Skip to content
އެސްފިޔަ

ލޯބިވެރިއެއް ތިނޫނީ މަށެއް ނޭދެމޭ..29

” ދައްތާ، ބޭބޭ އަޅުގަނޑު ބޭނުން ފުރުމުގެ ކުރިން މީޝާ އާ ކައިވެނި ކުރަން” ދެން އަޔާން ބުނެލި ޖުމްލައިން އެތަނުގައި ހީވީ ކުޑަ ބޮމެއް ގޮއްވާލިހެންނެވެ. އެވަގުތު ހުޅުވާފައި ހުރި އެ ގޭގެ ދޮރު މައްޗަށް އެރި އިޔާޝް އަށް ވެސް އޭނާގެ ދެލޯ ބޮޑުކޮށްލެވުނީ އަޔާންގެ އަނގައިން ނުކުން ޖުމްލައިނެވެ. އިޔާޝް އެކޭ އެއްފަދައިން އެވަގުތު ކޮޓަރީގައި އަމިއްލަ ހަޔާތާ މެދު ކަރުނަ އަޅާ ރޯން އޮވެފައި ބޭރުން އަޔާންގެ އަޑު އިވޭހެން ހީވެގެން ނުކުން މީޝާގެ ބޮލަށް ވެސް އެނބުރުން އަރައިގެން ދިޔަ ފަދަ އިހުސާސް އެއް ކުރެވުނީ އަޔާން ބުނެލި ޖުމްލައިންނެވެ.

*************

” ޔާން..” ހައިރާންކަން އެކުލެވިފައިވި ހިތްދަތި އަޑަކުން މީޝާ އަޔާން އަށް ގޮވާލިއެވެ. އަޔާންގެ އަނގައިން ނުކުން ބަހުން މީޝާގެ ހިތް އުފާވި ނަމަވެސް އެކަން ވިއްސިވިހާލިވީ ލިއުޝާ މަތިން ހަނދާންވެފައެވެ. އޭނާގެ ސަބަބުން ފަހަރުގައި ވެސް އަންހެން ކުއްޖަކަށް ދެރައެއް ލިބޭކަށް މީޝާ ނޭދެއެވެ.

ފަހަތުން މީޝާގެ އަޑު އިވުނު ނަމަވެސް އަޔާން ފަހަތް ބަލާލުމުގެ ހިޔާލު ނުކުރީ އޭނާގެ ލޮލުތެރޭ ހައްޔަރުގައި ހުރި ކަރުނަތައް މިނިވަންވެދާނެ ކަމުގެ ބިރަށެވެ. ” ބޭބޭ.. އަޅުގަނޑު ޖަވާބެއް ބޭނުން..” އޭނާގެ ކުރިމަތީގައި އަނގައިން ބަހެއް ބޭރު ނުކޮށްހުރި މަހުދީ އާ އަޔާން މިފަހަރު ކުރިމަތިލީ ޖެހިލުމާއެކު ބިރުގައިންފައިވި ހިތަކައިގެންނެވެ. ޖަވާބު ނުލިބިދާ ކޮންމެ ސިކުންތެއް ވެސް އަޔާންއަށް ހީވަމުން ދިޔައީ ތިން ގަރުނުހެންނެވެ. ސިކުންތަކަށް ފަހު ސިކުންތެއް ފާއިތުވަމުން ގޮސް ޖަވާބު ނުލިބިދާނެހެން ހީވި ވަގުތު ކޮޅަކަށް ފަހު ކޮޓަރި ދޮރުމަތީގައި ހުރި މީޝާ އަށް މަހުދީ ގޮވާލުމާއެކު އަޔާން އަށް ވެސް އެ ދިމާ ބަލައިލަން މަޖުބޫރުވިއެވެ. މަހުދީ އޭނާގެ އަތް އުފުލާލަމުން މީޝާ ކައިރި އެތަނަށް އައުމަށް އިޝާރާތް ކުރިއެވެ. މަހުދީގެ އެ ހަރަކާތުން މީޝާގެ ހިތަށް ސިހުންވެރިކަން އަތްގަދަކުރިއިރު ކުރިއަށް ފިޔަވަޅު އެޅިއިރު ބައްޕަ ކައިރި ހުއްޓިލައިގެން ހުރި މަންމަގެ ލޮލުގައި ވިދާ ބަބުޅަމުން ދިޔަ ކަރުނަތައް ފާހަކުރެވުނެވެ.

