ލޯބީގެ ހައްގުގައި 17
2 އަހަރު ފަސް
” ދަރިފުޅޫ މަންމައަށް އެ އޮތީ ނިދިފަ، މަންމައަށް އުނދަގޫ ވެދާނެ، އާދެ ބައްޕި ކައިރިއަށް” ދެބަ ދޭތެރެއިން އިމްރާން އެހެން ބުނި އަޑު އަހަރެންނަށް އިވުނެވެ.
ލޮލުގައި ނިދީގެ އަސަރު ހުރި ނަމަވެސް އަހަރެން ގަދަ ކަމުން ދެލޯ ހުޅުވާލީމެވެ. އަދި އިމްރާން ކައިރީ އިށީންދެގެން އަހަރެންނަށް ބަލަން އިން އީތަން ފެނުނެވެ. އަހަރެން އީތަންއަށް ބަލާލައި އަހަރެންގެ ކައިރިއަށް އައުމަށް އެދި ދެއަތް ނަގާ ފޭ ކޮއްލީމެވެ. އީތަން ދުވެފަ އައިސް އަހަރެންގެ ގައިގަ ބައްދާލަމުން އަހަރެންގެ އަތް މަތީ އޮށޯވެލިއެވެ.އަހަރެންވެސް އީތަންގެ ގައިގަ ބައްދާލީ ވަރަށް ލޯބިންނެވެ. އަދި ދެލޯ މަރާލީ ސިކުނޑި އަބަދުވެސް އެ ހިޔާލުތަކުން ދުރަށް ނުދާ މީގެ ދެއަހަރުގެ ކުރީގެ ހަނދާންތައް ފުހެލެވޭ ތޯ ބަލަމުންނެވެ.އެހެންނަމަވެސް މިވީ ދެ އަހަރު ތެރޭގައި އަހަރެންނަށް އެއިން އެއްވެސް ކަމެއް ހަނދާނެއް ނުނެއްތުނެވެ. އަޔާގެ ލޯބި މިހިތުން ފިލުވައެއް ނުލެވުނެވެ. އެ ލޯބި މިހިތުގައިވަނީ ބިންވަޅު ނެގިފައެވެ.
އެރެއަކީ އަހަރެންގެ ހަނދާނުން ދުވަހަކުވެސް ފިލައިގެން ނުދާނެ ރެއެކެވެ. އެއީ އަހަރެންގެ އަޔާ އެހެން މީހެއް އަޔާގެ އަތްބެއްގެ ގޮތުގައި ބަލާގަތްރެއެވެ.ކިތަންމެ ދެރަވެ ހިތް ކުދި ކުދި ވި ނަމަވެސް ގޮތް ހުސްވެފައިވާ މީހެއް ފަދައިން އަހަރެންނަށް އެ މަންޒަރު ބަލަން ހުރުން ނޫން ކަމެއް ނުކުރެވުނެވެ. އަޔާ އެހެން މީހަކު އަތްބެއްގެ ގޮތުގައި ބަލައިގަތް ވަގުތު އަހަރެންނަށް އިހްސާސް ކުރެވުނީ އަހަރެންގެ ހިތް ކަފާ ކުދި ކުދި ކުރާ ކަމުގެ އިހްސާސެވެ. އެއްވެސް މީހަކަށް އެމީހަކު އެންމެ ލޯބިވާ މީހާ އެހެން މީހެއްގެ ހައްގަކަށް ވާތަން ދުށުމަކީ ކެތް ކުރެވޭނެ ކަމެއް ނޫނެވެ.
ގޮތް ހުސްވެފައިވާ މީހެއް ފަދައިން އަހަރެން އެތަނުން ދުއްވައިގަތީ އިތުރަށް އެ މަންޒަރު ބަލާނެ ހިތްވަރު އަހަރެންގެ ގައިގަ ނެތުމުންނެވެ. ބަލާނުލާ މަގު ހުރަސް ކުރުމުގެ ސަބަބުން އަހަރެން މަގުގެ އަނެއްފަރާތުން އައި ކާރެއްގަ ޖެހި ވަގުތުން ވިއްސައިގެން ދިޔައެވެ. ހަމަ އެވަގުތު އަހަރެންގެ ލޮލަށް މަންޒަރު ފުސްވެ، ދެލޯ މެރުނެވެ.
