” އޫފް ކިރިޔާ “ޔުމްނު އާއި ޝަމްސް އަނބުރާ ރެސްޓޯރެންޓަށް ވަނެވެ. ދެމީހުން ކައި ނިމުނެވެ. ދެން ޝަމްސް އަހާލި އެއްޗަކުން ޔުމްނުގެ ދެލޯ ބޮޑުވި އެވެ……………
” ވިލް ޔޫ މެރީ މީ “ ޝަމްސް އެއްކަކޫ މައްޗަށް ހުރެ އަހާލި އެވެ. ” ޔެސް “ޔުމްނު އަތަށް އަނގޮޓި ލައްވާލައިފައި ބުންޏެވެ.
” ކޮން ދުވަހަކުން “ ޔުމްނު ހުރީ ކެތް މަދު ވެފައެވެ. ” މާދަމާ ރޭ “ޝަމްސް ފަޚުރުވެރި ވެލައިފައި ބުންޏެވެ ”އެކަމަކު ކިހިނެއް ހުރިހާ ކަމެއް ތައްޔާރު ކުރާނި މިހާ އަވަހަށް “ ޔުމްނު ހުރީ ހާސް ވެފައެވެ. މާދަން ރޭ ކައިވެނި ކުރަން ތަކެތި ވެސް ހޯދައި ތައްޔާރު ކުރަން ޖެހޭނެއެވެ. ” ޔުމްނޫ…. ހުރިހާ ކަމެއް ވެސް ހުންނާނެ ހަމަޖައްސާފަ “ ޝަމްސް ޔުމްނު ގެއަށް ގެނެސް ދެމުން ބުންޏެވެ.
” މަންމާ ބައްޕާ އަހަރެން މިއުޅެނީ މާދަމާ ރޭ ޝަމްސް އާއި ކައިވެނި ކުރަން… މަންމަމެން ޤަބޫލު ތަ“ ޔުމްނު އުފަލުން ކޮޅެއް ނެތެވެ.
” އާނ އެއީ ވަރަށް ރަނގަޅު ކުއްޖެއްނު…. އެކަމަކު ކިހިނެއް ކައިވެނީގެ ކަންތައް ހަމަޖައްސާނި “ ސަމީރާ ހުރީ ކަން ބޮޑު ވެފައެވެ. މުއްސަނދި ދެމީހުން ކައިވެނި ކުރާއިރު ސައެއް ވެސް ދޭން ޖެހޭނެއްނޫން ހެއްޔެވެ. ”އާނ ދަރިފުޅާ ކުޑަ…. “ ހައިކަލްގެ ބަސްތައް ޔުމްނު ހުއްޓާލިއެވެ. ”ނޫން ހުރިހާ ކަމެއް ވެސް ހުންނާނެ ޝަމްސް ނިންމާފައި… ހަމައެކަނި މި ކާޑު ކޮޅު ބަހާލަން ޖެހޭނީ…… މާދަން ދައްޗެ މި ބަހާލަން ބައްޕާ “ ބައްޕަ އަތަށް ޔުމްނު ގެނައި ކޮތަޅު ދިއްކޮށް ލަމުން ޔުމްނު ބުންޏެވެ. ހައިކަލް ކޮތަޅު ހިފައިގެން ކޮޓަރި އަށް ވަނެވެ. ޔުމްނު ވެސް ކޮޓަރި އަށް ގޮސް ފާޚާނާ އަށް ފެންވަރައިލަން ވަނެވެ. ފެންވަރައިގެން ނައިޓީއެއް ލައިފައި ނިދަން އޮށޯތެވެ.
ޔުމްނު ކީއްވެ އަހަރެން ދޫކޮށްލީ.. އަހަރެން އިނގޭ ކީއްވެ ކަން އަހަރެން ވަރަށް އަވަހަށް މީގެ ބަދަލު ހިފާނަން…. މުއުމިނު ޖިންނިއެއް ޖިންނި އެއް ވިޔަސް ދެނެއް ކެތެއް ނުކުރެވޭނެ. ޔަމާނީ ޔުމްނު އަށް ބަލަންހުރެ ރޮވެން ފެށުނެވެ. ޔުމްނުގެ ކޮޓަރީގައި އިނދެފައި އޭނާ ދިޔައެވެ.
