” ހޫމް،އެކަމަކު މިހާރު ބޭނުންވަނީ އެ ސޮފްހާ ނިންމާލަން، ކައިވެނި ކުރެވުނަސް އަހަރެން ދުވަސްކޮޅެއް ބޭނުން، އަދި އިމްރާންގެ އެހީތެރިކަން ވަރަށް ބޭނުންވޭ” އަހަރެން ލޮލުން ފޭބި ކަރުނަތަށް ފުހެލަމުން ބުނެލީމެވެ.

“އަހަރެން އެހީތެރިކަން އަބަދުވެސް ރީމްއަށް ލިބޭނެ، އެއްވެސް ކަމެއް ބޭނުންވެގެން ނުބުނެ ނުހުންނާތި،އިރާދުކުރެއްވިއްޔާ އަހަރެންނަށް އެކަމެއް ކޮއްދެވޭ އެންމެ ރަނގަޅަކަށް ކޮއްދޭނަން، އަދި ރީމް ތި ބުނިހެން، އަހަރެންނަށްވެސް ވަގުތު ބޭނުންވާނެ، މިހުރިހާ ދުވަހެއް ފާއިތުވެގެން ދިޔައިރުވެސް އަދިވެސް ޝިފާގެ ހަނދާންތަށް މިހިތަކުން ނުދޭ،
އީތަންގެ އެ މައުސޫމް މޫނު ފެންނަ ކޮންމެ ފަހަރަކު އަހަރެންނަށް ސިފަވަނީ ޝިފާ، އެކަމަކު މިހާރު އެބަޖެހޭ އީތަންއަށްޓަކާވެސް ކެތްކޮއް ދިރިއުޅުމެއް ފަށަން”އިމްރާން ބޮލުގެ އިސްތަށިގަނޑުގެ ތެރެއަށް އަތް މަހާލަމުން ބުނެލިއެވެ.

އެރޭ ނިމިގެން ދިޔައީ އަހަރެންނާ އިމްރާންގެ ކުރިން އޮތް ބީރައްޓެހި ގުޅުން ނިމި ރަހްމަތްތެރިކަމުގެ ގުޅުން ފެށިގެންނެވެ.އަހަރެން ހީކުރި ގޮތާ ހިލާފަށް އިމްރާންއަކީ ވަރަށް ރަނގަޅު،މަޑުމައިތިރި،އެހެން މީހުންްނަށްވެސް ވަރަށް ހެޔޮ މީހެކެވެ. އެކަހަލަ މީހަކާ އެއްކޮށް އަހަރެންނަށް ދިރިއުޅެވިދާނެއެވެ.އެހެންނަމަވެސް އަޔާ ކަހަލަ އިތުބާރު ކުރަން ނުދަންނަ މީހަކާ އެއްކޮށް ނޫޅެވޭނެ ކަން އަހަރެން ގަބޫލުކުރަމެވެ.

އާ ދުވަހަކަށް އިރު އަރައިފިއެވެ.އަހަރެން މިއަދު ގަސްތުކޮއްގެން ހުރީ ދުވަސްތަކަކަށް ފަހު އަހަރެންގެ ގެއަށް ގޮސްލާށެވެ.އެހެންކަމުން ވަރަށް އަތްމަތި އަވަސްކޮއްލާ ހެނދުނު ސައި ހެދުމަށްފަހު މެންދުރަށްވެސް ކައްކާލީމެވެ. އަދި އީތަންއަށް ކާންދިނުމަށްފަހު ފެންވަރުވާލާ ކިޔަވައިދިނީމެވެ.އަދި އެއަށްފަހު މެންދުރު ވުމުން އީތަން ނިންދަވާލީމެވެ. އީތަން ނިންދެވުމަށްފަހު އަހަރެން ތައްޔާރުވެގެން ކޮޓަރިން ނުކުތީމެވެ. ނިކުތް އިރު އިމްރާންގެ މަންމަ ބަދިގެއިން ނުކުންނަނީއެވެ.

