Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ
ލޯބި

މި ހިތުން މަގާމޭ މި ދެނީ 1

Mar Sha
Mar Sha Level 10100 Stories10 Stories100 Comments500 Comments100 Login500 Login1K Comments
October 12, 2020 8 Mins Read
17 Comments

ކަންބޮޑުވެފައި އިން މައިރާ ސިހުނީ ދޮރުގައި ޓަކި ޖަހާލި އަޑަށެވެ. އަވަހަށް ތެދުވެގެން ގޮސް ދޮރު ހުޅުވާލީ ހަމްނާމެން އައީ ކަމަށް ހީކޮށެވެ. އެ ވަގުތު ދޮރުމަތިން އައިދަން ފެނުމުން މައިރާއަށް ބަލަހައްޓައިގެން ހުރެވުނީއެވެ.

“ޔޫ ލުކް… ލަވްލީ…” މައިރާއާ ދިމާއަށް ބަލަން ހުރި އައިދަން ބުންޏެވެ.

ހުދު ކުލައިގެ ވެޑިންގ ޑްރެސްގައި މައިރާ ހުރީ ކައިވެންޏަށް ތައްޔާރު ވެގެންނެވެ. އަބަދުވެސް ފަހަތަށް އައްސާލާފައި އޮންނަ ފަން އިސްތަށިގަނޑު އޮތީ ބޮލުގެ މެދަށް މައްޗަށް ނަގާ ހުޅިއެއް ޖަހާފައެވެ. ކަރުގައި ހިމަ ރަންފަށެއް އަޅާފައި އޮތް އިރު ކަންފަތުގައި އިނީ ހުދު އެހެކެވެ. އަތުގައި އެއްވެސް އެއްޗެއް އަޅާފައެއް ނެތެވެ. މޫނުގައި ލުއި މޭކްއަޕްއެއް ކޮށްފައި ހުރި އިރު ތުންފަތުގައި ޖައްސާފައި ހުރީ ގަދަ ފިޔާތޮށި ކުލައެވެ.

“އައިދަން! ކީއްކުރަން މި ގަޑިގަ ތި އައީ؟ މަންމަމެންނަށް ފެނިއްޖެއްޔާ ކީކޭ ހީ ކުރާނީ؟” އިތުރަށް ކަންބޮޑުވެފައި މައިރާއަށް ބުނެވުނެވެ.

“އަހަރެން ހަމަ މައި ބަލާލާ ހިތުން މި އައީ” އައިދަން މައިރާގެ މޫނުގައި އަތް ޖައްސާލިއެވެ.

“ދެން އައިދަން… މީހަކު އައިސްދާނެ…” ދޮރުން ބޭރަށް ބޯ ދިއްކޮށްލަމުން މައިރާ ބޭރަށް ބަލާލީ މީހަކު އައިސްދާނެތީއެވެ.

“ޒިއާމް…!” ދޮރު ކައިރީ ހުރި ޒިއާމް ފެނިފައި މައިރާއަށް ބުނެވުނެވެ. ޒިއާމް ހިނި އައިސްފައި މައިރާއަށް އަތުން ހަނާ އަޅާލިއެވެ.

“މަގޭ ގާޑް ގޮވައިގެންނޭ މި އައީ. ދެންވެސް އަހަރެން ވައްދަބަލަ. މީހަކު އަންނަންޏާ ޒިއާމް ބުނާނެ” މައިހާގެ އަތުގައި ހިފާލަމުން އައިދަން ކޮޓަރިއަށް ވަނެވެ.

ދެ އަތުން މައިރާގެ މޫނުގައި ހިފާލުމާއެކު އައިދަން މައިރާގެ ތުންފަތުގައި ބޮސްދިނެވެ.

“އައިދަން… މި ގަޑިގަ މީހަކު އައިސްދާނެ…” އައިދަންއާ ދުރު ވެލަމުން މައިރާ ބުންޏެވެ.

ދައްކަބަލަ އަތް” މައިރާގެ އަތުގައި ހިފާ އުފުލާލާފައި އައިދަން ޖީބުން ނެގި ކެވެލިކޮޅު މައިރާގެ އަތުގައި އަޅުވާލިއެވެ.

“މި ދޭން ވެގެން އައީ” މައިރާގެ އަތްތިލަ ގެނެސް ތުންފަތުގައި ޖައްސާލަމުން އައިދަން ބުންޏެވެ.

“ޒިއާމް އަތަށް ދީފަ ފޮނުވި ނަމަ” އައިދަން ދިން ކެވެލިކޮޅަށް ބަލަން ހުރި މައިރާގެ ތުންފަތުގައި ހިނިތުންވުމެއް ވިއެވެ.

“އޭރުން އަހަންނަށް މައިއެއް ނުފެނުނީހެއްނު؟” އަނެއްކާވެސް މައިރާއާ ކައިރިވެލާ އެ މޫނުގައި އައިދަން ހިފަހައްޓާލިއެވެ.

ދެ ތިން މިނަޓް ވީ އިރުވެސް އައިދަން ނުނިކުތުމުން ޒިއާމް ދޮރުގައި ޓަކި ޖަހާލާފައި ހުޅުވާލިއެވެ.

އައިދަން އެނބުރިފައި ބަލާލިއެވެ.

