ލޯބީގެ ހައްގުގައި 25
” ޕްލީޒް…މާސްކު ނުނަގާ، އެހަށް ވާހަކަ ނުދައްކާ ރީތިކޮށް އޮވޭ” އަހަރެން މާސްކު ރީތި ކޮއްލަމުން ބުނީމެވެ.އެހެންނަމަވެސް އިމްރާން ބޭނުންވީ ވާހަކަ ދައްކާށެވެ އެކަމަށް މަސައްކަތް ކުރަނިކޮށް ކުއްލިއަކަށް އިމްރާންގެ ނޭވާއަށް ގޮތެއް ވާން ފެށިއެވެ.އަހަރެން ވަގުތުން ޑޮކްޓަރަށް ގޮވީމެވެ. ޑޮކްޓަރ އައިސް އަހަރެން ކައިރީ ބޭރުގަ މަޑުކުރުމަށް ބުންޏެވެ. އަހަރެން ދުވެފަ އެތަނުން ނުކުމެ އެތާ ހުރި ހައިފާގެ ގައިގަ ބައްދާގަނެ ރޮއެ ގަތީމެވެ.
“ރީމް، ނުރޮއެ، ހިތްވަރު ކުރަންވާނެ، މިހުރިހާ ކަމަކީ ވެސް އިމްތިހާނެއް،ކެތްތެރި ވެގެންނޫނީ ކިހިނެއް މިކަމާ ކުރިމަތި ލާނީ، ރީމް ޖެހޭނެ އީތަން އަށްޓަކައި ވެސް ކެތްކުރަން، މިހާރު މަންމަވެސް ކުޑަކޮށް ރަނގަޅު،ދެންމެ ޑޮކްޓަރ ނިކުމެފަ ބުނި ރަނގަޅު ވާހަކަ،މަންމަގެ ކުރިމަތީ ރީމް ތިހެން އުޅުނީމަ މަންމައަށް ވަކި ކެތްވާނެތަ، ރީމް ޖެހޭނެ އެމީހުންގެ ކުރިމަތީ ކެތްތެރިވާން، އެހެންވީމަ އަހަރެން ބުނާ އެއްޗެއް އަޑުއަހަންޏާ ދައްތަ ގެއަށް ގޮސް އެމީހުންނަށް ވެސް އަންގާ،އަދި އީތަން ގޮވައިގެން ގެއަށް ދޭ،އަހަރެން ވާނުވާ ރީމްއަށް އަންގާނަން” ހައިފާ އަހަރެންގެ ބުރަކަށީގައި ފިރުމާލަމުން ބުނެލިއެވެ.
ހައިފާގެ ވާހަކަ ތަކާމެދު އަހަރެންނަށް ވިސްނާލެވުނެވެ.އަދި ހައިފާ މުޅިންވެސް ދެއްކީ ތެދު ވާހަކަ ތަކެއްކަން އަހަރެންގެ ނަފްސު އަހަރެންނަށް ބުނެދިނެވެ.އެހެންކަމުން އަހަރެން ދެލޯ ފުހެލަމުން ހައިފާގެ ކޮނޑުން ބޯ ނަގާ ގަދަ ކަމުން ހިނިތުން ވެވޭތޯ މަސައްކަތް ކުރީމެވެ.
“ހައި ތިބުނީ ވަރަށް ބޮޑު ތެދެއް،އަހަރެން ޖެހޭނެ އީތަން އަދި މަންމަގެ ކުރިމަތީ ކެތްކުރަން، އަހަރެން މިދަނީ އީތަން ގޮވައިގެން ގެއަށް،އަހަރެންނަކަށް ނޭނގެ ހައި އަށް ޝުކުރުއަދާކުރާނީ ކިހިނެއް ކަމެއް ވެސް،އަދި ތިކޮއްދޭ ހެޔޮ ކަމުގެ ބަދަލު ދޭނެ ގޮތެއް،އަހަރެންނަށްޓަކައި ތި ކޮއްދެނީ ވަރަށް ބޮޑު ކަމެއް” އަހަރެން ހައިފާގެ އަތުގައި ހިފާލަމުން ބުނީމެވެ.
” މީ އެހާ ވަރު ކަމެއް ނޫން، ތިހާ ބަދަލު ދޭ ހިތްވަންޏާ ގޭގަ ކެއުންގަނޑެއް ހަދާލުން ރަނގަޅުވާނެ،ހެހހެހ” ހައިފާ ހިނިތުންވެލަމުން ބުނެލިއެވެ.
” ތިކަން އިރާދަކުރެއްވިއްޔާ ވަރަށް އަަވަހަށް އޮންނާނެ،އިމްރާން އާ އެކު” އަހަރެން ހިނިތުން ވެލަމުން ބުނީމެވެ.
އެހާ ލަސްވެފަ ހުއްޓާވެސް އަހަރެން ދިޔައީ ދައްތަ ގެއަށެވެ.އަދި އެމީހުންނަށް ވެގެން އުޅޭގޮތް ކިޔައި ދިނީމެވެ.އެމީހުންވެސް ތިބީ ހައިރާންވެފައެވެ.
” އަހަރެން ހީކުރީ މަންމަ ބުނެފަ ކަމަށް އައީ،އެހެންވެ މިހާ އިރު ވީ އިރުވެސް އަންގާނުލެވުނީ”އަހަރެން މާޔޫސްކަމާއެކު ބުނެލީމެވެ.
” ކޮންތާކު، ބެލްކަނީގަ ފޯނެއްގަ ހުރެފަ އައިސް ބުނީ ވަރަށް އަވަހަށް އެބަ އަންނަމޭ،އީތަން ބަލާލައްޗޭ،އެހެންވެ އަހަރެމެންނަށް ނޭނގުނީ،އެކޮއި ދެރަ ނުވޭ، އިރާދަކުރެއްވިއްޔާ ދެރަގޮތެއް ނުވާނެ” ބޭބެ އަހަރެންގެ ކޮނޑުގައި ފިރުމާލަމުން ބުނެލިއެވެ.
