Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ
ލޯބި

މި ހިތުން މަގާމޭ މި ދެނީ 2

Mar Sha
Mar Sha Level 10100 Stories10 Stories100 Comments500 Comments100 Login500 Login1K Comments
October 15, 2020 8 Mins Read
14 Comments

“އައިދަން އަކީ ވަރަށް ލަކީ މީހެއް. އައި ހޯޕް ހީ ރިއަލައިޒަސް ދެޓް!” ޒިއާމް ބުންޏެވެ.

“އައި އެމް ލަކީ ޓޫ، އައިދަންގެ ވައިފްއަށް އަހަރެން ވީތީ، އަދި ޒިއާމްގެ ފްރެންޑަކަށް އަހަރެން ވީތީ” މައިރާ ބުންޏެވެ.

“ދެން ހިނގާ، މާ ގިނަ އިރު ވެއްޖެ މިތާ ތިބޭތާ. މައި ގޮވައިގެން ގެޔަށް ނުދެވިގެން ލަސް ވެގެން އައިދަން އުޅޭނެ މިހާރު” ޒިއާމް މައިރާއާ ދިމާކޮށްލުމަށް ބުނެލިއެވެ.

“ޒިއާމް!” މައިރާއަށް ބުނެވުނެވެ. ޒިއާމްގެ ކޮނޑުގައި ޖަހާލާފައި މައިރާ ކުރިއަށް ހިނގައިގަތުމުން ޒިއާމްވެސް ހެމުން މައިރާގެ ފަހަތުން ގޮސް ހޯލަށް ވަނެވެ.

“މިއޮއް އައީނު؟ މިހާރު ކޮން އިރެއް މައި ނުފެނިގެން އުޅޭތާ؟” މިޝްޔާމެން ތިބި މޭޒާ އަރާ ހަމަ ވުމުން އެ މީހުން ކައިރީ އިން އައިދަން މައިރާގެ އަތުގައި ހިފާލަމުން ބުނެލިއެވެ.

“ކޮބާ، ބުނީމެއްނު؟” ޒިއާމް އެއްލޯ މަރާލަމުން މައިރާއަށް ބުންޏެވެ.

“ކީކޭ ބުނީ؟” އައިދަން އެހިއެވެ.

“މައި ކައިރީ އަހަރެން މި ކިޔަނީ އައިދަން އުޅޭނޭ މައި ނުފެނި ލަސް ވެގެން މިހާރު. ގެޔަށް ގޮސް ވަރަށް ކަންތައްތައް ކޮށްލަން ޕްލޭން ކޮށްގެނޭ އައިދަން ހުންނާނީ” ހިތުގައި ވީ ހުރިހާ އިހުސާސެއް ފޮރުވާލަމުން ޒިއާމް ސަމާސާ ރާގެއްގައި ބުންޏެވެ.

“އަސްލުވެސްތަ؟ ކޮން ކަންތައްތަކެއް؟ ޒެޑްއަށް އެނގޭ ދޯ ހުރިހާ އެއްޗެއް؟ ކިޔާދީބަލަ މިޝީމެންނަށްވެސް” ޒިއާމްގެ އަތުގައި ހިފާލަމުން މިޝްޔާ އެދުނެވެ.

“މިޝީ މާދަމާ ދޮންއަށް ގުޅާލާފަ އަހާ އިނގޭ. މިރޭ ދެން ނިއު ބްރައިޑް އެންޑް ގޮރޫމްއަށް އުނދަގޫ ކުރާކަށް ނުވާނެ” ޒިަޮރޫމްއަށް އގޭ. ް ނެތް ކޮށްދެވޭކަށްޔާވެސް ބުނެލިއެވެ.ިއާ ދިމާ ވާނެ ކަމެއްވެސް ެން ގެންގޮސްދާނެތީ ދައްކއާމް މައިރާއާ ދިމާއަށް އެއްލޯ މަރާލިއެވެ.

“ޒިއާމް!” މައިރާ ޒިއާމްގެ ނަމުން ބާރަށް ގޮވާލިއެވެ.

“ޒެޑް! މައިއަށް އުނދަގޫ ނުކުރޭ ދެން” މައިރާގެ ކޮނޑުގައި ހިފާ ގެނެސް ގައިގައި ޖައްސާލަމުން އެހެން ބުނި އިރު އައިދަންވެސް އިނީ ހެވިފައެވެ.

“އައްދޭ، އައިދަންގެ މީހަކަށް މައި ވީތާ އަދި މިއުޅެނީ މާ ގިނަ އިރެއް ނުވެގެން، މިހާރު ދެން އެހެން މީހަކަށް މައިއާ ދިމާކޮށްވެސް ނުލެވޭނެތަ؟” ހަމްނާ އެ ވަގުތު ބުނެލިއެވެ.

“އާނ، މަގޭ ވައިފްއާ ދިމާކޮށް ބެހޭނީވެސް ދެން އަހަރެން އެކަނި، ދޯ ލަވް؟” މައިރާގެ މޫނުގެ އެއްފަރާތުން އައިދަންގެ މޫނު ޖައްސާލާފައި އައިދަން ބުންޏެވެ. އަދި މައިރާގެ އަތުގެ އިނގިލިތައް އައިދަންގެ އިނގިލިތަކާ ގުޅުވާލިއެވެ.

