ނުފިލާނޭ މިހިތަކުން…38
“އެހެންތަ؟ މާކިންއަށް ކީއް ކުރެވޭނީ.. ކުޑަ ވިޔަފާރި ވެރިއަކަށް ވެވުނީމަ މަށާ ޗެލެންޖު ކުރެވިދާނޭ ހީވަނީތަ؟ ކޮންކަމެއް ކުރުވޭނީ.. މިހާރުވެސް އަހަރެންގެ އެންމެ ބަހަކަށް މާކިންގެ ހުރިހާ ކަމެއް ހުއްޓުވާލަފާނަން.. ވިޔަފާރިވެސް.. އެއްކޮށް ތިއުޅޭ މީހުންވެސް.. މެހެކްވެސް..” ބިލާލް ދައްކަމުން ދިޔަ ވާހަކަ ކުއްލިއަކަށް ހުއްޓާލީ މާކިން އައިސް އޭނާގެ މޫނާއި ޖެހޭ ނުޖެހޭ ފަށުގައި މަޑުކޮށްލުމުންނެވެ. އަލިފާން ކަނި އަރާފަދަ ލޮލަކުން ރުޅިވެރިކަމާއިއެކު ބިލާލްގެ ދެލޮލަށް ބަލަހައްޓައިގެން ހުރިގޮތުން ބިލާލްގެ ހިތުގައި ބިރުވެރިކަން އުފެދިގަތެވެ. އޭނާގެ އިންޒާރަށް މާކިން މިއަދު ޖެހިލުމެއް ނުވިއެވެ. މާކިންގެ އަތުގައި އޭނާއާއި ދެކޮޅަށް ތެދުވުމަށް ލިބިފައި އޮތީ ކޮން ބާރެއް ހެއްޔެވެ؟
“ބައްޕަގެ އެންމެ ބަހަކުން ހުރިހާ ކަމެއް ހުއްޓެންވީ ކީއްވެ؟ ބައްޕަ ހަމަ އެހާ ޕަވަރފުލް ތަ؟” ރުޅި އައިސްފައި ހުރިވަރުން މާކިންގެ އަޑުވެސް ނުކުތީ ޖެހިލުންވާ ފަދަ ވައި އަޑަކުންނެވެ. އޭނާގެ ސުވާލާއިއެކު ބިލާލްގެ ހިތުގައި އުފެދިގަތީ ސުވާލުތަކެކެވެ. މާކިން ޖެހިލުންވުން ފޮރުވައިގެން ހުއްޓަސް އެސުވާލު އެގޮތަށް އެކުރީ ކޮންމެވެސް ވަރަކަށް ޖެހިލުންވެފައި ހުރީމަތާއެވެ. އޭނާ ބިރުގަންނަ ފަދަ އެއްޗެއް ބުނެވިއްޖެނަމަ ކުރީގައިހެން އަދިވެސް ބިލާލް ބޭނުންވާ ގޮތަކަށް އޭނާ ކަންތައް ކުރާނެއެވެ. ބިލާލް އެއްމިޔަކަނުން ހިނިތުންވެލިއެވެ. އަދި ނިކަން ފަރުވާތެރިކަމާއިއެކު މާކިންގެ ދެލޮލަށް ނަޒަރު ހުއްޓާލައިގެން ހުރެ އޭނާގެ ކޮނޑުގައި އަތް ބާއްވާލިއެވެ.
“ދަރިފުޅަށް އަދި ފެނިފައި ތިވަނީ ބައްޕަ ވަރަށް ކުޑަ މިންވަރެއް..” ބިލާލް އޭނާގެ ހަގީގީ ސިފަ މާކިންއަށް ހާމަ ކުރަން އުޅޭ ފަދައެވެ. އޭނާގެ އެ ޖުމްލައާއިއެކު ނަފްރަތުން ފުރިގެންވާ ލޮލަކުން މާކިން ބަލާލީ އޭނާގެ ކޮނޑުގައި އޮތް ބިލާލްގެ އަތަށެވެ. އެމީހަކީ އޭނާ ދުނިޔެއަށް އައުމުގެ އަސްލު ކަމުގައި ނުވީ ނަމަ އެ އަތްތިލަ މިއަދު އޭނާގެ އަތުން ފުނޑު ފުނޑުވެސް ވެއްޖައީހެވެ. ރުޅިގަނޑު ކޮންޓްރޯލް ކުރަން މަސައްކަތް ކުރަމުން ދިޔަ މާކިންއަށް ދެން ހައިރާންކަމެއް ވެރިވީ ބިލާލް އޭނާގެ އަތު މުލައްދަނޑީގައި ހިފައިގެން ގޮސް ބިލާލްގެ ކޮޓަރިއަށް ވަނުމުންނެވެ. ކޮޓަރިއަށް ވަދެވުމާއިއެކު ބިލާލް މާކިންގެ އަތުން ދޫކޮށްލުމަށްފަހު އޭނާއާއި ކުރިމަތިލީ ބޮޑާ ކަމާއި ކިބުރުވެރިކަމުން ފުރިގެންވާ މޫނަކާއި އެކުގައެވެ.