” ދައްތަ، އެއްޗެއް ބޭނުންވީތަ، އަޅެ އަހަރެން ކައިރީ ބުނެލިނަމަ”އަހަރެން އިމްރާންގެ މަންމައާ އަރާ ހަަމަވުމުން ބުނެލީމެވެ.
” މިދެން އެހާވަރު ކަމެއް ނޫނޭ، ތަނަކަށް ދާންތަ ތިއުޅެނީ” އިމްރާންގެ މަންމަ އަހަރެންގެ ކޮނޑުގައި އަތްލަމުން ބުނެލިއެވެ.
” މިއުޅެނީ ގެއަށް ގޮސްލަން، ވަރަށް ގިނަ ދުވަސްވެއްޖެ ނުދާތާ،އެހެންވެ ގެ އޮތް ގޮތެއްވެސް ނޭނގެ، ވަރަށް އަވަހަށް އަންނާނަން”އަހަރެން އިމްރާންގެ މަންމަގެ މޫނަށް ބަލާލަމުން ބުނެލީމެވެ.

” ހޫމް، ބަލައިގެން އުޅޭތި،އިމްރާނަށް ގުޅަން ރީމް ގެންގޮސްދޭން” އިމްރާންގެ މަންމަ ބުނެލިއެވެ.
” ނޫނޭ، އެހާވަރު ކަމެއް ނޫން އެއީ، އީތަން ހޭލީމަ ގުޅާލާތި އިނގޭ” އަހަރެން އެހެން ބުނެ އިމްރާންގެ މަންމައަށް ހިނިތުންވެލަމުން އެތަނުން ދިޔައީމެވެ.

އަހަރެންގެ ގޭ ދޮށަށް ގޮސް އަހަރެންނަށް ހުއްޓެވުނެވެ.އަހަރެންގެ ހުރިހާ ހަނދާނެއް ވަނީ މި ގޭގައެވެ. ލޮލުން ފައިބަން ފެށި ކަރުނަތަށް ފުހެލަމުން ގޭގެ މައި ދޮރާށިން ވަނީމެވެ.އަދި ލިފްޓުން ގޮސް ގޭގެ ދޮރުމަތީގައި ހުރެ ބެލް އަޅާލީމެވެ. ދެތިން ފަހަރު ބެލް ޖެހުމުންވެސް އެއްވެސް ހަބަރެއް ނުވިއެވެ. އަހަރެން ފޯނު ނަގާ ކަރަމްގެ ނަމްބަރ ޖަހާލަމުން ގުޅާލީމެވެ. އެހެންނަމަވެސް އެއްވެސް އަޑެއް ނީވި ފޯނު ކެނޑެނީއެވެ.

ގޮތް ހުސްވެގެން ހުރެ އަހަރެން މާޔޫސްކަމާއެކު ތިރިއަށް އައީމެވެ. އަދި ޓެކްސީއެއް ލިބޭތޯ އަތް ހޫރަން ފެށީމެވެ. އެވަގުތު ކައިރިއަށް ޓެކްސީއެއް މަޑުކޮއްލިއެވެ. އަހަރެން އެއަށް އަރަން އުޅެނިކޮށް އަހަރެންގެ ލޮލުގައި އަޅައިގަތީ އަހަރެން ވަރަށް ދަންނަ އެހެންނަމަވެސް ހަނދާނަށް ނައި މީހެއްގެ މޫނެވެ. ހަނދާންކުރަން އުޅެ އުޅެ އަހަރެންނަކަށް ހަނދާނެއް ނުވިއެވެ. އަދި ކާރަށް އަރާ އިށީނީމެވެ. އޭރުވެސް އަހަރެން އެއީ ކޮންތާކުން ފެނުނު މީހެއްތޯ ދިޔައީ ހަނދާންވޭތޯ ބަލަމުންނެވެ.