” ހުސެން ދޭ، ފަހަރި ގެއަށް ލައިދެން،އީތަން ގޮވައިގެން އެކަންޏަކުން ނުދެވޭނެއެއްނު” ބޭބެ ހުސެންއަށް ބުނެލިއެވެ.
އަހަރެން އީތަން އުރާލައިގެން އެގެއިން ނުކުތީމެވެ. އަދި ކާރަށް އަރާ ހަމަ ޖެހިލީމެވެ. ގާތް ގަޑަކަށް ފަނަރަ މިނެޓްފަހުން އަހަރެންނަށް ގެއަށް އާދެވުނެވެ. އަހަރެން އައި އިރު ޕޮލިހުން ގޭ ދޮށުގައި ހަރަކާތް ތެރި ވަމުން ދިޔައެވެ.
“މިގޭ މީހުންނަށް އެކަނި ވަދެވޭނީ” އަހަރެން ފެނުމާއެކު ހިނިތުންވެލަމުން އެތާ ހުރި ފުލުހަކު ބުނެލިއެވެ.އަހަރެންވެސް ހިނިތުންވެލަމުން މީ ގެ ކަމަށާއި ހުސެން އަހަރެން ގެއަށް ވަނުމުން ދާނެ ކަމަށް ބުނެލީމެވެ.އަދި އީތަން ގޮވައިގެން މައްޗަށް އެރީމެވެ.އަދި ގެއަށް ވަދެވުމުން ހުސެންއަަށް ޝުކުރުއަދާ ކުރުމަށްފަހު ދެން ދިޔަޔަސް އޯކޭ ކަމަށް ބުނެލީމެވެ. އަހަރެން މަޑު ހިނގުމުގައި ގޮސް ކޮޓަރިއަށް ވަދެ އެނދުގައި އީތަން ބާއްވާލީމެވެ.އަދި އީތަންގެ މައުސޫމު މޫނަށް ފުންކޮށް ބަލާލީމެވެ.
” މަންމިއަށް އެނގޭ ދަރިފުޅު ހޭލާ ގޮތަށް ފުރަތަމަވެސް އަހާނީ ބައްޕިގެ ވާހަކަކަން،ދެރަނުވޭ ދޫނި،އިރާދަކުރެއްވިއްޔާ ވަރަށް އަވަހަށް ބައްޕަ އަންނާނެ” އަހަރެން އެހެން ބުނެ އީތަންގެ ބޮލުގައި ފިރުމާލީމެވެ.އަދި ފޯނު ނަގާ ހައި އަށް ގުޅާ ގެއަަށް އާދެވުނު ކަމަށް ބުނީމެވެ.އަދި އިމްރާންއާއި މަންމަގެ ވާހަކަ އަހާލީމެވެ.
އިމްރާންއާ ބެހޭގޮތުން އިތުރު އެއްޗެއް އަދި ނޭނގޭ ކަމަށާއި މަންމަ މިހާރު ރަނގަޅު ކަމަށް ހައިފާ ބުނެލިއެވެ.އަހަރެން ފޯނު ބާއްވަމުން ސިޓިންގްރޫމަށް ނުކުމެ ބޮކި ދިއްލާލީ ހައިވެފަ ހުރިލެއް ބޮޑުކަމުންނެވެ. އެއާއެކު އަހަރެންނަށް ބިންމައްޗަށް ނަޒަރު ހިންގާލެވުނެވެ.އެތަން ސާފުކޮއްފަ އޮތް ކަމަކު އަހަރެންގެ ލޮލަށް އިމްރާން ސިފަވަމުން ދިޔައެވެ.އަދި ކައިރީގަ ހުރި ގޮނޑީގައި އިށީނދެލާ އިސްޖަހާލީ ލޮލުން ކަރުނަ އަންނަން ފެށުމުންނެވެ.ކުއްލިއަކަށް އަހަރެންނަށް ސިހުން ގެނުވީ އެއްޗެއް ފަޅައިގެން ދިޔަ އަޑަށެވެ. ވަށައިގެން ހޯދާލެވުނެވެ. އަހަރެންގެ ދެލޯ ބޮޑުވިއެވެ.
މުޅިތަން ޒީނަތްތެރި ކޮއްފާވަނީ ރަތް ކުލައާއި ހުދު ކުލައިގެ ފުއްޕާހަމުންނެވެ. ސީލިންގްގައި ވެސް ވަނީ ފުއްޕާހަން ތަތްކޮއްފައެވެ.އަދި ފާރުގައި ބޮޑު އަކުރުން ” ހެޕީ ބާރތް ޑޭ ވައިފް” ޖަހާފައި ވެއެވެ. އަހަރެންގެ ލޮލުން ކަރުނަ ފައިބައި ގަތެވެ.
” މީ އަހަރެންގެ އުފަންދުވަސްތަ، މީތަ ސަޕްރައިޒްއަކީ،ކޮންއިރަކު ކޮއްފަ އޮތް ކަމެއް މީ،ކީއްވެ އަހަރެންގެ ލޮލުގައި ކުރިން އަޅައި ނުގަތީ” އަހަރެންނަށް ރޮވެމުން ދިޔައީ އުފަލުންނެއް ކަމެއް ނުވަތަ ދެރަ ވެގެންނެއް ކަމެއް އަހަރެންނަކަށް ބުނާކަށް ނޭނގެއެވެ.
އަހަރެން ވަގުތުން ހައިފާއަށް ގުޅީމެވެ.އަދި އިމްރާން ކޮއްފަ ހުރި ކަންތަކުގެ ވާހަކަ ބުނީމެވެ.
” އަހަރެންނަށް އެނގޭ އެކަން،އެހެންވެ އެހާ ވަރުން އަހަރެންނާއެކު ބޭރަށް ފޮނުވީ،ރީމްއަށް ސަޕްރައިޒް އެއް ދޭން ވެގެން، އެންޑް ޔޫ ނޯ ވަޓް…. ހީ ލަވްސް ޔޫ” ހައިފާ ލަސްލަހުން ޖުމްލަ ފުރިހަމަ ކޮއްލިއެވެ.އަހަރެން ފޯނު ބޭއްވީ އެބަ ގުޅަން ކަަމަށް ބުނެއެވެ.