“މަށަށް އެނގޭ މީނައަށް ދުރަކު ނުހުރެވޭނެ ކަން. އަދި ދެ ގަޑިއެއް ހާ އިރު ވަންދެން ހަމަ މަޑުކޮށެއް ނުލެވުނު ދޯ! އޭގެ ފަހުން އައިދަން ބޭނުން ކަމެއް މައިއަށް ކުރެވޭނެޔޭ ތިހެން ސިއްރުން ނޫޅުނަސް. ދެންވެސް ހިނގާބަލަ” ދެ ފަރާތަށް ބޯ ހަލުވާލަމުން ޒިއާމް ބުނެލީ ހިނިއައިސްފައި ހުރެއެވެ.

މައިރާގެ މޫނު ރަތްވެގެން ދިޔައެވެ.

“އައިދަން، އަސްލުވެސް، ޔޯ ބްރައިޑް އިޒް ލަވްލީ!” ޒިއާމްވެސް މައިރާއަށް ތައުރީފް ކޮށްލިއެވެ.

“އޭ، ޝީ އިޒް މައިން އިނގޭ!” ޒިއާމްގެ ކޮނޑުގައި ޖަހާލަމުން އައިދަން ބުނެލިއެވެ.

“އެ ކަން އެނގެޔޭ. ދެން ހިނގާ. އެހެން ނޫނީ މިތާ ތިއްބާ ބަސްޓް ވެދާނެ” އައިދަންގެ އަތުގައި ހިފާ ދަމަމުން ޒިއާމް ދޮރާ ހަމައަށް އެރިއެވެ.

“ކާންޓް ވެއިޓް ފޯ ޓުނައިޓް!” ދޮރުމަތީ ހުއްޓި މައިރާއަށް ބަލާލާފައި އައިދަން ބުނެލިއެވެ. އެއާއެކު ޒިއާމް ބާރަށް ހީގަތެވެ.

“އައިދަން!” ލަދު ގަތް ވަރުން މައިރާއަށް ބާރަށް ބުނެވުނެވެ.

“ޕޭޝަންސް ބްރަދަރ، ޕޭޝަންސް!” ޒިއާމް ބުނެލިއެވެ.

“މީނަ އައުޓް އޮފް ކޮންޓްރޯލް ނުވަނީސް އަވަހަށް ގެންދޭ ޒިއާމް” ލަދުން ހުރި މައިރާ އެހެން ބުނެފައި އައިސް ދޮރު ލެއްޕިއެވެ.

 

ދެ ގަޑިއިރު ފަހުން އައިދަންގެ އަނތްބަކަށް މައިރާ ވިއެވެ. ޕާޓީ ފެށި ތިންގަޑިއިރު ވާން ކައިރި ވީ އިރުވެސް ހޯލުން މީހުން މަދުވީ ހެނެއް ހިއެއް ނުވެއެވެ. އެކަމާ އިރުއިރުކޮޅާ އައިދަން ޝަކުވާ ކޮށްލައެވެ.

“އައިދަން! ދެ އަހަރު ވަންދެން ކެތްކޮށްގެން ހުރި މީހާއަށް އަދި ދެތިން ގަޑިއިރު ވަންދެން ޝަކުވާ ނުކޮށް މަޑުކޮށެއް ނުލެވޭނެތަ؟ ތިހާ ކެތް ނުލަވައިގެން އުޅޭކަށް ނުވާނެ” ހިނިއައިސްފައި ހުރެ މައިރާ އައިދަންގެ މޫނަށް ބަލާލިއެވެ.

“ތިހެން ނުބަލަބަލަ މިތާ ހުރެ… މައި އަކަށް ނޭނގޭނެ އަހަރެން ކެތް ކުރީ ކިހިނެއް ކަމެއް. ދެން އަހަރެންގެ މީހަކަށް މައި ވީމަވެސް އަދިވެސް ހުންނަން ވީތަ؟ އައި ކާންޓް ވެއިޓް މަޗް ލޯންގަރ. މިހާރުވެސް މި ބުނީ” މައިރާގެ އަތުގައި ހިފާ އުފުލާލަމުން އައިދަން އެ އަތްތިލައިގައި ބޮސްދިނެވެ.

“އައިދަން!” މައިރާ އަވަހަށް އަތް ދަމައިގަންނަމުން ގޮވާލިއެވެ.

މީހުން މަދުވެލުމުން އައިދަންއާ މައިރާ އައިސް އިށީނެވެ. އެއާއެކު މައިރާގެ އެންމެ ގާތް އެކުވެރިޔާ ހަމްނާއާ މައިރާގެ ކޮއްކޮ މިޝްޔާ އައިސް މައިރާގެ އަތުގައި ހިފައިގެން ދުރަށް ގެންދިޔައެވެ.

“ދޮން ނެތީމަ ވަރަށް ފޫހި ވާނެ. ދޯ ހަމްތާ؟” މިޝްޔާ ޅަވެލާފައި ބުނެލިއެވެ.

“ކީއްވެތަ ފޫހި ވާންވީ؟ މިޝީވެސް ދެން ކުއްޖަކު ހޯދައިގެން އަވަހަށް މެރީ ކޮށްބަލަ. އޭރުން އެ ނިމުނީނު. އެކަމަކު އެ ކަހަލަ ކަމެއް ވާނީ މިޝީ ތި ބޭބީ ގޮތްގަނޑު ދޫކޮށްލައިގެނެއްނު؟ އަދިވެސް ތީ މަންމައާ ބައްޕަގެ ބޭބީ ވިއްޔަ!” މައިރާ ކޮއްކޮއާ ބެހިލިއެވެ.