” ދަރިފުޅު ބޭނުންވޭތަ ކައިވެނި ކުރަން؟ ” މީޝާ އޭނާ އާ އަރާ ހަމަވުމާއެކު ލޯބިން އެ ބޮލުގައި ފިރުމާލަމުން މަހުދީ އަހާލިއެވެ. އެއާއެކު އަޔާން އަދި މީޝާ އަށް ވެސް ލިބިގެން ދިޔައީ ހައިރާންކަމެވެ. ވާނީވެސް އެހެން ނޫންހެއްޔެވެ؟ މިއަދާ ޖެހެންދެން ވެސް މަހުދީ އެންމެ ދެކޮޅު ހެދި ކަމަކީ މީޝާ އެހާ ޅައުމުރުގައި ކައިވެނިކުރުމާއެވެ. ނަމަވެސް މިއަދު ފެނިގެން މި ދިޔައީ މީޝާ އަދި އަޔާން އެމީހުންގެ ހުވަފެނުގައި ވެސް ވާނޭ ކަމަށް އުންމީދު ކުރި ކަމެއް ނޫނެވެ. އަނެއްކާ ބައްޕަގެ ސިކުނޑި މިއަދު ހަމައަށް މަސައްކަތް ކުރޭބާއޭ މީޝާގެ ހިތަށް އެރިއެވެ. އިސްޖަހައިލާގެން ހުރެ މަޑު މަޑުން މީޝާ މަހުދީ ކުރި ސުވާލަށް ބޯ ޖަހާލީ އޭނާގެ އަމިއްލަ އިޙްތިޔާރުން ބޭރުގައެވެ. ހައްތަހާވެސް ލޯބީގެ ބާރެވެ. އަޔާން އާއި ދުރުވާން ޢަޒުމްކަނޑައަޅައިގެން ހުރި ނަމަވެސް ފަހުވަގުތު އެ ހިތްވަރު ވަދެ ފިލީ ކޮންތާކަށް ކަމެއް ވެސް ނޭނގެއެވެ.

” ބަލަ މަހުދީ މޮޔަވީތަ؟ އެއީ އަދި ކުޑަ ކުއްޖެކޭ..” މިއޮށް ހުރިހާއިރު މަޑުން ހުރި މާހީންގެ ހިތުގައިވި އަސަރުތައް ރުޅީގެ ސިފައިގައި ބޭރުވާން ފެށީ މީޝާ އެ ކައިވެނި ކުރަން ޤަބޫލުވުމުންނެވެ. އެ ދަރިފުޅު އޭނާގެ ލޯމަތިން އެހާ ޅައުމުރެއްގައި ގެއްލި ދިއުމަކީ ކުރަން މާ ފަސޭހަ ކަމެއް ނޫނެވެ. ކިޔަވަން ރާއްޖޭން ބޭރަށް ވެސް މީޝާ ފޮނުވަން މާހީން އެއްބަސްވީ މީޝާގެ އެތައް އާދޭހެއްގެ ސަބަބުންނެވެ. އަދި އޭނާގެ ލޯމަތިން މުޅި އުމުރަށް އެ ދަރިފުޅު ގެއްލެން އެދޭނީ ކިހިނަކުން ހެއްޔެވެ. ޙާއްސަކޮށް އެހާ ޅައުމުރެއްގައެވެ.

” މާހީން..އަޑު…..” މަހުދީ މާހީން ހުއްޓުވަން މަސައްކަތް ކުރީ އަނބިމީހާއަށް ކުރަމުން ދިޔަ އަސަރު އެނގިގެންހެން ހީވިއެވެ.

” ކިހިނެއްތަ މަޑުން ހުންނާނީ.. އެއްދަރި ބީވި ގޮތަށް މިހާރު ކައިރީ މިހިރަ ދަރި އަތުން ބީވާކަށް އަހަރެން ނޭދެމޭ މަހުދީ..” މަހުދީގެ ވާހަކަ ހުއްޓުވަމުން މާޙިން ރޮމުން ރޮމުން ހުރެ ބުނެލިއެވެ. މަންމަ އެ ބުނީ ދޮންބެގެ ވާހަކަ ކަމަށް ހިތާ މީޝާ މާ ބޮޑު ސަމާލުކަމެއް މާހީންގެ ވާހަކައަށް ނުދިނީ އޭނާގެ ދޮންބެ ވެސް މީހަކާ އިނދެގެން ދިރިއުޅުން އިންޑިއާ އަށް ބަދަލުކުރުމަށްފަހު އަދި އަދަށް ވެސް ޙަބަރެއް ނުވާތީއެވެ. އަޅާލުމެއްނެތި މަހުދީގެ ވާހަކަ ހުއްޓުވަމުން މާހީން ދުވެފައި ކަހަލަ ގޮތަކަށް ގޮސް ކޮޓަރިއަށް ވަނެވެ. ފަހަތުން މަހުދީ ވެސް ދިޔައީ މާހީން ހަމައަކަށް އެޅުވުމުގެ ބޭނުމުގައެވެ. ދަމުން އަޔާން އާއި މީޝާގެ ބޮލުގައި ފިރުމާލާފައި ކަންބޮޑު ނުވުމަށް މަހުދީ ދެކުދިން ކައިރިން ވެސް އެދުނެވެ. އެއަށްފަހު ބާރަށް ކޮޓަރިއަށް ދިއުމަށް ހިނގައިގަތެވެ.

” ބްރޯ ތީ ކޮންކަމެއް؟ ” މިއޮށްް ހުރިހާއިރު މަންޒަރު ބަލަންހުރި އިޔާޝްއަށް ކެތްވީ މަހުދީ ކޮޓަރިއަށް ވަންނަން ދެނެވެ. ހިތުގައި އުފެދިފައިވި އޮޅުންބޮޅުން ގަނޑު ތެރޭން ސަލާމަތް ވާން އިޔާޝް ހުރީ ވަރަށް ބޭނުންވެފައެވެ.