އަހަރެންނަށް ހޭވެރިކަން ވުމާއެކު އަހަރެން ވަށައިގެން ބަލާލީމެވެ. އަހަރެން ތެދުވަން އުޅެފަވެސް ގައިގަ އެއްވެސް ވަރެއް ނެތުމުން އަހަރެންނަށް މަޖުބޫރު ވީ އަނެއްކާވެސް އޮށޯންނާށެވެ. އެވަގުތު ވަދެގެން އައި އަންހެން މީހާ އަހަރެން ފެނުމާއެކު ވަގުތުން ޑޮކްޓަރަށް ގޮވިއެވެ. އިރުކޮޅެއް ނުވެ ޑޮކްޓަރު ދުވަމުން ދުވަމުން އައެވެ.
” ޑޮކްޓަރު އަހަރެން ބެލުމަށްފަހު އެ އަންހެން މީހާ ގޮވައިގެން ބޭރަށް ނުކުތެވެ.އަދި ދެމީހުން ވާހަކަ ދައްކަމުން ދިޔައިރު އެދެ މޫނުގައިވި މާޔޫސްކަމާއި ހާސްކަން، އަހަރެންނަށް ނަގައިގަނެވުނެވެ.އަދި ކަމެއް ގޯސްވެއްޖެ ކަމުގެ އިޝާރާތް އަހަރެންގެ ހަވަނަ ހިއްސު އަހަރެންނަށް ބުނެދެމުން ދިޔައެވެ. އަހަރެން އަވަހަށް އެނދުން ތެދުވަން އުޅުނީމެވެ.އެހެންނަމަވެސް އަހަރެންގެ ފަޔަށް އެއްވެސް ބާރެއް ލެވޭ ކަމުގެ އިހްސާސް އަހަރެންނަށް ނުކުރެވެ. އަނެއްކޮޅުން ފައި ހިއްލާވެސް ނުލެވުނެވެ.އަހަރެން ރޮއެގަންނަމުން ޑޮކްޓަރަށް ގޮވީމެވެ. ޑޮކްޓަރު އަވަހަށް އެތަނަށް އައެވެ.އެ އަންހެންމީހާ ވެސް ވަންނަން އުޅުނެވެ.އެހެންނަމަވެސް އެހެން މީހަކު ގޮވުމާއެކު އެމީހާ އެބަ އަންނަން ކަމަށް ބުނެ ދިޔައެވެ.
” ޑޮ..ޑޮކް..ޑޮކްޓަ..ޓަރ، އަ..އަ އަހަރެންގެ ފަޔަށް ކިހިނެއްވެފަ މިހިރީ، އެއްވެސް ހަރަކާތެއް ނުކުރެވޭ، އެއްވެސް އިހްސާސެއްވެސް ނުކުރެވޭ، ޑޮކްޓަރ..ކިހިނެއް ހޭ މިވީ” އަހަރެން ރޮމުން ރޮމުން ޑޮކްޓަރަރ ސުވާލު ކުރީމެވެ. އަހަރެންގެ ސުވާލުން ޑޮކްޓަރ އިސްޖަހާލިއެވެ.އެ އިސްޖަހާލުމުން އަހަރެންނަށް ޖަވާބު ލިބުނު ކަހަަލައެވެ.
އަހަރެންގެ ލޮލުން އޮހޮރިގަތީ ކަރުނައެވެ.އެއްކަމަކަށް ފަހު އަނެއްކަމެއް އަހަރެންނަށް މި ދަނީ ދިމާވަމުންނެވެ. މިހުރިހާ ކަަމަކާ ކުރިމަތި ލާންވެސް މިހުރީ އަހަރެން އެކަންޏެވެ. ބައްޕަ ފަދައިން އަހަރެންވެސް ގޮނޑީގެ ބޭނުން ޖެހުނީއެވެ. އެހެންނަމަވެސް އެހާ އަވަހަށް ހިތްވަރު އެލުވާލާކަށް އަހަރެން ބޭނުމެއް ނުވިއެވެ.އެހެންކަމުން އަހަރެން ދެލޯ ފުހެލަމުން ރީތިކޮށް އޮށޯވެލީމެވެ.އަދި އެ އޮތް ގޮތަށް އޮވެ ޑޮކްޓަރަރ ސުވާލު ކުރީމެވެ.
