Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ
ލޯބި

ނުފިލާނޭ މިހިތަކުން… 39

Laya Level 310 Stories100 Login
October 27, 2020 4 Mins Read
3 Comments

މާކިން މަލާމާތުގެ ހިނިތުންވުމަކާއިއެކު ލޯ ހަނިކޮށްލަމުން އޭނާގެ ޖީބުގައި އޮތް ފޯނު ނެގުމަށްފަހު އޭގެ ސްކްރީން ބިލާލްއަށް ދައްކާލިއެވެ. އެވަގުތު އެ ފޯނުގެ ސްކްރީން ފެނުމާއިއެކު ބިލާލްއަށް ހީވީ އޭނާގެ މުޅި ދުނިޔެ އަނެއް ފުށަށް ޖެހުނު ހެންނެވެ. ތެދެކެވެ. މާކިންގެ ފޯނުން ފެންނަމުން އެދަނީ އެތަނުގައި ހިނގަމުން ދިޔަ ކަންތައްތައް އަޑާއިއެކު މީސްމީޑިއާގައި ލައިވް ކުރެވެމުން ދާތަނެވެ. ޖީބުގައި ފޯނު އޮތް އިރު މަންޒަރު ނޭރި ކަމުގައިވިޔަސް އޭނާގެ އަޑު ވަރަށް ރަނގަޅަށް އެއަށް ރެކޯޑް ވަމުން ދާނެއެވެ. ބިލާލްއަށް ފޯނުގެ ސްކްރީން ދެއްކިއިރު އޭގެ ފްރޮންޓް ކެމެރާ ޖައްސާފައި ހުރުމުން ލައިވްއަށް މިހާރު ފެންނަން ހުރީ އޭނާގެ މޫނެވެ. ލިބުނު ކުއްލި ޝޮކުގައި، ޤަބޫލު ކުރަން ދަތިވެފައި ހުރި ބިލާލްއަށް ދެލޯ ބޮޑުކޮށްލައިގެން ހުރެ ދެން ބަލާލެވުނީ މާކިންގެ މޫނަށެވެ. އޭނާގެ ދަރިފުޅު ހަގީގަތުގައިވެސް އޭނާގެ އަސްލު ފަޅާއަރުވާލީ ހެއްޔެވެ؟ އޭނާގެ އުފަން ދަރިފުޅުގެ ކިބައިން މިހާ ބޮޑު ކެއްސެއް ލިބިދާނެ ކަމަކަށް އޭނާ ދުވަހަކުވެސް ހިއެއް ނުކުރެއެވެ.

“މާކިންއަކީ ބިލާލްގެ ދަރިއެއް.. ބިލާލްގެ ހުންނަ ކުޅަދާނަ ރޭވުންތެރިކަން މާކިންގެ ނުހުންނަންވީ ކީއްވެ؟..” ބިލާލްގެ މޫނު ލައިވްއަށް އަރާ ގޮތަށް ވީޑިއޯ ކުރަމުން ދިޔަ މާކިން ބުނެލިއެވެ. އެއާއިއެކު ކުއްލިއަކަށް ބިލާލް މާކިންއަށް ފުރަގަސް ދިނުމަށްފަހު ޖީބުގައި އޮތް ފޯނު ނެގިއެވެ. ލައިވް ކުރެވެމުންދާތާ އެހާ ގިނަ އިރު ވީ އިރު އޭނާއަށް އެކަން އަންގާލާނެ މީހަކުވެސް ނުވީ ހެއްޔެވެ؟ އޭނާ ފޯނު ބަލާލިއެވެ. ނޫނެކެވެ. އެތައް މިސްޑް ކޯލެއް އެބަހުއްޓެވެ. މެސެޖް އެބަހުއްޓެވެ. އޭނާގެ ފޯނު އޮތީ ސައިލެންޓްގައެވެ. މިއަދު އޭނާގެ ނަސީބު ހަމަ ދެރައީ ތާއެވެ. އެހެން ނަމަވެސް އަދިވެސް އޭނާގެ ވިސްނުންތެރި ސިކުނޑި ބަލި ގަބޫލެއް ނުކުރެއެވެ. ހުއްޓުމެއްނެތި އޭނާގެ މަންޒަރު މާކިން ލައިވް ކުރަމުން ދާކަން އެނގޭތީ އޭނާ އިތުރު ފިޔަވަޅެއް ނާޅައެވެ. އިތުރު ބަހެއް ނުބުނެއެވެ. މިވަގުތު އޭނާ ބޭނުން ކުރަން ޖެހޭނީ ވިސްނުންތެރިކަމެވެ. އޭނާއަށް ލިބިފައިވާ ވާހާކަ ދެއްކުމުގެ ގާބިލުކަން ބޭނުން ކޮށްގެން މަންޒަރު ބަދަލު ކޮށްލުމަކީ އުނދަގޫ ކަމަކަށް ނުވާނެއެވެ. މިވަގުތު މަސައްކަތް ކުރަންވީ އެވިސްނުމުގައެވެ.

