އެންމެ ފުރަތަމަވެސް އަޅުގަނޑުގެ ޓާރމް ޓެސްޓްތައް އޮތުމުގެ ސަބަބުން މި ވާހަކަ ނުގެނެސްދެވި ލަސްވި ކަމަށްޓަކައި ކިޔުންތެރިންގެ ކިބައިން މައާފަށް އެދެމެވެ.
**********
ދުނިޔެ މައްޗަށް އަލިކަމުގެ ކުލަތައް ވެރިވެފައިވީއިރު މުޅި މާހައުލު ފެންނަނީ ހިތްގައިމު ގޮތަކަށެވެ. 15 ބުރިއަށް ނަގައިފައިވީ އެން އޭ ކޮމްޕެނީގެ ކުރިމައްޗަށް ޕާރކްކުރި ކަޅު ކުލައިގެ ލެމްބޮރގިނީ ކާރަށް އެތައް ބައެއްގެ ނަޒަރުތައް ހުއްޓެމުން ދިޔައެވެ. ކާރުގެ ދޮރުފަތް ހުޅުވުމަށްފަހު ކާރުން ނުކުތީ ރީތިކަން ހުސްކޮށްގެން ހުރި ޒުވާނެކެވެ. ކަޅު ކުލައިގެ ކޯޓު ފަޓްލޫނުގައި ހުރިއިރު އެތެރެއިން ހުދު ކުލައިގެ ގަމީހެއް ލައިފައިވުމުން އެ ޒުވާނާގެ ރީތިކަން ދެގުނައެވެ. އަޅި ކުލައިގެ ކަޅި އެ ޒުވާނާއާއި ނިކަން ގުޅެއެވެ. ތުންފަތައް ވެރިވެފައިވީ ހިނިތުންވުން ފެނި އަންހެންކުދިންގެ ހިތްތައް އުދުއްސައިގަނެފާނެއެވެ. އިސްތަށިގަނޑުވެސް ރީތި ގޮތަކަށް ސްޓައިލް ކޮށްލާފައިވުމުން ނިކަން ސްމާރޓެވެ. ރޮލެކްސް ބްރޭންޑްގެ ގަޑިއެއް އަޅާފައިވުމުން ޝާހީ ކަމަށް ދައްކައެވެ. ފިރިހެންވަންތަ ހިނގުމެއްގައި އެން އޭ ކޮމްޕެނީގެ ތެރެއަށް ވަދެގެން ދިޔައިރު އެތައް ބައެއްގެ ނަޒަރުތައް އެ ޒުވާނާއަށް ހުއްޓެމުން ދިޔައެވެ.
**********
މީޓިން ނިންމާލުމަށްފަހު ނަވްޔާން އޭނާގެ ބައްޕައާއިއެކު ދިޔައީ އޭނާގެ ކެބިންއަށެވެ. މުޅިތަނަށް ވަށައިގެން ބަލައިލުމުންވެސް ފެންނަނީ ޝާހީކަމެވެ. ނަވްޔާންގެ ބައްޕަ ނަވްޔާންއަށް ކަންތައް ކުރާނެ ގޮތް ކުޑަގޮތަކަށް ކިޔައިދިނުމަށްފަހު ނަވްޔާންގެ ކެބިންއިން ނިކުންނަން ދިޔައެވެ. ނަވްޔާންގެ ފުރަތަމަ ދުވަސްކަމުން ނަވްޔާން ކުރާނެ މާބޮޑު މަސައްކަތެއް ނެތެވެ. މުހިންމު ޑޮކިއުމެންޓްސް ތަކަކު ސޮއި ކުރުމަށްފަހު ބައްޕަގެ ހުއްދައާއިއެކު އޭނާ ނިންމީ މާލެތެރެ ކުޑަކޮށް ބަލާލަން ދިޔުމަށެވެ. މިވީ އަހަރުތަކުގެ ތެރޭގައި މާލެއަށް އައިސްފައިވާ ބަދަލުތައް ބަލާލަންށެވެ. އެން އޭ ކޮމްޕެނީގެ ތެރެއިން ދިޔައިރުވެސް ބައެއް އަންހެން މުވައްޒަފުންގެ ނަޒަރުތައް ނަވްޔާންއަށް އަމާޒުވަމުން ދިޔައެވެ.