އެރޭ މައިރާއާ އައިދަންއަށް ގެޔަށް ދެވުނު އިރު އެކެއް ޖަހަން ކައިރި ވެއްޖެއެވެ. އައިދަންއާ ޒިއާމް ވަކިވީ ގެއަށް ވަދެވުމުންނެވެ. އައިދަންގެ މަންމަ ބުނުމުން އަވަހަށް އައިދަންގެ އެޕާޓްމެންޓަށް މައިރާ ގޮވައިގެން ދިޔައީ މައިރާ ވަރުބަލިވެފައި ހުރި ވަރުންނެވެ.

ކޮޓަރިއަށް ވަދެވުމާއެކު މައިރާއަށް ވަށައިގެން ބަލާލެވުނެވެ. އެނދުގައި އަޅާފައި އޮތް މަޑުނޫ ކުލައިގެ ބެޑްޝީޓް މަތީ ހުރި ރަތާ ހުދު ކުލައިގެ ފިނިފެންމާ ފިޔަތަކާ، ސައިޑް ޓޭބަލް އަދި ޑްރެސިންގ ޓޭބަލް މަތީ ހުރި އުށްބައްތިތަކަށް ބަލަން މައިރާއަށް ހުރެވުނެވެ. އައިދަން ގޮސް ޑެސްކް މަތީ ހުޅުވާފައި ހުރި ލެޕްޓޮޕް އިން ލަވައެއް ޖަހާލިއެވެ. އެއަޑު އިވުމުން މައިރާ އެނބުރިފައި އައިދަންއާ ދިމާއަށް ބަލާލިއެވެ.

“ރަނގަޅުތަ؟” ކައިރިއަށް އައިސް މައިރާގެ ދެ އަތުގައި ހިފާލަމުން އައިދަން އަހާލިއެވެ.

މައިރާ ބޯޖަހާލިއެވެ.

“އައިމް ސޯ ހެޕީ…” މައިރާގެ މޫނުގައި ފިރުމާލަމުން އައިދަން މަޑުމަޑުން ބުނެލިއެވެ.

“އައި ލަވް ޔޫ ސޯ މަޗް…” މައިރާ ކުރިއަށް ފިޔަވަޅެއް އަޅާލާ އައިދަންއާ އިތުރަށް ކައިރިވެލިއެވެ.

އިތުރަށް އެންމެ އިރުކޮޅަކުވެސް އައިދަންއަށް މައިރާއާ ދުރަކު ނުހުރެވުނެވެ. ދެ އަތުން މައިރާގެ މޫނުގައި ހިފާލުމާއެކު އެ ތުންފަތް ގައިދު ކޮށްލިއެވެ.

ދެއަތް މައްޗަށް މައިރާ ނަގައިގެން ގޮސް އައިދަން އެނދުގައި މައިރާ ބޭއްވުމާއެކު ލައިގެން ހުރި ގަމީސް ބާލާފައި މައިރާ ކައިރީ އޮށޯތެވެ.

 

ކޮޓަރިއަށް ވަދެ ލައިގެން ހުރި އެއްޗެހި ބޭލުމާއެކު ޒިއާމް ފާހާނާއަށް ވަދެ ފެންވަރާލިއެވެ. ހިތާ ސިކުނޑިއަށް މައިރާގެ އެއްވެސް ޚިޔާލެއް ނުގެންނަން މަސައްކަތް ކުރި ނަމަވެސް ކާމިޔާބެއް ނުވިއެވެ.

“ސްޓޮޕް އިޓް! ސްޓޮޕް ޕްލީޒް!” ބޮލުގައި ދެ އަތުން ހިފާލަމުން ޒިއާމް ބުނެލީ އަމިއްލަ ހިތަށެވެ.

ނަމަވެސް އެ ޚިޔާލުތަކެއް ހިތާ ސިކުންޑިން ފޮހެއެއް ނުލެވުނެވެ.

އެނދުގައި އޮށޯވެ ޒިއާމް ލޯ މަރާލިއެވެ. ނިދޭތޯ މަސައްކަތް ކުރިއެވެ. ނަމަވެސް އެހެން އޮވެ ދެ ގަޑިއިރު ވީ އިރުވެސް ނިންޖެއް ނައެވެ. އެންމެ ފަހުން ތެދުވެގެން ގޮސް ކުޑަދޮރު ކައިރީ ހުއްޓި ފޮތިގަނޑު ކަހާލާފައި ބޭރަށް ބަލަން ހުއްޓެވެ.

ޒިއާމްއާ މައިރާ ދިމާވީ އޭގެ އަށް އަހަރު ކުރިންނެވެ. ޒިއާމް ރޭގަނޑު ކްލާހަށް ދާ އިރު މައިރާ ޓިއުޝަން ނިމިގެން ބަލާ އަންނަން ދެން ނިކުމެ ހުންނަ ތަން ފެނިފެނި އެ ދެމެދުގައި އެކުވެރިކަން އުފެދުނީއެވެ. މައިރާ ދެކެ ޒިއާމްއަށް ލޯބި ވެވިއްޖެ ކަން އިހުސާސް ވީ އެ އެކުވެރިކަމަށް ފަސް އަހަރު ވީ ފަހުންނެވެ. އެއާއެކު ޒިއާމް ބޭނުން ވީ އައިދަންއަށް މައިރާ ދައްކާށެވެ.

