Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ
ލޯބި

ލޯބީގެ ހައްގުގައި 20

Sh@_n@ Level 410 Stories100 Comments100 Login
October 4, 2020 5 Mins Read
14 Comments

ފޮޓޯއެއް ނެގުމަށް ހުއްޓިލިތަނުން އަހަރެންގެ ލޮލުގައި އަޅައިގަތީ ވަދެގެން އެ އަންނަ މީހާއެވެ.ވަގުތުން އަހަރެންނަށް އިމްރާންގެ އަތުގައި ހިފާ އިމްރާންގެ ފަހަތަށް ވަދެވުނެވެ. އިމްރާން ހުރީ މިވަނީ ކީއްކަން ނޭނގިފައެވެ. އެހެންކަމުން ވަށައިގެން ބަލާވެސް ލިއެވެ.އަހަރެންގެ މޫނުމަތިން އޮއްދާ ހިއްލަންފެށިއެވެ.އަހަރެންގެ ހިތް ބިރުން ތެޅެނީއެވެ.މީހާ ތުރުތުރު އަޅަނީއެވެ.

އިމްރާން ފޮޓޯ ނަގަން ތިބި މީހުން ކައިރީ އިރުކޮޅަކު މަޑުކޮއްލުމަށް ބުނެފަ ގޮނޑިއެއް ގެނެސް އަހަރެން ބޭންދިއެވެ. އަހަރެން ދެން ވަށައިގެން ހޯދާ ބެލި އިރު ފެންނަ ހަމައިގަވެސް އެމީހާ ނެތެވެ. އެވަގުތު އިމްރާން ފެންތައްޓެއް ގެނެސް އަހަރެންނަށް ދިއްކޮއްލިއެވެ.އަހަރެން ފެންތަށީގައި ހިފި އިރުވެސް އަތް ތުރުތުރު އަޅައެވެ. އެއް ނޭވާއިން އަހަރެން ފެންތަށި ބޯލީމެވެ. އެވަގުތު އިމްރާންގެ މަންމަ އަހަރެމެން ފެނިގެން އެތަނަށް އައެވެ. އެހެން މީހުންވެސް ކަންބޮޑުވެފައި އެތަނަށް ޖަމާވާންފެށިއެވެ.

އަހަރެންނަށް އަދިވެސް ބެލެނީ ވަށައިގެން ތިބި މީހުންނަށެވެ. އަނެއްކޮޅުން ގިނަ މީހުން ތިބުމުގެ ސަބަބުން އަހަރެން ދިޔައީ ނޭވާ ހާސްވަމުންނެެވެ. އިމްރާން އަށް އެކަން އެނގިގެން އެތާ ތިބި މީހުން ކައިރީ ތަންކޮޅެއް ފަހަތަށް ޖެހިލުމަށް ބުނެލާ އަހަރެންގެ ބުރަކަށީގައި ފިރުމަމުން ދިޔައެވެ.
“ކިހިނެއް ވީ ރީމް” އިމްރާންގެ މަންމަ ކަންބޮޑުވެފައި އެހިއެވެ.އަހަރެން ނޭވާ ހަމައަކަށް އެޅިލަމުން ވާހަކަ ދެއްކީމެވެ.
”
މާ ބޮޑު ކަމެއް ނުވެޔޭ މަންމާ، މިއަދު މާ ބުރަކޮށް އުޅުނީމަ އެއްޗެއް ނުކެވޭތީ ބޯ އަނބުރާ ގޮތްވީ” އަހަރެން ގަސްތުގައި ކަން ވީ ގޮތް ސިއްރު ކުރީމެވެ. އެއީ މިހާރުވެސް އެމީހުންގެ މޫނުމަތިން ހާސްކަން ފެންނަމުންދާތީއެވެ

އަދި މިފަދަ ރެއެއްގައި އެމީހުންގެ މޫނުމަތިން އުފާވެރިކަން ނޫން އެހެން އެއްޗެއް އަހަރެން ދެކެން ބޭނުން ނުވާތީއެވެ.އަހަރެން އެހެން ބުނުމުން އިމްރާން އެއްޗެކޭ ބުނަން އުޅުނެވެ.އެހެންނަމަވެސް އަހަރެން އެކަން ހުއްޓުވީމެވެ.
” ދެން ހިނގާ، މިހާރު ރަނގަޅު” އަހަރެން އިމްރާންއަށް ބުނެލީމެވެ. އަހަރެން އެހެން ބުނުމާއެކު އެމީހުންގެ މޫނުމަތިން އުފާވެރިކަން ފެނުނެވެ.އިމްރާން އިތުރު އެއްޗެކޭ ނުބުނެ އަހަރެން އަތުގައި ހިފާ ނެގިއެވެ.

