފާލުމުންނެވެ. އޭރު ލަމްހާ ދަނީއޭ ބުނެ ކުރިމަތިން އަންނަމުން ދިއަ އަންހެން ކުދިން ތަކަކާ ދިމާލަށް މިސްރާބުޖަހާފައިވެސް ހުއްޓި ނަފްރަތުގެ ނަޒަރަކުން އަހަންނާއި ދިމާއަށް ބަލާލަމުން ހިގައި ގަތެވެ.
ޒައިދުގެ ސަމާލުކަން އަތުގައި ފޯނާއި ދިމައަށް ހުރުމުން އެ މަންޒަރު ޒައިދަށް ފަރުދާވިއެވެ. އަހަރެން ހުރީ ފާޑަކަށް ގަބުވެފައެވެ، ހިތަށް އަރަމުންދިއައީ ޒައިދު ލަމްހާ އާއި އެހާ ގާތްއިރު،. އަހަރެން ފަދައިން އެތަށް އަންހެން ކުދިންނެއް ޒައިދު ހަޔާތަށް އައިސްފަ ވާނޭއެވެ. ސުވާލުކުރަން ހިތް ބޭނުންވިއަސް އަހަރެންގެ ޒަމީރު އެކަމަށް ދެކޮޅުހަދަމުންދިއައެވެ. ގެއަށް އައި ގޮތަށް ކޮޓަރިއަށް ވަދެ ޖައްސާލީ ބޯފަޅައިގެން ދާ ވަރުވެފައިވުމުންނެވެ. އެހެނަސް ޒައިދު މާހުށިޔާރެވެ. އަހަރެން ޖައްސާލިތާ އިރުކޮޅެއް ނުވެ ޒައިދު އައިސް އަހަންނަށް ގޮވަން ފެށިއެވެ. “މާހީ ހިތްހަމަ ނުޖެހުނީތަ، ެއެހެންކަމަންވަންޏާ ވަރަށް ބޮޑަށް ސޮރީ، އަހަރެން ނުހީކުރަން ލަމްހާ މިރަށައް އައިސް އުޅޭކަމަކަށް އަދި އަހަންނާއި ދިމާވުމުން އެގޮތަށް ކަންތައް ކޮށްފާނެ ކަމަށް، ލަމްހާ އަކީ ގްރޭޑް ފަހަކުން ފެށީގެން އަހަންނާއި އެކު ކިޔަވަން އުޅުނު ވަރަށް ގާތް އެކުވެރިއެއް އެއްކުލާހެއްގަ ތިން އަހަރު އުޅެފަ ް އެއިޓާ ހިސާބުން ވަކިވީ، އެކަމު އަހަރެން އޭރު އެހާ ގިނަ ރައްޓެހިން ނުގެންގުލެން އެހެންވެ ލަމްހާ އާއި މެދު ބެސްޓް ފްރެންޑެއް ގޮތުގައި ދެކުނީ، ދެން އެމީހުން ފަހުން އުޅެން ވެސް ފެށީ އަހަރެންގެ ގެ އާއި ވަރަށް ކައިރީގަ ގިނަ ވަގުތު އެކުގަ ހޭދަކުރެވޭ، ކުރިން އޭނަ ވަރަށް ރަގަޅު، އެްއިޓާ ހަމައިން ވަކި ސްކޫލަކަށް ބަދަލްވި ފަހުން ގުޅުން ދުރުވެގެން ދިއަ އަދި ލަމުްހާވެސް ބަދަލްވާފެށީ ޒަމާނީ ސްޓައިލަށް އުޅޭ އަންހެން ކުދިން ނާއި ޖެހި ބޮޑެތި ޕާރޓޭއިން ބިޓުނަން ގެންގުޅެން ފެށި، އަހަރެން އެކަމާއި އެއްޗެއް ބުނީމާ ހިތްހަމަ ނުޖެހޭ، އެހެންވެ ފަހުން ފަހުން އެކަމާ އަޅާނުލީ އެކަމަކު ވަރަށް ދެރަވޭ،ބެސްޓް ފްރެންޑެއް ގޮތުގަ ހީކުރެވުނީ ތީ، އޭނަ އުފަންދުވަހު އަހަރެން އެގެޔަށް ދިމާމަ އޭރުގެ ލަމްގެ ބޯއިފްރެންޑް ހުރީތީ އަހަރެން ދަންނަ ކަމަށް ނުހަދާ ފޮނުވާލީ، ލަމް އަހަންނާ ވަރަށް ދުރުވި، ދެން ދުވަސްކޮޅެއް ފަހުން ލަމްގެ ބޯއީފްެންޑް ެއެހެން ގާރލްއެއް ހިފަހައްޓައިގެން ގަދަކަމު