ކުއްލިއަކަށް އަހަރެންގެ ސިކުނޑިއަށް ހަނދާނަށް އައީ މީގެ ދެއަހަރުކުރީގެ ހަނދާނެކެވެ. އަޔާ ކައިވެނި ކުރި ރޭ އަޔާ ކައިރީގައި ހުރި ކުއްޖާ ސިފަވިއެވެ.
” އެއީ ހަމަ އެކުއްޖާބާ،ވަރަށް ވައްތަރު،އަޔާ ބުނި ގޮތުން އޭނަ އަންހެނުން ބަނޑުބޮޑު،ދެންމެ ފެނުނު ކުއްޖާވެސް ބަނޑުބޮޑު، އަޔާގެ އަންހެނުންނަށް ވެދާނެބާ،އެކަމަކު އޭނަ ކީއްކުރަން އެހެން މީހަކާ އެކު ގެސްޓު ހައުސްއަށް އެވަނީ”އަހަރެންގެ ސިކުނޑި ސުވާލު ތަކަކުން ފުރުނެވެ. އަލުން އަނބުރާ އެހިސާބަށް ދާން ހިތަށް އެރިނަމަވެސް ކާރު ދުއްވާލުމުން އަހަރެން އަޅާނުލާ އިނީމެވެ. އެހެންނަމަވެސް އަހަރެންގެ ސިކުނޑި އިތުރު ކަމަކަށް ސަމާލުކަން ދެވޭ ވަރެއް ނުވިއެވެ.

މަޑުމަޑުން ކައިވެނީގެ ތައްޔާރީތަށް ދިޔައީ ވަމުންނެވެ.އަހަރެންގެ އަލަތު ކައިވެންޏަށް ވުމުން އިމްރާން މަންމަ ބޭނުންވީ ޕާޓީ ބާއްވާށެވެ. އަހަރެން އެވަރަށް އިންކާރު ކުރުމުންވެސް އިމްރާން މަންމަ ގޮތެއް ދުލެއް ނުކުރިއެވެ. އެހެންކަމުން އަހަރެންނަށް ޖެހުނީ ހަތިޔާރު ބަހައްޓާށެވެ. ކައިވެނީގެ ހެދުން ފެހުމަށްޓަކައި ފަހާތާކަށް ދިޔައީމެވެ.އަހަރެން ބޭނުންވީ ގޮތް ބޮޑު ނޫން،ރީތި ހެދުމެކެވެ. ނަމޫނާތަކަށް ބެލުމަށްފަހު އަހަރެން ހެދުމެއް ފައިނަލް ކުރީ އިމްރާންއަށްވެސް އެހެދުން ރީތި ވީމައެވެ. އަދި އެދުވަހަށް ބޭނުންވާ ބޫޓާ އަދި އިތުރު އެއްޗެހި ވެސް ގަނެ ހަމަ ކުރީ ފަހުން އުޅެގެން އެކަން ނުވެދާނެތީއެވެ.

ދުވަސްތަށް ފާއިތުވަމުން ގޮސް މިއަދަކީ އަހަރެންގެ ކައިވެނި ކުރެވޭ ދުވަހެވެ. އަހަރެން އަބަދުވެސް ދެކެމުން އައި ހުވަފެނަކީ އަޔާއާ ކައިވެނި ކުރެވޭނެ ދުވަހެވެ. އެހެންނަމަވެސް އެ ނަސީބު އަހަރެންނަކަށް ލިބިފައި ނެތީއެވެ.އިމްރާންއަކީ އަހަރެން ވާން އުޅޭ ފިރިމީހާއެވެ. އެހެންކަމުން އަހަރެންގެ ހިތުން އަޔާގެ ހަނދާންތަށް ފިލުވާލަން އަހަރެންނަށް ވެވެނު ކަމެއް ކުރަން އަހަރެން އަޒުމް ކަނޑައެޅީމެވެ. އެއީ ކައިވެންޏަށްފަހު ހިލޭ ފިރިހެނަކާ ދޭތެރޭ ވިސްނާ އަހަރެން މި ފަށަން އުޅޭ ކައިވެނީގެ ހަޔާތުގައި ސިއްކަ ޖަހަން އަހަރެން ބޭނުންނުވާތީއެވެ. އަދި މި ކައިވެނި ދެެމެހެއްޓެން ކުރެވެން ހުރި ކޮންމެ ކަމެއް ކުރަން އަހަރެން އަޒުމް ކަނޑައެޅީމެވެ.

