އިންތިހާ – 13
”މެޑަމް…މިއަދު ފިރިހެނަކު އައި މެޑަމް ތިއުޅޭ އެޕާރޓުމެންޓަށް ދާން….މެޑަމް ބުނި ގޮތައް އަޅުގަނޑު ބުނިން އެތާކު މީހެއް ނޫޅެޔޭ! ވަރަށް ގަދަ ހެދި އެތެރެއަށް ވަންނަން ވެގެން…ސީސީޓީވީ އިން ބަލާލަން ވީނޫންތޯ؟ މެޑަމް ދަންނަ މީހަކަށް ވެސް ވެދާނެ” ސެކިއުރިޓީ ގާރޑުންގެ ކެބިންއާއި ދިމާލަށް އިޝާރާތް ކުރަމުން އެމީހާ ބުނެލުމާއި އެކު ބޯ ޖަހާލަމުން އެމީހާގެ ފަހަތުން ނޫރް ހިނގައިގަތެވެ.
ކުރިމަތީގައި ހުރި ކޮމްޕިއުޓަރުގެ ސްކްރީނުން ސީސީޓީވީ ފުޓެޖް އެޅުވުމާއިއެކު ފެނުނު ސޫރައަކުން ނޫރްގެ ދެލޯ ބޮޑުވެގެން ދިއަ އިރު ހާސްކަމާއި ބިރުގެ ކުލަވަރު އެ މޫނުމަތިން ފައުޅުވާން ހިނދުކޮޅެއް ވެސް ނުނެގިއެވެ. ނިއްކުރިމަތީގައި ދާތިކި ބަބުޅަން ފެށިއިރު ހުރި ފިޔަވަޅުމަތީގައި އޭނާ ގަނޑުވިފަދައެވެ. “ލާ…ލާމިއު…”
*******
“މެޑަމްއަށް އިނގޭތޯ މީ ކާކު ކަން؟” ދޮރުވާނު މީހާއަހާލިއެވެ. އޭރު ފަހަތަށް ފިޔަވަޅު އަޅަމުން ގޮސް އެތަނުން ނިކުންނަ ދޮރާއި ނޫރް އަރައި ހަމަވަނީއެވެ. އެ މޫނުމަތީގައި ވާ އިންތިހާ ދަރަޖައިގެ ބިރުވެރިކަން ބަލައިލި ކޮންމެ މީހަކަށްވެސް އަންދާޒާ ކޮށްލެވޭނެއެވެ. ޝަބުނަމު ތިކިތަކެއް ފަދައިން ދާތިކިތައް މޫނުގެ އޮމާން ހަންގަނޑުގައި ބަބުޅަމުން ދިޔައިރު ތުންފަތުގައި މަޑު ތުރުތުރެއް އެކުލެވިފައިވިއެވެ.
”އެއްވެސް..އެއްވެސް މީހަކު އަޔަސް މައްޗަށް އެރިއަ ނުދޭތި” އަޅައަޅައި ގަންނަމުން ނޫރް ބުނެލިއެވެ. އޭރު އޭނާގެ ހިތުގައި ތަފާތު ބިރެއް އުފެދެން ފަށައިފިއެވެ. 15 އަހަރު ފަހުން ބިރުވެރިކަމާއި އަނދިރި ކަމުގެ އެ އިހުސާސް އަނެއްކާވެސް އޭނާގެ އަޒުމަށް ގުޑުމެއް ގެނެސްފިއެވެ. އެންމެ ހިނދުކޮޅަކު ވެސް އެތާގައި މަޑުކުރުމެއްނެތި، އަވަސް ފިޔަވަޅު ތަކެއްގައި އެ އިމާރާތުން ބޭރަށް ނިކުމެގެން ނޫރް ދިއައެވެ.
ހަމައަކަށް އެޅެން މަސައްކަތް ކުރަމުން ޕާރކިން އޭރިއާގައި އޮތް އޭނާގެ ކާރަށް އަރައި، ނޫރް ފުން ނޭވާއެއް ދޫކޮއްލިއެވެ. ދެލޯ މަރާލުމާއި އެކު ކަރުނައިގެ ރޮނގެއް އެ ދެ ލޮލުން ކުރެހިގެން ދިއައިރު، ދެއަތް އޭނާގެ ހަށިގަނޑުގައި ވަށާލަމުން ނޫރް ދެލޯ ހުޅުވާލިއެވެ. ހަމަޖެހެން މަސައްކަތް ކުރާކަމުގެ އަސަރު އެ މޫނުމަތިން ފެނިލިއިރު، ކޯތާފަތް މަތީގައި ހުރި ތާޒާ ކަރުނަތައް ފޮހެލަމުން ކާރުގެ ހުންގާނުގައި އޭނާ ހިފާލިއެވެ. މިހާރު އެ މޫނުމަތިން ބިރާއި ޖެހިލުންވުމުގެ އެއްވެސް އަސަރެއް ފެންނާކަށް ނެތެވެ.
“ހަސަން އުޒާމް…އިވާންއަކީ ކަލޭގެ ފުރަނައެއްނު ދޯ! ކަލޭގެ ފުރާނަ ކަލޭއާ ވަކިވާކަށް ދެން މާ ގިނަ ދުވަހެއް ނުނަގާނެ!” ދެލޮލުގައިވީ ވަރުގަދަ އަޒުމާއިއެކު ނޫރް ބުނެލިއިރު، މޫނުމަތީގައިވަނީ ރުޅިވެރިކަމެވެ. އޭނާ ކާރު ދުއްވާލީ ބާރު ސްޕީޑުގައެވެ.
**************
”ދޮންބޭ…ވަރަށް ގިނަ ދުވަސް ވެއްޖެ ދޮންބެ ކައިރިން ސްވިމިން ލެސަން އެއް ނުނެގޭތާ! ހައު އެބައުޓް ވީ ޑޫ އިޓް ނައު؟” މެންދުރުގެ ކެއުމަށްފަހު ގޭގެ ބިއްދޮށު ފަރާތުގައި ހުރި ގޮނޑިތަކުގައި އިށީނދެލައިގެން އައިމަންއާއި އިވާން ތިބިއިރު، އައިމަން އަހައިލީ ކުރިމަތީގައި އޮތް ޕޫލްއަށް ނަޒަރު ހުއްޓައިލައިގެން ހުރެއެވެ.
ފޯނުން ނަޒަރު ވަކި ކޮއްލަމުން އިވާން ވެސް އައިމަންއަށް ސަމާލުކަން ދިނެވެ. “އަދިވެސް ދަސް ނުވަނީތަ؟ ތިހެން އުޅެނިކޮށް ފެތިފަ އޮއްވާ ތޯއްޗެ ފެންނާނީ!” ހިނިގަނޑެއް ޖަހައިލަމުން އިވާން އައިމަންއާއި ދިމާ ކޮއްލީ، އުމުރުން ބާވީސް އަހަރު ވެފައި ވާއިރުވެސް އައިމަންއަށް ފަތަން ނޭނގޭތީއެވެ.
”ނޫނޭ ބްރޯ…ދެން އެންމެ އަވަހަށް ފެތޭނީ ހަމަ ދޮންބެ! އެވެސް ކައިވެނީގެ ކަނޑުގަ” ބުނެވުނު އެތި އައިމަންއަށް ރޭކާލީ އިވާންގެ މޫނަށް އެރި ކުލަަވަރު ފެނުމުންނެވެ.
”ވަޓް؟” އިވާން އަހާލީ އައިމަން އެބުނި އެއްޗެއް ފަހުމު ނުވުމުންނެވެ. “މި އެއީ…އަނެއް” އައިމަންއަށް އޭނާ ބުނަން އުޅުނު ޖުމުލަ ފުރިހަމަ ނުކުރެވުނީ އިވާންގެ ފޯނުގެ ރިންގުގެ އަޑު އިވެން ފެށުމުންނެވެ. ފޯނަށް ނަޒަރު ހުއްޓާލި އިވާންގެ ދެބުމަ ގޮތްޖެހިގެން ދިއައީ “މިސްޓްރީ” ޖަހައި ސޭވް ކޮއްފައި އިން ނަމްބަރުން ގުޅަމުން ދިއުމުންނެވެ.
ފޯނު ނަގައި ކަންފަތުގައި ޖަހާލަމުން އިވާން ތެދުވެގެން ދިއުމާއިއެކު އައިމަންއަށް ފުން ނޭވާ އެއް ދޫކޮއްލެވުނެވެ. ބޮޑު ބައްޕަ ވަނީ ކައިވެނީގެ އެއްވެސް ވާހަކައެއް އަދި އިވާންގެ ގާތުގައި ނުދެއްކުމަށް ބުނެފައެވެ. މިއަދު އޭނާގެ އަނގަގަދަ ކަމުން އިވާންއަށް ހުރިހާ އެއްޗެއް އިނގުނީހެވެ. ކޮންމެ މީހަކަސް، އިވާންގެ ފޯނަށް އެ ގުޅި މީހަކަށް ހިތާހިތުން އައިމަން ޝުކުރު ވެރިވިއެވެ.
”ކިހިނެއްވީ؟” ފޯނު ނަގައި ކަންފަތުގައި ޖަހާލަމުން އިވާން އަހައިލީ ރުންކުރު ގޮތަކަށެވެ. “އުފް…ތިހާ ރުޅި އައިސްހުރެ އިވާން ވާހަކަ ދައްކައިގެން ހައު ކޭން ވީ ކޯޕަރޭޓް….އައި ނީޑް ޔޫ އިން މައި ކެބިން ރައިިޓް ނައު…އިޓްސް އިމްޕޯރޓެންޓް! ހަނދާން ކުރާތި، ނޫރްގެ އެހީގެ ދޮރު އަބަދަކު ހުޅުވިފައެއް ނުހުންނާނެ…” އެކޮޅުން ނޫރް ފޯނު ކަނޑާލުމާއިއެކީ އިވާންގެ މޫނުމަތިން ނުރުހުމުގެ އަސަރު ފައުޅުވެގެން ދިއައެވެ.
ގޭދޮރުން ނިކުންނަން ދިޔަ އިވާން ފެނުމުން އައިމަން އިވާންއަށް ގޮވައިލިއެވެ. “ބްރޯ ކޮންތާކަށް؟ ވަޓް އެބައުޓް އަވާރ ސްވިމިން؟” އައިމަން އަހައިލިއެވެ. “އެހެންފަހަރަކުން އައިއްކޯ! އައި ގޮޓް ސަމްތިންގް ޓު ޑީލް ވިތް” އެހެން ބުނެލުމަށްފަހު އިވާން ނިކުމެގެން ދިއައިރު، ކުއްލިއަކަށް އެއި ފޯނު ކޯލަށްފަހު އަވަސްއަރުވާލާފައި އިވާން އެ ދިއައީ ކޮންތާކަށް ބާއޭ އައިމަންގެ ހިތަށް އެރިއެވެ.
