Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ
ލޯބި

އާޒީން 5

Afsheen Level 110 Stories
October 20, 2020 2 Mins Read
5 Comments

*އެ ހަތަރު މީހުން ބަލާގޮތުން އާޒީންއަށާއި އާލިކްއަށް ހެވުނެވެ. “ހަހަަހަ…. ދެޓް އިޒް ނެޓްރަލް… ހަހަހަ…” އާލިކް ހެމުން ހެމުން ބުންޏެވެ. “ނޯވޭ…. ޔޫ އާރ ލައިންގް…..” ލާއިން ޤަބޫލުނުކުރެވިގެން ބުންޏެވެ.*

“އޯހް…. ބުނަން ހަނދާންނެތިފައި މިހުންނަނީ..” އާލިކްގެ ހުޑީގެ ބޯ ތިރިކޮށްލަމުން ބުންޏެވެ. “އިނާ އެބަ އާދޭ ހަތަރު ގަޑި ފަނަރައިގައި ޒީމް އާ އެއްކޮށް.” އާލިކްގެ ވާހަކަ ކުރިއަށް ގެންދިޔައެވެ. “ގަޑިން ކިހާވަރެއް؟” އާޒީން އެއްސެވެ. “ތިނެއް ޖެހީ.” އާލިކްގެ އަތުގައި އަޅައިފައި އޮތް ‘ސްމާޓް ގަޑިއަށް’ ބަލައިލުމަށް ފަހު ބުންޏެވެ. “ޕިސް. ޕިސް.. ކޮން ދުނިޔެއެއް ގަ؟” އާޒީން ކައިލާއަށާއި ޔުސްރާއަށާއި ރަފާންއަށާއި ލާއިންއަށް ބުންޏެވެ. “އެ… ކީކޭ؟” އެންމެންނަށް ބުނެވުނެވެ. އަނެއްކާވެސް އާލިކްއަށާއި އާޒީންއަށް ހެވުނެވެ.

“ޕިސް ޕިސް… މިއީ ލާފިން ޗެލެންޖެއް ނޫނޭ.” ރަފާން އަނގައަށް ގޮތެއް ހަދައިލަމުން ބުންޏެވެ. “އަޅޭ… އިރުކޮޅަކުން ބަންގި ގޮވާނެ. ދެން ދަނީ. އަން. މިއޮތީ އާޒްގެ ފޯނު ނަންބަރު.” އާޒީން ޔުސްރާއަށް ކަރުދާސްކޮޅެއް ދިގުކޮށްލަމުން ބުންޏެވެ. ޔުސްރާ ކަރުދާސް ކޮޅުގައި ހިފަމުން ހިނިތުންވެލިއެވެ.

އާޒީންއަށާއި އާލިކްއަށް ހަމަ ގެއަށް ވަދެވުމާއިއެކު ބަންގި ގޮވިއެވެ. ދެކުދިން އަވަސްވެގަތީ ވަގުތު ފާއިތު ނުވާނީސް ނަމާދުކުރާށެވެ. އެގަޑީގައި ގޭގައި އެއްވެސް މީހަކު ނެތުމުން އާޒީންއަށާއި އާލިކްއަށް އަވަހަށް ވުޟޫކޮލެވުނެވެ. “އާޒް! ދޮންބެ އެބަ އަންނަން މިސްކިތުން.” އާލިކް މިހެން ބުނުމަށްފަހު މިސްކިތާއި ދިމާއަށް މިސްރާބުޖެހިއެވެ. އާޒީން ނަމާދުކޮށް ނިމެގެން އެނދުގައި އިށީދެލީ ވަރުބަލިކަން ފިލުވައިލާށެވެ.

“އާޒީން! އާޒީން!” ކޮޓަރި ތެރެއިން މީހަކު ގޮވަން ފެއްޓެވެ. އާޒީންގެ ހިތަށް ބިރުވެރިކަން ވަނެވެ. “ކް….ކާކު..؟” އާޒީން ބިރުންހުރެ ބުންޏެވެ. ކުއްލިއަކަށް އާޒީންއަށް ފެނުނީ ރަތްކުލައިގެ ދުންކޮޅަކުން މީހަކު ފާޅުވިއެވެ. އާޒީން ބިރުން ތުރުތުރު އަޅާ ޙާލު ދޮރާއިދިމާއަށް ދުއްވައިގަތެވެ. ނަމަވެސް އެމީހާ މާ ހުށިޔާރެވެ. އެމީހާ އާޒީންގެ އެއް އަތުގައި ހިފައި އެމީހާ އާއި ދިމާއަށް ދަމައިގަތެވެ. “ތް….ތިއީ ކް….ކާކު؟” އާޒީން ވަރަށް ބިރުން ހުރެ ނަމަވެސް ހިތްވަރުކޮށްލާފައި އެއްސެވެ.