އަހަރެން ބުނަންވީ އެއްޗެއް ދުލު ކުރިއަށް ނައުމުން އަހަރެން ފޯނު ބޭއްވީމެވެ.އަދި ދެލޯ ފުހެލަމުން އަލަމާރިން ފެންފުޅިއެއް ނަގާ ފެން ފޮދެއް ބޯލީމެވެ.ފެން ފުޅި ލާން އުޅެ އުޅެ އުޅެ ނުލެވުމުން އަހަރެން ކުޑަކޮށް ގުދުވެލާ ހުރަހަށް އޮތް ފުޅި ރަނގަޅު ކޮއްލަމުން ފެން ފުޅި ލާ ދޮރު ޖެހީމެވެ.ހަމަ އެ ސިކުންތުގައި އަލުން ދޮރު ހުޅުވާ ބަލާލީ ކުރިން ނެތް އެއްޗެއް އަހަރެންގެ ލޮލުގައި އަޅައިގަތުމުންނެވެ.
އަހަރެން މަޑުމަޑުން އެ ފޮށި ނަގާ ހުޅުވާލީމެވެ.އޭގައިވަނީ ހިތުގެ ބައްޓަމަށް އިން ބަޓަރ ކޭކެކެވެ. ބޭނުން ކޮއްފައިވަނީ ރަތް ކުލައާއި ހުދު ކުލައެވެ.ރަތް ކުލައިގެ ރޯސް އެއްފަރާތެއްގައި ބޮނޑިއަކަށް ހުރި އިރު ވަރަށް ހިތްގައިމެވެ.އަދި މެދުގައި ހެޕީ ބާރތްޑޭ ވައިފް ޖަހާފައިވެއެވެ.އަނެއްްކާވެސް އަހަރެންނަށް ރޮވުނެވެ.ވަގުތުން ކޭކު އަލަމާރިއަށް ލުމަށްފަހު ކޮޓަރިއަށް ދުއްވައިގަތީމެވެ. އަދި އީތަންގެ ގައިގަ ބައްދާލީ ވީ ދެރައިންނެވެ.ކަރުނައިގެ ތެރެއިން އަހަރެންގެ ދެލޮލަށް ބަރުވެ މަޑުމަޑުން އަހަރެންނަށް ދެލޯ މެރުނެވެ.
އަހަރެންނަށް ހޭލެވުނީ އީތަން އަހަރެންނަށް ގޮވަން ފެށުމުންނެވެ.އަހަރެން ފުންމައިގެން ތެދުވެ ފޯނު ބަލާލީމެވެ.ހައިފާގެ ދެ މިސް ކޯލް އިނެވެ.އަހަރެން ވަގުތުން ހައިފާއަށް ގުޅާލީމެވެ.
” ހޭ ރީމް،އިމްރާން މިހާރު ކުރިޔަށް ވުރެން ރަނގަޅު” ހައިފާގެ ޖުމްލައިން އަހަރެންނަށް އުފަލުން ރޮވުނެވެ.އަދި މިދަނީ ކަމަށް ބުނެ ފޯނު ބޭއްވީމެވެ.
މަންމީ،ޑޭޑީ ކޮބާ” އީތަން ދެލޯ އުނގުޅާލަމުން ބުނެލިއެވެ.
” ދަރިފުޅު ބޭނުންވޭތަ ޑެޑީ ކައިރިއަށް ދާން، އެހެންވީމަ އަވަސްކޮއްލަން ހިނގާ ދޯ” އަހަރެން އެހެން ބުނުމާއެކު އީތަން ބޯ ޖަހާލިއެވެ.އަހަރެން އީތަން އުރާލަމުން ފާހާނާއަށް ވަނީމެވެ.
ހެނދުނުގެ ސައި އީތަންއަށް ދިނުމަށްފަހު އަހަރެން ދިޔައީ ދައްތަ ގެއަށެވެ.އަދި އީތަން ކައިރީ މަންމަ އަންނަން ދެން ބަސްއަހައިގެން ހުރުމަށް ބުނެފަ އަހަރެން ދިޔައީ ހޮސްޕިޓަލަށެވެ. އަހަރެން ދިޔަ އިރު ހައިފާ ގޮނޑީގައި އިނެވެ. އަހަރެން ގޮވާލުމުން ހިނިތުންވުމާއެކު ހައިފާ ބަލައިލިއެވެ.
” ދެންމެވެސް ޑޮކްޓަރ ބުނި މިހާރު ހާލު ރަނގަޅުވަމުން އަންނަ ވާހަކަ،އަހަރެންނަށް ފެންނަނީ ރޫމްއަކަށް ބަދަލު ކުރަން” ހައިފާ ބުނެލިއެވެ.
” އާނ، ރަނގަޅު ކަމެއް ތީ، މަންމަ ކޮބާ” އަހަރެން އެހީމެވެ.
” މަންމަ އައިވީ ފުޅި ހުސްވީމަ ދޫކޮއްލާނެ،މާ ގިނަ އިރެއް ނުވާނެ” ހައިފާ ބުނެލިއެވެ.
” ދެން ހައި ގެއަށް ގޮސްލާ ނިދާލަން ވީ ނު،އޭގެ ކުރިން ހިނގާ ސައިބޯން” އަހަރެން ހައިފާގެ އަތުގައި ހިފާލަމުން ބުނެލީމެވެ.
” ނޫނޭ،ނިދަން ދާކަށް ނުވޭ،މިތާނގަ އިނދެގެން ހާދަ ވަރަކަށް ނިދައިފީމޭ،އެކަމަކު ވަރަށް ހައިވެފަ،ހިނގާ ގޮތެއް ހަދާލަން” ހައިފާ ބަނޑުގައި އަތް ކާތާލަމުން ބުނެލި ގޮތުން އަހަރެންނަށް ވެސް ހެވުނެވެ.