” ކިހާ އުއްމީދެއް އެބަ އޮތް” އަހަރެން އުއްމީދީ ޖަވާބެއް ބޭނުންވާ ފަދައިން ޑޮކްޓަރ ގެ މޫނަށް ބަލާލަމުން އަހާލީމެވެ.
” އުއްމީދު އެބަ އޮތް، ކުޑަ ހިތްވަރެއް ބޭނުންވާނީ” ޑޮކްޓަރ އަހަރެންގެ މޫނަށް ބަލާލަމުން ބުނެލިއެވެ. އަހަރެން ބޮލުގެ އިޝާރާތުން އާ އެކޭ ބުނެލީމެވެ. ޑޮކްޓަރ ކަންތަށް ކުރަންވީ ގޮތް ކިޔައިދިނުމަށްފަހު ދިޔައެވެ.އަހަރެން ދެލޯ މަރާލީމެވެ. އެއާއެކު އަޔާގެ އެންމެ ފަހުގެ ބައްދަލުވުން ހަނދާނަށް އައިސް ލޮލުން ކަރުނަ ހިލުނެވެ. އަހަރެން ސިއްސައިގެން ދިޔައީ ބޭސް ހިފައިގެން އައިސް ނަރުސް ކުއްޖަކު ގޮވާލުމުންނެވެ.
” ރޮނީތަ،އެހާ ވަރަށް ނުވިސްނާ، ހުރިހާ ކަމެއްވެސް ރަނގަޅުވާނެ”ނަރުސް ކުއްޖާ ހިތް ހެޔޮ ކަމާއެކު ބުނެލިއެވެ.އަދި އަހަރެން އަތަށް ދެ ގުޅަ ބޭހާ، ފެންތައްޓެއް ދިއްކޮއްލިއެވެ.އަހަރެން ފަސް ޖެހުމެއްނެތި ބޭސް ގުޅަ ކާލީމެވެ.
” ނުވިސްނާ ނުހުރެވޭނެ އެއްނު ހުރިހާ ކަމެއް އެއްފަހަރާ ވަންޏާ،އަނެއްކާ މި އެކްސިޑެންޓްވެސް..” އަހަރެން އެހެން ބުނެ ފުން ނޭވާއެއް ދޫކޮއްލީމެވެ.
އެވަގުތު އެތަނަށް ކުރިންވެސް އައި އަންހެން މީހާ އައެވެ. އަދި އަހަރެންނަށް ހިނިތުންވެލިއެވެ.އެ ހިނިތުންވުމުގައި ވޭނާ ރިހުން އެކުލެވިގެންވެއެވެ. އެމީހާ އަހަރެންގެ ކައިރީގައި މޭވާ ކޮތަޅެއް ބެހެއްޓުމަށްފަހު އަހަރެންގެ ބޮލުގައި ފިރުމާލަމުން އިރުކޮޅަކުން އެބަ އަންނަމޭ ބުނެ ދިޔައެވެ.އަހަރެން ސުވާލުން ފުރިގެންވާ ނަޒަރަކުން ނަރުހަށް ބަލާލީމެވެ.
އަހަރެންގެ ބަލާލުން ނަރުހަށް ފަހުމް ވީ ކަހަލައެވެ.
” އޭނަގެ ދަރިފުޅު އިމްރާންގެ ކާރުގަ އަސްލު ޖެހުނީ، އިމްރާންއަކީ އަހަރެންގެ ވަރަށް ގާތް ރައްޓެއްސެއް، އެހެން އަބަދު ހޮސްޕިޓަލަށް އައިސަ ރައްޓެހިކަން އުފެދުނީ، އޭނައާ އޭނަގެ ވައިފް ކިޑެއް ހޯދަން ޓްރައި ކުރާތާ ދިހަ އަހަރު ފަަހުން ކުއްޖަކު ލިބޭކަން އެނގުނީ، ވަރަށް އުފަލުން ތިބީ، ރީމްގެ ތި އެކްސިޑެންޓް ވީ އޭނަ އަންހެނުން ބަނޑުގައި ރިއްސާތީ ހޮސްޕިޓަލަށް ގެެނެސްގެން،އޭނައަށް ގުޅާފަ ބުނީމަ އޭނަ ހޮސްޕިޓަލަށް އައި މަގުމަތީ” ނަރުސް ކުއްޖާ ވަރަށް ދެރަވެލާފައި ބުންޏެވެ.