“ހައްހައްހާ.. ދަރިފުޅު ދެން ތި ސްޓަންޓް ހުއްޓާލަންވީނުން.. ” ބިލާލް މޫނުމަތި ބަދަލުކޮށްލަމުން ނިކަން ފުޅާ ހިނިތުންވުމަކާއިއެކު އަނެއްކާވެސް މާކިންއާއި ކުރިމަތިލިއެވެ. އޭނާގެ އެ ބަދަލުވި މިޒާޖު ފެނުމާއިއެކު މާކިންގެ ނިތްކުރިމައްޗަށް ވެރިވީ ރޫތަކެކެވެ. އެހާ ފަސޭހައިން ބައްޕައަށް މަންޒަރު ބަދަލުކޮށްލެވިދާނެ ކަމުގައި ހީކުރީ ހެއްޔެވެ؟

“މެހެކް ހޯދާކަށްނު އައީ.. އަޅެ ދަރިފުޅުގެ އަންހެނުން ވިއްޔަ.. ދަރިފުޅު ކޮޓަރި އެއްފަހަރުވެސް ޗެކް ކޮށްލިންތަ؟.. ތިހުންނަނީ ހަމަ ތި ސަކަރާތުގަ.. ދޭބަލަ މެހެކްއަށް ގޮވަން..” ބިލާލް މަސައްކަތް ކުރަމުން އެދަނީ އޭނާގެ ހަގީގަތް އަނެއްކާވެސް އޮޅުވާލަން ކަން އެނގޭ އިރުވެސް މެހެކްގެ ނަން ބުނުމާއިއެކު މާކިންއަށް ތެޅި ގަނެވިއްޖެއެވެ. މެހެކް ހަގީގަތުގައިވެސް ހުރީ އޭނާގެ ކޮޓަރީގައެވެ. އަވަސް އަވަހަށް ފޯނުން ކުރަމުން ދިޔަ ރެކޯޑް ހުއްޓާލުމަށްފަހު އޭނާ ބިލާލްއާއި ގާތަށް ޖެހިލިއެވެ.

“އަސްލުވެސް އެތާ ތަ މެހެކް ވީ؟..” ކެތްތެރިކަމެއް ނެތި މާކިން ކޮށްލި ސުވާލާއިއެކު ބިލާލްގެ ތުންފަތަށް ވެރިވީ ވިހަ ހިނިތުންވުމެކެވެ.

“މާކިން އަހަރެންނަށް ތި ދިން ބޮޑު ކެއްސަށް ފަހު ތިޔަބުނާ މެހެކް ވީތަނެއް ބުނާނެ ކަމަށް ގަބޫލު ކުރީތީ ހަމަ ހައިރާން ވެއްޖެ..” ބިލާލް މަލާމާތުގެ ރާގަކަށް މާކިންއަށް ޖަވާބުދާރީވިއެވެ. އެއާއިއެކު އުންމީދުން ފުރިގެންވާ ފަދަ ގޮތަކަށް ބިލާލްގެ މޫނަށް ބަލަހައްޓައިގެން ހުރި މާކިން ތުންފަތުގައި ދައްތަ އަޅާލަމުން ލޯ މަރާލިއެވެ. މާތް ރަސްކަލާނގެ އޭނާގެ ކެތްތެރިކަން އިމްތިޙާން ކުރައްވަނީ ހެއްޔެވެ؟