ވަގުތުތަށް ފާއިތުވަމުން ގޮސް މިހާރު މެންދުރުވީއެވެ.މަންމަވެސް މިހާރުވަނީ ހަމައަކަށް އެޅިފައެވެ.އެހެންކަމުން މަންމައަށް އިމްރާން ދައްކާލުމަށްފަހު ދައްތަ ގެއަށް މަންމަ ގެންދިޔައީމެވެ.އަދި ޑޮކްޓަރުގެ ކައިރީ އެދިގެން އިމްރާން ރޫމްއަކަށް ބަދަލު ކުރެވޭތޯ އުޅުނީމެވެ.
ޑޮކްޓަރަށް ވަރަށް ރިކުއެސްޓު ކޮއްގެން ރޭގަނޑު އަށެއް ޖަހަންވީ އިރު އިމްރާން ރޫމްއަކަށް ބަދަލު ކުރެވުނެވެ. އޭރުވެސް އިމްރާންގެ ގަޔަށް އެކި ކަހަލަ ވާތަށް ގުޅާފައިވެއެވެ.އިމްރާންއަށް ވަނީ ނިދިފަ ކަމުން އަހަރެންނާއި ހައިފާ ބޭރުގައި ތިބީމެވެ. ގާތް ގަޑަކަށް ދިހައެއް ޖަހަން އުޅެނިކޮށް ހައިފާ ގެއަށް ދިޔައެވެ.އެހެންކަމުން އަހަރެން އެނބުރި ރޫމްއަށް ދިޔައީމެވެ.
އަދި ވަރަށް ފުންކޮށް އިމްރާންގެ މޫނަށް ބަލާލީމެވެ.އެއާއެކު ހައިފާ މިއަދު ބުނި ވާހަކަ އަޑު އިވި ހިނިތުންވެވުނެވެ. އަދި ކައިރީގަައި ހުރި ސޯފާގައި ޖައްސާލީމެވެ.އިރުކޮޅެއް ނުވެ އަހަރެންނަށް ދެލޯ މެރުނެވެ.އެހެންނަމަވެސް އެ ވަގުތު އިމްރާން ކުކުރާލި އަޑު އިވުމާއެކު އަވަހަށް ތެދުވީމެވެ.
އޭރު އިމްރާން އަހަރެންނަށް ބަލަން އޮތެވެ. އަހަރެން ކައިރިވެލުމުން ބޮލުގެ އިޝާރާތުން ކައިރި ވެލުމަށް އެނދުނެވެ.އަހަރެން އިމްރާންގެ މޫނު ކިރިޔާ ނުޖެހޭ ހިސާބަށް ގުދުވެލީމެވެ.
” ހެ..ޕީ..ބާރތް….ޑޭ” ވަރަށް އުނދަގުލުން އިމްރާން ފުރިހަމަ ކޮއްލިއެވެ.އަހަރެންނަށް ހިނިތުންވެވުނެވެ.އަދި އިމްރާނުގެ އަތުގައި ހިފާ ބޮސްދިނީމެވެ.
ދުވަސްތަށް ފާއިތުވަމުން ގޮސް އިމްރާންގެ ހާލު ދިޔައީ ރަނގަޅުވަމުންނެވެ.އަހަރެން ދިޔައީ އިމްރާންގެ ހުރިހާ ކަމެއް ކުރަމުންނެވެ. ތަނެއްގަ އިށީނދެފިނަަމަ ތެދުވާއިރު އަދިވެސް ބަނޑަށް ތަދު ވާތީ އުޅެއެވެ.
އެހުރިހާ ކަމެއްގައި ވެސް އަހަރެން އިމްރާންއާ އެންމެ ކައިރިން އުޅެމުންދިޔައީމެވެ.އިމްރާން ކަމަކަށް އެދި ބުނޭތޯ އަހަރެން ހުންނަނީ އަބަދުވެސް ތައްޔާރުގައެވެ. މިިކަމުގެ ސަބަބުން މުޅި ދުވަސް އެކުގައި ހޭދަ ކުރެވެމުން ދިޔައެވެ.
އަހަރެންނަށް ނޭނގުނު ކަމަކީ އަހަރެންގެ ހިތުގައި އިމްރާނަށް އާ ވިންދެއް ޖަަހަންފެށި ކަމެވެ. އިމްރާން ގަޔާވާ ކޮންމެ ކަމަކަށް ލޯބި ކުރެވެމުން ދިޔަކަމެވެ.
އިމްރާނުގެ ބަޔާނުގެ މައްޗަށް އަޔާޒު ދޫކޮއްލިއެވެ. އެރޭ ކަންތަށް ވީ ގޮތް ބުނުމުން އަހަރެން އެވާހަަކަ ފަހުން ނުދައްކަމެވެ.ކޮންމެ ގޮތަކުން ވިޔަސް އަޔާޒުއަށް އޭނަގެ އަންހެނުންގެ ބޭވަފާތެރިކަން އަމިއްލަ ލޮލަށް ފެނުނީއެވެ.އިމްރާންގެ ކިބައިން މާފަށް އެދެން އައި އިރު ވަނީ މިހުރިހާ ކަމެއްވެ ނިމިފައެވެ ސީސީ ޓީވީ ބަލައިގެން ތިންމީހަކު ހައްޔަރު ކުރި އިރު އެމީހުން ބުނާ ގޮތުން އެމީހުން ހަމަލާ ދޭން އުޅުނީ އެެހެން ފުލޯރ އެއްގެ މީހަކާއެވެ.އެހެންނަމަވެސް އޮޅިގެންއެމީހުންނަށް ހަމަލާ ދެވުނީ އިމްރާނާއެވެ.