އެއަންހެންކުއްޖާ އަށް ބެހެންް އުޅެނިކޮށް އަހަންނާ ދިމާވީ، ފެނުނު ހުރިހާ ކަމެއް ލަމް އަށް ކިޔާދިނިމާ އަހަރެނަށް އިތުބާރު ކުރަމޭ އޭނަ އާއި ދުރުވާނަމޭ ބުނި، އެކަމު ލަމް އަހަންނަށް އޮޅުވާލާފަ އެނައާއި އެކު އުޅެނިކޮށް ފެނުމުން އަހަރެން އެއްކޮން ލަމް އާއި ގުޅުން ކަނދާލިން، ލަމްއަށް ހަގީގަތް އެގި ކެހި ލިބިގެން އަނެއްކާވެސް އަހަރެން ކައިރިއަށް އައިސް މާފަށް އެދި،އެކުވެރިކަން ކުރިން އޮތް ގޮތަށް ބާއްވަން އެދުނީމަ އަހަރެން އޭނަ އަށް މާފް ކުރީ، އެކަމަކު އޭގެ ފަހުން އަހަރެން ލަމް އާއި މެދު މާގާތް އެކުވެރި އެއްކަމަށް ނުދެކެން މިހާރު ވެސްު، އަހަރެން މިރަށައް އައި ކަމެއެްވެސް ނޭގެނެ، އެކަމުވެސް ދިމާވާން ހުރީތީ މިއަދު އަނެއްކާވެސް އޭނައާއި ދިމާވީ، މިހާރު ލަމް ގެ އުޅުން ހުންނަ ގޮތުން އަހަރެން ހިތްހަމައެއް ނުޖެހޭ ވަހަކަ ދައްކަކަވެސް އެކަމަކު ކުރިން އެހަ ގާތްކޮށް އުޅުނީމަ އެކުވެރިކަން ކަނޑާލަން ބޭނުން ނުވަނީ،ހިއެއް ނުކުރަށް މާހީ އާއި މެދު އެގޮތަށް ކަންތައް ކޮށްފާނެ އެކޭ، ވަރަށް ބޮޑަށް ސޮރީ މާހީ، ހުރިހާ އެއްޗެއް މި ކިޔަދިނީވެސް މާހީ އަހަންނާއި މެދު ކުށްހީއެއް ކޮށްފާނެ ފުރުސަތު ދޭން ބޭނުންނުވާތީ، ޕްލީސް އެަހަންނާއި ވާހަކަ ދައްކަބަލަ،” ލޯމަރާ ތަގުޅި ކޮށްގެން އޮތްވާވެސް ދެލޮލުގެ ކައިރިމަތިން ކަރުނަތައް ފޭދެން ފެށުމުން ޒައިދު، ކަރުނަތައް ފޮހެލާދިފައި، އަހަރެންގެ އަތުގައި ހިފާ ތަޅުވާލިއެވެ. ޒައިދުގެ، އެކުވެރިޔާ އާއި އޮތް ގުޅުން އަހަރެންގެ ސަބަބުން ކެނޑެން ބޭނުން ނުވާތީ، އަހަރެން އެކަމާ އަޅާނުލުމަށް ބުނަމުން މިހާރު ލަމްހާ އަކީ އަހަރެންގެ އެކުވެރިއެއްކަމަށް ބުނެ ހިނިތުންވެލީ ހިތުގައި އަތްއަޅާފިއްތާލަމުންނެވެ. ހަގީގަތުގައި އަހަރެން އެއްވެސް މީހަކަށް އިތުބާރެއް ނުކުރަމެވެ. ކުރެވުނު އިިތުބާރެއް ހަމައެކަނި ކުރަނީ ޒައިދުއަށެވެ، އެ އިތުބާރު ނުގެއްލުވާލާހާ ހިނދަކު އަހަރެން ކުރާނަމެވެ.ެއކަމަކު އަހަރެންގެ އިތުބާރު ގެއްލުވާލައިފައިވާ އެތައް ބަޔަކުމިދުނިޔޭގަ އެބަތިއްބޭވެ.އަހަރެން އެންމެންނަށްވެސް ނަފްރަތު ކުރަމެވެ. ދުނިޔޭގަވާ އުންމެންނަށް އަހަރެންގެ ހިތުން ނަފްރަތު ކުރެވޭއިރު އަމުދުން ރަށު މީޙަކަށް އަހަރެންގެ ހިތުން ދުވަހަކުވެސް ރުހުމެއް ނުލިބޭނެއެވެ.މިއީ އަހަންނަށް އަނިޔާވެރިވި ފަސްގަނޑެކެވެ.