” ދެން ކޮބާ އޭނަ އަންހެނުން، ވިހެއީތަ” އަހަރެން އަވަސް އަވަހަށް އަހާލީ އެކަން އޮޅުން ފިލުވަން ބޭނުންވާލެއް ބޮޑު ކަމުންނެވެ.
” އޭނަ އަންހެނުން ދަރިފުޅު ވިހާފަ، ނިޔާވެއްޖެ، ދަރިފުޅުވެސް އުއްމީދު ކަނޑާލާފަ” ނަރުސް އަސަރާއެކު ބުނެލިއެެވެ.އަހަރެންގެ ދެލޯ ފެންކަޅިވިއެވެ.އެ އާއިލާއަށް އެ ދިމާވީ ކޮންފަދަ ބޮޑު ހިތާމަ އެއް ހެއްޔެވެ.އަހަރެން އެއްޗެކޭ ބުނަން އަނގަ ހުޅުވާލީމެވެ. އެހެންނަމަވެސް އެތަނަށް ވަދެގެން އައި ޕޮލިސް ދެމީހުން ފެނިފައި އަހަރެން އެއްޗެކޭ ނުބުނެ މަޑުކޮއްލީމެވެ.
” އަޅުގަނޑުމެން މިއައީ ކުރިން ދުވަހު ހިނގި އެކްސިޑެންޓާ ބެހޭ ގޮތުން ވާހަކަ ދައްކާލަން،ކިހިނެއް ހިނގަން ދިމާވި އެކްސިޑެންޓް އެއްތޯ މީ، އަދި އެފަރާތުގެ މައުލޫމާތުވެސް ނަގަންޖެހޭ” ޕޮލިހުންގެ ސުވާލުން އަހަރެން ކުޑަކޮއް ހާސްވި ނަމަވެސް ހަމަ ޖެހިލީމެވެ.
” އަޅުގަނޑަށް ބަލާނުލާ ނުކުމެވުނީމަ މިހެން މިވީ، ދުއްވަން އިން މީހާގެ އެއްވެސް ކުށެއްނެތް، ކުއްލިއަކަށް އަޅުގަނޑު ނުކުތީމަ ކޮންޓްރޯލް ނުވީ، އަޅުގަނޑު ބޭނުމެއް ނޫން މި މައްސަލަ ޖައްސާކަށް،ދޭން ވާ އަދަބެއް އަޅުގަނޑަށް ދެއްވާ އަދި އެފަރާތާ އެއްވެސް ސުވާލެއް ނުކުރައްވާ، މި ވަގުތު ވަރަށް ބޮޑު ހިތާމައެއް ތަހައްމަލް ކުރަމުންދާ ބައެއް އެއީ” އަހަރެން ބުނެލީމެވެ.
އަހަރެންގެ ވާހަކަ އެޑުއެހުމަށްފަހު ބޭނުންވާ އިތުރު މައުލޫމާތު ހޯދާ އެމީހުން ނުކުމެގެން ދިޔައެވެ. އެމީހުން ދިއުމުން އަހަރެންނަށް އިމްރާނު އާ ދޭތެރޭ ވިސްނާލެވުނެވެ.އަދި އޭނަ ވާނެ ދެރަ އިހްސާސް ކޮއްލެވުނެވެ. އަހަރެން ހިތާ ހިތުން އިމްރާނުގެ ދަރިފުޅު ރަނގަޅު ވޭތޯ ދުއާ ކުރީމެވެ. އަދި ނަރުސް އަތުން ފޯނު ހޯދާ ކަރަމްއަށް ގުޅީމެވެ.އަދި އަހަރެން ރަނގަޅު ކަމަށާއި، ގެ ރަނގަޅަށް ބެލުމަށް އެދި އަހަރެން ފޯނު ބޭއްވީމެވެ. އަހަރެންގެ އަސްލު ހާލަތު ކަރަމްއަށް ކިޔައި ނުދިނީ އޭނަ ދެރަވާނެ ވަރު ހިތަށް އަރާފައެވެ.