” ބްރޯ ޕްލީޒް.. ނޮޓް ނައު..ފަހުން ކިޔައިދޭނަން..” އާދޭސް ކުރާ ކަހަލަ ރާގަކަށް އަޔާން އެހެން ބުނެލަމުން މީޝާ ގޮވައިގެން ގޭގެ ބެލްކަންޏަށް ހިނގައިގަތީ މީޝާ އަށް ވެސް ލިއުޝާގެ އަސްލު ހަޤީޤަތް އޭނާ ކިޔައިދީފައި ނުވުމުން އެކަން ހިނގައި ދިއަގޮތް މީޝާއަށް ސާފުކޮށްދިނުމަށްޓަކައެވެ. އަދި މިހާރު ލިއުޝާ އަކީ އޭނާގެ ހަޔާތުގައި އެއްވެސް މީހެއް ނޫންކަން ބުނެދިނުމަށެވެ. އަޔާން އާއި މީޝާ އަށް ވަގުތު ދިނުމުގެ ގޮތުން އިޔާޝް ވެސް އެހަށް އެގެއިން ނުކުމެގެން ދިޔައީ އަޔާން އާއި ފަހުން ވާހަކަ ދައްކަން ނިންމައިގެން ހުރެއެވެ.

***********

” މައި ސްވީޓް ވައިފީ ފޫހިވެފަތަ މިހުރީ؟ ” ބެލަކަނީގައި ދުރުދުރަށް ދާންދެންވާ ސިންގަޕޫރް ގެ ހިތްގަމު މަގުތަކަށް ކަޅި ހުއްޓާލައިގެން ހުރި ސާޔާ އަށް ހިނިތުންވެލެވުނީ ޝާނިމް އައިސް ފަހަތުން އޭނާގެ ހަށިގަނޑުގައި ބައްދާލުމުންނެވެ. ޝާނިމްގެ ސުވާލަށް ސާޔާ ހިނިތުންވެލަމުން ބޯޖަހާލިއިރު ޝާނިމް ގެ މޫނުމައްޗަށް ވެސް އެ ޖަވާބުން ހިނިތުންވުމެއް ވެރިވިއެވެ. ކުރިއަށްވުރެ ވެސް ބޮޑަށް ސާޔާ އެ ހަށިގަނޑާ ކައިރިކޮށްލި ނަމަވެސް ދުރުވާން ޖެހުނީ ފޯނުގެ ރިންގުގެ އަޑު އިވިމުންނެވެ. މޫނުމައްޗަށް ވައްތަރެއް ޖައްސާލުމުން ޝާނިމް އޭނާ ލައިގެން ހުރި ޖިންސްގެ ޖީބަށް އަތް ކޮށްޕާލަމުން ފޯނު ނަގާ ބަލައިލިއެވެ. ” މި ވާން ވެސް ނިކަން ޓައިމިން ކަޑަވާނެ..” ޗޮކެއް ކަނޑާލަމުން ޝާނިމް އެހެން ބުނެލުމާއެކު މާހައުލުގައި ގުގުމާލީ ސާޔާގެ މިއުޒިކެއްފަދަ ހުނުމުގެ އަޑެވެ.

” އާން ކީކޭ ވާން؟ ” ސާޔާގެ ކޮނޑަށް އަތްވައްޓާލަމުން ޝާނިމް ރީތި ހިނިތުންވުމަކާއެކު ބުނެލިއެވެ. ނަމަވެސް އެކޮޅުން ޒީވާން ދިން ޙަބަރަކާއެކު ވަގުތުން ޝާނިމްގެ މޫނުމައްޗަށް ހައިރާން ކަމާއެކު ކަންބޮޑުވުމުގެ އަސަރު ވެރިވިއެވެ. އިސްއުފުލާލަމުން ސާޔާ ވެސް ޝާނިމްގެ މޫނަށް ނަޒަރު ހުއްޓާލީ ވީ ގޮތެއް އެނގުމުގެ ބޭނުމުގައެވެ.

” އެކަމް ޔާން ކީއްވެ އެހާ ކުއްލި ގޮތަކަށް.. ވާންގެ ވެޑިން އާއެކު ވެޑިން ބާއްވަން މަޑުކޮށްލި ނަމަ ވެސް..” މަޑުމައިތިރިކަމާއެކު ޝާނިމް ޒީވާން އާއި ސުވާލުކޮށްލަމުން އޭނާގެ ކައިރި ހުރި ސާޔާގެ މޫނަށް ބަލައިލިއިރު އެ ކުއްޖާގެ ދެލޯ ބޮޑުވެފައި ހުރުމުން ހީލެވުނީ ސާޔާ ހުރިގޮތް މައުސޫމު ކަމުންނެވެ. ނަމަވެސް ފަހުން ކިޔައިދޭނެކަމަށް ބުނެ އެހަށް ޒީވާން އާ ދައްކަން ފެށި ވާހަކަ ދެއްކުމައިގެން ކުރިއަށް ދިޔައީ އެކަން މިވަގުތަށް މާ މުހިއްމު ވުމުންނެވެ.

” ނޭނގެ ބްރޯ.. ޔާޝް ބުނީމަ އަހަންނަށް ވެސް އެނގުނީ.. އިރުކޮޅަކުން ދާނަން ޔާން ކައިރިއަށް ޔާޝް އާއެކު ގޮސް ގުޅާނަން ބްރޯ އަށް..” ޝާނިމްކުރި ސުވާލަށް ޖަވާބުދެމުން ޒީވާން މިވަގުތަށް އެ ފޯން ކޯލް ކުރުކޮށްލީ ޝިމާ ގޮވައިގެން ތަނަކަށް ދާން ވެފައި އޮތުމުންނެވެ. އެއާއެކު ޝާނިމް ވެސް އޯކޭ އޭ ބުނެ ފޯނު ކަނޑާލަމުން ސާޔާ އާއި ދިމާލަށް އެނބުރި ކަންވީގޮތް ކިޔައިދޭން ފެށިއެވެ.