ވަގުތުތަށް ފާއިތުވަމުން ގޮސް ޕާޓީ ނިމުމާ ކައިރީވީއެވެ. ފަހަރަކު ބައެއް ނިކުންނަމުން ގޮސް ޓެރަސް އެއްކޮށްހެން މީހުން މަދުވިއެވެ. މިހާރު ތިބީ ހަމަ އެކަނި ގޭ މީހުންނެވެ. އެމީހުންވެސް ސަލާން ކުރުމަށްފަހު ނުކުމެގެން ދިޔައެވެ.
” ދަރިފުޅު ހޯދަން މީހަކު އައިސަ އެބަހުރި، ގޮސް ބަލަ ތިރިއަށް” މަންމަ އެހެން ބުނުމާއެކު އިމްރާން އެބަ އަންނަމޭ ބުނެ ދިޔައެވެ.
” ދަރިފުޅުވެސް ދޭ ކުޑަކޮށް ޖައްސާލަން، ކޮޅަށް ހުރެ ހުރެ ވަރަށް ވަރުބަލި ވެފައެއްނު ތިހިރީ” މަންމަ އެހެން ބުނުމުން އަހަރެން ހިނިތުންވެލީމެވެ.އަދި ކުއްލިއަކަށް އެއްޗެއް ހަނދާންވާ ފަދައިން އީތަން ކޮބާތޯ އަހާލީމެވެ.
” ދަރިފުޅާ ހާސް ނުވެބަލަ، އެސޮރަށް މިހާރު ނިދިފަ އޮތީ، ދެން ދޭ އަވަހަށް ކުޑަކޮށް ޖައްސާލަން” މަންމަ އެހެން ބުނުމުން އަހަރެން ދިޔައީ ވެފައި ހުރި ވަރުބަލިންނެވެ.ކޮޓަރިއަށް ވަތްގޮތަށް ފުރަތަމަވެސް ފާހާނާއަށް ވަދެ ލާފައި ހުރި ހެދުން ބަދަލުކޮށް ގޭގަ ލާ ކަހަލަ ހެދުމެއް ލީމެވެ.އަދި އެއަށްފަހު މޫނު ދޮވެލީމެވެ.އަދި އަމިއްލަ ސޫރައަަށް ބަލާލީމެވެ.
” އަހަރެންމީ މިހާރު އިމްރާންގެ އަނބިމީހާ، މި ކައިވެންޏަކީ ލޯބިން ކުރެވުނު ކައިވެންޏަކަށް ނުވިޔަސް އަހަރެން މަސައްކަތް ކުރާނަން އިމްރާންދެކެ ލޯބިވެވޭތޯ، ކޮންމެ ގޮތެއްވިޔަސް އިމްރާންއަކީ އަހަރެންގެ ހަލާލު ފިރިމީހާ،އަހަރެން އިމްރާންއަށް ބޭނުންވާ އެއްވެސް ކަމެއްގަ ފަސްނުޖެހޭނަން، މިދިރިއުޅުން އާރާސްތު ކުރާނަން،އެއްވެސް މީހަކު މި ދިރިއުޅުމަށް ވަނަކަ ނުދޭނަން” އަހަރެން އަމިއްލަ ނަފްސާ ވާހަކަ ދައްކަމުން އަމިއްލަ ނަފްސަށް ވައުދުވީމެވެ.