“ދެން ދޮން! އަބަދު އަހަންނާ ބެހެންވެފަ ހުންނާނީ. މޭބީ އައި ވޯންޓް މިސް ޔޫ އެޓް އޯލް! މާ ބޮލަށް ފަސޭހަ ވާނެ ކަންނޭނގެ ދެން” މިޝްޔާ ތުން ދަމާލަމުން ރުޅި އަންނަ ކަމަށް ހެދިއެވެ.

“އަސްލުވެސް މައި. ވަރަށް މިސް ވާނެ” އެ ވަގުތު ހަމްނާވެސް ބުނީ މައިރާ ނެތުމުން ފޫހި ވާނެ ވާހަކައެވެ.

“އާނ، އަހަރުން ގްރޫޕްގެ ސަކަރާތުގެ ލީޑަރ ދިޔައިމަ އަސްލުވެސް ވަރަށް ފޫހި ވާނެ” އެ މޭޒު ކައިރީގައި ތިބި އެކުވެރިންގެ ތެރެއިން އާރާ ހަމްނާއާ އެއްބަސް ވިއެވެ.

“އާރާ މާ ގިނަ ދުވަހަކު މިކޮޅަކު ނުހުންނާނަމެއްނު؟ އެހެން ނޫނަސް އާރާވެސް މެރީ ކުރަން ވިއްޔަ ތި އުޅެނީ” މައިރާ ހިނިއައިސްފައި ބުންޏެވެ.

“އަދި އެ ވާހަކަ ދެކެވުނަކަސް އެކަން ވާނެ ދުވަހެއް ނޭނގެއެއްނު؟” ޚިޔާލަކަށް ގެއްލިފައި އިންހެން އާރާ ބުނެލިއެވެ.

“ކީއްވެތަ އޭނަ ގޮވައިގެން ނައީ؟ އެހެން ނަމަ އަހަރުމެންނަށް ފެނުނީހެއްނު؟ މީހަކު އާރާގެ ލޯބިވާ ޖަހައިގަނެގެން ގެންގޮސްދާނެތީ ދައްކާވެސް ނުލާން ވިއްޔަ ތި ހުންނަނީ” އައިމަލް އާރާއާ ދިމާކޮށްލިއެވެ.

“އަދި ފެންނާނެ، ކެތް ކޮށްލާ. އަހަރުމެން އެކީގަ އަދި އެއްފަހަރުވެސް ބޭރަކަށް ނުނިކުންނަން. ވަރަށް ހާލުން ދޮންބެއާ މަންމަ ގަބޫލު ވީ. އެހެންވެ އޭނަ ބޭނުމެއް ނުވޭ އެއްވެސް މީހަކު އެއްޗެއް ބުނެފާނެ ކަހަލަ ކަމެއް ކުރާކަށް” އާރާ ހީލަމުން ބުންޏެވެ.

“އެކަމަކު މިރޭ އައި ނަމައެއްނު؟ އޭރުން މައިއަށްވެސް ފެނުނީހެއްނު؟ ދެން ނޭނގެ އަވަހަކަށް މައިއާ ދިމާ ވާނެ ކަމެއްވެސް” މައިރާއާ ބައްދަލު ނުވެދާނެތީ އައިމަލް އަދިވެސް އެ ޝަކުވާ ކޮށްލިއެވެ.

“ސާބަސް! އަހަރެން އެހެން ރާއްޖެއަކަށްތަ މި ދަނީ؟ ހުޅުމާލެ އަކަސް އެއީ ހަމަ މާލެއެއްނު؟ ދެން ހަމަ މިސް ވާ އިރަށް އަހަރެން ކައިރިއަށް އައީމަ އެ ނިމުނީނު؟ ނޫނިއްޔާ އަހަންނަށް ގުޅާލާ އިރަށް އަހަރެން އައިސްދާނަމޭ ތި އެންމެން ކައިރިއަށް. ދެން މާ ޑްރާމާ ވެގެން ތި އުޅެނީ” އެކުވެރިންނާ ކޮއްކޮއަށް ބަލާލާފައި މައިރާ ބުނެލި އިރު އެ މީހުންނާ ދުރަށް ދާން ޖެހޭތީ މައިރާވެސް އިނީ ދެރަވެފައެވެ.

“އައިދަންގެ ސަޅި ބްރަދަރ އެއް ހުރި ނަމައެއްނު” މިޝްޔާ ބުނެލިއެވެ.

“އެ ބުނާހެން” އައިމަލްވެސް މިޝްޔާގެ ވާހަކައަށް ތާއީދު ކުރިއެވެ.

“އެއީ ކީއްކުރާށޯ؟” ހިނިއައިސްފައި މައިރާ އަހާލިއެވެ.

“އަހަރެން މެރީ ކުރާކަށްނު؟” އައިމަލް ބުންޏެވެ.

“ސާބަސް!” މައިރާ ހެމުން އައިމަލްގެ އަތުގައި ޖެހިއެވެ.

“ކީއްތަވީ؟ އައިދަންގެ ކޮއްކޮއެއް ހުރި ނަމަ މިޝީވެސް މެރީކޮށްފާނަމޭ” މިޝްޔާވެސް ބުނެލިއެވެ.

“އައްދޭ! ކާކުތަ ބޭބީއަކާ މެރީ ކުރާނީ؟” މައިރާ ހެމުން ދިމާކޮށްލިއެވެ.