**********
ލޯގަނޑު ކުރިމަތީ ރީތިވާން ހުރި ލިލިއާއަށް އިރުއިރުކޮޅާ ޑްރެސިންގޓޭބަލް މަތީގައި އޮތް ފޯނަށް ބަލާލެވެނީ ގަޑި ޖެހިދާނެހެން ހީވާތީއެވެ. އޭނާއަކީ ދުވަހަކުވެސް ތަނަކަށް ގަޑި ޖެހިގެން ދާ މީހަކަށް ނުވާތީ ކަންނޭނގެއެވެ. ފްލޯރަލް ޑިޒައިންތަކެއް ހުރި ހުދު ކުލައިގެ އަތުން ރީތިގޮތަކަށް ރޫ ޖައްސައިފައި ހުރި ހެދުމުގައި ލިލިއާ ފެންނަނީ ސާދަވިލޭރޭގެ ހަނދުހެންނެވެ. އެ ހެދުމާއި ގުޅުވައިގެން ކްރީމް ކުލައިގެ ޝޯލްއެއް އަޅާފައިވާއިރު، އެ ދޮން މޫނު ފެންނަނީ މައުސޫމް ގޮތަކަށެވެ. މޫނުގައި އެއްވެސް މޭކް އަޕް އެއް ކޮށްފައި ނުވާއިރުވެސް އެ އޮމާން މޫނު ހުންނަނީ ވިދަވިދައެވެ. މަޑު ފިޔާތޮށި ކުލައިގެ ތުނި ތުންފަތަށް ވެރިވި ހިނިތުންވުން ފެނިފައި ފިރިހެންކުދިންގެ ހިތްތައް ފުރިގެން ގޮސް ބަންޑުން ވާހާވެއެވެ. ބޯ އެސްފިޔަތަކުގެ ދަށުގައި މަޑު މުށި ކުލައިގެ ކަޅިއަށް ބަލައިލި ކޮންމެ މީހަކަށް ލިލިއާއިން ނަޒަރު ވަކިކޮށް ނުލެވޭނެކަން ޔަޤީނެވެ.
އެންމެ ފަހުކަމަކަށް ގަޔަށް ސެންޓު ބުރުވާލުމަށްފަހު، އެނދުމަތީގައި އޮތް ކްރީމް ކުލައިގެ ހޭންޑްބޭގްއަށް ފޯންލުމަށްފަހު އެ ހިފައިގެން ކޮޓަރިން ނިކުންނަން މިސްރާބުޖެހިއެވެ. މަންމަ ކައިރީގައި މިދަނީއޭ ބުނުމަށްފަހު ލިލިއާ އަވަސް އަވަހަށް އެމީހުން އުޅޭ އެޕާރޓްމަންޓް އިން ނިކުންނަން ހިނގައިގަތެވެ. ލިފްޓު ތެރޭގައި ހުރެވުނު އިރުވެސް ލިލިއާއަށް ހީވީ އެއް ގަރުނު ވީހެންނެވެ. ޓެކްސީއެއް ލިބޭތޯ ޕޭވްމަންޓް މަތީގައި ލިލިއާ ހުރިއިރު މަގުމަތިން ދިޔަ ބައެއް ފިރިހެންކުދިންގެ ނަޒްރުތައް އޭނާއަށް ހުއްޓޭތީ ލިލިއާ ހުރީ ކުޑަކޮށް ނުތަނަވަސް ވެފައެވެ. ޓެކްސީ އެއް ނުލިބިގެން ހުރި ލިލިއާއަށް ސިހުމެއް ލިބުނީ ކުއްލިއަކަށް ވާރޭ ކެރި ޖަހަން ފެށުމުންނެވެ. ކުޑަ އިރުކޮޅެއް ކުރިން ސާފުކޮށް އޮތް އުޑުމަތިން މިގަޑީ ވާރޭ ކެރި ޖަހަން ފެށުމުން އެކަމާ ހިތްހަމަނުޖެހި ހުރެ ކުދިކިޔަން ފެށުނެވެ. ކުޑައެއް ނުގެނެވުނީތީ އެކަމާވެސް ކުދި ކިޔުނެވެ. މިއަދު ގަޑި ނުޖެހި ހޮސްޕިޓަލަށް ނުދެވޭނެހެން ހީވުމާއިއެކު ލިލިއާ ފެންކަޅިވާގޮތްވީ ބޭއިޚްތިޔާރުގައެވެ. ލިލިއާގެ ކުރިމަތިން ދިޔަ ކަޅުކުލައިގެ ކާރަށް ދުވަމުން ދުވަމުން ގޮސް އެރީ އެއީ ޕްރައިވެޓް ކާރެއް ކަމެއް ނޭނގޭ ހާލުގައެވެ.