އޭގެ ހަފްތާއެއް ފަހެވެ. އަހަރެންނަށް ހަބަރު ލިބުނީ އިމްރާންގެ ދަރިފުޅުގެ ހާލު މިހާރު ރަނގަޅު ކަމުގެ ހަބަރެވެ.އަހަރެންނަށް އުފަލުން ގޮސް ރޮވުނެވެ.އަނެއްކާ އަނެއްކޮޅުން އަހަރެން ދޫކޮއްލާ ވާހަކަ ޑޮކްޓަރު ބުންޏެވެ.އަހަރެން ހުރީ ހިތްހަމަ ޖެހިފައެވެ.
އެވަގުތު ކުރިން ދުވަހު އައި އަންހެން މީހާ އައެވެ.ކިތަންމެ ދެރަވެފަ ހުރިނަމަވެސް ހިނިތުންވުން ދެއްކޭތޯ އެމީހާ ދިޔައީ މަސައްކަތް ކުރަމުންނެވެ.
” ރީމް، އަހަރެންނަކަށް ނޭނގެ ތީ ކާކު ކަމެއްވެސް، އެކަމް އަހަރެންގެ ދަރިފުޅު އަތުން މިވަރު ކަމެއްވީމަ،އަދި މިފަދަ ހާލަތެއްގަ ރީމް އަހަރެންގެ ދަރިފުޅާ ދޭތެރޭ ވިސްނީތީ ޝުކުރު އަދާކުރަން، އަހަރެމެން ބޭނުންވަނީ ރީމްގެ ބޭސް ފަރުވާގެ ހުރިހާ ކަމެއް އަހަރެމެންގެ ހަރަދުގަ ކުރަން،އަހަރެމެންނާ އެކު ދާން ވީނު، ރީމް ރަނގަޅު ވީމަ ރީމް ގެނެސްދޭނަން” އެމީހާ ވަރަށް އާދޭހާ އެކު ބުނެލިއެވެ. އަހަރެން ހުރީ ދޭނެ ޖަވާބެއް ނޭނގިފައެވެ.އެމީހާ އަަހަރެންގެ ދެ އަތުގައި ހިފާލަމުން އަނެއްކާވެސް އެނދުނެވެ. އެމީހުންގެ އެދުމަށް އަހަރެން އެއްބަސްވީ މިފަދަ ވަގުތެއްގައި އަހަރެން އިންކާރު ކޮއްފިނަމަ އެމީހުން ވާނެ ދެރަ ހިތަށް އަރާފައެވެ.
އިމްރާންމެން ލަންކާއަށް ބަދަލުވިއެވެ.އަދި އަހަރެންވެސް އެމީހުންނާއެކު ދިޔައީމެވެ.އަހަރެންގެ ބޭސްފަރުވާގެ ކަންތަށް އެ ގޭގައި ކުރިއަށް ގެން ދިޔައެވެ. ގަވާއިދުން ފިޒިއޮތޮރޮފީ ހަދަމުން ދިޔައީމެވެ. އެގެއިން އަހަރެންނަށް ދަތިވާ އެއްވެސް ކަމެއް ނެތެވެ. އަބަދުވެސް އަހަރެންގެ ހިދުމަތުގައި މީހަކު ހުރެއެވެ.
އިމްރާންގެ ދަރިފުޅު ބަލަމުން ދިޔައީ އިމްރާންގެ މަންމައެވެ. އިމްރާންގެ އަންހެނުންގެ އާއިލާގައި ދަރިފުޅު ބަލާނެ ތަނަވަސްކަން ނެތުމުން ދަރިފުޅު ބެލުމާ އިމްރާނުގެ މަންމަ ހަވާލުވިއެވެ.ބައެއް ފަހަރު އެ ތުއްތު ދަރިފުޅު ރޮއެ އިރު މަސަލަސް ކުރަން އުޅޭ ގަޑީގައި އަހަރެންގެ ހިތަށް ވަރަށް ތަދުވެއެވެ. އެހެންނަމަވެސް އަހަރެންނަށް ކުރެވޭނެ އިތުރު ކަމެއް ނެތުމުން އަހަރެންނަށް މަޖުބޫރު ވީ ހިމޭނުން އިންނާށެވެ.