އަހަރެން މިހާރު އަޔާޒު މަތިން އެއްވެސް ވަރަކަށް ހަނދާނެއް ނުވެއެވެ.މުޅި އުމުރު ހޭދަ ކުރަން ބޭނުންވަނީ އިމްރާނާއެކުކަން އަހަރެންގެ ހިތް އަހަރެންނަށް ބުނެދެމުން ދިޔައެވެ.އެ ހިތުގެ މައްޗަށް ބަރޯސާވެ އަހަރެން ބޭނުންވީ އިމްރާނަށް ލޯބި ހުށައަޅާށެވެ.
ރޭގަނޑުގެ ހަމަ ހިމޭން ވަގުތުގައި ރަތް ކުލައިގެ ފިނިފެންމަލެއް ހިފައިގެން އަހަރެން ދިޔައީ އިމްރާން ކައިރިއަށެވެ. އަހަރެން ވަނުމާއެކު އިމްރާން ވަރަށް ފަރުވާތެރި ކަމާއެކު އަހަރެންނަށް ބަލާލިއެވެ.އަހަރެން އިމްރާންގެ ކުރިމަތީ ހުއްޓުނީމެވެ.
“ރީމް،އަޔާޒު އެބަ އާދޭ ރީމްގެ ކިބައިން މާފަށް އެދެން، މަށަށް ފެންނަނީ ރީމް އަޔާޒުއަށް މާފުކޮއްފަ އަލުން ގުޅެން”އިމްރާންގެ އެ ޖުމްލައިން އަހަރެންގެ އަތުގައި އޮތް މާ ވެސް ވެއްޓުނެވެ. އަހަރެންގެ ލޮލުން ކަރުނަ އަންނަންފެށިއެވެ.
އިމްރާން އަހަރެން ގެނެސް އެނދުގައި ބޭންދިއެވެ.އަދި އަހަރެންގެ އަތުގައި ހިފާލިއެވެ.
“ރީމް،އަހަރެންނަށް އެނގޭ ރީމް އަދިވެސް ލޯބިވަނީ އަޔާޒުދެކެކަން، އަޔާޒުއާ އިނަސް ތީ އީތަންގެ މަންމައަކީ،ރީމް ކަންބޮޑުވަނީ އެކަމާއެއްނު،ރީމް ބޭނުމިއްޔާ މިގޭގަ ވެސް ހުރެވޭނެ،އަހަރެން މަންމައަށް ވިސްނަދޭނަން، މާދަމާވެސް ހަމަ ފޯރމް ލާންވީ ވަރިވުމަށް އެދި، އަހަރެން ވަރަށް ވިސްނާފަ މި ނިންމީ،ރީމްގެ ހުރިހާވެސް އުފަލަކީ އަޔާޒު” އިމްރާން އަހަރެންގެ މޫނަށް ބަލާލަމުން ބުނެލިއެވެ.އަހަރެން ވަގުތުން އިމްރާންގެ އަތް ދަށުން އަތް ދަމައިގަތީމެވެ.
“ރީމް” އިމްރާން ވަރަށް މަޑުން ގޮވާލިއެވެ.
“ދެން ހެޔޮ، ވާ ވަރު ވެއްޖެ،ތިހާ ބޮޑު ނިންމުމެއް ނިންމި އިރު އެންމެ ފަހަރަކުވެސް އަހާލިނަމަ އަހަރެން ބޭނުންވަނީ ކޮން ގޮތެއްތޯ، އަހަރެން އިމްރާންއާ އެކީ އުޅެން ބޭނުންވޭތޯ، ނުވަތަ ނޫންތޯ،އިމްރާން ނުބުނަންތަ،އަހަރެންނާއެކު އުޅޭނަމޭ،މިކައިވެނި ދަމަހައްޓަން މަސައްކަތް ކުރާނަމޭ،ދެން ކީއްވެ،އިމްރާން އަހަރެން ބޭނުން ނުވަންޏާ އަހަރެން ގޮސްދާނަން،ވަރިވެސް ވެދާނަން، އެކަމަކު އަހަރެން ކިހިނެއް އަހަރެންގެ ހުރިހާ އުފަލެއް ދޫކޮއްލާފަ އެހެން މީހަކާ ގުޅޭނީ، އަހަރެން ލޯބިވަނީ އިމްރާންދެކެ،އެކަމަކު އިމްރާން ތިހާ ބޭނުން ވަންޏާ އަހަރެން ހުންނާކަށް ނެތިން”އޭރު އަހަރެންނަށް ގިސްލާ ރޮވެމުންދިޔައެވެ. އަހަރެން ބަލާކަށް ނުހުރެ ރޮމުން އެތަނުން ނުކުންނަން ދުއްވައިގަތީމެވެ އެހެންނަމަވެސް އަހަރެން ލައިގަތީ އަޔާޒުގެ ގައިގައެވެ.
އަހަރެން ހުއްޓި އިމްރާންއަށް ބަލާލީމެވެ.އިމްރާން ފެންކަޅި ވެފައިވާ ދެލޮލުން އަހަރެންނަށް ބަލަން ހުއްޓެވެ.
“މިއޮއް އައީނު،އަޔާޒު އަހަރެންނާ އިންނާނަންތަ،އޮފް ކޯޒް،އަހަރެންގެ ފިރިމީހާ ހެޔޮ ހިތުން އަހަރެން އެ ހަދިޔާ ކުރީއެއްނު،އެހެންވީމަ ދެކޮޅެއް ނުހެދޭނެއެއްނު”އަހަރެން އެހެންބުނެ އެތަނުން ނުކުތީމެވެ.އެހެންނަމަވެސް އަހަރެން އަތުގައި އަޔާޒު ހިފަހައްޓާ އަހަރެން ކޮޓަރިއަށް ވެއްދިއެވެ.