ކުއްލިއަކަށް އަހަރެންގެ ލޮލަށް ސިފަވީ މިރޭ އެފެނުނު މީހާއެވެ.އެހާ އަވަހަށް އެމީހާ ދިޔަތަނެއްވެސް ނޭނގެއެވެ. ޔަގީނުންވެސް އެއީ އަހަރެންނަށް ހީވި ގޮތެއް ނޫނޭ އަހަރެންގެ ހިތް ބުނަމުންދިޔައެވެ.

މޫނު ދޮވެލުމަށްފަހު އަހަރެން ފާހާނާއިން ނިކުތް އިރުވެސް ވަށައިގެން ބެލެނީ މީހަކު ހުރި ކަމުގެ އިހްސާސް ކުރެވިގެންނެވެ. އަވަހަށް ގޮސް ކޮޓަރި ހޮޅިބުރި ދިއްލާ އެއްކޮށް ކޮޓަރި އަލި ކޮއްލީމެވެ.އަދި މަޑުމަޑުން އައިސް އަހަރެން އެނދުމަތީ އިށީނދެލާ ހަށިގަނޑު ދަމާލީ އުނަގަނޑަށް އަރާފަ ހުރި ތަދަކުންނެވެ. އިރުކޮޅަކު އެހެން އިނުމަށްފަހު އަހަރެން ވެފައި ހުރި ވަރުބަލިން ޖައްސާލީމެވެ. އޭރު ކޮންމެސް ވަރަކަށް އަހަރެންގެ ބޮލުގައި ދިޔައީ ރިއްސަމުންނެވެ. މާ ގިނައިރެއް ނުވެ އަހަރެންގެ ލޮލަށް ނިދި ސަވާރުވިއެވެ.

އިރުކޮޅެއް ނުވެ އަހަރެންނަށް މީހަކު އަހަރެންގެ ގައިގައި ބީހޭ ކަމުގެ އިހްސާސް ކުރެވުނެވެ. އަހަރެންގެ ހިތް އަހަރެންނަށް ނުބައި އިންޒާރެއް ދިނެވެ.އަހަރެންގެ ހިތްވެސް ތެޅެންފެށީ ބިރެއް ފެނިގެން އުޅޭހެންނެވެ.އެއީ އަހަރެންގެ ހަވަނަ ހިއްސު އަހަރެންނަށް ބުނެދެމުން ދިޔައީ ނުބައެއް އެބަ އުޅޭ ކަމުގައެވެ އަހަރެން ގަދަކަމުން ދެލޯ ހުޅުވާލި އިރު މުޅި ކޮޓަރިވަނީ އަނދިރި ކޮށެވެ.އަހަރެން ކުއްލިއަކަށް އެމީހާ ކޮއްޕާލީ އިމްރާން އަހަރެންގެ ހުއްދަ ނުހޯދާ އެވަރުކަމެއް ނުކުރާނެ ކަން އެނގޭތީއެވެ.

އަހަރެން ދުވެފަ ގޮސް ހޮޅިބުރި ދިއްލާލީ ގަތްފަ ހުރި ބިރެއްގެ ބޮޑުކަމުންނެވެ. އެނދު ކައިރިއަށް ވެއްޓިފައި އޮތް މީހާ ފެނިފައި އަހަރެންނަށް ހީވީ އަހަރެންގެ ފައިދަށުން ބިންގަނޑު ދެމިގަތްހެންނެވެ. އަހަރެންގެ ހަށިގަނޑުގައި ތުރުތުރު ލުމެއް އުފެދުނެވެ.މާޒީގެ ސޮފްހާތަކުން ސޮފްހާއެއް ލޯ ކުރިމަތީ ސިފަވާންފެށިއެވެ.އަދި ދެވަނަ ފަހަރަށް އެކަން ތަކުރާރު ވާން އުޅެނީއޭ ބުނެ އަހަރެންގެ ހިތް އަހަރެންނަށް އިންޒާރުދިނެވެ.