މާކިންއަށް އޭނާގެ ބައްޕަގެ ހަގީގަތް ހާމަ ކުރެވިއްޖެއެވެ. އެގެއަށް އައުމުގެ ކުރިން އޭނާ ވަނީ ފުލުހުންގެ އިންޓެލިޖެންސާއިވެސް އެ މަޢުލޫމާތު ހިއްސާ ކޮށްފައެވެ. އެހެން ކަމުން ކޯޓު އަމުރާއިއެކު ބިލާލް ހައްޔަރު ކުރުމަށް ފުލުހުން އެގޭ ދޮށުގައި ހަރަކާތްތެރިވާތާ ވަގުތުކޮޅެއް ވެއްޖެއެވެ. އެމީހުން މަޑުކޮށްގެން ތިބީ މާކިންގެ ސިގްނަލަކަށެވެ. މެހެކްއަށް ވީ ނުވީއެއް އެއްގޮތަކަށްވެސް ބިލާލްގެ ފުށުން ނޭނގުމުން އެންމެ ފަހުން މާކިން އޭނާގެ ބައްޕައާއި ދެކޮޅަށް ފަހު ފިޔަވަޅު ނެގީއެވެ.

ގޭތެރެއަށް ވަދެގެން އައި ފުލުހުންގެ ޓީމް ފެނުމާއިއެކު ބިލާލް ލޯ މަރާލިއެވެ. އެމީހުން އޭނާ ހައްޔަރު ކުރަން އެ އަންނަނީ ފުރިހަމަ ބާރާއި ހެއްކާއި އެކުގައިކަން އޭނާއަށް އެނގުނެވެ. އެކަމަށްޓަކައި މާކިންއާއި އަދި މެހެކްއާއިމެދު ހިތުގައި އޮތް ރުޅިވެރިކަން ދެގުނައަށް އިތުރުވީނަމަވެސް އޭނާ އެއިން އެއްވެސް ކަމެއް މޫނުމައްޗަކުން ނުދައްކައެވެ. ފުލުހުން އައުމާއިއެކު އަނބިމީހާ ނިޢުމަތުގެ ގައިގައި ބައްދާލުމަށްފަހު އެއްވެސް ދެކޮޅު ހެދުމެއް ނެތި އޭނާ ފުލުހުންނާއި އެކީ ދިޔައީ މީޑިއާގެ ކުރިމަތީގައި އަގު ހިފަހައްޓަން އޭނާއަށް އެނގޭތީއެވެ. އޭނާ ފަދަ ފައިސާ ހުރި، ނުފޫޒު ގަދަ މީހަކަށް އަދިވެސް އެކަމުން ސަލާމަތް ވެވިދާނެއެވެ. ބޭނުންވަނީ ވިސްނުންތެރިކަމާއި ރޭވުންތެރިކަމެވެ.

ފުލުހުންނާއިއެކު ގެއިން ނުކުމެގެން ދިޔަ ބިލާލްއާއި ދިމާއަށް ފެންކަޅިވެފައި ބަލަހައްޓައިގެން ހުރި މާކިންއަށް އަނެއްކާވެސް ދެ ދަތްޕިލަ ޖައްސާލެވުނީ ގެއިން ނުކުމެ ނުކުމެ ހުރި ބިލާލް ފަސް އެނބުރި ބަލާލުމަށްފަހު ވިހަ ހިނިތުންވުމެއް އޭނާއަށް ދިނުމުންނެވެ. އެ ހިނިތުންވުމުން އޭނާއަށް އެތައް ކަމެއް ދޭހަވިއެވެ. ބައްޕަގެ ކޮޅު ބަލިވެފައިވެސް މޮޅުވީއެވެ. އެހާ ވަރު ވީއިރުވެސް މެހެކްއަށް ހެދިގޮތެއް، ވީތަނެއް ބައްޕަގެ ދުލަކުން ނުބުނެއެވެ.

“މެހެކް.. މެހެކް.. ކޮބާތަ މެހެކް.. މަންމާ.. ކޮބާތަ.. މެހެކް ކޮބާތަ އަޅެ..” ބިލާލް ހައްޔަރު ކުރުމުން މާކިންދެކެ ހިސާބަކަށް ނުރުހުންވެފައި ހުރި ނިޢުމަތު މާކިންގެ ސުވާލަކަށް ޖަވާބެއް ނުދިނެވެ. ދެކޮނޑު އަރުވާލުމަށްފަހު ނޭނގެއޭ ބުނެލަމުން މާޔޫސީ ގޮތަކަށް ހުރެ އޭނާ ހިނގައިގަތީ އޭނާގެ ކޮޓަރިއާއި ދިމާއަށެވެ. އެއާއިއެކު މާކިން އޭނާގެ އިސްތަށިގަނޑުގައި ބާރުބާރަށް ހިފަހައްޓާލިއެވެ. އޭނާ މޮޔަވެދާނެއެވެ. މެހެކްއަށް ވޮ ގޮތެއް ނޭނގިއްޖެނަމަ އޭނާ މޮޔަވެދާނެއެވެ. ހިތާމައިން ހަލާކު ވެދާނެއެވެ. ހިތް ފަޅައިގެން ހިނގައިދާނެއެވެ.