ގާތްގަޑަަކަށް އަހަރެއްހާ ދުވަހުގެ ތެރޭގައި އަހަރެންނަށް ކުޑަކޮށް ފައި އެޅޭ ވަރުވިއެވެ. އެހެން ކަމުން އަސާ ގަޑެއްގެ އެހީގައި އަހަރެން ހިނގޭތޯ މަސައްކަތް ކުރަމުން ދިޔައީމެވެ. މިވީ މުއްދަތުގައި އަދިވެސް އިމްރާން ފެންނަމުންދަނީ ނެގިމަޑުވެފައި އިންނަތަނެވެ. އެއްވެސް ކަހަލަ އުފާވެރިކަމެއް އިމްރާންގެ ކިބައިން ނުފެނެއެވެ. އެކަމާ އެންމެ ހިތާމަ ކުރާ އެކަކީ އިމްރާންގެ މަންމައެވެ.
ދުވަސްތަށް ފާއިތުވަމުންގޮސް އަހަރެންނަށް ހިނގޭ ވަރުވިއެވެ. އެއާއެކު އެ ކުޑަ ކުޑަ އީތަންގެ ޒިންމާ އަހަރެން އަމިއްލައަށް ނަގަމުން ދިޔައީމެވެ. ފެންވެރުވުމާއި ކާންދިނުމެވެ.އަދި ނިންދަވަނީ ވެސް އަހަރެންނެވެ. މަަޑުމަޑުން ކުދި ކުދި ބަސް ކިޔައި ދޭން ފެށީމެވެ. އީތަންއަށް ދެ އަހަރުގައި ހިނގަން ފެށިއެވެ. މިހުރިހާ ދުވަސް ވީ އިރުވެސް އިމްރާންގެ ފަރާތުން އެއްވެސް ބަދަލެއް ނުފެނެއެވެ.އެ ދަރިފުޅަށްވެސް ސަމާލުކަމެއް ނުދެއެވެ.
އެއްދުވަހެއްގެ ހަވީރެއެވެ. އަހަރެންނަށް އީތަން ރޮއެ އަޑު އިވުމާއެކު އައީމެވެ. އެވަގުތަކީ އިމްރާން އެހިސާބަށް އެރި ވަގުތެވެ. އަހަރެން މަޑުކޮއްލީ އިމްރާން ހަދާ އެއްޗެއް ބަލާލުމަށެވެ.
އިމްރާން އެ ދަރިފުޅު އުރާލިއެވެ. އޭރު އީތަން ރޮމުންދިޔައެވެ. އިމްރާންއަށް އަހަރެން ފެނުމާއެކު އަހަރެން އަވަސް އަވަހަށް ގޭތެރެ ފޮޅާ ކަމަށް ހަދަމުން އިމްރާން ކައިރިއަށް އައީމެވެ. އިމްރާން އެއްޗެކޭ ބުނުމުގެ ކުރިން އަހަރެން ވާހަކަ ދެއްކީމެވެ.
” އަހަރެން ގައިގަ ހުސް ހިރަފުސް، އަދި ނިދާނެ ކަން ނޭނގެ، އީތަން ދޫނީ އަވަހަށް ބައްޕި އާ އެއްކޮށް ނިދާލާ އިނގޭ، ވަރަށް ބަސް އަހާ ކުއްޖެކޭ މީ” އަހަރެން އެހެން ބުނެ އެތަނުން ދިޔައީމެވެ. އެވަގުތު އިމްރާން މަންމަ އަންނަތަން ފެނުމުން މަޑުކުރުމަށް އަހަރެން އެންގީމެވެ.
