Skip to content
އެސްފިޔަ

ކައިރީގައި ހުރެލަން އަދު ބޭނުންވޭ-4

“މޭން.. ގޮޓަގޯ.. މި ނަވް އެހާ ރުޅިއައިއްސަ ހުރީމަ ދާކަށްނު ޖެހޭނީ..” ނަވްޔާންވެސް ނަވްޔާ ރުޅި އަރުވާލުމުގެ މަޤްސަދުގައި ބުނެލިއެވެ. “ދޮންބެގަނޑާ!!!!..” ނަވްޔާ ހައިކަލްއަށް ލޯ އަޅާލަމުން ނަވްޔާންގެ އަތުގައި ހިފައިގެން އެނބުރި އައިކޮޅަށް ހިނގައިގަތެވެ. ހައިކަލް ނަވްޔާ ރުޅިއަރުވައިލެވުމުން މަޖާވެގެން ހުރެ ކުރިއަށް ހިނގައިގަތީ ނަވްޔާއަކީ އެހެން ކުދިންނާ ތަފާތު ކުއްޖެކޭ ހިތަށްއަރާ ހާލުގައެވެ.

**********

ކޮޓަރިތެރޭގައި ފަނޑު އަލިކަމެއްވާއިރު، ތަންތަން ފެންނަނީ ކިރިޔަކިރިޔާއެވެ. އަޅި ކުލައިން ޒީނަތްތެރި ކޮށްފައިވި ކޮޓަރި ފެންނަނީ ހިތްގައިމު ގޮތަކަށެވެ. ކޮޓަރީގައިވާ ހުރިހޢ ފަރނީޗަރތައް ވެސް ވަނީ ހުދު ކުލައިން ޒީނަތްތެރި ކުރެވިފައެވެ. ތިން ދޮރުފަތުގެ އަލަމާރިއާއި ދިމާލުން އިށީންނާނެ ސޯފާތަކެއް ބެހެއްޓިފައިވާއިރު ކޮންމެ ސޯފާއެއްގެ މަތީގައި އާލި ކުލައިގެ ކުޝަންއެއް އޮތެވެ. ޑްރެސިންގޓޭބަލް މަތީގައި އަންހެންކުއްޖެއްގެ އެއްޗެހިތައް އަތުރައިފައިވާއިރު، ފެންނަނީ ސާފުތާހިރުކަމާއި ތަރުތީބުކަމެވެ. ކުއީން ސައިޒްގެ އެނދުގައި އަޅާފައި އޮތް އަޅިކުލައިގެ ބެޑްޝީޓް އޮތީ ރޫޖެހިފައެވެ. އެނދުގެ ހެޑްބޯޑުގައި ލެގިލައިގެން އިން ބުރުސޫރަ ރީތި އަންހެންކުއްޖާގެ އަތުގައި އަލްބަމެއް އޮތެވެ.

މުޅި ކޮޓަރި ތެރެއިންވެސް އިވެނީ އެ އަންހެންކުއްޖާގެ މަޑު ގިސްލުމުގެ އަޑެވެ. އެއަޑު އަހާފައި އެ ކުއްޖާ އެ ރޮނީ ވަރަށް ހިތްދަތިވެގެން ކަން ދެނެގަންނާކަށް އުނދަގުލެއް ނުވާނެއެވެ. ހަމައެހެންމެ އެ ކުއްޖާ ރޯތަން ބަލައިފި މީހަކަށް ވަރަށް އަސަރުކުރާނެކަން ޔަޤީނެވެ. އެ އަންހެންކުއްޖާގެ ކޯތާފަތުގައި ކަރުނަ ތިއްކަކަށްފަހު ތިއްކެއް ބީހެމުން ދަނީ ތަރުތީބެއްނެތިއެވެ. ރީތި މަޑު މުށިކުލައިގެ ކަޅިއެއް ލިބިފައިވާއިރު މުޅި ދެލޯ ވަނީ ކުޑަކޮށް ރަތްވެފައެވެ. ކަޅުކުލައިގެ ކަކުލާ ހިސާބަށް އަރާ އަތްދިގު ހެދުމުގައި އެކި ކުލައިގެ މާތައް ޑިޒައިނަކަށް ހުރުމުން ބަލާލަން ރީއްޗެވެ. އަތްފުޅާ ހެދުމުގައި މަތިން ތިރިއަށް ގޮށްތަކެއް ހަރުކޮށްފައިވެއެވެ. ގޭތެރޭގައި އަޅާ ކަހަލަ ބުރުގާއެއް އަޅައިގެން އިން އިރުވެސް އެހާ ރީއްޗެވެ. އެއވެސް މޭކް އަޕްއެއް އެ ލޯބި މޫނުގައި ނެތްއިރު، ރުއިމުގެ ސަބަބުން އެ އަންހެންކުއްޖާގެ ބޯ އެސްފިޔަތައް ވަނީ ތެމިފައެވެ. އިރުއިރުކޮޅާ ނޭފަތް ދަމާލާއިރު، އެ އަންހެންކުއްޖާ ރުއިން ހުއްޓާލަން ބޭނުންނުވާފަދައެވެ.