“މެ..ހެ..ކް…..” “ކޮއްކޯ.. ވަލީދުބެއަށް ހީވަނީ ކޮންމެސް މީހެއްގެ ހަވާލުގަ މެހެކް އެރުވީ އެންމެ މައްޗަށް ހެން.. ވަލީދުބެ ދުށިން ލިފްޓާއި ދިމާއިން ބިލާލްގެ މުވައްޒަފެއް….” ސިޓިންގ ރޫމުގެ ތެރެއަށް ދުވެފައި ކަހަލަ ގޮތަކަށް އައި ވަލީދު ބޮލުގައި ހިފަހައްޓައިގެން ބިން މައްޗަށް ތިރިވަމުން ދިޔަ މާކިންގެ ގައިގައި ހިފަހައްޓާލަމުން ބުނެލިއެވެ. އެއާއިއެކު ރޮއި ރޮއި ހުރި މާކިން ކުއްލިއަކަށް ރުއިން ހުއްޓާލަމުން ވަލީދުގެ މޫނަށް ބަލާލީ ރަތްވެ، ދުޅަވެފައިވާ ދެލޯ ބޮޑުކޮށްލަމުންނެވެ.

“އެންމެ މަތި.. މިގޭ.. އެންމެ މަތި؟..” މާކިން ވަލީދުގެ ދެކޮނޑުގައި ހިފަހައްޓާލަމުން އޭނާ ބުނި އެއްޗެއް ޔަގީން ކުރުމުގެ މަގްސަދުގައި އަހާލިއެވެ. އެއާއިއެކު ހާސްވެ، ކަންބޮޑުވެފައި ހުރި ވަލީދު އަވަސް އަވަހަށް ބޯ ޖަހާލިއެވެ. ޖެހިގެން އައި ސުކުންތުގައި ދެން ފެނުނީ ދެލޯ ފޮހެމުން ފޮހެމުން މާކިން ގޭގެ ލިފްޓާއި ދިމާއަށް ދުއްވައިގަތްތަނެވެ. އޭނާގެ ފަހަތުން ވަލީދާއިއެކު ދެތިން މަސައްކަތު މީހުންވެސް ދުވެފައި ދިޔައެވެ.

