ޔުމްނު 3
” ޝަމްސް އަވަހަށް ތެދުވެ ސައި ބޯން “ޔުމްނު ޝަމްސް ނުހޭލާތީ ގޮވިއެވެ. ޝަމްސް ތެދުވެ ނަމާދު ކޮށް ލައިގެން ބަދިގެއަށް ވަދެ ކާން ފެށިއެވެ.” އާހް “ކާން ތިއްބާ ކުއްލިއަކަށް ބާރު އަޑެއް އިވުނެވެ.
****************
” ކޮން އަޑެއް “ ޔުމްނު ހާސް ވެފައި ބުންޏެވެ. ” އާ….. “ ކުރިއަށް ވުރެ ބާރުވިއެވެ. ޔުމްނު ބޭރަށް ނިކުތެވެ. ޖެހިގެން ހުރި އެޕާޓްމެންޓު ކައިރީގައި އެތައް ބައިވަރު މީހުން އެއްވެފައި ހުއްޓެވެ. ” އެއިވުނީ ކޮންއަޑެއް “ ޔުމްނު އެތަނުގައި ހުރި މީހެއް ގާތު އެހި އެވެ. ” އަންހެން ކުއްޖަކު ހަޅޭއްލަވާ ގަތް އަޑު ”ކާފާ ތިހެން ނުހަދާށޭ ކިޔާ“ ހަޅޭއްލެވި.. އެހެން ވެގެން މިއުޅެނީ އޭނާގެ ކާފައަކީ ސިހުރު ހަދާ މީހެއް. “ އެމީހާ އަށް އެނގިފައިވާ މައުލޫމާތު ޔުމްނު އަށް ދިނެވެ. އިރުކޮޅެއްގެ ތެރޭގައި އެކުއްޖާ ހޮސްޕިޓަލް އަށް ގެންދެވުނެވެ. ޔުމްނު އާއި ޝަމްސް ވެސް އެ މީހުންނާއި އެކު ދިޔައެވެ.
” މަންމާ ބައްޕާ މިތާ ތިކީއްކުރަނި.“ޔުމްނު އަށް މަންމަމެން ފެނުމުން ހައިރާން ވިއެވެ. ”ހަމް…. ހަ.. ހަ… ހަމްޒާ……… “ ސަމީރާ އަށް ބުނެވުނީ މިހިސާބަށެވެ. އޭނާ ގަދަކަމުން ހިފެހެއްޓި ކަރުނަ ތައް އިސްކޫރެއް ދޫކޮށްލި ފަދައިން އޮހިގަތެވެ.
……………………………………………………” ނޫން ތިހެން ނުހަދާ ކާފާ އަޅެ ހެޔޮނުވާނެ ތިހެން ނުހަދާ “ޔުމްނު އަށް ހަޅޭއް ލަވައިގަނެވުނެވެ. ނަމަވެސް އެތަނުގައި އެކަކު ވެސް އޭނާގެ އާދޭސް އަޑުއަހާކަށް ނެތެވެ.” ޔަމާނީ……. ނޫން ޔަމާ…. ކާފާ….. ހެޔޮނުވާނެ އަހަރެން އާދޭސް ކޮށްފަ މިބުނީ ޔަމް މަރައިނުލާތި….. އާ…… “ ޔުމްނު ބަނދެފައި ހުރި ނަރުގަނޑު ތެރެއިން ލައިފައި ޔަމާނީގެ އަނގޮޓި އެއްލައިލިއެވެ. ހާމިދަށް މިތަން ފެނިފައި ރުޅި އައިސްގެން ޔަމާނީ މަރައިލިއެވެ.