*********

” ވަޓް……… މީޝް ކައިވެނި ކުރަނީ އޭ؟؟؟؟ ” އަޑުގެ ނެތް ތަނަށް ހަޅެއް ލަވައިގަންނަމުން ނާޔާ ފޯނުގެ އަނެއް ފަރާތުގައި ހުރި އިޔާޝް އަށް ބުނެލިއެވެ. އެއާއެކު ވަގުތުން އިޔާޝް އޭނާގެ ކަންފަތާ ފޯނު ދުރުކޮށްލީ ކަންފަތުގެ ހިނދުރިއަށް ވެސް ނާޔާ ހަޅެއްލަވައިގަތުމުން ގޮތްވިހެން ހީވުމުންނެވެ. ނާޔާ އޭނަ އާއި ވާހަކަ ދައްކަމުން ދިޔައީ ފޯނުންކަން ވެސް އެއީ އެ ސޮރުގެ ނަސީބުކަންނޭގެއެވެ. ނޫންނަމަ މިއަދު ހަމަ ރަނގަޅަށް ވެސް އޭނާގެ ކަންފަތުގެ ދުވަސް ދިޔައީހޭ އިޔާޝްގެ ހިތަށްއެރިއެވެ.

” ނާޔޫ މަޑުން..” ހިނިތުންވެފައި އިނދެ އިޔާޝް އެހެން ބުނެލަމުން ހިތްދެމިލާފައި އޭނާއަށް ފެނުނު މަންޒަރު ކިޔައިދޭން ފެށިއެވެެ. އަޑު އިވެމުން ދިޔަ ވާހަކައިން ނާޔާ އިނީ ބުނާނެ އެއްޗެއް ނޭނގި އަނގަ ހުޅުވި ގޮތަށް ލައްޕަން ވެސް ނޭނގިފައެވެ. އެތަށް ފަހަރަކު ހައިރާންވެ އިނދެ އަޔާން އަށް ތައުރީފް ވެސް ކުރެވުނެވެ. ނާޔާ ޤަބޫލުކުރާ ގޮތުން މިހާރު އުޅޭ ފިރިހެން ކުދިންނަށް އެ ގޮތަށް އަންހެން ކުއްޖާގެ ބައްޕަ ކައިރިން ކައިވެންޏަށް އެހުމަކީ އެމީހުނަށް ކުރަން ކެރޭ ކަމެއް ނޫނެވެ. ނަމަވެސް އަޔާން އޭގެ އިދިކޮޅޭ ނާޔާ އިޔާޝް ކައިރި އެތައް ފަހަރަކު ބުނެޏެވެ. ނާޔާ  އެހެން ބުނުމުން އިޔާޝް ތިމަންނަ އަށް ކެރޭނޭ ބުނުމުން ދެން ފެށިގެން ދިޔައީ އެކަމާ ވެސް ދެމީހުން ދެމީހުނަށް ޒުވާބުކުރުމެވެ. ނާޔާ އިޔާޝް އަކަށް ނުކެރޭނޭ ބުނަމުން ދިޔައިރު އިޔާޝް އޭނައަށް އެކަން ކުރަން ކެރޭނެކަމަށް ބުނެ ފާޅުގައި ޖަވާބު ދެމުން ދިޔައެވެ. އެކަކަށް ދޫކުރާނެ އެކަކު ވެސް އެތާނެތެވެ. ދެންމެ އަކާ ޖެހެންދެން ސީރިއަސް ވެފައި ތިބި ދެމީހުންގެ ސީރިއަސްކަން ވަދެ ފިލީ ކޮންތާކު ކަމެއް ވެސް ނޭނގެއެވެ. ހިނދުކޮޅަކަށް ވެސް ސީރިއަސްވެފައި ތިބުމަކީ އެ ދެމީހުނަށް ނުވާނެ ކަމެއް ފަދައެވެ.

*******

” ލިއުޝާ ކޮންތާކުން ތި އައީ ” ރައްޓެއްސަކާ ބައްދަލު ކުރުމަށްފަހު ގެއަށް އައިސް ވައިން ލިއުޝާ ގެ ކަންފަތުގައި ފުރަތަމަ ވެސް ގުގުމައިގަތީ އޭނާގެ މަންމަގެ ރުޅިވެރި އަޑެވެ. އެއީ އަބަދުވެސް އާދައެވެ. ދުވަހަކު އޭނާގެ މަންމަ އޭނާ އާއި ލޯބިން މުޙާތަބު ކުރި ހަނދާނެއް ލިއުޝާ ނުވެއެވެ. ނަމަވެސް މިއަދާ ހަމައަށް ވެސް ސަބަބެއް ނޭނގެއެވެ. އެކަން ވެގެން ދިޔައީ ނުބައި މަގުން ހިނގުމަށް ލިއުޝާ އަށް އެޅުނު ފުރަތަމަ ފިޔަވަޅަށެވެ. އޭނާ ކޮންމެ ގޮތަކަށް އުޅުނަސް ޒުމްރާ އަޅައެއް ނުލާނެއެވެ. ޙުދު ޒުމްރާ ވެސް ލިއުޝާ ކުރިމަތީގައި އުޅެމުން ދިޔައީ މިއަދު ލިއުޝާ އުޅެމުން އެދާ ގޮތަށެވެ. ކުޑައިރުއްސުރެ ވެސް އެއީ ލިއުޝާ އަށް ފެންނަ އާއްމު މަންޒަރުތަކެވެ.