ރޭގަނޑު ވަގުތު ފަހަނަ އަޅައި ގޮސް ހެދުނު ގެ އިރާއެކު އެކީހެން އަހަރެން ތެދުވެ ބަދިގެ އަށް ވަދެ ސައިހަދަން ފެށީ އިއްޔެ ދިމާވި ހުރިހާ ކަމެއް ހިތުން ފޮހެލައިގެން ހުރެއެވެ.ނުވައެއް ޖަހައިރު، ސްޓޭޝަންއަށް ދާން އަންގާފަ އޮތުމުން އަތްމަތި އަވަސް ކޮށްލައި، ސައިހަދާ ނިންމައި ގޭތެރެ ސާފްކޮށްލިއިރު، ގަޑިން ހަތްގަޑި ބައިވަނީ އެވެ. ޒައިދާއި ޔޫނުސްބެ ހޭލަންވާއިރަށް ފެންވަރާ ތައްޔާރުވެލަން ދިއައީ ކާއެއްޗެހި މެޒުމަތީ އަތުރާފައި އެ ހުރިހާ އެއްޗެއް މަތި ޖަހާލާ ނިންމާލާފައެވެ. އެއީ އަހަރެން ނެތިސް ޔޫނުސްބެ ސައިބޯން މިގަޑީގައި ނުކުމެދާނެތީއެވެ. ފެންވަރާ ތަޒާވެލައިގެން ރީތިވާން ފަށަމުން ގަޑި ބަލާލިއިރު އަށެއް ޖަހަނީއެވެ. އަވަސް ކޮށްލައިގެން ރީތިވެލައިގެން ކޮޓަރިން ނުކުމިތަނާ ފިޔަވަޅުތައް ގަނޑުވީ ކައިރިން އިވުނު ފިރިހެނެއްގެ އަޑުންނެވެ. ކުރިމަތީ ހުރި މީހާ ފެނި ވާންވީ އުފާކަމެއް ކުރަންވީ ނަފްރަތު ކަމެއް ނޭގި ގަނޑުވެ ހުރީ ނޭވާވެސް ލާން ނޭގިފައެވެ……..ނުނިމޭ
15 Comments!
Comments are closed.
Maher he aslu dad dhoa
Next part avahah upp kurachey
Mahee ge aslu dad dhoa
Next part avahah upp kurachey
Huh..anehfaru e azaal aeybaa..ehn nahadhahchey
Wow v reethi mi part ves. Upload soon ingy.. 🙂
e azaal gandu dhoh . warah fuuhi way
Mahee ah heyo edhey knmes meeheh dho
Zaidhutha anehkaa anyways v nice next part avahah up kohlacheh
Vrh foohi mi bai….
E buna saanimtha ei..
Ekme azaal gandu nugennachey, n maahee ah dhera gotheh viya nudhehchey..
V v v mice ngey
N v avahah up khdhehchey
Nice vv v avahah up kohdhechey
HAADHA KUREY MIHAARU INTHIZAARU KUREVENY MAAHY GE LIFE REETHI KULA JEHEYNE DHUVAHAKAH …………..MIHAARU KURIAH DHAA GOI VVVVVVVVVVVVV NIIIIIICE…
V nice mi story kuriyah dhaagoe ..N mikahala vaahaka thakun rangalhu filaavalheh mulhi mujthamah dhasvaanekamah uhmmeedhu kuran.BST of luck dear pls update it fast engey n maahyah dhn dhera gotheh nuhadhahchey
varah hadi varah hadi achhiiidi hadi ey mi psrt ksmeh nuves nuvey….umeedheh nukuran mehaa hadi vaaneh kamahkah huvaaa vvvv foohi vejeh asuluves…..varah varah varh foohi foohi gdekey eh goiii…….. dhn upload kuraa part reeti vaaneh kamah umeedh kuran
hmmm…vaahaka ge eh manzareh maa ginain sifa kohdheef amulhi vaahaka nimfa othy athirimathee..dhn mives gothe dhw..mi kamah dhn faharu upload kuraairu visnu eh dhen…..mi hama namehga upload kohfa oi part eh… ehn vaahaka akaa alhaa hamaves nuve…. mi ya vure maa ranghalhu vaaneh mi part upload nukuri namaves… dhn faadhege lamhaa gadeh vaahaka nimidhen mio vaaa foohi kamejkey hitha araa
baeh mistakes eba huri…. misaalakah “nuheekuree” aslu innaanee heeenukury… and nukumithanaaa eh nukiuaane..ranvalhu gothakeee nukuiy thanaaa….dhen faharakun rangalhukohlan vaane
human mistake ves jeheyne ekamu ves vaahaka v salhi