“ދަރިފުޅާ ލިލިއާ.. އާދޭ އަވަހަށް ކާން.. މަންމަ މިއައީ ކާން ހަދާފަ..” ލައިލާ ކޮޓަރީގައި ޓަކިޖެހި އަޑަށް ރޯން އިން ލިލިއާ ދިޔައީ ސިއްސައިގެންނެވެ. އަތުގެ ނުފުށުން ހަލުވިކަމާއެކު ލޮލުން އަންނަމުން ދިޔަ ކަރުނަތައް ފުހެލިއެވެ. “ލައްބަ މަންމާ.. އަޅުގަނޑު މިދަނީ..” ލިލިއާ ރޮއިފައި ހުރިކަން އަޑުން ނޭނގޭގޮތަށް އަޑު ބަދަލުކޮށްލަމުން ވާހަކަ ދެއްކިއެވެ. އޭނާގެ މަންމައަށް އޭނާ ރޮއިފައި ހުރިކަން އެނގިއްޖެއްޔާ ދެރަވާނެކަން އެނގޭތީއެވެ. އަލަމާރީގެ ދޮރިފަތް ހުޅުވުމަށްފަހު، އަތުގައި އޮތް އަލްބަމް އަލަމާރި ތެރޭގައި ހުރި ކަބަޑަށް ލިއެވެ. އެއީ އޭނާއާއި އޭނާގެ ލޯބިވާ ބައްޕަގެ ތަސްވީރުތަކުން ފުރިފައިވީ އަލްބަމެކެވެ.

ލިލިއާގެ ބައްޕަ ލިލިއާގެ އުމުރުން އެންމެ 10 އަހަރުގައި ދިމާވި އެކްސިޑެންޓަކުން ވަނީ މިފަނާވަނިވި ދުނިޔެ ދޫކޮށް ގޮސްފައެވެ. ކިތަންމެ ކުރީގެ އަލްބަމް އަކަށްވިޔަސް ލިލިއާ އެ އަލްބަމް ގެންގުޅެނީ ވަރަށް ފަރުވާތެރިކަމާއި އެކީގައި ގެންގުޅެނީ އޭނާގެ ލޯބިވާ ބައްޕަގެ ހަނދާނުގައެވެ. މިއަދަކީ ބައްޕަ ވަކިވިތާ 12 އަހަރުވީ ދުވަހެވެ. އެހެންކަމުން ލިލިއާ މިއަދު އޭނާގެ ބައްޕަ މަތިން މާބޮޑަށް ހަނދާންވީއެވެ. ބައްޕަގެ ވަކިވުމަށްފަހު އޭނާގެ ހުރި ހަމައެކަނި މީހަކީ އޭނާގެ މަންމައެވެ. ބައްޕަ ނެތުމުންވެސް އެ މަންމަ އޭނާ ބަލާދިނީ އެއްވެސްކަމެއް އުނިނުވާނެ ފަދައިންނެވެ. ލޯގަނޑުން އަމިއްލަ ސޫރައަށް ބަލާލުމަށްފަހު ކޮޓަރިން ބޭރަށް ފުޅާ ހިނިތުންވުމަކާއި އެކީ ނިކުތްއިރު ދެންމެ ދެންމެ ރޮއިފައިހުރި ކުއްޖެއްހެން ހީވެސް ނުވެއެވެ.