“މާކިން.. މިވަރަށް ބައްޕައަކު ދަރިއަކަށް ބިރު ދައްކަން ޖެހުމަކީ ދަރިންގެ ބަސްނާހާކަން ހާމަ ވެގެން ދާ ކަމެއް.. އަހަރެން ބުނި ގޮތް އެންމެ ފުރަތަމަ ދުވަހުން ފެށިގެން ހެދިނަމަ.. މިއަދު މި ދަރަޖައަކަށް މިކަމެއް ނުދިޔައިސް.. މިހާރު…” “ބައްޕަ ތިހާ ވާހަކަ ގިނަވީ ކޮން އިރަކު؟ ބުނަން ބޭނުންވާ އެއްޗެއް ބުނެފަ މެހެކް ހުރި ތަނެއް އަހަރެން ކައިރީ ބުނެދީ..” ކިބުރުވެރިކަމާއިއެކު ބިލާލް ދައްކަމުން ދިޔަ ވާހަކަ ހުއްޓާލަން މަޖުބޫރުވީ މާކިންގެ ދެދަތްޕިލަ ދޭތެރެއިން އަނެއްކާވެސް މެހެކްގެ ނަން ގަނެވުމުންނެވެ. މާކިންގެ އެ ގޮތް ދޫނުކުރާ ސިފަ ފެނުމާއިއެކު ބިލާލް ދެދަތްޕިލަ ޖައްސާލުމަށްފަހު ގޮށްމުށުގެ އެތިފަހަރެއް ފާރަށް ދޫކޮށްލިއެވެ.
“އަހައިފިން ދޯ ވަރަށް ޕަވަރފުލް މީހެއްހޭ ބައްޕައަކީ؟.. ޖަވާބަކީ އާއެކޭ.. ބާރުވެސް ގަދަ.. ނުރައްކާތެރިވެސް މީހެއް މާކިންގެ ބައްޕަ ބިލާލްއަކީ.. އެނގޭތަ؟ މީހުންނަށް ފައިސާ ދީގެން ކަންތައްތަކަށް ނުފޫޒު ފޯރުވުން އެކަންޏެއް ނޫން އަހަރެން ކުރާ ކަމަކީ..” މުޅި މީހާ ތުރުތުރު ލާން ފެށުމާއިއެކު ބިލާލްގެ ރުޅި ކޮންޓްރޯލުން ނެއްޓިގެން ދާން އުޅޭ ފަދައެވެ. މާކިންގެ ސީދާ ދެލޮލަށް ބަލަހައްޓައިގެން ހުރެ އަމިއްލަ ނަފްސުގެ މުޑުދާރު ހަގީގަތްތައް ތިމާގެ އަމިއްލަ ދުލުން ހާމަ ކުރަމުން ދިޔައިރު މާކިންއަށް އޭނާ ފެންނަމުން ދިޔައީ މުޅިން އެހެން ސިފައެއްގައެވެ.