“އިމްރާން، މަންމާ..” އަހަރެންގެ އަޑުގެ ނެތްތަނަށް ހަޅޭލަވައިގަނެ ދުއްވައިގަތީ މާނިއުގެ ކިބައިން ސަލާމަތްވާށެވެ. އެހެންނަމަވެސް ދޮރާ ހަމައަށް ނުދެވި އުޅެނިކޮށް މާނިއު އަހަރެންގެ ފުރަގަހުން އުނަގަނޑުގައި އެއްއަތުން ހިފަހައްޓައި އަނެއް އަތުން އަހަރެންގެ އަނގަމަތީ އަތް އަޅާ ދަމަމުން ކަހަލަ ގޮތަކަށް ގެންގޮސް އެނދުމައްޗަށް ވައްޓާލިއެވެ. އަހަރެންނަށް އަޑުން އަޑުނަގާ ރޮއެގަނެވުނެވެ.
” މާނިއު،ޕްލީޒް، އަހަރެންނަށް ތިހެން ނަހަދާ، އަހަރެން މާނިއުއަށް ދިނީ ކޮން ދެރައެއް،އަހަރެންގެ ފަހަތުން ނެއްޓެން ނޭނގިގެން ތިއުޅެނީ ކީއްވެ،އާދޭސް މިކުރީ އަހަރެން ދޫކޮއްލާ” އަހަރެން ފަހަތަށް ފަހަތަށް ޖެހެމުން ބުނީމެވެ.އެހެންނަމަވެސް މާނިއުގެ ހިތަށް އެއްވެސް އަސަރެއް ނުކުރިއެވެ.އަަހަރެންގެ ފައިގައި ހިފާ ދަމައިގަތެވެ.. އަދި އަހަރެންގެ މޫނުގައި ހިފަހައްޓާ މޫނު ކައިރި ކުރަމުން ދިޔައެވެ.

އަހަރެން މާނިއުގެ ބަނޑުގައި ފައިން ޖަހާ ކޮއްޕާލީމެވެ.އެއާއެކު މާނިއު ވެއްޓުނެވެ. އަހަރެން ދުވެފަ ގޮސް ތަޅުލާފަ ހުރި ދޮރުގައި ހިފާ ތަޅު ހުޅުވީމެވެ.އެހެންނަމަވެސް ނުކުތުމުގެ ފުރުސަތު ނުލިބެނީސް މާނިއު އަހަރެން އަތުގަ ހިފާ ދަމައިގަތެވެ.އަދި ކޮޓަރި ތެރެއަށް ހޫރާލިއެވެ.އެއާއެކު އަހަރެން ވެއްޓުނު ގޮތުން ނިއްކުރި ގޮސްޖެހުނީ އެނދުގެ ކަނުގައެވެ. ވަގުތުން ނިއްކުރި ފަޅައިގެން ދިޔައެވެ. އެއާއެކު ފަޅައިގެން ދިޔަ ތަނުން ލޭ އަންނަން ފެށިއެވެ.މުށިތަށް މައްޗަށްވެސް ލޭ ތިކި ތަޅަންފެށިއެވެ. އެތަންފެނި އަހަރެންގެ މޫނުމައްޗަށް އަނދިރި ވާންފެށިއެވެ.

” ކަލޭ ހީކުރީ އަހަރެންގެ ކިބައިން ސަލާމަތްވާނޭ ދޯ، ދުވަހަކުވެސް ނުވާނެ،އަހަރެންނަށް ދައުވަތު ދިނީ ކަލޭގެ ފިރިމީހާ، އިމްރާންއަކީ އަހަރެންގެ ބޭބެއެއް،އިމްރާންގެ މަންމައާ އަހަރެންގެ މަންމައާ އެއީ އެއްބަނޑު ދެމީހުން، އަހަރެން މިތަނަށް އައި އިރު ނޭނގެ އިމްރާން އިނީ ކަލެއާ ކަމެއް، ފޮޓޯ ނަގަން ހުރިތަނުން އަހަރެންނަށް ކަލޭ ފެނުނީ، މިރޭ އަދި އަމުދުން ކަލޭ ދޫކޮއްލާނީ ކިހިނެއް،ހާދަ ރީއްޗޭ، އަހަރެންގެ މި ކަރުހިއްކުން ނުފިލަނީހެއް މައިތިރި އެއް ނުވާނެ” މާނިއު އެހެން ބުނުމާއެކު އަހަރެންގެ ދެލޯ ބޮޑުވިއެވެ. ހިފެހެއްޓުމެއްނެތި ކަރުނަ ފައިބައިގަތެވެ. ފަޅައިގެން ދިޔަ ތަނުގައި ހިފަހައްޓަމުން ފަހަތަށް ޖެހުނީމެވެ.