މައިރާ ދެކެ ލޯބި ވެވިއްޖެ ކަން ފުރަތަމަވެސް އައިދަންއާ ހިއްސާ ނުކުރި ކަން އެއީ ޒިއާމްއަށް މުޅި ޙަޔާތުގައިވެސް ހެދުނު އެންމެ ބޮޑު ގޯހެވެ. އައިދަންއަށް މައިރާ ދެކެ ލޯބި ވެވިދާނެ ކަމަށް ޒިއާމް ހީވެސް ކޮށްފައެއް ނުވެއެވެ. ހަމަ އެހެން މައިރާގެ ހިތްވެސް އައިދަންއަށް ދެވިދާނެ ކަމީ ޒިއާމްއަށް ވިސްނިފައި ނެތް ކަމެވެވެ. އެހެން ނަމަވެސް ކަންތައް ވީ އެހެންނެވެ. މައިރާއާ އައިދަން ދިމާވިތާ އެންމެ މަހެއް ވީ އިރު އެ ދެމެދުގައި އޮތް ގުޅުން ވަނީ ލޯތްބަށް ބަދަލު ވެފައެވެ. އެއާއެކު އެންމެ ފުރަތަމަވެސް މައިރާ އެކަން ޒިއާމްއާ ޙިއްސާ ކުރިއެވެ.

ކަންތައް ވެގެން ދިޔަ ގޮތުން ގަބޫލު ކުރަން ބޭނުން ނުވި ނަމަވެސް އެހެން ގޮތަކަށް އެކަންތައް ބަދަލެއް ނުވިއެވެ. އައިދަންވެސް އަދި މައިރާވެސް ޒިއާމް ގާތު އެކަކު އަނެކަކުގެ ވާހަކަތައް ދައްކަން ފެށުމުން ޒިއާމް ބޭނުން ވީ އެ މީހުންނާ ވީހާވެސް ދުރަށް ދާށެވެ. އަހަރެއް ވަންދެން ރާޢްޖޭން ބޭރުގައި، ކިޔެވުމުގެ ބަހަނާގައި ޒިއާމް ހުރީ އެހެންވެއެވެ.

ދުރުގައި ހުރި ނަމަވެސް ހަގީގަތަށް ނުފިލޭނެ ކަން ޒިއާމްއަށް ވިސްނުނީ ޒިއާމްގެ މަންމަ ގުޅާފައި އައިދަން ކައިވެނި ކުރަން އުޅޭ ވާހަކަ ބުނުމުންނެވެ. އަދި އައިދަން އަމިއްލައަށް ގުޅާފައި އެ ވާހަކަ ޒިއާމް ގާތު ބުނުމުންނެވެ.

މާލެއަށް ޒިއާމް އައީ އެ ހަގީގަތާ ކުރިމަތި ލުން ނޫން ގޮތެއް ނެތްކަން ވިސްނުމުންނެވެ. ދެން ދުވަހަކުވެސް ޒިއާމްއަށް މައިރާ ނުލިބޭނެ ކަން އެއީ ޒިއާމްއަށް ކުރިންވެސް އެނގޭ ކަމެކެވެ. ނަމަވެސް އައިދަންއާ މައިރާ ދެން ވަކި ނުވާނެ ކަން ޒިއާމްއަށް ޔަގީން ވުމުން އެނބުރި މަންމަމެން ކައިރިއަށް އައީ ހިތުގައި އެ ހުރިހާ ކަމެއް ފޮރުވާ ފަސް އަޅާފައެވެ.

ޒިއާމްގެ ބައްޕަ އާރިޒް ނިޔާވި އިރު ޒިއާމް މާލެ އައިތާ ތިން މަސްވެސް ނުވެއެވެ. ހަމަ އެ މަހު ކުރެވެން އޮތް އައިދަންއާ މައިރާގެ ކައިވެނި ފަސް ކުރެވުނީ އެހެންވެއެވެ. ބޮޑުބޭބެގެ ވަކިވުމަށް ފަހު އައިދަން ބޭނުން ވީ އެއް އަހަރަށް ކައިވެނި ފަސްކުރާށެވެ. އެކުވެރިޔާއަށް އެ ވަރުގެ ހިތާމައެއް ކުރިމަތި ވުމުން އެހާ އަވަހަށް ކައިވެނި ކުރަން މައިރާވެސް ބޭނުން ނުވީއެވެ.

އައިދަންގެ މަންމަ ރައިހާނާއާ، ޒިއާމްގެ މަންމަ ރަޒާނާއަކީ އެއްބަނޑު އެއް ބަފާ ދެ ބޭންނެވެ. ރައިހާނާއާ ހާފިޒްގެ ކައިވެންޏަށް ދެ އަހަރު ވާން އުޅެނިކޮށް ރަޒާނާ ކައިވެނި ކުރީ ހާފިޒްގެ ކޮއްކޮ އާރިޒްއާއެވެ. ރައިހާނާއާ ހާފިޒްގެ ފުރަތަމަ ދަރިފުޅު އާހިލްއަށް ދެ އަހަރު ވީ ތަނާ އެ ދަރިފުޅު ނިޔާވި އިރު ރައިހާނާއާ ރަޒާނާވެސް ތިބީ ވިހަން ކައިރިވެފައެވެ. އައިދަންއަށް ވުރެ ޒިއާމް ދޮށީ އެންމެ ދެ މަސް ދުވަހެވެ. ދެ ކުދިން ބޮޑު ވެގެން އައީ އެކުގައެވެ. އައިދަންއަށް ފަހު ރައިހާނާއަށް ދެ އަންހެން ކުދިން ލިބުނު އިރު ރަޒާނާއަށް އިތުރު ކުއްޖަކު ނުލިބެއެވެ.