ކުޑައިރުއްސުރެ ލިއުޝާ އުޅެ ބޮޑުވީ އޮސްޓްރޭލިއާގައި ޒުމްރާ އާއި އެކުގައިއެވެ. ލިބިފައިވާ މިނިވަންކަމާއެކުގަ އާއި ޒުމްރާ ހަތަރު ދަމު ބޭރުގައި އުޅުން ވެގެން ދިޔައީ ލިއުޝާ އަށް އޭނާ ކުރަން ބޭނުންވި ކޮންމެ ކަމެއް ކުރުމަށް ލިބުނު ރަނުގެ ފުރުސަތަކަށެވެ. އެހެންކަމުން މިއަދާ ހަމައަށް ވެސް އެ އާދަ ލިއުޝާ ގައިން ކެނޑޭގޮތް އަދިވެސް ވަނީ ނުވެފައެވެ. ފެށުނީއްސުރެވެސް ބައްޕަ ހުންނަ ހަނދާނެއް ލިއުޝާ ނުވެއެވެ. ބައްޕަ ގެ ވާހަކަ ބުނާއިރަށް މަންމަ އޭނާ ދެކެ އަންނަ ރުޅި ދެގުނަ ވާކަން ވެސް ލިއުޝާ ދަނެއެވެ. ބައެއްފަހަރު އެއީ އޭނާގެ އުފަން މަންމަ ބާއޭ ވެސް ލިއުޝާގެ ހިތަށް އަރައެވެ.

ޒުމްރާ ކުރި ސުވާލަށް ޖަވާބު ވެސް ނުދީ ގޮސް ލިއުޝާ ކޮޓަރިއަށް ވަނީ އެއީ މާ މުހިއްމު ކަމަކަށް ނުވުމުންނެވެ. އެހެން ނޫނަސް މީޝާ އާއި އަޔާން ދުރުކުރެވޭނެ މަގެއް ފެނުމުން ލިއުޝާގެ ހިތް ވަނީ އިންތިހާއަށް އުފާވެފައެވެ.

**********

މަހުދީގެ އެތައް ނަސޭހަތަކާއެކު މާޙީން ހަމައަކަށް އެޅިގެން ދިޔައިރު ، މާޙިންގެ ބޮލުގައި ފިރުމާލަމުން މަހުދީ ކޮޓަރިން ނުކުމެގެން ދިޔައީ މުހިއްމު ކަމެއްގައި އޮފީހަށް ދާން ޖެހުމުގެ ސަބަބުންނެވެ. މަހުދީ ނުކުތުމާއެކު މާޙީން މަޑު ހިނގުމެއްގައި ގޮސް ކޮޓަރީގައި ހުރި ބޮޑު އަލަމާރި ކުރިމަތީގައި މަޑުކޮށްލިއެވެ. އެއަށްފަހު ދޮރުފަތް އެއްފަރާތަކަށް ކަހާލަމުން އަލަމާރީގެ އެންމެ އެތެރެއިން ފޮޓޯ ފްރޭމްއެއް ނެގިއެވެ. މާހީން އާއި މަހުދީގެ އަތުތެރޭގައިވާ ލޯބިލޯބި އަންހެން ކުއްޖާ ފެނުމުން ލޯބިން ކޮންމެ މީހަކު ވެސް ހިތް ފުރިގެންދާނެކަން ގައިމެވެ. މޫނުމަތިން މީޝާ އާއި ވައްތަރު ގޮތެއް ހުރިއިރު އެހާ ކުޑައިރުވެސް ހީލުމުން ދެކޮލަށް އަރާފައިވާ އަޑިކޮޅުން ލޯބިން އެތައް ހިތެއް ބަންޑުންކޮށްލާނެއެވެ. އެ ފޮޓޯގަނޑު ފެނުމާއެކު މާހީންގެ ލޮލުން ފައިބަން ތައްޔާރަށް ތިބި ކަރުނަތައް އޭގެ މަގާމް ދޫކޮށް ފައިބައިގަތީ އެއްވެސް އިންޒާރަކާ ނުލާ ފެން އިސްކޫރެއް ދޫކޮށްލާ އުސޫލުންނެވެ.

” މަންމަގެ ލިއު ” މަޑު ގިސްލުމަކާ އެކު މާހީން ގެ އަނގައިން ނުކުން ދެބަހުގައިވި ހިތްދަތިކަން ކިތަންމެހާ ވެސް ރަނގަޅަކަށް ފާހަގަވިއެވެ.

( ނުނިމޭ )

 

މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.

Comments (66)

  1. Lotus?

    Me first dho…. Vv reethi mi part vx… Wow meesha ge dad ehbas vy dho…. Liusha n Meesha eiii siblings baa?
    Waiting for the nxt part
    ❤️❤️Lysssm

    1. euphoria
      Lotus?

      labba dear first.. congrats darll.. awwwnn thnk yuh sooo mauch darlll… labba meesha ge dad ebbas v… lets see dhw… lymmmm

  2. Eem

    Yayy first dhw. Meesha and liusha aee siblings dhw. Curious to know that. Waiting for next part. Please upload that soon.