……………………………………………………
” އިޓްސް ނޯ މޯ ވީ އާ ސޯ ސޮރީ “ޑަކުޓަރު ނިކުމެ ދިން ޖުމްލައިން ސަމީރާ ބިންމައްޗަށް ވެއްޓި ބޯ ފަޅައިގެން ދިޔައެވެ. ނަސީބު ރަނގަޅު ކަމުން ސަމީރާ އޭޑީކޭގެ އެމަޖަންސީ ރޫމް އަށް ވެއްދިއެވެ. ހަމްޒާގެ ކަށުކަމާކެމީގެ ކަންކަން ނިންމައިފައި ވަޅުލުމުގެ މަސްކަތުގައި އުޅެނިކޮށް ޔުމްނު އަށް ހަވަމީ ފެނުނެވެ. ނަމަވެސް ޔުމްނު އަކަށް އެއީ ހަވަމީ ކަމެއް ނޭނގެއެވެ. ” ހައި “ ހަވަމީ ގޮވާލިއެވެ. ”އަމް ކުޑަ ކަމެއް ކޮށް ދެވިދާނެތަ “ ހަވަމީ ޔުމްނަށް އަމާޒުކޮށް ބުންޏެވެ. ޔުމްނު އޭނާ އަށް ބަލައި ވެސް ނުލައި ބޯޖަހާ ލިއެވެ. ” އެކަމަކީ މި ވާފަށް ދަމައިގަނޭ އޭރުން ތި ކަމުގެ ބަދަލު ކޮންމެވެސް ގޮތަކުން ދޭނަން. “ ހަވަމީ ތިރިއަށް އިންސާނީ އަތް ދިއްކޮށްލައިފައި ބުންޏެވެ. ޔުމްނު ބަލާކަށް ނުހުރެއެވެ. އެ ވާފަށަށް ދަމައިގަނެ އެވާފަށް އެއްލައިލިއެވެ. އެއްލާލުމާއި އެކު އެނދިއެވެ. އޭނާ އަށް ނޭނގި ނަމަވެސް އެ މިނިވަން ކޮށްދިނީ ހަވަމީ އެވެ. ހަމްޒާ ވަޅުލުމަށް ފަހު މަންމަ ގާތަށް ޔުމްނު ދިޔައެވެ.
” މަންމާ “ ޔުމްނު ހޭނެތިގެން ބިންމައްޗަށް ވެެއްޓުނެވެ. ހޭލެވުނު އިރު ޔުމްނު އަށް ފެނުނީ ފެހިކަން ގަދަ ކޮޓަރި އެކެވެ. އެތާނގައި އެ މީހުން ކައިވެނި ކުރި ދުވަހު ނެގި ފޮޓޯ އެލުވައިފައި ހުރުމުން އެއީ ޔުމްނު ކޮޓަރި ކަން އެނގުނެވެ. އޭނާ ފުން ނޭވާއެއް ލުމަށްފަހު ފާޚާނާ އަށް ވަނެވެ. އޭނާ ފާޚާނާ ގޮސް ހޮޑު ލިއެވެ. ” ޔުމްނު ކީއްވެ ތި މާ ވަރަކަށް ހޮޑުލަނީ. “ ޔުމްނު މާވަރަކަށް ހޮޑުލާތީ ޝަމްސް ސުވާލު ކުރި އެވެ. ” ނޭނގޭ ހިނގާބަ ޑޮކްޓަރަށް ދައްކަން. ޔުމް ކުރީގަ ވެސް ހޮޑުލިން “ ޝަމްސް ކަންބޮޑުވެފައިވާކަން އެނގުމުން އަވަހަށް ހޮސްޕިޓަލް އަށް ދިޔަ އެވެ.
” މިއޮތީ ކިޔު ނަންބަރު ތިނެއް “ކައުންޓަރު ނަންބަރު ދިނެވެ. ޔުމްނު ކިޔުއަށް އަރާ ހަމަޖެހިލިއެވެ. އިރުކޮޅެއް ފަހުން ދެވަނަ މީހާ ނިކުތެވެ. ” ކިހިނެއްތޯ ވަނީ “” ހޮޑުލެވެނީ ބަނޑަށް ތަދު ވެފައި “” ޖެހޭނީ ބަނޑުގެ ސްކޭން އެއް ކޮށްލާން އާދޭ މި ކޮޅަށް “ ސަމީމާ ޔުމްނު އަށް ބުންޏެވެ. ޔުމްނު ބަނޑުގެ ސްކޭން ކުރިއެވެ. ”މަރުހަބާ ޔުމްނު ބަނޑު ބޮޑު ސަމީމާ ޝަމްސް އަށް އެ އުފާވެރި ޚަބަރު ދިނެވެ. ޔުމްނު ޝަމްސް ފެނިފައި ދެލޯ ބޮޑުވި އެވެ.
މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.