**********

މ. ޕެރެޑައިސް ގޭގައި ނަވްޔާމެންގެ ކުޑަކުޑަ އާއިލާ ކެއުމަށް އިންސާފުކުރަމުން ދިޔައިރު ވަށައިގެން ދެ ނޯކަރުން ހަރަކާތްތެރިވަމުން ދިޔައެވެ. ސުފުރާމަތި ތަފާތު، މީރު ވައްތަރުގެ ކާއެއްޗެހިން ފުރިފައިވީއިރު މިތަން ފެންނަ ކޮންމެ މީހެއް ކުޅުދިޔާ ވާނެކަން ގައިމެވެ. “ނަވްޔާން.. ޑޭޑް މިހާރު މިއޮށް މުސްކުޅިވަނީ.. ޑޭޑް ބޭނުންވަނީ ދަރިފުޅު ދެން އެން އޭ ކޮމްޕެނީގެ ސީ އީ އޯ އަށްވާން.. ދަރިފުޅު މިކަމާއި ދޭތެރޭ ދެކެނީ ކިހިނެއް..؟” މާހައުލުގެ ހަމަހިމޭންކަން ނާއިޒް ނަގައިލީ ނަވްޔާންއާއި މުޚާތަބުކުރަމުންނެވެ. ” އަޅުގަނޑަށް އޯކޭ.. އެން ތޭންކްސް ޑޭޑް.. ދިސް އިޒް ވަން އޮފް މައި ޑްރީމް..” ނަވްޔާން އެންމެ ހިދުކޮޅަކަށްވެސް މަޑުނުކޮށް ބުނެލިގޮތުން ހީވަނީ އެއީ މާކުރިއްސުރެ އޭނާ ނިންމައިގެން ހުރި ކަމެއް ހެންނެވެ. އެހެންނޫނަސް ބިޒްނަސްގެ ދާއިރާއަކީ އޭނާ އެންމެ ކުޑައިރުއްސުރެ ޝައުޤުވެރިކަން ހުންނަ ދާއިރާއެވެ.

“އެންމެ ރަނގަޅު.. ޑޭޑް ވަރަށް އުފާވެއްޖެ ދަރިފުޅު އެއްބަސް ވީމަ.. ސޯ މާދަމާ އެއިޓްއަށް ރެޑީވެގެން އޮފީހަށް އަންނައްޗޭ.. ޑޭޑް ޖެހޭނެއްނު މީޓިންގ ބާއްވަން ދަރިފުޅު ސީ އީ އޯ އަށްވީމާ.. ހުރިހާ އެންމެންނަށް އިންޓްރޮޑިއުސް ކޮށްދޭން.. ދެން މީގެ ފަހުން ކޮންމެ ދުވަހަކު އެއިޓްއަށް އޮފީހަށް އަންނާތި.. ގަޑި ނުޖެހި އާދެވޭތޯ ބަލާތި..” ނާއިޒްވެސް އޭނާގެ ދަރިފުޅު އެއްބަސްވުމުން އެ ދަރިފުޅަށް ނަސޭހަތްދިނީ އުފާވެފައިވާ ޙާލުގައެވެ. ނަވްޔާވެސް އޭނާގެ ދޮންބެއާއި ދިމާލަށް ބަލާލީ މާނަފުން ހިނިތުންވުމަކާއި އެކުގައެވެ. އާލާވެސް އިނީ އޭނާގެ ބައްތިރީސް ދަތް ދައްކާލައިގެންނެވެ.