    1. euphoria
      Eem

      nuney dear mifaharu second dhn faharakun vaane first hoadhan try kohlan ngey… lets see dhw eii siblings tho?? insha allah will try my bst hama vrh avahah nxt part genesdheveytho ngey..

  3. ?LamHaa?

    ❤️❤️❤️?Wow Maasha allah V reethi mi part vx sisoo
    Naayoo n Iyaash vx dhw abadhu zuvaabu kuran..? Liusha ge manma akee Maahin tha..??Ehn veema Liusha n Meesha ey siblings Dhw
    Curiously waiting For nxt part sisoo
    Stay safe n Tc
    ❤️❤️❤️Lyyysssmmm

    1. euphoria
      ?LamHaa?

      thnk yuh sooo much darlll… hahah yes naayoo nd yaash abadhu zuvaabu ga ey dhw… lets see dhw liusha nd meesha eii siblings tho vs…. stay safe tc nd lymmmm nd more darlll..

  4. princess

    omg…. meeshaa and liushaa siblings eyy dhw…. liusha ah ekan ingey dhuvahun liushaa ge moonu mahchah araa faibaa kukathah haadha majaa vaane dhw… ??????… mi part vx vrh salhi…. adhi alah eupjlhoria ge stry akah comment kolly….. vrh salhi yiur stries… waiting for the next part…. ❤️ ❤️ ❤️ ❤️ ❤️

    1. euphoria
      princess

      lets see dhw eii siblings tho vs… ahahah hingaa dhw e kulavaru balaalan wait kohlama kuriah huri parts thakah… btw thnk yuh sooo much darlll really means a lot…vrh ufaa vehje cmmnt kohliima…

  5. ❤️Scarlet❤️

    Whaaaaaaaaat? Liusha ei meesh ge sis! I can’t believe this! This can’t be… Anekka mivee gothun ayaan mn marry kureveyneba? I’m soooooooo curious!
    Btw, keehve mi part ga Ahu Bro mn ge scene eh nugenesdhinee? ??

    Tvvvvvvvvvvvgc sis. Ly❤️

    1. euphoria
      ❤️Scarlet❤️

      yeeesssssss bt lets see dhw.. ahahah hingaa dhw balama marry kureveytho vs ayaan mn nah… srry dear ahu brw mn ge scene eh nugenesdhevuniima liyevun varu miii… u tooo darlll lymmm

  6. Shuha

    Vrh reethi mi vaahaka maashaa Allah ???? keep it up sis??

    1. euphoria
      Shuha

      thnk yuh sooo much lil sisii… means a lot..

  7. Afu

    Wowwww mi prt ah bunaane ehcheh vx neygey Hama speechless ?? varah varah reethi Masha Allah ♥️♥️♥️ naayoo n iyaash ge prts thah varah maja ?? ohh hrdha curious kohshey thi nihmaalee ?? yageen liusha eii meeshaage mom ge dhariyeh kan ??? meesha n liusha eii siblings ehn vma ?? curiously waiting for nxt ♥️♥️ stay safe ♥️♥️ saranghae ❤️❤️❤️❤️❤️

    1. euphoria
      Afu

      awwwn thnk yuh sooo much afu darlingg… means a lottt… ahah ys e dhekudhin v maja dhw afu… ys vrh curious koh dhw ninmaa milevunii.. lets see dhw dear… stay safe.. nado saranghae..

  8. Kylie

    Maasha allah vvv reethi mi part vx…meesha and liusha aky sisters dhw… Can’t wait fr nxt part…. LYSM sisoo…. Stay safe dear ?

    1. euphoria
      Kylie

      thnk yuh soo much darllll.. lets see dhw dear… lymmm nd more darling… stay safe..

  9. ?Ril?

    Wow mi part ves vrh vrh Sali
    Masha Allah sis.
    Speecless vehje Hama hehehe
    Ehenmaa agree vee dhw meeshaa ge parents egen e marriage Aley ehenvehjehyaa kithanmehaa ves ragalu
    Hehehhehe
    Fainally naayoo and yaash ge fight eh dhw mifenuny ehehe they are so cute when fighting
    Liushaa keehbaa kuraanee anehkaa edemeehun durukuran I am so curious for next part
    Whattttttttttt liu ey dhw dhen me ebuny liushaa ey meeshaa ge sis eh thr omg so cool heheheh
    Btw waiting for the next part
    Love uuuu
    Stay safe

    1. ?Ril?
      ?Ril?