އަޑުގެ ނެތްތަނަށް އަނެއްކާވެސް އިމްރާންއަށް ގޮވާލީ ރޮމުންނެވެ. އެހެންނަމަވެސް އިމްރާންގެ އެެއްވެސް ހަބަރެއް ނުވިއެވެ.
” އިމްރާންއެއް ނާންނާނެ، އޭނަ އެބަހުރި އަހަރެން އަންނަންދެން ތިރީގަ، މިފަހަރުދެން އަހަރެންނަށް ފުރުސަތު ދީ،2 އަހަރު ކުރީގެ އެ ރޭގެ މަތިންވެސް އަދި ހަނދާން ނުނެތޭ، ހަނދާން ނެތޭނީ ކިހިނެއް މޭ މަތީގައި އެބައިން އަދިވެސް އެ ލަކުނު” މާނިއު އެހެންބުނެ އަހަރެންގެ ގައި މައްޗަށް އަރާ ހެދުމުގެ ކަރުވަޅާ ދިމާލުގައި ހިފާ ދަމައިގަތެވެ އެއާއެކު ހެދުމުގެ މޭ މަތިން ވީދައިގެން ދިޔައެވެ. ނަސީބަކުން އަޑިން ލާފަ ހުރި ބޮޑީ ޝޫޓްގެ ސަބަބުން ގައިވަނީ ނިވާވެފައެވެ.

އަދި އަހަރެންގެ ދެ އަތުގައި ހިފެހެއްޓިއެވެ.މާނިއު އަހަރެންގެ ދެ އަތުގައި ހިފާފައިވަނީ އަހަރެންނަށް ގުޑި ނުލެވޭ ވަރަށެވެ. މާނިއު އާ ދެކޮޅަށް ހަނގުރާމަ ކޮށް އަހަރެން ވަރުބަލިވިއެވެ.ގައިން ވަރު ދޫވެ،ދެލޯ މެރެމުން ދިޔައެވެ. އޭރު އަހަރެންވަނީ ރޮއެ ރޮއެ ވަރުބަލިވެފައެވެ.
ކުއްލިއަކަށް ބާރު ގަދަ އަތަކުން މާނިއު ނަގާ ހޫރާލިތަން އަހަރެންނަށް ފެނުނެވެ.އަދި ދުވެފަ އައިސް އަހަރެންގެ ކޮލުގައި މަޑުމަޑުން ތަޅަންފެށިއެވެ. އަހަރެން ގަދަކަމުން ދެލޯ ހުޅުވަން އުޅެ އުޅެ ނުހުޅުވުނެވެ. ފުސް ވެފައިވާ ލޮލުގެ ތެރެއިން އަހަރެންނަށް ފެންނަމުންދަނީ ފެންކަޅިވެފައިވާ އިމްރާނެވެ. އިރުކޮޅެއް ނުވެ އަހަރެންނަށް އެއްކޮށް ދެލޯ މެރުނެވެ.

އަނެއްކާވެސް އަހަރެންނަށް އިހްސާސް ކުރެވެންފެށީ މީހަކު އަހަރެންގެ ގައިގަ ބީހޭ ކަމުގެ އިހްސާސެވެ. ހަޅޭލަވައިގަންނަން ބޭނުންވި ނަމަވެސް އެމީހާ ވަނީ އަހަރެންގެ އަނގަމަތީގައި ހިފަހައްޓާފައެވެ.އަހަރެން ވަގުތުން އެމީހާގެ އަތުގައި ދަތްއަޅާ ފުރުސަތުގެ ބޭނުންކޮށް މަންމާއޭ ކިޔާ ހަޅޭލަވައިގަނެ ތެދުވެވުނެވެ. މުޅި މީހާ ވަނީ ދާހިއްލާ ފޯވެފައެވެ. އަހަރެންނަށް އެއީ ހުވަފެނެއްކަން އެނގުނެވެ.