”ހުކުރު ދުވަހެއްގަ ކޮން އާރޖެންޓު ކަމެއް ދޮންބެއަށް ލައިގަންނާނީ؟ އަނެއްކާ މީ މަންޖެ އެއްގެ ކަމެއްތަ! އައިސްބަލަ ނިކަން ގެޔަށް ދިމާކޮއްލާނަން” އަމިއްލަ ނަފުސާ އައިމަން މުހާތަބު ކުރި ނަމަވެސް، އެތަނަށް އައިސް ހުއްޓުނު އުޒާމްއަށް އެއަޑު ރަނގަޅަށް އިވުނެވެ.
އިވާންގެ އުޅުމަށް ވޭތުވެދިޔަ ދުވަސްތަކުގައި ބަދަލުތަކެއް އައިސްފައިވާކަން އޭނާއަށް ވެސް ފާހަގަ ކުރެވުނެވެ. އަބަދު ހާސްވެ، ކަންބޮޑުވެފައި ހުންނަ ގޮތުން ހީވަނީ ކޮންމެވެސް ބޮޑު ކަމަކާ ކުރިމަތި ވެގެން އުޅޭ ހެނެވެ.
ސިޑިން އަރައިގެން ގޮސް ސްޓަޑީއަށް ވަދެ، އޭނާގެ ފޯނު ނަގައި ލާމިއުގެ ނަމްބަރަށް އުޒާމް ޑައިލް ކޮއްލިއެވެ. ދެވަނަ ރިންގާއިއެކު ފޯނު ނަގައި އެކޮޅުން ލާމިއު ހަލޯ އޭ ބުނި އަޑު އިވިގެން ދިއައެވެ.
”ކޮބާ އަހަރެން ލާމިއުއާ ހަވާލު ކުރި މަސައްކަތް؟ އެކަން ވެއްޖެތަ؟ އެމީހެއް ހޯދިއްޖެތަ؟” އެއްފަހަރާ ހުރިހާ ސުވާލެއް އުޒާމް ކޮއްލީ ކެތްމަދުވަފައި ހުރި މީހެއް ފަދައިންނެވެ.
”އުޒާމް…މަށަކަށް ވެސް މާ ފަސޭހަ ކަމެއް ނޫން މީ…އެމީހާގެ ނަން ނޭނގުނަސް، ކުންފުނީގެ ނަމާ އެޑްރެސް ހޯދިއްޖެ! އެކަމު އެ އެޑްރެހަކީ ހުސްތަނެއް ކަމަށް ވަނީ” ލާމިއު އޭނާއަށް އިނގޭވަރަކަށް ކިޔައިދިނެވެ.
”އޭނ….ބަލަ އެމީހެއްގެ މައުލޫމާތޭ އަހަރެން ބޭނުމީ! އޭނަގެ ގެއެއް ނޫނޭ….އަހަރެން މިއުޅެނީ ބޮނޑިބައިތް ބަހަން އެގޭ ދޮށަށް ދާކަށް ނޫނޭ….ވަގުތެއް ނެތް އަހަރެމެންގެ އަތަކު ލާމިއު….އަވަހަށް މިކަން ނިންމާ..” އުޒާމްގެ އަޑުގައި ވަނީ ނުރުހުމާއި އަމުރުވެރިކަމެވެ.
”އުޒާމް ކައެ ހަމަޖެހިބަލަ….ބުނަން މަށަށް ވެސް ވާނީ ވަކި ވަރެއް….ޕްލެޓިނަމް ރެސިޑެންސް ހަތަރެއް ބީ ހުޅުމާލެ…މީ އެޑްރެސްއަކީ….ދެން ކަން ކުރަންވީ ގޮތް އުޒާމްއަށް އިނގޭނީ….އުޒާމް ބޭނުމިއްޔާ އަހަރެމެން ކުރިން ކުރާ ގޮތަށް މިކަން ނިންމިދާނެ….އެކަމު މިފަހަރު އަހަރެން އުޒާމްއަކަށް އެހީއެއް ނުވާނަން” ލާމިއު ވާހަކަދެއްކީ ހިތްހަމަ ނުޖެހި ހުރެއެވެ.
”ހެހެހެހެ….ލާމިއު ނޫން އެހެން ކާކަށް އަހަރެން ބޭނުންވާ ގޮތަށް ކަމެއް ނިންމަން އިނގޭނީ….ލާމިއު ބޭނުމިއްޔާ އަހަންނަށް އެހީ ނުވެ ހުންނަންވީ އެކަމު އޭގެފަހުން ދެން ވާ ގޮތުގެ ޒިންމާ ނަގަން ތައްޔާރަށް ހުންނާތި!” އުޒާމްގެ އަޑު ފުރިންގެންވަނީ މަކަރާ ހީލަތުންނެވެ. މޫނުމަތީގައި ވަނީ ނުރައްކާތެރިކަމެވެ.
************
އޭޒެޑް ބިލްޑިންގްސް ގެ ކުރިމައްޗަށް ކާރު މަޑު ކޮއްލުމަށްފަހު ކާރުން ފޭބި އިވާން ބަންލާފައި ދޮރު ޖެހުމަށްފަހު، އިމާރާތުގެ ތެރެއަށް ވަދެގެން ދިއައިރު، އެ ދެލޮލުގައި ވަނީ ނުރުހުމުގެ ވިދުވަރެވެ. ލިފްޓަށް އަރައި ސާދަ ވަނަ ފަންގިފިލާއަށް ދެވުމާއިއެކު އިވާން ގޮސް ހުއްޓިލީ އޭނާގެ ކުރީގެ ކެބިންގެ ދޮރު މަތީގައެވެ.
ހަމަޖެހިލަން މަސައްކަތް ކުރަމުން ދޮރުގެ ތަޅުގައި ހިފައި އޭނާ އެތެރެއަށް ވަނެވެ. ދޮރާއި ފަސް ވަރަކަށް ފޫޓު ދުރުގައި ހަށަންބަނދެލައިގެން ހުއްޓި ހުރި ނޫރް ފެނުމުން އެދުރުމިނުގައި އިވާން ވެސް މަޑުކޮއްލިއެވެ.
އަޅި ކުލައިގެ ކަކުލާއި ހަމައަށް އަންނަ ގަޔަށް ހިފިފައި ހުރި ހެދުމެއް ލައިގެން ނޫރް ހުރިއިރު، ރާޅުބާނީ އިސްތަށިގަނޑު ވަނީ ކުރިމައްޗަށް ގެނެސް ދޫކޮއްލާފައެވެ. ދޮން މޫނުމަތީގައި ކުރެވިފައިވާ ލުއި މޭކް އަޕްއާއި، ތުންފަތުގައިވާ ގަދަ ރަތް ކުލަ އެ ރީތިކަން ފުރިހަމަ ކޮށްދެއެވެ. އުސް ފައިވާނަކަށް އަރައިގެން ހުރި އިރު، އެ ސިހުރުވެރި ދެލޮލުގެ ތޫނު ނަޒަރު އަމާޒުވެފައިވަނީ، ސީދާ އިވާން އަށެވެ.
”ކީތްކުރަން އަންނަން ބުނީ؟” ނުރުހުން އެކުލެވިގެންވީ އަޑުން އިވާން އަހާލިއެވެ. “ރޭގަ ލިބުނު ހަދިޔާ ކަމުދޭތަ؟” މޭޒާއި ގާތަށް ހިނގައިގަންނަމުން ނޫރް އަހައި އިރު އެ މޫނުމަތީގައި ވަނީ ކާމިޔާބީގެ ހިނިތުންވުމެވެ. އޭނާ އެމާނަ ކުރީކޯޗަކަށްކަން އިވާންއަށް ނަގައި ނުގަނެވޭނެކަން ނޫރް ދެނެހުއްޓެވެ.
“ކިހިނެއްވީ؟ ދެން އަނެއްކާ ނާހާތި ނޫރްގެ މަޤްސަދަކީ ކޮބާތަ…ނޫރް ބޭނުންވަނީ ކޮންކަމެއްތަ…ކޮޒް ނޫރް ބޭނުންވާކަމެއް އިވާންއަކަށް ކޮށެއް ނުދެވޭނެ” މޭޒު ކައިރީގައި ހުރި ލެގޭ ގޮނޑީގައި އިށީނދެ ހަމަޖެހިލަމުން ނޫރް ބުނެލިއެވެ.
ހިމޭނުން ހުރި އިވާން އައިސ މޭޒުގެ ކުރިމަތީގައި ހުއްޓިލީ ނޫރްގެ ވާހަކަތަކަށް ކަންފައިތް ދީގެން ހުރެއެވެ. “ސޯ އައްޑު ސިޓީ ޕްރޮޖެކްޓް….އޭޒެޑްއަށް ވަރަށް ގިނަ ފައިދާތަކެއް ލިބޭނެ…ނޫރްއަށް ވެސް….އެކަމް އިވާން އެބަޖެހޭ ކަމެއް ކުރަން…ވާނެތަ؟” ނޫރް އަހައިލީ އިވާންގެ ދެލޮލާއި ނަޒަރު ސީދާ ކޮށްލަމުންނެވެ.
”ކޮންކަމެއް؟” ޝައުގުވެރިކަމާއި އެކު އިވާން އަހައިލިއެވެ. “އޭޒް ޔޫ ނޯ….އައްޑު ސިޓީގެ ވާހަކަ މިދައްކަނީ…އޮބވިއަސްލީ އެތަނުގެ ކަންކަން ފައިނަލް ކޮށް އިންްސްޕެކްޓް ކުރަން އެކޮޅަށް ދާން ދޯ ޖެހޭނީ….އައި ވޯންޓް ޔޫ ޓު ގޯ” ނޫރް އޭނާގެ ބޭނުން ހާމަކުރިއެވެ.
”އެހެން މީހަކަށް ދެވެން ނެތީތަ؟ އަހަރެން ކުރަންޖެހޭ ބައިވަރު އިތުރު ކަންކަން ހުރޭ” ވަގުތުން އިވާން އިންކާރުކުރީ، ނޫރް އެދޭ ގޮތަށް ކަންތައް ކުރަން ބޭނުންނުވާ ތީއެވެ. “ވެލް ޑޯންޓް ވޮރީ…ނޫރް މިހިރީނު….އިވާން އެކަނި ވިޔަކަ ނުދޭނަމޭ…ހިޔަނިހެން އިވާންގެ ގާތުގަ ހުންނާނަން…” ނޫރް ބުނެލުމާއި އެކު އިވާން އެއްބުމަ ހިއްލާލީ ނޫރް ބުނި އެއްޗެއް ފަހުމް ނުވުމުންނެވެ.