އާރިޒް ނިޔާ ވުމުގެ ކުރިން އާރިޒްއާ ހާފިޒްގެ ބައްޕަގެ ގޭގައި ދެބޭން ދިރިއުޅެމުން އައީ ވަކިންނެވެ. ނަމަވެސް އާރިޒް ނިޔާވުމަށް ފަހު ރައިހާނާއާ ހާފިޒް އެދުނީ ރަޒާނާއާ ޒިއާމް އެ މީހުންނާއެކު އެއްކޮށް ދިރިއުޅުމެވެ. އޭރު އާލިޔާއާ އަޒްހާވެސް ކައިވެނިކޮށް ދިރިއުޅެނީ ހަމަ އެ ގޭގައި ނަމަވެސް ކޮންމެ ކުއްޖަކަށްވެސް ވަކިން ދިރިއުޅެވޭނެ ގޮތް ހާފިޒް ވަނީ ހަދައިދީފައެވެ. ގޭގެ ތިރީ ތިން ފްލޯރ ކުއްޔަށް ދީފައި ހުރި އިރު އާލިޔާއާ އަޒްހާ ދިރިއުޅެނީ ހަތަރުވަނަ ފްލޯރގެ ދެ އެޕާޓްމެންޓްގައެވެ. ފަސްވަނަ ފްލޯރގައި ދިރިއުޅެނީ ހާފިޒްގެ ދެމަފިރިންނާ، އައިދަންއާ ޒިއާމްއާ ރަޒާނާއެވެ. ހަވަނަ ފްލޯރގައި ޓެރެސްގެ އިތުރުން ހުރި އެޕާޓްމެންޓް ހުރީ ޒިއާމްއާ އައިދަންއާ ދެ ކުދިން ތެރެއިން ފުރަތަމަ ކައިވެނި ކުރާ ކުއްޖަކަށް ދޭ ގޮތަށް ހަމަޖެހިފައެވެ. ފަހުން ކައިވެނި ކުރާ ކުއްޖަކަށް ތިރީ އެއްބައިން އެޕާޓްމެންޓެއް ދޭ ގޮތަށްވެސް އޮތީ ހަމަޖެހިފައެވެ.

ފަތިސް ނަމާދަށް ބަންގި ގޮވި އަޑު އިވުނީ ޒިއާމްއަށް ނުނިދިގެން އުޅެނިކޮށެވެ. މިސްކިތަށް ގޮސް ނަމާދުކޮށްގެން އައި އިރު ރައިހާނާއާ ރަޒާނާ ސައި ހަދަން އުޅެއެވެ.

“ޒިއާމް، މިސްކިތުންތަ ތި އައީ؟” ގެއަށް ވަން އިރު ސިޓިންގްރޫމް ސޯފާގައި ކޮފީ މަގެއް ހިފައިގެން އިން ހާފިޒް އަހާލީ ޒިއާމް ފެނުމުންނެވެ.

ޒިއާމް ބޯ ޖަހާލިއެވެ.

“ބޭބެވެސް މި އައީ މިސްކިތުން، ޒިއާމްއެއް ނުދެކެން” ހާފިޒް ބުންޏެވެ.

“އަޅުގަނޑު ވަރަށް ކުރިން ގޮއްސިން” ޒިއާމް ޖަވާބު ދީފައި އައިސް ކާމޭޒު ކައިރީ ގޮނޑިއެއްގައި އިށީނުމުން ރައިހާނާ ޒިއާމްއަށް ކޮފީ ގެނެސްދިނެވެ.

“މިހާރު ދެން ޒިއާމް އެކަނި މިގޭގަ ހުހަށް މިހުރީ. ދަރިފުޅުވެސް ދެން ކައިވެންޏާ މެދު ވިސްނަން ވީނު؟” ޒިއާމް ކައިރީ އިށީނދެފައި ރައިހާނާ ބުންޏެވެ.

“އަހަރެން ހީކުރީ އައިދަންއަށް ވުރެ ކުރިން މީހަކާ އިންނާނީ ޒިއާމް ކަމަށް. އެކަމަކު އެހެންނެއް ނޫން ދޯ މިވީ؟” ހިނި އައިސްފައި ހާފިޒްވެސް އެ ވާހަކައިގައި ބައިވެރިވިއެވެ.

“ކައިވެނި ކުރުމާ މެދު ޒިއާމް ވިސްނާ ހެނެއް ހިއެއް ނުވޭ އަދިއެއް. އައިދަންވެސް އެހެން އުޅެފަ ކުއްލިއަކަށް ވިއްޔަ ބުނީ ކައިވެނި ކުރަން ބޭނުމޭ. ޒިއާމްވެސް ހަދާނީ އެހެން ކަންނޭނގެ” ރަޒާނާއަށްވެސް އެ މައުޝޫ ކަމުދިޔައެވެ.

“މަންމާ…” އެ ވާހަކަ ދައްކަން އެއްވެސް ގޮތަކަށް ބޭނުން ނުވާތީ ގޮވާލިއެވެ.

“ކައިވެނި ކުރަން ވީމަ އައިދަންވެސް ބުނީނު؟ ވަގުތު ޖެހުނީމަ ޒިއާމްވެސް ބުނާނެ. އެކަން ލަސް ވެގެން އަހަރުމެން ވިސްނާކަށް ނުޖެހޭނެ. ޒިއާމް، އައިދަންމެން ފުރަން ވާ އިރަށް ހުރިހާ ކަމެއް ހަމަޖެހިފަ ދޯ އޮތީ؟” ކޮފީ ހުސްކުރި ތަށި ހިފައިގެން އައިސް މޭޒުމަތީ ބަހައްޓާފައި ހާފިޒް އެހިއެވެ.

“ހުރިހާ ކަމެއްވެސް ހަމަޖެހިފަ އޮތީ. ދިހަގަޑި ބައިގަ ނިކުތީމަ ލަހެއް ނުވާނެ” ޒިއާމް ޖަވާބު ދިނެވެ.