“އަހަރެންގެ ނަމަކީ ރާހިލް.” ރާހިލް އެއްވެސް އަސަރެއް ނެތްގޮތަކަށް ޖަވާބުދިނެވެ. އާޒީން އެއްކޮޅަށް ދަމައިލިއެވެ. ނަމަވެސް އެކަންވެސް ވީ ބޭކާރުކަމަކަށެވެ. “ކޮންތާކަށް ދާން ތިއުޅެނީ؟ އަހަރެންގެ ކައިރިން ސަލާމަތް ވާން ނޫޅޭތި. އޭރުން އާޒީންއަށް ތަދުވާނީ.” ރާހިލް އާޒީންއަށް އިންޒާރެއް ދިން ފަދައެވެ. “ކިހިނެތް އަހަރެންގެ ނަން އެނގުނީ؟ ކޯއްޗެއްތަ އަހަރެންގެ ކައިރިން ކަލޭ ބޭނުންވެގެން ތިއުޅެނީ؟” އާޒީން އެންމެ ފަހުން ރުޅިއައިސްގެން ހަޅޭލަވައިގަތެވެ.

“ހަހަަހަ…. ކިތަންމެ ވަރަކަށް ހަޅޭލެވިއަސް އާޒީން ސަލާމަތް ކުރާކަށް މީހަކު ނާންނާނެ.” ރާހިލް ހިނިގަނޑެއް ޖަހައިލަމުން ބުންޏެވެ. “އަހަރެން ބޭނުމީ އާޒީންގެ މި ފަށް.” ރާހިލް އާޒީންގެ ފަށުގައި ހިފައިލަމުން މަކަރުވެރި ހިނިތުންވުމަކާއި އެކު އާޒީންއަށް ބަލައިލިއެވެ. އެއިރު އާޒީން ހުރީ ރުޅިއައިސްގެން ގޮސް ރަތްވެފައެވެ. ކުއްލިއަކަށް ފަށް ދިއްލެން ފެށިއެވެ. ރާހިލް ސިހުނުވަރުން އާޒީންގެ އަތުން ދޫކޮށްލެވުނީ ކުއްލިއަކަށެވެ. މި ދަނޑިވަޅު ބަލައިފައި އާޒީން ކޮޓަރިން ބޭރަށް ނިކުތެވެ. ހަމަ ނިކުތުމާއިއެކު މީހަކުގެ ގައިގައި ޖެހިފައި އާޒީން ހުރި ތަނަށް ވެއްޓުނެވެ.

ނުނިމޭ

6️⃣ ވަނަ ބަޔަށް އިންޒާރު ކުރައްވާ…….

މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.

Share Article

Follow Me Written By

Afsheen

Level 110 Stories

Other Articles

Previous

އިންތިހާ – 13

Next

ނޭދެމޭ ވަކިވުމެއް-20

Next
October 20, 2020

ނޭދެމޭ ވަކިވުމެއް-20

Previews
October 20, 2020

އިންތިހާ – 13

5 Comments!

  1. Am??? says:
    October 20, 2020 at 4:44 pm

    Vv reethi
    But next part thankolheh dhigu koh genes dhehchey
    ???

  2. ?Zaakko? says:
    October 20, 2020 at 8:13 pm

    Story v reethi but thankolheh kuru. .. next part thankolheh dhiguvaanekamah ummeedhu kuran….
    ????????????????

  3. Faroo says:
    October 21, 2020 at 7:45 am

    Oooh.. This part is also VVV nice.?????????????❤️❤️❤️❤️❤️.. Waiting for the next part… Ingeyyyy….??????????? TC ????????????????

  4. I says:
    October 21, 2020 at 8:23 am

    Afsheen ah kithah years… Tha… BTW vvvvvvvvvvvvvvvvvvvvvvvvvvv nice Mi part ves… Keep it up

  5. Jj says:
    October 21, 2020 at 8:34 am

    Maa kuru ???????

Comments are closed.

Next Episodeއާޒީން 8←


All Right Reserved!