”ޔޫ ވިލް ގޯ އިވާން….ކުންފުނީގެ ކަންކަން ބަލަހައްޓަން މެނޭޖަރުން ތިބޭނެ…އެންޑް އިވާން އެކަންޔެއް ނޫން ދާނީއެއް….އައި ވިލް ގޯ ވިތް ޔޫ….ސޯ ގެޓް ރެޑީ މާދަން ހެނދުނުގެ ފްލައިޓް” ޓިކެޓު އިވާންއަށް ދިއްކޮށްލަމުން ނޫރް ބުނެލިއެވެ.
ނޫރް އޭނާވެސް ދާނެ ވާހަކަ ބުނުމުން ހައިރާންވެފައި ހުރި އިވާން ނޫރް ދިއްކޮށްގެން ހުރި ސިޓީ އުރައިގައި ހިފާލީ ޝައްކުގެ މަތީގައި ހުރެއެވެ. ކުއްލިއަކަށް މި ދަތުރު ހަމަޖެއްސުމުގެ ފަހަތުގައި ނޫރްގެ ކޮންމެވެސް މަޤުސަދެއް އެބަ ވެޔޭ އޭނާގެ ސިކުނޑި ބުނަނީ އެވެ.
*******
އިރުގެ ރަން ދޯދިތަކުން ދުނިޔެ އަލިކޮށް އައު ދުވަހަަކަށް މަރުހަބާ ކީއިރު، އިވާން ހުއްޓި ހުރީ ހުޅުލޭ ޑޮމެސްޓިކް ވައިގެ ބަނދަރުގެ ކުރިމަތީގައެވެ. ލައިގެން ހުރި އަތް ދިގު ގަދަ ނޫކުލައިގެ ޓީޝާރޓާއި ކަޅު ސޯޓުގެ ސަބަބުން ނުރަސްމީ ކަމަށް ދެއްކިއަސް ތަފާތެވެ. އަބަދު ކޯޓު ފަޓުލޫނުގައި ފެންނަ އިވާންގެ މި ސިފަ ފެނިފައި އަންހެން ކުދިން ދީވާނާ ވާނެކަމީ ޔަޤީންކަމެކެވެ. ކޮނޑުގައި ކަޅުކުލައިގެ ބެކްޕެކް އެއް އަޅުވާލައިގެން ކާރުގައި ލެގިލައި އެއްޖީބަށް އަތް ޖަހާލައިގެން ހުރި އިރު، ހޮލީވުޑްގެ ތަރިއަކަށް ދޫނުކުރާނެއެވެ.
ލޮލުގައި އިން ރޭބަން އަވި އައިނު ނަގައި އިސްތަށިގަނޑުގައި އަޅުވައިލަމުން ކަނައަތް ފަޅިއަށް އިވާން ބަލައިލީ ފިޔަވަޅުގެ އަޑު އިވުމުންނެވެ. އޭރު ނޫރް އައިސް އޭނާއާއި އަރައި ހަމަވަނީއެވެ.
ހުދުކުލައިގެ ދިގު އޮފް ސޯލްޑާރ ހެދުމެއްގައި ނޫރް ހުރިއިރު، ހެ ހެދުމުގެ ފޮތިގަނޑުގައި ވަނީ ފެހި ކުލައިގެ ފަތްތަކަކުން ރީތި ޑިޒައިނެއް ކުރެވިފއެވެ. ކަކުލާއި ހިސާބުން ފަޅާލެވިފައިވީ އެ ހެދުން ނޫރްގެ ލޫޅާފަތި ހަޅިގަނޑާއި އަދި ރީތި ބައްޓަމާއި ނުހަނު ގުޅެއެވެ. އިސްތަށިގަނޑު ރީތިގޮތަކަށް ގަތާލުމަށްފަހު ކުރިމައްޗަށް ގެނެސްފައި ވީއިރު، އަރައިގެން ހުރީ ވެޖް ފައިވާނަކަށެވެ. ރީތި ދެލޯ އަވި އައިނަކުން ފޮރުވާލެވިފައި ވީއިރު، ތުނި ތުންފަތުގައި ވަނީ މަޑު ރަތްކުލައެކެވެ.
ދެ ޒުވާނުން އެކީ އެއާރޕޯޓުގެ ތެރެއަށް ވަދެގެން ދިއައިރު، ދެމީހުންގެ ފޮށި ހިފައިގެން އިވާންގެ ޑްރައިވަރު އެމީހުންގެ ފަހަތުން އައެވެ. އެތައް ބައެއްގެ ނަޒަރު ދެމީހުނަށް ވެސް ހުއްޓިގެން ދިއައިރު، އެކަމަށް ފަރުވާލެއް ނުބަހައްޓައި އޭޒެޑްގެ ޕްރައިވެޓް ޖެޓްގައި އައްޑު ސިޓީއަށް ނޫރްއާއި އިވާން މިސްރާބުޖެހިއެވެ.
ޖެޓް ނައްޓާލަން ރަންވޭގައި ދުއްވާލުމާއި އެކީ އިވާން ސިހުނީ އޭނާގެ އަތަށް ތޫނު އެއްޗެއް ހެރުނުފަދަ އިހުސާސެއް ކުރެވުމުންނެވެ. ޖެހިގެން އިން ސީޓުގައި އިން ނޫރްއާއި ދިމާލަށް އޭނާއަށް ބަލައިލެވުނު އިރު، ނޫރްގެ ދެލޯ ވަނީ ތަގުޅި ކޮށްލެވިފައެވެ. އޭނާގެ އަތުގައި ބާރަކަށް ހިފަހައްޓައިގެން ނޫރް އިނުމުން، އަތަށް އެ ހެރޭ ތޫނު އެއްޗަކީ ނޫރްގެ ނިޔަފަތިތައްކަން އިވާންއަށް ނަގައި ގަނެވުނެވެ.
ހަންގަނޑުން ދިލަ ނަގަމުންދިޔަ އިހުސާސްވެސް އިވާންއަށް ނުކުރެވުނީ އޭނާގެ ސަމާލުކަން ހުއްޓިފައިވަނީ ނޫރްގެ ހަރަކާތްތަކަށް ކަމުގައި ވީތީއެވެ. ޖެހިލުންވެ ބިރުގައިންފައިވާ ނޫރްގެ މޫނު ފެނުނު މީ ދެވަނަ ފަހަރު ނަމަވެސް، ދެ ހާލަތު ނުހަނު ތަފާތެވެ. މި އަޖައިބެއް ފަދަ އަންހެން ކުއްޖާއާއި މެދު އިވާންގެ ހިތުގައި ތަފާތު ޝައުގުވެރިކަމެއް އުފެދެން ފަށައިފިއެވެ. “އިވްވް…ޕްލީސް” ނޫރްގެ އަނގައިން އިވިގެން ދިޔަ ދެ ލަފުޒާއި އެކު އިވާންގެ ދެލޯ ބޮޑުވެގެން ދިއައިރު، ޖެޓު ވެސް ފަޒާތެރެއަށް ނިކުމެއްޖެއެވެ.
އިވާންގެ އަތުން ދޫކޮއްލަމުން މަޑުމަޑުން ދެލޯ ހުޅުވާލި ނޫރްއަށް ބުނެވުނީ ކީކޭ ކަން ރޭކާލީ، ހައިރާންކަން އެކުލެވިގެންވީ އިވާން ފުން ދެލޯ އޭނާއަށް އަމާޒުވެފައި ހުރުމުންނެވެ.
ނުނިމޭ
މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.
116 Comments!
Comments are closed.



Salaam readers♥️ Hope you all are in the pink of health! Missed you all so muchhh? here is the 13th part! Once again im sorry for the delay! Thankyou all for your well wishes for my exam? hope to hear from all of you?
Me first
Congrats dear?
Maasha Allah ❤❤❤❤❤sisoo vvvvv reethi mi part vx ❤❤❤❤❤❤❤❤❤❤❤❤finally up vehje dho ❤❤waiting for the nxt drling ❤❤❤❤❤❤❤❤lysm ❤❤❤be safe
Thankyou?lym darling❤️
MaShaaAllah Vvvvvvvv Reethi ingey mi part! V busy ve long comment eh kureven neh. Soo sorry sis
Love you soooooooo much?????❤️❤️❤️❤️❤️❤️
ދޮން ދޮން ދޮން….
Its owkki darling! Lym Thankyou ❤️
Vvvvreethi
Thankyou
އަމޯ މީ ހައުދަހާ ދިގު އިންތިޒާރެއްގެ ނިމުމެކޭ ދޯ! އައެ ހައޭ ސިސޫ މަށާ ނޫރްއާ މާމުއި ހަނދަށް އައްޑޫ އަށް ފޮނުވައިދެނީ ތަ އަޅޭ! އައްޑޫ ރޮމޭންސް އިންކަމިން ނޫރް ސަންތީ ތައްޔާރަށް ހުންނާތި މާފޮޅުވަން? ނޫރް ތިޔަހެން އުޅެނިކޮށް އިވްއަށް އިނގިދާނޭ ތީ އޭނަގެ ހިތުގެ ގުލްދަސްތާގެ މަލްމަލްމަލް މަލްހާކަން! ނިކަން ސިއްރިއްޔާތުގަ އުޅެބަލަ ކޮޔާ! މަށަށް ޝައްކު ވެއްޖޭ! ފިޝީފިޝީ?? ހޫން މި އުޒާމް ވެސް ދޯ! މީހުންނަށް ބިރުދައްކަން ނުވެސް އިނގޭ މަނަމަ ބުނީމުން ކަލޭގެ އަނބިދަރިން ފަރަށް ފޮނުވާލާނަމޭ ނޫނީ ކަލޭ ސީރިޔާއަށޭ ގެންދާނީ….ސަހާދެއް ހިތުން ގަދަވެގެން އުޅޭނީ މިކުދިން….އަދި އެހެރަ އައިމަނު ފެތޭނެ ބަލައްޗޭ…ޔަޤީނޭ ފެތިފެތި އޮންނަ އިރުވެސް މަގޭ ނޫރްގެ ހިޔާލުގަ އޮންނާނީ އެސޮރު? އެނޫން ކަމެއް ކުރާކަށް ނޭނގޭނެ…މަވާ ރަނގަޅު ފަތަން ދަސްކޮށްދޭން އުޅޭ ކަން ވެސް…..