” ރީމް،އަހަރެންނަށް މާފް ކުރޭ،ވަރަށް ބޮޑު އޮޅުންގަނޑެއްގެ ތެރޭގައި އެގޮތަށް ކަންތަށް ކުރެވުނީ،އެކަމުގެ އަދަބު އަހަރެންނަށް ލިބިއްޖެ،އެހެންވެ އަހަރެން ބޭނުންވަނީ އަހަރެންގެ ސަބަބުން ރީމްއަށް ގެއްލުނު އުފާވެރި ހަޔާތް އަލުން ހޯދަ ދޭން،އެ ދިރިއުޅުން ހޯދަ ދެވޭނީ އިމްރާނަށް” އަޔާޒު އެހެންބުނެ އަހަރެންގެ ލޮލުން ފައިބަމުން ދިޔަ ކަރުނަތަށް ފުހެލަދިނެވެ.އަދިއަހަރެންގެ އަތުގަ ހިފައިގެން ގޮސް އިމްރާންގެ އަތާ ގުޅުވާދިނެވެ. އަހަރެން ހައިރާން ކަމާއެކު އަޔާޒުއަށް ބަލާލީމެވެ.
” އާނ، ރީމް،އަހަރެން ބޭނުންވާ ގޮތަކީ ތީ، ތިދެމީހުން އުފަލުގައި ލެއްވުން، އޭރު ރީމް ކީ ހުރިހާ އެއްޗެއް އަހަރެންނަށް އަޑު އިވުން، އަހަރެންނަށް އަހަރެންގެ އަމިއްލަ ނަފްސަށް މަލާމަތް ކުރެވުން ރީމްއާ އިންނަން ހިތަށް އެރީތީވެސް، ރީމް އަހަރެން ދެކެ ވީ “ލޯބީގެ ހައްގުގައި” އަހަރެން ކިހިނެއް ރީމްގެ މިއަދުގެ އުފާ ފޭރި ގަންނާނީ” އަޔާޒު ލޮލުން ފޭބި ކަރުނަ ފުހެލިއެވެ.
” އިމްރާން ރީމްއަށް ދެރަގޮތެއް ނަހަދައްޗޭ،އަހަރެންގެ ސަބަބުން ރީމް ވަރަށް ހާލުގަ އުޅުނު، އެކަންތަށް ހަނދާން ނެތޭ ވަރަށް ލޯބިދީ، ލޯބިން އެ ހިތް ފުރާލަދީ،އަހަރެންގެ ހެޔޮ ދުއާ އަބަދުވެސް ތި ދެމަފިރިންނާއެކު ވާނެ” އަޔާޒު އެހެންބުނެ އެތަނުން ނުކުމެގެން ދިޔައެވެ. އަހަރެންނަށް ވީ އުފަލުން އިމްރާންގެ ގައިގަ ބައްދާލެވުނެވެ.
އަހަރެންގެ ހަޔާތަށްވަނީ ހަރީފު މޫސުން ނިމި ބަހާރު މޫސުން އައިސައެވެ. ދިރިއުޅުމުގައި ކޮންމެ ފަދަ އަޑި ގަޑެއް އަޔަސް އަހަރެން ކެތްތެރި ކަމާއެކު އެކަމާ ކުރިމަތިލާން އަމިއްލަ ނަފްސަށް އަހަރެން ވަޢުދުވީމެވެ.
އިމްރާންގެ ފަރާތުން އަހަރެންނަށް ލޯތްބާ އަޅާލުން އިންތިހާއަށް ލިބެމުންދިޔައެވެ. އިމްރާންއަކީ އަހަރެންދެކެ އިންތިހާއަށް ލޯބިވާއަށް ފިރިއެކެެވެ.
އިމްރާންގެ ލޯބި ދެގުނަށް އިތުރުވެގެން ދިޔައީ އަހަރެން ބަނޑުބޮޑުކަން އެނގުނު ހިސާބުންނެވެ. އިމްރާން އުފާވިނަަމަވެސް އިމްރާންގެ ހިތުގައި އިމްރާންގެ ކުރީގެ އަންހެނުންނަށް ވީ ގޮތް ހިތަށް އަރާ ކަންބޮޑުވަމުން ދިޔައެވެ.
އީތަންވެސް އީތަންއަށް ކޮއްކޮއަށް ލިބޭތީ ހުރީ ވަރަށް އުފަލުންނެވެ. ދުވަސް ގާތްވާ ވަރަކުން އަހަރެމެން ދިޔައީ ބޭބީއަށް ބޭނުންވާ ސާމާނު ހޯދަމުންނެވެ.
ހައިފާވެސް އަހަރެންނަށް އެހީވަމުން ދިޔައެވެ.
ނުވަ މަހުގެ ބަނޑާއެކު އަހަރެން ސޯފާގައި ޖައްސާލީ ހަބަރު ބަލާލުމަށެވެ.ކުއްލިއަކަށް އިވުނު ހަބަރަކުން އަހަރެންނަށް ބަނޑުގައި އަތްއަޅާލެވުނެވެ. ރިސޯޓެއްގައި މަސްތުވެގެން އުޅުނު ދިވެހި އަންހެނަކު އޭނާގެ ފިރިމީހާއާއި ފިރިމީހާގެ ކުރީގެ އަންހެނުން މަރާލި ކަމަށް ބުނާ ވީޑިއޯއެއް ދައުރުވުމާއެކު އެމީހާ ހައްޔަރުކޮއް ސުވާލު ކުރުމުން އެކަމަށް އެއްބަސްވި ވާހަކައެވެ.
އަހަރެންނަށް ރޮއެ ގަނެވުނީ އެ މީހާއަކީ ދޮންމަންމަ ކަމަށް ވެފައި އަަހަރެންގެ މަންމައާއި ބައްޕަ މަރާލީ ދޮންމަންމަ ކަމަށް ވުމުންނެވެ.ބަނޑަށް އެރި ތަދާއެކު އަހަރެންނަށް ހަޅޭލަވައިގަނެވުނެވެ. އެވަގުތަކީ އަޔާޒު އެތަނަށް އައި ވަގުތެވެ.އަޔާޒު ދުވެފަ އައިސް އަހަރެން ނެނގޭތޯ އުޅެމުން އިމްރާންއަށް ގޮވަމުން ދިޔައެވެ.އިރުކޮޅެއްނުވެ އިމްރާން ދުވެފަ ނުކުތެވެ.އަދި އަހަރެން އުފުއްލާލައިގެން ގެންގޮސް ކާރަށް އެރުވިއެވެ. އަދި އަވަސް ހަރަކާތާ އެކު ހޮސްޕިޓަލަށް މިސްރާބު ޖެހިއެވެ. އިމްރާން އަހަރެންގެ ގައިގަ ފިރުމަމުން ދިޔައިރު އަޔާޒު އިނީ ކާރު ދުއްވާށެވެ.