އަނެއް ދުވަހު ހެނދުނު ހޭލައިގެން ޔުމްނު އަވަހަށް ބަދިގެއަށް ވަދެ ރޮށި ފިހެ ބިސް ރިހަ ކެއްކި އެވެ. މަންމަ އަށް ޝައްކު ވެދާނެތީ ބަދިގެއިން ނިކުތެވެ. އެއީ ޔުމްނު ރޮއްޓެއް ފިހެލިއަސް ރުޅިއައިސް ރަތް ވެފާ ހުންނަ މީހެކެވެ ”މަންމާ ކޮންއެއްޗެއް ކާން ހެދީ “ޔުމްނު މަންމަ އަށް ގޮވިއެވެ. ”މަންމަ ހަދާން ނެތިގެން މިއަދު ހެނދުނު ސައެއް ނުހަދަން އާދޭ ބިސްކޯދެއް އެއްޗެއް ކާން “ސަމީރާ އަކަށް ޔުމްނު ސައި ހެދިކަމެއް ނޭނގެއެވެ.
” ޔުމްނޫ ކީއްވެ ސައި ހެދީ “ ބަދިގެއަށް ވަދެފައި ސަމީރާ ޔުމްނު އާ ދިމާއަށް ހަޅޭއް ލަވައިގަތެވެ. ދެމީހުން ކޯޅެން ފެށިއެވެ. ކޯޅެން ތިއްބާ ހައިކަލް އައިސް ބަދިގެއަށް ވަނެވެ. ”ކިހިނެއް ވެގެން މިއުޅެނީ ޕިސް ޕިސް ދެންދޯ“ ހައިކަލް ހުރީ ސޮނިވެއްޓިފައެވެ. ” ދެން ހައިކަލް ވެސް ދޯ…. ބަލާބަލަ ނިކަން ޔުމްނު ހެނދުނު ސައި ހެދީ އެވެ. “ ”އެވަރުގެ ކުޑަކުޑަ ކަމެއް ވީމަ ތިޔަ ކޯޅެނި.. ހާދަ އާދާޔާ ޚިލާފު ކަމެކޭ. “ހައިކަލް ވެސް ސަކަރާތް ޖަހަން ފެށި އެވެ. ”މަންމާ ޔުމްކޯ ކިހިނެއް ވެގެން މިއުޅެނީ. “ ތަސްނީމް ހެނދުނު ސައިބޯން އައިއިރު ދެމީހުން ކޯޅޭތީ ބުންޏެވެ. ” ކަމެއް ނުވޭ އާދޭ ކާން“. ސަމީރާ ނޭނގޭ ކަމަށް ހަދާފައި ކާން ފެށިއެވެ. ”ބައްޕާ ކާޑުތައް ބަހައިފިންތަ“ ޔުމްނު ތަށިތައް ދޮންނަން ދަމުން އަހާލިއެވެ. ” އާން އެކަން ނިމިއްޖެ “ ހައިކަލް މާގިނަ ވާހަކަ ނުދައްކާ އޮފީހަށް ދިޔައެވެ.
” ހަލޯ ޔުމް އާދެ ބަލަ ތިރިއަށް.. މިހިރީ ތިގެ ކައިރީގައި.“ ޝަމްސް ޔުމްނު ގާތު ތިރިއަށް އައުމަށް އެދުނެވެ. ޔުމްނު އިތުރު ކަމެއް ނުކޮށް މިދަނީއޭ ބުނެ ތިރިއަށް ދިޔައެވެ. ޔުމްނު ޝަމްސް އާއި އެކު ޕާޓީ އޮންނަ ތަން ބަލައި ލާން ދިޔައެވެ. ” ވާއު ސަޅި “ޔުމްނު ހުރީ ތަން ޑިޒައިން ކޮށްފައި ހުރި ވަރުން ސޮނިވެއްޓިފައެވެ. އެތާނގައި އިރުކޮޅަކު ހުރެފައި ޔުމްނު ގެއަށް ލާން ޝަމްސް ދިޔައެވެ. އަން މިއޮތީ ހެދުން ތައްޔާރު ވެގެން މިރޭ އަށެއް ޖަހާއިރު އަންނާތި ސަނީ ބްރޭޑް އަށް އާއިލާގެ މީހުން ގޮވައިގެން. ޝަމްސް ތައްޔާރު ވާން ދިޔައެވެ.