“ދަރިފުޅު ރޭގަ ނުނިދަންތަ؟” މަސްހުނި މޮޑެ ނިންމާފައި އަތް ދޮވެގެން އައިސް ޒިއާމް ކައިރީ އިށީނދެފައި ދަރިފުޅުގެ މޫނު ފެނުމުން ރަޒާނާ އަހާލިއެވެ.

“ބޮލުގަ ރިއްސާފަ ހުރީމަ ނުނިދުނީ” ހިނިތުން ވެލަމުން ޒިއާމް ޖަވާދު ދިނީ މަންމަ ކަންބޮޑު ވާން ނޭދޭތީއެވެ.

“އެހެން ވިއްޔާ އައިދަންމެން ދާންވާ އިރަށް ނިދާލެވޭތޯ ބަލަން ވީނު؟ ބޭސް ގުޅައެއް ކާލައިގެން އޮށޯންނަނިކޮށް ނިދިދާނެ” ރަޒާނާ ތެދުވެގެން ގޮސް ބޭސްގުޅައަކާއެކު ފެންތައްޓެއް ގެނެސް ޒިއާމްގެ ކުރިމަތީ ބެހެއްޓިއެވެ.

 

ފަހެއް ޖެހިތަނާ ހޭލެވުނު މައިރާ ލޯ ހުޅުވާލައިގެން އިރުކޮޅަކު އޮވެފައި ތެދުވިއެވެ. އެނދުން ފޭބުމުގެ ކުރިން ނިދާފައި އޮތް ފިރިމީހާގެ މޫނަށް ބަލާލިއެވެ. ގިނަ އިރު އެހެން ނީނދެވޭނެތީ މައިރާ ތެދުވެގެން ގޮސް ފެބްވަރައިގެން ނިކުތެވެ. އޭރުވެސް އައިދަން އޮތީ ގަދަ ނިދީގައެވެ.

ނަމާދަށް އެރުމުގެ ކުރިން މައިރާ އައިދަން ކައިރީ އިށީނދެ ދެ ފަހަރަކު ގޮވާލިއެވެ. ނަމަވެސް ހޫނއެއް ލައްވާލާފައި އަނެއް ފަރާތަށް މޫނު އަނބުރާލިއެވެ.

“އައިދަން…!” އައިދަންގެ އިސްތަށިގަނޑު ހާވާލަމުން މައިރާ ތަންކޮޅެއް ބާރަށް ގޮވާލިއެވެ.

މަގަތަށް އެނބުރިލުމާއެކު އައިދަން މައިރާގެ އަތުގައި ހިފާ އައިދަންގެ ގައިމައްޗަށް މައިރާ ވައްޓާލިއެވެ.

“ދެން… ނަމާދު ކުރަން ތެދުވޭ އަވަހަށް، އެހެން ނޫނީ މާ ލަސް ވެދާނެ” އައިދަންގެ އަތުތެރޭން ނިކުންނަން މަސައްކަތް ކުރަމުން މައިރާ ބުންޏެވެ.

“އާހ… ތެދުވަން ދޯ ދެން ޖެހޭނީ؟” މައިރާ ގައިން ދޫކޮށްލާފައި އައިދަން ތެދުވިއެވެ.

ދިހައެއް ޖެހި އިރަށް ޒިއާމް ތައްޔާރު ވެގެން ކޮޓަރިން ނިކުތީ އައިދަންއާ މައިރާ ގޮވައިގެން އެއަރޕޯޓަށް ދާށެވެ. އޭރު އެ މީހުންވެސް ތައްޔާރު ވެގެން އައިސް ތިއްބެވެ.

ރަޒާނާއާ ރައިހާނާ ކައިރީ ސޯފާގައި އިން މައިރާއަށް ޒިއާމް ބަލާލިއެވެ. މެރޫން ކުލައިގެ ކަކުލާ ހަމައަށް އަންނަ ގަމީހާ، ނޫ ކުލައިގެ ސްކިނީ މައިރާއާ ވަރަށް ގުޅެއެވެ. އައްސާލާފައި އޮތް އިސްތަށިގަނޑު ކުރިމައްޗަށް ގެނެސް އެއްއަތުން އިސްތަށިގަނޑާ ކުޅެލަކުޅެލާ އިން އިރު ދެކެވެމުން ދިޔަ ވާހަކައިގައި ބައިވެރިވެ އިރުއިރުކޮޅާ މައިރާ ކޮންމެވެސް އެއްޗެއް ބުނެއެވެ. އެހެން އިން އިރު ކާމޭޒު ކައިރީ ފޯނެއްގައި އިން އައިދަންއަށް އިރުއިރުކޮޅާ މައިރާ ބަލާލައެވެ. އެހެން ތިބެފައި ދެ މީހުންގެ ނަޒަރު ބައްދަލުވާ ކޮންމެ ފަހަރަކު ރަކި ހިނިތުންވުމެއް މައިރާ އައިދަންއަށް ދެއެވެ.

އެ މަންޒަރު ފެނުމުން ޒިއާމްގެ މެއަށް ބާރުވެލިއެވެ. ލޯ މަރާލަމުން ޒިއާމް ހަމަޖެހިލަން މަސައްކަތް ކުރިއެވެ.

“ޒެޑް!” ފޯން ބާއްވާފައި އެނބުރުނު އައިދަންއަށް ޒިއާމް ފެނުމުން ގޮވާލިއެވެ.

“ދާން ވީ ދޯ؟” ޒިއާމް އަހާލިއެވެ.