*********
ނަވްޔާން ސިއްސައިގެން ދިޔައީ އޭނާގެ ބައްޕަގެ ކާރުގެ ފަހަތު ސީޓަށް މީހަކު އެރުމުންނެވެ. ނަވްޔާންގެ ދެބުމަ ގޮށްޖެހިގެން ދިޔައީ އޭގެއަށް އަރާނެ މީހަކު ނޭނގުމުންނެވެ. ބައްޕަ ކައިރީ އަހާފައި ބައްޕަގެ ކާރުގައި ނަވްޔާން އައި އިރު، ބައްޕަ ވާނީ ކޮމްޕެނީގައިކަން ކަށަވަރެވެ. އަދި މަންމައާއި ނަވްވެސް ވާނީ ގޭގައެވެ. ދެން މި ވަގުތު މި ކާރަށް އަރާނީ ކާކުބާވައެވެ؟ ހިތަށް ރުޅިވެރިކަން ވެރިވެފައިވާހާލު ފަހަތް ބަލާލި ނަވްޔަން ހުއްޓުންއެރީ ކުރިމަތީ އިން ހޫރުޕަރީއެއްފަދަ އަންހެން ކުއްޖާ ފެނުމުންނެވެ. ފްލޯރަލް ޑިޒައިންތަކެއް ހުރި ހުދު ކުލައިގެ ހެދުމެއް ލައިގެން އިންއިރު އަޅާފައިވާ ކްރީމް ކުލައިގެ ޝޯލް އެ ހެދުމާއި ނުހަނު ގުޅެއެވެ. އެ ދޮން މޫނުގައި ވާރޭ ތިކިތައް ހުރުމުން އެ އަންހެންކުއްޖާއަށް އިތުރު ފުރިހަމަކަމެއް ގެނެސްދިނެވެ. މޫނުގައި މޭކް އަޕް އެއް ކޮށްފައިނުވާއިރު ވެސް އެ އަންހެންކުއްޖާގެ ރީތިކަން ފަނޑުނުވެއެވެ. މަޑު ފިޔާތޮށިކުލައިގެ ތުންފަތަކާއިއެކު، ބޯ އެސްފިޔަތަކުން ހިޔާ އެޅިފައިވި މަޑު މުށި ކުލައިގެ ކަޅިއަށް ނަވްޔާންއަށް ބަލަހައްޓައިގެން ހުރެވުނީ ކީއްވެކަމެއް އޭނާއަކަށް ނޭނގުނެވެ.
” މެޑިކާ ހޮސްޕިޓަލް.. ޕްލީޒް އަވަސްކޮށްލަދެއްޗޭ..” ހޭންޑްބޭގް އިން ފޯނު ނެގުމަށްފަހު ގަޑި ބަލާލަން އުޅުނު ވަގުތު ލިލިއާ ކުޑަކޮށް ސިހިގެން ދިޔައީ ޑްރައިވަރު ސީޓުގައި އިން ޒުވާނާ އޭނާއަށް ބަލަހައްޓައިގެން އިނުމުންނެވެ. ހަމުގެ ކުލަ އަލި، ރީތި ސްޓައިލަކަށް އިސްތަށިގަނޑު ހަދާފައި ހުރުމުން އެ ޑްރައިވަރގެ ފިރިހެންވަންތަކަން އިތުރުކޮށްދެއެވެ. ލިލިއާ އެންމެ ހައިރާންކުރުވަނިވި ކަމަކަށްވީ އެ ޒުވާނާގެ، ރާއްޖޭގެ ކުދިންނާ ތަފާތުކޮށް ހުންނަ އަޅި ކުލައިގެ ކަޅިއެވެ. އޭނާގެ ހަޔާތުންވެސް މިހާ ރީތި ޒުވާނެއް އަދި ނުފެނެއެވެ. މި ޒުވާނާ ބޭރުގެ މޮޑެލްއަކަށް ދޫނުކުރާނެކަން އޭނާއަށް ޔަޤީނެވެ. ޑްރައިވަރ ކައިރީ އަވަސްކޮށްދެއްޗޭ ބުނުމަށްފަހު، ލިލިއާ ދުރުބަލަންފެށީ ގަޑި ނުޖެހި ހޮސްޕިޓަލްއަށް ދެވޭނެކަމަށް އުންމީދުކުރަމުންނެވެ.