އަހަރެން ތައްޔާރުވަމުންދިޔައީ ކައިވެނި ކޮއްދޭން އަންނަ މީހުން އަންނަން ވާއިރަށް ތައްޔާރު ވެވޭތޯއެވެ. ނަސީބަކުން ކައިވެނި ޕާޓީ އޮތީ ގޭގެ ޓެރެސްގައެވެ.އެހެންކަމުން އުނދަގުލަކާ ނުލާ ދެވޭނެއެވެ. ގާތް ގަޑަކަށް ގަޑި އިރަކަށްފަހު އަހަރެންނަށް ތައްޔާރު ވެވުނެވެ. އަހަރެން ތައްޔާރުވެ ނިމިގެން ލޯ ގަނޑުން ބަލާލީމެވެ. އަހަރެން ހުރި ގޮތް ފެނިފައި އަހަރެންވެސް ހައިރާންވިއެވެ.އަހަރެން ވައްތަރުވެސް ނުޖަހައެވެ. ކޮއްފައިވާ ލުއި މޭކަޕުންނާއި އެ ހުދު ލޭސް ފޮތިން ފަހާފައިވާ އެ ހެދުމުން އަހަރެންގެ ރީތިކަން ދުލުން ނުކިޔޭހާ ވަރުވެއެވެ.އަހަރެން އަހަރެންގެ އަމިއްލަ ސޫރައަށް ވެސް ހަސަދަވެރި ވެވުނެވެ.

އަހަރެން ތައްޔާރު ކޮއްދިނުމަށްފަހު އެކުދިން ނުކުމެގެން ދިޔައެވެ.އަހަރެން އަދި އެއްފަހަރު އަހަރެންގެ ސޫރައަށް ލޯގަނޑުން ބަލާލީމެވެ.
” ކޮންމެ ކުއްޖަކުވެސް އެންމެ ދެކެން ބޭނުންވާނެ ދުވަހަކީ އެކުއްޖާ ކައިވެނި ކުރާ ދުވަސް، އެދުވަހަކީ އެކުއްޖާ ބައްޕަގެ ބެލުމުގެ ދަށުން އެހެންމީހަކަށް އެކުއްޖާ ހަވާލު ކުރާ ދުވަސް، އެންމެ އުފާވެރި، ދުވަހަކީވެސް އެއީ، އެކަމަކު، މިއަދު އަހަރެންގެ މި އުފަލުގަ ބައިވެރިވާން އަހަރެންގެ އެކަކުވެސް ނެތް، އަހަރެންގެ ހަޔާތަށް އަންނަ އެންމެ މުހިންމު ދުވަސް މިޖެހުނީ މަންމައާއި ބައްޕަ ނުލާ ފާހަގަކުރަން، ބައްޕާ، ވަރަށް ހަނދާންވޭ، ވަރަށް ލޯބިވޭ” އަހަރެން ހިތާ ހިތުން ބުނީމެެވެ.އަދި ލޮލުން ފައިބަމުންދާ ކަރުނަތަށް މަޑުމަޑުން ފުހެލީމެވެ.

އިރުކޮޅެއް ނުވެ އަހަރެން ބަލާ އައުމުން ޓެރަސްއަށް ދިޔައީމެވެ. މުޅި ޓެރަސް ވަނީ ކުލަ ބޮކި ތަކުންނާއި، އެކި ކަހަލަ ޕްލާސްޓިކް މާތަކުން ޒީނަތްތެރި ކޮއްލާފައެވެ. އަދި ވަންނަތާ ދޮރު ކައިރީ ބޯޑެއްގައި އިމްރާން ވެޑްސް ރީމް ވަރަށް ރީތި ފޮންޓަކުން ލިޔެފައި ވެއެވެ.އަހަރެން އަންނަތަން ފެނިފައި އިމްރާންވެސް ކަޅި ޖަހާނުލާ އަހަރެންނަށް ބަލަމުންދާ ކަން އަހަރެންނަށް ފާހަގަވިއެވެ. އަދި އެ މޫނުމަތީގައިވި ހިނިތުންވުމުން އަހަރެން ނަގަންވީ މާނައެއް ނޭނގުނެވެ. އިމްރާން އެވަރަށް ބަލަން ފެށުމުން އަހަރެން ލަދު ގަންނަ ގޮތްވިއެވެ. އަދި އަތްފައި ފިނިވެ ހާސްވާ ގޮތްވިއެވެ.