ސިސޫ ވަރަށް މިސްވި އިނގޭ….ކޮބާތަ މަންޖެމެން؟ ދޮން؟ ލައިބާ؟ ނޫރް ސަންތި؟ ޝާޔަނު؟ ދެން ވެސް ލިސްޓު އޮތީ…ހާދަ ކަމެއް ނެތޭ ދޯ..ހައުލަހުވާލު ކިހިނެއްތަ ?? ވަރަށް ބެސްޓު ވާހަކަ އަފާ ސިސް❤️
ކޮޔާ މަ އެބަ އުޅެމޭ… ބިޒީ ކަމުން ނާދެވެނީ… މަ ހަމަ އޮބި… ކަލޯ މަގޭ ޅިޔަނާ ކިހިނެއްތަ؟? ދެން އޯކޭ ދޯ ޅިޔަނު ކިޔަސް މިހާރު ނޫރްގެ ވާންއުޅޭ ފިރިކަލުން ވިއްޔަ…??? ހަހަހަ…??? ވަރަށް މިސްވި އިވް މަތިންވެސް ނޫރް މަތިންވެސް ލައި މަތިންވެސް ސްކާރލެޓް ސިސް މަތިންވެސް އަދި ދެން އުޅޭ އެންމެން މަތިންވެސް…❤️❤️❤️ ކަލޯ ޅިޔަނޫ ކަލޭ ފަހަތުން މާލޭގަ އުޅެންޏާ އުޅޭ މަންޖެތަކެއް އުޅޭ އިރުވެސް އަދިވެސް އަހަރުން ހޯދަންތަ ތި އުޅެނީ؟؟؟? ސާބަހޭ…? އޭ މަ ބުނީ ތުގާ ފަކީރުގެ ހާލެއް ބަލައިލިންތަ؟؟؟ އެ ގޮއްޔެ މިހާރު ހިތާމައިގެ ކޯރެއްގައި ގެނބެނީޔޯ… ފަތާކަށް ވެސް ނޭނގެޔޯ… ދޭބަލަ އެ ކޮއެގެ ހާލެއް ބަލާލަން… އޭ އިވާނޫ މަ ބުނީ ނޫރްގެ ނިޔަފަތިތައް ހެރުނު އިރު ވަރަށް ތަދުވިތަ؟؟؟? ލޭއައިތަ؟؟؟? ޕިސް ޕިސް ޕިސް ނޫރްގެ ކަންތަކޭ ދޯ…??? މަގޭ ނޫރް ކޮކީ އަށް ވަރަށް ބަލައިގެން އުޅޭތި އިނގޭ… ނޫރްއަށް ގޮތެއް ވެއްޖެއްޔާ މަ ކަލޭގެ ދެކަންފަތާ ނޭފަތްވެސް ލުއްސާލާނަން…
ކަލޭނޭ ސާޔަނާ މަ ހަމަ ދުވާލު ދެ ދަޅައަށް ލޮލަށް ފެންނަން ހުންނަ އިރު ވެސް މަ މަތިން މިސް ވޭތަ ???
ކަލޯ އިވާނާ މަގޭ ހާލެއް ނުގެން ގުޅެމޭ…. ކަލޯ އެތެރެހަސީގެ ކަންކަން ކުރިއަށް ދަނީ ކިހިނަކުންތަ؟
Thankyou ivaan?? arn dhn maamuihandhah wes dhaan waane thaa dhw thidhekudhin wes! Thankyou missed you tooo!????
Kohchekey.. Ma miulheny fetheykah noon.. Fathan.. Yageeney Noor akah neyngeyne fetheykah vx fathaakah vx.. Yageeney moodhu dheke vx biru gannaane kan
ކަލޯ މަގޮލާގެ އެތެރެހައްޓަށް ވެސް ތިޔަ ތޫނު ނިޔަފަތީގެ އަސަރުކޮށްފި….ސާޔަނޫ ނިކަން ނޫރްގެ ނިޔަފަތި ކަނޑުވަބަލަ….ސުކޫލަށް ދާއިރު އެލްޓީއަށް ފެނުނީމަ ކަމަކު ނުދާނެއޭ ބަލަ…ލެޔެއް ނޫން ކަލޯ ކަށިތަކުގަ ރެނދުނުލީ ކިރިޔާ….ހައޭ މަ އައްޑޫއަށް މިދަނީ މަގޭ މަލްމަލް ގޮވައިގެންނޭ ސާޔަނޫ….ދެން އެހެން މަންޖެ އެއް ބޭނުމެއް ނުވާންނު ދޯ…..ތުގާ ކައިރީ ބުނެލާ ލޮނުކޮޅެއް ބޯލައިގެން ބަނޑު ފުރާލާށޭ މަނެތިން އެމަންޖެއާ ވައިއެޅޭކަށް??
ކަލޯ މަ ކިހިނެއް އެ މަންޖެގެ ނިޔަފަތިތައް ކަނޑުވާނީ؟؟؟ އަދި 20 ސެންޓިމީޓަރަށް ދިގުކޮށްފަ، ނިޔަފަތިތަކުގަ ދަވާދު ލާފަ، އަދި ނުވިތާކަށް ވަރުނިސް ލާފަ އޮމާންވެސް ކޮށްފަ ހުރީ… މަ ހަމަ އެ ނިޔަފަތިތައް ކަނޑުވަން އުޅޭއިރަށް އެ ގއްޔެ ހވަނީ ރޮއެ ރޮއެ އެހެންފަދަ ކަމެއްހެން ވިއްޔަ… ހީވަނީ ހަމަ ތުއްތު ތުއްތު ބަބާއެއްހެން… މަށަކަށް ވާ ލހިކު ކުޅަދާނައްނޫން އެ މަންޖެގެ ނިޔަފަތިތައް ކަނޑުވާކަށް… ކަލެއަށްވުރެ ބޮޑަށް އެ ނިޔަފަތިތައް ދެކެ ލޯބިވެޔޯ… އާނ ދެން މަ ބުނާނަން ތުގާ ކައިރި ތި ވާހަކަވެސް އިނގޭ…
ކަލޯ ދެން ތިޔަ ޖެހުނީ މަގޭ ނޫރު ކަމަނާ ގެ ނިޔަފަތި ތަކުގެ ޝިކާރައަކަށް މަގޭ އޮމާން ހަންގަނޑު އަބަދުގެ އަބަދަށް ހަދައިގެން ހުންނަން….ކިޔާ ކަރްހާއޭ ކުޗްކުޗް ހޯތާ ހޭ
ކުޗް ނެހީ ކަރްޕާއޮނގޭ… ކަލެއަކަށް ނުކުރެވޭނެ އެއްކަމެއްވެސް… ދެން ހުރޭ ތިޔަހެން… ހަހަހަހަހަހަހަހަހަ
އޭ އަމައްޔާއި ނޫރް މަ މަރަން ތަ ތިއުޅެނީ؟ ހެޔޮނުވާނެ ނު! ޔަޤީނޭ ނުމެރޭނެކަން….ތިހިރީ އިޝްކުގަ ޖެހިފަ ވިއްޔަ! ބިރުގަތީމަވެސް މަށަށް ވިއްޔަ ތިޔަ ގޮވަނީ! ހައެ?
Ivaanoooooiiiii….. Eyyyyyhhhhhh oooiiiii…….. Aadhebalaashooooooiiiiiiii
Midhany koyaaa
މިދަނީއޭ
ހަމަ ސައިޓައް މި ވަނީ ވެސް މިވާހަކަ ކިޔަން ވެގެން…. ހުރޭ ޤަރާރެއް ލިޔެލާފަ ފޮނުވާލާނަން
Alhey ahaha?
Wow vrh reethi mi prt vx Masha Allah
Waiting for the nxt part
❤️Lyssm
Thankyou darling❤️❤️
Manje mihaaru hurihaa nameh ga comment kuraanamey hithaathe thiulheny.. Thee santhi ge vahthareh noono
`
އާދޭހޭ އާދޭހޭ…. ފަތްވޮށުގޭ ލާމިއު އައިސް ހޯ ގޮވާލުމާއި އެކު ހޫރެއް ފަދަ ނޫރް ގައިގަ ތުރުތުރު އޮއިވަރެއް ދަތުރު ކޮއްލިއޭ….. ދޮރުވާނައް އަމުރު ކޮއްލި އިރު އެ ކަމަނާ ހުރީ ބިރުން ވިރި ވިރިއޭ…. ކާރަށް އެރުމާއި އެކު ޒިގުޒެގު ލައިނެއް ނޫނޭ ހޮރިޒޯންޓަލެއް ވެސް ނޫނޭ ތެދަށް ފުރެޝް ކަރުނަ ތައް އެ ސުމޫތު މިލްކް ސޭކު މޫނުގައި އުންމަ ދީފިއޭ…ތެދެކޭ އެދިން އިންޒާރަކީ ނޭންގިނަމަވެސް އެ ހިތުގެ ފިއުޗާރ ބަފައިބެއަށް ދިން އިންޒަާރެކޭ….
އާދޭހޭ އާދޭހޭ އުމުރުން ބާވީސް ވެފައި ވީނަމަވެސް ކަރުބުޑުން ލަވަކިޔާ އައިމަން މަމްދޫހަށް މަޑި އުޅޭ ހިސާބުގައި ފަތާކަށް ނޭންގެޔޭ…. މީ ދޮގެއްވާވާނޫނޭ ހަތަރު ފަރާތުން ނޭންގުނަސް އައިމަނަށް ސުކުރު ކިޔުނީ އެހިތުގެ މަލިކާ އަށޭ… މިސްޓްރީ ނޫރްގެ ކޯލައް ޖަވާބުދިން އިވާން ރުއްކުރި އަށް އަރަން ލިބުނު ފުރުސަތު ދޫކޮށްލާ ހިޔާލެއް ނުކުރެޔޭ…..
ދޮގެއްވާވާނޫނޭ މީ ހަމަ ތެދޭ ރޭންސުރެން ވިހަކޮއް މީހުނަށް ބިރުދައްކަން ޕުރެކްޓިސް ކުރި ހަސަންދީ އުޒައްޓެއަށް ލާމިއު ބިރުގަންނަވާ ނުލެވުނު ކަމީ އެ ސޮރުގެ ބަދުނަސީބޭ…
އައްޑުއަށް މާމުއި ހަނދަށް ދާން ނުފުރި ކަމުގައި ވިޔަސް ހިޔަނިހެން ގާތުގައި ހުރުމީ ހަމަ އެ ހޫރެއް ފަދަ އަތަރެއްފަދަ ނޫރް ގެ ދުލުން ބޭރުވި ހަތަރު ލަފްޒޭ….
އޭ ޒެޑުގެ ޕްރައިވެޓް ޖެޓުގައި އިނދެ ހޭންޑުސަމު އިވާން އަތުގައި ހިފާ ލެވުނު އިރު ވެސް އެ އަތަރީ ކަމަނާ އަށް ނޭންގުނީ އިސްގުގެ ބާރުގަދަ ކަމުން ތޯއްޗެކޭ …..