ލިފްޓުގައި ދިޔަ ނަމަވެސް ގޭގެ އެންމެ މަތީ ފަންގިފިލައަށް ދެވުނުއިރު މާކިންގެ ހިތުގެ ތެޅުމާއިއެކު ނޭވާވެސް އަވަސްވެފައިވަބީ ހީ ނުކުރާ ފަދަ މިންވަރަކަށެވެ. އޭނާއަށް އޭނާގެ މެހެކްއާއި ބައްދަލުވެވެން އުޅޭކަމުގައި އޭނާހެ ހިތް ބުނަމުން ދިޔައެވެ. އެހެން ނަމަވެސް މެހެކް މިވަގުތު ވަނީ ވަރަށް ބޮޑު ނުރައްކަލެއްގައިކަންވެސް އޭނާގެ ސިކުނޑިން އިންޒާރު ކުރަމުން ދިޔައެވެ. ބިރުވެރިކަމާއި، ހާސްކަމުން ފުރިގެންވާ ހާލު ލިފްޓުން ބޭރަށް ނުކުމެވުމާއިއެކު މާކިންއަށް ވަށައިގެން އެތަނުގެ ތެރެއަށް ބަލާލެވުނެވެ. ގޭގެ ބައެއް ނަމަވެސް އޭނާ އެތަނަށް އައި ދުވަހެއް ހަނދާނުގައިވެސް ނެތެވެ. އޭނާ ހަނދާން ހުންނަން ފެށީއްސުރެ ގޭގެ އެބަޔަށް އަންނަނީ ބައްޕަ އެކަންޏެވެ. ކިޔާދީފައި އޮންނަ ގޮތުން ނަމަ އެއީ ބައްޕަގެ އަމިއްލަ މަސައްކަތް ކުރުމަށް ހަދާފައި ހުންނަ އޮފީހެވެ. ތަނަށް ބަލާލަމުން ސިފަވަނީވެސް އެފަދަ ގޮތަކަށެވެ. އޮފީހެއް ފަދައިން، މޭޒާއި ގޮނޑި ހުރެފައި މޭޒުމަތީގައި ލެޕްޓޮޕެއްވެސް ހުއްޓެވެ. ސޯފާ ބަހައްޓާފައި، ސޯފާ ކައިރީގައި ކޮފީ މޭޒުވެސް ހުއްޓެވެ. މުއްސަނދިކަމާއި، ހިތްފަސޭހަކަން ފެންނަން އޮތް އޮފީސްބައިގެ ތެރެއިން ލާފައި އެތެރެއަށް ދެވެން ހަނި ދޭތެރެއެއް އޮތެވެ. ލައިޓްތައް ޖައްސާލަމުން ، ތެޅި ތެޅި އޮތް ހިތަކާއިއެކު މާކިން އެ ދޭތެރެއިން އެތެރެއަށް ހިނގައިގަތީ ބޯ އަރި ކުރަމުން ތަންތަން ހޯދަމުންނެވެ. އެތަނުގެ ތެރެއަށް ރަނގަޅަށް ވަދެވުމާއިއެކު އެތެރޭގައި ހަދާފައި ހުރި އިތުރު 3 ކޮޓަރިއަށްވާ ދޮރު މާކިންގެ ލޮލުގައި އަޅައިގަތެވެ. އެއާއެއެކު ދެން އޭނާގެ ހިތުގައި ހިނގައިގަތީ މާ ބިރުވެރި ޚިޔާލުތަކެކެވެ. އެތަނުން އެއް ކޮޓަރޮއެއްގައި މެހެކްއަށް ކޮންމެވެސް ނުރައްކަލެއް ކުރިމަތިވެފައިވާ ކަމުގައި އޭނާގެ ހިތް ބުނަނީއެވެ.

ހިންދިރުވާލުމަށްފަހު، ހިތްވަރު ކޮށްލަމުން މާކިން ތުރުތުރު އަޅަމުން ދިޔަ އަތަކުން އެންމެ ފުރަތަމަ ޖެހުނު ދޮރުގެ ތަޅުގައި ހިފާލިއެވެ. އެއާއިއެކު ވަރަށް ފަސޭހައިން އެދޮރު ހުޅުވުނެވެ. ހުޅުވުނު ދޮރާއިއެކު ކޮޓަރީގެ ތެރެއިން ފެނުނ މަންޒަރަކުން މާކިން އަޑުގެ ކޮޅަށް ހަޅޭއްލަވައިގަތެވެ.

ނުނިމޭ

 

މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.

Share Article

Follow Me Written By

Laya

Level 310 Stories100 Login

I found peace in writing ❤️

Other Articles

Previous

ތިޔަ ލޯބީގާ 2

Next

އިމްތިޙާން 32

Next
October 27, 2020

އިމްތިޙާން 32

Previews
October 26, 2020

ތިޔަ ލޯބީގާ 2

3 Comments!

  1. Vittu says:
    October 27, 2020 at 7:49 am

    First dho..haadha dhuvas kohfaey dhen avahah up kurahche

  2. ?LamHaa? says:
    October 27, 2020 at 12:59 pm

    Maasha allah v reethi mi part vx
    Haadha dhuvaheh kohlaafa kiyaalan mi libunee.. Hehe.. Alhey.. Mehek ah Kihineh tha vee.. E bilaal Adhi vx Bali Gaboolu kuraakah noolhe.. Haadha nulafaa meehekey
    Curiously waiting for nxt part
    Stay safe n Tc sis
    Lyyysssmmm

  3. ? BLOSsOM QuInN ? says:
    October 28, 2020 at 12:53 pm

    vrh reethi mi prt ves maasha’Allah…?

Comments are closed.

Next Episodeނުފިލާނޭ މިހިތަކުން.. (ފަހުބައި)←


All Right Reserved!