އަހަރެން ވަށައިގެން ބަލާލީމެވެ.އަދި މިރޭ ވީ ކަންތަކުން އަނެއްކާވެސް އަހަރެންނަށް ރޮއެގަނެވުނެވެ. އޭރު ނިއްކުރިއާ ދިމާލުން ބޮލުގައި ވަރަށް ވޭން އަޅަމުންދެއެވެ.
” އިމްރާން، މާނި،މާނިއު އަހަރެންގެ އިތްފަތް…….އަހަރެންނަށް ޖުމްލަ ފުރިހަމައެއް ނުކުރެވުނެވެ.އަދި މޫނުމަތީގައި އަތް އަޅާ ރޯންފެށީމެވެ. އިމްރާން އަހަރެންގެ ބޮލުގައި ފިރުމާލަމުން އެނދުގައި އަހަރެން ބޭއްވިއެވެ. އަދި އަހަރެންނާ ޖެހިގެން އިމްރާން އިށީނދެ އެނދުގެ ހެޑް ބޯޑުގައި ލެގިލައިގެން އިނެވެ. އަދި އިމްރާން އަހަރެން ކައިރީ އެއްވެސް ވާހަކައެއް ނުދައްކާ ނިދާލުމަށް ބުނެ މަޑު މަޑުން އަހަރެންގެ ބޮލުގައި ފިރުމާލަ ފިރުމާލަ އިނެވެ.އިސާހިތަކު އަހަރެންނަށް ނިދުނެވެ.

ހެނދުނު އަހަރެންނަށް ހޭލެވުމާއެކު ވަށައިގެން ބަލާލެވުނެވެ. އަހަރެންނަށް އޮވެވުނީ އިމްރާންގެ ކޮނޑުގައި ބޯ އަޅައިގެންނެވެ.ރޭގަ އެ އިން ގޮތަށް އިމްރާނަށް އިނީ ނިދިފައެވެ.އަހަރެން މަޑުމަޑުން ބޮލުގައި އަތްއަޅާ ތެދުވެވޭތޯ މަސައްކަތް ކުރީމެވެ.އަހަރެން ތެދުވަން އުޅެނިކޮށް ހެދުމަށް ވާން ވެގެން އަހަރެން ވެއްޓުނީ އިމްރާންގެ ގައިމައްޗަށެވެ.އެއާ އެކު އިމްރާނަށް ސިއްސައިގެން ގޮސް ހޭލެވުނެވެ.

އަހަރެންނާ އިމްރާންގެ ހަތަރު ކަޅި ހަމަވިއެވެ. އިމްރާންގެ މޫނު އެހާ ކައިރިން ފެނުނު މީ ފުރަތަމަ ފަހަރެވެ. ކަޅި ޖަހާނުލާ އަހަރެންނަށް އިމްރާންގެ މޫނަށް ބެލެމުންދަނީ އެ މޫނުމަތީގައިވާ ހިތާމައިގެ އަސަރުންނެވެ.އިމްރާންވެސް އަހަރެންގެ މޫނަށް ބަލަމުން ދިޔައެވެ.އަދި އަހަރެންގެ މޫނާ ކައިރި ވެލިއެވެ.އަހަރެންނަށް ދެލޯ މަރާލެވުނީ ކުރެވުނު އިހްސާސަކުންނެެވެ.އޭރު އަހަރެންގެ ހިތުގެ ހިނގުންވަނީ އަވަސްވެފައެވެ. ނޭވާވެސް ލެވެމުންދަނީ އަވަހަށަ ފުންކޮށެވެ.

އިމްރާން އަހަރެންގެ މޫނާ ކައިރިވެލުމަށްފަހު އަހަރެންގެ ނިތުގައި ބޮސްދިނެވެ.އަހަރެންގެ ގައިން ދިޔައީ ހީބިހި ނަގައިގަނެވެ. އިމްރާންގެ އެއްވެސް ކަމެއް އަހަރެން ހުއްޓުވާކަށް ގަސްތެއް ނުކުރަމެވެ. އެއީ އަހަރެންގެ މައްޗަށް އިމްރާންއަށް އެ ހައްގު އޮތީމައެވެ.