މަންޖޭ އަފާ ސިސޫ މި ކޮއެ އިލޮހޮރި ފަތި ކަހާލަ ކަހާލާ މިއިނީ ތިޔަ ކޮއެ މަގޭ އިވާނު މިތަނަށް ގެންނާނެ ދުވަހަކަށް އިނގިލި ބިންދާލަ ބިންދާލާކަން ދެނަހުރީމުހޭ؟؟؟ތި ކޮޔައް ނޭންގުނަސް މި ކޮއެ ވެސް ހާދަހާވާ ހަނދުމައެއް ތިޔަ ކޮއެ މަތިން ކުރީމޭ…. އާންއޭ އާންއޭ ހަމަ އިނތިހާ ލޯބިވެޔޭ… ތިޔަ ކޮއެގެ ހަށިތެރޭ ނާރުތައް ދަތުރު ކުރާގޮތް ރަނގަޅުހޭ ގޯހިއްޔާ ސެންޓަރައް ދަހަރޭ…. މި ކޮއެ ބުނެލަން އޮތީ މަވާ ހަބޭހޭ… އާންއޭ އާންއޭ ސުކުރައް މަރުޙަބާ ކީޔާކަށް ހަނދުމަނެތުނީކީ ނޫނޭ…. ފަށްފަށަށް މަރުހަބާ ކިޔަމޭ….. މި ކޮއެގެ ހުވާހެއް ނެތޭ ތިޔަކޮއެ ހެޔޮޙާލުގައި ހުރިއްޔާ އެވީއޭ
ސިޔަރަތު ނަންބަރު އެކެއް ބައި
Ahdheyyyyy Haadha colour less ey dhww
Colour full kohllaanan ingey
????????????❤️❤️❤️❤️❤️❤️❤️❤️❤️??????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️????????????????????????????????????????????????????????????????????????????✌️✌️✌️✌️✌️✌️✌️✌️✌️✌️✌️✌️✌️???????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????✨✨✨✨✨✨✨✨✨✨✨✨✨✨✨✨✨✨✨????????????????????♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️?????????????????????????????✨✨✨✨✨✨✨✨✨✨✨✨
Ahahahah?????♥️♥️♥️♥️?????❤️❤️❤️❤️❤️?????
Subbuuu noor miothy bodu report eh liyelaafa dhw! Thyga thihiry hama hus thedhu waahaka ??? thankyou dear♥️
Kalogaya mioh garaareh
ތިޔަ ގަރާރު ފެނިފައިވެސް ވެއްޖޭ މިހިތް ފިދާ???
KLW THIYA HIY FIDHAA KURANVX MI NOOR KULHADHAANA EH NOONTHR ALHE…
dhwwwwwwww
…haadha kulhadhaanaey lwbi athulan kalaa
ކުޅަދާނަކަން ވާރުތަ އެވީ މަންޖެގެ ބަފާބެ ފަރާތުންނޭ! ނިކަން ބަލަން ހުންނާށޭ ހާސިލް ކުރާނަމެ ތި ލޯބި އުމުރަށް??
Heiii sis after a long time dhw❤️❤️❤️
Vrh Sali mi part vesss❤️❤️❤️
Masha Allah sis keep it up❤️❤️❤️
Sis mathin vvvvvvv miss’s vi ❤️❤️
Btw waiting for the next part ❤️❤️❤️
Love uuuuu ❤️❤️❤️
Stay safe and take care❤️❤️❤️
Thankyou rilooo! Missed you too lym?♥️?
އޭއި ކޮބާތެ މިތާއުޅޭ ގުރޫޕު
ކޮބާ ހާލާ ހުވާލު ކިހިނެއްތަ އެންމެންގެ
ވަރައް ހަނދާން ވި އެންމެން މަތިން ވެސް
އިވާނޫ ސޮރާ ކޮންތާކު ތެ ތިއުޅުއްވަނީ އެ
ރަނގީނޭ އަހަރުންގޯތި ނޫރުގެ ފަސްބާދަށައް ވަދެ ފިލާތޯއްޗެ ތިއުޅެނީ ދޯ??????????
އެހެން ނޫނީ ސާގު ބޮޑިބައްކާކާ ފަލަވެގެން ފުފިގެން ތަނަކަށް ހިރިނުލެވިފާދޯ ތިއޮތީ މަށައްޔަގީނޭ????????
ދެން ވެސް ބުނާނީ މަފިޓުކަމުން ހަގޮޅިއަރާފައޭހުންނާނީ ???????????
ލައިބާފުޅޫ ކޮޔާ ކޮޔާވެސް ފިލާންތަ ތިއޮޅެނީ???
Koya E soraahedhi mi ulhenee hiri vx nuvevigen
Sahaaadei thr koyaa ?????
Dhen koyaa kihineh hadhaanee ????????????
Dhen esoru fonuvaalaaa jahaa
Ehenoony esoru faahana ah vana gadee ethaa lock kuruhaa ragalu vaane?????
Laaibaafulhu ulheny maa nufolhu vigen vihyaa.. Mihaaru vx inaane maa folhuvan
Kalo masheh noooon?????nooor manjey thikahala vaaahaka dhahkaakah nuvaaney
މަގޮލާ މިހިރީ ހަމަ ބަރާބަރު ހަގޮޅި މަތީ ފައިތިލަ ސާބިތު ކޮށްގެނޭ ރިލޫ????
އެ ކީކޭ މާފޮޅުވާށޭ ކާކާ އަނެއްކާ އެކޮއި ސޮރެއް ނެގީ ތެ ބަލާބަލަ އަންގާ ވެސް ނުލާ ލައި ކޮޔާ ރަނގަޅު އޭއި އައިމަން ސޮރާ ހާދަ އަޕްޑޭޓްސް ވެސް ގިނަ އޭ ދޯ ކައެ އަތުގާ ހެހެހެހެހެހެހެ ????
ހުވާތެ އީވާން ރަނގަޅު އިނގޭ ކައެ ވަރެއް ނެއް ހެހެހެހެހެހެހެ ހަގޮޅިއެއްނޫންބަލަ ޗަސް ބަނޑެއް ދޯ ހަމަ ގެރެ?????
އީވާން އާ އައިމަން ތީ ހަމަ ޗަސްބަނޑެއްއޮންނަ ދެ މީހުން
ނޫންތެ?????????
Aan update gina vaanu.. Maey hurihaa thanakah boa kohphamey
Aaan dhen thee enmena ves ingeyy kameh
Bookohpaairu nubalaane vaki thanakah Hama beynun thanakah kohpaane dhw aimanooo
??????????
Aiman soraa fathan dhaskuran baheeeee, noonekeu rilooo lwbigandaaa??? ލައި ކޮން މަލެއް ތި ފޮޅިވަނީ؟ ސަންފްލާވާރ ތަ؟ ޑެއިޒީތަ؟ ފިނިފެންމާތަ؟ އަންގާލައިގެން އުޅެބަލަ ދޯ???
Ril Maey thanthanah boa kohphaigenu Aarifu aa dhemeehun maa folhuvaa than vx hoadhee.. Laibaa folhu vanee firihen maa thocheh
Fathan gos demeehun lonuboegen marunuvaathi ingeyy thiyadanee ehvaruge demeehun heheheh
Lai foluvany Hama noor aa ivaan foluvaavahtharuge maleyy ivaan menakah neygeyne Thede angaalaagen Uley thi
Dhen enme avaha othy Lai ge sai dhw enmen ready veyyy??????
ހޫން އައިމަނޫ ކަލޭގެ ބޯބޮޑީ ތޯއްޗެއް ސަހާދެއް މިބުނީ
މީހަކައް މާފޮޅުވޭކައްނޯވޭ އައިމަން އެ ފޮޅުވާ މަލުގެ ފިޔަބުރިކުރާތީވެސް ?????????????????????????
Ey mashaa noor aa folhuvaa vahtharuge maleh nufolhuveyney ei naadhiru kamekeyyyuuuu! Magey guldhasthaaage malmal aky herself malekey! Dhn kiyaaneee malekey ehfadha naazuku muniyaa ދޯ އަރަތެއްފަަދަ ނޫރް!!!!!؛)
Hehhehehehedh??????
Thee dhen varugadha ah maafoluvaa baeh thaa dhw
Thihen veeru Kai efoluvany adhi thafaathu vahtharuge maleh thooche
???????????????????????????????
Aaaney konme bayehge vx maa thafaathu vaaney! Anehka riloo folhuvaneee kon zaathehge malehtha
ފަތިހު ފޮޅޭ މާތައް ފޮޅެނީއޭ…މާމަލުގެ ވަހުން ހިތްވެސް ލެނބެނީ އޭ….??
Heeeeehhehe aaan ekeyyy
Ril foluvany LOABEE ge maa
Get the?????????????????
Ahchi loabeege Malo.. Loabeege maleh noon Aarifu aa dhemeehun folhuvanee kee.. Folhuvanee rahttehi kamuge maa
އެ އައިމަނޫ ތިޔަކިޔޭނުކިޔޭއެއް އެބަ އިނގޭ ބާ ހަމަތެ އަނެއްކާ މިޔަދު?????????????????????????????
kale ney thiya ulhenee maa nufolhuvigen they…. aharumen folhuvanee mal mal dhw ivv….. e malakee hama ekani noor aa ivaan ge maa
……..NOOREY THI EE HIY EDHEYYY
………KYAADHEYNEE KEEKEY HEYY VAAA
….MALEKEYY EHFADHA NAAZUKU MUNIYAA
….ENGEE MAGUSADHU GULHUVEY MIKIYAA
….ASLU KYAADHEE NASLU KYAADHEEE
…ROOHU GULHUVEY MIEYY
WARNING!!!!! LAVA HAMA EH NUJEHEYNE
eyy aimanaaaa..PRINCWSS jahaafa hunna konme meehakee masheh noon…hageegai balafa vaahaka dhehkun rangalhuvaaneee..ehn noonas ma name innaanee PRINCWES…EYY POHHHH
Noooor manjey mashah lava vx kiyaaadhenytha?? Haehae
ލޮލާ ލޯ ދިމާވާގޮތުން ދެން މަގޭ ޖާނު ދޭނަން
ތީ ތީ އެ މަގޭ އެންމެ އެދޭ
ހިތުގަ މިވާ ސޫރަ ތެދޭ
ލޯބި މިވާވަރު ދެން ބުނިއްޔާ
ގޯހެއްހޭ މީ ހަދާ
އޯއޯއޯ
އަންނާށެ އިސްނަގާ ރޭ މިވަނީ ދަންވެފާ
އަންނާށެ އިސްނަގާ ރޭ މިވަނީ ދަންވެފާ
ނުނިދޭނޭ މިރޭ އައިމާ ނޫނީ ކަލާ
?❤️?❤️???♥️??♥️♥️?????????????♀️??????♀️
ހައެ ހައެ ހައޭ…..
ކިހިނަކުން ދިރިއުޅޭނީ ކަލާޔާ ނުލާ….
މި ހިތުގައި ވިންދު ނުޖަހާ ކަލާޔާ ނުލާ…..