ޔުމްނު ފާޚާނައަށް ވަދެ ފެންވެރިއެވެ. ފެންވަރައިގެން ތައްޔާރު ވާން ފެށިއެވެ. ކަޅު ކުލައިގެ ބްރައިޑް ހެދުމާއި ކަޅު ހަރުވާޅެއް ލިއެވެ. ލުއި ގޮތަކަށް މޭކަޕް ކޮށްލައިފައި ކަޅު އިސްޓާކީނަށް އަރައިފައި ކަޅު އޮފު ބޫޓައް އަރައިފައި ބައްޕައާ އެކު އާއިލާގެ އެހެން އެންމެން ގޮވައިގެން ކާރުގައި ސަނީ ބްރޭޑް އަށް ދިޔައެވެ. ޔުމްނު ދިޔައިރު ޝަމްސް އާއި އޭނާގެ އާއިލާ ވެސް އައިސް ހުއްޓެވެ. ފަސް ވަރަކަށް މިނެޓު ފަހުން ކޯޓުން މީހުން އައެވެ.
ޚުޠުބާ ކިޔައި ނިމުމުން ޝަމްސް ”އަނބި ޤަބޫލު ކޮށްފިން “ ޔުމްނު ރަނަށް ކީ ދެ ހާސް ރުފިޔާ އެވެ. ޕާޓީ ފެށޭނީ 15 މިނެޓް ފަހުން ކަމަށް ވާތީ އަހަރެން ޝަމްސް އާ އެކު ގެނައި މިލްކްޝޭކް ބޯލީމެވެ. އިރުކޮޅެއް ފަހުން ޕާޓީ ފެށުނެވެ. ޢާއިލާގެ މީހުން ކާން ބެހެއްޓި ތަކެތި ފިޔަވައި އެހެން ހުރިހާ އެއްޗެއް ޕާޓީ ނިމުނު އިރު ހުރީ އެއްކޮށް ހުސް ވެފައެވެ. ޕާޓީ ނިމިގެން އެންމެން ކައިގެން ހަދިޔާ ތައް ހިފައިގެން ޝަމްސް ގެއަށް ދިޔައީ ނިދާށެވެ. ޔުމްނު ފެންވަރައިގެން ނައިޓީއެއް ލިއެވެ. ޔުމްނު ނިދަން އޮށޯތެވެ. އޭރު ޝަމްސް އެނދުގައި ނިދާފައި އޮތެވެ.
” ޝަމްސް އަވަހަށް ތެދުވެ ސައި ބޯން “ ޔުމްނު ޝަމްސް ނުހޭލާތީ ގޮވިއެވެ. ޝަމްސް ތެދުވެ ނަމާދު ކޮށް ލައިގެން ބަދިގެއަށް ވަދެ ކާން ފެށިއެވެ. ” އާހް “ ކާން ތިއްބާ ކުއްލިއަކަށް ބާރު އަޑެއް އިވުނެވެ.

3 ވަނަ ބަޔަށް އިންތިޒާރު ކޮށްލާ ☺️

65

2 Comments

  1. Ayesha

    October 1, 2020 at 9:28 pm

    Haadha foohi gothakah genes dheefa mihury 🙄🙄

  2. Xell

    October 5, 2020 at 8:29 pm

    Dhogeh vrh salhi… Ekm Ayesha ebuny thedheh

Comments are closed.