“އަނެއްކާވެސް ބެހެން ފެށީތަ؟ ދޮންއާ އެކީ މިހެން ސްޕެންޑް ކޮށްލެވޭނެ އެންމެ ފަހު ވަގުތުކޮޅު ކަންނޭނގެ މީ، އެކަމަކު ދޮން ބަލަނީ އަހަންނާ ދިމާ ކޮށްލެވޭތޯ. ވަރަށް ފޫހިވޭ” އަނެއްކާވެސް މިޝްޔާ ތުން ދަމާލިއެވެ.

“ދެން ދޮންގެ ޑާލިންގ ސިސް، ދޮންވެސް ވަރަށް މިސްވާނެ. އަންނަން ވާނެ ދޮންމެން ގެޔަށް އިނގޭ. އެންޑް އެއީ އައިދަންއެއް ނޫން، އެއީ ދޮންތަބޭ” މިޝްޔާ ގައިގައި ބައްދާލަމުން މައިރާ ބުންޏެވެ.

“އަހަރުން ނުގެންދާނަންތަ؟” ހިނި އައިސްފައި އިން ހަމްނާ އަހާލިއެވެ.

“ނޫނޭ. އެންމެންވެސް އަންނަން ވާނެ” މައިރާ ބުންޏެވެ.

މައިރާ އެނބުރި އައިދަންމެން ތިބި ދިމާއަށް ބަލާލިއެވެ. އެ މީހުންނާ އެކު ޒިއާމް ނެތް ކަން ފާހަގަ ވުމުން މައިރާ ހޯލް ތެރެ ހޯދާލިއެވެ.

“އެބަ އަންނަން” އެހެން ބުނެފައި މައިރާ ތެދުވިއެވެ. މައިރާ ތެދުވުމުން އައިދަން ބަލާލިއެވެ. ހަމްނާގެ ފޯން ނަގާ ޒިއާމް ކޮބާތޯ ބަލާލަން ހޯލުން ބޭރަށް ނިކުމެލަނީ ކަމުގައި ބުނެ އައިދަންއަށް މެސެޖް ކޮށްލާފައި މައިރާ ނިކުތެވެ. އޭރު މައިރާގެ މަންމައާ ބައްޕަ އަދި އައިދަންގެ އާއިލާ އެންމެން އެއް މޭޒެއްގެ ކައިރީ ކާން ތިއްބެވެ.

“މިޝީ، މަންމަމެން ކައިރީ ބުނެލައްޗޭ ދޮން މި އަންނަނީއޭ” މައިރާގެ މަންމަ މުނާ ބަލާލުމުން މައިރާ ކޮއްކޮ ކައިރިން އެދުނެވެ.

ބޭރަށް ނިކުމެ މައިރާ ދޮރުމަތީ އިރުކޮޅަކު ހުއްޓިލައިގެން ހުރެ އެކި ދިމާއަށް ބަލާލިއެވެ. ކޮންމެވެސް ވަރަކަށް އަލި ކޮށްފައި އޮތް ނަމަވެސް އެއް ފަރާތުގައި ބަހައްޓާފައި ހުރި ގޮނޑިތަކާ ދިމާލަށް އޮތީ އަނދިރި ވެފައެވެ. ލައިގެން ހުރި ހެދުމުގައި ހިފާ ހިއްލާލަމުން މައިރާ އެ ދިމާއަށް ހިނގައިގަތީ އެތަނުގައި މީހަކު އިން ކަން ޔަގީން ވުމުންނެވެ.

ހޯލް ތެރޭގައި ހުރި މިއުޒިކާ އެކު އެތާ ތިބި މަދު މީހުންގެ ވާހަކައާ ހުނުމުގެ އަޑާއި، އަދިވެސް މަގުގައި ދުއްވަމުން ދިޔަ ދުއްވާ އެއްޗެހީގެ އަޑުން ތަނުގެ ހިމޭން ކަން ނަގާލާފައި ވެއެވެ. މަޑުމަޑުން ހިނގާލާފައި ޒިއާމް އިން ދިމާއަށް މައިރާ ދިޔައިރު އެއްވެސް މީހަކު އެ ތަނަށް އަންނަ ކަމުގެ ހިލަމެއް ޒިއާމްއަކަށް ނުވެއެވެ. މައިރާ މަޑުމަޑުން ގޮސް ޒިއާމްގެ ފަހަތުން ހުއްޓުނެވެ. ގޮވާލަން އުޅެފައިވެސް މައިރާ ހުއްޓުނީ ޒިއާމް ބަލަން އިން އެއްޗެއް ފެނުމުންނެވެ.

ޒިއާމްގެ އަތުގައި އޮތީ ހިމަހިމަ ރަން ފަށެކެވެ. އެ ފަށުގެ ފުލުގައި އޮތީ ހުދު ކުލައިގެ މުތެކެވެ. އެ ފަށް ފެނުމާއެކު މައިރާއަށް ހައިރާން ވެފައި ބަލަން ހުރެވުނީ ގަބޫލު ކުރަން ދަތި ވެފައެވެ.