އިމްރާން މަޑުމަޑުން އީތަން ކޮނޑު މަތީގައި ބާއްވާލާ މަޑު މަޑުން ރާގެއް އަޅުވާލިއެވެ. އިރުކޮޅަކުން އީތަން ރުއިން ހުއްޓާލިއެވެ. އިމްރާން މަޑުމަޑުން އީތަން ނަގާ ބާލީހުގައި ބާއްވާލަމުން އަނެއްކާވެެސް ނާނާ ކިޔަންފެށިއެވެ. އީތަން އެހެން އޮވެ ނިދުމާއެކު އިމްރާންގެ ލޮލުން އައި ކަރުނަތަށް ފުހެލިއެވެ.
” ދަރިފުޅޫ ބައްޕައަށް މާފް ކުރޭ، ބައްޕައަށް ދަރިފުޅު ވަރަށް ބާކީ ކުރެވިއްޖެ، ދެން އެހެން ނުވާނެ، ބައްޕަ ވަރަށް ލޯބިވޭ ދަރިފުޅުދެކެ، ތީ ދަރިފުޅު މަންމަގެ އެންމެފަހުގެ ހަނދާން” އިމްރާން އީތަންގެ ނިއްކުރިއަށް ބޮސްދެމުން ބުނެލިއެވެ. އެމަންޒަރު ބަލަން އިމްރާންގެ މަންމަ ހެވިފައި ހުރި އިރު ލޮލުން ފައިބަމުން ދަނީ އުފާވެރި ކަމުގެ ކަރުނައެވެ.
ދުވަސްތަށް ފާއިތުވަމުން ގޮސް އީތަން ވާހަކަ ދައްކަންވެސް ފެށިއެވެ. އެންމެފަހުން އީތަން އަމިއްލައަށް މަންމާއޭ ކިޔައި އަހަރެންނާ ގޮވަމުން ދިޔައެވެ. އަހަރެންނަށް އެކަން މަނާ ކުރާކަށް ނުކެރުނެވެ.އެހެން ކަމުން އަހަރެން އަމިއްލައަށް ވެސް މަންމަ ކިޔައިދޭން ފެށީ އިމްރާންވެސް އެގޮތަށް ކިޔައިދޭން ފެށުމުންނެވެ.
އަހަރެންނަށް ސިހުން ލިބުނީ އިމްރާން އަހަރެންނަށް ގޮވާލުމުންނެވެ.
ނުނިމޭ
މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.
14 Comments!
Comments are closed.




ވާވް މި ޕާރޓް ވެސް ވަރައް ސަޅި ❤️❤️❤️
މާޝާ ﷲ❤️❤️
❤️އެހެން މާ ރީމް މެރީއެއްނުކުރޭދޯ ތެންގޯޑް
ވަރައް އުފާވެއްޖެ ❤️❤️
އިމްރާން ރީމް ކާރީ އިންނަން ނާހާފީއާ ރަނގަޅު ???
އާޔާގެ ހާލަކީކޮބާ ބާ ❤️❤️❤️❤️
ސޯ ކިއުރިއަސް❤️❤️
ވެއިޓިން ފޯ ދަ ނެކްސްޓް ޕާރޓް.❤️❤️
ލަވްޔޫ❤️❤️❤️
ސްޓޭ ސޭފް❤️❤️❤️
ޔޭ މީ ފަރްސްޓް♥️♥️????????❤️❤️❤️❤️❤️
Thank you so much Ril. Yess reem marry eh nukurey,dhen neyge dhw fahun vaane gotheh?.let’s see dhen vaane gotheh ❤️???♥️♥️
Minnesotan part vx vrh salhi??????????.
Thank you so much♥️♥️♥️
Mi part******* ??????????????☺????
Maasha allah vvvvvv reethi mibai ves?????????❤❤❤❤❤❤
Thank you Ram❤️❤️❤️?
Masha Allah Vrrrr Reethi mipartves ❤️❤️❤️❤️Reem marry eh nukurey dho adhi
Varrr curious
Curiously waiting for the next part
Luv you sis
Stay safe ??
Yess dear, reem marry eh nukurey,and v ufaavehje mi part ves kamudhiyaima
Masha Allah mi part vx varah reethi
Curiously Waiting for the next
Ly sis ❤️❤️❤️
stay safe
Thank you so much Many❤️???❤️keep waiting next part❤️❤️
Vrh reethi mi part ves❤️❤️ curiously waiting for the next part…………..????????????????????stay safe and sound.
Thank you so much naako♥️