އެހެންކަމުން އަހަރެން ހަމަ ޖެހިލުމަށް އިސްޖަހާލީމެވެ.އޭރު އެތަނުގައި ތިބީ އިމްރާންގެ އާއިލާގެ މީހުންނެވެ. އެމީހުންވެސް ފޯނުން ފޮޓޯ ނެގުމުގައި އުޅެއެވެ.އެވަގުތު އިމްރާންގެ މަންމަ އީތަން ގޮވައިގެން އައެވެ.އަހަރެން ފެނިފައި އިމްރާންގެ މަންމަ އަހަރެން ކައިރިއަށް އައެވެ. އަދި އަހަރެންގެ ގައިގަ ބައްދާލިއެވެ.އަދި އަހަރެންގެ އަތުގައި ހިފައިގެން ގޮސް ގޮނޑީގައި ބޭންދިއެވެ. އިމްރާންވެސް އައިސް އަހަރެން ކައިރީ އިށީނެވެ.

އިރުކޮޅެއްނުވެ ކައިވެނި ކޮއްދޭ މީހުން އައެވެ. އެއާއެކު ކައިވެނީގެ އަގްދު ކުރިއަށް ދިޔައެވެ. އަހަރެން ހަމަ ޖެހޭ ގޮތް ދައްކައިގެން އިނެއް ކަމަކު އަހަރެންގެ ހިތް ބާރަށް ދިޔައީ ތެޅެމުންނެވެ. ގާޒީ އަހަރެންގެ ބައްޕަގެ ނަން ކިޔުމާއެކު އަހަރެންގެ ލޮލުން ކަރުނަ އައެވެ. އިމްރާންގެ މަންމަ އައިސް އަހަރެންގެ ލޮލުން ފޭބި ކަރުނަތަށް ފުހެލަދިނެވެ. އޭރުވެސް އަހަރެންގެ ދެލޯ ދަނީ ފެންކަޅި ވަމުންނެވެ. އަހަރެން ދިއައީ ދެއަތް މޮޑެމުންނެެވެ. އިމްރާން އަހަރެންގެ އަތުގައި ހިފަހައްޓާލިއެވެ.އަދި އަހަރެން ބަލާލުމުން ހަމަ ޖެހުމަށް އިޝާރާތް ކޮއްލިއެވެ.އަހަރެން ހަމަޖެހިލަމުން އިމްރާންގެ އަތްމަތީ އަހަރެންގެ އަނެއް އަތް ބާއްވާލީމެވެ.

” އަނބި ގަބޫލު ކޮއްފިން” އިމްރާންގެ އެ އަޑުން އަހަރެންގެ ލޮލުގެ ހިމަކޮޅުން ކަރުނަ ނިރާލިއެވެ. ބުނަން ނޭނގޭ އިހްސާސެއް އަހަރެންނަށް ކުރެވިގެން ދިޔައެވެ.
މުޅިތަން ގުގުމައިގެން ދިޔައީ އަތްތިލަ ބަޑީގެ އަޑުންނެވެ. އަހަރެން ވަށައިގެންވާ އެންމެންގެ މޫނަށް ބަލަމުން ދިޔައީމެވެ. އެންމެންގެ މޫނުމަތިންވެސް ފެންނަމުންދަނީ އިންތިހާ ދަރަޖައިގެ އުފާވެރިކަމެވެ. އަހަރެންނަށް ވެސް ހިނިތުންވެވުނެވެ. އަދި އަހަރެންގެ ހިނިތުންވުން ފުންވެގެން ދިޔައީ މިވަނީ ކީއްކަން ނޭނގި ކުޑަ ކުޑަ އީތަންވެސް އެމީހުންނާ ބައިވެރި ވަމުންދާތަން ފެނިއެވެ.