      ????????????????????????❤️❤️❤️❤️❤️❤️?????♥️♥️♥️♥️???????????
      Mifaharu Ril ge cmnt colour ful noon veemaa mi hen mifonuvee heehhe

    2. euphoria
      ?Ril?

      thnk yuh soo much loabi loabi rilll… yup agree v ey e… ahahah ys e dhekudhinge fight eh fenijje dhw emme fahun… lets see dhw liusha kuraa kameh vs… lymmm darlll.. stay safe

  10. ? BLOSsOM ?

    heiiii sissie.. ???? this prt ves hama fabulous.. ❤️❤️❤️❤️❤️❤️ vrh salhi hama…..?????? mivareh neh.. ????????vrh vrhr vrh reeeeeethiiiiiiii.. ??????? finally nayoo and yaash ge fight eh dhw…?? nayoo and yaash fight kuraa iru vrh majaa………….. ???????? and vrh cute…???? woow ayaan haadha gadha ey..????? dhiya gothah gos meesha ge dad kaari ebunee marry kuran.. ?? so awesome.. ????? vrh cool Hama mi prt ves… ???? OMG ???liushaa a ee meesha ge sis tha..? ??? they’re siblings dhw ehn ma.. ???? 2 sisters fighting for a boy..??? kihaa varakun dhaanebaa….????? wait.. emeehunge marriage ah buruaraane dhw engih jehyaa..?????? plx neygeninnggggggsssssss.. ???? befor their marriage…….????? vrh vrh habeys hama mi prt ves as always….?????????????????????????? waiting for the nxt prt sissie….. ?????? lyssssssssssssssmmmmmmmmmmmmm…..
    ❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️ stay safe and secure..????? take care of ur self gey sissie.. ??????? saranghae sissie..❤️❤️❤️???????????????❤️???

    1. euphoria
      ? BLOSsOM ?

      heiii sweetie… awwwnnn thnk yuh soo much darlll… really meas a lot… ys e dhekudhinge fight eh dhw mi fenuniii… hahah ayaan vareh nethey dhw hama.. neynge adhi bt lest see dhw eii meesha ge sis tho vs… neynge neynge hama hingaa dhw balama marriage ah vaa gotheh vs… lymmmm nd more darlll.. stay safe nd tc.. nado saranghae..

  11. Anonymous

    Whaaaaaat.. is that liu that liusha????? Omg u kept me waiting soooo curious… Avahah next genesdhecchey????♥️♥️♥️??????
    Loooootsssss of luv from me♥️♥️♥️♥️
    Tvvvvvvgc everyone??????????????????

    1. euphoria
      Anonymous

      neynge dear lets see dhw… labba insha allah nxt prt vv try kuraanan avahah genesdheveytho.. lymmmm dear.. u too

  12. ???

    iyaash&naaya aai dhe myhunn ge bai thah dhenn avahah genn nan ulhey plx vaahaka v rythi ??? dhenn Inn baii nerenii konn irakunn tha? avahah nerehchey ??

    1. euphoria
      ???

      v avahah fennaane dhn iyaash nd naayaa ge baithah vs.. btw thnk yuh dear… nxt part insha allah i will try my bst hama avahah up kureveytho… labba insha allah

  13. Starlight vixx

    Varah reethi mi part ves curiously waiting for the next part

    1. euphoria
      Starlight vixx

      thnk yuh dear…

  14. Aalif.....bad boy..xl

    Oh wow salhi ingey….meesha nd liusha siblings dhw…this story is so cool…upload the nxt part soon..i cant wait to read the nxt part

    1. euphoria
      Aalif.....bad boy..xl

      thnk yuh soo mcuh dear… insha allah nxt part will be uploaded soon..

  15. ✨Anaa naako✨

    Vrh reethi Masha Allah waiting for the next part.

    1. euphoria
      ✨Anaa naako✨

      thnk yuh soo mcuh dear…

  16. Rani

    Mi stry kiyan feshigen….. Mi bai kiyaafa Hama kuri asaruge bodu kamun cmmnt kohnulaa nuhurevuny…. Hama kiyaa iru hyvany hih falhaih gossdhaane hen…. Vvvvvaraha vvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvv asarugadha…. Masha allah… ❤️❤️❤️❤️❤️may Allah bless u n ur family… ❤️❤️❤️❤️

    1. euphoria
      Rani

      awwn vrh ufaavehje cmmnt fenifa… alheyyy ekm maa ginain hithah asaru kuranyaa bunahchey ngey dear.. thnk yuh sooo much rani darrlll… may allah bless u nd ur family too

  17. ?MALSAA ?

    Masha Allah ❤️❤️varah reethi ❤️❤️waiting for next part❤️❤️stay safe ?

    1. euphoria
      ?MALSAA ?

      thnk yuh sooo much dear… u too dear stay safe..

  18. Shaayan

    Masha allah masha allah masha allah vvvvvvvvvvvv reethi mi part vx ingey sisssooo…??? Vvv loabi…??? Aaaawwwnnn iyaash nd naayoo ulhey goi haadha cute ey dhwww…? Wait dhen ehenviima meesh nd liushaa akii siblings tha?? Realllllyyyyy???? So curious…? Curiously waiting for the nxt part dear…??❣️?? Lyssssssssssssssmmmmmmm sisssooo…??? Stay safe nd take care sweetheart…❤️?????

    1. euphoria
      Shaayan

      awwwwnnn thnk yuh so much my swwet shaayan.. ys they are so cute dhw dear.. lets see dhw… lymmm nd more darlll…. u too darlll stay safe nd tc

  19. ?Xeen?

    ❤️❤️❤️❤️❤️❤️❤️❤️Masha Allah sis V reethi mi part vx
    ????Ehaa dhigu cmnt eh kureema publish eh nuvey
    ???????❤️?❤️???Lysmmmmmmmm sis
    ???????????????????Take care

    1. euphoria
      ?Xeen?

      thnk yuh soo much loabi loabi xeen… alheyyy its ok vaaney dear… lymm nd more xeen.. tc nd stay safe

  20. ?Flower?