އެއީ މައިރާގެ ފަށެކެވެ. އެ ފަށުގެ ފުލަކީ ހަތް އަހަރު ކުރިން މައިރާއަށް ފަނަރަ އަހަރު ފުރުނު ދުވަހު ޒިއާމް މައިރާއަށް ދިން ހަދިޔާއެކެވެ. ނަމަވެސް ދެ އަހަރެއް ހާ ދުވަސް ކުރިން އެފަށް މައިރާއަށް ގެއްލުނީ ދަތުރު ގޮސް މޫދަށް އެރި އުޅެނިކޮށެވެ. އޭރު މައިރާއާ އައިދަން ލޯބީގެ ގޮތުން ގުޅުނުތާ މާ ގިނަ ދުވަހެއް ނުވެއެވެ. އެންމެންވެސް އެ ފަށް ފެނޭތޯ ވަރަށް ހޯދިއެވެ. ނަމަވެސް އެކަކަށްވެސް ނުފެނުނީއެވެ. ޒިއާމްގެ ފަރާތުން ލިބުނު ހަދިޔާ ގެއްލުމުން މައިރާ ވަރަށް ދެރަވިއެވެ. އޭގެ ފަހުން އެ ފަށް ދުވަހަކުވެސް ފެންނާނެ ކަމަކަށް މައިރާ ހިއެއް ނުކުރެއެވެ.

މައިރާ ބަލަން ހުއްޓާ ޒިއާމް އެ ފަށް ގެނެސް ތުންފަތުގައި ޖައްސާލަމުން ފަށުގެ ފުލަށް ބޮސްދިނެވެ.

“އައި ވިޝް ޔޫ އޯލް ދަ ހެޕިނެސް އިން ދަ ވަރލްޑް. އަހަންނަށް ނުލިބުނަސް ޝަކުވާއެއް ނެތް. އެކަމަކުވެސް އަބަދުވެސް ލޯބި ވާނަން” ތުންފަތުގައި ފަށް ޖައްސާލައިގެން އިނދެ ޒިއާމް މަޑުމަޑުން ބުންޏެވެ.

މައިރާއަށް އަނގަމަތީ އަތް އަޅާލެވުނެވެ. އެހާ ދުވަސް ވީ އިރު ޒިއާމްގެ ހިތުގައި މައިރާއާ މެދު އެފަދަ އިހުސާސްތަކެއް ވާކަމެއް މައިރާއަށް އެނގިފައެއް ނެތެވެ. އެ ފަދަ އެއްޗެއް ދުވަހަކުވެސް ހިތަށް ނުވެސް އަރައެވެ. އައިދަންއާ ދިމާވި ފަހުން އެހެން އެއްވެސް ފިރިހެނަކާ މެދު މައިރާއަކަށް ޚިޔާލުވެސް ނުކުރެވެއެވެ. އައިދަން ދެކެ ލޯބި ވެވުނީ އެހެން މީހަކަށް އެ ހިތުން ކުޑަވެސް ޖާގައެއް ނުދެވޭނެ މިންވަރަށެވެ. އައިދަންއަށް ވުރެ މާ ކުރިން މައިރާގެ ޙަޔާތަށް އައި އެ އެކުވެރިޔާއާ ހުރިހާ ކަމެއް ހިއްސާ ކުރަމުން އައީ އެ އެކުވެރިޔާގެ ހިތުގެ ޙާލު ކުޑަކޮށްވެސް ނޭނގި ހުރެއެވެ.

“މައިރާ…”

ސިހިފައި މައިރާއަށް ފަހަތަށް ޖެހިލެވުނީ ޒިއާމް މަޑުމަޑުން މައިރާގެ ނަން ބުނެލުމުންނެވެ. އެއާއެކު މޭގައި އަތް ޖައްސާލަމުން މައިރާ ފަހަތަށް ގޮސް ތަންކޮޅެއް ދުރުގައި ހުއްޓި އަދިވެސް އިރުކޮޅަކު ޒިއާމްއާ ދިމާއަށް ބަލަން ހުއްޓެވެ.

އެ ރެއަށް ފަހު އެހެންނާ ޒިއާމްއާ އޮންނަ ގުޅުން މައިރާއަށް ބޭއްވިދާނެ ހެއްޔެވެ؟ އެ ސިއްރު އެނގުމަށް ފަހު ޒިއާމް ފެންނަ ކޮށްމެ ފަހަރަކު ކުށްވެރި އިހުސާސެއް މައިރާއަށް ކުރެވޭނެއެވެ. އެހެން ވިޔަސް އެ ދެމެދުގައި އޮތް ގުޅުން ބަދަލު ވާކަށް މައިރާ ނޭދެއެވެ. އައިދަންއާ ދިމާ ވުމުގެ ކުރިން މައިރާގެ ޙަޔާތުގައި ބައްޕަގެ އިތުރުން ޝާމިލް ވެފައި ވީ ހަމައެކަނި ފިރިހެނަކީ އެއީއެވެ. ބައްޕައާ މަންމަ ކައިރީ ބުނަން ނުކެރުނު އެތަށް ވާހަކައެއް މައިރާ ހިއްސާ ކުރީ ޒިއާމްއާއެވެ. އައިދަންއާ މައިރާ ދިމާވީވެސް ޒިއާމްގެ ސަބަބުންނެވެ. ކުރިން އެއީ ހަމައެކަނި އެކުވެރިއެކެވެ. ނަމަވެސް މިއަދު އެއީ އާއިލާއެވެ.

ވީ އިރު އެންމެ ރަނގަޅު ގޮތަކީ އެ ކަންތައް އިތުރު މީހަކަށް ނޭންގުމެވެ. ޒިއާމްގެ ހިތުގެ ސިއްރު މައިރާއަށް އެނގުނު ކަންވެސް ސިއްރު ކުރުމެވެ. އައިދަންއަށްވެސް އެ ކަމުގެ ހިލަމެއް ނުވުމެވެ.