“އަހަރެންނަކީ މީހުންވެސް މަރާ މީހެއް.. އަހަރެންގެ ވިޔަފާރިއަށް.. އަހަރެންގެ ބާރަށް.. ނުފޫޒަށް.. މުއްސަނދިކަމަށް އެއްވެސް ހުރަހެއް އަޅައިފި ކޮންމެ މީހެއްގެ ދުވަސް ދުއްވާލާނަން.. ކޮންމެ މީހަކަސް.. އެއީ މާކިންގެ އެންމެ ގާތް އެކުވެރިޔަކަސް.. އަންހެނުން މެހެކް ވިޔަސް.. ކޮންމެ މީހެއް ވިޔަސް.. ގަބޫލެއް ނުކުރުވޭތަ؟..” ބިލާލްގެ ދުލުން ބޭރުވަމުން ދިޔަ ކޮންމެ ބަހެއް މާކިންގެ ހިތުގައި އޭނާއާއި މެދު އޮތް ރުޅިވެރިކަން އިތުރު ކުރަމުން ދިޔައެވެ. ހިތުގައިވާ ރުޅިވެރިކަމާއި ނަފްރަތު ކަރުނައިގެ ސިފައިގައި އޭނާގެ ޒުވާން ދެލޮލަށް ޖަމާވަމުން ދިޔައިރު އެމޫނުމަތިން ފެންނަމުން ދަނީ އިންތިހާ ދަރަޖައިގެ ފޫހިކަމެވެ. އެފަދަ މީހެއްގެ ދަރިއަކަށް އޭނާ ވީ ކީއްވެ ހެއްޔެވެ؟
“ގަބޫލު ކުރުވޭހޭ؟.. ގަބޫލު ކުރުވޭހޭތަ ބައްޕަ ތި އަހަނީ؟ އަހަރެންނަށް ބައްޕަގެ ހުރިހާ ހަގީގަތެއް އިނގޭ.. މި ރާއްޖޭގައި ހިނގާފައި ހުރި ބޮޑެތި އަނިޔާވެރި އެތައް މަރެއްގެ ފަހަތުގައި ހުރީ ބައްޕަކަން އެނގޭ.. އެހެންވެ މިހާ ދުވަހު އަހަރެންގެ މެހެކް ރައްކާތެރި ކުރަން މަސައްކަތް ކުރީ.. އެފަކީރުގެ ކޮން ކުށެއް.. ކޮން ކުށެއް އޮވެގެން ބައްޕަގެ ނުބައިކަން ތި ދައްކަނީ؟.. މީހުން މެރުން އެކަނިތަ؟.. މަސްތުވާތަކެތީގެ ވިޔަފާރިވެސް ބައްޕަ ކުރަމެއްނު.. ނުކުރަންތަ؟.. އަހަރެމެން ބަލާ ބޮޑުކޮށްފަ މިތިބީ އެކަހަލަ ހަރާމް ވިޔަފާރި ކޮށްގެން ލިބުނު ފައިސާއިންނެއްނު.. ދޮގެއްތަ މީ؟..” މަޑު މަޑުން ވާހަކަ ދައްކަން ފެށި ނަމަވެސް ޖުމްލަތައް ނިންމާލެވުނު އިރު މާކިންގެ އަޑު ހަޅޭކަކަށް ބަދަލު ވެއްޖެއެވެ. އެވާހަކަތައް މާކިންގެ ދުލުން އަޑު އިވުމުން ބިލާލް ހައިރާންކަމާއިއެކު އޭނާގެ ދަރިފުޅާއި ދިމާއަށް ބަލަހައްޓައިގެން ހުއްޓެވެ. މާކިންއަށް އެ ސިއްރުވެރި ބޮޑު ހަގީގަތް އެނގުނީ ކިހިނެތް ހެއްޔެވެ؟ އޭނާގެ ގާތުގައި އޭނާއަށް ޚިޔާނާތްތެރިވާ މީހަކު ނޫޅޭނަމަ އެ ހަގީގަތް މާކިންއާއި ހިސާބަކަށް ނުދިޔައީސްކަން ޔަގީނެވެ. ބިލާލް ގޮށް މުއްކަވާލިއެވެ. އެމީހަކީ ކާކުކަން އޭނާ ހޯދާނެއެވެ. އެކަމުގެ ހައްގު އަދަބުވެސް ދޭނެއެވެ.
“ކީއްވެ އަނގައިން ނުބުނީ؟.. މަސްތުވާތަކެތީގެ ވިޔަފާރި ނުކުރަންތަ ބައްޕައެއް؟.. ނުކުރަންތަ؟..” މާކިން ކުއްލިއަކަށް ބިލާލްގެ އަތު މުލައްދަނޑީގައި ހިފާ ތަޅުވައިގަންނަމުން ހަޅޭއްލަވައިގަތެވެ.
“އާނ.. އާނ.. ކުރަން.. ތިހުރިހާ ކަމެއް ކުރަން.. އެކަމަކު..ކިހިނެތް މާކިންއަށް އެނގުނީ؟ ކާކު ބުނީ؟ ކާކު އެއީ؟ ބުނެބަލަ މާކިން..” ބިލާލް ކުއްލިއަކަށް ދެލޯ ބޮޑުކޮށްލަމުން މާކިންގެ ދަތްދޮޅީގައި ހިފަހައްޓާލިއެވެ. އޭނާގެ ހަގީގަތް ފަޅާ އަރުވަން މަސައްކަތް ކުރާ މީހަކު ވާކަން މިއަދު އޭނާއަށް ޔަގީން ވެއްޖެއެވެ. މާކިންއަށް އެ ކަންތައްތައް އެނގުނު ނަމަވެސް ބިލާލް އެކަމާއި ހާހެއް ނުވެއެވެ. އަމިއްލަ ބައްޕަގެ އެފަދަ ހަގީގަތްތަކެއް ފަޅާ އަރުވާކަށް އެއްވެސް ދަރިއަކަށް ނުކެރޭނެއެވެ. އަދި ވަކިން މާކިންއަކީ ކުޑަ އިރުއްސުރެ އޭނާ ކުރާ ކަންތައްތައް ނުފެންނަ ކަމަށް ހަދައިގެން އުޅެމުން އަންނަ ކުއްޖެކެވެ. އަނެއް ކޮޅުން ލޯބިވާ މީހަކަށް ގެއްލުމެއް ލިބިދާނެ ކަމަށްޓަކައި އޭނާގެ އަނގަ ހުޅުވުމަކީ ވަރަށް ދުރުގައިވާ ކަމެކެވެ. މާކިންގެ ފުށުން އޭނާއަށް ނުރައްކަލެއް ނެތެވެ. ހުރިހާވެސް މައްސަލައަކީ މާކިންއަށް އެ ހަގީގަތް ކިޔައިދިން މީހަކީ ކާކުކަން ނޭނގޭތީއެވެ.