“ޒިއާމް ސައި ބޮއެގެންނެއްނު ދާނީ؟ އައިދަންވެސް ސައި ނުބޮއެ މަޑުކޮށްގެން އެހެރީ ޒިއާމް އަންނަން ދެން” ރަޒާނާ ބުންޏެވެ. އަދި ތެދުވެގެން ގޮސް ޒިއާމްއާ އައިދަންއަށް ސައި ހަދަން ފެށިއެވެ. ރައިހާނާވެސް ރަޒާނާއަށް އެހީވާން ދިޔައެވެ.

އެ މީހުން ދިޔުމާއެކު އައިދަން އައިސް މައިރާ ކައިރީ އިށީނެވެ. ހިތުގައި ވި ޚިޔާލުތައް އެއްފަރާތް ކޮށްލަމުން މޫނުމައްޗަށް ހިނިތުންވުމެއް ވެރިކޮށްލާފައި ޒިއާމް މައިރާގެ އަނެއް ފަރާތުގައި އިށީނެވެ.

“މައި، އައިދަންގެ ކަންތައް ވަރަށް ބޮޑުވި ދޯ؟” ޒިއާމް ސަމާސާކޮށްލިއެވެ.

އައިދަން ބާރަށް ހީގަތެވެ.

“ޒިއާމް! ޝްޝް…” މޫނު ރަތްވެގެން ދިޔަ މައިރާ ރައިހާނާމެން ތިބި ދިމާއަށް ބަލާލަމުން ބުނެލިއެވެ.

“އެހާ އުނދަގުލެއް ނުކުރަމޭ. ބޭނުން ވި ވަރާ ގާތަށްވެސް އުނދަގޫ ކޮށެއް ނުލެވުނު” އައިދަން ބުނެލިއެވެ.

“އައިދަން!” އައިދަންއާ ދިމާއަށް އެނބުރިފައި މައިރާ އައިދަންގެ ކޮނޑުގައި ޖެހިއެވެ.

އެ ފަހަރު ހީގަތީ ޒިއާމްއެވެ.

ރައިހާނާއާ ރަޒާނާ މައިރާމެންނާ ދިމާއަށް ބަލާލާފައިވެސް އެއްޗެއް ނުބުނެއެވެ.

“ދެން… މަންމަމެން ހީކުރާނީ ކީކޭ؟ މަޑުން ތިބެބަލަ ދެ މީހުންވެސް” ފަހަރަކު މީހަކަށް ލޯ އަޅާލަމުން މައިރާ ބުނެލިއެވެ.

“މައި ރުޅި އަންނަ ވަރު އެއްޗެއް ނުބުނަމެއްނު؟ މި ހުރިހާ ދުވަހު އައިދަން ފޮނި ކެނޑި ވަރަށް ކަންތައް ހިންގާލި ތޯ ބަލާލީ. އެކަމަކު ހިއެއް ނުވޭ އެހެން ވީ ހެނެއް. ވިޔަސް މައި ނުވެސް ބުނާނަމެއްނު؟” ދެންވެސް ޒިއާމް ބެލީ މައިރާއާ ދިމާކޮށްލެވޭތޯއެވެ.

“ޒިއާމް… ޕްލީޒް…” ދެ ފަރާތަށް ބޯ ހަލުވާލަމުން މައިރާ ބުނެލިއެވެ.

އެ ވާހަކަ ހުއްޓުނީ ރަޒާނާ ސައިބޯން ގޮވުމުންނެވެ. ސަޔަށް ފަހު ޖެހުނީ އެއަރޕޯޓަށް ދާން ނިކުންނާށެވެ. އައިދަންއަ މައިރާއާ އެކު އެއަރޕޯޓަށް ދިޔައީ ޒިއާމް އެކަންޏެވެ.

ދެ ހަފްތާގެ ހަނީމޫންއަށް ފަހު އައިދަންއާ މައިރާ މާލެއަށް އައުމުން އެ މީހުން ބަލާ ދިޔައީވެސް ޒިއާމްއެވެ. މައިރާގެ އުފާވެރިކަން ފެނި ޒިއާމްއަށް ހިތްހަމަ ޖެހުން ލިބޭ އިރު، އެ އުފަލަކީ ޒިއާމްގެ ފަރާތުން މައިރާއަށް ދުވަހަކުވެސް ނުދެވޭނެ އުފަލެއް ކަން އެނގޭތީ ހިތަށް ލިބޭ ރިހުމަށް ކެތް ކުރަން އަދިވެސް ޒިއާމްއަށް އުނދަގުލެވެ. އެހެން ނަމަވެސް މައިރާއަކީ ދެން ޒިއާމްއަށް ލިބުން ނެތް ލޯތްބެއް ކަން އެ ހިތް ޤަބޫލުކޮށްފިއެވެ. އެއްބަނޑު އެއްބަފާ ނޫނަސް އައިދަންއަކީ ޒިއާމްގެ ކޮއްކޮއެވެ. އައިދަންގެ އުފަލަކަށް ހުރަސް އެޅޭނެ ފަދަ ކަމެއް ކުރުމަށް ދުވަހަކުވެސް ޒިއާމް ނޭދޭނެއެވެ. ހަމަ އެހެން ކިތަންމެ ލޯބި ވީ ނަމަވެސް ގަދަ ކަމުން މައިރާ ޙާސިލް ކުރުމަކީ ޒިއާމް ދުވަހަކުވެސް ކުރާނެ ކަމެއް ނޫނެވެ. ކޮންމެ މީހަކާއެކު ނަމަވެސް މައިރާ އުފަލުން ހުރުން އެއީ ޒިއާމްގެ ހިތުގެ އެންމެ ފުން މިނުން އެދޭ އެދުމެވެ.