ފުން ނޭވައެއް ލަމުން މައިރާ ހަމަޖެހިލަން މަސައްކަތް ކުރިއެވެ. ޒިއާމްގެ ނަމުން ގޮވާލަމުން ކުރިއަށް ފިޔަވަޅެއް އަޅާލީ އޭގެ ފަހުންނެވެ.

މައިރާ ގޮވާލި އަޑި އިވުމުން ސިހިފައި ޒިއާމް ބަލާލިއެވެ. އެއާއެކު އަވަސް އަވަހަށް ވޮލެޓަށް ފަށް ލާފައި ވޮލެޓް ޖީބަށް ލާފައި އެނބުރި މައިރާއާ ކުރިމަތިލީ ތުންފަތަށް ހިނިތުންވުމެއް ވެރި ކުރުވަމުންނެވެ.

“މިތާ އެކަނި ކީއްތަ ތި ކުރަނީ؟” މައިރާ އަހާލިއެވެ.

“ދެން ހަމަ އިރުކޮޅަކަށް އެކަނިވެލަން ބޭނުން ވީ” ޒިއާމް ޖަވާބު ދިނެވެ.

“އަހަރެން އައީމަ އުނދަގޫ ވެއްޖެ ދޯ؟” މައިރާ އަހާލިއެވެ.

“ނޫން… ހިނގާ ދާން. މިހާރު އައިދަން އުޅޭނެ މައި ނުފެނިގެން” ޒިއާމް އަތުން އިޝާރާތް ކޮށްލަމުން ހޯލާ ދިމާއަށް ދާން ފެށިއެވެ.

“ޒިއާމް…” ހުރި ތާ ހުރެ މައިރާ ގޮވާލިއެވެ.

ޒިއާމް ހުއްޓިފައި ބަލާލިއެވެ.

“އަހަރެން އައިދަންއާ މެރީ ކުރީމަ އަހަންނާ ޒިއާމްގެ ގުޅުމަށް ބަދަލެއް އަންނާނެތަ؟ ތީ އަހަރެންގެ ފްރެންޑަކަށް ވުރެ ބޮޑަށް ފެމިލީއަށްތަ ވާނީ؟” މައިރާ އަހާލިއެވެ.

“ނޫން. އަހަރެން މީ ކުރިންވެސް މައިގެ ފްރެންޑެއް، ދެންވެސް މައިގެ ފްރެންޑެއް. އެއީ އައިދަން މަނާ ނުކޮށްފިއްޔާ. ނޭނގޭނެއެއްނު އޭނަގެ ވައިފްއަށް ވީމަ ދެން އެހެން ފިރިހެނަކާ މައި އަނގައިން ބުނަންވެސް ރުހޭނެ ކަމެއް؟” ފަހު ޖުމްލަ ޒިއާމް ބުނެލީ ސަމާސާ ރާގަކަށެވެ.

“އައްދޭ. އެހެންނެއް ނުވާނެ. އެއަށް ވުރެ ބޮޑަށް އަހަރެން ދެކެ އައިދަން ލޯބިވޭ. ލޯބި ވަންޏާ ޓްރަސްޓްވެސް ކުރާނެ. އައިދަން އެހެންނެއް ނުހަދާނެ” ހިނި އައިސްފައި މައިރާ ބުނެލީ ޔަގީން ކަމާއެކުއެވެ.

“އެހެން ވިޔަސް ދެން މައިއަށް އެންމެ މުހިންމު ވާން ވާނީ އައިދަން. އަހަރެންވެސް އަދި އެހެން ފްރެންޑްސްވެސް އަންނަން ވާނީ އޭގެ ފަހުން” ޒިއާމް އެހެން ބުނި އިރު ހީވީ އެކަން ޒިއާމް ޔަގީން ކޮށްދޭން ބޭނުން ވަނީ މައިރާއަށް ވުރެ ބޮޑަށް އަމިއްލަ ނަފްސަށް ހެންނެވެ.

“އައިދަންއާ އަހަރެން މެރީ ކުރީ މިހާރު މި، ދެން ޒިއާމް މެރީ ކުރާކަށް ނުވިސްނަންތަ؟” މައިރާ އެ ސުވާލު ކޮށްލި އިރު، ޒިއާމްގެ ޙަޔާތުގައި އަންހެން ކުއްޖަކު ނުވާ ކަން ހިތުގައި އޮތެވެ.

އައިދަންއާ މައިރާ ދިމާވެ، އެކަކު އަނެކަކު ދެކެ ލޯބި ވެވި އެ ގުޅުން ކައިވެންޏާ ހަމައަށް އައި އިރު، އެހާ ތަނަށްވެސް ޒިއާމްއާ އެކު އަންހެން ކުއްޖަކު ނުފެންނަ ކަން މައިރާއަށް ފާހަގަ ކުރެވެއެވެ. އޭގެ ކުރިން ޒިއާމްގެ ކައިވެންޏަކާ މެދު ނުވިސްނުނީ ކީއްވެ ބާއޭ މައިރާ ހިތަށް އެރިއެވެ.