**********

ކެއުމަށް އިންސާފު ކުރުމަށްފަހު، ނަވްޔާން އޭނާގެ ފިރިހެންވަންތަ ހިނގުމުގައި ސިޑިއާއި ދިމާލަށް މިސްރާބުޖެހީ އޭނާގެ ކޮޓަރިއަށް ދިއުމަށެވެ. މޫނުމައްޗަށް އަންހެންކުދިންގެ ހިތްތައް ކަތިލާފަދަ ހިނިތުންވުމެއް ވެރިވެފައިވީއިރު، އޭނާ ހުރީ ކިހާ ހިތްހަމަޖެހިފައިކަން އަންގައިދެއެވެ. ކަޅުކުލައިގެ ގަމީހަކާއި ހަމަ އެކުލައިގެ ޖިންސެއް ލައިގެން ހުރިއިރު އެހާ ފުރިހަމައެވެ. އިސްތަށިގަނޑު ހޭވިފައިވީއިރު ބައެއް އިސްތަށިތައް މޫނުމައްޗަށް ވެރިފައި ވުމުން ހިތްގައިމު ކަމަށް ދައްކައެވެ. ނަވްޔާވެސް އަވަސްއަރުވާލައިގެން ސިޑިއާއި ދިމާލަށް މިސްރާބުޖެހީ ނަވްޔާންއާއި އެކު ވަގުތު ކޮޅެއް ހޭދަކޮށްލުމަށެވެ. ނަވްޔާ ގޭތެރޭގައި ލާ ކަހަލަ ގަޔަށްދޫ މެރޫން ކުލައިގެ ހެދުމެއްލައިފައި ވީއިރުވެސް އެ ރީތިކަން ފަނޑުނުވެއެވެ. އެއާއިއެއްކޮށް ގޭތެރޭ އަޅާ ކަހަލަ ބުރުގަލެއް އަޅައިގެން ހުރުމުންވެސް އެހާ ފުރިހަމައެވެ. އޭނާގެ މޫނުމަތީގައިވީ ހިނިތުންވުން ފެނި ފިރިހެންކުދިންތައް މޮޔަވާނެކަން ގައިމެވެ.

ނަވްޔާން ކޮޓަރިއަށްވަދެ ސޯފާގައި އިށީންތަނާހެން ނަވްޔާ ދޮރުހުޅުވައިފައި ވަނެވެ. މިއީ އެއްތާކު ފައިނުޖެހޭ ކޮއްކޮއެކޭ ނަވްޔާންގެ ހިތަށް އެރުމުން ކުޑަކޮށް ހެވުނެވެ. “ސަމްވަން އިޒް ގޮއިންގ ޓު ބީ އަ ސީ އީ އޯ ރައިޓް..؟” ނަވްޔާ ހިތްހެޔޮ ހިނިތުންވަމާއިއެކު އޭނާގެ ވާހަކަ ފެއްޓިއެވެ. “އޮފްކޯރސް.. އެންޑް ޑޫ ޔޫ ނޯ ހިމް..؟ ނަވްޔާން އެހެން ބުނެލިއިރު އޭނާ ފޮނިވެފައި ހުރި މިންވަރު ހާމަވެއެވެ. “ނޯ.. އައި ޑޯ ނޯ.. ހޫ އިޒް ހީ..؟” ނަވްޔާ ވަރަށް ނޭނގޭކަމަށް ހަދަމުން ދެފަރާތަށް ބޯހޫރަމުން ނަވްޔާން އިށީނދެގެން އިން ސޯފާއާއި ޖެހިގެން އިން ސޯފާގައި އިށީންނަމުން ބުނެލިއެވެ. “ހީ އިޒް.. ހައިކަލް!!!!!” ނަވްޔާ ރުޅި އަރުވާލުމުގެ ނިޔަތުގައި އަވަސްއަވަހާ ދިމާކުރުމުގެ ހިނިތުންވުމެއް ވެރިކުރުވަމުން އަޑަށް ބާރުލާފައި ބުނެލިއެވެ.

“އާރގްގްގްގްގް!!!!!” ވައި އާރ ޔޫ ޓޭކިން ދެޓް ސައިކޯ’ސް ނޭމް..؟ ހީ އިޒް އޯލްރެޑީ އަ ސީ އީ އޯ..” ނަވްޔާ ހައިކަލް ގައިގައި ބޮޑިއެއް އަޅާލަމުން ބުނެލިއެވެ. “އޯ މައި ގޯޑް ނަވް.. މިހާރު ހައިކް އާ ބެހޭ ހުރިހާ އިންފޮމޭޝަންއެއް ހޯދީތަ..؟ ހާދަ ކުރީގައޭ ތި އުޅެނީ..” ނަވްޔާ އޭނާ ގައިގައި ބޮނޑިއެއް އަޅާލުމުން ނަވްޔާ އިތުރަށް ރުޅި އަރުވާހިތް ވެގެން ނަވްޔާން ބުނެލިއެވެ. “ދޮންބެގަނޑާ.. ހީ އިޒް ނޮޓް އީވެން މައި ޓައިޕް.. އެން ނަވް ދުވަހެއްގެ ކޮޅުންވެސް އެ ސައިކޯއަކާ ރައްޓެއްސެއް، ކީއްކުރަން ނުވެސް އިންނާނަން..” ނަވްޔާ އެހެން ބުނެލިއިރު ހީވަނީ ފިލްމެއްގެ ޑައިލޮގެއް ބުނެލިހެންނެވެ. “ދޮންބެ ނުބުނަންދޯ އިންނާށެކޭއެއް..” ނަވްޔާންވެސް ނަވްޔާ ޖައްސާ ވައްތަރުތަކުން މަޖާވެލާފައި ބުނެލިއެވެ.