ނަވްޔާންއަށް ހަރަކާތެއް ކޮށްލެވޭވަރުވީ އެ އަންހެންކުއްޖާ އަވަސްކުރައްޗޭ ބުނުމުންނެވެ. “ވަޓް ޑޫ ޔޫ މީން..؟ އެން ހޫ އާރ ޔޫ..؟” ނަވްޔާން އެނބުރިލަމުން ފަހަތު ސީޓުގައި އިން އަންހެންކުއްޖާއާއި ސުވާލުކޮށްލީ ރުޅިވެރިކަމާއި އެކުއެވެ. މި ކާރަށް އަރައި އޭނާ ކައިރީ ކަންކަމަށް އެދެން މީ ކާކުހެއްޔެވެ؟ އެންމެ ކުޑަމިނުން ނަވްޔާންއަށް ނުވެސް އެނގޭ ކުއްޖެކެވެ. ބޭރު ބަލަން އިން ލިލިއާއަށް ވަގުތުން އެ ޒުވާނާއާއި ދިމާލަށް ބަލާލެވުނީ އެ ޒުވާނާ ބުނި އެއްޗަކުންނެވެ. ޓެކްސީއަށް އަރާ މީހުންގެ މައުލޫމާތު ޑްރައިވަރުން ހޯދަންޖެހޭ ހެއްޔެވެ؟ “ޓެކްސީ އަށް އަރާ މީހުންގެ އިންފޮރމޭޝަން ހޯދުމަކީ މުހިންމު ކަމެއްތޯ..؟” އެ ޒުވާނާ ކުރި ސުވާލަށް ޖަވާބު ދިނުމުގެ ބަދަލުގައި ލިލިއާވެސް ސުވާލެއްކޮށްލީ އެ ޒުވާނާ ކުރި ސުވާލަށް ޖަވާބުދޭހިތް ނުވުމުންނެވެ. އޭނާއަށް މިކަހަލަ ކަމެއް މި ދިމާވީ އަދި އަލަށެވެ.
އެ ގޮތް ނޭނގޭ އަންހެންކުއްޖާ ކުރި ސުވާލުން ނަވްޔާން އިތުރަށް ރުޅިއަންނަ ގޮތްވިއެވެ. ” އޯ ޕްލީޒް!!.. އަހަރެން ނޫޅެން ކޮންމެހެން ތިކުއްޖާގެ އިންފޮރމޭޝަން އެއް ހޯދާކަށެއް..” ނަވްޔާން އެ އަންހެންކުއްޖާއާއި ހަތަރު ކަޅި ހަމަކޮށްލަމުން ރުޅިވެރިކަން އަޑަށް ވެރިކުރަމުން ބުނެލިއެވެ. އެ ޒުވާނާ ބުނެލި އެއްޗަކުން ލިލިއާ ގާތަށް ރުޅި އަންނަ ގޮތްވިއެވެ. ” ދެން ވައި ޑިޑް ޔޫ އާސްކް..؟ އިޑިއަޓް!!!…” ލިލިއާވެސް މޫނުމައްޗަށް ރުޅިވެރިކަން ގެންނަމުން ބުނެލީ ހަޤީޤަތުގައިވެސް ހިތްހަމަނުޖެހިގެންނެވެ. އަމިއްލައަށް ލިލިއާއަކީ ކާކުހެއްޔޭ އަހާފައި އަނެއްކާ އެކިޔަނީ ކޯއްޗެއްހެއްޔެވެ؟ ފޯނުން ގަޑި ބަލާލުމަށްފަހު ގަޑި ޖެހެން ކައިރިވާތީ ލިލިއާ އިތުރަށް ރުޅި އަންނަ ގޮތްވިއެވެ.
އެކުއްޖާ ބުނި އެއްޗަކުން ނަވްޔާންގެ ރުޅި އިތުރުވުން ނޫން ކަމެއް ނުވިއެވެ. ” ޖަސްޓް ޝަޓް އަޕް!!!!!!… މީގެއަށް އަރަން އައި އިރުވެސް މިއީ ޕްރައިވެޓް އެއްޗެއްކަން ނޭނގެނީތަ..؟ ނޫނީ އިނގިގެންތަ ތި އެރީ..؟” ނަވްޔާންވެސް ރުޅިވެރި އަޑަކުން އެ އަންހެންކުއްޖާއަށް ރައްދުދިނެވެ. ކާރޓޫން ތަކުން ވާތް ވާނަމަ މިހާރު ނަވްޔާންގެ ބޮލުން ހުންނާނީ ރުޅި އައިސްގެން ގޮސް ދުން އަރައަރައެވެ. މި އަންހެންކުއްޖާ އަޅެ މީ މޮޔައެއްހެއްޔެވެ؟ ބުނާ އެއްޗަކަށް އެއްޗެއް އެބަ ބުނެއެވެ.