ބައެއް ފަހަރު އައިދަން ޒިއާމްއާ ކޮންމެވެސް އަންހެން ކުއްޖަކާ ގުޅުވަން މަސައްކަތް ކުރާކަން މައިރާއަށް އެނގެއެވެ. ނަމަވެސް ޒިއާމް ގަޔާވާ ފަދަ އަންހެން ކުއްޖަކާ ދިމާ ނުވާ ކަމަށް ބުނެ އެއްވެސް ކުއްޖަކާ ޚާއްސަ ގުޅުމެއް ޒިއާމް ނުބާއްވައެވެ. މައިރާއާ އައިދަން ދާ ތަންތަނަށް ގިނަ ފަހަރަށް އައިދަން ގަދަ ކަމުން ވިޔަސް ޒިއާމް ގެންދެއެވެ. އެ ފަދަ ދުވަސްތަކުގައި މައިރާއާ އައިދަންގެ މެދުގައި ވާ ކަންތައްތައް ޒިއާމްއަށް ފޮރުވާކަށް އައިދަން ނޫޅެއެވެ. އެ ވަގުތުތަކުގައި މައިރާއަށް އައިދަންއާ ދުރުވެވެނީ އިތުރު މީހަކަށް އެ ދެމެދުގައި ވާ ގާތްކަން ފެނުން މައިރާ ބޭނުން ނުވާތީއެވެ. އެހެން ނަމަވެސް އެ މަންޒަރު ފެންނަ ކޮންމެ ވަގުތެއްގައި ޒިއާމްއަށް ވާނެ ގޮތް އެރޭ މައިރާއަށް ފުރަތަމަ ފަހަރަށް އިހުސާސް ކުރެވުނެވެ. އެއީ ޒިއާމްއަށް ބަލަން އުނދަގޫ ވާނެ މަންޒަރުތަކަކަށް ވާނެކަން ޔަގީނެވެ. ނަމަވެސް އެ ހުރިހާ ދުވަސް ވީއިރު ޒިއާމް އެއް ފަހަރުވެސް އެކަމެއް މޫނުމައްޗަކުން ނުދައްކައެވެ. އައިދަންގެ ސަމާސާއެއް ފެންނަ ކޮންމެ ފަހަރަކުވެސް ދިމާ ކޮށްލާފައި ދުރަށް ދަނީއެވެ. ނޫންނަމަ ނުފެންނަ ކަމަށް ހަދައިގެން ހުންނަނީއެވެ.

“މެރީ ކުރަން ފުރަތަމަ ޖެހޭނީ ކުއްޖަކު ހޯދާކަށްނު؟” ހިނި އައިސްފައި ޒިއާމް ބުނެލިއެވެ.

“މިހާ ދުވަސް ވީ އިރު ކަމުދާ ކުއްޖަކާ ދިމާވެސް ނުވޭތަ؟” މައިރާ އެހިއެވެ.

ޒިއާމް ޖަވާބެއް ނުދީ އިސްތަށިގަނޑުގައި އަތްތިލަ ހިންގާލިއެވެ. ޖަވާބެއް ދޭން ބޭނުން ނުވެފައި ހުރިހެން އެކި ދިމަދިމާއަށް ބަލާލިއެވެ.

“ކީއްވެ ޖަވާބެއް ނުދިނީ؟” މައިރާ އަހާލީ ޒިއާމް އެއްޗެއް ނުބުނުމުންނެވެ.

“މިރޭ ކީއްވެ ތިހާ ސުވާލު ގިނަ ވެގެން ތި އުޅެނީ؟ މިއޮއް ހުރިހާ ދުވަހުވެސް ތި ކަހަލަ ސުވާލުތަކެއް މައި ނުކުރޭ. ވައި ޓުނައިޓް؟” މައިރާއާ ދިމާއަށް ބަލާލަމުން ޒިއާމްވެސް ކުރީ ސުވާލެވެ.

“ނާހަން ވީތަ؟” މައިރާވެސް ޒިއާމްގެ ދުވާލުގެ ޖަވާބު ދޭކަށް ބޭނުމެއް ނުވިއެވެ.

“މައިއާ އައިދަން މެރީ ކުރީމަ ދެން ތިބި މީހުންވެސް ހުހަށް ނުތިބެން ވީތަ؟ އަހަރުމެންގެ ފްރީ ދުވަސްކޮޅު ހުސްވީތަ؟” ހިނި އައިސްފައި ޒިއާމް ސަމާސާ ގޮތަކަށް އަހާލިއެވެ.

“ނޫން ދެން… އަހަރެން މިހާ ހެޕީ ވީމަ ޒިއާމްއަށްވެސް މި ހެޕިނެސް ލިބެން ބޭނުން ވީ. އަހަންނަށް އައިދަންއާ ދިމާވީވެސް ޒިއާމްގެ ސަބަބުން ވިއްޔަ” މައިރާ ބުންޏެވެ.

“ދިމާ ވާން ހުރި ދެ މީހަކު ދިމާ ވާނެ ކޮންމެސް ގޮތަކުން. އަހަރެން ނޫނަސް އެހެން މީހަކު މެދުވެރި ވެގެންވެސް ތި ދެމީހުން ދިމާވާން ހުރިއްޔާ އެކަން އެެހެން ހަމަ ވާނެ. އެހެން ވިޔަސް އަހަރެން ވަރަށް އުފާވެއްޖެ އަހަރެންގެ ސަބަބުން މައިއަށް މައިގެ ލޯތްބާ ދިމާ ވީތީ” ޒިއާމް ހީލަމުން އައިސް މައިރާގެ ކުރިމަތީ ހުއްޓުނެވެ.

މައިރާ އެއްޗެއް ނުބުނެ ޒިއާމްއާ ދިމާއަށް ބަލާލިއެވެ.