އެއްބަޔަކި ފޮޓޯ ނަގަން ފެށި އިރު އަނެއް ބަޔަކު ދިޔައީ ކެއުމަށް އިންސާފު ކުރަމުންނެވެ. ކުޑަކުދިންނާއި ބޮޑެތި މީހުންވެސް ބައިވެރި ވަމުންދެއެވެ.
ކައިވެނި ކޮއްދޭ މީހުންނަށް ހާއްސަ މޭޒުގައި އެމީހުންނަށް ކެއުން ވަނީ ހަމަ ޖައްސާފައެވެ.އަދި އެމީހުންނަށް ކެއުމަށް ދައުވަތު ދިނުމުން އެ ކަމުގައި ބައިވެރި ވުމަށް އެމީހުންނަށް ހާއްސަ މޭޒު ކައިރީ އިށީނެވެ.

އަހަރެންނާއި އިމްރާން ހުއްޓިލައިގެން ތިބި އިރު ފަހަރަކު ބަޔަކު ފޮޓޯ ނަގަން އާދެއެވެ.ރީތިހެން ހީވާ ގޮތްގޮތަށް ފޮޓޯ ނަގަމުން ދިޔައިރު އަހަރެންގެ ހިތް ނެގިނެގި ފައި ޖެހެމުންދެއެވެ. އެކި މީހުންނާއެކު ފަހަރަކު ފޮޓޮއެއް ދިޔައީ ނެގެމުންނެވެ. ޕާޓީއަށް ދިޔައީ މީހުން އަންނަމުންނެވެ. އަވަަހަށް މިކަމަށް ނިމުމެއްނެތޭ އަހަރެން ހިތަށް އެރީ އެތަނުގަ ތިބި މީހުންފެނިފައެވެ.

ފޮޓޯއެއް ނެގުމަށް ހުއްޓިލިތަނުން އަހަރެންގެ ލޮލުގައި އަޅައިގަތީ ވަދެގެން އެ އަންނަ މީހާއެވެ.ވަގުތުން އަހަރެންނަށް އިމްރާންގެ އަތުގައި ހިފާ އިމްރާންގެ ފަހަތަށް ވަދެވުނެވެ. އިމްރާން ހުރީ މިވަނީ ކީއްކަން ނޭނގިފައެވެ. އެހެންކަމުން ވަށައިގެން ބަލާވެސް ލިއެވެ.އަހަރެންގެ މޫނުމަތިން އޮއްދާ ހިއްލަންފެށިއެވެ.އަހަރެންގެ ހިތް ބިރުން ތެޅެނީއެވެ.މީހާ ތުރުތުރު އަޅަނީއެވެ.

ނުނިމޭ

151

10 Comments

  1. Aiminath Naaxima

    October 2, 2020 at 8:25 pm

    There is no love

  2. 🌹Ril🌹

    October 2, 2020 at 9:58 pm

    Masha Allah vrh Sali mi part ves ❤️❤️
    Dhen I ge wish akee reem ah happy life eh ❤️❤️
    But reem aa ayaa gulen vaane dhw eyrun Sali vaane❤️❤️
    Btw waiting for the next part ❤️❤️
    Lysm
    Stay safe❤️❤️

  3. 💖💖💖

    October 2, 2020 at 10:55 pm

    Imraan reem Vaahaka salhi☺️☺️

  4. Saheena Saleem

    October 2, 2020 at 11:34 pm

    V reethi …dhen upload kuraa part miah vure ves reethi vaane kamah ummeedhu kuran❤️

  5. Naa

    October 3, 2020 at 11:04 am

    Eii naaxim noony maaniu.Mashah yageen. Anyway waiting for the next part????????

  6. Maany

    October 3, 2020 at 2:16 pm

    Mi part vx varah reethi masha Allah
    Waiting for the next
    Ly ❤️❤️❤️

Comments are closed.