ވިއްސާ ކޮޓަރިއަށް ލުމާއެކުހެން އަހަރެންގެ ބަނޑުގެ ރިހުން ދިޔައީ ގަދަވަމުންނެވެ. އަހަރެންނަށް ހީވަމުންދަނީ އަހަރެންގެ ގައިގެ ކަށިތަށް މުގުރައިގެން ދަނީހެންނެވެ.މީހާ ދާހިއްލާ ރޮވެމުން ދިޔައީ އަޅަންފެށި ވޭނުން ކެތް ނުކުރެވިގެންނެވެ.ހީވަަމުންދަނީ ދެންމެ ދެންމެ ފުރާނަ ހަށިގަނޑާއި ވަކިވެދާނެހެންނެވެ.އެތަކެއް ވޭނާ،ރިހުމަކަށް ފަހު އަހަރެންނަށް ހަމަ ނޭވާ ލެވި އަހަރެންގެ ތުންފަތްމައްޗަށް ހިނިތުންވުންވެރިވީ އަހަރެންގެ ދަރިފުޅުގެ ފުރަތަމަ އަޑު ކަންފަތުގައި ޖެހުމުންނެވެ.އިހްސާސް ކުރަން ޖެހުނު ތަދު އަހަރެންގެ ހިތުން ވަގުތުން ފިލައިގެން ދިޔައެވެ.މިހާރު އަހަރެންގެ ލޮލުން ފައިބަމުންދަނީ އުފާވެރި ކަމުގެ ކަރުނައެވެ.
އަހަރެން ރޫމަށް ބަދަލު ކުރުމާއެކު ދަރިފުޅު ދެކެން އާއިލާގެ މީހުން އަންނަމުން ދެއެވެ.އަހަރެންނަށް އަންހެން ކުއްޖެއް ލިބުމުން އެންމެ އުފާވީ އީތަންއެވެ.އީތަން އެމަންޖެއާ ހެދި ވަރަށް ވަރު ހުރެއެވެ. އެ އުފާވެރި ދުވަހު އަހަރެންނަށް ދެން ލިބުނު އެންމެ ބޮޑު އުފަލަކީ ހައިފާ މީހަކާ އިންނަ ވާހަަކަ ބުނުމުން ލިބުނު އުފަލެވެ. ހައިފާ އިންނަން އުޅެނީ އަޔާޒުއާކަން އެނގުމުން އަހަރެން ވަކިން އުފާވިއެވެ.
އެވަގުތަކީ އަޔާޒު އެތަނަށް އައި ވަގުތެވެ. އަޔާޒު ގޮވައިގެން އައި މީހާ ފެނިފައި އަހަރެންނަށް އުފަލުން ރޮވުނެވެ.އެހެންނުވާންވީ ސަބަބެއް ނެތެވެ. އެއީ ކަރަމްއެވެ.ކަރަމްވެސް ހުރީ އަހަރެން ފެނުމުން ވަރަށް އުފާވެފައެވެ.
” ރީމް، ދެރަނުވޭ، ދައްތަ،ބޭބެއަށް އިންސާފު ލިބިއްޖެ، އޭނަ ހައްޔަރު ކޮއްފި،އަދި މީ ރީމްގެ އަމާނާތެއް” ކަރަމް އަހަރެންގެ ބޮލުގައި ފިރުމާލަމުން އެ ސިޓީ އުރަ ދިއްކޮއްލިއެވެ.އެއީ މީގެ ދެ އަހަރުން ކުރިން އަހަރެން ކަރަމްއަށް ހަވާލުކުރި ސިޓީއުރައެވެ.އަހަރެން ޝުކުރުވެރި ކަމާއެކު ކަރަމްއަށް ބަލާލީމެވެ.
އެއްމަސް ފާއިތުވަމުންގޮސް މިއަދަކީ ހައިފާގެ ކައިވެނި ކުރެވޭ ދުވަހެވެ.އަހަރެމެން ދިޔައީ ޕާޓީއަށް ދިއުމަށެވެ. އިމްރާން އީތަން އުރާލައިގެން ހުރި އިރު އަހަރެން ހުރީ އީޝަލް އުރާލައިގެންނެވެ. މަންމަވެސް ހުރީ ވަރަށް އުފަލުންނެވެ.ހައިފާގެ ކައިވެނި ހަދިޔާއަކަށް އަހަރެން ހައިފާއަށް ދިނީ އަހަރެންގެ ގެއިން އެއް ފްލޯރ ހިލޭ ހައިފާއާއި އަޔާޒު ދިރިއުޅުމަށްޓަކައެވެ. ހައިފާ ގަބޫލު ނުކުރަން އުޅުމުންވެސް އަހަރެން ކިޔާ ވަރުން އެންމެ ފަހުން އެއްބަސްވިއެވެ.
އަހަރެން އަޔާޒުދެކެ ވީ ލޯބީގެހައްގުގައި އަޔާޒު އަހަރެންނަށް އަހަރެންގެ އުފާ ކަމުގައިވާ އަހަރެންގެ ފިރިމީހާ ދިނެވެ.އެ ކަމަކީ އަހަރެން އުމުރަށްވެސް އަޔާޒުއަށް ޝުކުރުވެރިވާނެ ކަމެކެވެ.