ހިތް އުފާވާނެހޭ ދެން ކަލާޔާ ނުލާ
ނޫޅެވޭނޭ މަށަށް ދެން ކަލާޔާ ނުލާ
ބޭނުމީ ދާއިމީ ލޯއްބޭ ދިނުން ހަމަ ކަލާ
ބޭނުމީ ގާތުގައި ލޯބިން އުޅޭށޭ ކަލާ
ބީވެގެން ލޯމަތިން ދާން މަ ނޭދެން ކަލާ
ހިތް އުފާވާނެހޭ ދެން ކަލާޔާ ނުލާ
ލޯބިވާޔައްޓަކައި ހިތް ހުޅުވާލަމޭ
ލޯބިވާވަރު ކަލާ އަށް އަންގާދެމޭ
ލޯބިން ކަލާ މި ހިތާ ކުޅެން އުމުރަށް މަ ދޭނަމޭ
ދާކަށް ވަޔާ އަހަރެންގެ ހިތް ދޫކޮށް ނުލާނަމޭ
މަންޒިލޭއް ދާން ނެތޭނޭ ކަލާޔާ ނުލާ
މަންޒިލޭއް ދާން ނެތޭނޭ ކަލާޔާ ނުލާ
ބޭނުމީ ދާއިމީ ލޯއްބޭ ދިނުން ހަމަ ކަލާ
ބޭނުމީ ގާތުގައި ލޯބިން އުޅޭށޭ ކަލާ
ބީވެގެން ލޯމަތިން ދާން މަ ނޭދެން ކަލާ
ހިތް އުފާވާނެހޭ ދެން ކަލާޔާ ނުލާ
ހައްޤަކަށް ތީ މަގޭ ވުން ނިކަން ބޭނުމޭ
ލޯބި ވެރިއެއް ތި ނޫނީ މަށެއް ނޭދެމޭ
ހިތް ހެޔޮ ކަމާއި ލޯތްބާއި އުފާ ބޭނުންވެފައި ވަމޭ
ލޯތްބަށްޓަކައި އަހަރެން ހުވާ މަރުވެސް ވެދާނަމޭ
ދިރިއުޅެން އުނދަގުވާނޭ ކަލާޔާ ނުލާ
ދިރިއުޅެން އުނދަގުވާނޭ ކަލާޔާ ނުލާ
ބޭނުމީ ދާއިމީ ލޯއްބޭ ދިނުން ހަމަ ކަލާ
ބޭނުމީ ގާތުގައި ލޯބިން އުޅޭށޭ ކަލާ
ބީވެގެން ލޯމަތިން ދާން މަ ނޭދެން ކަލާ
ބީވެގެން ލޯމަތިން ދާން މަ ނޭދެން ކަލާ
ހިތް އުފާވާނެހޭ ދެން ކަލާޔާ ނުލާ
?????✨✨✨✨???????❣️❣️❣️❣️❣️???????✨✨✨✨?????
Amo ma vaaa bas hus vejje!
ބުނަމެ ގަންދީ މޮޔަ ވެދާނޭ މިހިތް
ދިވާނާ ވެއްޖެ އާދޭ ކަލާ
ޖާދޫގަ ޖެހޭނޭ ފެނިފާ ތިބާ
ތިޔައީ މިސާލެ ހަމަ ރީތި ކަލާ
???❤️
Hoe hoe public gaa ekaku anekakah lava kiyaadeny dhw
Eyyyy noor dhen saadeyvaru nuvany thr adhivess
Saaabss dhemeehuna
އަވަހަށް ދާންވީ ދޯ އަނގަޔަށް ދަތްގޯނި އޮއްސާލަން ??? އޭރުން ގައިމުވެސް އާތް ކިޔާނެ
އިޝްގުގައި އެއްލިން މަ ތީރެއް
ސީދާ އެވީ ހަމަ ތިނަމަށޭ
ޖިސްމު ގައި އަމުދުން ހުވާ
ލިޔެވިއްޖެޔޭ ހުވަނދުން ތިނަން
ސިއްރުކޮށް ބާއްވަން މިކަން
ބޭނުންވިޔަސް އުމުރަށް ތިނަން
ކެއްނުވީ މި ހިތަށް ތެދޭ! ކުޅަދާނައެއް ނުވިޔޭ ތެދޭ!
ތީރުތައް ހިފުމަށް ކަލާ ހާދަހާ ހުށިޔާރުއޭ! ލޯބި އަތުލަން ވެސް ކަލާ ހާދަހާ ކުޅަދާނައޭ!
މިއުޒިކެއް ފަދަ ރަން އަޑުން
ބަސް ބަސް ބުނާއިރު ހިތް ފުރޭ
ޖިސްމު ވެސް ސިއްސާލައޭ
ތުރުތުރު އެޅުން ވެސް ގިނަވެޔޭ
ދެވަނަ އެއް ނުމެވާ އެލޯ
އައިނަކުން ފޮރުވާގޮތުން
ހީވިއޭ އަހަރެން ލޮލަށް މާކަނާ ތުން ކޮއްޕިހެން
ހުވަފެނުންވެސް ހީލެވޭއިރު ތުންފަތް ފަޅާފަ ނުކުންނަނީ
އަތަރަ ލެވިފައިވާ ތި އިވްވް ގެ ނަން ކަމޭ ތެދަކައް ބުނަން
Rilooo sai joadeh transfer kohllan v dhww
☕Ril ah
☕Galhi moya Aiman ah
❣️?❣️Dhn my lwbi Iv ah special koh heart akaa ehkkoh drink eh
އެއްކަލަ ސަންތި ފެށީ ދޯ.. ދޭ ދޮންބެ އަށް ތި ހުރިހާ އެއްޗެއް ކިޔާދޭން.. ތި ސަންތި ގެ ހިތުގެ ރަސްގެފާނެއްނު އެއީ.. މިހާރު ސަންތި ދެކެ ފޫހި ވީހޭން މައެ އަށް ހީވަނީ.. އެހެންނޭ ވާނީ ސިއްރުން…….. ހައްހައްހައްހައް
ހައްހައްހައްހައް އެންމެ ފުރަތަމަ ތަން ވެސް އޭ ދީ ނުބައިކޮން ލިޔެފަ.. މި ހިތުގާ ވިންދު ނުޖަހަޔޯ ކަލާޔާ ނުލާ.. ހައްހައްހައްހައް ރޯ ނުބައިކޮން
Ey klw hama rangalhah vx Galhi ey dhw moya zee Aimanaa… Bala rangalhah eynee… Mihithugaa vindhu nujahaa kalaayaa nulaa… Eyy pohhh… ????Aaakkhhh kithah kithah faharu buneema Adu iveynee mithaa Thiya dhonbe ehgge vaahaka nudhahkkaasheyyyyy?????mee Ivaan aa NooR… E ee santhimariyanbu aa yaash…. Dhn ulheynee MinhA aa Eric…. Huvaa bodu kameh.. Mi soru bannan v nu
ޕޮއް ތިހެންނެއް ނޫން އިންނާނީކީ.. ހުރެބަލަ މައެ ޗެކް ކުރާނަން
Omygoddddd????????ma hama heynunethunee kiriyaa????ma hieh nukuran aarifaa e pub kuraane kamah English in liyuneema ??? Ekam mifaharu E Sorah A report dhey varu ingey
….. ދެން މި ޕަބު ކުރާތި… އޭ ރިޕޯޓެއް ދިނީމަ ވެސް އާންޓީ ކައިރިއަށް އައިސް ކުސް ތަޅާނީކީނޫން…. ދޭ ކަލޯ އަންހެނުން ކައިރިއަށް ގޮސް ހިތްހަމަޖައްސާލަން
ކޮށްބަލަ ކޮށްބަލަ ޗެކު… ރަނގަޅު ވާނެ ?????ފުރަތަމަ ކަމަކަށް ކަލޮ އަކަށް ނޭންގޭ ދިވެހީގެ ބޭސިކު ވެސް… ހައްހައްހައްހައް ރޯ ނުބައިކޮން އޯ ކަލޯ ރޯ ނުބައި ކޮށް…. އެތަނަށް ނޫނު ސުކުން އަންނަންވީ ކީއްވެ ކަމެއް މަގޭ ބޮލަކަށް ނުވިސްނޭ????ދިވެހި ބަހަށް ކުރަފި ނާރުވާ ލިޔެބަލަ ލިޔާއެއްޗެހި… އަދި މި ޒަމާނުގެ ކުދިން އެއްޗެހި އަށް ވެސް ކިޔާނީ އެއްޗިސް ???? މަހާދަ ނައްޓައޭ… މަ ވަރަށް ރުޅި އާދޭ ދިބެހިބަހުގަ ބަނބުކެޔޮ ތެލުލައިގެން ފޮޑި ތަޅާ މީހުން ދެކެ??????
Ehheehehheheheheh
Aaan Koyaa transfer kohlabala
Aiman akah neygeyne ekehche vess eh hehehe Hehehehheheheheheheh dhen pooooohhhhhhh
Lalalalalal
މިހިތުގާ ވާނެ ސޫރަޔަކީ ތިއީއޭ ލޯބިވާ ޔާރާ
މިހިތުގާ ނެތް ނަމެއް ތިޔަ ނޫން ތިއީ ޖާނޭ މަގޭ ޔާރާ
ފަލަކުގާ ވާ އެ ހަނދު ފަދައިން ހަޔާތް އަލިކޮށް ދެނީ ޔާރާ
މަލަކު ނެތްހާ އެ މީރުވަސް ހަޔާތައް ގެނުވަނީ ޔާރާ
ތަރި ހަނދާ ވެދުމަކަށް ފޮނުވަންހެ ވީ ޔާރާ
Kalo mi aimanu j vaa varun magey noorukolhu ehn meehunah dheyn vegen! Kalo bala kalo akah valee eh nudheveyney thee magey vx kuda yah hunna sorey
ހޫން މަ ނައްޓާލީ ބޯޅަ ކުޅެން ދަރިންނޭ!
ހޫން އަދި މަގޭ އިވާން ގެ ހަގަށް ހުންނަ ސޮރެކޭ ބޮޑެތި ކުންފުނި ތަކުގެ ވެރިންކައިރީ ފުއްޕަނީ????????
އޭ އިވާނޫ މަ ވެސް ގޮވައިގެން ދޭބަލަ ބޯޅަ ކުޅެން???? މަ ހައުދަހާ ސަޕޯޓް ކުރާ ހިތްވެޔޭ… މަ ދަންތެ ޑަބިޔާ ހިފޫގެން ކަލޮއަށް ސަޕޯޓް ކުރަން????????⚽⚽⚽⚽⚽⚽މަ މީ ފުޓުބޯޅަ އަށް ހަމަ މަރެއް….. އޭ އަދިވެސް އޭޖް ނުބުނޭ… އެޓްލީސްޓް ބުނެބަލަ މިވަރުވެސް… 13 އާ 16 އާ ދޭތެރެ ތަ ؟….