މާލެއަށް އައިސް މައިރާ ވަޒީފާއަށް ނިކުންނަން ފެށިއެވެ. އައިދަންއާ މައިރާ ވަކިން އުޅުނު ނަމަވެސް ކޮންމެ ހުކުރު ދުވަހެއްގެ މެންދުރު ކެއުން އޮންނަނީ އާއިލާ އެކުގައެވެ. އެ ދުވަހަކީ އައިދަންގެ ދެ ކޮއްކޮ އާލިޔާ އަދި އަޒްހާގެ އާއިލާވެސް އެ މީހުންނާއެކު ހޭދަކުރާ ދުވަހެކެވެ. ކުރިންވެސް އާލިޔާ އަދި އަޒްހާއާ މައިރާގެ ގުޅުން ރަނގަޅެވެ. އައިދަންއާ މައިރާގެ ކައިވެންޏަށް ފަހު އެކުގައި ގިނަ ވަގުތު ހޭދަ ކުރެވެން ފެށުމުން އެ ގުޅުން އިތުރަށް ބަދަހި ވަމުން އައެވެ. ހުކުރު ދުވަސްތަކުގައި އާލިޔާއާ ހަމްދޫންގެ ދެ ކުދިން ޝުޢާ އަދި ޝައިމްއާ، އަޒްހާއާ ނާހިލްގެ ދަރިފުޅު އުލްވާ އައިސް އުޅެން ފެށުމުން މައިރާ ގިނަ ވަގުތު ހޭދަ ކުރަނީ އެ ކުދިންނާ އެކުއެވެ. އެ މަންޒަރު ފެނުމުން އައިދަންއަށް ވެސް ކުއްޖަކު ލިބުމަށް ހާފިޒްއާ ރައިހާނާ ހިތާހިތުން އެދެއެވެ. ނަމަވެސް އެ ފަދަ ވާހަކައެއް އެ ދެމަފިރިން މައިރާ ނުވަތަ އައިދަން ކައިރީވެސް ނުބުނެއެވެ.

ގޭތެރެއިން މައިރާއާ އައިދަން އެކީ ފެންނަ ކޮންމެ ފަހަރަކު ޒިއާމްގެ ހިތަށް އުނދަގޫ ވެއެވެ. ނަމަވެސް އެއްފަހަރުވެސް މޫނުމަތިން ޒިއާމް އެކަމެއް ނުދައްކައެވެ. ކޮއްކޮއަށް ޓަކާ ޒިއާމް ހުންނަނީ އުފަލުންނެވެ. އެ ދެ މީހުންނަށް އުފަލާ ހިތްހަމަ ޖެހުމަށް ނޫނީ ޒިއާމް ނޭދެއެވެ. އަބަދުވެސް ދުޢާ ކުރެވެނީ އެ އުފާވެރިކަން ފެނި ޒިއާމްގެ ހިތަށްވެސް އުފާވެރިކަން ދެއްވާތޯއެވެ.

ހަފްތާއަކު ތިން ހަތަރު ރޭ އައިދަން ގަދަ ކަމުން ވިޔަސް އެ މީހުންގެ އެޕާޓްމެންޓަށް ޒިއާމް ގެންދެއެވެ. ޒިއާމް އައުމުން މައިރާވެސް އުފާވެއެވެ. ތިން މީހުން ވެގެން ކޮންމެވެސް ތަނަކުން ކާ އެއްޗެހި ގެނެސްގެން ކައިގެން މަޖާކުރެއެވެ. ކުރިން އަބަދުވެސް އައިދަން ޖަހާ ކޮންމެ ސަކަރާތެއްގައި ބައިވެރި ވާ ޒިއާމް އައިދަންގެ ކައިވެންޏަށް ފަހު ދުރުވެއްޖެ ކަން ފާހަގަ ކުރެވި އެ ވާހަކަ ދެއްކީ އައިދަން ބުނެބުނެވެސް ޒިއާމް އައިދަންމެން ގެޔަށް ނާންނަން އުޅޭތީއެވެ. އެއީވެސް އެ ގޮތަށް ގަދަ ކަމުން ޒިއާމް ގޮވައިގެން އައިދަން ގެޔަށް އައި ދުވަހެކެވެ.

“މައި، މި އައީ ޒެޑް ގޮވައިގެން. ކިޑްނެޕް ކޮށްގެނޭ ބުނިއްޔާ ކަންނޭނގެ ރަނގަޅު ވާނީ. ކިތަންމެ ވަރަކަށް ބުންޏަސް މީނަ އުޅޭނީ ފިލައިގެން. މިހާރު ދުވާލު އެކަންނެއް ނޫން، ރެގަނޑުވެސް މާ ބިޒީ ވެގެން އުޅެނީ. އަނެއްކާ ކަމެއް ފަށައިގެންތަ ތި އުޅެނީ؟” ގެޔަށް ވަދެ މައިޜާއަށް ގޮވާލާފައި އައިދަން ޒިއާމްގެޝަކުވާ ކުރިއެވެ.

“އަބަދު އައިދަންއާ މައިގެ މެދަށް އަހަރެން ވައްދަން ވެއްޖެއްޔާ އަހަންނަށް ކަމެއް ފެށޭނެތަ؟ އެހެން ނޫނަސް ކުރިން އުޅުނު ހެން އައިދަންއަކަށް މިހާރު ނޫޅެވޭނެ. މެރީ ނުކުރާ އިރު ފްރީ ޓައިމް އެގޮތް މިގޮތަށް ހޭދަ ކުރިޔަސް މިހާރު ފްރީ ޓައިމް ދޭން ވާނީ މައިއަށް. މީހަކާ އިނަސް މީނައަކަށް ނުވިސްނޭ ދޯ މައި؟” އައިދަންގެ ބޮލުގެ އެއްފަރާތުގައި އިނގިލަ ޖައްސާ ކޮއްޕާލަމުން ޒިއާމް ބުންޏެވެ.