މިއަދު އަހަރެންނަށް މި ލިބުނީ އަހަރެން ބޭނުންވި ކަހަލަ ދިރިއުޅުމެކެވެ.އޯގާތެރި ފިރިއަކާ ލޯބިވާ މަންމައެކެވެ. އުފާވެރި އާއިލާއެކެވެ.އަހަރެންގެ ދުއާއަކީ އަހަރެންގެ މި އާއިލާ އަބަދުވެސް އުފަލުގައި ލެހެއްޓެވުމެވެ.
ނިމުނީ
“ލޯބީގެ ހައްގުގައި” މިވާހަކަ ޝައުގުވެރިކަމާއެކު ކިޔަމުން ދިޔަ އެންމެހާ ބޭފުޅުންނަށް ހިތުގެ އެންމެ ފުންމިނުން ޝުކުރު ދަންނަވަން، އަދި މިވާހަކަ ކުރިޔަށް ގެންދިއުމަށް ކިޔުންތެރިންގެ ފަރާތުން ލިބުނު ހިތްވަރަށް ޝުކުރު އަދާކުރަން❤️❤️
23 Comments!
Comments are closed.




V reethi …nimun ma Ava’s ❤️
Thank you so much Saheena Saleem❤️?.Aslu vess dhw
Masha Allah varah reethi mi part ves ?? waiting for next part
Thank you so much Nuxu❤️❤️❤️
Sorry next part eyy bune buneema?
It’s Okey dear, ehnvess vaane❤️❤️❤️?
Nimuneeee thr ❤️❤️❤️❤️????
Omg nuves ingunu nimuny kameh heheh ❤️❤️❤️???
Btw vrh sali Masha Allah ❤️❤️❤️❤️???
Last part dhw it’s so emotional and vrh lwbi ❤️❤️??
Fainally reem is having a happy life❤️❤️❤️❤️??
And sis nimun vrh sali ❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️??????
Sis liyefaa huri hurihaa strys he mihaaru Ril kiyaafin ❤️❤️❤️❤️❤️❤️❤️❤️❤️ ????
Masha Allah U are a very talented author❤️❤️❤️ ??
May God bless u a bright and happy future ❤️❤️❤️??
And sis ge dhen oi vaahaka akah Waiting❤️❤️??
Love uuuuu❤️❤️❤️??
Stay safe An sound ❤️❤️❤️❤️??
RIL maa bodah kiyaa hithun ineema nuvess engun dhw?vvvvvv ufaavehje mi vaahaka vess adhi kurin liyefa huri vaahaka thah vess Kamu dhiyaima❤️❤️,adhi thi supportah varah bodah thank you?❤️.Insha Allah varah avahah ithuru vaahaka eh kiyaalan libheyne
Miss you and stay safe dear❤️❤️?
Mi vaahaka vv rythi ekamaku hiivanii vaahaka nunimi genn ulhey henn.. kan thah tah hingaa leh avass koh laafa Hury.. Ebai ragalhu kohlann feney☺️☺️???
Thank you so much dear❤️❤️❤️??.dhen liyaa storyga ekan ragalhu kohlaanan ingey❤️❤️?
Yes agree. And I didn’t understand the part about her parents being killed in a resort. Her father was deaf in the house ennu. someone please explain
?❤️?❤️Ohh wow maasha allah Mi story mee kee hurihaa story therein vx kiyunu enme reethi story
Oh Reem ah happy life eh libihje..???? Reem n Imraan ah Kuhjaku libunee Dhw.. ???N enme fahun Ayaaz ah vx hurihaa Kameh inguny n Hifa aa marry kuree.. V salhi Mi story hama best.. Story vx nimunee Dhw?.. Aslu nuvx ingun nimunu iru vx.. Nimunee jahaafa inthan fenuneema dhiyaee Sihssaigen.. Hehe
Sis ge Ehn story eh vx V avahah kiyaalan libeyne Kamah unmeedhu kuran
Stay safe n Tc sis
❤️❤️❤️❤️Lyyysssmmm
Thank you so much LamHaa❤️?❤️finally story vess nimunee☹️.but don’t worry dear Insha Allah varah avahah ehn story eh kiyaalan libheyne❤️???
Stay safe n take care ❤️❤️❤️
Wow…? V v salhi mi story n ninmaaligoiy…???❤️❤️❤️❤️…heevany vaahakaige thereyga ulhevunuhen…nuves egihure nimuny….adhives mikahala romantic love story eh kiyaalan libeyne kamah unmeedh kuran…
Thank you Butterphly girl❤️❤️.insha Allah varah avahah ithuru story eh kiyaalan libheyne???❤️
❤️❤️❤️❤️Mi part Salhi jngey ???
????Masha Allah Mi yah vure reethi vaahaka ves liyeveyne sha yah☺️☺️☺️?
??????Keep it up and stay safe ingey???
Thank you so much Shabakko?❤️❤️?
Oh my God ??
It’s so beautiful ???❤️❤️
Ilysm???
Thank you so much dear❤️?l
Hey sisoo?♀️?♀️?♀️?♀️mi stry ge hurihaa part ehvx alhugandu kiyaalin ?vvvvv habs ????
Sis ge hurihaa vaahaka ehvx kiyaalin ???ure very very very talented sisooo❤❤❤❤❤❤❤❤❤❤❤❤❤❤sry hurihaa part ehga com kohnuleveythy ???hama thnkolheh bxy kuhjeh veema heheh ?vvvvv big fan of u ?adhivx sis ge vaahaka eh kiyaalan libeyne kamah unmeedhu kuran ??
Lysssm ???
???Tc sissy
Thank you so so so much???❤️lover❤️and it’s Okey dear comment nukohlevunas,kiyanyaa varah ufaavaane,Insha Allah varah avahah ithuru vaahaka eh kiyaalan libheyne??❤️❤️
❤????Varah reethi mi story
?????❤sis get loabi ge ehen vahakah e varah avaha libeyne kama umeedu kuran
?????❤?mi adhi alhuga dha kiyunu eme reethi vahakah
????❤???omgg varah reethi masha aallah
Thank you so much ishooo❤️❤️?❤️varah avahah ithuru vaahaka eh kiyaalan libheyne??❤️❤️