އޭ ނޫރާ.. މައެ މިއަދު އެ ވަރަށް ތި ފޯނު މަންޖެގެ ދޮންބެ އަތަށް ދޭށޭ ބުނީމަ ވެސް ނުދިނޭ.. އަދި އުޅުނީ މަންޖެގެ ދޮންބެ ކައިރީގަ ރާއްޓެ ވާހަކަ ދައްކާފަ މަންޖެ އާ ވާހަކަ ދައްކަން ވެގެން.. ދެން ނޫޅެން.. ޕޮއް.. މިރޭ އެބައޮތް ވަރުގަދަ 3 މެޗު މިރަށުގަ.. އާދޭ ބަލަން.. ރޭގަ ވެސް ހަޅޭލެވީނުން މައެ ގެ އަޑު ގޮއްސި..
އޭ އިވާނޫ މިތާކު ނެތޭ ކަލޭގެ ދަރިންނެއް…
އޭ ނޫރް މަވެސް ވަރަށް ރުޅި އާދެ ދިވެހި ބަހުގަ ފުށް މޮޑެގެން ކުޅިކާޖާ …ތެލުލާ މީހުންދެކެ… ހުވާ މި ބުނީ… މި އައިމަން ސޮރުވެސް ހަމަ ކާޖާ އެއްގޮތަށް ކަފާލާފަ ތެލަށް އަޅަންވީ… އޭ އިވާނޫ ކަލެއަށް ނޫރްއާ އިނދެވޭނީ ކަލޯ ބަފައިބެ ވަލީ ދީގެން… މަ މިއަދުވެސް ދިޔައިން ނޫރް ބައްޕަ ގޯއްޗަށް… މަ ދިޔައިމަ އެ ކޮއެ އަމާވެސް ވަރަށް ލޯބިން ސައި ދީފަ އަހަނީ ކީއްކުރަންހޯ ތި އައީ… ދެން މަ ބުނީ ކަލެއާ ނޫރްގެ ވާހަކަ… ކަލޯ ބަފައިބެ ބުނީ ތިކަންތައް އަދި ޗެކް ކުރާނަމޯ… މަ ކިޔާ ކިޔާ ވަލީ ދޭން އެއްބަސްވީވެސް… އޭ އެކަމް މަށަށް ހީވަނީ އިވާން ވަލީ ހޯދަންޏާ ޖެހޭނީ ބަފައިބެ ބާއްވާ އިންޓަރވިއު އަކަށް ދާންހެން… ދެން ކަލޭ ރެޑީވޭ… ހައހައްހައްހަހއް…
އޭ ބަލަ މިތިބަ ހަމައިންނައްޓާފަ ތިބި މާފޮޅުވާ ދެ ގޮލަޔާ… ދެން ހުއްޓާލަބަލަ… މިތާނގަ ކުޑަ ކުދިން އެބަ ތިއްބޭ…
ނޫރް ޑާރލިންގް އަވަހަށް އައުދޭ ސަޕޯރޓު ކުރަން…މިކޮޅުގަ މުބާރާތް ފަށައިގެން އުޅޭ ދުވަސްކޮޅެއް ހެހެހެހެ….މަގޭ އުމުރު ދޯ! މަށަށް 15 ވެއްޖެ ކަލޯ….ސާޔަނު އަށޤ ނޭނގެނީ އޭ މަގޭ ދަރިންފަތި ނުލާހިކު ދިގު ވާނެ…އޭ ބަފާބެ އަދި ސްޓޯރީގަ ދައްކާވެސް ނުލާ….މަޑު ކުރޭ ދައްކާލަންދެން އޭރުންތާ ތައްޔާރު ވެވޭނީ….
ކީތްކުރާނީ ދޯ ސާޔަނޫ….މާތައް ފޮޅޭނޭ ގުލްޒާރުގާގާގާގާ
އޭ ތިޔަ އުޅެނީ މަގޭ ގޭގައި މާ ފޮޅުވަންތަ؟؟؟ މަގޭ ގޭގެ ނަމަކީ ގުލްޒާރުގެޔޭ… ހަމަ އަސްލުވެސް އައިމް ނޮޓް ޖޯކިން…
އޭ ކަލޯ ކީއްކުރާނީ ކިޔާއިރު އިންނާނީ ތާ ސުކުނެއް ނޫނޭ އަލިފު ސުކުނެކޭ… ކަލޯ ނޫރް ވވވ ރުޅި އަންނާނެ ދިވެހި ބަސް ރީތިކޮށް ނޭނގެންޏާ… ކަލޭ އެ މަންޖެއާ އިންނަން ބޭނުމިއްޔާ ޖެހޭނީ ދިވެހި ބަހުން މާސްޓަރސް ވެސް ހަދަން… ކަލޮއަށް ވާނެތަ؟؟؟
ކަލޯ އަދި ކެތްކޮށްލާ… ބަފައިބެ އަދި އަންނާނޭ…
Hehehehhehehehehehe???????????
Ehen maa sai libeykah nei dhw maaduvaheh????????????
Shaayan Aharumen vaane ingeyy ready vaan
Ivaan ge nei kehtherikameh haa hissaabuvesss Pis Pis ??????????????????????????
އޯ މައި ގަޅި އައިމަންްން???ދޮންބެ މެންނޭ ފުރަތަމަ މަށާ ދިމާކުރީވެސް މީނަ ބޮޑުވެގެން އިންނާނީ ރާއްޓެ އާ އޯ ކިޔާފަ????މީނަ ބޮޑު ވާއިރު ރާއްޓެ ހުންނާނީ މުސްކުޅި ވެފަޔޯ ކިޔާފަ???އޭ ޕޮއް???????އައްޗި މަ ނޫޅެން އެހެން ނޫނަސް ބޮޑު ގަމާރަކާ ވާހަކަ ދައްކާ ކަށް ?????
ދޯ ނަޔާ… މަ ހަމަ ރުޅިއައިސް ރަތް ވޭ ???????
އޯ މައި ގޯޑް އިވާން ބޭ އިޒް 15?????????❓❓❓ރިއަލީ❓❓❓❓❓މަ ލަދު ވެސް ގަނެއްޖެ☺️☺️☺️☺️ހެހެ
އޭ ކަލޯ ހުރިހާ ރަށެއްގަ މުބާރާތް ފެށީތަ????ހެއްވައޭ ދޯ… މަށަށް އަންގާ ވެސް ނުލާ… އޯކޭ އިވާން… މި ނައްޓާލީ މަގޭ ބަނޑިޔަލާ ޑަބިޔަލާ ހިފައިގެން ސަޕޯޓް ކުރަން?????????އޭ ކޮންކުލައެއް އެކަމު????
ދެން މަންޖެ ރާއްޓެ އާ އިނީމަ ވީނު.. ރާއްޓެ ނުލާހިކު ރަނގަޅު ވާނެ.. އާންއެކޭ ހުރިހާ ރަށެއްގަ މުބާރާތް ތައް ފަށައިގެން އުޅެނީ.. މިރޭ މިރަށުގަ ވ ފޯރި ހުންނާނެ.. ވަރުގަދަ ތިން މެޗު މިރޭ ކުޅެލަނީ.. މައެ އަކަށް ނޭނގެ ސަޕޯޓު ކުރަން ވީ ބައެއް ވެސް.. އެކަމް ޔާޝް ދޮންބެ ހުންނަ ބަޔަކަށް ނު ދޯ މައެ ގެ ގަޅި ސަންތި ސަޕޯޓު ކުރާނީ
އޭ އިވާން ބްރޯ މި މީހުން ސަޕޯޓު ކުރަން ދާއިރު ވެސް ވަކި ކުލައެއް ލާން ޖެހޭތެ.. އެމީހަކު ބޭނުން ކުލައެއްގެ އެއްޗެއް ލީމަ އެ ނިމުނީ އެއް ނޫންތެ.. މި ރިލް ވެސް އާރިފު ކައިރީގަ ކިޔާ އަޑު އިވޭ ކޮން ކުލައެއް ހޭ
Eyyyy aiman ???????
Ma e ge gali santhi ey??????????????????????
Kaloo anehkaa Noor ah hie keethr ?????????????????????
Aiman stay safe ingeyy???????????????????????????
Mihen bunee maa ingeyne kama mibalany heheheh???
??????????????????????????????
Support kuran dhaa team ge kulaage ehchehi laagen dhiyaamaa dhw foori gadhavaaneee
Ma abadu vess hadhanee ehen
Ma house kulenyaa ma dhaanee ekulaage ehchehi laagen support kura
Adhi aiman akah neygeyne haadha fahathehgaa eyyy dhw thiuluhvany heheheh?????????????????????
ކަލޭނޭ….ކަޅުކުލައިން ޖަރީވެގެން އައުދޭ ސަޕޯރޓުކުރަން! އޭރުން ބެސްޓުވާނެ! މަގޮލާ މިދަނީ މެޗު އޮންނަ އަވަށަށް
ގުލްޒާރުގެއަށް ދާންތިޔަ ޖެހުނީ ސާޔަނޫ???
Ahchi kalhu thr
އައްދޯ އައިމަނޫ ކޯއްޗެކޭ… ރާއްޓެ ކައިރީ ބުނެބަލަ މަށާ އިންނާށޭ?????މަ ހަމަ ވަގުތުން އާ ބަސް ބުނާނަން ?????އާން އެހެންޏަ…. ޔޫކޭޖީން ދެއަކަށް މައޭ ކްރަޝް ވިއްޔަ ރާއްޓެ އަކީ????މަ ނުބުނަންދޯ ރާއްޓެ ގޯހެކޭ… މަށަށް ކޮންމެ ރެއަކު ހުވަފެނުން ފެންނަ މީހަކު މަށަށް ގޯސް ވާނެތަ???ރާއްޓެ އަށް ސަލާން ވައްޓާލައްޗޭ????އޭ ލަމް މެން ކައިރީ ނުބުނާތި????
އޭ އޮހޯން ކައެ މެން ސަޕޯޓް ކުރާ ބަޔަކަށް މަ ސަޕޯޓް ކުރާނީ ???? ޕިސް ވިސްނާލަން ޖެހޭނީ… ސަޅި ކުދިން ތިބޭ ބަޔަކަށް މަ ސަޕޯޓް ކުރާނީ ????
އޭ މިއަދު ހަވީރު ލަމް ކައިރީ ބުނޭ ނުގުޅައްޗޭ????
ހައޭ އިވާން ބޭ ކަޅު ހެދުމެއް ނެތޭ????ބްރޯ ކުޅެންތެ؟ކަޅު ސޯލް އަޅައިގެން ރަތް ލިބާސް ލައިގެން ދަތް ގޯންޏަށް ކަޅު ދަތް އަޅައިގެން ކަޅު ފޭލި ލައިގެން ދިޔައިމާ ބަރާބަރު ވާނެއްނު ??????