ކުއްލިއަކަށް އަހަރެންނަށް ދޮރާ ދިމާލަށް ބަލާލެވުނީ ދޮރުގެ ތަޅުގައި މީހަކު ހިފުމުންނެވެ.އަހަރެން ބިރެއް ފެނިގެން އުޅޭހެން އިމްރާންގެ އަތުގެ ތެރޭގައި ބޮނޑިވެގަތީމެވެ.އިމްރާން އަހަރެން ހަމަޔަކަށް އަޅުވަމުން ކަމެއް ނުވާނޭ ބުނެ މަޑުމަޑުން ގޮސް ދޮރު ހުޅުވިއެވެ.ކުރިމަތީ ތިބި ޕޮލިހުން ފެނިފައި އަހަރެންނަށް ވީ ގޮތްވެސް ބުނާކަށް ނޭނގުނެވެ

ނުނިމޭ

މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.

Share Article

Follow Me Written By

Sh@_n@

Level 410 Stories100 Comments100 Login

Other Articles

Previous

ހިތި ލޯބި

Next

ހިތި ނިމުން 2

Next
October 5, 2020

ހިތި ނިމުން 2

Previews
October 4, 2020

ހިތި ލޯބި

14 Comments!

  1. kujjaa says:
    October 4, 2020 at 11:43 pm

    Vvvv reethi
    when next
    v ufaavey komme part evves avahah up kolladheythee

    1. Sh@_n@ says:
      October 5, 2020 at 6:08 am

      Thankx kujja???♥️

  2. Ram says:
    October 4, 2020 at 11:48 pm

    Massha allah vvvv reethi ❤❤❤❤❤❤❤ next part pls

    1. Sh@_n@ says:
      October 5, 2020 at 6:09 am

      Thanx ram❤️❤️❤️

  3. Maany says:
    October 5, 2020 at 8:30 am

    Masha Allah varah reethi mi part ves
    Waiting for the next

    1. Sh@_n@ says:
      October 5, 2020 at 10:14 am

      Thank you so much maany❤️❤️

  4. ?Ril? says:
    October 5, 2020 at 8:34 am

    Wow mi part ves vrh sali ❤️❤️
    Masha Allah keep it up❤️❤️❤️
    Pis Pis mioh maaniu eh dhw ladeh hayaatheh ves nei huh ????????
    Now I think at last reem aa Imraan hen guleynee❤️❤️❤️
    Keeveebaa police aeee???
    So curious❤️❤️❤️
    Waiting for the next part ❤️❤️❤️
    Lysssssmmmm ❤️❤️❤️
    Stay safe, ❤️❤️❤️❤️

    1. Sh@_n@ says:
      October 5, 2020 at 10:16 am

      Thank you so much Ril♥️♥️ lets see dhw kaakah thw libheynee?

  5. Anaaya anaa says:
    October 6, 2020 at 10:04 am

    ????????mashaa Allah
    Mi prt vx obi ????
    Shރ nރ alhunn comment nukure vunass Hurihaa baeh kiyamey ????
    Don’t feel bad ????
    ❤️❤️❤️❤️ whn nxt
    Waiting ☺️☺️☺️☺️☺️????

    1. Sh@_n@ says:
      October 7, 2020 at 9:18 pm

      Thank you so much Anaaya anaa, varah ufaavehje comment kohleema❤️❤️??

  6. SHABAKKO 10 says:
    October 6, 2020 at 2:34 pm

    Oh?kon polihunneh neh tha??
    ❤️❤️By the way varah reethi
    ??Keep it up my dear

    1. Sh@_n@ says:
      October 7, 2020 at 9:20 pm

      Thank you so much shabakko ?❤️❤️❤️

  7. ✨Naako✨ says:
    October 6, 2020 at 9:12 pm

    Vrh reethi mi part ves……… curiously waiting for the next part……….. stay safe and sound………..

    1. Sh@_n@ says:
      October 7, 2020 at 9:21 pm

      Thank you so much Naako❤️?❤️

Comments are closed.

Next Episodeލޯބީގެ ހައްގުގައި 21←


All Right Reserved!