“ވަރަށް ބިރު ގަނެފި ދޯ.. ފަޅާ އަރާފާނެތީތަ ބިރުގަތީ؟ އަހަރެން ފަޅާ އަރުވާލަފާނެޔޭ އެއްފަހަރުވެސް ހިތަކަށް ނާރާތަ؟..” ދަތްދޮޅިން ބިލާލްގެ އަތް ނައްޓުވާލަމުން މަލާމާތުގެ ރާގަކަށް މާކިން ބުނެލިއެވެ. އެވަގުތު ބިލާލް ގާތަށް އައީ ނުބައި ހިންޏެކެވެ.
“ހައްހައްހާ.. ދަރިފުޅު ތީ ބައްޕަގެ ކަންތައްތަކާއި ބެހޭ ކުއްޖެއް ނޫނެއްނު..” ބިލާލް ހަމަ ޖެހިލާފައި ބުނެލި ޖުމްލަ އަޑު އިވުމުން އައި ރުޅީގައި މާކިން އަނެއްކާވެސް ދެދަތްޕިލަ ޖައްސާލިއެވެ. އެ ހަރަކާތާއިއެކު އޭނާގެ ކޯ ކަށިގަނޑަށް އަރައިގެން ދިޔަ ގުޑުމުގެ ސަބަބުން އޭނާ ރުޅި އައިސްފައިވާ މިންވަރު ވަރަށް ރަނގަޅަށް ހާމަވެއެވެ. މާކިން މަލާމާތުގެ ހިނިތުންވުމަކާއިއެކު ލޯ ހަނިކޮށްލަމުން އޭނާގެ ޖީބުގައި އޮތް ފޯނު ނެގުމަށްފަހު އޭގެ ސްކްރީން ބިލާލްއަށް ދައްކާލިއެވެ. އެވަގުތު އެ ފޯނުގެ ސްކްރީން ފެނުމާއިއެކު ބިލާލްއަށް ހީވީ އޭނާގެ މުޅި ދުނިޔެ އަނެއް ފުށަށް ޖެހުނު ހެންނެވެ.
ނުނިމޭ
މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.
13 Comments!
Comments are closed.



Wow v.salhi
Adhi kiriyaa thi vaahakaige foari hifaagoeh vee Bappayakas mifaharu vaane rangalhu filaavalheh dheyn??
Arn hama rangalhah thi bunii…. Vrh Curious kohlaafa thi nimmaaly…. Avahah up kohdhehcheyy
Wow maasha allah v reethi mi part vx sisoo
hehe bilaal ge kanthah hurihaa enmenah falhaa aranee Dhw.. Maakin bilaal ge hurihaa vaahaka eh falhaa aruvaathi.. N kobaatha mehek.. Alhey mehek ah dhera gotheh nuhadhahchey
Curiously waiting for nxt part
Stay safe n Tc sis
Lyyysssmmm
Wow maasha allah v reethi mi part vx sisoo
Maakin Falhaa aruvaalaathi bilaal ge vaahaka.. N kobaatha mehek
Curiously waiting for nxt part
Stay safe n Tc sis
Lyyysssmmm
Wow maasha allah v reethi mi part vx sisoo
Curiously waiting for nxt part dear
Stay safe n Tc sis
Lyyysssmmm
Finally avahah up kolladheefi. keep on going like this. Curiously waiting for the next part. Luv ya sis.
wowwwwwww???
bilaalugandah rangalhu filaavalheh dheythi
lysm?❤️
ooh ! WOW ! MAAKIN VES GADHAEY DHW !
Varah reethi mi part ves curiously waiting for the next part
Haadha laheyy vaahaka up kohdheyleh
Ehaa lahun up vaa iru ves thanfukeh, alhe thankolheh avahah up kohdhybala
Mi vaahakaige aai baithah kobaaaaaaa?????haadha laheyyyyyyyyy