“ހޫނ.. ދެން ހެވޭ.. ސީ އީ އޯ އޮފް އެން އޭ ކޮމްޕެނީ..” ނަވްޔާ ފަހު އަކުރަށް ދަމާލަމުން ކުޑަކޮށް ބާރަށް ބުންޏެވެ. ނަވްޔާ އެހެން ބުނުމުން ނަވްޔާން އޭނާ ލައިގެން ހުރި ގަމީހުގެ ގިރުއާނުގައި ހިފާ މައްޗަށް އުފުލާލީ ދެބުމަ އަރުވާލަމުންނެވެ. “އެހާ ފޮނިވާނެ ކަމެއް ނެތް.. އޮފީހަށް ދިޔައިމަ އިނގޭނީ..” ނަވްޔާ މޫނަށް ވައްތަރު ޖައްސަމުން އާ ފުރުމަކާއިއެކު ބުނެލިއެވެ. “ބަލައްޗޭ ނަވްގަނޑާ.. ދެން މިދަންދޭ.. މިހާރު ތިއޮށް އެޕަލް ކެވެނީ..” ނަވްޔާ އާފުރެމުން ދާތީ ނަވްޔާން ނަވްޔާއަށް ބުނެލިއެވެ. “މިދަނީ.. ގުޑްނައިޓް ..” ނަވްޔާ އޭނާގެ ދޮންބެއަށް ގުޑްނައިޓް ކިޔުމަށްފަހު ނިކުންނަން ހިނގައިގަތީ އޭނާވެސް ނިދަން ބޭނުންވެފައި ހުރިލެއް ބޮޑުކަމުންނެވެ.

ނަވްޔާ ދިއުމާއެކު ނަވްޔާން އޭނާގެ ފިރިހެންވަންތަ ހިނގުމުގައި ގޮސް ބެލްކަންޏަށް ނުކުތެވެ. އުޑުމަތީގައިވާ ހަނދާއި ތަރިތަކަށް ބަލަން ހުރި އިރު ނަވްޔާން ހުރީ ވަރަށް ފުން ވިސްނުމެއްގައިކަން ގައިމެވެ. ނަވްޔާން އެހެން ހުރި އިރު ބޭރުގެ މޮޑެލްއަކަށް ދޫނުކުރާނެކަން ޔަޤީނެވެ. އިސްތަށިގަނޑުގެ ތެރެއަށް އަތް މަހާލީ އެ ހިޔާލުތަކާއި ދުރުވުމަށްހެން ހީވެއެވެ. އަސަރެއް ނެތް ގޮތަކަށް މަގުމަތިން ދުއްވާފައިދާ ކާރުތަކަށް ނަވްޔާން ބަލާލިއެވެ. ކުޑަ ސިކުންތުކޮޅެއްގެ ތެރޭގައި ނަވްޔާންގެ ލޮލުގައި ކަރުނަތައް ބޮނޑިވެގަތެވެ. ފިރިހެނަކަށް ވިޔަސް ކެތްކުރެވޭނީ ވަކި ވަރަކަށެވެ. ނަމަވެސް އޭގެ ދެވަނަ ސިކުންތުގައި ނަވްޔާން އޭނާގެ ލޮލަށް ޖަމާވެފައި ހުރި ކަރުނަތައް ހިންދާލީ ހިތްވަރާއިއެކުގައެވެ. ކޮޓަރިތެރެއަށް ނަވްޔާން މިސްރާބުޖެހީ މާދަމާ ހެނދުނު އޮފީހަށް ދާންޖެހޭނެ ކަން ހަނދާންކުރަމުންނެވެ.