“އައިދަން އަކީ ވަރަށް ލަކީ މީހެއް. އައި ހޯޕް ހީ ރިއަލައިޒަސް ދެޓް!” ޒިއާމް ބުންޏެވެ.

“އައި އެމް ލަކީ ޓޫ، އައިދަންގެ ވައިފްއަށް އަހަރެން ވީތީ، އަދި ޒިއާމްގެ ފްރެންޑަކަށް އަހަރެން ވީތީ” މައިރާ ބުންޏެވެ.

“ދެން ހިނގާ، މާ ގިނަ އިރު ވެއްޖެ މިތާ ތިބޭތާ. މައި ގޮވައިގެން ގެޔަށް ނުދެވިގެން ލަސް ވެގެން އައިދަން އުޅޭނެ މިހާރު” ޒިއާމް މައިރާއާ ދިމާކޮށްލުމަށް ބުނެލިއެވެ.

ނުނިމޭ

މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.

Share Article

Mar Sha
Follow Me Written By

Mar Sha

Level 10100 Stories10 Stories100 Comments500 Comments100 Login500 Login1K Comments

I love to read stories and that led to writing. I hope readers like my stories and I would love any feedback from readers that would help me improve my writing. Thank you!

Other Articles

Previous

ބީޓީއެސް އެންޑް ބަންގްޓަން ގަރލްސް (5)

Next

އިމްތިޙާން 30

Next
October 12, 2020

އިމްތިޙާން 30

Previews
October 11, 2020

ބީޓީއެސް އެންޑް ބަންގްޓަން ގަރލްސް (5)

17 Comments!

  1. Mar Sha Marsha says:
    October 12, 2020 at 9:28 am

    Hi, vaahakaige furathama bai myny. Marsha hykuran kamudhaane kamah. Part 2 on Thursday ❤️

  2. Shiman says:
    October 12, 2020 at 12:07 pm

    This part is sooooo nice Masha Allah…keep it up Marsha sis..ly❤️❤️ stay safe..❤️❤️??

    1. Mar Sha Marsha says:
      October 13, 2020 at 8:39 am

      Thank u shiman ❤️

  3. ?Jin???BTS? says:
    October 12, 2020 at 12:07 pm

    Vrh rythi adhi interesting ❤️❤️ Me first dho
    Can’t wait for the next

    1. Mar Sha Marsha says:
      October 13, 2020 at 8:40 am

      Thank u jin, ❤️

  4. ?Jin???BTS? says:
    October 12, 2020 at 12:08 pm

    Oh no me second ?? lol but vaahaka Habeys ingey

    1. Mar Sha Marsha says:
      October 13, 2020 at 8:41 am

      ? ❤️

  5. MairA says:
    October 12, 2020 at 2:28 pm

    Ohhh myyyy godddd?????I just can’t believe ittt????seriously is this marsha????Alheyyy my SWEETEEEEE ???????? I missed u sooooo muchhhh dhoooniiiiii?????? Kihineh thr haalu ahuvaalu my darlinggg?????❣️❣️❣️❣️❣️❣️kaifin thr boffin thr…. Nidhaafinthr… Heylaifin thrr???????sooo exited to read this story?????? Btw mee Aish 2 ingey… Dhn zamaan badhalu Vaa varakun namah vx badhalu annaanehnu?

    އަޅޭ ޕުއާރ ޒިއާމް… އަޅެ އަދި ޒިއާމް އަށްވެސް ކުއްޖަކު ހުންނާނެ…. ހެހެ އައިދިން ހާދަ ރޮމް އޭ… ވަކި ތަނެއް ވެސް ނޯވޭ ރޮމް ކުރާކައް?ސްވީޓް ޑްރީމްމްސް މައި އެންޑް އައިދިން?

    SS SH TC LYMMMMMMMM❣️❣️❣️❣️❣️❣️❣️❣️❣️ MYMMMMMM??????MARSHA

    1. Mar Sha Marsha says:
      October 13, 2020 at 8:43 am

      Hey, I m OK, Alhamdhulillah, hope u r too dear, this made me laugh ? Ziaam ge ves hunnan vaane dho soul mate eh, let’s c ❤️❤️❤️

  6. ?Ishoo? says:
    October 12, 2020 at 10:14 pm

    ❤????keep it up sis aishoo????❤
    I love this story so much . can’t wait to next part.
    Vaahakah varah reeethi .

    1. Mar Sha Marsha says:
      October 13, 2020 at 8:44 am

      Thank u dear, hope to c more comments from u inge ishoo ❤️❤️

  7. Maesara says:
    October 13, 2020 at 6:52 am

    Vaahaka Varah Reethi ❤️

    1. Mar Sha Marsha says:
      October 13, 2020 at 8:46 am

      Thank u maesara ❤️ aslu Maira ge badhalu ga Marsha use kuran ulhunu namaky Sara, but change kolly. ?

  8. Am??? says:
    October 13, 2020 at 5:50 pm

    V reethi first part ves
    Take care???

    1. Mar Sha Marsha says:
      October 15, 2020 at 8:32 pm

      Thank u Am ❤️

  9. ??suru ?? says:
    October 14, 2020 at 10:24 am

    Maasha Allah Varah reethi mi part vas waiting for a next ????????stay safe ?????

    1. Mar Sha Marsha says:
      October 15, 2020 at 9:11 pm

      Thank u suru ❤️

Comments are closed.

Next Episodeމި ހިތުން މަގާމޭ މި ދެނީ 2←


All Right Reserved!