ޑްރައިވަރ ދެން ބުނެލި އެއްޗަކުން ލިލިއާއަށް ދެލޯ ބޮޑު ކޮށްލެވުނުއިރު، ހިންދިރުވައިލެވުނީވެސް އުނދަގޫ ގޮތަކަށެވެ. އޭނާ ވާރެޔާ ނުތެމި އަވަސް އަވަހަށް އަންނަންވެގެން މިއާދެވުނީ މިއީ ޕްރައިވެޓް ކާރެއްތޯ ބަލާވެސް ނުލައެވެ. ކުރެވުނު މޮޔަ ކަންތައް ހިތަށް އަރާފައި އަމިއްލަ ނިތުގައި ލިލިއާއަށް އަތުން ޖަހާލެވުނީ އޭނާގެ އިޚްތިޔާރުން ބޭރުގައެވެ. އަވަސް ހަރަކާތަކާއެކު ބޭރު ބަލާލެވުނު އިރު އަދިވެސް ވާރޭ ހުއްޓައެއް ނުލައެވެ. އޭގެ ދެވަނަ ސިކުންތުގައި އަތުގައި އޮތް ފޯނަށް ބަލާލެވުނީ ގަޑިންވީ ކިހައި އިރެއްތޯ ބެލުމުގެ ނިޔަތުގައެވެ. ގަޑި ޖެހެން ކައިރިވެފައި ވުމާއިއެކު ލިލިއާ ހާސްވާގޮތްވިއެވެ. “ޑްރައިވަރ.. އަޅުގަނޑަށް މާފުކުރައްވާ.. އަޅުގަނޑު ޖޮބަށް ދާ ގަޑި ޖެހެނީ.. ޕްލީޒް ޕްލީޒް ޕްލީޒް ޕްލީޒް ޑްރޮޕެއް ދެބާ.. އައިލް ޕޭ ޔޫ މޯރ.. ޕްލީޒް ޑްރޮޕް މީ.. އައިމް ރަނިންގ އައުޓް އޮފް ޓައިމް.. އައި ބެގް ޔޫ..” ލިލިއާ ވަގުތުން މައާފަށްއެދޭ ކަމަށް ހަދާފައި އެ މީހާ ކައިރީ އާދޭސްކުރަން ފެށީ މި ވާރޭތެރޭގައި ޓެކްސީއެއް ހޯދަން އުނދަގޫވާނެކަން އެނގޭތީއެވެ.
އެ އަންހެންކުއްޖާގެ ކޮންމެ ހަރަކާތަކަށް ބަލަން އިން ނަވްޔާންއަށް ދެންމެ އައި ރުޅިގަނޑު ދިޔަ ތަނެއްވެސް ނޭނގުނެވެ. އެ ކުއްޖާ އެހާވަރަށް އާދޭސްކުރަން ފެށުމުން އިންކާރު ކުރާކަށް ވެސް ނުކެރުނެވެ. “ފައިން.. އެން ވަން މޯރ ތިންގ، ޑޯންޓް ކޯލް މީ ޑްރައިވަރ.. އައިމް ނަވްޔާން..” ނަވްޔާން އެހެން ބުނެލި އަޑު އިވިފައި ލިލިއާ ހިފަހައްޓައިގެން އިން ނޭވާ ދޫކޮށްލި އިރު ހީވަނީ ވަރަށް ބުރަ މަސައްކަތެއްކޮށް ނިންމާލި ހެންނެވެ. ލިލިއާ ދުރު ބަލަންފެށީ ހިތާހިތުން ނަވްޔާން އަށް ކުދިކިޔަމުންނެވެ.
One Comment
Comments are closed.


Dear readers… Frst of all, I’m really sorry that I didn’t upload this part for a long time due to the term tests????????… I had to prepare for it?????… And I hope you guys would understand that… Again I’m really really really really really sorry?????… I know mi part kuru kan vx… Mistakes faahaga vaanama tell me in the comment section… Luv ya all???????????????… Be safe????????????…