**********

ދުނިޔެ މައްޗަށް އަލިކަމުގެ ކުލަތައް ވެރިވެފައިވީއިރު މުޅި މާހައުލު ފެންނަނީ ހިތްގައިމު ގޮތަކަށެވެ. 15 ބުރިއަށް ނަގައިފައިވީ އެން އޭ ކޮމްޕެނީގެ ކުރިމައްޗަށް ޕާރކްކުރި ކަޅު ކުލައިގެ ލެމްބޮރގިނީ ކާރަށް އެތައް ބައެއްގެ ނަޒަރުތައް ހުއްޓެމުން ދިޔައެވެ. ކާރުގެ ދޮރުފަތް ހުޅުވުމަށްފަހު ކާރުން ނުކުތީ ރީތިކަން ހުސްކޮށްގެން ހުރި ޒުވާނެކެވެ. ކަޅު ކުލައިގެ ކޯޓު ފަޓްލޫނުގައި ހުރިއިރު އެތެރެއިން ހުދު ކުލައިގެ ގަމީހެއް ލައިފައިވުމުން އެ ޒުވާނާގެ ރީތިކަން ދެގުނައެވެ. އަޅި ކުލައިގެ ކަޅި އެ ޒުވާނާއާއި ނިކަން ގުޅެއެވެ. ތުންފަތައް ވެރިވެފައިވީ ހިނިތުންވުން ފެނި އަންހެންކުދިންގެ ހިތްތައް އުދުއްސައިގަނެފާނެއެވެ. އިސްތަށިގަނޑުވެސް ރީތި ގޮތަކަށް ސްޓައިލް ކޮށްލާފައިވުމުން ނިކަން ސްމާރޓެވެ. ރޮލެކްސް ބްރޭންޑްގެ ގަޑިއެއް އަޅާފައިވުމުން ޝާހީ ކަމަށް ދައްކައެވެ. ފިރިހެންވަންތަ ހިނގުމެއްގައި އެން އޭ ކޮމްޕެނީގެ ތެރެއަށް ވަދެގެން ދިޔައިރު އެތައް ބައެއްގެ ނަޒަރުތައް އެ ޒުވާނާއަށް ހުއްޓެމުން ދިޔައެވެ.

ނޯޓް: އަޅުގަނޑުގެ ޔުނިޓް ޓެސްޓްތައް މިހަފްތާގައި އޮތުމުން މި ވާހަކަ މިހަފްތާގައި ނުގެނެސްދެވޭނެ ވާހަކަ ބުނެލަމެވެ. އެހެންކަމުން ކިޔުންތެރިންގެ ކިބައިން މައާފަށްވެސް އެދެމެވެ.

މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.

Comments (23)

  1. ✨Anaa naako✨

    Masha Allah mi part ves reethi??❤️❤️ curiously waiting for the next part????stay safe and sound

    1. 🦋Sparkles🦋
      ✨Anaa naako✨

      Thnks dear???????????????????????☺️☺️???☺️?☺️???????☺️?☺️???… Means alot ?????????… Stay safe n sound?????… Tc??????????????????

  2. Sparkles

    Dear readers… As i said mi week ga mi stry ge extra part eh alhugandu ge unit test thah othumun nugenesdheveyne???????????… Readers understand vaane kamah hope kuran?????… Stry ga typing mistakes hurikan alhugandah ngey… Next time typing mistakes nulaa liyeveythw balaanan… Ithuru mistakes faahaga vaanama, tell me in the comment section… Stay home n stay safe?????… Luv ya all???????????????????????????????????

  3. ?Ril?

    ވަރަށް ސަޅި މި ޕާރޓްވެސް❤️❤️❤️❤️
    ނަވްޔާ ހާދަ މަޖާ ލޭ ދޯއަޅޭ??
    ހެހެހެހެހެހެހެ ?????
    އަޅޭ ސޮރީނުބުނާނެ އިނގޭ ރިލް އައްވެސް އިނގޭ ކިޔެވުން ވަރަށް މުހިންމު ވާނެ ކަން ސޯ އެއްގޮތަކަށްވެސް ސޮރީ ފީލް ނުކުރާއްޗޭ❤️❤️❤️❤️❤️
    އެން ދެން ސްޕާރކަލްސް މި ސްޓޯރީ ގެ ދެންއޮތް ބާ ގެނެސް ދެންދެން ރިލް އިންތިޒާރު ކުރާ ނަން ❤️❤️??❤️???
    އެން އައެމް އޯލްވޭސް ސަޕޯޓިން ޔޫ އިނގޭ ވަރަށް ރީތި ވާހަކަ އެއް މީ❤️❤️❤️????????
    ލަވް ޔޫ ސޯމަޗް ❤️❤️❤️
    ސްޓޭ ސޭފް ❤️❤️❤️

    1. ?Ril?
      ?Ril?