    Wow mi part ves varah reethi masha Allah. kurin kuri comment eh publish eh nukurevee ?????anyway
    Waiting for the next
    Lysm ❤️❤️❤️❤️

    1. euphoria
      ?Flower?

      thnk yuh soo much dear… alheyyy its ok vaane dhn ngey dear…. lymmm

  21. YAMIKKO

    masha allah. varah salhi mi bai ves. waiting for the next part. keep it up sis

    1. euphoria
      YAMIKKO

      thnk yuh soo much brw.. means a lot…

  22. euphoria

    salaam alll… alhuganduge tst thah feshen kairi vamn dhaathy kiyevumah gina vaguthu hus kurumattaka midhuvaskolhu lahun stry up vumakii vs ekashiign vaakameh kamuga hurihaa kiyuntheringe samaalu kamattakaa dhannavameve… nd hope u all will understand..

    1. ?Ril?
      euphoria

      Aey sis it’s ok sis ragalah test hadhaachey ingey sis
      Gud luck on test ingey sis
      Love uuu

  23. It's me?

    Varah reethi mibai vess ❤️?

    1. euphoria
      It's me?

      thnk yuh dear…

  24. ??suru ??

    I can’t say any thing this is amazing ???????????????????????whaiting to next part sis ??????????????????????stay safe ??????????????????

  25. It's me?

    Kon iraku next part genes dhenyy ?????

  26. ???

    މި ވާހަކަ އާބައި ނެރެނީ ކޮން އިރަކުން ތަ އަވަހަށް ނެރެބަލަ މިހާރު ހާދަ ދުވަހެއް ވެއްޖޭ??

  27. euphoria

    salaam all …mi stry ge nxt part nerun las vanii alhuganduge exm thah kairi vamn annaathiieve.. mii alhuganduge fahu aharu kamn exam dhuvas varakii vrh muhimmu dhuvas vareh kan kiyuntherinnah vs ingeyne kamah ummeedhu kurameve…. insha allah vrh avahah nxt part kiyuntherinnaa hama ah genesdheveytho alhugandu massakkai kuraanan…

    1. jm
      euphoria

      hey u grade 10 tha well varai reethi waiting

  28. It's me?

    Alhey Euphoria haadha laheyyyyy dhenn ehchekey bunaairah bunaane anonymous eyyyy

    1. Foninuvey
      It's me?

      Nueh bunamehnu dhw
      Vrh foohi
      Ehenoonas nan ebain U ge dhen kon Anonymous eh thr
      Lol vareh thi Vanee

  29. I don't know

    vrh reethi mi part vx…. waitin for the nxt part…. tc

  30. lim

    dhen haadha lahey.. pls up kohbba

  31. Anonymous

    Mi vaahaka dhenn nerenii konn dhuvahakunn tha?

    1. Japhaanu mas
      Anonymous

      Mashaa inna dhuvahun

  32. Dhaitha

    Hae hae haeyyyy…. Kehtheri vabala…. Medam exm fesheythee ey Las vaneeee…. Aharumen vx dhuvas gunaala gunaala mi thibenee ey…. Nikan santhi mariyanbah vabala

    1. Thakaholhi
      Dhaitha

      Dhw dhaithaa.. Kehtheri kamakee vx onna Kameh Dhw.. Kehtheri nuvaa Meehun bolah nikan goss Thi dhaiy goni ohssaalabala dhaithaa.. Eyrun dhaane kaneyge japhaanu mas kairiah ehee ah edhigen

  33. !!!!!!!!

    މި ވާހަކަ އާބައި ނެރެނީ ކޮން އިރަކުން ތަ މި ވާހަކަ މި ހާރު ނެރެން ވެއްޖެ އެއްނުން ކިހާ ދުވަހެއް ވެއްޖެ މިހާރު އަބަދު ވެސް އިންތިޒާރު ކުރަން ??????????????

  34. Jm

    Adhives test nunimeytha

  35. ???

    މިހާރު މިވާހަކަ ނެރެން ވެއްޖެ އެއްނުން ކިހާ ދުވަހެއް ވެއްޖެ މިހާރު އަދި ވެސް ޓެސްޓު ހާދަ ނުނިމެނީތަ؟ އަބަދުވެސް އިންތިޒާރު ކުރަން ޖެހެނީ މިވާހަކަ އަށް ވާހަކަ ފަށާނީ ކޮންމެ ކުއްޖަކު ވެސް ވަރަށް ފޯރީގައި އެކަމަކު ވަކިހިސާބަކުން؟؟؟

    1. Thakaholhi
      ???

      Ekam euphoria sis Ehn nuhadhaane kamuge gerantee eba oiy.. Kiyevumuge enme fahu aharu veema vaahaka liyumah vure bodah kiyevumah samaalu kan dhinun maa muhihmu vaanu.. Euphoria sis ah vx vaguthu vaavarakun vaahaka up kohdheyne Dhw.. Kehtheri vegen madun Hurebala

    2. Japhaanu mas
      ???

      Uhn Adhi nuvey maagina dhuvaheh.. 1 month vee.. Aadhey Mashaa innan

    3. ?Ril?
      ???

      Hehehheeheh
      Omg japaan mas aa inaashoo hehehhe
      Kaloo saabas ingeyyy inaane meehaku nu libifaa dhw

Comments are closed.