?????????
ދޯ ނޫރީ… މަވެސް ރުޅި އައިސްގެން ގޮސް ކޮލި ފުފޭ ވަރު ވެޔޭ…??????? އާނ ރިލް ސިސޫ މިފަހަރު ސައި އަތުލާނަން ރިލް ސިސް އަތުންވެސް ނޫރް އަތުންވެސް…??? ކަލޯ އިވާންބެއަށް 15 އޭ…??? މަށަށް ވުރެ 2 އަހަރު ބޮޑު ދޯ ދެން މަ ކިޔާނީ އިވާންބެ…? ހަހަހަ…??? ހްމްމްމް އަންނާތި އިނގޭ އަހަރުން ގެޔަށް މަ ބަހައްޓާނަން އިވާންބެ އަންނަންވާއިރަށް ސައި ކައްކާފަ…? އެންމެ މީރު އެއްޗެހީގެ ލިސްޓެއް ދީ މަށަށް… ދެން އަންނަމުން ނޫރްއާ ސްކާރލެޓް ސިސް ވެސް ގޮވައިގެން އަންނައްޗެ އިނގޭ… އޭ ހުވާތަ ބްލެކް އިޒް މައި ފޭވަރިޓް ކަލަރ މަ ދާނަން އިނގޭ ކަޅު ހެދުމާ ކަޅު ޖިންސާ ކަޅު ޝޯލް އަޅައިގެން އިވާންބެއަށް ސަޕޯޓު ކުރަން…??? ވަރަށް ސަލާމް…
އޭ ރިލް ގަނޑު… މަށަކަށް ނުކުރެވޭނެ ސްޓޭ ސޭފް އަކު.. އޭ މިބުނީ ޒުވާބު ނުކޮށް ނުކުރެވޭނެ ވާހަކަ.. ދެން ވެސް ގޯސް ކޮށް މާނަ ކުރޭ.. މައެ ގެ ސަންތި އޭ ބުނިމަ ހާދަ ވަރެއް ތިވީ.. ހޫމް ދެން ސަންތީ މައެ ނުޖެހޭނެ ލަމް ކައިރީގަ ތި ކީތަނުން އެއްވެސް އެއްޗެއް ބުނާކަށް.. ލަމް ކިޔާ މި ވާހަކަ.. ދެން ކޮމެންޓު ތައް ވެސް ބަލާނު.. އޭ ރިލް ތީ ކުރީ ޒަމާނުގެ ގޮތް.. އެއްކުލައިން ހެދުން ލައިގެން ދިއުން.. މިހާރު މީހުން ނުދާނެ އެއްކުލައިން ހެދުން ލައިގެނެއް.. ދެން އަމިއްލަ ހައުސް ކުޅޭއިރު މި އުޅޭ އަންހެނުން ތައް ހުންނާނެ އެއްކުލައިން ހެދުން ލާފަ.. އެކަމަކު މިހެން ކުޅޭ ބޮޑެތި މެޗު ތަކަކު ނުލާ އެއްކުލައަކުން ހެދުމެއް.. އެއީ ކުރީޒަމާނުގެ ގޮތް.. ރިލް އާ ސަންތި އާ ތި އުޅުއްވަނީ ހާދަ ފަހަތެއްގަ އޭ
އާން ޝާޔަން ސާދޭނަންް ހާސް ނުވާތީ އިނގޭ
އޭ އައިމަނޫ މަގާގާކަން ގަނޑެއް ނުހުންނާނެ އިނގިއްޖެތެ
ހެހެހެހެހހެހެހ ބަލާ މަށައް ކޮން ވަރެއް ވާން ވީކީ އެ މަށަކައް ނޫނޭ ވަރެއް
އެހެން މާނައެއްނުނަގަމޭ??????
ދެން މައޭގެ ސަންތި އޭ ބުނީމާ މަށައް އެހެން މާނަ ނެގުނީ?????????????
އައްދޭ އައިމަން ތީ އުޅެނީ އެންމެ ވެސް ފަހަތުގާ
އަހަރުމެން ހަމަ ދާނީ އެއް ކުލައިން ހެދުން އަޅާ ގެން
ބަލާތި????????
ދެން ހަމަ އެހެން ރަށަކަށް މެޗެއް ބަލަން ދިޔައީ އާ ގޮސް ދާނަން އެހެންގޮތަކަށް ހެދުން އަޅާ ގެން ????
އޭ ހަމަ އަސްލައްވެސް އީވާން އަށް 15 ތަ މާ ހީކުރީ ކުޑަކުޑަ ސޮރެއްކަމައް ހެހެހެހެހެހެހެ މަށަށް ވުރެ 1 އަހަރު ބޮޑު އެކަމަކުވެސް ރިލް އަކައް އީވާންބެއެއް ނުކިޔޭނެ އިނގޭ
އާންއެކޭ މަންޖެތަކާ…މީގެ 15 އަހަރު ކުރިންނޭ މަ ދުނިޔޭގެ އަލިކަން ދެކުނީ އެވެސް ފެބުރުއަރީ މަހުގަ
Heheheh ??????????
Ragaleyyyy,?????????????????????
ފަނަރަ އަހަރޭ ކަލޯ ހާދަ މުސްކުޅިއޭ ދޯ… ދެން ސަރުކާރުން މުސްކުޅިންނަށް ކޮންމެ މަހަކު ދޭ ރުފިޔާ ލިބޭކަށްވެސް ނެތް ދޯ މާ ގިނަ ދުވަހެއް…
ހެހެހެހެހެހެހެހެހެހެ އާން ޝާޔަން މަވެސް މިހިތައްއަރަނީ ތިހެންނޭ ?????
ދުވަސްކޮޅަކުން އަހަރުމެން ޖެހޭނީ ކަފާ ކިޔަން ދޯ
އޭއީވާން 65އަހަރުގެ ރުފިޔާ ލިބޭ ދުވަސްކޮޅު މަށައް ޗޮކްލެޓް އެއްފޮނުވާދޭއްޗޭ އިނގޭ ??????????????????????????
އެބުނާހެން އިވާންބޭ މަވެސް ބޭނުން ޗޮކްލެޓް ކާން… ފޮނުވައްޗެ ވިއްސަކަށް ކޭސް… އަދި އާނ ކޮންމެ މަހަކު އެއްފަހަރު އެ ލިބޭ ރުފިޔާއިން ޖެހޭނެ އަހަރުންނަށް ކާންދޭންވެސް އިނގޭ… ޕުލީޒްޒްޒް
Thede Ril Ah vess evarah fonuvaathi
hehehe Aaan kaandeynvaane eyy Hama Fainally dhw shaayan????????
Madukoh bala adhi anbinaaa dharina haradukuranvess esoru jeheyne Eh nu
Heheehehhe???????????????????????
އަނބިންނާ ދަރިންނަށް އެކަނިތަ ކާފަ ދަރިންނަށްވެސް ހަރަދު ކުރަން ޖެހޭނެއްނު…??? އޭ މަ ބުނީ އާރިފުއަށް އިނގޭތަ ރިލް ސިސް އަށް ކައްކަން ނޭނގޭކަން؟؟؟ އެހެންނޫނީ މަ ގޮސް ބުނަންވީތަ އާރިފު ކައިރި ކައްކަން ނޭނގޭ ވާހަކަ… ހަހަހަހަހަހަހަހަ…?????
ހެހެހެހެހެހެހެހެހެހެ އާން ދޯ
އޭ ޝާޔަން އާރިފް ބުނީ އޭނަ ދެކޭގޮތުގާ ރިލްއައް އިނގެޔޯ ކައްކަން
މިހާރު ރިލް އައް އިނގޭ ވަރައް ގިނައެއްޗެހި ކައްކާގޮއް
އެކަމަކު އަދި ޓްރައި އެއްނުކުރަން ހެހެހެހެހެހެހެހެހެހެ ބަޓް ކުރާނަން
އެހެންނޫނަސް ރިލް އިނުމުގެ ކުރިން ކައްކައް ދަސް ކުރީއާ ނިމުނީނު ހެހެހެހެހެހެ ލޮލް????????????
Ooppps ebain mistake eh Ril dhen me kuri cmnt gaa
އަސްލުއިންނާނީ މިހެން
ޝާޔަން އާރިފް ބުނީ އާރިފް އައް އިނގޭގޮތުގާ ރިލް ވަރައް މޮޅެއް ކައްކައޯ
Varahh reethi masha allah????
Waiting for next part …….????
Luv u ……………………………….????
Stay safe and take care ..????
Thankyouuuu?
Hey sis after long time dhw
Missed you so so much
Mi part vx varah reethi masha Allah
Waiting for the next
Luv uuu so so much ❤️❤️❤️
Thankyouuu❤️ Missed you too darla lym❤️
Hey sisoooo
Long time no talkk missed you so muchhh? dhn story hama bestu as always….noor miulheny ivaan katham kuran tha anehkaa alheyyy…yagney loabyge dhaluga jehigen ekameh nuvaaney e dhari akah….???dhn mioh aimanu fathan dhasnukoh adhivss pis pis….balaga aimanuuu thihen ulhenikoh fetheyny aiman ey ivaan ehnooney, nuhy ah heevany aiman fetheyny noor ge loabyge kandu ga hen hehehehe??….ލަވް ދަ ސްޓޯރީ….ވެއިޓިންފޯރ ނެކްސްޓް❤️Lysmm sisooo?
Aiman mihaaru ws fethifa ey othy noor ge lwbyge kanduga dhw aimanu? ahahaha noor ishquga jehidhaane hen hyweytha? Hingaa balamaa dhww! ‘Missed you too dear❤️
ahdheyy m,i noor aimanu ge isgugaeh nujeheyneyyy
Aiman jehuny dhw ekmmm noor ge kulhadhaana kamun??
Hmm Nuhyy Dhn NooR akee aadhaige meeheh nooney… Mee Hama hurigothah huri normal meehekey
Nuhyy heekuree abnormal kujjeh kamah?
After a long wait finally!
Amazing as always keep it up dear❤️
Thankyouuu❤️
Sis kobaa tha lilly sis???
Anyways story hama best ???
?????????????????
Lilly is good alhamdhulilah! She is concentrating on her studies fully since its our final year ?? thankyouu ❤️
Ohh okay ? test dhuvasvaru dhww .. good luck ???
???????????????????????
Vaahaka varah reethi maasha Allah???
Thankyouu❤️
Klw gayaa ma neih thin dhuhu aarifu esfiya ah Haadha Vareh aruvaalaafa mi othy???bolah thuraa???Aaakkhhh
Heheheheheh
Kula badalu kohlaafaa seedhaa dhw
Miadu kiriyaa mihen vefaa huree