“ނޫނޭ، މެރީ ކުރިޔަސް ވައިފް ނޫން މީހުންނަށްވެސް ޓައިމް ދޭން ޖެހޭނެ. ފެމިލީއާ ފްރެންޑްސް އަށްވެސް ވަގުތު ދޭން ޖެހޭނެ. މެރީ ކުރިއެކޭ ކިޔާފަ އަބަދު އަހަރެންގެ ފަހަތުން އުޅޭކަށް ނުޖެހޭނެއެއްނު؟” މައިރާ ހީލަމުން ބުންޏެވެ.

“މިރޭ ކޮން ކަމެއް އޮވެގެން އަހަރެން ތި ގެނައީ؟” ޒިއާމް އެހިއެވެ.

ނުނިމޭ

މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.

Share Article

Mar Sha
Follow Me Written By

Mar Sha

Level 10100 Stories10 Stories100 Comments500 Comments100 Login500 Login1K Comments

I love to read stories and that led to writing. I hope readers like my stories and I would love any feedback from readers that would help me improve my writing. Thank you!

Other Articles

Previous

ނޭދެމޭ ވަކިވުމެއް-19

Next

ޒާޔާ (އަށުތިރީސްވަނަ ބައި)

Next
October 15, 2020

ޒާޔާ (އަށުތިރީސްވަނަ ބައި)

Previews
October 15, 2020

ނޭދެމޭ ވަކިވުމެއް-19

14 Comments!

  1. MairA says:
    October 15, 2020 at 3:56 pm

    Yayyyyy me first thrrr?kiyaalaafa cmnt kohllaanan ingey

    1. MairA says:
      October 15, 2020 at 4:20 pm

      ކަލޭނޭ މި އައިދިން ސޮރު ލަދެއް ވެސް ނުގަނޭ ދޯ މައި އެއޮއް ވަރަށް ރަތް ވާ އިރުވެސް ☺️☺️☺️☺️?????އަޅޭ ޒިއާމް ހާދަ ކުޅަދާނައޭ އިހުސާސްތައް ފޮރުވާލަން????ކަލޯ ތިހެން އުޅެފައި މިޝީ އާ ކަންނޭންގެ އިންނާނީ????

      ޒއާމް ވެސް ކަމެއް ފަށަން އުޅޭ ކަމުގެ ރަތް ސިގުނަލް ދޭއެބަ އިނގޭ އައިދަން????ކަލޭނޭ މި ސޮރު އުޅެނީ އައުސްމާނުގަ ދޯ ???މައި ގާތުގައި އޭ މިހާރު ޓައިމް ސްޕެންޑް ކުރަންޖެހޭނީ???

      ހާއި މާޝާ??ކުރީ ސްޓޯރީގަ ރަނގަޅު ކޮއްލަން ބުނި ކަމެއް ރަނގަޅު ކޮއްލާފަ ހުރިކަން އުފަލާއެކީ ފާހަގަ ކުރަން???
      ހަމަ ކްލެޕް ޖަހާ ވަރުވޭ???ސްޓޯރީ ނައްލަ ކަމުން❣️❣️❣️ލަވް އިޓް

      ރައްކާވެ ތިބިއްޔާ ދަތުރު ހަމަ

    2. Mar Sha Marsha says:
      October 18, 2020 at 12:36 pm

      Thank you dear, marriage start vee adhi so chance eh libey irah Aidhan ulheny ehenehnu, Ziaam ves happy vaan vaane dho. Mishy aa tha Ziaam gulhuvan v? Or maybe one of Maria’s friends?

  2. Mar Sha Marsha says:
    October 15, 2020 at 4:12 pm

    Salaam, here’s part 2. Like vaane kamah hykuran. Part 3 on Monday. Have a grt weekend ❤️❤️❤️

    1. MairA says:
      October 15, 2020 at 4:13 pm

      Yes v like ??

    2. Mar Sha Marsha says:
      October 18, 2020 at 12:39 pm

      ❤️

  3. ?Ishoo? says:
    October 16, 2020 at 12:48 am

    Marsha sis keep it ?
    Vahakah varah reethi
    Kon dhuvahakun 3 up kodheyni
    ????

    1. Mar Sha Marsha says:
      October 18, 2020 at 12:37 pm

      Thank u Ishoo, Monday ga ?

  4. Maany says:
    October 16, 2020 at 10:21 am

    Masha Allah mi part vx varah reethi
    Waiting for the next

    1. Mar Sha Marsha says:
      October 18, 2020 at 12:38 pm

      Thank u Maany ❤️

  5. Nuzu says:
    October 18, 2020 at 9:59 am

    Masha Allah varah reethi mi part ves ???????? waiting for the next part

    1. Mar Sha Marsha says:
      October 18, 2020 at 12:40 pm

      Thank u Nuzu ❤️

  6. ??suru ?? says:
    October 19, 2020 at 7:49 am

    Masha Allah Varah reethi mi part vas waiting for next part you are good writer ?????????????????

    1. Mar Sha Marsha says:
      October 19, 2020 at 10:55 am

      Thank u suru ❤️❤️❤️

Comments are closed.

Next Episodeމި ހިތުން މަޤާމޭ މި ދެނީ 3←


All Right Reserved!