      އެން އިނގްލިޝް އިން ކޮމެންޓު ކުރީމާ ޕަބްލިޝް އެއް ނުކުރި އެހެންވެ ދިވެހިން ކޮށްލީ
      ހެހެހެހެހެހެހެ ❤️❤️❤️???❤️❤️❤️❤️?????

    2. 🦋Sparkles🦋
      ?Ril?

      Hehe ok vaaney…??????????????????????????

    3. ?Sparkles?
      ?Ril?

      Thnks ril dhoooniii?????☺️??☺️??????☺️????????????????… Hehe eiee navya ulhey goii kanneyge?????… Again Thnks ngey understand vaathy???????… Means alot???????… Insha Allah next week ga genesdheynan… Thnks v v v v v v big koh✨✨✨✨✨✨?????… Stay safe n sound?????… Lymmmmmmmmmmm♥️?????????❤️??????????????????????

  4. ?Flower?

    Masha Allah sis mi part vx vvvvvvrah reethi
    Waiting for the next
    Ly ❤️❤️❤️

    1. 🦋Sparkles🦋
      ?Flower?

      Thnks flower???????????????☺️☺️?☺️????????????… Next part next week ga genesdheynan ngey????… Hope u’ll wait… Stay home ? n stay safe… Ly??????????????????????

  5. R¥N

    Maasha Allah ❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤vvvvvvvv reethi mi part????????????????????????????so talented ?????????????????????Curiously waiting for the nxt ??????????????????????lym.??????be safe ???????

    1. 🦋Sparkles🦋
      R¥N

      Thnks ryn ganduuuuuu?????☺️?????????☺️?????☺️?????☺️?… Swry nge midhuvax kolhu bxy kamun talk nukureveny?????????…. Stay home ? n stay safe…. Lymmmmmmmm?????????????????????????????… Tc????

  6. R¥N

    Its ok drling ??i understand

    1. 🦋Sparkles🦋
      R¥N

      Thnks rynnuuuuuu??????????????????????????☺️??☺️?☺️????… Means alot ?????????????… Tc… Ly???????????????????????

  7. ❤shyn❤

    Maasha Allah ❤❤❤❤…v.reethi mi bai ves…????.. curiously waiting for the nxt part ?????????.
    ???????
    Lysm?????

    1. 🦋Sparkles🦋
      ❤shyn❤

      Thnks shyn?????????????☺️????☺️????????☺️???… Next part Insha Allah next week ga genesdheynan✨✨✨✨✨✨✨…. Stay home n stay safe????… Lymmmm??????????????????????????????❤️??????❤️❤️???????????????????????

  8. Dream girl???

    Soo speechless ?….. I don’t know what to say?Hama ehaa vx reethi♥️…. Masha Allah your so talented?……i can’t wait for the next part sweetheart ? stay safe?

    1. 🦋Sparkles🦋
      Dream girl???

      Awwwwwww????????????☺️?????????????????????… Thnks dream girl✨??✨?✨?✨✨?✨?✨??✨… Next part Insha Allah next week ga genesdheynan ngey… Yhh u too??????????????… tc???????????????????

  9. Sparkles

    In reply to Larkin’s pending comment, nope… I’m not from thinadhoo????????????… Btw tc…✨✨✨✨??????????????????

  10. Sparkles

    In reply to Daisy Queen’s pending comment, thnks ngey understand vaathy ?????????????????????… Tc???????????????????????????????

  11. Sparkles

    In reply to ❤️??????♥️’s pending comment, thnks dear??????????????????????????… Stay home ? n stay safe…❤️♥️??????❤️❤️????♥️❤️♥️??❤️❤️????????

  12. Sparkles

    In reply to dream girl’s pending comment, yhh ofc????… We can be frnds…?????????????

  13. Aiminath lahu Ibrahim

    5 vana part ah inthizaaru Mi kurany

  14. Dream girl ???

    Yeye♥️♥️… Do you use fb or something!!

Comments are closed.